ޔުމްނު 18 (ފަހުބައި)
ހަމީރާމެން ހަނގުރާމަ ކުރުމަށްޓަކައި އެއްވިއެވެ. ދެބައިމީހުން އަރައިގަތެވެ. ނަމަވެސް ހަމީރާ މެން ދިޔައީ ބަލިވަމުންނެވެ. ޝަމްސް ވެސް ދިޔައީ ދެވުނު ވަރަކަށް ހަމަލާ ދެމުންނެވެ. އެއީ ޔުމްނު ސަލާމަތް ކުރުމަށް ޓަކައެވެ. ހަނގުރާމަ އެތައް އިރަކަށް ދެމިގެން ދިޔައެވެ.
***
ޕަންވާ ހުރީ ވަރަށް އުފަލުންނެވެ. އަނގޮޓި ހަދާ ނިމުނީމައެވެ. ހާއްސަ ފެނުން ދޮވުމުން އޭނާ ބޭނުން ކަމެއް އޭގެ އެހީގައި ކުރެވޭނެއެވެ. އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ދެގުނަ ވިއެވެ.
***
ހަނގުރާމަ ކުރުމުގެ ތެރެއިން ހަވަމީ މަރުވިއެވެ. އެމީހުންގެ ރުޅިގަނޑު ކެކި އެރިއެވެ. ދިޔަ ގޮތަށް ގޮސް ހަޝްމާ މަރާލިއެވެ. ހުރިހާ އެންމެން އެމީހެއްގެ އަމިއްލަ ދިރިއުޅުމަށް ރުޖޫއަ ވިއެވެ. އިންސާނުން ފިޔަވައެވެ.
” ހަމީރާ ޝަމްސް ގާތަށް ދިޔައެވެ. ” ޔުމްނު ސަލާމަތް ކުރުމަށްޓަކައި އަހަރެންނާއި އެކު އާދޭ.” ހަމީރާ ޝަމްސް ގޮވައިގެން ނުފެންނަ ބޮޑު މަރުކަޒަކަށް ވަނެވެ. އަދި ވަކިހިސާބަކަށް ގޮސް މަޑު ކޮށްލީ ވިދަވިދާ އޮތް ބިއްލޫރި އެއްޗެއްގެ ކައިރިއަށެވެ. ” މިވައްޓާލާ” ޝަމްސް އެ ބިއްލޫރިގަނޑު ވަރަށް އުނދަގުލާއި އެކު ވައްޓާލިއެވެ. ބިންމަތީގައި ޖެހުމާއިއެކު ބިއްލޫރި ގަނޑު ތަޅައިގެން ގޮސް އެކި ތަންތަނަށް އޭގެ ފުޅިތޮށި ތަށް ދިޔައެވެ. އިރުކޮޅެއް ނުވެ ބިއްލޫރި ކޮޅުތައް ގެއްލުނެވެ. އަދި ޔުމްނު އެތަނަށް ވެއްޓުނެވެ. ” ޝުކުރިއްޔާ ހަމީރާ ” ޝަމްސަށް ދުނިޔެއަށް ދެވުނެވެ. ހަމީރާ އެންމެންގެ ސިކުނޑިން ޒާއިކްގެ ހަނދާން ފިލުވާލިއެވެ. އަދި ހުރިހާ ހެއްކެއް ވެސްމެއެވެ.
އާދައިގެ ދުވަހަކަށް އިރު އަރައިފިއެވެ. ޝަމްސް ތެދުވެ ނަމާދު ކޮށް ލައިގެން ބަދިގެއަށް ވަނީ ކޮފީއެއް ބޯލާށެވެ. ” އަން މިހިރި ކޮފީ. އޭރުވެސް އިނގޭ އަންނާނެ ކަން” ޔުމްނު އައީ ކޮފީ ތަށްޓެއް ހިފައިގެންނެވެ. ހިނިއައިސްފައި ޝަމްސް ކޮފީ ތަށީގައި ހިފިއެވެ. ކޮފީ ބޮއެފައި ބޭރަށް ނިކުތީ ބައްޕަގެ ކޮންޕެނީ ކަމަށްވާ އެސްއެޗްއޭޕީ އަށް ދާށެވެ. އެއީ ދިވެހި ރާއްޖޭގެ އެންމެ މަޝްހޫރު ޑިޒައިނިން ކޮންޕެނީއެވެ. ޝަމްސް އޭނާގެ ކެބިން އަށް ވަދެ ގޮނޑީގައި އިށީނދެލިއެވެ.
5 މަސް ފަސް
ޔުމްނު އާދަޔާ ޚިލާފަށް ފަލަ ވާތީ ޑޮކްޓަރަށް ދައްކަން ޝަމްސް އާއި އެކު ނިކުތެވެ. ޝަމްސް ގަރާޖަށް ވަދެ ކާރު ނެރެލި އެވެ. ޔުމްނު ކާރަށް އަރައި ދޮރު ލައްޕާލިއެވެ. ޝަމްސް ކާރު ދުއްވާލިއެވެ. ދުއްވަމުން ގޮސް މަޑު ކޮށްލީ އޭޑީކޭއަށެވެ.
ރޫމަށް ދެމީހުން ވެސް ވަނެވެ. ” ކިހިނެއް ތޯ ވަނީ ” އަންހެން ޑަކުޓަރު ކަމަށްވާ ސަމާ ބުންޏެވެ. ” މިދުވަސްކޮޅު ޔުމްނު އާދަޔާ ޚިލާފަށް ފަލަވަނި. ނޯމަލް އޭ ކިޔައިގެން ހުއްޓާ އަނެއްކާވެސް ހަމަ އިތުރަށް ފަލަވާންފެށީ” ޑަކުޓަރު ޔުމްނުގެ ލޭގެ ޓެސްޓެއް ހެދިއެވެ. ނަތީޖާ ހިފައިގެން ދާން ޔުމްނު މަޑުކޮށްލިއެވެ.
