ވީމޭ އިންތިޒާރުގައި – 13
“އައްދެ.. އެ މަންޖެ ހުރީމަ ބިރުގަތީ؟ ހާސް ނުވޭ ނުކެރޭނެ ކަލޭ ދޫކޮށްލާކަށް..” ލިހުވާން ބުންޏެވެ. ރީހާން ގާތަށް އައީ ރުޅިއެވެ.”މަށަށް އިނގޭ ތިކަން.. އެކަމަކު މަޑުން ވާހަކަ ދެއްކޭނެ.. އެހެން ނޫނަސް މަށަށް ދެވެން ޖެހޭނެ މަގޭ ރަށަށް! ކުރާހާ ކަމެއް ބަލާކަށް ނުވެސް ޖެހޭނެ..” ރީހާން ވީހާ ވެސް މަޑުން ލިހުވާން ކައިރީގައި ބުންޏެވެ.”މަ ވެސް ބޭނުމެއް ނުވޭ އެމީހުން އުޅޭނެ ވައްތަރެއް ބަލާކަށް.. މަރުވިޔަސް ދިރި ތިއްބަސް ވަރިހަމަ.. މަ ނާރާ ފޯރިއެއް ކަލޭ އަރައިގެން ކޮބާ ބޭނުމަކީ؟ ރުޅި އަންނަނީ ވެސް ސަބަބަކާ ނުލައެއް ނޫނޭ. ދެން ރާއްޖެ ދިޔަކަން އިނގުނަސް ދެފައި ބިންދާލާނަން.. ލިއީޝ….” ރީހާންގެ ރުޅިގަނޑު ފަޅައިގެން ގޮސް ލިހުވާންގެ މޫނުމަތީގައި ޖެހުނީ ކެތްކުރަން އުނދަގޫ ވުމުންނެވެ. ލޯބިވާ މީހުންނާއި ދިމާއަށް އެއްޗެހި ގޮވާތަން ބަލަން ރީހާންއަކަށް ނުހުރެވުނެވެ.
**13 ވަނަ ޕާޓު**
ދަތްކުނޑި ވިކިފައި ހުރި ލިހުވާންގެ ދެލޮލުން ފެންނަނީ ޖެހިލުން ކުޑަ ކަމެވެ.”އަތެއް ތަނެއް ބިނދެނީތަ އެމީހުންގެ ވާހަކަ ނުދައްކާ ހުރިއްޔާ؟ މަށަށް ހެވޭ މަ މަރާލިޔަސް އެމީހުންނާ ބެހެން ނުހަދާބަލަ..” ދެވަނަ ފަހަރަށް ރީހާން ލިހުވާންގެ މޫނުމަތީގައި ގޮށްމުށުން ޖަހާ ލޭ ރަހަ ލައްވާލިއެވެ.”ކޮންހާ ފޯރިއެއް އަރައިގެންހޭ ތި އުޅެނީ؟ އަނެއްކާ ބާރުތަކެއް ލިބުނީބާ؟..” ޖެއްސުމުގެ ރާގަކަށް ލިހުވާން ބުނި ޖުމްލައިން ރީހާން އިތުރަށްވީ ފޫއްސެވެ.”ކޮންކަމެއްތަ ތީނައަށް؟ ބަލަން ހުންނާތި. އަދިވެސް ދާނަން.. ގޮސް މަންމައާ ދެމީހުން ހޯދައިގެން އަންނާނީ.. އެންމެ ބޮޑު މިނަކަށް އަހަރެން ވެސް މަރައެއްނު ލެވޭނީ..” ރީހާން ހުރީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ.”މިއޮތީ ވާ ގޮތް ފެނިފައެއްނު؟ އަދި ބުނާނެ ތިމަންނަ އެހީވާނަމޭ.. ވަރަށް ވެވިއްޖެ..” ލިހުވާން ބަލަން ހުރެފައި ރީހާން އެއްފަރާތަކަށް ކޮއްޕާލި ބަނޑުގައި ނިޝާން އަރާ ވަރަށް ޖަހާފައެވެ.
