Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުޑަކުދިންގެއެހެނިހެން

ކޮކާ

Unknown girls Level 210 Stories
January 28, 2021 3 Mins Read
2 Comments

އަހަރެން ކޮކާ އާއި އެކު އެކި އެކި ސަމާސާ ކޮށްފައި ނިދާލީމެވެ. އަހަރެންނަށް ހޭލެވުނީ އަސުރު ނަމާދު ބަންގިއަށެވެ. ނަމާދު ކޮށް ނިމިގެން އަހަރެން އިނީ ޒިކުރުތަށް ކިޔާލަ ކިޔާލަ އެވެ.
” ދަރިފުޅާ. މީރާމެން އައިއްސި” މަންމަ
ދޮރު ހުޅުވާލިއެވެ. އަހަރެން އަވަހަށް ކޮޓަރިން ނިކުތީމެވެ. ބޫޓަށް އަރައިފައި ގެއިން ނިކުތީމެވެ. އަހަރެން ކުރިއަށް ދާން ފެށީމެވެ. ” އިނގޭތަ ކޮކާ ބަގީޗާއެއް ކުރީގައި މި ރަށުގައި އޮތް ކަން. ” ނައުރާ ވާހަކަ ދައްކަން ފެށި އެވެ. ” ނޫން ނޭނގޭ ” މީރާ ބުންޏެވެ. އަހަރެން ވެސް ބޯހޫރާލީމެވެ. ” ވަރަށް ފަހުން އެތަން ހަލާކު ވާނޯ. އެތަނުގައި އުޅޭނެ ބައިވަރު ކޮކާ. މި ރަށަކީ އަސްލު ވަރަށް ކުޑަ ރަށެއް. އެ ބަގީޗާގެ ސަބަބުން ބޮޑުވީ. އެ ބަގީޗާ ވަނީ ވަލުތެރޭގައި ފޮރުވިފައި.” ނައުރާ ކިޔައިދޭން ފެށިއެވެ. ބަގީޗާގެ ވާހަކަ ފެށުމުން އަހަރެންގެ ފައި އޮޅުނެވެ. ފައިއޮޅުނުގޮތުން އަހަރެން ވެއްޓުނެވެ. ނައުރާ އަހަރެން ނަގައިދިނެވެ. ” ކިހިނެއް ތި ހެދީ ” މީރާ ސުވާލު ކުރިއެވެ. އަހަރެން ފައިއޮޅިގެންނޭ ބުނެ ވާހަކަ އޮޅުވާލީމެވެ. ރޭގަނޑު ވާން އުޅުމުން އަހަރެމެން ގެއަށް ދިޔައީމެވެ. އަހަރެން ނަމާދު ކޮށްލައިގެން އިށީނީ ގުރުއާން ކިޔަވާށެވެ. އަހަރެން ހައިރާންވި ކަމަކަށް ވީ ކޮކާ އައިސް އެނދުމަތީގައި ޖެއްސުމުންނެވެ. އަހަރެން ގުރުއާން ކިޔަވާތަން އަޑުއަހަން ކޮކާ އިނެވެ. އަހަރެން ކިޔަވަމުން ދިޔައީ ޔާސީން ސޫރަތެވެ. ޢިޝާނަމާދަށް ބަންގި ގޮވުމުން ހަތިމު ލައްޕާލާފައި އަހަރެން ނަމާދު ކުރަން ފެށީމެވެ. ނަމާދު ކޮށް ނިމުމުނުއިރު ކޮކާ އިނީ ކޮކާ ގޭގައެވެ. އަހަރެން ބޮކި ނިއްވާލައިފައި ނިކުތީމެވެ. ބަދިގެއަށް ދިޔައިރު މަންމަ ހުރީ ކާން ހަދައިފައެވެ. އަހަރެން ކައިނިމިގެން ދަމުން ބަގީޗާއަށް ވަނީމެވެ. ފޮޅިފައި އިނީ އެންމެ މަލެކެވެ. އެމާ ބިނދެލައިގެން އަހަރެން ވަނީ ކޮޓަރިއަށް މަޑުމަޑުންނެވެ. މާ ކޮކާ ކައިރީ ބާއްވާފައި އަހަރެން ފާޚާނާއަށް ވަނީމެވެ. ދަތްއުނގުޅާލައިފައި އަހަރެން ނިކުތީ ހެދުން ބަދަލު ކުރުމަށެވެ. ހެދުން ބަދަލު ކޮށްފައި އަހަރެން ނިދަން އޮށޯތީމެވެ.
އަހަރެންނަށް ހޭލެވުނީ ގޭތެރެ މާ އަޑު ގަދަ ވުމުންނެވެ.

