Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުޑަކުދިންގެއެހެނިހެން

ކޮކާ ކުއްޖާ – 2

Unknown girls Level 210 Stories
January 25, 2021 4 Mins Read
1 Comment

އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކޮޓަރީގެ ދޮރުގައި ހިފާލިއަޑު އިވުމުންނެވެ. ނަސީބު ރަނގަޅު ކަމުން ދޮރު ހުރީ ތަޅު ލައިފައެވެ. އަހަރެން ކޮކާ ގެ ނުފެންނާނެ ތާކަށް ލައިފައި ދޮރު ހުޅުވާ ލީމެވެ. ދޮރުކައިރީގައި ހުރީ މަންމައެވެ. މަންމަ ފޯނު ދިނުމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ގުޅީ މީރާ އެވެ. މީރާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. މަންމަ އަތަށް ފޯނު ދީފައި އަހަރެން ކޮޓަރިއަށް ވަނީމެވެ. ތައްޔާރު ވެލައިގެން ނިކުތް އިރު ބައްޕަ ހުރީ ސައިކަލު އިސްޓާޓު ކޮށްގެންނެވެ. އަހަރެން އެރުމާއި އެކު ބައްޕަ ސައިކަލް ދުއްވާލިއެވެ. މީރާގެ ގެއަށް ދިޔައިރު މީރާ އާއި އެކު ނައުރާވެސް ހުއްޓެވެ.
އަހަރެން އެމީހުންނާއި އެކު ވަނީ މީރާގެ ކޮޓަރިއަށެވެ. މީރާ އަކީ ވަރަށް ރީތި ކުއްޖެކެވެ. އޭނާގެ ހަންގަނޑު ކަޅަކަސް އެހާ ކަޅެކޭ ވެސް ނުބުނެވޭނެއެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ދިގު ކަމުން ބިންމަތީގައި ކޭއްތެއެވެ. އޭނާ ލޮލުގައި ހުންނަނީ ގަދަ ކަޅުކުލައިގެ ކަޅިއެކެވެ. ނަމަވެސް ނައުރާ އަކީ ވަރަށް ދޮން ކުއްޖެކެވެ. އޭނާ ހުރީ މުށި ކުލައިގެ ކަޅިއަކާއި ކުރު މުށިކުލައިގެ އިސްތަށިގަނޑެކެވެ. އަހަރެންނަކީވެސް ނައުރާ ފަދައިން ހަންގަނޑު އަލި ކުއްޖެކެވެ. ނަމަވެސް އަހަރެންގެ ކަޅި ހުންނަނީ ދަނބު ކުލައިގައެވެ. މީރާ ކަޅަކަސް އަހަރެމެން އެއްވެސް ތަފާތެއް ނުކުރަމެވެ. އެހާ ވެސް އަހަރެމެން ތިން މީހުންގެ ގުޅުން ވަރުގަދައެވެ. ކަޅެއް ދޮނެއް ނުބަލަމެވެ.
” ހިނގާ ދޯ ވަލަށް ދާން. ” އަހަރެމެން ވަލަށް ވަނީމެވެ. ވަލުން ބޮޑު މިދިލި ގަހެއް ހޯދައިފައި އެ ގަހަށް އަހަރެން އެރީމެވެ. މައްޗަށް އަރަމުން ދިޔަ ވަރަކަށް ބޮޑެތި ދޮންވެ ފައްކާވެފައިވާ މަދުތަށް ފެންނަމުން ދިޔައެވެ. އަހަރެން ވަރުގަދަ ގޮފިގަނޑެއްގައި އިށީނދެލައިފައި ފަހަރަކު ދޮންމަދެއް ބިނދެލައިފައި ވައްޓަމުން ދިޔައީމެވެ. ތިރީގައި މީރާ މަދުތަށް ބޮޑު ތިން ކޮތަޅަށް އަޅަމުން ދިޔައެވެ. ނައުރާ ވެސް މީރާ އަށް އެހީވަމުން ދިޔައެވެ. މީރާ ގޮވާލުމުން މަދު ބިނުން ހުއްޓާލައިފައި ގަހުން ފޭބީމެވެ. ދެން ކޮންމެ މީހަކު ކޮތަޅެއް ހިފައިގެން ހިނގަމުން ދިޔައީ އަނގަތަޅަމުންނެވެ.
