Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 8

Baby Devil Level 610 Stories100 Stories
June 1, 2021 5 Mins Read
1 Comment

“އަހަރެން ހީކުރީ ޔައިނާދައްތައަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ކަމަށް.. ” ނާޔާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.”ސާބަސް… ރާލް ބޭބެ އައިއްސި…. ބާއި ދަނީ…” މިޝްޔާ އަތް ހޫރުވާލާފައި ރާއިލް ކައިރިއަށް ދިޔައެވެ. އިންޝާ ވެސް ފަހަތުން ދިޔައެވެ. ނާޔާ ވެސް ހީލާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ނާޔާ ގެއަށް ދަނީ އެކަންޏެވެ. ނާޔާ ހިނގަމުން ދަނިކޮށް މީހަކު ފަހަތުން އަންނަހެން ހީވެގެން ހުއްޓުނެވެ. މަގުގައި މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް ނާޔާ ނުވިސްނައި ހުއްޓައި ނާޔާގެ އަތުގައި ހިފާފައި ހަނި ގޯޅިއަކަށް ވެއްދިއެވެ. ނާޔާ ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާލާފައި ހުއްޓަން މަޖުބޫރުވީ އެމީހަކު އަނގަމަތީގައި އަތް އެޅުމުންނެވެ.

**8 ވަނަ ޕާޓު**

ނާޔާ ލޯ އަޅާލީ ކުރިމަތީގައި ހުރި ފިރިހެން ކުއްޖާ ފެނުމުންނެވެ.”ކަލޭ މޮޔަވެގެންތަ ތިއުޅެނީ…” ނާޔާ އެ ކުއްޖާގެ މޭގައި އަޅާ ކޮއްޕާލަމުން ބުންޏެވެ.”އާނ މަ މިއުޅެނީ މޮޔަވެގެން… މަށާ ރައްޓެހި ވޭ އެހެން ނޫނީ ވާނެ ގޮތް މާ ތާހިރެއް ނުވާނެ އިނގޭ… ބަލަން ހުންނާތި… އިންޝާ އެއީ ކަލޭގެ ހުރިހާ ވެސް މީހަކީ… ދޮގެއްތަ… ކަލޭގެ މަންމަ އެއް ބައްޕައެއް ހުއްޓަސް އަޅައެއް ނުލާ… ކަލޭ އެކަނިވި ދުވަހު އެހީވީ އެ އިންޝާ….” އެ ފިރިހެން ކުއްޖާ ވާހަކަ ދެއްކިއެވެ. ނާޔާ އަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ.”އާނ ކަލޭ މަށަށް ނޫނެކޭ ބުނާ ކޮންމެ ފަހަރަކު އިންޝާއަށް ދަނީ ގެއްލުން ލިބެމުން…” އެ ފިރެހެން ކުއްޖާ ވިހަ ހިނިތުންވުމެއް ދިނެވެ.

“އިނަފް ޒުމާން… މަށަށް ނޭނގި އެހުރިހާ ދުވަހަކު އިންޝާއަށް އެކަމެއް ކުރަމުން އެދިޔައީ…. ކަލޭ ކީކޭ ހިތަށް އަރައިގެންތަ ތިހެން ތި ހަދަނީ…. މަށަށް އެނގޭ ކަލޭ ކޮންމެ އަންހެން ކުއްޖަކާ ރައްޓެހިވެގެން ގަންނަ ގަނޑު… މަ ބޭނުމެއް ނޫން އެހެން ވާކަށް… ކިތަށް ކުދިން އެދިޔައީ ކަލެއާ ހެދި ހަލާކު ވެގެން….. ކަލޭ އަމިއްލަ އެދުން ބޮޑު ކަމުން މިހާރު މަގޭ ފަހަތު އަޅުވައިގެން ތިއުޅެނީ…. މަށަށް ކުރިން ކަލޭ އިންޝާއަށް އެހެން ހަދާކަށް އިނގުންނަމަ ނިމުނީ…” ނާޔާ ވާހަކަ ދެއްކުން ހުއްޓާލީ ރޮވެން އުޅޭހެން ހީވުމުން ނެވެ.”މަށަށް މިހާރު ވެސް ބޭނުން ކަމެއް ކޮށްލެވިދާނެ ކަލެއަށް… ޝުކުރު ކޮށްބަލަ ނުކުރާ ކަމަށް…” ޒުމާން ނާޔާ އާއި ދިމާއަށް ގުދުވަމުން ބުންޏެވެ.