“ދިރިއުޅުމަށް ރުފިޔާ ބޭނުންވާނެ.. އަހަރެން ބުނީ އަހަރެން ކަލެއަށް އެހީ ވާނަމޭ.. ކަލޭ އަމިއްލައަކަށްނު ތި އައީ ވެސް ތަޅައިގަންނަން..” ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ރީހާން ވާހަކަ ދެއްކިއެވެ.”މަށަށް އިހުތިރާމް ނުކުރާ މީހެއް މަ ބޭނުމެއް ނޫން.. ދެން މަށަށް ބައްޕަ ކިޔާނެ ކަމެއް ނެތް މާ މާތް ވާކަށް..” ލިހުވާން ހުރީ ހަމަ ރަނގަޅަށް ވެސް ހިތްހަމަ ނުޖެހިފައެވެ.”ބައްޕަ.. ބައްޕަ.. އެ ނޫން މަޤާމެއް ނެތޭ ކަލެއަކަށް.. އޮތްނަމަތާ އެހެން ނަމެއް ކިޔޭނީ.” ރީހާން ކޮޅަށް ތެދުވެ ހަމަ ޖެހިލިއެވެ. އައި ރުޅިން ރީހާންގެ ކަރުގައި ހިފައިގެން ލިހުވާން ގޮސް ފާރުގައި ޖެއްސިއެވެ.”އެންމެ ފަހު ފަހަރަށް މި ބުނަނީ.. ރާއްޖެއަށް ނުދާތި!.. ދިޔައިއްޔާ މިހެން ބުނާކަށް ނުހަދާ ނަން.. މަގޭ ވެސް ދެ އަތް ދެ ފައި އެބައޮތޭ ސަލާމަތުން.. އަނިޔާ ކުރެވިދާނެ..” ލިހުވާން ރީހާންގެ ކޮލަށް ފިތާލި ގަޑީގައި ރީހާންގެ ތޫނު ފޭރާދަތް ތުންފަތަށް ވަދުމުން ކުޑަކޮށް ލޭ އައެވެ. ކުދި ނޫނަސް ދެތިން އަނިޔާ ދިނުމަށް ފަހު ލިހުވާން ނުކުމެގެން ދިޔައެވެ.
އެތެރޭގައި އެލީޒާ ހުރީ ބިރުން ވިރިވިރިއެވެ. ރީހާން އައިސް ވަނީ އެލީޒާ އެހެން ހުއްޓައެވެ. ސާފުކޮށް ނޫނަސް އެ ކީ އެއްޗެހި އެލީޒާއަށް އިނގިއްޖެއެވެ.”ރީހާން..” އެލީޒާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ރީހާންއަށް ލިބިފައިވާ ޒަޚަމްތަކެވެ. އެ ދިޔަ ގޮތަށް ގޮސް ރީހާން ބަންޑުން އެނދަށް ވެއްޓިގަތެވެ. ލިހުވާން އައިސް ދާނެތީ ބިރުން އެލީޒާ ދޮރު ތަޅުލިއެވެ.”އެ..ރީހާންގެ.. ބައްޕަ ދޯ؟…” ލިއީޝް ރީހާން ކައިރީގައި އިށީންނަމުން އެހިއެވެ. އެ އޮތްގޮތަށް އޮވެ ރީހާން ބޯ ޖަހާލިއެވެ.”ކީއްވެތަ އެހާ ވަރަށް ރުޅި އަންނަނީ.. އަހަރެން ވެސް ދެރަ ވެއްޖެ އެހެން ބުނީމަ.. އުފަން ބައްޕަ އެގޮތަށް ވާހަކަ ދައްކާ ނަމަ ކާކުތަ ދެރަ ނުވާނީ.. އަހަރެން ހީކުރީ ރީހުގެ ބައްޕަ ވަރަށް ރަނގަޅު ވާނެ ކަމަށް..” ރީހާންގެ ފަރާތުން ޖަވާބެއް ލިބޭތޯ އެލީޒާ މަސައްކަތް ކުރިއެވެ.
