Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 1

Baby Devil Level 610 Stories100 Stories
May 16, 2021 4 Mins Read
3 Comments

މާއިން އާއި އިންޝާ ހިނގަމުން ދިޔައީ ފަޅު ރަށެއްގެ ގޮނޑުދޮށުގައެވެ. އެ އާއިލާ އެއްކޮށް އޯވަރ ނައިޓް އަކަށް އައީ އިންޝާ އާއި މިޝްޔާ އެދުމުންނެވެ.”ހާދަ ފޫއްސޭ…މީހަކު ވެސް ނޫޅޭ..” މާއިން ގާކޮޅެއްގައި ފައިން ޖަހަމުން ބުންޏެވެ.”މިއޮއް ކަމެއް…ކިހާ ރަނގަޅު މީހުން ނޫޅޭ ރަށެއް..ބޮލަށް ފަސޭހަ..” އިންޝާ ލައިގެން ހުރި ޖީންސްގެ ފައިކުރި އޮޅާލަމުން މޫދާއި ކައިރިވިއެވެ. “އިނާއަށް ރަނގަޅު ވާނެ ކޮންމެ ތަނަކަސް..އިޝާން ގޮވައިގެން އާދެވުންނަމަ…” މާއިން ހުރީ އިޝާން ނުލައި އާދެވުމުން ފޫހިވެފައެވެ.”ޝާންބެ ނުލައި އައުން އެއީ ދޮންބެގެ މައްސަލައެއް… ބައްޕަ ބުނީ އޯކޭއޭ ފްރެންޑުން ގެނަޔަސް… އިނާ ކިހާ ލަކީ…އިނާގެ ބެސްޓްފްރެންޑް އެއީ ފެމެލީ ކުއްޖެއް..” އިންޝާ ފޮނިވިއެވެ.

“ޕިސް ދޮންބެގެ ބެސްޓް ފްރެންޑުންނަކީ ދެމީހުންނޭ…” މާއިން ވައްތަރެއް ޖައްސާލިއެވެ. “އަހާބަލަ ތިއްތިއާ އިޝާން ކައިރީގަ…އިނގޭނެ ދޮންބެއާ ބެހޭ ގޮތުން ހުރިހާ އެއްޗެއް…” މާއިން ދެބުމަ އަރުވާލިއެވެ.”މިޝް އަށް ވެސް އިނގޭނެ ހުރިހާ އެއްޗެއް އިނާ އާއި ބެހޭ ގޮތުން…” އިންޝާގެ ފަން ދިގު އިސްތަށިގަނޑު އައްސާލަމުން ބުންޏެވެ.”އަޅެ ދޮންބެ ކައިރީ އިނާގެ ހުރިހާ ސިއްރެއް ބުނެބަލަ…މީ ދޮންބެއޭ ސޯ އަ ހޭވް ޓުނޯ…” މާއިން ކުޑަ ކުއްޖަކަށް ވަމުން ބުންޏެވެ. “ނޯވޭސް…ގާރލްސް ސީކްރެޓް އިނގެންޖެހޭނީ ގާރލްސްއަށް…ބޯއިޒް ސީކްރެޓް ބޯއިޒްއަށް..” އިންޝާ ޖެހިލުންވިއެވެ.

“ޕްލީޒް…އޭރުން ދޮންބެ ވާނީ އިނާގެ ބެސްޓް ފްރެންޑް އަށް…ސޯ އެންމެން އެއްކޮށް ބޮޑު ގުރޫޕް އެއް ހެދޭނެ..ރާކިން ، އިޝާން ، މިޝްޔާ , އިންޝާ އެން މީ..” މާއިން ބޮޑުވާ އިނގިލި ހިއްލާލިއެވެ.” ޓްރަސްޓް މީ ދޮންބެ ވެސް ސީކްރެޓް ކިޔާދޭނަމޭ..” މާއިން އަށް އިންޝާ ޖެހިލުންވެފައި ހުރިހެން ހީވުމުން ބުންޏެވެ. އިންޝާއަށް ވަކި އެއްޗެއް ބުނާކަށް ނުކެރުނެވެ.”މިޝް އޯކޭ ވިއްޔާ…ހިނގާދާން މިހާރު އިރު އޮއްސެނީ..” އިންޝާ އަވަހަށް ދާން އެދުނެވެ. މާއިން ދެކޮޅު ނުހަދާ އަލުން އެމީހުން އެޅި ޓެންޓުތަކާއި ދިމާއަށް ހިނގައިގަތެވެ.

