Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 6

Baby Devil Level 610 Stories100 Stories
May 28, 2021 5 Mins Read
0 Comments

އެމީހުން ފަހަތުން ގޮސް ދެވުނީ ރީތި ގެއަކަށެވެ. އެގޭގައި ވަނީ ރަތްކުލައިގެ ފަރުނީޗަރު ތަކެވެ. މިޝްޔާ ބިރުން ޔަޒާން އަތުގައި ބައްދާލިއެވެ. މިޝްޔާ ދެކޭ ގޮތުގައި ރަތް ކުލަ އަކީ ވަރަށް ނާމާން ކުލައެކެވެ. މިޝްޔާއަށް އެމީހާގެ މޫނު ފެނުނީ އަދި ކިރިޔާއެވެ. ކުރިން ފެނުނު ހަނދާނެއް ވިއެވެ. ނަމަވެސް އެއީ ކާކު ކަމެއް މިޝްޔާއަކަށް ނޭނގުނެވެ. ކުއްލިއަކަށް އެމީހުން ގެއްލުނެވެ. މިޝްޔާ ލޯ މަރާލާފައި ލޯ ހުޅުވާލިތަނުން ހުރިހާ ތަނެއް ވަނީ އަނދިރިވެފައެވެ. ދުރުގައި މެއާއި ދިމާގައި އަތް އަޅައިގެން އޮތް ޔަޒާން މިޝްޔާގެ ލޮލުގައި އަޅައިގަތީ މާ ފަހުންނެވެ. އޭރު ލޭތިކިތައް ޔަޒާންގެ އަތް ފޫ އަޅުވާލާފައި އަންނަމުން ދިޔައެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްނުލާ މިޝްޔާ ދުއްވައިގަތީ ޔަޒާން އާއި ދިމާއަށެވެ. ނަމަވެސް އެ ހިސާބަށް ނުދެވި އުޅެނިކޮށް ޔަޒާން ބިންމައްޗަށް ވެއްޓި ލޯ މެރުނެވެ. އެވަގުތު މިޝްޔާ އަށް ކުރެވުނީ އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހޭފަދަ އިހުސާސްއެކެވެ.”ބައްޕާ…” މިޝްޔާއަށް ނުލާހިކު ބާރަށް ހަޅޭއްލަވައި ގަނެވުނެވެ.

**6 ވަނަ ޕާޓު**

“އޭއި މިޝް ކިހިނެއް ވަނީ އޭއި…” މިޝްޔާ އަށް ފުންމައިގެން ތެދުވެވުނުއިރު މީހާ އޮތީ އެކަށް ދާހިއްލާ ފޯވެފައެވެ. “މިޝް…” ޔަޒާން ވެސް އައިސް ވަންނަމުން އަހާލިއެވެ. އެވަގުތު އަނެއްކާވެސް މިޝްޔާ ބައްޕާއޭ ކިޔާފައި ގޮވާލިއެވެ.”ދަރިފުޅާ ކިހިނެއްވީ..” ޔަޒާން ކަންބޮޑުވެފައި އަހާލިއެވެ.”ހުވަފެނެއް ފެނުނީ…” މިޝްޔާ ދާތިކިތައް ފުހެލަމުން ޖަވާބުދިނެވެ.”ލޫ ދީބަލަ ފެންތައްޓެއް…” އެތާ ހުރި ލުޔާ ކައިރީގައި ޔަޒާން އެދުނެވެ. އޭރު އެންމެން ހުރީ އެ ޓެންޓު ތެރެއަށް ވަދެއެވެ.”ހަމަޖެހިގެން ހިނގާ ބޭރަށް…” މިޝްޔާ ފެންބޮއި ނިމުމުން ޔަޒާން އެދުނެވެ. މިޝްޔާ ބޯ ޖަހާލާފައި ޔަޒާން އާ އެކީ ބޭރަށް ނިކުތެވެ.

“ކިހިނެއް އެވީ…” ވާނުވާގައި ހުރި ރާއިލް އަހާލިއެވެ.”ހުވަފެނެއް ފެނުނީއޯ… ޔަޒާން އަންނާނެ އިރުކޮޅަކުން ހިނގާ އަހަރެމެން މަސައްކަތަށް ދާން…” މަޔާން އެހެން ބުނެފައި ހިނގައިގަތެވެ. ދެން ތިބި މީހުން ވެސް މަޔާން ފަހަތުން ދިޔައެވެ. ލުޔާ ހުރީ ކަންތައް ބޮޑުވެފައެވެ. ހިތަށް އެކި ސުވާލުތައް އަރަމުން ދިޔައިރު ހަމަޖެހުމެއް ނުލިބުނެވެ.