މީރާގެ ގެއަށް ގޮސް ފުރަތަމަ ވެސް އަހަރެމެން މަދުތަށް ދޮންނަން ފެށީމެވެ. ދެން މަދުތަށް ބޮޑު ވަށިގަނޑަކަށް އަޅައިފައި ވަކިން ކުޑަ ވަށްޓަކަށް ދޮން މަދު އަޅައިގެން އަހަރެމެން ނިކުތީ ޖޯލި ފައްޗަށެވެ. ޖޯލިފަތީގައި އިށީނދެލައިފައި އަހަރެމެން ފަހަރަކު މަދެއް ކަމުން ދިޔައީމެވެ. ހުރިހާ މަދުތަކެއް ކައިނިމުމުން ގޭގެ އަނެއް ފަރާތަށް ދިޔައީ މީރާގެ މަންމައަށް އެހީ ވުމަށްޓަކައި ފިޔާ ކޮށާށެވެ. މީރާގެ މަންމަ އުޅެނީ މަސް މިރުސް ހަދާށެވެ. މެންދުރު ނަމާދަށް ގޮވުމުން އަހަރެމެން ތިން މީހުން އަވަސްވެ ގަތީ ނަމާދު ކުރުމަށެވެ. ތިން މީހުން މުސައްލަ ފަތުރާލައިފައި ނަމާދު ކުރަން ފެށީމެވެ. ނަމާދު ކޮށް ނިމިގެން އަނެއްކާވެސް މަސް މިރުސް ހެދުމައިގެން އުޅުނީމެވެ. މެންދުރު ކާން އަހަރެން ކާގެއަށް ވަނީ ވެސް މަސްމިރުސް ހަދާ ނިމުމުންނެވެ.
ކާގެއަށް ވަދެ ތަށްޓަށް ބަތް އަޅައިފައި ގަރުދިޔަ އެޅީމެވެ. ފަތް ދަޅު ނަގައި ފަތް އަޅައިފައި މަސްމިރުސް ކޮޅެއް އަޅައިފައި މޮޑެލީމެވެ. ތިން މީހުން މޭޒު ދޮށުގައި އިށީނދެފައި ކެއުމައިގެން ކުރިއަށް ދިޔައީމެވެ. މީރުކޮށް އަހަރެމެން ބަތް ކައިގެން ސިންކު ކައިރިއަށް ދިޔައީ ތަށި ދޮންނާށެވެ. ތަށި ބަންޑުން ޖަހައިފައި އައިސް އަލަމާރި ހުޅުވާލައިފައި އައިސް ފެންފުޅިއެއް ނަގައި ފަހަރަކު ތަށްޓަކަށް ފެން އަޅައިފައި ފެންތަށި ބޯލީމެވެ. ދެން ދިޔައީ އެގޭ ދަނޑަށް ދޮންވެފައިވާ މޭވާ އާއި ތަރުކާރީ ކަނޑާށެވެ. އެތަނުން އައިއިރު ފަހެއް ޖަހަނީއެވެ. އެގެއިން ފެންވަރައިގެން އަހަރެން ލީ މަންމަ ގެނައި ހެދުމެކެވެ. އަސުރު ނަމާދު ކޮށް ނިމުނު ތަނާހެން މަޣްރިބަށް ގޮވަން ފެށި އެވެ. އަހަރެން ނިންމީ މަޣްރިބް ނަމާދު ކޮށްލައިގެން ގެއަށް ދިއުމަށެވެ.
އަހަރެން ގެއަށް ދާން ނިކުތްއިރު ރޭގަނޑު ހަތެއް ޖަހާނެވެ. އަހަރެން ދާއިރު ކޮކާ އޮންނާނީ ބަނޑުހައިވެފަ ކަންނެއެވެ. ގެއަށް އައިސް އަހަރެން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީމެވެ. އެތެރެ ހުރީ ވަރަށް އަނދިރި ކޮންނެވެ. އަހަރެން ވަނުމާ އެކު ހެން އަމިއްލަ އަށް ދޮރު ލެއްޕުނެވެ. ” ސަޕްރައިޒް ” އަހަރެން ދިޔައީ ސިއްސައިގެންނެވެ. މިއީ އަހަރެންގެ އުފަންދުވަސްކަން ވެސް ހަނދާނެއް ނެތެވެ. އެންމެން