“އޭއި ދުރަށް ދޭ… ޒުމާން ތީ އަދި ކިޔަވާ ކުއްޖެކޭ… ތިވައްތަރަށް އުޅެން ލަދެއް ނުގަނޭތަ…” މިފަހަރު ނާޔާ ކުޑަކޮށް ބިރުގަތެވެ.”އާނ… މަ ލަދެއް ނުގަނޭ… ސޯ ކޮބާ ޖަވާބު…. މަށާ ރައްޓެހި ވާނަންތަ…” ޒުމާން ދަހި ގޮތަކަށް ނާޔާ އާއި ދިމަ ބަލާލިއެވެ.”ނޯ… ޖަވާބަކީ ނޯ… އިންޝާއަށް އެއްވެސް ގޮތެއް ނުހަދާތި… މީގެފަހުން މަ އިންޝާއާ އަނގައިގެން ވެސް ބުނެނުލާނަން… ކަލޭ ހިތް ފުރިއްޖެތަ… އޭނ…” ނާޔާ ރޮމުން ވާހަކަ ދެއްކިއެވެ.”ނޫނޭ ނުފުރޭ އަދި… އިންޝާއަށް ހަދާނެ ގޮތެއް އިނގޭނީ މަށަށް… ކަލޭ ދާން އުޅޭ…” ޒުމާން ގާތަށް ރުޅި އައުމުން ނާޔާ އެ ގޯޅިން ހޫރާލިއެވެ. ނާޔާ ތެދުވެ ރޮމުން ދުއްވައިގަތީ ގެއަށް ދިއުމަށެވެ.

ގެއަށް އައި ގޮތަށް އިންޝާ ފެން ވަރައިގެން އެނދުގައި އޮށޯތީ ބަޔޮލޮޖީ ފޮތް ހިފައިގެންނެވެ. އެއީ މާދަން އޮތީ އެ ޓެސްޓު ވީމައެވެ.”ހާދަ ބަނޑުހައޭ…” އިންޝާ އެނދުން ތެދުވެ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އޭރު މިޝްޔާ ވެސް ފޮތް ހިފައިގެން ސޯފާގައި އޮތެވެ. އިންޝާ އައިސްއަލަމާރިން ޗޮކްލެޓް އައިސްކްރީމް ތައްޓެއް ހިފައިގެން އަލުން ގޮސް ކޮޓަރިއަށް ވަނެވެ. މިޝްޔާ ވެސް ބަޔޮލޮޖީ ފޮތް ބާއްވާފައި އައިސްއަލަމާރިން ޗޮކްލެޓެއް ނެގާފައި އަލުން އަނބުރާ ސޯފާއަށް ވެއްޓިގަތެވެ.

އައިސްކްރީމް ކަމުން ފޮތް ކިޔަމުން ދިޔަ އިންޝާ ފޯނާއި ދިމަ ބަލާލީ ރިންގުވާން ފެށުމުންނެވެ.” ދޮންބޭ ކިހިނެއްވީ… ” ފޯނު ނަގާފައި އިންޝާ އަހާލިއެވެ.”އަހ ސޮރީ އިނާ… ދޮންބެ އުޅުނީ ތިއްތި އަށް ގުޅަން…” މާއިން ބުންޏެވެ.”ދެން ހަމަ… ކަމެއް ކޮށްދީބަލަ…” އިންޝާ ހުސްވެފައި ހުރި އައިސްކްރީމް ތައްޓަށް ބަލާލަމުން އެދުނެވެ.”ކޮން ކަމެއް..” މާއިން އަހާލިއެވެ.”އައިސްއަލަމާރިން ގެނެސް ދީބަ އައިސް މައިލޯ އަކާ ޗޮކްލެޓެއް…” އިންޝާ ބުންޏެވެ.”އެޖެހުނީ ކަންތައް… އާނ މި ދަނީ..” މާއިން ޕިސް ޕިސް ތަޅާލުމަށްފަހު ފޯނު ކަނޑާލިއެވެ.

އިރުކޮޅެއް ނުވަނީސް ދޮރުގައި ޓަކި ޖަހާ އަޑު އިންޝާއަށް އިވުނެވެ.”ވަދޭ…” އިންޝާ އެނދުގައި އޮވެފައި ގޮވާލިއެވެ.”މިހާރު މަ ދޯ މީ ވެއިޓަރު މީހާ…” މާއިން ކޮޓަރިއަށް ވަންނަމުން އަހާލިއެވެ.”އާނ… ތެންކްސް ދޮންބޭ…” އިންޝާ ހިނިގަނޑެއް ޖަހާލިއެވެ.”ވަރަށް ފޫހި…” މާއިން ދެލޯ އަޅާލާފައި ކޮޓަރިން ނިކުތެވެ. އިންޝާ ދެކޮނޑު އަރުވާލާފައި އަނެއްކާ ވެސް ފޮތަށް ސަމާލުކަން ދިނެވެ.

