ޔުމްނު 15
ދަރިފުޅާ ޔަމާނީ ” ހަމްޒާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ޔަމާނީއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ހީކުރި އޭނާ ކުޑައިރު މަންމަ އާއި ބައްޕަ މަރުވީ ކަމަށެވެ. އަނެއްކާ އަހަރެން މީ ހަމްޒާގެ ދަރިފުޅު ބާއެވެ؟ އޭނާ އާއި ހަވަމީ ވައްތަރުވަނީ މިހެން ވެގެން ހެއްޔެވެ؟ ޔަމާނީގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއް ކޮޅުން ހަވަމީ ހުރީ ގަބުކައިފައެވެ.
ހަމްޒާ އެންމެންނަށް ކިޔައިދޭން ފެށިއެވެ. ޔަމާނީ ވިހޭ ދުވަހު އައި ތޫފާނެއްގަ ޔަމާނީ ގެއްލުނެވެ. އޭގެ ފަހުން ހަމްޒާ އަށް ޔަމާނީ އެއް ނުހޯދުނެވެ. ހަމީރާ އޭރު ވަނީ ގެއްލިފައެވެ. އެހެން ކަމުން ހޯދޭނެ ގޮތެއްނެތެވެ.
ޔަމާނީ މަންމަ އާއި ބައްޕަ ގައިގައި ވަކިން ބާރަށް ބައްދާލިއެވެ. ދެން ފައިދިގުމަކުނަކަށް ބަދަލުވެފައި ގެއްލުނެވެ.
***
ޝަމްސް ކުރިއަށް ދާން އުޅެނިކޮށް ވެއްޓުނެވެ. އޭނާ ވެއްޓުމުގެ ކުރިން ގަނޑު ވިއެވެ. އެންޓާޓިކާއަށް ވުރެ އެތަން ފިންޏެވެ. ޔުމްނު ގަނޑު ނުވީ ޕަންވާގެ ސަބަބުންނެވެ. ގަނޑުވިގޮތަށް އޭނާ ވެއްޓުނީ ކައިރީގައި ހުރި އައިސް ގަނޑު މައްޗަށެވެ.
***
ހަނާ ކޮޓަރިއަށް ވަދެފައި އަނެއްކާ ވެސް ތަންތަން ހޯދަމުން ދިޔައެވެ. އޭނާ ފޮތިގަނޑެއްގައި އަޅައިގަނެފައި ވެއްޓުނެވެ. އެތަނުން ފާރުގެ ކުލައިގައި ހުރި ދޮރެއް ފެނުނެވެ. ހަނާ އެ ދޮރު ހުޅުވާލިއެވެ. ބިއްލޫރި ބޯޅައެއްގެ ތެރޭގައި ކުޑަކުޑަ ތަޅުދަނޑިއެއް އޮތެވެ. އޭނާ ބެލީ ބޯޅައިގައި އޭނާގެ އަތުގެ މިސާލު ނުޖަހައި ތަޅުދަނޑި ނެގޭތޯއެވެ. އޭރުން ޖެހޭނީ ފެން އަޅަމުން ތަޅުދަނޑި ނަގާށެވެ. އެ ޖެހުނީ ދުނިޔެއަށް ދާށެވެ. ހަނާ ކުޑަ ދަނޑިއެއް ދޮރުކައިރީގައި ޖަހައިފައި އުދުއްސައިގަތެވެ.
***
ޔަމާނީ އުދުހެމުން ދިޔައީ ހަމީރާގެ ގާތަށެވެ. ހަމީރާ ސަލާމަތް ކުރުމަށްޓަކައި އެތެރެއަށް ވަތްތަނާހެން އޭނާ ބެދިއްޖެއެވެ. ހަމީރާ ބަންދުކޮށްފައިވާ ތަނުގެ އަލީގައި ޖެހިއްޖެނަމަ އޮޓަމެޓިކުން ބަންދުވެއެވެ. ޔަމާނީ ވެސް ބަންދު ވީއެވެ. ކުއްލިއަކަށް ހަޝްމާ ފާޅުވިއެވެ. “ހައްހައްހައްހާ. އެންމެ ފަހުން ޔަމާނީ ވެސް ދޯ. ހަނާ ހޯދުމުން ނިމުނީ. އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެ. ” ހަޝްމާ ބާރު ހިނިގަނޑެއް ޖަހާލިއެވެ. ހަމީރާ ކަންބޮޑުވިއެވެ. ހަނާވީ ދުނިޔޭގައި ކަން އޭނާއަށް އެނގިއްޖެއެވެ. އެމީހުންނަށް އެންމެ ފަސޭހައިން ޖިންނިން އަތުޖެހޭނީ ވެސް ދުނިޔެއިންނެވެ. ނަމަވެސް ދެން ވާނެ ގޮތެއް އިނގޭނީ ވަކި ކާކަށް ހެއްޔެވެ؟ މާތްﷲ އަށް ނޫނީ ނޭގޭނެއެވެ.
ހަޝްމާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ޔަމާނީ ވެސް އަތުޖެހުނީމައެވެ. އަނެއް ކޮޅުން ހަވަމީމެން ތިބީ ކަންބޮޑުވެފައެވެ.