އަހަރެންނަށް ހޭލެވުނީ ގޭތެރެ މާ އަޑު ގަދަ ވުމުންނެވެ. އަހަރެން ނިކުމެ ދޮރު ޖެހީމެވެ. ފެނުނު މަންޒަރުން އަހަރެން ކޮޓަރިއަށް އަލުން ވަދެ ދޮރު ތަޅުލައިފައި ތަންޑު އެޅުވީމެވެ. އަހަރެންނަށް މާނޭވާލެވެމުން ދިޔައެވެ. މިހާ ބޮޑެތި މާބޫރު ތަކެއް މިއިން ޒަމާނަކުން އަހަރެން ނުދެކެމެވެ. އަހަރެން ކަޅިއެއްލީ ކޮކާ ގެ އަށެވެ. އެތަން އޮތީ ހުސްކޮށްނެވެ. އަހަރެން ކަންބޮޑުވިއެވެ. އަހަރެން މޭޒު ކައިރީ އިށީނީމެވެ. “ސަލާމަތް ކުރޭ ” މޭޒު މަތީގައި އޮތް ލިޔުންކޮޅާއި މެދު ވިސްނާލެވުނެވެ. އެހެން މީހަކު އެކޮޓަރި އަކަށް ނުވަދެއެވެ. އަނެއްކާ މިއީ ކޮކާގެ ކަމެއް ހެއްޔެވެ. ކައިރީގައި އޮތް ގަލަމަށް ބަލައިލައިފައި އަހަރެން ކޮޓަރި ހޯދަން ފެށީމެވެ. ކޮކާ އިނީ އެނދުތަންދޮށަށް ވަދެއެވެ. ކޮކާ ބިރުގަންނަނީ މި މާބޫރު ދެކެ ކަން އަހަރެންނަށް އެނގިއްޖެއެވެ.
” ދަރިފުޅާ ހުޅުވަބަލަ ” އަހަރެން ދޮރު ހުޅުވީމެވެ. ދޮރުމަތީގައި ހުރީ މަރުވެފައިވާ މާބޫރު ތަކެކެވެ. މަންމަ އެތަން ސާފު ކުރިއެވެ. ސާފު ކޮށް ނިމިގެން ނިދަން ވަންނަން ދޮރު ހުޅުވާލިއެވެ.
” ދަރިފުޅާ. އެއްޗެއް ގެންގުޅެން ތަ ކޮޓަރީގަ ” މަންމަ ވަންނަން އުޅެފައި ވެސް މަޑުކޮށް ލިއެވެ. ” ނު ނޫން. ކިހިނެއް ވީ ” އަހަރެން ބުނީމެވެ. ” މާބޫރުތަށް ވަންނަން މަސައްކަތް ކުރީ ދަރިފުޅުގެ ކޮޓަރިއަށް ވަންނަން ކަމުން އަހާލީ ” އެހެން މަންމަ ބުނުމުން އަހަރެންނަށް ޔަގީން ވިއެވެ. ކޮކާ މަސައްކަތް ކުރަމުން އެދަނީ މާބޫރު ތަކުން ސަލާމަތް ވާށެވެ. އަހަރެން ކޮޓަރިއަށް ވަދެ އޮށޯތީ ނިދާށެވެ. އަދި ގަޑިން ދަންވަރު އެކެއް ޖެހީއެވެ. އަހަރެން ހޭލައިގެން ތެދުވިއިރުވެސް ކޮކާ އޮތީ ތަންދަށުގައެވެ. ނަމާދު ކޮށް ނިމިގެން ތަސްބީޙަތަށް ކިޔަން އަހަރެން އިނީ ކަންބޮޑުވެފައެވެ. އެ ކޮކާ ސަލާމަތް ކުރުމަށްޓަކައި ކޮންމެވެސް ކަމެއް ކުރަން ޖެހެއެވެ. އަހަރެން ކޮޓަރިން ނިކުމެ ބަދިގެއަށް ވަނީމެވެ. އަހަރެން ދިޔައީ އެއްލިގެންނެވެ. ސައިގިރައި ހުރިހާ ކަމެއް މި ކުރަނީ އެހެން އަންހެން މީހެކެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ފައެވެ. އޭނާ ހުރީ ފައި އެއްކޮށް ފޮރުވައިގެންނެވެ. މި އަންހެނާއާއި މެދު ޝައްކު ކުރަމުން އަހަރެން ސައިތަށި ބޯލީމެވެ. އަހަރެން ކޮޓަރިއަށް ވަނީ ކޮކާ ރައްކާތެރި ކުރުމަށް މީރާ ގާތު އަހާށެވެ. އަހަރެން ބޮޑު ހެދުމެއް ލައިފައި ހެދުން ތެރޭ ކޮކާ ފޮރުވައިގެން ނިކުތީމެވެ. މީރާ ގެއަށް ދިޔައިރު މީރާ ކުނިކަހައި ނިމިގެން އެތެރެއަށް ވަންނަނީއެވެ.