“އެންމެންގެ އާއިލާ އެއްގޮތެއް ނުވާނެ.. އަހަރެންގެ އާއިލާ އަކީ ފެށުނީއްސުރެ މައްސަލަ އޮންނަ ތަނެއް.. އަހަރެން ބޭނުން އެލީ އުޅޭ ކަހަލަ ހެޕީ ލައިފްއެއް..” ރީހާން ތެދުވެ އެނދުގައި ލެނގިލިއެވެ.”އަހަރެންގެ މަންމަ ބުންޏެއްނު ރީހު އަކީ ވެސް ފެމެލީ ކަމުގައޭ ބަލަނީ..” އެލީޒާ ބުންޏެވެ.”ތިކަމާ އަހަރެން ވަރަށް އުފާވޭ.. އެކަމަކު އެލީ.. އަހަންނަށް ފަސޭހައެއް ނޫން މި ބުނަން އުޅޭ ވާހަކަ ބުނާކަށް.. އަހަރެން ބޭނުން ސިއްރު ކޮށްފަ ބާއްވަން..” ރީހާން ފާޑަކަށް ހިންދިރުވާލިއެވެ. ކޮން ކަމެއްހޭ އަހާފައި އެލީޒާ އިނީ ޝައުގުވެރިވެފައެވެ.”ލިހުވާން އެއީ އަހަރެންގެ ބައްޕައެއް ނޫން..” މާޔޫސް ވެފައި ރީހާން އެލީޒާއަށް ބަލާލިއެވެ.
“އަހަރެންގެ އަސްލު ބައްޕަ އަކީ ޔަމާން.. އޭނަ ކައިރިން މަންމަ ވަކިވީ އަހަރެންނަށް ފަސް އަހަރުގަ.. ޔަމާން ވެސް މަންމަ ދެކެ ރުޅި އަންނާނެ… ލިހުވާން ވެސް މަންމައާ އެހާ ހިތްހަމައެއް ނުޖެހޭނެ..” އިތުރަށް ރީހާން ކިޔައިދިނެވެ.”އެ ކީއްވެ؟ މިހާރު ރީހާންގެ ބައްޕަ މަރުވީތަ؟..” އެލީޒާ ސުވާލު ކުރިއެވެ.”ނޫން.. އަހަރެން ނުވެސް އުޅެން ބަލާކަށް.. ވަރަށް ފޫހިވާ އިންސާނެއް އެއީ..” މާޒީގެ ސަފުހާތައް ހާނދާންވާން ފެށުމުން ރީހާންގެ އަތް މުއްކެވުނެވެ.”ދެން ލިހުވާން؟..އޭނަ ދެކެ ރުޅި އާދޭ ދޯ؟..” އެލީޒާ އިނީ ސުވާލު ގޯނި ހިފައިގެންހެން ހީވެއެވެ.”ހޫމް އޭނަ ދެކެ ވެސް ފޫހިވޭ.. އެކަމަކު އޭނަ އަށް އެކަނި އަހަރެން ބައްޕަ ކިޔާނީ.. މަންމަ ވަރަށް ގިނައިން ކިޔާނެ އަހަރެން ވައްތަރީ ޔަމާން އާއޭ..އަހަރެން ވަރަށް ފޫހިވޭ.. މި ސިފަ އަށް ވުރެ އަހަންނަށް ރަނގަޅު ހަޑި މީހަކަށް ވެވުންނަމަ.. އެމީހާގެ ސިފަ ބޭނުމެއް ނޫން..” ރީހާން އަމިއްލަ ނަފްސަށް މަލާމަތް ކުރާ ސަބަބު އެލީޒާއަށް އިނގުނެވެ.
