ތިޔަ ލޯތްބަށް އެދެމޭ 2 – 2
ލޫ ތިހެން ނުބުނޭ ޕްލީޒް.. މިޝް އެއީ ލޫގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެއްނު… ލޫ ގަބޫލު ކުރަނީ އެއީ ލޫގެ ދަރިކަމައްނު…” ޔަޒާން ލުޔާއަށް ވިސްނައި ދިނެވެ.” އެހެން ކިތަންމެ ވިސްނިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ… އަހަރެން މިޝްޔާ ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވެޔޭ.. އެކަމް.. ” ލުޔާ އަށް ރޮވޭ ވަރުން ވާހަކަ ވެސް ނުދެއްކުނެވެ.” އާދޭސް ކުރަން… ލޫ ތިހެން ރޯތަން ފެނުނީމަ އަހަރެމެން ހާދަ ދެރަވެއޭ.. ޕްލީޒް ހުއްޓާލާ.. ” ޔަޒާން ލުޔާގެ ކަރުނަތައް ފުހެދިނެވެ.” ޔަޒާން މަށަށް ފެންނަނީ އެހަށް ލޫ ގޮވައިގެން މިތާ ކައިރިއަށް ހިނގާލަންދާން… ” ރާއިލް ޔަޒާން ކައިރީގައި ބުންޏެވެ. ޔަޒާން އެކަމަށް އެއްބަސްވެ ލުޔާ ގޮވައިގެން ހިނގައިގަތެވެ
** 2 ވަނަ ޕާޓު**
“ހިނގާ އަހަރެމެން ވެސް ހިނގާލަން…އޭރުން ތަންކޮޅެއް ހިތްހަމަ ޖެހޭނެ…މިހާރު އެންމެން މިތިބީ ދެރަވެ ހާސްވެފަ..” މަޔާން އިލްޔާ އަތުގައި ހިފާލަމުން ބުންޏެވެ. ރާއިލް ވެސް ހިޝާ ގޮވައިގެން ދިޔައެވެ. އިލްޔާމެން ވެސް އެހެން ދިމާއަކަށް ދިޔައެވެ.”އޭ ޔާން އެހާ ދުރަށް ނުދޭބަލަ ބިރުގަނެއޭ..” އިލްޔާ ބުންޏެވެ.”އޯކޭ އެހެން ދާނީ..” ތަންކޮޅެއް ކައިރިމަގެއް ދައްކާލަމުން މަޔާން ބުންޏެވެ.
“އަސްލު ކީއްވެ މިއަދު ލަދުގަތީ މަ ފެނުނީމަ..މަގޭ ވެސް ލަދު ގަންނުވާލައިފި ވިއްޔަ…” މަޔާން އިލްޔާގެ ނޭފަތުގައި ކޮއްޓާލިއެވެ.” ދެން…” އިލްޔާ ލަދުން ދުރު ބަލާލިއެވެ.”އޯކޭއޭ ނުބުންޏަސް…އިނގޭތަ އިލޫ ތިހެން ލަދުގަންނައިރު ނިކަން ލޯބި…” މަޔާން ހުއްޓެމުން އިލްޔާ ބޮލުގައި ހިފާފައި ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ. މަޔާންގެ އެ އަމަލުން އިލްޔާގެ ކޯތާފަތް މައްޗަށް ޖަންބު ކުލަ އެރިއެވެ.
“ހެހެ…ހިނގާދާން މިހާރު ބަންގި ގޮވާނެ..” މަޔާން އިލްޔާ އަތުގައި ހިފާލަމުން ޓެންޓުތަކަށް ދާން މިސްރާބު ޖެހިއެވެ.