“ކަލޭމެން ދެކުދިން ހާދަ ލަހަކުން ތިއައީ…އަވަހަށް އާދޭ ކައިގެން ވަންނަން އެތެރެއަށް..” އިލްޔާ ބުންޏެވެ.” ނޫނޭ ކާ ހިތެއް ނެތް… ދަނީ..” އިންޝާ އަންހެނުންނަށް ހާއްސަކޮށް އަޅާފައިވާ ޓެންޓު ތެރެއަށް ވަންނަމުން ބުންޏެވެ.”އެއްޗެއް ބޭނުންވީތަ..” ފުނާ އަޅަން އިން މިޝްޔާ އަށް އިންޝާ ވަތްތަން ފެނުމުން އަހާލިއެވެ.”ނޫނޭ މި ދޮންބެ ކުރި ސުވާލަކުން..” އިންޝާ މިޝްޔާ ކައިރީގައި އިށީންނަމުން ބުންޏެވެ. މިޝްޔާ ކޮން ސުވާލެއްހޭ އަހާލިއެވެ.”ބެސްޓް ފްރެންޑަށް ވާށޯ…ކިހިނެއް ހަމަ ހުރެފަ ވާނީ…އެންޑް ޔާ ދޮންބެއަށް އިނގެން ޖެހޭނެ ދޯ އަހަރެންނަށް ވާނުވާ…ސޯ މިޝް ބުނަނީ ކީކޭ..” އިންޝާ އަހާލިއެވެ.”އެންމެ ރަނގަޅު… ދޮންބެ ބޭނުން ގޮތެއް…” މިޝްޔާ އެއްބަސްވިއެވެ.

މާއިން ރާކިން ގޮވައިގެން ގޮސް ހުއްޓުނީ ޓެންޓުތަކާ ދުރުގައެވެ.”ތި ފޯނު ބާއްވަބަލަ ޕިސް ޕިސް..” ރާކިން އަބަދު ފޯނާކުޅެން ހުންނަން ފެށުމުން މާއިން ބުންޏެވެ.”މަޑު ކޮށްބަލަ މި ގްރޫޕް ވޯކެއްގަ ޑިސްކަސް ކުރަނީއޭ…މި ބޭއްވީ..” ރާކިން ޑޭޓާ އޮފް ކޮށްލާފައި ފޯނު ނިއްވާލިއެވެ.”އާނ އަސްލު މިޝްއާ އިނާއާ މި ގްރޫޕަށް ޖޮއިން ކުރަން މިއުޅެނީ…އެއީ ވާ ގޮތަކީ އިނާމެންނަށް ކަމެއް ވިޔަސް އެހެންނޫނީ މަށަކަށް ނޭނގޭނެ..އަނެއްކާ މައިހާއަށް ވީހެން އިނާއަށާ މިޝްއަށް ވެދާނެ…” މާއިން ވާހަކަ ދައްކަން ފެށިއެވެ.”އޯކޭ މަށަށް މައްސަލައެއް ނެތް…” ރާކިން ހީލިއެވެ.”އާދޭ ނަމާދު ކުރަން ރެޑީ ވާން…” ހިޝާ ގޮވާލިއެވެ.

މަޣުރިބު ނަމާދު ކުރުމަށްފަހު މިޝްޔާ އާއި އިންޝާ ތިބީ ޓެންޓު ތެރޭގައި ވާހަކަ ދައްކަންށެވެ. އިންޝާ އަކީ ބިރު ގަންނަ ކުއްޖަކަށް ވާތީ ދެނަމާދު ދޭތެރޭގައި ބޭރަށް ނިކުންނާކަށް ހަމަ އެކަކު ވެސް އެއްބަހެއް ނުވިއެވެ. އެހެންކަމުން މާއިންއާއި ދިމާވަން އޮތީ އިޝާ ނަމާދަށްފަހުގައެވެ. އެއީ މާއިންމެން ވީ ފިރިހެނުންނަށް ހާއްސަ ޓެންޓުގަވީމައެވެ.

