ކޯކު ފުޅިއެއް ހިފައިގެން މަޔާން އިނީ ރިސޯޓުގެ ބީޗުގައެވެ. މޫސުމުގެ ގޮތުން ބީޗުގައި ގެސްޓުން އެހާ ގިނައެއް ނޫނެވެ.” ރަށަށް ދާންވީ ކަންނޭނގެ… މިތަނުގަ ވަރަށް ފޫހި.. ކުރަން އުޅުން ކަންތަކެއް ވެސް ނުކުރެވުނު.. އެހެންމަ މިރޭ ދާނީ ރަށަށް.. ދާންވީ ހުރިހާ އެއްޗެއް ޕެކް ކުރަން.. ” މަޔާން އެ ފުޅި ހުސްކޮށްލާފައި ޑަސްބިނަށް ލާފައި ހިނގައިގަތެވެ.” އިލޫ ކައިރީގަ ބުނަންވީ ކަންނޭނގެ.. އެކަމް އޭނަ ރުޅިއައިސް ދާނެ.. އެހެން ވީމަ ނުބުނުން ކަންނޭނގެ ރަނގަޅު […]
ސްޕެގެޓީ ކައިނިމިގެން ދެކުދިން އައިސްކްރީމް ގަނެގެން ގޮސް ބީޗުގެ ހަމަހިމޭން މާހައުލުގައި މަޑުކޮށްލިއެވެ.” ރާލް.. އަހަރެން ބޭނުން ވާހަކަ އެއް ދައްކާލަން.. ” ހިޝާ ބުންޏެވެ.” ހިޝް ބޭނުން އެއްޗެއް އެހޭނެ… ” ރާއިލް ބެންޗެއްގައި އިށީންނަމުން ބުންޏެވެ.” ޔާން އަށް ކިހިނެއްވެފަ އެ ހުންނަނީ މިހާރު.. ވަރަށް އެހެން ކަހަލަ ގޮތެއް.. ކުރީގަ ވަރަށް ސަކަރާތް ޖަހާ ކުއްޖެއް އެއީ… އެކަމް މިހާރު ހުންނަނީ މަޑުމަޑުން.. އިނގޭ ރާލްއަށް ނޭނގި ނުހުންނާނެ ކަން.. ” ހިޝާ […]
” އޭނަ ދޯ.. ނޭނގެ… ނުފެނޭ އަދި.. ހެނދުނު އެކަނި ފެނުނީ.. ” ހިޝާ ވެސް މަޔާންއަށް ވީގޮތް އޮޅުންފިލުވާން ބޭނުންވިއެވެ.” ވެދާނެ މޫޑު ކަޓާފަ ކަމަށް.. ދޭބަލަ ގޮވަން.. ކޮޓަރިން އަޑެއް ބަޑެއް ނީވޭ.. ” ހިޝާ ބުންޏެވެ. އިލްޔާ ތެދުވެގެންގޮސް މަޔާން ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ. ކޮޓަރި ތެރޭގައި މީހެއްގެ ހިލަމެއް ނެތެވެ.” ނެތް ހަމަ އެކަކު.. ” އިލްޔާ ދޮރު ލައްޕާލިއެވެ. ތެމިގެން އައި ރާއިލް ގެއަށް ވަނީ […]
” ޔަހ.. ދެން އިލޫ އުޅެބަލަ ކުއްޖަކާ ރައްޓެހިވާން.. ދެމީހުން ރައްޓެހިވީމަ މަންމަ ކައިރީ ބުނާނީ.. ” ލުޔާ ނިދާ ހެދުން ހިފައިގެން ފާހަނައަށް ވަންނަމުން ބުންޏެވެ. އިލްޔާ ކޮޓަރީގެ ދޮރުފޮތިގަނޑު އެއްފަރާތަކަށް ހުރުމުން އެ ކަހާލާފައި އައިސް އަނެއްކާވެސް އައިސް އޮށޯތެވެ. މިއަދު ހެނދުނު ވީ ކަމާމެދު ވިސްނަން އޮއްވައި ވާރޭ ވެސް ވެހެން ފެށިއެވެ. ބާރު ގުގުރީގރ އަޑާއި އެކު އިލްޔާއަށް އިވުނީ ލުޔާ ހަޅޭއްލަވައި ގަތް އަޑެވެ. **16 ވަނަ ޕާޓު** ” […]
