އެރޭ އެކްސްޓްރާ އަށް އިންޝާ އާއި މިޝްޔާ ދިޔައީ ލުޔާ އާއި އެކީގައެވެ. އިންޝާ އެކި ދިމަ ދިމަ ބަލަމުން ދިޔައީ ނާޔާ ފެނޭތޯއެވެ.”އެއޮށް ވައްދަނީ… ” ލުޔާ ބުންޏެވެ. އިންޝާ އަށް ހަމަބިމަށް އާދެވުނީ ދެނެވެ. އަވަސް އަވަހަށް މިޝްޔާ އާއި އެއްކޮށް ހިނގައިގަތީ ސަފު އޮތް ދިމާއަށެވެ. އެވަގުތު މިޝްޔާގެ ލޮލުގައި އަޅައިގަތީ މާ ދުރުދުރުން އައި ނާޔާއެވެ.”އޭއި އިނާ އެހެރަ އަންނަނީ ނާ…” މިޝްޔާ ނާޔާ ދައްކާލިއެވެ. ނަމަވެސް އޭރު ވަރަށް ގިނަކުދިން […]
“އަހަރެން ހީކުރީ ޔައިނާދައްތައަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ކަމަށް.. ” ނާޔާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.”ސާބަސް… ރާލް ބޭބެ އައިއްސި…. ބާއި ދަނީ…” މިޝްޔާ އަތް ހޫރުވާލާފައި ރާއިލް ކައިރިއަށް ދިޔައެވެ. އިންޝާ ވެސް ފަހަތުން ދިޔައެވެ. ނާޔާ ވެސް ހީލާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ނާޔާ ގެއަށް ދަނީ އެކަންޏެވެ. ނާޔާ ހިނގަމުން ދަނިކޮށް މީހަކު ފަހަތުން އަންނަހެން ހީވެގެން ހުއްޓުނެވެ. މަގުގައި މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް ނާޔާ ނުވިސްނައި ހުއްޓައި […]
ކުޅެ ނިންމައިގެން އިންޝާ އާއި މިޝްޔާ ދިޔައީ ފެންވަރަންށެވެ. އިންޝާ ލީ ނޫ ކުލައިގެ އަތްދިގު ޓީޝާޓަކާއި އާދައިގެ ހަރުވާޅެކެވެ. އަދި ފަން ދިގު އިސްތަށިގަނޑަށް އެއްވެސް ކަމެއް ނުކޮށް ތުންފަތުގައި ރަތް ކުލައިގެ ލިޕް ގްލޮސް ހާކާލިއެވެ. މިޝްޔާ ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓަކާއި ޗޮކްލެޓް ކުލައިގެ ޖީންސް އެކެވެ. އެ ބުޅި އިސްތަށިގަނޑު އައްސާލާފައި ހުރި އިރު ނިކަން ރީއްޗެވެ. ތައްޔާރު ވެ ނިމިގެން ނާޔާ މެން އަންނަންދެން ބޭރުގައި އިންޝާ އާއި […]
އެމީހުން ފަހަތުން ގޮސް ދެވުނީ ރީތި ގެއަކަށެވެ. އެގޭގައި ވަނީ ރަތްކުލައިގެ ފަރުނީޗަރު ތަކެވެ. މިޝްޔާ ބިރުން ޔަޒާން އަތުގައި ބައްދާލިއެވެ. މިޝްޔާ ދެކޭ ގޮތުގައި ރަތް ކުލަ އަކީ ވަރަށް ނާމާން ކުލައެކެވެ. މިޝްޔާއަށް އެމީހާގެ މޫނު ފެނުނީ އަދި ކިރިޔާއެވެ. ކުރިން ފެނުނު ހަނދާނެއް ވިއެވެ. ނަމަވެސް އެއީ ކާކު ކަމެއް މިޝްޔާއަކަށް ނޭނގުނެވެ. ކުއްލިއަކަށް އެމީހުން ގެއްލުނެވެ. މިޝްޔާ ލޯ މަރާލާފައި ލޯ ހުޅުވާލިތަނުން ހުރިހާ ތަނެއް ވަނީ އަނދިރިވެފައެވެ. ދުރުގައި މެއާއި […]
“މީ ކޮން ކަމެއް… ހާދަ ސަކަރާތެއް އަހަރެމެން ނުލާ…” ފެންވަރާލައިގެން އައި މިޝްޔާ އާއި އިންޝާ އަހާލިއެވެ.”މަންމައާ ދިމާ ކުރަނީ ނުން…” ރާކިން ޖަވާބު ދިނީ ހިނިއައިސްފައެވެ.”އަދިވެސް ދޮންތަމެންގެ ލަވް ސްޓޯރީ ނުނިމޭ…” މާއިން ވެސް ރާކިން އާއި އެއްބައިވެ ލިއެވެ.”ދެން ހެވޭ…” ހިޝާ ރާކިން ގައިގައި ޖަހާލިއެވެ.”ހެހެ ހިނގާދާން..” މާއިންމެން އިންޝާ އާއި މިޝްޔާ ގޮވައިގެން ދިޔައީ ހިތްފަސޭހަ ހިސާބަކަށެވެ. **5 ވަނަ ޕާޓު** “އަސްލު މި ވާ ގޮތަކީ… އިޝާން…” މާއިން ވާހަކަ ދައްކަން […]