“ކޮން ވާހަކަ އެއްތަ ތި ދައްކަނީ މާ ފޯރި އަރުވާފަ…..” މިޝްޔާ ހޭންފެށުމުން އިލްޔާ އަހާލިއެވެ.” އެ ވާނީ ބިޓުންގެ މައްސަލައަކަށް..” ހިޝާ ދިމާކޮށްލިއެވެ.”އާނ އެނޫން ކަމަކަށް ނުވާނެ..” ލުޔާ ވެސް ހީގަތެވެ.” ދެން ހަމަ މަންމާ…” މިޝްޔާ ލުޔާ އާއި ދިމާއަށް މޫނު ކުނިކޮށްލިއެވެ.”ދޮންތައާ ކުޑަދޮންތަ ވެސް އުޅޭނީ އަބަދު އެހެންނު..” ހިޝާ އާއި އިލްޔާ އާއި ދިމާއަށް މިޝްޔާ ބުންޏެވެ.”ބަހައްޓަބަލަ މަންމަމެންވެސް ކުރީގަ އުޅޭނީ އެހެންނޭ…އިނާއަށް ހަމަ ޔަގީން އެކަން…” އިންޝާ އިލްޔާމެންނާ ދިމާކޮށްލިއެވެ.”އާނ އިނާ ތިބުނީ ރަނގަޅަށް… މި ކުޑަދޮންތަ މަޔާންއާ އެކީ ދަންވަރު މީޓް ކުރަންވެސް ދާނެ އިނާމެންގެ މާމައަށް ވަގަށް…” ހިޝާ އިލްޔާ ގައިގައި ޖަހާލިއެވެ.

” އެބުނީ ދޮގެއް ނޫނޭ..މި ދޮންތަ ވެސް އުޅޭ ގޮތް…ތިއްތިގެ ބައްޕައާ އެކީ…” ލުޔާ އާއި އިލްޔާ އަދި ހިޝާއަށް ކުރީގެ ހަނދާނެއް އާވުމުން ހީލެވުނެވެ.”މައި ގޯޑް… މަންމައާ ދޮންތައާ ތިއްތަ އާ ވެސް ދޯ..ކީއްވެތަ ދެން މިޝް އާ އިނާ އާތި ދިމާ ކުރަނީ…ޔަގީން ދޮންބެއާ ތިއްތި ވެސް އުޅޭނީ ލޯބިވެރިއެއް ގޮވައިގެންކަން..” އިންޝާ ލުޔާ އަށާއި ހިޝާގެ އިތުރުން އިލްޔާއަށް ނިސްބަތް ކޮށްބުންޏެވެ. “އާނ ދޯ…ތިއްތަ ވެސް އަދި އީ…….ޔަޒާން އާ އެކީ ވެސް އުޅޭނެ..” އިލްޔާ އަށް އީތަންއޭ ނުބުނެވުނީ ކިރިޔާއެވެ.”އީ؟..” އިންޝާ އަހާލިއެވެ.

“އަޅާ ނުލާ…އޮޅުނީ..” އިލްޔާ ވަގުތުން ޖަވާބު ދިނެވެ. އީތަން މަތިން ހަނދާންވުމުން ލުޔާ ކުޑަކޮށް ދެރަވިއެވެ.”މަންމަ ރޮނީތަ..” މިޝްޔާ އަށް ލުޔާ ފެންކަޅިވާތަން ފެނުމުން އަހާލިއެވެ.”ނޫން…” ލުޔާ ހިނިތުންވަމުން ޖަވާބު ދިނެވެ. ހިޝާ އަށާއި އިލްޔާއަށް ވީގޮތް ސާފުވުމުން ދެމީހުން ދެމީހުނަށް ބަލަބަލާފައި ކުޑަ މަޝްވަރާއެއް ކޮށްލިއެވެ.

“އެންމެ ރަނގަޅު…މިހާރު އިޝާ ނަމާދަށް ގޮވަން އެއުޅެނީ…އެންމެ ރަނގަޅުތަ މަންމަމެން ބޭރަށް ނިކުތަސް ކުޑަ ވަގުތު ކޮޅަކަށް..” އިލްޔާ ގަޑި ބަލާލަމުން ބުންޏެވެ.”ނޫން މަންމާ..ބޭރު ވަރަށް ބިރުވެރި…” އިންޝާ އަށް ބުނެވުނެވެ.” ޔަޒާންބެ އާ އެއްކޮށްނޭ ތިން މީހުން ދަނީ..ވަރަށް އަވަހަށް އަންނާނަން..” ހިޝާ ބުންޏެވެ. އެންމެ ފަހުން އެދެމީހުން ވެސް އެއްބަސްވިއެވެ.