މި ތިބީ މިތާގައެވެ. ދޮރު ލެއްޕީ އަހަރެންގެ ބައްޕައެވެ. އަހަރެން އަވަހަށް ދިޔައީ ކޭކު ކައިރިއަށެވެ. ކޭކު ފަޅައިފައި އެންމެންނަށް ކޭކު ލެވީމެވެ. ކޭކު ތައްޔާރު ކޮށްފައިވަނީ ކޮކާލެއްގެ ބައްޓަމަށެވެ. ކޭކުގެ އެތެރޭގައި ސުޓޯބެރީ ކްރީމް އަޅައިފައި ހުއްޓެވެ. ކޭކު ވަރަށް މީރެވެ. ދެން ފެށީ ހަދިޔާ ތަށް ކަނޑާށެވެ. މީރާ ދިނީ މާގަހެކެވެ. ނައުރާ ދިނީ ކޮކާ ބައްޓަމަށް ހުރި ޖޯޑެކެވެ. މާމަ ދިނީ ކޮކާ ރަޖާއެކެވެ. މަންމަ ދިނީ ކޮކާ ހެދުމެކެވެ. އަހަރެން ބައްޕަ ދިން ޕާރުސަލް ކަނޑަން ފެށީމެވެ. ބައްޕަގެ ފަރާތުން އަހަންނަށް ލިބުނީ ކޮކާ ފޮތެކެވެ. އެރޭ އަހަރެން ނިދީ ވަރަށް އުފަލުންނެވެ. އަހަރެން ހޭލައިގެން އެންމެ ފުރަތަމަ ވެސް ވަނީ ފާޚާނާއަށެވެ. ކޮކާ ބުރުހުން ދަތްއުނގުޅާލައިފައި ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދުކޮށްލީމެވެ. މުސައްލަ އޮޅާލައިފައި އަލަމާރިއަށް ލުމަށްފަހު އަހަރެން އެނދުމަތި ސާފު ކޮށްލީމެވެ.
ދެން އަހަރެން ނިކުމެގެން ގޮސް ބަދިގެއަށް ވަނީމެވެ. ބަނަހެއް ހިފައިގެން އަހަރެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފައި ބަނަސް ކޮޅު ކޮކާ ކައިރީ ބޭއްވީމެވެ. ކޮކާ އަހަރެން ކައިރީގައި ހުރުމުން ކާކަށް ނޫޅުނެވެ. އަހަރެން ދުރަށް ދިއުމުން ކޮކާ ކާން ފެށިއެވެ. އެގޮތަށް ކާންދެމުންގޮސް ދެތިން ދުވަސް ފަހުން އަހަރެން ހުއްޓަސް ކާން ފެށިއެވެ. އެހެން ގޮސް ހަފްތާއެއް ވީ ފަހުން އަހަރެންނަށް އެ ކޮކާ އޮޅު ކުރެވުނެވެ. ކޮކާލުގެ އެއް ފިޔަގަނޑު ބިންދައިގެން ގޮސްފައި ވުމުން ފިޔަގަނޑު ރަނގަޅު ވާން މަހެއް ނެގިއެވެ.
އަހަރެން އެއްދުވަހު މީރާ އާއި ނައުރާ ގެނައިމެވެ. އަހަރެން ކޮކާގެ ވާހަކަ ބުނެފައި ކޮކާ ދައްކާލީމެވެ.
” ވާވް ” ދެމީހުން އެއްފަހަރާ ބުންޏެވެ. އަހަރެން ކިޔައިދޭން ފެށީމެވެ. ވަލަށް ދެވުނު ގޮތާއި މިކޮކާ ފެނުނު ގޮތެވެ. ނަމަވެސް އަހަރެން އެއްކަމެއް ސިއްރު ކުރީމެވެ.
” އެހެން ދޯ ވީ އަހަރެމެން ހާދަ ހޯދީ މޭ ” ނައުރާ ބުންޏެވެ. ” ދެން އެކަން ހަނދާން ނައްތާލާ. މިހާރު މި ތިބީ އެކުގައެންނު. ދެން އިރާދަކުރެއްވިއްޔާ އަހަރެމެން ތިބޭނީ އަބަދުވެސް އެކުގައި. ” އަހަރެން ބުނީމެވެ. އަހަރެމެން އެންމެން ވަރަށް ގިނައިރު ވަންދެން ކޮޓަރީގައި މަޖާ ކޮށް ސަކަރާތް ޖަހާއިފައި ނައުރާމެން ގެއަށް ދިޔައެވެ. އަހަރެން ވެސް ނައުރާ އާއި އެކު ދިޔައީމެވެ.