“ދެން ހެވޭ… މި އުޅުން މާ ފަސޭހަ…” އިޝާން ހަމަޖެހިލިއެވެ.”ކީކޭ ދޯ ބުނާނީ ވެސް… ދުވަހަކު ގޮތްދޫނުކުރާ މީހެއް…” މާއިން ބޯ ހޫރާލިއެވެ.”އެ ވާހަކަ ބާއްވަބަލަ… ކޮން އިރަކުން ރަށަށް އަންނަނީ…” އިޝާން ކުޑަކޮށް ހިތްހަމަ ނުޖެހުމުން ބުންޏެވެ.”މާދަމާ.. އޭއި ދެން ބާއްވަނީ އިނގޭ…މިހާރު މަންމަމެން ތިބޭނެ ލަސްވެފަ… ” މާއިން ޖަވާބު ދިނެވެ.”އޯކޭ ބާއި…” އިޝާން ހިނިތުވަމުން ފޯނު ކަނޑާލިއެވެ. **4 ވަނަ ޕާޓު** “ކޮން އުޅުމެއް ދޫކުރާ ވާހަކަތަ ދޮންބެމެން ތިކިޔަނީ…” ފޯނު ކަނޑާލުމުން […]
“އެޖެހުނީ ކަންތައް… ފަތިސް ނަމާދު ކޮށްގެން ދާންވީ ގޮވަން…” ހިޝާ ބޯ ހޫރާލިއެވެ. މިޝްޔާ މެން ނަމާދުކޮށް ނިމެންދެން އިންޝާ އޮތީ ފޯނުން ގުރުއާން ކިޔަވަންށެވެ.”އިންޝާ ދެން ތެދުވޭ ފެންވަރައިގެން ސައި ހަދަން…” އިލްޔާ އިންޝާ ބޮލުގައި ފިރުމާލަމުން ބުންޏެވެ.”އޯކޭ…” އިންޝާ ތެދުވީރު ހިޝާ އާއި ލުޔާ މަޔާން މެންނަށް ގޮވަން ދަނީއެވެ. ފޮށިން ކަޅު ކުލައިގެ ޓީޝާޓަކާއި ރަތް ކުލައިގެ ޖީންސް އެއް ނަގައިގެން އިލްޔާ ނިކުތީ ކައިރި ހިސާބެއްގައި އޮންނަ ފާހަނާއަށެވެ. އެތަން އޮންނަނީ […]
ލޫ ތިހެން ނުބުނޭ ޕްލީޒް.. މިޝް އެއީ ލޫގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެއްނު… ލޫ ގަބޫލު ކުރަނީ އެއީ ލޫގެ ދަރިކަމައްނު…” ޔަޒާން ލުޔާއަށް ވިސްނައި ދިނެވެ.” އެހެން ކިތަންމެ ވިސްނިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ… އަހަރެން މިޝްޔާ ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވެޔޭ.. އެކަމް.. ” ލުޔާ އަށް ރޮވޭ ވަރުން ވާހަކަ ވެސް ނުދެއްކުނެވެ.” އާދޭސް ކުރަން… ލޫ ތިހެން ރޯތަން ފެނުނީމަ އަހަރެމެން ހާދަ ދެރަވެއޭ.. ޕްލީޒް ހުއްޓާލާ.. ” ޔަޒާން […]
މާއިން އާއި އިންޝާ ހިނގަމުން ދިޔައީ ފަޅު ރަށެއްގެ ގޮނޑުދޮށުގައެވެ. އެ އާއިލާ އެއްކޮށް އޯވަރ ނައިޓް އަކަށް އައީ އިންޝާ އާއި މިޝްޔާ އެދުމުންނެވެ.”ހާދަ ފޫއްސޭ…މީހަކު ވެސް ނޫޅޭ..” މާއިން ގާކޮޅެއްގައި ފައިން ޖަހަމުން ބުންޏެވެ.”މިއޮއް ކަމެއް…ކިހާ ރަނގަޅު މީހުން ނޫޅޭ ރަށެއް..ބޮލަށް ފަސޭހަ..” އިންޝާ ލައިގެން ހުރި ޖީންސްގެ ފައިކުރި އޮޅާލަމުން މޫދާއި ކައިރިވިއެވެ. “އިނާއަށް ރަނގަޅު ވާނެ ކޮންމެ ތަނަކަސް..އިޝާން ގޮވައިގެން އާދެވުންނަމަ…” މާއިން ހުރީ އިޝާން ނުލައި އާދެވުމުން ފޫހިވެފައެވެ.”ޝާންބެ ނުލައި […]