“އަހަންނާ ހެދި ވަރަށް އުނދަގޫވޭ ދޯ އެލީއަށް؟؟.” ގައިގައި ވަރެއް ނެތް މީހެއްހެން އިނދެފައި ރީހާން އެލީޒާއަށް ބަލާލިއެވެ.”ނޯ..” އެލީޒާ ހިނިތުންވެލިއެވެ. އެއިން ވާހަކައެއް ދެއްކި އިރުވެސް ރީހާންގެ ދެލޮލުން ކަރުނައިގެ އަސަރު ނުފެނުމުން ކިހާ ކެތްތެރި މީހެއްކަން އިނގި އެލީޒާ އުފާކުރިއެވެ. ލިއީޝް ވާހަކަ ނުދައްކަން އެ ހުންނަ ސަބަބަކީ ވެސް އެހެންވީމައެވެ. އެ ވާހަކަ ދައްކަން ފަށާފައި ރޮވިދާނެތީއެވެ. އޭނާ ލިއީޝް ދެކެ ވެވުނީ ޚުދު އޭނައަށްވެސް ނޭނގޭ އެހެން ކަހަލަ ލޯތްބެކެވެ.
ރީހާންގެ އަތް މާ ވަރަކަށް ބަނޑަށް ގެންނާތީ އެލީޒާ އަކަށް ނުހުރެވުނެވެ.”ބަނޑަށް ތަދުވާނީތަ؟..” ރީހާންއަށް ބަލާލާފައި އެލީޒާ އެހިއެވެ. ޖަވާބުގައި ރީހާން ނޫނެކޭ ބުނުމުން ވެސް އެލީޒާއަށް ޤަބޫލު ކުރަން އުނދަގޫވިއެވެ. ރީހާން އަތް ނެގި ގަޑި ބަލާފައި ލައިގެން އޮތް ހުޑީ މައްޗަށް އަރުވާލިއެވެ. އެވަގުތު ލިއީޝް ދެލޯ ބޮޑުވިއެވެ. ފަނޑު ފަނޑުކޮށް ލިހުއާންގެ ގޮށްމުށުން ޖެހި އަތް ރީހާންގެ ބަނޑުގައި އިނގެން އިނެވެ.”ރީހާން.. ވެއިޓް..” ދެރަ ވީ ވަރުން އެލީޒާ އަވަސް އަވަހަށް ކަފަ ކޮޅަކާއި ބެންޑޭޖް ކަހަލަ ތަކެތި ހިފައިގެން އައިސް ރީހާންގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ގާތުގައި އިށީނދެ ބަނޑަށް އައިސް އެޅިއެވެ. އަދި ކަފަ ތަކުން މޫނުމަތީގައި ހުރި ލޭތައް ފުހެން ފެށިއެވެ. ވީ އަރާމުން ރީހާންއަށް ދެލޯ މަރާ ލެވުނެވެ. ކުއްލިއަކަށް ހަނދާންވީ ހަމަ އޭގެ ދުވަހެއްގެ މަތީންނެވެ.
ރީޝަމް ކައިރީގައި އިންދައި ރީޝަމް ރޯން ފެށުމުން ރޭޝްމާ ކައިރިއަށް ގެންދަން ވެގެން ރީޝަމްގެ އަތުގައި ހިފާ ނެގިއެވެ. އޭރުވެސް ރީޝަމް ރޮނީއެވެ. އަވަސް އަވަހަށް ދުއްވައި ގަންނަން ހަދައިގެން ރީހާން އާއި އެކީ ރީޝަމް ވެއްޓުނެވެ. އެއާއެކު ރީޝަމްގެ ރުއިން ހުއްޓި ހޭންފެށިއެވެ. ރީހާން ވެސް ހޭން ފެށީ ރީޝަމްއަށް ގެއްލުމެއް ނުވާކަން އިނގުމުންނެވެ. އެކަމަކުވެސް ރީހާންގެ ތުންފަތް އޮތީ ފަޅައިގެން ގޮސްފައެވެ. ހަ އަހަރުގައި ވެސް އެ ދެކުދިން ސަކަރާތް ޖަހާއިރު ހީވަނީ ތުއްތު ކުދިންހެންނެވެ. ތެދުވެފައި ބޭރަށް ނިކުންނަން އުޅެނިކޮށް ކުރިމައްޗަށް އެރީ ލިއީޝް އެވެ. ތުން ދަމާލާފައި ރީހާންގެ އަތުގައި ހިފައިގެން ލިއީޝް އެގޭގައި ބައިންދާފައި ކުޑަ ފޮތިކޮޅަކުން ލޭތައް ސާފު ކުރަން ފެށިއެވެ. ލިއީޝްގެ ޚިޔާލުގައި އޮވެފައި ރީހާންއަށް އެލީޒާގެ އަތުގައި ހިފުނީ ބޭއިޚްތިޔާރުގައެވެ. އޭރުވެސް ދެލޯ އޮތީ މެރިފައެވެ.
