ތިޔަ ލޯތްބަށް އެދެމޭ 2 – 4
“ދެން ހެވޭ… މި އުޅުން މާ ފަސޭހަ…” އިޝާން ހަމަޖެހިލިއެވެ.”ކީކޭ ދޯ ބުނާނީ ވެސް… ދުވަހަކު ގޮތްދޫނުކުރާ މީހެއް…” މާއިން ބޯ ހޫރާލިއެވެ.”އެ ވާހަކަ ބާއްވަބަލަ… ކޮން އިރަކުން ރަށަށް އަންނަނީ…” އިޝާން ކުޑަކޮށް ހިތްހަމަ ނުޖެހުމުން ބުންޏެވެ.”މާދަމާ.. އޭއި ދެން ބާއްވަނީ އިނގޭ…މިހާރު މަންމަމެން ތިބޭނެ ލަސްވެފަ… ” މާއިން ޖަވާބު ދިނެވެ.”އޯކޭ ބާއި…” އިޝާން ހިނިތުވަމުން ފޯނު ކަނޑާލިއެވެ.
**4 ވަނަ ޕާޓު**
“ކޮން އުޅުމެއް ދޫކުރާ ވާހަކަތަ ދޮންބެމެން ތިކިޔަނީ…” ފޯނު ކަނޑާލުމުން އިންޝާ އަހާލިއެވެ.”އެއީ ޝާން އުޅޭ ގޮތުން…” ރާކިން ޖަވާބުދިނެވެ.”ތަފްސީލްކޮށް ކިޔާދީފާނަންތަ…” މިޝްޔާ އަހާލިއެވެ.”ހަވީރުގަޑީގަ ދޯ ދެން… މިހާރު ވަރަށް ވަރުބަލި… މިދަނީ ޖައްސާލަން…” އެ ވާހަކަ އިންޝާއަށް ކިޔާދޭން މާއިން ޖެހިލުންވީ އިންޝާ އިޝާން ދެކެ ބިރުގެންފާނެތީއެވެ. އެހެން ކަމުން އުޒުރެއް ދައްކާފައި ހިނގައިގަތީ އިލްޔާމެން ތިބި ދިމާއަށެވެ.”ތިހެން ވީރު އިނާ ވެސް މިދަނީ އޮށޯންނަން…” އިންޝާ ވެފައި ހުރި ވަރުބަލިން އަވަހަށް ނިދަން އެއްބަސްވިއެވެ.
މެންދުރު އެކީހެން އިންޝާ އޮތީ ޓެންޓު ތެރޭގައި ޓެބުހިފައިގެން ސީރީޒް ބަލަންށެވެ. ހިތަށް އެކި ހިޔާލުތައް ވެރިވަމުން ދިޔައެވެ. އިޝާން އާއި މެދުއެވެ. އިޝާން އަކީ އާދައިގެ އިސްކޮޅެއް އަދި ދޮންހަންގަނޑެއް ލިބިފައިވާ ސަތާރަ އަހަރުގެ ކުއްޖެކެވެ. އިސްތަށިގަނޑު ކުޑަކޮށް ފަންވެ ކަޅުކަން ގަދަވުމުން ގިނަ އަންހެން ކުދިންގެ ހިތް ވަނީ އިޝާން އަށް ލެނބިފައެވެ. ނަމަވެސް އިންޝާ އެއާ ހިލާފެވެ. ކިތަންމެ ރީތި ކުއްޖަކު ފެނުނަސް އިންޝާ އަކީ އެހެން އަންހެން ކުދިން އުޅޭހެން އުޅޭ ކުއްޖެއް ނޫނެވެ. އިންޝާ މަސައްކަތް ކުރަނީ މާއިން އާއި ރާކިން ހޯދިފަދަ ރަން ވަނަ އެއް ހޯދުމަށެވެ. އެއީ އިންޝާގެ އެންމެ ބޮޑު އެއް އުންމީދެވެ.