ނާޔާ ކޮޓަރިއަށް ވަދެފައި އަތުގައި އޮތް ގަލަންތައް އަތުކޮޅަށް ހޫރާލިއެވެ. އޭރު މުޅި މީހާ ހުރީ ދާހިތްލާ ފޯވެފަ އެވެ.”ކީއްވެ… ކީއްވެ އަބަދު އަހަރެންނަށް މިހެން މި ވަނީ…. ދުވަހަކު ވެސް އުފަލެއް ނުލިބޭ…. އިންޝާ އައިމް ސޯ ސޯ ސޮރީ…. އަހަރެންނާ ހެދި އިންޝާ އެހުރިހާ ވޭނެއް ތަހައްމަލް ކުރީ…. ޕްލީޒް ފޮގިވް މީ… އަހަރެންނަށް ނެތް ޒުމާންއަށް އާނއެކޭ ބުނެވޭކަށް…” ނާޔާ ހުރި ދިމާއަށް ތިރިވެފައި އަނެއްކާ ވެސް ރޯން ފެށިއެވެ. ނަމަވެސް އެ އަޑު އަހާކަށް މީހަކު ނެތެވެ.

ނާޔާ އެތަނުން ތެދުވީ އަސުރަށް ވެސް ގޮވި ފަހުންނެވެ. ގްރޫޕް ސްޓަޑީޒް އަށް ދާހިތް ނެތުމުން ފެންވަރާލައިގެން ނަމާދު ކޮށްގެން އަލުން އެނދަށް އަރާ އޮށޯތީ ނިދަންށެވެ. ނަމަވެސް ބަނޑުހައިކަން އިހްސާސް ވާން ފެށުމުން ނިދޭ ކަމަކަށް ނުވިއެވެ. އެންމެފަހުން ކާގެއަށް ދިޔައީ ކެތް ނުވެގެންނެވެ. އޭރު ނާޔާގެ މަންމަ ނާފިޔާ ކައްކަން އުޅެއެވެ.”އާދެބަލަ މަށަށް އެހީވާން ތިހެން ނުހުރެ…” ނާފިޔާ ބުންޏެވެ. ނާޔާ ވަރަށް ދެރަވިއެވެ. ނާފިޔާ އެހެން ބުނީ ރުޅި އައިސްގެނެއް ނޫނެވެ. ނަމަވެސް އެހެން ބުނިއިރު އެއްވެސް އަސަރެއް ނާފިޔާގެ އަޑަކު ނެތެވެ.”ލައްބަ މަންމާ މި އައީ…” ނާޔާ އިސް ޖަހާލަމުން ނާފިޔާ ގާތަށް ދިޔައެވެ. ނާފިޔާ ވަކި އެއްޗެއް ނުބުނެ ކެއްކުން ކުރިއަށް ގެންދިޔައެވެ.

“ކޮބާ މިއަދު ނާޔާ ނާންނަ ދުވަހެއްތަ ޔޫއްކޯ…” ނާޔާ އަންނަންދެން އިންތިޒާރުގައި އިން ޔައިނާ އަހާލީ ޔޫހާ ކައިރީގައެވެ.”ނޭނގެ ދޮންތާ…” ޔޫހާ ކުރު ޖަވާބަކުން ފުއްދާލިއެވެ.”ހިނގާދާން އިންޝާމެން ގެއަށް ތިހެން ވީރު…” ޔައިނާ ކޮޅަށް ތެދުވަމުން ބުންޏެވެ. ޔޫހާ ވެސް ޔައިނާ ފަހަތުން ދިޔައެވެ.”ދޮންތަ އަކަށް ނުކެރޭނެ ނާޔާ މެންގެއަށް ދާކަށް… ނާޔާ ބައްޕަ އެދުވަހު ދޮންތަ އާ ދިމާއަށް ކީ އެއްޗެހި އިނގޭނެ ޔޫއްކޮ އަށް…” ޔައިނާ ބުންޏެވެ. ޔޫހާ އިސްޖަހާލިއެވެ.