އިލްޔާމެން ޓެންޓުކައިރިއަށް ދިޔަ އިރު ރާއިލް މެންނާއި ޔަޒާންމެން ތިއްބެވެ.”ކޮބާ މިހާރު އިނގެއެއްނު އެންމެގިނައިން މާފޮޅުވާ މީހުން…” ރާއިލް ދިމާކޮށްލިއެވެ.”ސާބަހޭ…ދާންއުޅެ ނަމާދު ކުރަން…ބަންގި ގޮވާނެ މިހާރު…” އިލްޔާ އަމުރު ކޮށްލިއެވެ.”އައްދޭ.. ދެންމެ ލަދުން ހަލާކުވިމީހެއްތީ މަގޭ ގޮތެއް ހެދިތަނާ..މިހާރު ހާދަ ކެރެއޭ..” މަޔާން ހިނިގަނޑެއް ޖަހާލިއެވެ.”ޔާން..” އިލްޔާ މަޔާން ފިރިހެން ކުދިންގެ ޓެންޓު ތެރެއަށް ކޮށްޕާލިއެވެ. ރާއިލް އާއި ޔަޒާން ވެސް ހެމުން ވަނެވެ.”ބައްޕަ ކޮން ކަމެއް ކޮށްފަ ތިއައީ..” އެމީހުން ނައިސްގެން ލަސްވެފައި އިން މާއިން އަހާލިއެވެ.”މިޝްގެ މަންމަ އަށް ކުޑަ ކަމެއްވެގެން ދިޔައީ ދެން އެ މައްސަލަ ކުޑަކޮށް ހައްލު ކޮށްލާފަ ހިނގާލަން ގޮއްސަ މިއައީ…އެވަރުންވެސް މަޔާން އެންމެ ލަހުން އައީ…އަދި އަމިއްލަ އަނގައިން އެއްބަސްވީ ވެސް ތިމަންނަ އިލްޔާ އަށް ކަމެއް ކުރީމަ ލަދުންނޯ..” ޔަޒާން ކިޔާދިނެވެ. ޔަޒާން އެހެން ބުނުމުން މާއިން އާއި ރާކިން ހޭންފެށިއެވެ.
“ކިހިނެކޭ ވީ މިޝް މަންމައަށް..” ރާކިން ޝައުގުވެރިކަމާއެކު އަހާލިއެވެ.”ދެން ކުޑަ ކަމެއް…” ރާއިލް ބޯ ކަހާލިއެވެ.”ދޮގު… މަށަށް ފެނުން ޔަޒާންބެ ކައިރީގަ ތިއްތަ ރޯން ހުރިތަން…” މާއިން ބުންޏެވެ.”ބޭރު ބެލީ ދޯ…” މަޔާން ދެލޯ ކުޑަ ކޮށްލިއެވެ.”ނޫން ދޮންތަ ނިކުތް ގަޑީގަ ފެނުނީ… ދެން ބުނެބަލަ ކީއްވެ އެ ރުއީ..” މާއިން އާއި ރާކިން ހުރީ އެ ހުރިހާ ކަމެއް އޮޅުން ފިލުވާހިތުންނެވެ.”އާނ ދެން ތިއެއް ނޫނޭ ހިނގާ ނަމާދު ކުރަން… ބަލާބަލަ ގަޑި..” ރާއިލް ވާހަކަ އޮޅުވާލިއެވެ.”ބުނެބަލަ ކީއްތަ ވަނީ ބުނިއްޔާ…” މާއިން އެހެން ބުނި ގޮތުން މަޔާން މެންނަށް އިނގުނީ މާއިން އެކަން ހޯދާހިތްވެފައި ހުރި ކަމެވެ.”ދަރިފުޅު ތި ވާހަކަ ބާއްވަބަލަ ޕްލީޒް…” މާއިންއަށް އިތުރު ގޮތެއް ނެތުމުން އެއްބަސްވިއެވެ.
“މަންމާ… އިނާ މެން ހީކުރީ ވަރަށް ބޮޑު ކަމެއް ވީކަމަށް… ކީއްވެތަ އެހާ ލަހުން ތިއައީ… ހަމަ އިނާމެން ހާސްކުރުވަން ދޯ..” އިލްޔާމެން ޓެންޓު ތެރެއަށް ވަދުމުން މިޝްޔާ އާއި އިންޝާ ކުއްލިއަކަށް ކޮޅަށް ތެދުވީރު މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ.”ކަމެއް ނުވެއޭ ހަމަ ހިނގާލާފަ މިއާއި…މާ ބޮޑަށް ތި ހާސްވަނީ..” ލުޔާ ނަމާދު ކުރަން ތައްޔާރުވަމުން ބުންޏެވެ.”ދަރިފުޅު މެން ވެސް އާދޭ ނަމާދު ކުރަން..” ހިޝާ އެދުނެވެ. އެއާއި އެކު މިޝްޔާ އާއި އިންޝާ ވުޟޫ ކޮށްގެން ނަމާދަށް އަރަން އުޅުނެވެ.
