ޔުމްނު 17
އެމީހުން ހުއްޓުނީ ހިސާބަކުން ބަޔަކު އުދުހެމުން އަންނަތަން ފެނިގެންނެވެ. ހުރޫލް ވެސް އެމީހުންގެ ގާތަށް ދިޔައެވެ. އޭނާގެ ދެލޯބޮޑުވެ އެސްފިޔަވެސް ތަޅުވާލެވުނެވެ. މިއީ ހަމަ ހަޤީގަތްތޯ ބެލުމަށެވެ. ޝަމްސް މަޑުން ހުރީ އެއީ އޭނާއަށް އިނގޭ ބަޔަކަށް ނުވުމުންނެވެ. ގައިމު އޭނާ އަށް އެމީހުން ބަންދު ކުރި ކަން އެނގެއެވެ. އަނެއްކާ ހަމީރާމެން ސަލާމަތް ވީ ކިހިނެއް ހެއްޔެވެ. ޝަމްސް ބަލަން ހުންނަން ފެށުމުން ހުރޫލް ހުރިހާ އެންމެން ތައާރަފު ކޮށްދޭން ފެށިއެވެ. ” ހަނާ އާއި ޔަމާނީ ކޮބާ؟” ހަނާ އާއި ޔަމާނީ ނެތްކަން ހުރޫލް އަށް ފާހަގަ ވިއެވެ. ” ހަނާ އާއި ޔަމާނީ ވަނީ ބަންދުވެފައި.” ހަމީރާ ވީގޮތް އޮޅުންފިލުވަދޭން ފެށިއެވެ. އެއްވެސް ޖިންނިއަކަށް ނުވަދެވޭ ކަން އެނގުމުން ހުރޫލް ޝަމްސަށް ބަލައިލިއެވެ. ” އެހެން ވިއްޔާ ޝަމްސަށް އެކަން ވާނެ. ” ހުރޫލް ބުންޏެވެ. އަދި އޭނާ ބައްދަލުވި ގޮތާއި ހުރިހާ ކަމެއް ކިޔައި ދިނެވެ.
” އަހަރެމެން އެންމެންނަށް އެކަން ކޮށްދީ” ހަމީރާ ބުންޏެވެ. ޝަމްސް ބޯޖަހާލިއެވެ. ހުރޫލް އުދުއްސައިގަތެވެ. ޝަމްސް ވެސް ހުރޫލް ފަހަތުން އުދުއްސައިގަތެވެ. ހަމީރާމެން މަޑުކުރީއެވެ.
ހުރޫލް މަޑުކޮށްލީ ސެޓާރން އަށެވެ. ޝަމްސް ވެސް ހަމީރާ ބުނި ތަނަށް ދިޔައެވެ. އެތަނުން އެތެރެއަށް ވަދެފައި ފުރަތަމަ ނެރުނީ ޔަމާނީ އެވެ. އެއަށް ފަހު ހަނާ ސަލާމަތް ކުރިއެވެ.
***
ޕަންވާ ގަނޑު ފެންގަނޑު ހޯދައި ފެންގަނޑު ތެރެއަށް ފުންމާލިއެވެ. ފީނަމުން ގޮސް ގަނޑު ވެފައިވާ ހޮހޮޅައެއް ކަހަލަ ތަނަކުން އެތެރެއަށް ވަދެގެން ދިޔައެވެ. އަދި އެތަނުގެ އެންމެ އަޑިއަށްގޮސް އޭނާ ގެންގުޅޭ ހާއްސަ ހިލަ ކޮޅު ނެގިއެވެ. އަނެއްކާ ހޮހަޅަ އިން ނިކުމެ ، ފެންމައްޗަށް އެރިއެވެ. އެ މަރުކަޒަށް ވަދެ އަނގޮޓި އަށް ހިލަކޮޅު ލުމުގެ މަސައްކަތް ފެށިއެވެ.
***
ހަޝްމާ ހަވަމީމެން ބަންދުކުރި ތަން ބަލާލަން ވަނެވެ. އޭނާ ދެލޯ ބޮޑުވެ މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭނާ ބަންދުކޮށްފައި ހުރި އެކަކު ވެސް ނެތެވެ. އޭނާ ހަނގުރާމަ ކުރުމަށްޓަކައި ހަމީރާމެންގެ ހުރިހާ އެންމެން އޭނާއަށް ކިޔަމަން ކުރުމަށް އެ ގަޑީގައި އޮންނަ ކެއުމުގެ ކާތަކެތީގެ ތެރެއަށް އެއްޗެއް އެޅިއެވެ. އަދި ހަނގުރާމަ ކުރުމަށްޓަކައި ތަކެތި ހަމަކުރާން ފެށިއެވެ. ހަޝްމާގެ ކުރިކަންތައް ފުރިހަމަވިއެވެ. އޭނާއަށް ހުރިހާ އެންމެން ހައްލާލެވުނެވެ. އޭނާގެ މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުން ވުމެވެ. ނަމަވެސް ހަނގުރާމަ އިން މޮޅުވާނީ ހަމަ އެމީހުންކަން ޔަގީން ވަނީ ހެއްޔެވެ؟
***
ހަމީރާއަށް ވެސް ހަނގުރާމައިގެ ވާހަކަ އަޑުއިވުނެވެ. ހަމީރާއަށް ދޫނިތަކުގެ އެހީ ހޯދުމަށް ޓަކައި ހުރޫލް ގާތަށް ދިޔައެވެ. އޭރު އޭނާ ޝަމްސާއި އެކު ކޮންމެސް އެއްޗެއް ހަދަން ހުއްޓެވެ. ” އަހަރެމެންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ހަޝްމާ މެން މަސައްކަތް ކުރަމުން ދަނީ. އެމީހުން ބަލިކުރެވޭނީ ހުރޫލްގެ އެހީ ލިބިގެން” ހަމީރާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ހުރޫލް އޭނާގެ ދޫނިތައް ހަމީރާ އާއި ހަވާލުކުރިއެވެ.
އަދި ހުރޫލް ވެސް އެމީހުންނަށް އެހީތެރިކަން ދިނުމަށް ހަމީރާ އާއި އެކު ދިޔައެވެ. ހަޝްމާމެންގެ އަތްދަށު ވެއްޖާ މާނުރައްކާތެރި ވާނެއެވެ. އެމީހުންގެ ކިބައިން ސަލާމަތްވާން ޖެހެއެވެ. ހަމީރާގެ ވެރިކަން އޭނާއަށްދީ ހަޝްމާގެ ރޭވުން ނާކާމިޔާބު ކުރަން ޖެހެއެވެ. ކުރީގެ މިނިވަންކަން ހޯދަން ޖެހެއެވެ. އެކަމަކު އެކަން ކުރެވޭނެ ހެއްޔެވެ؟
18 ވަނަ ބަޔަށް އިންތިޒާރު ކޮށްލާ ☺️?☺️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