“އައްސަލާމް ޢަލައިކުމް….” ޔައިނާ ސަލާމް ގޮވާލިއެވެ.”ވައަލައިކުމުއްސަލާމް..” މަޔާން ބޭރަށް ނިކުތެވެ.”އިންޝާމެން ހޯދަން ދޯ… އާދޭ އެތެރެއަށް…” މަޔާން ހީލަމުން އެދުނެވެ. ޔައިނާ ބޯ ޖަހާލާފައި މަޔާން ފަހަތުން ހިނގައިގަތެވެ.”އިނާ… މިޝް..” މަޔާން ގޮވާލިއެވެ.”ލައްބަ…” އިސްތަށިގަނޑު އައްސަމުން ކޮޓަރިން އިންޝާ ނުކުތެވެ.” ޔޫހާ ކޮބާ ނާޔާ… ” މިޝްޔާ އަހާލިއެވެ.”ނާދެ ބަލައެއް އެހެންވެ ޔޫހާ ލާން މި އައީ…” ޔައިނާ ޖަވާބު ދިނެވެ.”އޯހ… އޯކޭ..” އިންޝާ ހީލިއެވެ. ޔައިނާ ދަނީއޭ ބުނެފައި އެގެއިން ނިކުތެވެ.

މާއިން ވިސްނަން އޮތީ އިންޝާ އާއި މެދުއެވެ. މިރޭ އޮންނަ އެކްސްޓްރާ ކްލާހަށް އިންޝާ ދާއިރުން ވާނެ ގޮތަކާއި މެދުއެވެ. ބައެއް ފަހަރު ނުފޮނުވަންވެސް ހިތަށް އަރައެވެ. ނަމަވެސް އިލްޔާމެން ކައިރި އެވާހަކަ ބުނަން ބޭނުމެއް ނުވެއެވެ. ކޮލެޖުގަ ބާއްވާ މުހިންމު މީޓިންގް އަކަށް ދާން ޖެހޭތީ މާއިންއަށް މިރެއަކު އިންޝާ ލާކަށް ނުދެވޭނެއެވެ.” ކޮން ހިޔާލެއްގަ… ” ރާކިން ކެވެލި ކޮޅު ހިފައިގެން ވަންނަމުން އަހާލިއެވެ.”މިރޭ ވާނެ ގޮތަކާ މެދު… ކިން ބުނެބަލަ… މިރޭ ލެކްޗަރ އެބުނާ މީޓިންގް އަކަށް ދާން ވެއްޖެއްޔާ ނުދެވޭނެ އިނާ އުޅޭ ނޫޅޭގޮތް ބަލާކަށެއް…” މާއިން ބުންޏެވެ. “ތިކަމާ ދޯ ތި ބޯ ގޮއްވަނީ… މިޝް އެހުރީނުން…” ރާކިން އިށީނެވެ.”އާނ ދެން… ތީތި ހިފައިގެން ދޯ އަދިވެސް އުޅެންވީ…” މާއިން ހަމަ ޖެހިލަމުން ރާކިން އަތުގައި އޮތް ކެވެލިކޮޅު އަތުލިއެވެ.

“މާން… ތީ ވަރަށް ހާއްސަ އެއްޗެކޭ… ޕްލީޒް ދީބަލަ…” ރާކިން ސިހުނީ މާއިން އޭތި އަތުލުމުންނެވެ.”ކަމް އޯން ބްރޯ… އަޝް އެއް ނާންނާނެއޭ…. ކީއްވެގެންތަ ނުވިސްނިގެން ތިއުޅެނީ…” މާއިން ވިސްނައިދެވޭތޯ އުޅުނެވެ.”މާން….. ތި ދޭނީ ނޫނީ…” ރާކިން އިޝާރާތް ކޮށްލީ ފޮއްޓަކަށެވެ.”އޯކޭ އޯކޭ… މަންމަ ކައިރީގަ އެވާހަކަ ނުބުނާތި… އެއީ މަގޭ އެންމެ ބޮޑު ސިއްރު… އަލްވާ…” މާއިން އެންމެ ފަހު ބަސް ކިޔާލީ މަޑު މަޑުންނެވެ. ނަމަވެސް ރާކިންއަށް އެ އަޑު އިވުނެވެ. އެވަގުތު މާއިން ހިނގައިގަތީ އެ ފޮއްޓާ ދިމާއަށެވެ.