“ޔަޒާން ވަ…” އިލްޔާ ފިރިހެން ކުދިންގެ ޓެންޓު ތެރެއަށް ބޯ ދިއްކޮށްލާފައި ހުއްޓުން އެރީ އިތުރު އެއްޗެއް ނުލައި ކިރިޔާ ކަކުލާއި ހަމައަށް އަންނަ ވަރު ސޯޓެއްގައި އިން މަޔާން ފެނުމުންނެވެ.”ހްމްމް ކިހިނެއްވީ.. މަޔާން ފެނުނީމަ ހާދަ ހުއްޓުން އެރީ..؟” ޔަޒާން ދިމާކޮށްލިއެވެ. އޭރު މަޔާން މޫނަށްވެސް ކުޑަ ރަތް ކުލައެއް ވެރިވެފައި ހުއްޓެވެ.”އައްދޭ އަދި ބައްޕަ ވެސް ބްލަޝް ވެޔޭ ދޯ..” މާއިން ހޭން ފެށިއެވެ.”އަމް މީ ޔަޒާން އައިސްބަލަ ކުޑަ ކަމެއް ވެގެން… ލޫއަށް..” އިލްޔާ އިސްޖަހާލަމުން ބުންޏެވެ. ވަގުތުން ޔަޒާން ހިނގައިގަތީ ޓެންޓުން ނިކުންނާންށެވެ.”އާނ ލަދު ގަންނާނެ ދޯ.. އެންމެން ކުރިމަތީގަ ތި ދިމާ ކުރީ ވިއްޔަ…އެހެންނޫނަސް މާއިންގެ މަންމައަށް ގިނަ މީހުން ކުރިމަތީގައި އެއްޗެއްހި ނުލާ އޮއްވައެއް ނުފެންނާނެ..އެހެންވެ ކުއްލިއަކަށް ފެނުނީމަ ދެމީހުން ވެސް ލަދު ގަންނާނެދޯ..” މަޔާން ބުންޏެވެ.

“ކިހިނެއްވީ…. ލޫ ރޮނީތަ…” ޔަޒާން ލުޔާ އަތުގައި ހިފާލިއެވެ.”ހްމްމް ދެންމެ ވީ ގޮތަކީ އަހަރެންނަށް ނޭނގިގެން ލުޔާ އާއި އީތަން އޭ ކިޔެން އުޅުނީ މިޝްއާ އިނާގެ ކުރިމަތީގައި…ކިރިޔާ ހަމަ ނުކިޔުނީ…ދެން ލޫ ފެންކަޅިވީމަ މިޝްއެހީ އޭރު ވެސް ހުރީ ކިރިޔާ ނުރޮވި…ސޮރީ..” އިލްޔާ އިސް ޖަހާލިއެވެ.” އެ އޯކޭ ވާނެ..އެކަމް އަދިވެސް ލޫ ލޯބިވަނީ އީތަން ދެކެ؟..” ޔަޒާން ހިތުގައި ޖެހުނެވެ.” ނޯ… ” ލުޔާ ޔަޒާން މޭގައި ބޯ ޖައްސާލަމުން ބުންޏެވެ.”ދޭބަލަ މަޔާން އާ ރާއިލްއާ ގޮވައިގެން އަންނަން…” ޔަޒާން އެދުނެވެ.

“ޔާން ރާލް އަންނާށޯ ވަރަށް އަވަހަށް…” ހިޝާ ޓެންޓު ތެރެއަށް ބޯ ދިއްކޮށްލަމުން ގޮވާލިއެވެ.” މާއިން މަޑު ކުރޭ…” މާއިން އަންނަން އުޅުމުން އިލްޔާ ބުންޏެވެ. މަޔާން އަވަސް އަވަހަށް ޓީޝާޓް ވައްޓާލައިގެން ޓެންޓުން ނިކުތެވެ. ރާއިލް ވެސް މަޔާން ފަހަތުން އައެވެ. އެވަގުތު ހަނި ދޭތެރިން ލުޔާ ރޯ މަންޒަރު މާއިންއަށް ފެނުނެވެ.”ބޭރަށް ނުބަލާތި ޕްލީޒް މާން އާ ކިން…” ހިޝާ ދަމުން އާދޭސް ކޮށްލިއެވެ. މާއިން ބޯ ޖަހާލީ ދުވަހަކު ވެސް އެއިން މީހަކަށް އޮޅުވައިލައިފައި ނުވާތީއެވެ. އަދި ވަގުތުން އިންޝާއަށް ގުޅާލިއެވެ.”ހަލޯ.. ޓެންޓުގަތަ..” މާއިން އަހާލިއެވެ.”ހްމްމް…މަންމަމެން ބޭރަށް ނިކުމެއްޖެ…” އިންޝާ ޖަވާބުދިނެވެ. “ބައްޕަމެންވެސް…ކިން އާ މަށާ އެކަނި މިތިބީ ޓެންޓުގަ..” މާއިން ބުންޏެވެ.