“ބައްޕާ…” މިޝްޔާ މަޑު މަޑުން ގޮވާލިއެވެ.”ކިހިނެއްވީ… ކޮން ހުވަފެނެއް ފެނުނީ..” ޔަޒާން ޝައުގުވެރިކަމާއެކު އަހާލިއެވެ. މިޝްޔާ އެ ހުވަފެން އަކުރުން އަކުރަށް ކިޔާދިނެވެ.”އޯހ… އެވާނީ ހަމަ އެކަނި ހުވަފެނަކަށް… ބަލާބަ ބައްޕަ މިހުރީ ރަނގަޅަށްނު…. ދަރިފުޅު މާ ބޮޑަށް ތި ހާސްވަނީ…” ޔަޒާން ހީލަމުން ބުންޏެވެ. “ވެދާނެ… ދެން ހިނގާ ދާން އަދި ޕެކް ވެސް ނުކޮށް މިއުޅެނީ…” މިޝްޔާ ތެދުވަމުން ބުންޏެވެ. ޔަޒާން ވެސް އެއްބަސްވެ މިޝްޔާ އާއި އެއްކޮށް ހިނގައިގަތެވެ.

“އެއޮށް އައީނުން.. މިހާރު ކާން ވެސް ރެޑީ ވެއްޖެ…” މިޝްޔާ ގޮވައިގެން ދަމުން އިލްޔާ ބުންޏެވެ. މިޝްޔާ ހީލާފައި ކާން ފެށިއެވެ.”މިދަނީ ޕެކް ކުރަން…” މާއިން އާއި ރާކިން ކައި ނިންމާލުމަށްފަހު ބުންޏެވެ.”އަވަހަށް ދޭ…. ބައްޕަމެންވެސް މިދަނީ…” ރާއިލް އެހެން ބުނެފައި ހިޝާއާއި ދިމަ ބަލާލިއެވެ. މިޝްޔާ އާއި އިންޝާ ވެސް ކައިގެން ޓެންޓަށް ވެނެވެ.”ހިނގާބަ މިރަށުގަ އެންމެ ފަހު ފަހަރަށް ހިނގާލަން ދާން…” މަޔާން އިލްޔާ އަތުގައި ހިފާލަމުން ބުންޏެވެ.

“އާނ އެބުނާހެން…. ދެން ނުލިބޭނެ ޗާންސް އެއްވެސް މިރޭ ނޫނިއްޔާ…” ޔަޒާން ވެސް މަޔާން އާއި އެއްބައި ވިއެވެ.”ހެހެ… އެބަ އަންނަން ޗޭންޖް ކޮށްލައިގެން… މި ޓީޝާޓަށް ދެންމެ ފެން ވެރިއްޖެ ރާކިން ހެދި އެއްޗަކުން…” ރާއިލް އެހެން ބުނެފައި ޓެންޓަށް ވަނެވެ.”އަވަސް ކޮށްބަލަ… އަހަރެމެންނަށް ދެވޭކަށް ނެތޭ ދޮންބެދައްތަ އެކަނި ބަހައްޓާފައެއް…” މަޔާން ގޮވާލިއެވެ. ދޮންބެދައްތައޭ ބުނުމުން ހިޝާ ކުޑަކޮށް ލަދުގަތެވެ.”ތިހެން ކިޔުން ހުއްޓާލަން ވެއްޖެނުން… މިހާރު މިއޮއް އުމުރުން ދުވަސް ވަނީ ވިއްޔަ…” ހިޝާ ހެމުން ބުންޏެވެ.”އެކަމަކު ނުޖަހާ އެ ވައްތަރެއް… އަދިވެސް ހީވަނީ ޒުވާންނުންހެން…” ޔަޒާން ވެސް ޖެއްސުން ކޮށްލިއެވެ.”ހެވޭ ދެން… ހިނގާދާން… ލ” ހިޝާ މާ ބޮޑަށް ލަދު ގަނެފާނެތީ ރާއިލް އައުމުން ރާއިލް އަތުގައި ހިފައިގެން އަވަހަށް ހިނގައިގަތެވެ.”އެދިޔައީ ލަދުން… އަހަރެމެން ވެސް ދަނީ ބާއި..” މަޔާން އަތް ހޫރުވާލަމުން ބުންޏެވެ. ޔަޒާން ވެސް ލުޔާ އަތުގައި ހިފަމުން ހީލިއެވެ.