ދޮރު ހުޅުވާލާފައި އަހަރެން ވަތް ތަނުން އަހަރެންގެ މޫނުގައި ބާލީހަކުން ޖެހުނެވެ. އަހަރެން ބާލީސް ނަގައި އެއްލައިލީމެވެ. ” އަހަރެންގެ ލަވަ ފޮތް ދޭށޭ ” ނައުރީން އާކިލް އަށް ހަޅޭއް ލަވަމުން ދިޔައެވެ. “ހިއް ހިއް ހިއްހީ ނުދޭނަމޯ” އާލިކް ދިޔައީ ނައުރީން ރުޅިއަރުވަމުންނެވެ. ނައުރާ ބޯ ހޫރާލައިފައި ގޮސް ލަވަ ފޮތް އަތުލައިފައި ނައުރީން އަށް ދިނެވެ. ” ދޮންބެ އާ ދޮންއެއް ދުވަހަކުވެސް ބޮޑެއް ނުވާނެ.” ނައުރާ ހެމުން ހެމުން ބުންޏެވެ. ނައުރީން ކުޑަކުއްޖެއްހެން ތުން އޫ ކޮށްލިއެވެ. އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހީވަނީ ބޮޑު ފުއްޕާހަމެއް ފަޅައިގެން ދިޔަ ހެންނެވެ. އަހަރެން އަވަހަށް ގެއަށް ދިޔައީ މެންދުރު ވާތީއެވެ.
އަހަރެން ފެންވަރައިގެން ނިކުމެ ރީތި ވެލީމެވެ. ނަމާދު ކޮށްލައިގެން އަވަހަށް ބަދިގެއަށް ދިޔައީމެވެ. އަހަރެން މަންމަ އަށް އެހީ ވުމަށްޓަކައި ކާންހަދަން ފެށީމެވެ. ބަތް ކަހަނބަށް ބަތް އަޅައިފައި ބިއްލޫރި ބޯތަށްޓަކަށް ގަރުދިޔަ އެޅީމެވެ. ރިހަ އެހެން ތަށްޓަކަށް އަޅައިފައި، ވަތު ތަށްޓަކަށް ރޯމިރުހާއި ލުނބޯ ކޮށައިފައި އެޅީމެވެ. މަންމަ ޖޫސް ގިރައިފައި ފަސް ތަށްޓަށް ޖޫހާއި ފެން އެޅިއެވެ.
” މާމަގެ ކޮކާ ހާދަ މުރާއްޔޭ ދޯ ނައީމް ” މާމަ ވަންނަމުން ބައްޕައަށް ބަލައިލިއެވެ. އެންމެން އަވަހަށް އިށީނީ ކާށެވެ. އަހަރެން ތަށްޓަށް ބަތްއަޅައިފައި ރިހަ އަޅައިފައި މޮޑެލީމެވެ. މެންދުރު ކައިނިމުމުން މަންމަ އާއި އެކު ތަށިތައް ދޮންނަން ފެށީމެވެ. ހުރިހާ ތައްޓެއް ދޮވެ ނިމުމުން އަހަރެން ކޮޓަރިއަށް ވަނީ ކޮކާލަށް މަލެއް ހިފައިގެންނެވެ. ކޮކާ ނަގައިފައި އަހަރެން އެނދަށް ލީމެވެ. އަހަރެން އެނދަށް އަރައިފައި ކޮކާ ކައިރީ މާ ބޭއްވީމެވެ.
އަހަރެން ކޮކާ އާއި އެކު އެކި އެކި ސަމާސާ ކޮށްފައި ނިދާލީމެވެ.
-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ފަތްގަނޑު ފުރޭތަ 23

Next

އިންތިޒާރުގެ ފޮނި ނިމުންް

Next
January 25, 2021

އިންތިޒާރުގެ ފޮނި ނިމުންް

Previews
January 25, 2021

ފަތްގަނޑު ފުރޭތަ 23

One Comment

  1. sahoo says:
    January 26, 2021 at 12:11 pm

    Wowwwwwww very very very nice waiting for the next part of the story

Comments are closed.

Next Episodeކޮކާ←


All Right Reserved!