ހެވިފައި އަންނަމުން ދިޔަ ޑަކުޓަރު ފެނިފައި ޝަމްސް ހައިރާން ވިއެވެ. އަނެއްކާ މިމީހުން ވެސް ޖޯކު ޖަހަން އުޅެނީ ބާއެވެ. ޑަކުޓަރު އައިސް ޔުމްނު ބަނޑު ބޮޑު ވާހަކަ ބުނުމުން ޝަމްސަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެސްފިޔަ ތަޅުވާލީ މިއީ ހަމަ ހަޤީގަތްތޯ ބެލުމަށެވެ. ” ބަނޑަށް ހަތަރު މަސް. އާދޭ މި ކޮޅަށް ސްކޭން ކޮށްލަން” ޔުމްނުގެ ސްކޭން ނަގައިފައި ޑަކުޓަރު ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މިއީ އެންމެ ކުއްޖެއް ނޫނެވެ. ދެކުދިންނެވެސް ނޫނެވެ. ތިން ކުދިންނެވެ. ” މިއީ އެއްމާބަނޑު ތިން ކުދިން. ވަރަށް މަދުވާނެ އެއްމާބަނޑު ތިން ކުދިން ލިބޭއެއްޗަކުން ” ޑަކުޓަރަށް ބުނެވުނެވެ. ޔުމްނު ހުރީ ވަރަށް އުފާވެފައެވެ. ގެއަށް ގޮސް މި ހަބަރު ދިނުމުން އަލީމާ އުފަލުން ޔުމްނު ގައިގައި ބައްދާލިއެވެ. ސުމައްޔާ އަށް ވެސް ވީ އެވަރެވެ.
މިހާރު ގެއިން މޭވާ ހުސްނުވެއެވެ. އަންނަ ރައްޓެއްސަކު ވިއްޔާ ގެންނާނީ މޭވާއެވެ. ނަމަވެސް ޔުމްނަށް ތަފާތު ކަމެއް ފާހަގަ ވިއެވެ. އޭނާ އަކަށް ބަނޑުބޮޑު ކަމުގެ އަލާމާތްތަކެއް ނުފެނެއެވެ. މިގޮތަށް ގޮސް ފަސް މަސް ފާއިތުވެއްޖެއެވެ. ޝަމްސް މިސްކިތަށް ދާން ނިކުންނަނިކޮށް ޔުމްނު ގޮވާލިއެވެ. ޝަމްސް ޔުމްނު ގާތަށް ދިޔައެވެ. ” ބަ ބަނޑު ބަނޑުގަ ރިއް ރިއްސަނި ރިއްސާނީ” ޝަމްސް ވަގުތުން ޔުމްނު އުރާލައިގެން ގޮސް ކާރަށް އެރިއެވެ. ބާރަށް ދުއްވާފައި ދިޔައީ އޭޑީކޭއަށެވެ. ޔުމްނު އެތެރެއަށް ވެއްދުމަށްފަހު ވިހާކޮޓަރިއަށް ގެން ދިޔައެވެ. އެތަނުން ނިކުމެފައި އަލީމާ އާއި ހައިކަލް އަށް ގުޅައި އެންގިއެވެ.
ފަސްމިނެޓް ވެސް ނުވަނީސް އެމީހުން އައެވެ. ޝަމްސް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ދެން އިވުނީ ކުޑަކުދިންތަކެއްގެ ރުއިމުގެ އަޑެވެ. ޝަމްސް މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ.
ޔުމްނު ވޯޑަށް ބަދަލު ކުރުމުން ޝަމްސް ފިރިހެން ކުއްޖާ އުރާލިއެވެ. ލިބުނީ ދެއަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ. އެކަން އެނގުމުން ސުމައްޔާ ވެސް ހުރީ އައިސައެވެ. ހަތަރު ގަޑިއިރު ފަހުން ޔުމްނު ގެއަށް ގެންދެވުނެވެ. ކޮޓަރީގައި އައިސް އިށީން ޝަމްސް މޫނުގައި ވީ ހިނިތުންވުން އެހެން މީހެއްގެ ކިބައިން ވެސް ނުފެންނާނެއެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ ޔުމް” ޔުމްނު މޫނުގައި ދެއަތުން ހިފާ ލަމުން ޝަމްސް ބުނެލިއެވެ.
އެންމެ ދޮށީ އަންހެން ކުއްޖެކެވެ. އެންމެ ހަގީ ދެވަނަ ހުރި އަންހެން ކުއްޖާއެވެ. ދޮށީ ކުއްޖާއަށް ކީ މަރްޔަމް ޔަނާލް ޝަމްސް އެވެ. ދެވަނަ އަށް ހުރި ކުއްޖާއަށް ކީ އަހްމަދު ޝައިލް ޝަމްސްއެވެ. ދެން އެންމެ ހަގަށް ހުރިކުއްޖާ އަށް ކީ ފާތިމަތް ޔަމަސާ ޝަމްސްއެވެ. އެމީހުން މިހާރު ދިރިއުޅެމުން އަންނަނީ ވަރަށް ފުރިހަމައަށެވެ. އުފަލުގައެވެ. އެމީހުންގެ މުސްތަގްބަލުގެ ރީތިކަން ވިސްނާލަމާއެވެ.
ނިމުނީ
One Comment
Comments are closed.


nice story