އިންޝާ ނިދަން އޮށޯތީ ޓެބްލެޓްއިން ލަވައެއް ޖަހައިގެންނެވެ. އޭރު މިޝްޔާ ފުން ހިޔާލަކަށް ގެއްލިފައި އޮތެވެ.”ހޭއި މިޝް… ކޮން ހިޔާލެއްގަ…” އިންޝާ އަހާލިއެވެ. މިޝްޔާ އިންޝާ އާއި ދިމަ ބަލާލިއެވެ.”ހުވަފެނާމެދު ވިސްނާލަން…” މިޝްޔާ ލޯ މަރާލިއެވެ. އަދި އެހުވަފެން ކިޔާދިނެވެ.”އަޅޭ…” އިންޝާ ވެސް ކުޑަކޮށް ބިރުގަތެވެ. “ދެން ނޭނގެ ނިދޭނެ ކަމެއް ވެސް….” މިޝްޔާ އިންޝާގެ އަތުގައި ބައްދާލަމުން ބުންޏެވެ.”ހަމަޖެހެމުން ލޯމަރާލަބަ… އޭރުން އޯކޭ ވެދާނެ… ނޫނީ ގުރުއާން ކިޔަވަން ވީނުން…” އިންޝާ ލަވަ އޮފް ކޮށްލިއެވެ. މިޝްޔާ ބޯ ޖަހާލާފައި ޓެބްލެޓްއިން ގުރުއާންއަށް ވަދުނެވެ.

އަނެއް ދުވަހު އެންމެ ފުރަތަމަ ވެސް ހޭލީ އިލްޔާ އެވެ. އޭރު ބަންގި ގޮވަން ވަރަށް ކައިރިވެއްޖެއެވެ. އިލްޔާ ދެން ތިބި މީހުންނަށް ގޮވާފައި ނަމާދުކުރަން ތައްޔާރު ވާން ބުންޏެވެ. އަދި މަޔާން އަށް ގުޅާލިއެވެ.”ނަމާދަށް ތެދުވަންވީ…. އަވަސް ކުރޭ… ނަސީބެއް މިއަދު ފޯނު ނެގިކަން…” އިލްޔާ ބުންޏެވެ.”ހެހެ… ކޮބާ އިނާމެން އެމީހުން ތެދުވީތަ…” މަޔާން އަހާލިއެވެ.”ހްމްމް އެމީހުން ހޭލައި… ހުރިހާ އެއްޗެއް
ޕެކް ކޮށް ނިމުނީތަ ޔާން…” އިލްޔާ ހީލަމުން އަހާލިއެވެ.”ލައްބައޭ ލޯބީ… އޭއި ބާއްވަނީ އިނގޭ ރާއިލްއަށް ގޮވަން ވެއްޖެ…” މަޔާން ނިކަން ލޯބިން ބުނެލިއެވެ.

ފަތިސް ނަމާދުކޮށް ނިމިގެން އެންމެން ތިބީ ރަށަށް ދާން ތައްޔާރު ވެގެންނެވެ. ހެދި ޓެންޓު ތައް ރޫޅާ އެތަން ރީތި ކޮށްލިއެވެ. އެމީހުން އަތުން އެޅިފައި ހުރި ހުރިހާ ކުންޏެއް ނެގުމަށްފަހު ކޮތަޅަކަށް އެޅިއެވެ. ރާކިން އެހެން އުޅުމުގެތެރޭގައި ޖީންސްގެ ޖީބުގައި އޮތް އަންހެން ކުއްޖެއްގެ އަތުގައި އަޅާ ރަން ކެވެލިކޮޅެއް ވެއްޓުނެވެ. އޭގައި ޖަހާފައި އިނީ
‘ އަޝް ‘ އެވެ. ރީތިކޮށް ފަރުމާ ކޮށްފައިވާ އެ ކެވެލިކޮޅު އިލްޔާގެ ލޮލުގައި އަޅައިގަތެވެ.”ކާކު އެއްޗެއްބާ… އަޝް ކިޔާ ކުއްޖަކު މިގެއަކު ނޫޅޭނެ…” އިލްޔާ އެ ކެވެލިކޮޅު ނަގާފައި ވިސްނާލިއެވެ. އިރުކޮޅަކު އެއަށް ބަލަން ހުރެފައި އިލްޔާގެ އަތް ދަބަސް ތެރެއަށް އެ ކެވެލިކޮޅު ލިއެވެ.