” ސަމާ މާ ނުވަގުތަކު ތިއައީ ” މީރާ އަހަރެން ކައިރިއަށް އައެވެ. ” އެތެރެއަށް ގޮސް ބުނާނަން ” އަހަރެންނާއި މީރާ ވަނީ މީރާގެ ކޮޓަރިއަށެވެ. އަހަރެން ކޮކާ ނަގައިފައި ރޭގެ ހާދިސާ ކިޔައި ދިނީމެވެ. ކޮކާ އެގޭގައި ބަހައްޓަން އޭނާ އެއްބަސް ވިއެވެ. އަދި އެ ކޮކާގެ ވާހަކަ އެހެން މީހަކު ގާތު ނުބުނާން ވެސް އަހަރެން ބުނީމެވެ. އެގޭގައި އަހަރެން ވަގުތުކޮޅެއް ހޭދަ ކޮށްލައިފައި އަހަރެން ގެއަށް ދިޔައީމެވެ.
” މަންމާ މިތާ މަސައްކަތް ކުރަން އެގެނައީ ކާކު؟ ” އަހަރެން މަންމައާއި ސުވާލު ކޮށްލީމެވެ. ” އެ މީހަ ދެންމެ އެދިޔައީ ” މަންމަ ބުންޏެވެ. އަހަރެންނަށް މި މީހާ އާއި މެދު ވިސްނެން ފެށިއެވެ. މަންމަ އެހާ ހެޔޮއިރު މީހަކު މީހާ ފަސޭހައިން ނުދާނެއެވެ. މި މީހަކު މިއުޅެނީ ކޮންމެސް ކަމެއް ކުރާށެވެ. އަހަރެން ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލީމެވެ. އަހަރެންނަށް ބަައިލެވުނީ ހައިރާން ކަމާއި އެކު އެވެ. އަހަރެންގެ ލޯބިވާ ކޮކާގެ ވަނީ ކުދިކުދި ކޮށް ލައިފައެވެ އަހަރެން އެތަން ސާފު ކޮށްފައި ޑަސްބިނަށް އަޅާލީމެވެ. އަހަރެންނަށް މިހާރު ޔަގީން ވެއްޖެއެވެ. އެމީހާ އެ އުޅުނީ މަގޭ އޮޅު ކޮކާ ހޯދާށެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ކަށަވަރޭ އަންނާނަމޭ

Next

އަންނަންދެން ހުންނާނަން ލޯބިން 16

Next
January 28, 2021

އަންނަންދެން ހުންނާނަން ލޯބިން 16

Previews
January 28, 2021

ކަށަވަރޭ އަންނާނަމޭ

2 Comments!

  1. sahoo says:
    January 28, 2021 at 7:07 pm

    Wowwwww very nice waiting for the next part of the story.

  2. Smoke gurl says:
    January 29, 2021 at 7:02 pm

    Great! ???
    Waiting for the next part ??☺️☺️???

Comments are closed.

Next Episodeކޮކާ ކުއްޖާ – 4←


All Right Reserved!