Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ޔުމްނު 16

Unknown girls Level 210 Stories
November 27, 2020 2 Mins Read
0 Comments

ކުއްލިއަކަށް ހަމްޒާގެ ކައިރިން އަލިގަނޑު އެރިއެވެ. އެންމެން ލޯ މަރައިލީ ލޮލަށް އުނދަގޫ ވެގެންނެވެ. އަލިގަނޑު ގެއްލުނުއިރު ހަމްޒާ ފެންނާކަށް ނެތެވެ. އެކަމުން އެންމެން ހައިރާން ވިއެވެ. އަނެއްކާ ވެސް އަށްޔެއް އަރާ ހަވަމީ ގެއްލުނެވެ. މިހެން ގޮސް އެންމެން ވެސް ގެއްލުނެވެ.
***
ހަނާ އެންމެން ހަމަވުމުން އެންމެން ގައިގައި ބައްދާލިއެވެ. ހަނާގެ މޫނު މަތިން އުފާވެފައި ހުރި ކަން އެނގެއެވެ. ހަނާ ބާރު ކިނބިއްސެއް އަޅާލިއެވެ. މިހާރު ސަލާމަތް ނުވެ ހުރީ ހަމައެކަނި ޔަމާނީއެވެ. ” ހަނާ ޔަމާނީ ސަލާމަތް ކުރަން ވީނުން” ހަމްޒާ އަށް ޔަމާނީ ނެތް ކަން ފާހަގަ ވިއެވެ.
***
ޝަމްސް އޭތި ނުދިއުމުން ނިކުތެވެ. އިސާހިތަކު އެދޫންޏަށް ޝަމްސް ފެނިއްޖެއެވެ. އެދޫނި ކުޑަ ވެލިއެވެ. ޝަމްސާއި އެއްވަރަށެވެ. ދެން ޝަމްސްގެ ލޮލަށް އޭނާގެ ލޯ ސީދާ ކޮށްލިއެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު ނަޒަރު ވަކިކޮށް ލިއެވެ.
” ކީތް ކުރަނި މިތާ. ކޮން ނަމެއް ކިޔަނީ. މިއީ ހުރޫލް. “ އެދޫނި ވާހަކަ ދެއްކީ ރީތި ދިވެހި ބަހުންނެވެ. ” ޝަމްސް ” ޝަމްސް ބުނީ ހަމައެކަނި އޭނާގެ ނަމެވެ. އެ ދޫނި ބޮޑު ވިއެވެ. ފިޔަގަނޑު ހުޅުވާލިއެވެ. ” އަރާ ” ޝަމްސް އެ ދޫނި މައްޗަށް އެރިއެވެ. އެދޫނި އުދުއްސައިގަތެވެ. ޝަމްސް ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ދޫނި އުދުހެމުން ގޮސް މަޑު ކޮށްލީ ހޮހަޅަ އަކަށެވެ. ދޫނި ވަރަށް ކުޑަ ވެލައިފައި އެ ކުޑަ އާނގަވަޅުން އެތެރެއަށް ވަނެވެ. ބޮޑު ހޮހަޅަ އަކަސް ވަދެވެނީ ކުޑަކުޑަ އާނގަވަޅަކުންނެވެ. އޭތި ނިކުމެގެން އައިސް ދިއްލޭ ކުނޑިފުށްތަކެއް ޝަމްސް ގަޔަށް އަޅާލިއެވެ. ޝަމްސް ކުޑަވިއެވެ. އާނގަވަޅުން އޭނާ ވެސް އެ ދޫންޏާއި އެކު ވަނެވެ.
***
އަޅާލި ކިނބިހީގެ ސަބަބުން އޭނާ މަޅިއެއްގައި ބެދުނެވެ. އެހެން މީހުން އެތަނުން ދުރަށް ދިޔައީ ރައްކަލަށެވެ. ހަނާ އަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާ ކައިރީގައި ޔަމާނީ ހުއްޓެވެ. ޔަމާނީ އަންނަން މާފަހުން ބުނުމުން ޔަމާނީ ވެސް ބަންދުވީއެވެ. ހަމީރާމެން އެންމެން އުދުއްސައިގަތީ ސެޓާރނުން ދިއުމަށެވެ. އެހެން މީހަކު މަޅިއެއްގައި ބެދުމުގެ ކުރިންނެވެ.