“އަލްވާ…” އެ ފޮށި ހުޅުވާލަމުން މާއިން ބުންޏެވެ. ރާކިން ވަގުތުން ވަގުތަށް ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ.”އެކުއްޖާ ހޯދަން މަ ބޭނުން…” މާއިން ކަރުގައި އަޅާ ފަށެއް ނަގަމުން ބުންޏެވެ.”މާން….” ރާކިން ހުރީ ޝައުގުވެރިވެފައެވެ.”އެދެމީހުން ރުޅި ހަދައިގެން ދިޔަ ތަނެއް ވެސް ނޭނގެ… މަ ހާދަ ބޭނުމޭ އެކުއްޖައާ ބައްދަލު ކޮށްލަން…” މާއިން އެ ފޮށި ލައްޕާލީ ފަށް ލުމަށް ފަހުއެވެ.”މިހާރު އެނގެއެއްނު މަށަށް ވާ ވަރު…” ރާކިން ފުން ނޭވާއެއް ލިއެވެ.

އިންޝާމެން ގްރޫޕް ސްޓަޑީޒް ނިންމާލީ ބަޔޮލޮޖީ ފޮތް އެކަށްހެން ދަސްކޮށްފައެވެ. މިޝްޔާ ތިން މީހުންނަށް ކޮފީ ހަދައިގެން އައީ އެގޭގައި އޮންނަ ކުޑަ ބަގީޗާއަށެވެ.”ހިނގާބަލަ ނާޔާ އަށް ގުޅަން… ނާޔާ ބައްޕަ އެއްޗެހި ގޮވާވަރުން އެގެއަށް ދެވޭކަމަކަށް ނުވޭ…” އިންޝާ ބުންޏެވެ.”ދޮގެއްނޫން…” މިޝްޔާ އެހެން ބުނެފައި ފޯނު ނަގާފައި ނާޔާއަށް ގުޅާލިއެވެ. ނަމަވެސް ފޯނު ކަނޑާލީއެވެ.”އޭނ… މިރޭ އެކްސްޓްރާ އަށް ގޮއްސަ ދެން މިކަމާ އުޅޭނީ…” އިންޝާ ހާސްވީ ނަމަވެސް އެކަން ފޮރުވާލަމުން ބުންޏެވެ.”އެނޫން ގޮތެއް ނެތްތާ ދޯ…” މިޝްޔާ ވެސް އެއްބަސްވިއެވެ.

އެރޭ އެކްސްޓްރާ އަށް އިންޝާ އާއި މިޝްޔާ ދިޔައީ ލުޔާ އާއި އެކީގައެވެ. އިންޝާ އެކި ދިމަ ދިމަ ބަލަމުން ދިޔައީ ނާޔާ ފެނޭތޯއެވެ.”އެއޮށް ވައްދަނީ… ” ލުޔާ ބުންޏެވެ. އިންޝާ އަށް ހަމަބިމަށް އާދެވުނީ ދެނެވެ. އަވަސް އަވަހަށް މިޝްޔާ އާއި އެއްކޮށް ހިނގައިގަތީ ސަފު އޮތް ދިމާއަށެވެ. އެވަގުތު މިޝްޔާގެ ލޮލުގައި އަޅައިގަތީ މާ ދުރުދުރުން އައި ނާޔާއެވެ.”އޭއި އިނާ އެހެރަ އަންނަނީ ނާ…” މިޝްޔާ ނާޔާ ދައްކާލިއެވެ. ނަމަވެސް އޭރު ވަރަށް ގިނަކުދިން ތިބުމުން ނާޔާ ކައިރިއަށް ދެވޭ ކަމަކަށް ނުވިއެވެ. ކްލާހަށް ދެވުމުން ވެސް ނާޔާ އިށީނީ އިންޝާމެންނާ ދުރުގައެވެ. އެކަން ޔޫހާއަށް ފާހަގަ ވުމުން ޔޫހާ ވެސް ވަރަށް ދެރަވިއެވެ.”ޒުމާން !!!!!!…” އިންޝާ ސިހުނީ ޓީޗަރުގެ އަޑަށެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ތީއޭ މިހިތުގެ ދިރުމަކީ (3)

Next

އަބަދުވެސް…16

Next
June 1, 2021

އަބަދުވެސް…16

Previews
June 1, 2021

ތީއޭ މިހިތުގެ ދިރުމަކީ (3)

One Comment

  1. gigs says:
    June 3, 2021 at 5:40 am

    އައިމް ޔޫހާ
    ވަރަށް ރީތި މިބައިވެސް ?
    އަޅުގަނޑު މިހާރު ސަބްމިޓް ކޮށްފިން އެސްފިޔަ ޕޭޖް އަށް އަދި ވާހަކަ.ކޮމް އަށް ވާހަކައެށް
    ނަމަކީ ހިތި ނިމުން

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 9←


All Right Reserved!