އިޝާ ނަމާދު ކޮށް ނިންމައިގެން އޮތީ ބާބަކިއު ހެދުމެވެ. އެވަގުތުކޮޅު ބަލާފައި އިންޝާ މާއިން ކައިރިއަށް ދިޔައެވެ.”ދޮންބޭ ސޯ އިނާގެ ޖަވާބަކީ ޔެސް…” އިންޝާ ހިތް އަވަސް ވަމުން ދިޔައެވެ.”އޯ އެމް ޖީ… ތެންކްސް..” މާއިން ހީލިއެވެ.”އެނީޓައިމް.. މަންމަ އަށް އިންގިއްޖެއްޔާ ހުންނާނެ ފޯރި..” އިންޝާ މޫނުމަތިން ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.”ހާދަ ހާސްވެފަ… ބިރު ގަންނަނީ؟” މާއިން އަހާލިއެވެ. އިންޝާ ވަކި އެއްޗެކޭ ނުބުނެ ވެލިގަނޑު މަތީގައި އިށީނެވެ.”ކިހިނެއްވީ..” މާއިން ކުޑަކޮށް ހާސްވިއެވެ.”ދޮންބެ އިނާގެ ބެސްޓް ފްރެންޑަށް ވާން ތި އެދުނީ އިނާގެ ސީކްރެޓްސް ހޯދަންދޯ..” އިންޝާ ބަނޑުގައި އަތް އަޅާލަމުން ބުންޏެވެ.”ހްމްމް އޭރުން ދޯ އިނާއަށް ކަމެއް ވިޔަކަސް އިނގޭނީ..” އިންޝާ ކައިރީގައި އިށީންނަމުން މާއިން ޖަވާބުދިނެވެ.
“ބަނޑަށް ތަދުވަނީ؟؟..” އިންޝާ އިންގޮތުން މާއިން އަހާލިއެވެ. އިންޝާ ބޯ ޖަހާލިއެވެ.”ދެން މިތާ އިނދެވޭނެތަ މަ ސުވާލުތައް ކުރަންދެން..” މާއިން އަހާލިއެވެ. މިފަހަރު ވެސް އިންޝާ ބޯ ޖަހާލިއެވެ.”އޯކޭ ސޯ އިންޝާ ބިރުން ތިހުރި ސަބަބު ބުނެދީބަލަ..” މާއިން ބުންޏެވެ.” އެއީ ދޮންބެއަށް ހުރިހާ ވާހަކައެއް ކިޔާދޭން ޖެހޭތީ… އިނާއަށް ބޭނުމިއްޔާ ސިއްރެއް ގޮތުގަ ބޭއްވިދާނެ އެކަމް…” އިންޝާ އިސްޖަހާލިއެވެ.” ކޮން ހުރިހާ ވާހަކަ އެއް… ” މާއިން އަަކަށް އޮޅުމެއް ނުފިލިއެވެ.”އިނާއަށް ސާދަ އަހަރުގަ… އިނާ އެކްސްޓްރާ ނިންމާފައި އެރޭ އަންނަނިކޮށް ވީ ކަމެއް… އޭރު ދިހަގަޑި ބައި ވާނެ.. އެހެން ކުދިން ދިޔައިރުވެސް އިނާ އިނީ ލަމްއަށް ފިލާވަޅެއް ނޭނގިގެން ކިޔާދޭން… އެހެންވެ ލައިމާ ދިޔަ ފަހުން އިނާއަށް ދެވުނީ… އޭރު ސްކޫލްގަ ހަމަ އެކަކުނެތް ފެންނާކަށް… އޭރު ވެސް އިނާ ވަރަށް ބިރު ގަންނާނެ އެކަނި އުޅެން ރޭގަނޑު… އެކަމް އެރޭ ދޮންބެއެއް ވެސް ނެތް… ދެން ސްކޫލުން ނިކުންނަން އުޅެނިކޮށް އިނާ އަނގަމަތީގައި ފޮތިގަނޑެއް އަޅާފައި އެތާ ހުރި ފިރިހެން ފާހާނާބަރިއަށް ވެއްދީ… ދެން..” އިންޝާ އޭރު އިނީ ކަރުނަތައް ހިފަހައްޓައިލައިގެންނެވެ.