ރީހާން އެހެން ހެދުމުން އެލީޒާ ސިއްސައިގެން ދިޔައެވެ. ރީހާންގެ ތުންފަތުގައި ކުޅެލީ މަޑު ހިނިތުންވުމެކެވެ.”ރީހާން..” އެލީޒާގެ ވައި އަޑު ރީހާންގެ ކަންފަތާއި ހަމައަށް ފޯރީ ލިއީޝްގެ އަޑުހެންނެވެ.”ހާދަ ބިރުން..” ރީހާންގެ ޚިޔާލީ އަޑުން އެލީޒާ ސިހުންވެ. އަދި ލަސްލަހުން އެލީޒާގެ އަތް ތުންފަތާއި ދިމާއަށް ގެންދެވެން ފެށިއެވެ. ތެޅިގަނެފައި އެލީޒާ ދުރުވީ ހައިރާން ވެގެންނެވެ. ރީހާންއަށް ވެސް ޚިޔާލުތަކުން ބޭރުވެވުނީ އެލީޒާ އެހެން ހެދުމުންނެވެ.”ސޮރީ.. ވަރަށް ބޮޑަށް ސޮރީ އެލީ.. އަހަރަށް ގަސްތަކު ނޫން.. ޕްލީޒް ގޯސްކޮށް ނުވިސްނާ..” ހާސްވެގެން ރީހާން ތެޅިގަނެފައި އެލީޒާ އާއި ވާހަކަ ދެއްކިއެވެ. އޭރުވެސް އެލީޒާ އިނީ ލިބުނު ޝޮކުން ދެލޯ ބޮޑުވެފައެވެ.”އެލީ..” އެލީޒާގެ ފަރާތުން ޖަވާބެއް ނައެވެ.”އިޓްސް އޯކޭ..” ހިންދިރުވާލާފައި އެލީޒާ އެލުން މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
އެލީޒާ ގެއަށް ލާފައި ރީހާން ބޭރަށް ނިކުމެ އުޅުނީ ބޮލަށް ހަމަޖެހުމެއް ލިބޭތޯއެވެ. ވަކި ހިސާބަކުން ކާރުން ފައިބައިގެން ރީހާން ކައިރީގައިހުރި ފިހާރަ ތަކަށް ވަންނަން ފެށީ ކޮންމެހެން އެއްޗެއް ގަތުމުގެ ބޭނުމެއްގައެއް ނޫނެވެ. އެކި އެއްޗެހި ބަލަމުން ދަނިކޮށް ފުރަގަސް ދީގެން ހުރި މީހެއްގެ ގައިގައި ޖެހިފައި އެމީހާ ވެއްޓެން ދިޔައެވެ. ރީހާން އެކުއްޖާ ހިފަހައްޓަން އުޅެނިކޮށް އެހެން ފިރިހެނަކު އައިސް އެކުއްޖާ ވެއްޓުނަ ނުދީ ސަލާމަތް ކޮށްދިނެވެ. އޭރު އެ އަންހެން ކުއްޖާ ގެންގުޅުން ދަންފުޅި އޮތީ ތަޅައިގެން ގޮސްފައެވެ. ވަގުތުން ރީހާން މަޢާފު ކުރަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ ކުރިމަތީގައި ހުރި ޒާން އާއި ލިއީޝް ފެނިފައެވެ. ހިތަށް ތަދުވި ނަމަވެސް ކުޑަކޮށް ހީނލާފައި ރީހާން ކައުންޓަރ ކައިރިއަށް ޖެހިލިއެވެ. ދެވަނަ ފަހަރަށް ބަލާލުމެއްނެތި އޭނާގެ އަތުން ހަލާކުވި ދަންފުޅިއަށް ވާ ވަރަށް ފައިސާ ދިނުމަށްފަހު ނުކުމެގެން ދިޔައީއެވެ. އެތަން ބަލަން ލިއީޝް ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. ޒާންގެ ދެބުމަ ވަނީ ކައިރިވެފައެވެ.
