ޔުމްނު 14
އޭތީގެ ދެލޮލުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ. ބާރަށް ދަތްކުނޑި ވީކާލީނުން ދަތްތަށް ބުރިބުރި ނުވީ ކިރިޔާއެވެ.
އެހެންނަމަވެސް ޕަންވާ ސަލާމަތް ވިއެވެ. ވާގަނޑުން ސަލާމަތްވެ ހަމަލާ ދިނެވެ. ވަގުތުން އޭތި މަރުވިއެވެ. އޭނާ އެހެން ހަމަލާއެއް އައުމުގެ ކުރިން ބާރަށް އުދުއްސައިގަތެވެ. ޕަންވާ އަވަހަށް މޫދަށް ދިޔައީ އޭގެ ކިބައިން ސަލާމަތްވުމަށްޓަކައެވެ. މޫދަށް ފުންމާލައި މަސް ހޯދަން މަސައްކަތް ފެށިއެވެ.
***
ތަޅުދަނޑި ނުފެނުމުން ފޫހިވެގެން ހަނާ ކޮޓަރިއަށް ނިކުތެވެ. ޕަންވާ ގެންގުޅޭ ޢާދަޔާ ހިލާފު އެއްޗެހި ނަގައި ބަލަން ފެށިއެވެ އޭނާ އަށް ވަދެވިފައި މިހުރީ އާދައިގެ ތަނެއް ނޫންކަން ހަނާއަށް އެނގުނެވެ. ހަނާ އެތަނުން ބޭރަށް ނިކުތީ އެ ތަޅުދަނޑި ސެޓާރން އިން ފެނޭތޯ އެވެ. ހަނާ އަށް އެއްގޮތަކަށް ވެސް ތަޅުދަނޑިއެއް ނުފެނުނެވެ
ހަވަމީ ކުއްލިއަކަށް ކޮށި އަރައިގަތެވެ. އޭނާ ކެއްސުން ހުއްޓުނީ އަނގައިން ޔަމާނީ ވެއްޓުނު ފަހުންނެވެ.
***
ޝަމްސް ތަށްޓެއް ނަގަން އުޅެނިކޮށް އޭގައި ހުރި ކުނޑިފުށްތަށް އޭނާގެ ގަޔަށް އެޅުނެވެ. ދެން ކުއްލިއަކަށް ކައިރީ ހުރި ބައްތީގެ ހުޅުކޮޅު ބޮޑު ވިއެވެ. އޭނާ އަށް ފަހަތަށް ޖެހެވުނެވެ. ހުޅުގަނޑު ކުއްލިއަކަށް ޝަމްސްގެ ކަންފަތުގައި ޖެހުނެވެ. އޭނާގެ ކަންފަތަށް ދިލަ ތަދެއް އަރައިގެން ދިޔައެވެ. ކަންފަތުގައި އަތްއެޅީ އެހެން ކަމެއް ވެދާނެތީއެވެ. ހުޅުގަނޑު ކުޑަވިއެވެ. ކަންފަތަށް އެރި ތަދުވެސް މަޑުވިއެވެ. ހުރިހާކަމެއް ނޯމަލް ވިއެވެ.
***
ޕަންވާ މަސް ހޯދަނިކޮށް މަސް ފެނުނީ ވަރަށް ދުރުގައި ހުރި މުރަކަގަނޑެއްގެ ކައިރިންނެވެ. ޕަންވާ އެދިމާއަށް ގޮސް ފުމެލިއެވެ. މަސް ކުއްލިއަކަށް އޭނާ ގެނައި ކޮށީގައި ބަންދުވިއެވެ ދެން މަސް ކުޑަ ފުޅިއަކަށް ލައިފައި މޫދުން މައްޗަށް އެރިއެވެ. އެއްގަމަށް އަރައި އުދުއްސައިގަތީ އެ ސިއްރުވެރި ތަނަށެވެ.
ސިޑިން ތިރިއަށް ފައިބައިފައި ކޮޓަރިއަށް ވަދެ މަހުމާފޮށި ނެގިއެވެ. ފިޔަތަކާއި އެހެން ތަކެއްޗާއި އެކު މުގުރައި ހިމުން ކޮށްލިއެވެ. ކުނޑިފުށްތަށް އަނގޮޓީގައި ހާކާލުމުން އަނގޮޓިން އަލިގަނޑެއް އެރިއެވެ. އަލިގަނޑު ގެއްލުމުން ޕަންވާ އަވަސްވެގަތީ ޖުޕިޓާއަށް ދިއުމަށްޓަކައި ދިޔާފެނެއް ހެދުމަށެވެ.
އެކި އެއްޗެހި އަޅައިފައި ކޮޓަރިން ނިކުމެ ބޭރަށް އަޅާލިއެވެ. އެވަގުތަކީ ޝަމްސް އަށް ނުކުމެވުނު ވަގުތެވެ. އޭނާ ފޮށިތަށް ދެދޭތެރޭ ނިވާވެލީ ޔުމްނުގެ ހަށިގަނޑުގައި އެ އުޅޭ ޖިންނިއަށް ފެނިދާނެތީއެވެ. ކުއްލިއަކަށް ވަރުގަދަ އަލިގަނޑެއް ފާޅުވިއެވެ ޔުމްނު އަލިގަނޑު ތެރެއަށް ވަނެވެ. ޝަމްސް ވެސް ނިކުމެ ދުއްވައިގަތެވެ. އަލިގަނޑު ގެއްލުމުގެ ކުރިން އޭނާއަށް ދެވުނީ ހަމަ ކިރިޔާއެވެ. އޭނާ ވަތްތަނާހެން އަލިގަނޑު ގެއްލުނެވެ.
***
ދުވަސް ގަނޑަކަށްފަހު ޔަމާނީ ސަލާމަތް ވިޔަސް އޭނާ ހުރިހާ ކަމެއް ހަނދާން ނެތުނެވެ. އޭނާ ޙައިރާންވީ އެހެން ޖިންނިތައް އެތާ ބަންދުކޮށްފައި ހުރުމުންނެވެ. އޭނާ ގޮޅިން ނިކުމެ އޭނާގެ އަސްލު ސިފައަށް ބަދަލު ވިއެވެ. ހަމްޒާ އާއި އެހެން އެންމެން ހައިރާން ވިއެވެ. “ދަރިފުޅާ ޔަމާނީ ” ހަމްޒާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ޔަމާނީއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ހީކުރި އޭނާ ކުޑައިރު މަންމަ އާއި ބައްޕަ މަރުވީ ކަމަށެވެ. އަނެއްކާ އަހަރެން މީ ހަމްޒާގެ ދަރިފުޅު ބާއެވެ؟ އޭނާ އާއި ހަވަމީ ވައްތަރުވަނީ މިހެން ވެގެން ހެއްޔެވެ؟ ޔަމާނީގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއް ކޮޅުން ހަވަމީ ހުރީ ގަބުކައިފައެވެ. ހަމްޒާ އެންމެންނަށް ކިޔައިދޭން ފެށިއެވެ. ޔަމާނީ ވިހޭ ދުވަހު……..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