“ދެން..؟” މާއިން ޝައުގުވެރިކަމާއެކު އަހާލިއެވެ.”އެމީހާ ޔުނިފޯމް ބޭލި… އެކަމް ހުރިހާ ބޮތްކެއް ނިއްވާފަ ހުރީމަ އެ މީހާއެއް ނުފެނުނު… އެކަމް އިނގޭ ފިރިހެނެއްކަން… އެރޭ ވަރަށް ގިނައިރު ވަންދެން އިނާގެ ގައިގަ އަތްލި… އެރޭ ކިރިޔާ ސަލާމަތްވީ… ސްކޫލްގެ މަސައްކަތު މީހަކު ފިރިހެން ފާހަނައަށް އެގަޑީގަ ވަދުނީ… އެކަމް އަހަރެމެންނެއް ނުފެންނާނެ… ދެން އެ ފިރިހެން ކުއްޖާ އަވަސް އަވަހަށް އެތަނުން ފިލީ.. އިނާ ވެސް ޔުނީފޯމް ލައިގެން އެރޭ ގެއަށް ދިޔައީ ވަރަށް ބިރުން… ހީވީ ޕްރެގް ވެދާނެހެން…” އިންޝާ ދެލޮލުން ކަރުނަ ފައިބަންފެށިއެވެ.”ވަޓް.. އެހުރިހާ ކަމެއްވީރު ކީއްވެ މަ ކައިރީ ނުބުނީ… އޭރު ޕްރެގް ވިތަ ދެން…” މާއިން ހިތް ހީވީ ހުއްޓުނު ހެންނެވެ. އޭނާގެ ލޯބިވާ ކޮއްކޮއަށް އެހެން ހެދި މީހަކު އިންގިއްޖެއްޔާ އެމީހަކު މަރާވެސް ލާނެއެވެ.
“ނޫން… އެއީ ހަމަ ނަސީބެއް… އަދި ނޭނގެ އެއީ ކާކު ކަމެއް އެކަމް އެއީ ވަރަށް ދަންނަ ސެންޓެއްގެ ވަސް…” އިންޝާ ކަރުނަތައް ފޮހެލާފައި ބުންޏެވެ.”ކާކުކަން ހޯދި ނަމަ…” މާއިން މޫދުގެ ލޮނުގަނޑާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ.”އެމީހަކު ހޯދާ ވަރަށްވުރެ އެރޭ އިނާ ހުރީ ބިރުގަންފަ..އެހެންވެ އަވަސް އަވަހަށް ގެއަށް އައީ ވެސް..” އިންޝާ މާއިން ކޮނޑުގައި ބޯ އަޅާލިއެވެ.”ދެން އެކަހަލަ ކަމެއް ވިޔަސް ނުބުނެ ނުހުންނާތި… މިޝް ކައިރީގަ ކަމަކު އަހައިގެން ހޯދާނަން… ދެން ދޮންބެ ހުއްޓާ އެކަހަލަ އެއްވެސް ކަމެއް ވިޔަކަ ނުދޭނަން.. އިންޝާ ﷲ..” މާއިން އިންޝާ އަށް ފުރިހަމަ ހިމާޔަތް ދޭން ހިތުގައި އާ އަޒުމެއް އުފެއްދި އެވެ.
“އަވަސް ކޮށްބަލަ ތިމީހުން ނައިސްގެންނޭ މިތިބީ…މިހާރު ކާން ރެޑީ ވެފަ އެހެރީ..” އެވަގުތު އެތަނަށް މަޔާން އައިސްފައި ބުންޏެވެ.”ކޮން ހިތާމަވެރި ވާހަކަ އެއް ދައްކަނީ.. ބައްޕަ ކައިރީގަ ވެސް ބުނެބަލަ ދޯ..” މަޔާން އަށް އިންޝާ އާއި މާއިން ދެރަވެފައި އިންތަން ފެނުމުން އަހާލިއެވެ.”އިނާ ބަނޑަށް ތަދުވާތީއޭ..” އިންޝާގެ އެ ޖަވާބުން މާއިން އަށް އިނގުނީ އެ ވާހަކަ ހަމަ އެކަކު ކައިރީ ބުނަން އިންޝާ ބޭނުން ނުވާކަމެވެ.”ތިހެން ވީރު ދޭ އަވަހަށް ކައިގެން އޮށޯންނަން..” މަޔާން އެދުނެވެ.”ޔާ އޯކޭ…” އިންޝާ ކޮޅަށް ތެދުވެފައި ހިނގައިގަތީ ކާން ތައްޔާރު ކޮށްފައިވާ ދިމާއަށެވެ. އެވާހަކަ ބުނުމުން މާއިން ބުނި ޖުމްލައިން އިންޝާއަށް އިހުސާސްވީ ރައްކާތެރިކަމެވެ. މާއިން ކައިރީގައި އެވާހަކަ ބުނެވުނީ ނަސީބަކަށޭ އިންޝާ ހިތަށް އެރިއެވެ.