“ހިނގަދާން އަވަހަށް.. އޭނައާ ހެދި ނެތޭ ދޯ ގެއިން ނިކުމެވޭކަށް ވެސް..” ރުޅި މައިތިރި ކުރަމުން ޒާން ލިއީޝްގެ އަތުގައި ހިފައިގެން ގެންދިޔައެވެ.”އެކަމާ މެދު ނުވިސްނާތި އަނެއްކާ.. އެ ވާނީ ލިއީ ބުނިހެން ސްޓޯކް ކުރާ މީހަކަށް..” ޒާން އެހެން ބުނި ނަމަވެސް މީހެއްގެ ހިތުގައި ވާ އެއްޗެއް ބަދަލު ކުރާނީ އެމީހަކު އަމިއްލައަށެވެ. ލިއީޝް ހިތަށް ރީހާންގެ އެ އަމަލުން ފުން އަސަރުތަކެއް ކޮށްފިއެވެ. އެކަން ޒާންއަށް އިނގުނީ ކަންނޭނގެއެވެ.”އޭ ކިހިނެއް ވެފަ ތިހުރީ؟ ބޮލުގަ ރިއްސަނީތަ؟ ތަނަކަށް ތަދު ވަނީ؟؟.” އަވަސް އަވަހަށް ޒާން ވާހަކަ އޮޅުވަން އުޅުނު ގޮތުން ލިއީޝް ހިތްހަމަ ނުޖެހުނެވެ.”ނޫން އޯކޭ..” އެކަން ނުދައްކާ ވޭތޯ ބަލަމުން ލިއީޝް ފުން ނޭވާއެއް ދޫކޮށްލި އެވެ.
“ކީކޭ ޒާން؟ ބޯ ގޮވާނެ އޭނަ އުޅެންޏާ.. ސާބަސް ހަމަ..” ލަހުމާ ކައިރީ އެ ވާހަކަ ބުނުމުން ރުޅި ނޫން އިތުރު އެއްޗެއް ނައެވެ.”އާނ އެކޭ… މަށަށް ޔަޤީން އޭނަ އެއުޅެނީ އަނެއްކާ ވެސް މަގޭ ލިއީ ޖަހައިގަންނަން..” ރުޅި އައިސްފައި އިން ވަރުން ޒާންގެ އަޑު ބާރުވިއެވެ.”މަޑުން.. ލިއީ އަށް އަޑު އިވިދާނެ..” ލަހުމާ ދެލޯ ބޮޑުކޮށްލިއެވެ.”އެންމެ ރަނގަޅު.. ދެން މަށަށް އިނގޭނީ ހަދަން ވީ ގޮތް.. ކެތް ކުރެވޭ ވަރު ބޮޑު އަދިވެސް..” ފުންމައިގެން ތެދުވި ގޮތަށް ޒާން ހިނގައިގަތީ ބެލްކަނީ އަށެވެ. ލަހުމާ ދެބުމަ އަރުވައިގެން ބަލަން ހުއްޓައި ޒާން އެތެރެއަށް ވަނީ ކާމިޔާބުގެ ހިނިތުންވުމަކާ އެކުއެވެ.”ދެން ހުރޭ ވާނެ ގޮތް ބަލަން.” ޒާން ފޮނި ވެލާފައި އެތެރެއަށް ވަނެވެ.