***
ހަނާ ފެންގެނެސް އެފުޅިން ފެންއަޅައިގެން ތަޅުދަނޑި ނެގިއެވެ. އެންމެ ސިކުންތުކޮޅެއް ވެސް މަޑުކޮށް ނުލައި ހަނާ އެދޮރު ހުޅުވިއެވެ.
***
ޝަމްސް ކައްސާ ލައިގެން ވެއްޓުނެވެ. ހޫނު ފެން ގަނޑަކަށެވެ. ވަގުތުން ޝަމްސް މަޑުވިއެވެ. ޝަމްސް ފެންގަނޑު ތެރޭގައި އޮތީ އެހެން ތަނަކަށް ގޮއްސިއްޔާ ގަނޑު ވެދާނެ ތީއެވެ.
ޕަންވާ ޖުޕިޓާގެ އެންމެ ފިނިހިސާބަށް މަޑުކޮށްލިއެވެ. އެތަނުން ބޮޑު ގަނޑުވެފައި އޮތް އައިސް ފެންގަނޑު މައްޗަށް އަރާ ފަސް ފަހަރު ބިންމަތީގައި ޖަހާލިއެވެ. އެތަނުން ވަޅުގަނޑެއް ވަގުތުން ހެދުނެވެ. އެވަޅުގަނޑަށް އުދުހިފައި ޕަންވާ ފައިބާން ފެށިއެވެ. އެތަނުގައި ހުރި މަރުކަޒަކަށް އޭނާ ވަނެވެ.
ކުއްލިއަކަށް ޖުޕިޓާ ހޫނުވިއެވެ. ޖުޕިޓާގެ އަސްލު ދޫނި އައުމުންނެވެ. ޝަމްސް ތެދުވިއެވެ. އޭނާއަށް އެ ދޫނި ފެނުނެވެ. އޭތި ހުރީ ވަރަށް ބޮޑަށް އުފާވެފައިކަން އޭނާއަށް ނަގައިގަނެވުނެވެ. އެ ދޫނި ބިޔަވިޔަސް ޝަމްސް ބިރެއްނުގަތެވެ. ޝަމްސް ގަހެއްގެ ނިވަލުގައި މަޑުކުރީ އޭތި ދުރަށް ދާންދެންނެވެ
***
ހަނާ އަށް ފެނުނީ ބިއްލޫރި ފުޅިއެކެވެ. އެ ފުޅީގައި ހުރީ ފިޔާތޮށި ކުލައިގެ އަލިއަރާ ދިޔާ އެއްޗެކެވެ. ހަނާ އޭތި ނެގިއެވެ. އޭގައި ލިޔެފައި އޮތް ލިޔުންކޮޅުން އޭނާގެ މޫނު އުޖާލާ ވިއެވެ. މިއީ ހަމަ އޭނާ ބޭނުންވާ ގޮތެވެ. ހަމީރާ ސަލާމަތް ކުރުމަކީ މިހާރު އޭނާއަށް ފެންފޮދެއް ދިރުވާލުން ފަދަ ކަމެކެވެ. ހަނާ އެފުޅި އެއްކޮށް ހުސްކޮށްލިއެވެ. އަދި ހުރިހާ ތަނެއް ކުރިން ހުރިގޮތަށް ހަދައި އެއްކަމެއް ވެސް ނުވާކަމަށް ހެދިއެވެ. ދެން ނިކުތީ ބޭރަށެވެ. ދަނޑިކޮޅު އެއްލައިލައިފައި އެހެން މަޚުލޫންނަށް ޕަންވާގެ ގެ ފާހަގަ ނުވާނޭހެން ހެދިއެވެ. މިހާރު އޭނާއަށް ވެސް އެގެ ގެއްލިއްޖެއެވެ. ދެން ލޯމަރާލައި ހިތަށް އަރުވާލިއެވެ. ހަމީރާ އެތަނަށް އައުމަށެވެ. އޭނާ ލޯހުޅުވާލިއެވެ. ފަނަރަ ވަރަކަށް ސިކުންތު ފަހުން ހަމީރާ ފާޅުވިއެވެ. ” މަންމާ ” ހަނާ ދުވެފައި ގޮސް ހަމީރާ ގައިގައި ބާރަށް ބައްދާލިއެވެ. ހަނާ އެހެން މީހުން ވެސް ސަލާމަތް ކުރަން ވީތޯ އެހިއެވެ. ހަމީރާ ބޯ ޖަހާލިއެވެ. ހަނާ އެހެން އެންމެން ސަލާމަތް ކުރުމަށް އަނެއްކާވެސް ލޯމަރާލިއެވެ.
***
ކުއްލިއަކަށް ހަމްޒާގެ ކައިރިން އަލިގަނޑު އެރިއެވެ. އެންމެން ލޯ މަރައިލީ ލޮލަށް އުނދަގޫ ވެގެންނެވެ. އަލިގަނޑު ގެއްލުނުއިރު ހަމްޒާ ފެންނާކަށް ނެތެވެ. އެކަމުން އެންމެން ހައިރާން ވިއެވެ.
ހަމްޒާ އަށް ވީ ކިހިނެއް ބާ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