ލޯންޗް އައި އިރު އިންޝާމެން ތިބީ ނިދިއައިސްފައެވެ.”ހާދަ ލަހޭ ހައިމަން… މިހާރު ނިދި ވެސް އައިއްސި…” ޔަޒާން ވަރަށް ކަންނެތް ގޮތަކަށް ބުންޏެވެ.”ހެހެ މިއޮތީ އާދެވިފަ… ދެން އަވަހަށް ދާން ހިނގާ…” ހައިމަން ހިނިގަނޑެއް ޖަހާލާފައި ދަބަސްތައް ދޯންޏަށް އެރުވިއެވެ. އިންޝާ ލޯންޗަށް އެރި ގޮތަށް ޓެބުން ލަވަ ޖަހާލިއެވެ. ކައިރީގައި އިން މިޝްޔާއަށް ވެސް އެ ޓެބުން ޖަހާފައި ހުރި ‘ ސަންޑޭ ބެސްޓް ‘ އެ ލަވަ އަޑު އިވެމުން ދިޔައެވެ. އެހެންކަމުން މިޝްޔާ ވެސް މަޑުމަޑުން ލަވަކިޔަމުން އަތުގައި އޮތް ޗިޕްސް ޕެކެޓް ކާންފެށިއެވެ.

ރަށަށް ދެވުން އިރު އެމީހުންގެ އިންތިޒާރުގައި އިޝާން ހުއްޓެވެ.”މައި މޭންސް ކިހިނެއް ހުރިހާ ކަމެއް…” އިޝާން މާއިންއާއި ރާކިންއާ ސަލާމް ކޮށްލަމުން އަހާލިއެވެ.”ހަމަ ރަނގަޅު…” ރާކިން ޖަވާބުދިނެވެ.”އޭއި ޝާނޫ އާދެބަލަ..” ކުއްލިއަކަށް އިޝާންގެ ދައްތައެއް ކަމަށްވާ އީޝާ އައިސް އިޝާން ގޮވައިގެން ދިޔައެވެ.”އެ ޖެހުނީ ކަންތައް… ހިނގާ އަވަހަށް ގެއަށް ދާން…” މާއިން އެހެން ބުނެފައި ގެއަށްދާން ހިނގައިގަތެވެ. ފަހަތުން އިންޝާމެން ވެސް އައެވެ.

ގެއަށް އައި ގޮތަށް ރާކިން ފެންވަރާލައިގެން ފޯނު ހުޅުވާލިތަނާ ހަނދާންވީ ކެވެލިކޮޅު މަތިންނެވެ. އަވަސް އަވަހަށް ދެންމެ ބޭލި ޖީންސްގެ ޖީބު ހާވާލިއެވެ. ރާކިން ހާސްވީދެނެވެ.” އޯހ ގޯޑް… ” ބޮލުގައި އަތް އަޅާލަމުން ކޮޓަރީގެ އެކި ދިމަ ދިމާއަށް ރާކިން ކަޅި ހިންގާލިއެވެ. ދެން ވެސް ޔަގީން ކޮށްލަން އަދި އެއްފަހަރު ޖީބު ބަލާލިއެވެ. މުޅި ކޮޓަރިތެރެ ވެސް ހާވާބެލިއެވެ. ނަމަވެސް އެޔެއް ނުފެނުނެވެ.”މާން މާން ވަރަށް އަވަހަށް އާދެބަލަ..” ރާކިން މާއިންއަށް ގޮވަން ފެށީ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލަމުން އެވެ.”ސާބަހޭ ކިހިނެއް ވީ…” މާއިން ކޮފީ ޖޯޑު ހިފައިގެން އައިސް އަހާލިއެވެ.

“އެއްކަލަ އަޝްއަށް ދޭން ގަތް ކެވެލިކޮޅު ގެއްލިގެން މިއުޅެނީ.. މުޅި ކޮޓަރި ހޯދާ ހޯދާ ވެސް ނުފެނުން…” ރާކިން ކަންބޮޑުވެގެން ހުރެ ބުންޏެވެ.”ޕިސް ޕިސް ޕިސް… ކިން ދެން އޭނައެއް ނާންނާނެއްނު… ކީއްކުރަން އޭނާއަށް އެއްޗެހި ހަދަނީކީ… އަނެއްކާ އެރަށަށް ގެންދިޔައިންތަ…” މާއިން ޖޯޑު ބަހައްޓަމުން އަހާލިއެވެ.”އާނ ގެންދިޔައިން… ޕެކް ކުރިއިރު ބެލިން… އޭރު އޮތް އެކަމް ލޯންޗަށް އެރި ގަޑިއަކު ނުބަލަން…” ރާކިން ދެކޮޅަށް ދެކޮޅަށް ހިނގަމުން ބުންޏެވެ.”ދެން ރަނގަޅު ވާނީ އެ ނުހޯދިއްޔާ… ކިން އަށް ރަނގަޅަކަށް މި ބުނަނީ…” މާއިން ބުންޏެވެ. ރާކިން އަށް ބުނާނެ އެއްޗެއް ނޭނގިގެން އެންމެފަހުން ކޮޓަރިން ބޭރަށް ނިކުތެވެ. މާއިން ވެސް ފަހަތުން ނިކުތެވެ.

