Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުޑަކުދިންގެއެހެނިހެން

ކޮކާ ކުއްޖާ – 4

Unknown girls Level 210 Stories
February 2, 2021 3 Mins Read
0 Comments

” މަންމާ މިތާ މަސައްކަތް ކުރަން އެގެނައީ ކާކު؟ ” އަހަރެން މަންމައާއި ސުވާލު ކޮށްލީމެވެ. ” އެ މީހަ ދެންމެ އެ ދިޔައީ ” އަހަރެންނަށް މި މީހާ އާއި ދާދި މެދު ވިސްނެން ފެށިއެވެ. މަންމަ އެހާ ހެޔޮއިރު މީހަކު މިހާ ފަސޭހައިން ނުދާނެއެވެ. މި މީހަކު މިއުޅެނީ ކޮންމެސް ކަމެއް ކުރާށެވެ. އަހަރެން ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލީމެވެ. އަހަރެންނަށް ބަައިލެވުނީ ހައިރާން ކަމާއި އެކު އެވެ. އަހަރެންގެ ލޯބިވާ ކޮކާގެ ވަނީ ކުދިކުދި ކޮށް ލައިފައެވެ. އަހަރެން އެތަން ސާފު ކޮށްފައި ޑަސްބިނަށް އަޅާލީމެވެ. އަހަރެންނަށް މިހާރު ޔަގީން ވެއްޖެއެވެ. އެމީހާ އެ އުޅުނީ މަގޭ އޮޅު ކޮކާ ހޯދާށެވެ. އަހަރެން ހަމަ ހިލާ އެކަން ވިޔަކަ ނުދޭނެމެވެ. އަހަރެން އެ ކޮކާ މަރީ އަށް ހަވާލު ނުކުރިނަމަ އެ ކޮކާ އަތުލައިގަންނާނެއެވެ.
އަހަރެން އިނީ ކުރާނެ ކަމެއް ނޭނގި ފައެވެ. އަހަރެން މެންދުރު ކައިގެން އިނީ ބައްޕަ ދިން ކޮކާ ފޮތް ކިޔާށެވެ. އެފޮތް ލައްޕާލާފައި މޭޒު މަތީގައި ބޭއްވީމެވެ. އަހަރެން ނިންމީ މީރާގެ ގެއަށް ދާށެވެ. އެގެއަށް ގޮސް މީރާގެ ކޮޓަރިއަށް ވަނީމެވެ. އެ ކޮޓަރިއަށް ހީވަނީ ތޫފާނެއް އައިސްފައި އޮތް ހެންނެވެ. މީރާ އެތަން ތަރުތީބު ކުރަން އުޅެއެވެ.
” ސަމާ! މިތަން ހަމައަކަށް އަޅުވަން
ހިނގައިބަ ” އަހަރެން މީރާ އާއި އެކު އެތަން ހަމައަކަށް އެޅުވީމެވެ. ” ކިހިނެއް އަސްލު ވީ” އަހަރެން މީރާ ގާތު އެހީމެވެ. ” އަހަރެން އެ ކޮކާ ހިފައިގެން ދިޔައީ ނައުރާ ގާތަށް. އަހަރެން އައި އިރު ކޮއްކޮ މައުވާ އިނީ ކޮންމެސް މީހަކާއި އެކު ކުޅެން. އަހަރެން އަޅާނުލައި ބަދިގެއަށް ވަނީ ސައިބޯން. ދެން އަހަރެން ދިޔައީ މަންމަ އާއި އެކު ދަރުކޮޅު ވިއްކާލަން. އައި އިރު މައުވާ އުޅެނީ އެތެރޭގައި ދެން އަހަރެން ކޮޓަރިއަށް އައި އިރު އޮތް ގޮތް މިއީ ” މީރާ ކިޔައިދިނެވެ. އެހެން ވީމާ އެ މީހަކު ނައުރާ އާއި ވެސް ދިމާ ކުރާނެވެ.
އަހަރެމެން ދެމީހުން ނައުރާ ގެއަށް ދިޔައިރު އެއްކަމެއް ވެސް ނުވެއެވެ. ސިއްރުން މިވާހަކަ ނައުރާ ގާތު ބުނެފައި އަހަރެން ގެއަށް ދިޔައީމެވެ.