ރީހާން ކާރަށް އަރާ ހަމަޖެހި ބަލާލި އިރު ފޯނަށް ނޭނގޭ ނަމްބަރ އަކުން މެސެޖެއް ކޮށްފައި އިނެވެ. އެ ބަލާހިތް ނެތުމުން ރީހާން ކާރު ދުއްވާލީ ގެއާއި ދިމާއަށެވެ. އެ ނަމްބަރުން މާ ވަރަކަށް ގުޅަން ފެށުމުން ރީހާންއަށް އުނދަގޫ ވެގެން ފޯނު ސައިލެންޓް އަށް ލިއެވެ. އެވަރުން ވެސް ހުއްޓާ ނުލައި އެމީހެއްގެ ކޯލްތައް ލިބެމުން ދިޔައެވެ. ބޮލަށް އުނދަގޫ ވެފައި އިނުމުން ރީހާން އިނީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެންމެފަހުން ކެތް ނުވެގެން ރީހާން ފޯނު ނަގާ ބަލާލިއެވެ.”ހައި..ވަރަށް މުހިންމު ވާހަކައެއް ބުނަން އަހަރެން ބޭނުން.. ފޯނުން ނުބުނެވޭ ވަރުގެ ވާހަކައެއް.. އަންނަން ބޭނުން ނުވާ ނަމަ އަހަރެން މިހާރު ތިގެއަށް ގޮސް ވަދެދާނަން.. އަންނަން ރެޑީ ވިއްޔާ މިރޭ ކޮންމެވެސް ގަޑި އަކުން އަނެއް މަގުގަ ހުންނަ ކޮފީ ޝޮޕް އިން ބައްދަލު ކުރޭ.. އިންތިޒާރު ކުރާނަން..” އެ މީހެއްގެ މެސެޖް ކިޔާ ނިމުނު އިރު ރީހާން އިނީ ސުވާލު މާކެއްގެ ތެރޭގައެވެ.
އެމީހާ އާއި ބައްދަލު ކުރަން ރީހާން ގެއިން ނިކުމެވުނީ އެލީޒާގެ ކުރިމައްޗަށެވެ.”ޑޭޓަކަށްތަ ތިދަނީ؟..” ރީހާން މޫނުމަތިން ފެނުނު ސީރިއަސް ކަމުން އެލީޒާ ސަމާސާ ކޮށްލިއެވެ.”ނޫން.. އެލީ ދަންޏާ ގެންދަން މިހުރީ ތައްޔާރަށް..” ރީހާން ގަޑިއަށް ބަލާލިއެވެ.”ސޮރީ ލަހުން ބުނަން ޖެހުނީމަ.. އެކަމް ރީހާން އެކަނި އަންނަން ވާނީ..” އެލީޒާ ކައިރި އެހެން ބުނިތާ މާ ގިނައިރެއް ނުވެ އެއްކަލަ މީހާގެ ފަރާތުން އެ މެސެޖް އައުމުން ރީހާންއަށް ވަށައިގެން ބަލާލެވުނެވެ.”އޯކޭ ހިނގާ..” ކުރާނެ ކަމެއް ނެތުމުން އެލީޒާ ރީހާން ފަހަތުން ދާން އުޅުނެވެ.”ޕިސް ނެތޭ ގެންދެވޭކަށް.. އަންނާނަން.. ގޭތެރެ ކުޑަކޮށް ސާފު ކޮށްލެވިދާނެތަ؟.. ސިޓިންގް ރޫމްގައި ހުންނާނެ ކަންނޭނގެ ލޭތައް ވެސް ހިކިފަ..” އަވަސް އަވަހަށް ރީހާން ބުންޏެވެ. ދައްކާނެ ރަނގަޅު ބަހަނާއެއް ފެނުމުން ރީހާން ހިތްހަމަ ޖެހުނެވެ.
އެލީޒާ ދިއުމުން ރީހާން އަވަސް އަވަހަށް އެ ބުނާ ކޮފީ ޝޮޕަކަށް ދިޔައެވެ. ގިނަ މޭޒުތައް އެކަށްހެން އޮތީ ފުރިފައެވެ. އެތަނުން ދުރުގައި އިން އަންހެން ކުއްޖަކު ރީހާންއަށް ހަނާ އަޅާލިއެވެ.”ގާރލް އެއްތަ؟..” އަންހެން ކުއްޖެއްކަން އިނގުމުން ރީހާންގެ މޫނުން ފެނުނީ ފޫހިކަމެވެ. އެއީ ރީހާންއަށް އާ ކަމެއް ނޫނެވެ. ރީހާން އުޅޭ ދިމާގައި ފުދޭވަރަކަށް ރާއްޖެ ކުދިން ގިނަ ވާނެއެވެ. ދޭތެރެއިން ރައްޓެހިވާން ބޭނުންވާ ކުދިން އެގޮތަށް ކުދި ކުދި މެސެޖް ކުރާނެއެވެ. ނަމްބަރު ހޯދަން ބޭނުމިއްޔާ އެމީހުން އަމިއްލައަށް ވެސް އެކަން ކުރެ އެވެ. ފޫހިކަމާ އެކީ ހިނގާފައި ގޮސް ރީހާން އެކުއްޖާ ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ.