“ކިހިނެކޭ ވީ ލޫއަށް..” ރާއިލް އަހާލިއެވެ. ޔަޒާން ވީ ހުރިހާ ގޮތެއް ކިޔާދިނެވެ.”ބަލާބަ ލޫ..މަ ވެސް މީ ކުރީގަ ލީޝާއާ ރައްޓެހި ވީ މީހެކޭ އޭނަދެކެ ލޯބިވެގެން…އެކަމް ބަލާބަ މިހާރު އިލޫ އާ ނުލައެއް ނޫޅެވޭނެ…ސޯ ލޫ ވެސް ޓްރައި ކޮށްބަލަ ޕްލީޒް..” މަޔާން ވާހަކަ ދެއްކިއެވެ.”އަހަރެން މިސް ވަނީ އަހަރެންގެ ދަރިފުޅު ދެކެ…އީތަންދެކެ ވަރަށް ފޫހި ވެއްޖެ… އަހަރެން ހާދަ އުންމީދެއް ކުރީމޭ އެ ދަރިފުޅަށް…އަދިވެސް އެ ހިތި ދުވަސްތައް މަތިން އަހަރެންނެއް ހަނދާނެއް ނުނެތޭ…އަހަރެންމީ ހާދަ ބަދުނަސީބު މީހެކޭ…” ލުޔާ ރޮމުން ބުންޏެވެ. ލުޔާ އެހެން ރޯން ފެށުމުން އިލްޔާ އަށް ވެސް ރޮވުނެވެ. ހިޝާ ވެސް ހުރީ ފެންކަޅި ވެފައެވެ.

“ލޫ ތިހެން ނުބުނޭ ޕްލީޒް..މިޝް އެއީ ލޫގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެއްނު…ލޫ ގަބޫލު ކުރަނީ އެއީ ލޫގެ ދަރިކަމައްނު…” ޔަޒާން ލުޔާއަށް ވިސްނައި ދިނެވެ.”އެހެން ކިތަންމެ ވިސްނިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ…އަހަރެން މިޝްޔާ ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވެޔޭ..އެކަމް..” ލުޔާ އަށް ރޮވޭ ވަރުން ވާހަކަ ވެސް ނުދެއްކުނެވެ.”އާދޭސް ކުރަން…ލޫ ތިހެން ރޯތަން ފެނުނީމަ އަހަރެމެން ހާދަ ދެރަވެއޭ..ޕްލީޒް ހުއްޓާލާ..” ޔަޒާން ލުޔާގެ ކަރުނަތައް ފުހެދިނެވެ.”ޔަޒާން މަށަށް ފެންނަނީ އެހަށް ލޫ ގޮވައިގެން މިތާ ކައިރިއަށް ހިނގާލަންދާން…” ރާއިލް ޔަޒާން ކައިރީގައި ބުންޏެވެ. ޔަޒާން އެކަމަށް އެއްބަސްވެ ލުޔާ ގޮވައިގެން ހިނގައިގަތެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ތަމަންނާ-3 ވަނަބައި

Next

ހިތް ބޭނުމޭ ދުލުން 3

Next
May 16, 2021

ހިތް ބޭނުމޭ ދުލުން 3

Previews
May 16, 2021

ތަމަންނާ-3 ވަނަބައި

3 Comments!

  1. Naju / Amy says:
    May 16, 2021 at 10:36 am

    Masha Allah varah reethi part 2 ge 1st episode vx
    Kudhin kolhu bodu v dhw ? unmeedhu kuran aneh episode avahah up kohdheyne kamah
    Stay safe ?

  2. Rainberry says:
    May 16, 2021 at 11:06 am

    Yes. Finally. Feels like I have waited 4 a decade 4 this. Love the story. Keep it up❤️❤️❤️

  3. s.n.o.w.f.l.a.k.e Maash says:
    May 16, 2021 at 2:28 pm

    Yeyyy unknown girl is the best mi mahu genes dheynamey bunefa genes dhiney????????thank you thank you unknown girl ??? varah ufaavejje hama inthizaaruga hutta thi genesdhiney??? maash heekurey mi ah vure lasvaanekamah???mi liye nimmaafa in vhk eh tha??? varah reethi maasha Allah ??? maash mi vhk ah comment nukuriyas kiyan??? mishyaa eyy luyaa ge aa yazaan adopt kohgen ulhey kujjeh dhw??? kon maihaa eh??? Maihaa ah kiheneh v??? When is next part??? Waiting curiously ???
    Tc
    Stay safe

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 2←


All Right Reserved!