***
ހުރޫލް ޝަމްސް ގޮވައިގެން ހޮހަޅައަށް ވަދެ ދިޔާއެއްޗެއް އަޅައިފައި ހުރި ފުޅިއަކާއި ކުނޑިފުށްތަކެއް ނަގައި އެއްޗަކަށް އަޅައި ހޫނު ކުރަން ފެށިއެވެ. ޝަމްސް ކައިރީގައި އިށީނދެ ލައިގެން ހުރޫލް ކުރާ ކަންތައް ބަލަން ހުއްޓެވެ. ކެއުމުން އެ އޮލަ ދިޔާއެތި ތަށްޓަކަށް އެޅިއެވެ. ދެން ތަށި ހިފައިގެން ޝަމްސް ކައިރިއަށް ދިޔައެވެ.
” މި ބޯލާ ” ހުރޫލް ޝަމްސަށް ތަށިދެމުން ބުންޏެވެ. ޝަމްސް ވެސް ބޯލީ ބަނޑުހައިވެފައި ހުރުމުންނެވެ. ކުއްލިއަކަށް ޝަމްސް ގައިގައި ވަރުޖެހި އޭނާގެ ބުރަކަށިން ވަރުގަދަ ފިޔަގަނޑެއް ފެޅިއެވެ. ” ދެން މީގެ ފަހުން ކަލެއަށް އުދުހެވޭނެ. ބަނޑުހައެއް ނުވާނެ އަދި ބޭނުން ވަރަކަށް ކުޑަ ވެވޭނެ. ” ހުރޫލް ޝަމްސް އަށް އެކި ބާރު ދިނެވެ. ” އާދޭ އަހަންނާއި އެކު އުދުހެން ދަސްކޮށްދޭނަން. ” އެދޫނި އާނގަވަޅުން ނިކުންނަން ދިޔައެވެ. ޝަމްސް ވެސް ކުޑަވެފައި އެތަނުން ނިކުތެވެ. ޝަމްސަށް އުދުހެން ނޭނގޭތީ ދިޔައީ ދޫނި މަތީ އިށީނދެގެންނެވެ. ހިސާބަކަށް ގޮސް ހުރޫލް މަޑުކޮށްލީ އުދުހެން ދަސްކުރުވާ ތަނަށެވެ.
” ފިޔަގަނޑު ހުޅުވާލައިފައި އެނގޭގޮތަށް އުދުހެން ފަށާ ” ހުރޫލް ތިރީގައި މަޑުކޮށްލިއެވެ. ޝަމްސް ދެފިޔަގަނޑު ހުޅުވައިފައި އުދުހެން ފެށިއެވެ. ނަަމަވެސް އޭނާއަށް ރީއްޗަކަށް ނުއުދުހެވެއެވެ. ” ދެފައި ކައިރިކޮށް އަތްދަމާލައިގެން އުދުހިބަލަ ” ހުރޫލް ކިޔައިދޭން ފެށިއެވެ. އިސާހިތަކު ހުރޫލް އުދުހޭނެ ހުރިހާ ގޮތެއް ޝަމްސް އަށް ދަސްކޮށް ދިނެވެ. ޝަމްސް ދެން ދޫންޏާއި އެކު އުދުހެމުން ދިޔައީ މުޅި ޖުޕިޓާ އެއްކޮށް ބަލާލުމަށެވެ. އެމީހުން ހުއްޓުނީ ހިސާބަކުން ބަޔަކު އުދުހެމުން އަންނަތަން ފެނިގެންނެވެ. ހުރޫލް ވެސް އެމީހުންގެ ގާތަށް ދިޔައެވެ. އޭނާގެ ދެލޯބޮޑުވެ އެސްފިޔަވެސް ތަޅުވާލެވުނެވެ. މިއީ ހަމަ ހަޤީގަތްތޯ ބެލުމަށެވެ. ޝަމްސް މަޑުން ހުރީ އެއީ އޭނާއަށް އިނގޭ ބަޔަކަށް ނުވުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

މި ހިތުން މަޤާމޭ މި ދެނީ 10

Next

ތިން ލަފްޒުން (22)

Next
November 27, 2020

ތިން ލަފްޒުން (22)

Previews
November 26, 2020

މި ހިތުން މަޤާމޭ މި ދެނީ 10



All Right Reserved!