މާދަމާ އަކީ ފަހު ޓާރމްގެ ރިޕޯޓު ފޮތް ހަވާލު ކުރާ ދުވަހެވެ. އަސުރަށް ގޮވުމުން އަހަރެން ނަމާދު ކޮށްލައިފައި ނިކުތީ ޖޯއްޔަަށެވެ. އެހެން އުޅެނިކޮށް އަހަރެންގެ ސަމާލުކަން ހުއްޓުނީ މާބޫރަކަށެވެ. ކުއްލިއަކަށް އެ މާބޫރު ގެއްލުނެވެ. އަހަރެން އެކަމާ ނުވިސްނާ ބަންގި ގޮވުމުން ނަމާދު ކޮށްލައިފައި އެހެން ދުވަސް ތަކެކޭ އެއްފަދައިން ޔާސީން ސޫރަތް ކިޔަވަން ފެށީމެވެ. ޢިޝާނަމާދަށް ބަންގި ގޮވުމުން ނަމާދު ކޮށްގެން އަހަރެން ކާން އިށީނީމެވެ. އަހަރެންނަށް ވިސްނެމުން ދިޔައީ ކޮކާލާއި މެދުއެވެ. ކައިނިމުމުން ކޮޓަރިއަށް ވަދެ ނިދަން އޮށޯތީމެވެ.
އަހަރެންނަށް ހޭލެވުނީ ފަތިހު މަންމަ ގޮވުމުންނެވެ. ނަމާދު ކޮށް ނިމިގެން ސައިބޮއެފައި އަހަރެން ވަނީ ފެންވަރާލާށެވެ. އަންނައުނު ބާލައިފައި ބުޅިތަކުގައި އަޅުވާލީމެވެ. މާގަނޑު ދޫކޮށްލުމަށް ފަހު ގައި ތެންމާލީމެވެ. އަހަރެން ސައިބޯނި ގައިގައި އުނގުޅަން ފެށީމެވެ. އަލުން މާގަނޑު ދޫކޮށްލުމަށް ފަހު ސައިބޯނި ފިލުވާލީމެވެ. ތުވާލިން ގައި ހިއްކާލައިފައި އަހަރެން ޔުނީފޯމް ލީމެވެ. ރީތި ވެލައިފައި އަހަރެން ނިކުތް އިރު މަންމަ ވެސް ކޮޓަރިން ނިކުންނަނީ އެވެ.
އަހަރެންގެ ރިޕޯޓު ފޮތް ބަލައި ސްކޫލަށް ދިޔައީ މެވެ. ޖަލްސާ ނިންމާލައިފައި އަހަރެން ދިޔައީ އަހަރެންގެ ކުލާސް ހައެއް އޭ އަށެވެ. ކުދިންނަށް ހަދިޔާ ހަވާލު ކޮށްފައި ރިޕޯޓު ފޮތް ދިނެވެ. އަހަރެންނަށް ލިބުނީ އޭ ރިޕޯޓެކެވެ. އަހަރެން ކުލާހުން ނިކުމެ މަންމަ އާއި އެކު ގެއަށް ދާން ހިނގައި ގަތީމެވެ. ގެއަށް ވަދެފައި އަހަރެން ޔުނީފޯމް ބަދަލު ކުރީ އުނދަގޫ ވެގެންނެވެ. ޔުނީފޯމް ބަދަލު ކޮށްފައި އަހަރެން އަވަސް ވެގަތީ ނައުރާގެ ގެއަށް ދާށެވެ. އަހަރެން އެގެއަށް ގޮސް ނައުރާގެ ކޮޓަރިއަށް ވަނީމެވެ.
” ނަ ނައު ނައުރާ. ކޮބާ ކޮ ކޮ ކޮކާ ” ނައުރާގެ ކޮޓަރި ވަނީ މަރީގެ ކޮޓަރި ހެން ތޫފާނެއް އަރައިފައި ހުރި ގޮތަކަށެވެ. ” ނޭނގެ ” ނައުރާ ބުންޏެވެ. އަހަރެން ބިންމައްޗަށް ތިރިވެވުނެވެ. އަހަރެން ސިއްސައިގެން ދިޔައީ ކޮކާ އައިސް އަހަރެންގެ ކޮނޑުގައި ޖެއްސުމުންނެވެ. ކުއްލިއަކަށް އަލިގަނޑެއް އެރިއެވެ. އަލިގަނޑު ގެއްލުނުއިރު ކޮޓަރި ހުރީ ކުރިން ހުރިގޮތަށް ތަރުތީބު ކޮންނެވެ. ކޮކާ ބަދަލު ވާން ފެށިއެވެ. ކުޑަ އަންހެން ކުއްޖަކަށެވެ. އަތާއި ފައި ހުރީ ކޮކާލެއްގެ ފަޔަކާއި އަތެއްގެ ގޮތަކަށެވެ. އިސްތަށިގަނޑު ހުރީ މަޑު ނޫ ކުލައެއްގައެވެ. ވަރުގަދަ ފިޔަގަނޑެއް ވަނީ ބުރަކަށިން ނިކުމެފައެވެ. އަނެއްހެން ބުނާ ނަމަ ކޮކާ ކުއްޖެކެވެ.