“މިޝް… އެއްކަލަ ވާހަކަ ދޮންބެ ކައިރީ ބުނެފިން… ވަރަށް ބޮލަށް ލުއިވި.. ވަރަށް ހިތްހަމަ ވެސް ޖެހުން ދޮންބެ ބުނި ޖުމްލައިން…” ކަމުން އިންޝާ ވާހަކަ ދެއްކިއެވެ. މިޝްޔާ ވެސް އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ.”ނަސީބެއް ބުނެވުނުކަން… އަސްލު ވެސް ދޮންބެއަށް އިނގެން ޖެހޭނެ ހުރިހާ ކަމެއް…” މިޝްޔާ ސޮސެޖެއް ކާލަމުން ބުންޏެވެ.”ޔާހ…. ދެން ނުޖެހޭނެ މާ ސިއްރުން އުޅޭކަށް…” އިންޝާ ހީލިއެވެ.”އިނގޭތަ މިއުޅެނީ ބަނޑަށް ތަދުވާތީ…މާދަންނޫން އަނެއް ދުވަހުން ރަށަށް ދެވޭނީ ވެސް… ވަރަށް ފޫހި.. ” އިންޝާ ތުން ދަމާލިއެވެ.”ހާސްނުވެބަލަ އިނާ އާ އަހަރެންނާ ރަށަށް ދެވޭ ގޮތަށް ހަމަޖައްސާފާނަމޭ..” މިޝްޔާ އަށް އިންޝާ އެ ބުނި އެތި ސާފުވުމުން ބުންޏެވެ.
“ކޮބާ ހީވޭ ކަމެއްހެން…” މާއިން ރާކިން އާއި އެކީ ގަހެއްގެ ބުޑު ގައި އިށީންނަމުން ބުންޏެވެ.”ކޮން ކަމެއް ހީވީ..” ރާކިން އަހާލިއެވެ.”އިނާ އަށް ވެސް މައިހާއަށް ވީހެން ވީ….” މާއިން އެހެން ބުނުމުން ރާކިން އަނގައިގައި އޮތް ފެން ފޮދު ބޭރަށް ބުރުވާލިއެވެ.”ވަޓް..” ރާކިން ދެލޯ ބޮޑުވިއެވެ.”އާނ…ދެންމެ އެ ކިޔާދިނީ ވެސް… މަގޭ ވެސް ކިރިޔާ ހިތް ނުހުއްޓުނީ… ހަމަ މައިހާއަށް ހެދިހެން ޔުނީފޯމް ބަލާފަ އެކުރާ ކަމެއް ކުރީ… އިނާ އަށް އޭރު ވާނީ ސާދަ އަހަރު… އޭނަ ޕްރެގް ނުވީ ހަމަ ކިރިޔާ…” މާއިން ކިޔާދިނެވެ.”އޯ މައި ގޯޑް…” ރާކިން ވެސް އިންޝާ އާއި މެދު ހަމްދަރުދީ އުފެދެއެވެ.”އޭނަ ރޯން ވެސް ރުއި… އިނގޭ ވަރަށް ޖެހިލުންވެފަކަން ހުރީ ވާހަކަ ކިޔާދޭން…” މާއިން އިންޝާ އާއި ދިމަ ބަލާލިއެވެ.”މަށަށް ހީވަނީ ހަމަ އެ ޒުމާންގެ ކަމެއްހެން…” ރާކިން ބުންޏެވެ.”އާނ އެނޫން މީހެއްގެ ކަމަކަށް ނުވާނެ..” މާއިން ފުން ނޭވާއެއް ލިއެވެ.