“ހައި ރީހާން..” އެކުއްޖާ ފުޅާ ހިނިތުންވުމަކާއެކު ބުންޏެވެ. ބަދަލުގައި ރީހާން ދެބުމަ އަރުވާލިއެވެ.”ކޮން ވާހަކައެއްތަ ބުނަން އުޅުނީ؟..” ރީހާން ދުރު ބަލާލިއެވެ.”އެވާހަކަ ބުނުމުގެ ކުރިން އެހަށް އަހާލާނަން.. ރީހާން އަށް އޯރޑާ ކުރިން ކޮފީއަކަށް.. އެންމެ ރަނގަޅު ވާނެ ދޯ؟ ޕޭ ވެސް ކޮށްފަ އިންނާނީ .” އޭނާ ބުންޏެވެ. އިރުކޮޅެއް ނުވެ ކޮފީއެއް ހިފައިގެން އައިސް ބެހެއްޓުމަށްފަހު ވެއިޓަރު ދިޔައެވެ.”ރުޅި ނާންނާތި.. ރީހާން ލައިކް ވޭ ދޯ ލިއީޝް.” ފުރަތަމަ ވެސް އެކުއްޖާ ފެށި ވާހަކަ އަކުން ރީހާން މެއަށް ފިނިވެގެން ދިޔައެވެ.”ތީ ކާކު؟..” އެ މީހާ އާއި ދިމާއަށް ފުންކޮށް ރީހާން ބަލާލިއެވެ.”އަހަންނަށް ކިޔަނީ ހަނާ..” ހަނާ ކުޑަކޮށް ތަޢާރަފް ވިއެވެ.”އިނގުނީ ކިހިނެއްހޭ ދޯ ހިތަށް އަރަނީ.. އަހަންނަށް އިނގޭ.. ލިއީޝްގެ ކޮންމެ ކަމަކީ ވެސް އަދި ލިއީޝްގެ ކޮންމެ ވާހަކަ އަކީ ވެސް ރީހާންއަށް މުހިންމު ވާހަކަ އެއްކަން..” ހަނާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ރީހާން ހިތަށް އުނދަގޫ ވިއެވެ.
އަވަސް އަވަހަށް ރީހާން ކޮފީތަށީގައި ތުން ޖަހާ ކޯވަރެއް ބޯލިއެވެ. އެހެނަސް ކަރަށް އަރައިގެން ދިޔަ ތޫނު ތަދާއި އެކީ އަނގައި ތެރޭގައި ލި ބޯ އަނބުރާ ކަހަލަ ރަހައަކުން ރީހާން މޭނުބައި ކުރިއެވެ. ކޮފީ ތައްޓާއި ދިމަ ބަލާލެވުނީ ދެނެވެ.”ނުބައީތަ؟ އެކަމް ހީކުރީ މީ ކަމަށް މި ހިސާބުގަ ހުންނަ ބެސްޓް ތަނަކީ.. އެހެން ތާކަށް ދަމާ؟..” ހަނާ އެހިއެވެ.”ނޯ އޯކޭ ވާނެ..” މާ ކުރިން ހަނާ ރުފިޔާ ދައްކާފައި ވުމުން ރީހާން އަށް އެބަސް ވާކަށް ނުކެރުނެވެ. އެކަމަކު ވެސް އެ ތޫނު ތަދުގެ ސަބަބުން އަނގައިގައި ލޭ ރަހަ ލީ ހެން ރީހާންއަށް ހީވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



mi prt ves v reethi ❤️❤️❤️