” އަހަރެން މިއަދު ކިޔައިދޭނަން އަހަރެންގެ ޙަޤީޤަތް. އަހަރެންނަކީ ކޮކާ ކުއްޖެއް. ނަމަވެސް މާބޫރު ތަކެއް އަރައިގަނެ ރަސްކަން އަތުލައިގަތީ އަހަރެން ފެނުނީ ބަގީޗާ އަކުންނެންނު. އެއީ އަހަރެންމެން ސަލާމަތް ތެރިކަމާއި އެކު އުޅެވުން ދުވަސް ކޮޅު އަހަރެންގެ ރައްޓެހިން ސަލާމަތްވި އަހަރެންގެ ފިޔަގަނޑު ބިންދައިގެން ގޮސްފައި ވުމުން އަހަރެންނަށް ސަލާމަތެއް ނުވެވުން. ” ކޮކާ ކުއްޖާ ކިޔައިދިނެވެ. މީރާ ވެސް ހުރީ އައިސައެވެ. އަހަރެމެން ތިން މީހުން ނިންމީ ކޮކާ ކުއްޖާ ސަލާމަތް ކުރުމަށެވެ.
ކޮކާ ކުއްޖާ އަނބުރާ ކޮކާލަކަށް ބަދަލުވިއެވެ. އަހަރެމެން ތިން މީހުން ނިކުތީ ވަލަށް ދާށެވެ. ވަލާއި ހިސާބަށް އާދެވުމުން އެންމެން އެކުގައި ވަލަށް ވަނީ ކުރިމަތިވާނެ ނުރަކަލަށް ތައްޔާރު ވެގެންނެވެ.
ވަލަށް ވަދެ އިރުކޮޅެއް މާބޫރު ބައިގަނޑު ދިމާ ކޮށްލިއެވެ. މީރާ ފަންގަނޑެއް ނަގައި ހޫރަން ފެށިއެވެ. މާބޫރުތަށް ކަށިޖަހަން ފެށިއެވެ. ދިލަނަގާވަރުން މާބާރަށް ދުވެވޭ ހެން ވެސް ހީވެއެވެ. މިފަހަރު މާބޫރު ތަށް ދިމާކޮށްލީ ކޮކާލަށެވެ.
އަހަރެން ކޮކާ ގަޔާ ލައި ފިއްތާލީމެވެ. މާބޫރުތަށް އާއި ރުޅިން އަހަރެން ގައިގައި ކަށި ޖަހަން ފެށިއެވެ. ކަށި ޖެހި ތަންތަނުން ބޮޑެތި ފިއްގަނޑު ނަގައި ފަޅައިގެން ގޮސް ދޮސް ނިކުންނަން ފެށިއެވެ. ނައުރާ ފަންގަނޑަކުން ބާރަށް މާބޫރު ތަކުގާ ޖެއްސެވެ.
“އަވަސްކުރޭ ސަމާ. ސަމާ އަހަރެން އެހެރި އަލި ވައްބުރާއި ދިމާއަށް ގައިގަ ހުރި ބާރެއް ލައިފައި ހޫރާލާ ” ކޮކާ ކުއްޖާ ބުންޏެވެ. އަހަރެން ތެދުވީމެވެ. އަތުކޮޅަށް ހޫރާލީ ވަރަށް އުނދަގުލާއި އެކުއެވެ. މާބޫރުތަށް އަހަރެމެން ދޫކޮށްލާފައި ދިމާކޮށްލީ ކޮކާލާއެވެ. ނަމަވެސް އޭގެ ކުރިން ކޮކާ އަލިގަނޑަށް ވަދެ ގެއްލުނެވެ. އަހަރެންގެ މުޅި ގައިގައި ބޮޑެތި ފިއްގަނޑު ގަނޑު ނަގައިފައި ހުއްޓެވެ. އަހަރެމެން ވަރަށް ހިއްވަރުން ވަލުން ނިކުމެވުނެވެ. އަހަރެންގެ ހޭ ހުސްވީ އެ ހިސާބުންނެވެ. ދެންވީ ގޮތެއް ނޭނގުނެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ހިރާސް 10

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (6)

Next
February 2, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (6)

Previews
February 2, 2021

ހިރާސް 10



All Right Reserved!