އެވަގުތު މާއިންގެ ލޮލުގައި އަޅައިގަތީ އިލްޔާ އަތުގައި އޮތް ކެވެލިކޮޅެވެ.”ކިން ބަލާބަލަ މަގޭ މަންމަގެ އަތް…” ރާކިން ގައިގައި ކޮއްޓާލަމުން މާއިން ބުންޏެވެ.”މަންމާ ތީ ކިންގެ އެއްޗެއް…” މާއިން އަވަސް އަވަހަށް ބުންޏެވެ.”އެ ތެދެއް ކުޑަދޮންތާ… ކޮންތާކުން ފެނުނީ…” ރާކިން ފުން ނޭވާއެއް ލީ އޭތި ނުގެއްލުމުންނެވެ.”ބިންމަތީގަ އޮއްވަ ފެނުން އެއްޗެއް… މީ ކޮން އަޝް އެއްތަ…” އިލްޔާ ދެލޯ ހަނި ކޮށްލިއެވެ.”އެއީ ކުރީގަ ކްލާސް ކުއްޖެއް…” ރާކިން ޖަވާބު ދިނެވެ.”އެހެން ދޯ… ހީކުރީ އެހެން ކުއްޖެއް ކަމަށް..” އިލްޔާ ދިމާ ކޮށްލާފައި އެ ކެވެލިކޮޅު ރާކިންއަތަށް ދިނެވެ.

މި ފެށޭ ހަފްތާ އިންޝާމެންނަށް ޓެސްޓުތައް ފެށޭތީ އިންޝާ އާއި މިޝްޔާ ގިނަ ވަގުތު އުޅެނީ ފޮތް ކިއުމުގައެވެ. ގިނަ ދުވަސް ދުވަހު އެ ދެމީހުންނަށް ނިދެނީ ވެސް ފޮތް ހިފައިގެން އޮއްވައެވެ.”އޭއި މިޝް… އިނާ… ދޮންބެ ފޫހިވެގެން މިއައީ…” މާއިން އިންޝާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.”ހިނގާ ކުޅެން… އެކަމް ޖެހޭނެ ހަތަރެއް ޖެހުމުގެ ކުރިން އަންނަން… ނާޔާ މެން އަންނާނެ އެގަޑީގަ..” މިޝްޔާ ބުންޏެވެ.”އޯކޭ އެއްވެސް މައްސަލައެއް ނެތް…” މާއިން ތެދުވިއެވެ.

ކުޅެ ނިންމައިގެން އިންޝާ އާއި މިޝްޔާ ދިޔައީ ފެންވަރަންށެވެ. އިންޝާ ލީ ނޫ ކުލައިގެ އަތްދިގު ޓީޝާޓަކާއި އާދައިގެ ހަރުވާޅެކެވެ. އަދި ފަން ދިގު އިސްތަށިގަނޑަށް އެއްވެސް ކަމެއް ނުކޮށް ތުންފަތުގައި ރަތް ކުލައިގެ ލިޕް ގްލޮސް ހާކާލިއެވެ. މިޝްޔާ ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓަކާއި ޗޮކްލެޓް ކުލައިގެ ޖީންސް އެކެވެ. އެ ބުޅި އިސްތަށިގަނޑު އައްސާލާފައި ހުރި އިރު ނިކަން ރީއްޗެވެ. ތައްޔާރު ވެ ނިމިގެން ނާޔާ މެން އަންނަންދެން ބޭރުގައި އިންޝާ އާއި މިޝްޔާ ތިއްބެވެ. ކުއްލިއަކަށް އިންޝާމެން ސިހުނީ މީހަކު ފަހަތުން ހަޅޭއްލަވައި ގަތުމުންނެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ރައިން (2)

Next

އެކުއްޖާ 2 – 35

Next
May 29, 2021

އެކުއްޖާ 2 – 35

Previews
May 28, 2021

ރައިން (2)



All Right Reserved!