ހެނދުނުގެ ނާސްތާ ކޮށްގެން އިލްޔާ ބޭރަށް ނިކުތީ ފޫހިވާތީ އެވެ. އައިހާމެން ވެސް އަދި ނުހޭލައެވެ. މަޔާން މިއަދު އެގެއަކަށް ނާދެއެވެ. ހިޝާ ވީ ރާއިލް އާ އެކީ ބޭރަށް ގޮހެވެ. ލުޔާ ވާހަކަ ފޮތެއް ހިފައިގެން ކިޔަން އިނެވެ. އިލްޔާ ދުވެލާފައި ގޮސް ގޭ ދޮރު މަތީގައި ހުރި ބޮޑު ގާފުންޏަށް އެރިއެވެ. މަގުމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން އުޅެއެވެ. އިލްޔާ ނުވިސްނައި ހުއްޓައި މީހަކު އިލްޔާގެ އަނގައިގައި އަތް އެޅިއެވެ. ހަޅޭއްލަވައި ގަންނަން އުޅެ […]
ސައިބޮއިގެން ހަވީރު ފިންޏަށް އިލްޔާ އާއި ލުޔާއަދި ހިޝާގެ އިތުރުން އައިހާމެންވެސް ދިޔައެވެ. ރާއިލް އާއި މަޔާން ވެސް މެއެވެ. ހަފްތާއަކަށްފަހު މަޔާން ފެނުމުން އިލްޔާ ބޭނުންވީ މަޔާން އާއި ވާހަކަ ދައްކާލަންށެވެ.” ހައި ޔާން… މިހާރު ކިހިނެއް… ރާއިލްބެ ބުނީ ޔާން ބަލިވިއްޔޯ.. ” މަޔާން އާއި ކައިރިވެލަމުން އިލްޔާ ހިނިތުންވެލިއެވެ.” ހްމް.. މިހާރު ރަނގަޅު… ” މަޔާން ލައިގެން ހުރި ޖީންސްގެ ޖީބަށް އަތް ޖަހާލިއެވެ.” ކީއްވެތަ މާ މަޑުން ހުންނަނީ.. ކަމެއް ވީތަ.. […]
” މިހާރު ލުޔާ ހާދަ އުފަލުން ހުންނަ ހެން ހީވެއޭ… ކަމެއް ހިނގަނީތަ އަހަރުންނަށް ނޭނގި.. ” ލުޔާ މާ އުފަލުން ހުންނާތީ އިލްޔާ ދިމާކޮށްލިއެވެ. ” ނޯ… އަދި ނުހިނގާ.. އެކަމް… ” ލުޔާ އަނގަ ލައްޕާލިއެވެ.” ހްމް؟ އެކަމް..؟؟ ” އިލްޔާ ކެތްތެރިކަން ކުޑަ ގޮތަކަށް އެއްސެވެ.” އައި ލައިކް ސަމްވަން… އޭނަ ފެންނާން އުޅޭތީ އުފާވަނީ ހަމަ… ނުބުނައްޗޭ ހަމަ އެކަކު ކައިރީ ޕްލީޒް.. ” ލުޔާ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.” […]
ހަވީރު ގަޑީގައި އިލްޔާ އާއި ލުޔާ ތައްޔާރު ވެގެން ތިއްބެވެ. ޔާނީ އާއި ނިހާ ވެސް އައިސްފިއެވެ. އައިހާ އާއި އީތަންވެސް މެއެވެ. އެންމެން ހަމަވުމުން ލުޔާ އާއި އިލްޔާ ކޭކު ފެޅިއެވެ. ހަމަ ގައިމުވެސް މި އުފަންދުވަހު މި ލިބުނީ ދުވަހަކު ވެސް ހަނދާނުން ފޮހެ ނުލެވޭފަދަ ހަދިޔާ އެކެވެ. ކުޑައިރުއްސުރެ އެއްބަނޑު އެއްބަފާ ދައްތައެއް ނުލިބިގެން އޭނަ އުޅުނެވެ. ނަމަވެސް މިއަދު ﷲ އިރާދަފުޅުން އެކަން ވެސް ވަނީ ފުރިހަމަ ވެފައެވެ. ދެން އިލްޔާ […]
ފެން ބޯން ވެގެން ނިކުތް އިލްޔާ އަށް ރާއިލް އާއި މަޔާން ދެއްކި ވާހަކަތައް އަޑު އިވުނެވެ.” ކޮން ވާހަކައެއް އިލޫ ކައިރީ ނުބުނެވިގެން އެއުޅެނީ… ” އިލްޔާ ހިތާއި ހިތުން އަހާލިއެވެ.” ނޭނގެ ދޯ… އެކަމް ވަރަށް ބޭނުން އިނގެން.. ” އިލްޔާ ކާގެއަށް ވަންނަމުން ބުންޏެވެ. އެވަގުތުވީ މަޔާން ވެސް ފެން ފުޅިއެއް ބަލާ ވަތް ވަގުތަށެވެ.” ޔާން.. ކޮން ކަމެއް އިލޫ އަށް ސިއްރު ކުރަނީތި.. އަޑު އުވިއްޖެ ދެންމެ ދެއްކި ވާހަކަތައް؟؟ […]