ކައިގެން އިންޝާ ޖައްސާލިތަނާ ލަސްތަކެއްނުވެ އިންޝާއަށް ނިދުނެވެ. މިޝްޔާ އިނީ ވާހަކަ ފޮތެއް ހިފައިގެން ކިޔަންށެވެ.”ދަރިފުޅު ނިދަންވީނުން..” ލުޔާ މިޝްޔާ ކައިރީގައި އެދުނެވެ.”އޯކޭ.. އެ ޕޭޖް ނަމްބަރ ބަލައްޗޭ..” މިޝްޔާ އެހެން ބުނެފައި އޮށޯތެވެ. އިލްޔާ އާއި ލުޔާ އަދި ހިޝާ ވެސް އޮށޯތީ ނިދަން ހިތުލައިގެންނެވެ.
“އޭއި އިނާ ތެދުވޭ މިހާރު ފަތިސް ނަމާދަށް ބަންގި ގޮވަން އެއުޅެނީ….” މިޝްޔާ ތެދުވެފައި ގޮވަންފެށިއެވެ. ނަމަވެސް އިންޝާ ނުތެދުވެ އޮތީ އެވެ.”ދެން މިޝް… މަންމަ ކައިރީ ބުނެދީ ރޭގަ ބަނޑަށް ތަދުވި ވާހަކަ…” އިންޝާ އެދުނެވެ.”ކުޑަދޮންތާ… އިނާ ބަނޑަށް ތަދުވާތީ އެއުޅެނީ…” މިޝްޔާ އިލްޔާ ކައިރީގައި ބުންޏެވެ. އިލްޔާ އިންޝާ އާއި ދިމަ ބަލާލީ ކަމެއް ޔަގީން ކޮށްލާގޮތަކަށެވެ.”އާނ އިނާ ބާއްވާ… ހިނގާ ނަމާދު ކުރަން… އަދި ނޭނގެ އެއުޅޭ މީހުން ހޭލި ކަމެއް ވެސް…” އިލްޔާ މަޔާން އަށް ގުޅާލިއެވެ. އިލްޔާ ހީކުރީ ހަމަ ރަނގަޅަށެވެ. މަޔާންގެ ފޯނު ރިންގުވާ އަޑު އިލްޔާމެންތިބި ޓެންޓާއި ހަމައަށް އިވެއެވެ. ހޭލައި އޮތް މީހަކު ވިއްޔާ ފޯނު ނަގާނެއެވެ.
“އެޖެހުނީ ކަންތައް… ފަތިސް ނަމާދު ކޮށްގެން ދާންވީ ގޮވަން…” ހިޝާ ބޯ ހޫރާލިއެވެ. މިޝްޔާ މެން ނަމާދުކޮށް ނިމެންދެން އިންޝާ އޮތީ ފޯނުން ގުރުއާން ކިޔަވަންށެވެ.”އިންޝާ ދެން ތެދުވޭ ފެންވަރައިގެން ސައި ހަދަން…” އިލްޔާ އިންޝާ ބޮލުގައި ފިރުމާލަމުން ބުންޏެވެ.”އޯކޭ…” އިންޝާ ތެދުވީރު ހިޝާ އާއި ލުޔާ މަޔާން މެންނަށް ގޮވަން ދަނީއެވެ. ފޮށިން ކަޅު ކުލައިގެ ޓީޝާޓަކާއި ރަތް ކުލައިގެ ޖީންސް އެއް ނަގައިގެން އިލްޔާ ނިކުތީ ކައިރި ހިސާބެއްގައި އޮންނަ ފާހަނާއަށެވެ. އެތަން އޮންނަނީ ޓެންޓާއި ތަންކޮޅެއް ދުރުގައި ކަމުން އިންޝާއަށް އެކަނި ދާކަށް ނުކެރުނެވެ. އެންމެފަހުން މިޝްޔާއަށް ޖެހުނީ އިންޝާ ގޮވައިގެން ދާންށެވެ. ދެވަނަ ބުރު ނާންނަން ވެގެން މިޝްޔާ ވެސް ދިޔައީ ފެންވަރަން ހެދުން ހިފައިގެންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Wow ….. Vvvv reethi ?? curiously waiting for another beautiful part ? pls up it fast cant wait to read this is my favrite stry in esfiya nd i have read ur fist stry too but i dont comment this my first time commenting for ur stry
Take care ?
Stay safe?
Lyssssmmmm??
Thank u zahuu!! Time V varakun submit kuramun mi dhany… ?❤