“އޭއި ކޮން ހިޔާލަކަށް ގެއްލިފަ…” ކުޅެނިމިގެން ޓެންޓަށް ވަންނަމުން މިޝްޔާ އަހާލިއެވެ.”މި ޓެބު ބަލަނީނުން… ނުފެނޭތަ…” އިންޝާ ސިހިފައި މިޝްޔާއަށް ބަލާލިއެވެ.”އޭނ… ތި ޓެބު ތިއޮތީ ޗާޖު ގޮސްގެން ނިވިފަ… އަނެއް ކޮޅުން އަހަރެން ވަތްއިރު އިނާ އޮތީ އެހެރަ ފެންފުޅިއާ ދިމަބަލާކަންނު…” މިޝްޔާ ޝައްކުގެ ނަޒަރަކުން އިންޝާއަށް ބަލާލިއެވެ. އިންޝާއަށް ޓެބާއި ދިމާއަށް ބަލާލެވުނީ ދެނެވެ. ވަގުތުން ބޯ ކަހާލާފައި އިންޝާ ހީލިއެވެ.”ދެން ނުހީ ބުނެބަލަ ދޯ…” މިޝްޔާ ބުންޏެވެ.”އޮތީ ޝާންބެއާ މެދު ވިސްނަން… ކޮން އުޅުމެއްގެ ވާހަކަ ބާއޭ އެދައްކަނީ…” އިންޝާ ތެދަށް ޖަވާބުދިނެވެ.
“އޯހ… ވާހަކައެއް އަހާލަންތަ..” މިޝްޔާ ފެންފުޅި ނަގަމުން އަހާލިއެވެ. އިންޝާ ބޯ ޖަހާލާފައި ޓެބު ޕަވަރ ބޭންކާ ގުޅާލިއެވެ.” ދޮންބެ ކައިރީ ބުނިންތަ..” މިޝްޔާ އިންޝާ ކައިރީގައި އިށީންނަމުން އަހާލިއެވެ.”ނޯ… ބޭނުމެއް ނޫން ބުނާކަށް..” އިންޝާ ފެންކަޅިވިއެވެ.”ކަމް އޯން އިނާ… ތީ ރަނގަޅު ގޮތެއް ނޫނޭ… ދޮންބެ ކައިރީގަ ބުނީމަ ރަނގަޅު ވާނީ… އޭރުން ދޮންބެ ސްކޫލަށް މައްސަލަ ޖައްސަފާނެ..” މިޝްޔާ ބުންޏެވެ.”ދެން…… ބޭނުމެއް ނޫން ބުނާކަށް…. ދޮންބެ ވަރަށް ދެރަވިއޭ އެރޭ ވެސް… އެހެންވެ ދެން ނުކެރޭނެ…” އިންޝާ އިސްޖަހާލިއެެވެ.”އެހެން… އޯކޭ އަހަރެން ތިކަން ހަމަޖައްސާނަން… އާދޭ ކުޅެން… އަސްލު ކުޅެންދާން ބަލައޭ މިއައީ…” މިޝްޔާ މައުޟޫ ބަދަލުކޮށްލިއެވެ.”އެންމެ ރަނގަޅު… ހިނގާ…” އިންޝާ ތެދުވަމުން ޖަވާބުދިނެވެ.
“މިއޮށް އައީ ޓެންޓު ކުއްޖާ… އަވަހަށް އާދޭ ކުޅެން…” މަޔާން އަށް އިންޝާ ފެނުމުން ބުންޏެވެ.”ނޫނޭ މިހާރު އަސުރަށް ގޮވަން އެއުޅެނީ… އެންމެން ކުޅުން ހުއްޓާ…” އިލްޔާ އަމުރު ކޮށްލިއެވެ. ކުޅުމުގެ ފޯރީގައި ހުރި މާއިން ސިހުނީ އަސުރު ވަނީއޭ އިލްޔާ ބުނުމުންނެވެ. އެ ވާހަކަ އިންޝާއަށް ކިޔާދޭނެ ގޮތެއް ވެސް މާއިންއަށް އިނގެނީކީނޫނެވެ. ހިންދިރުވާލަމުން މާއިން ބަލާލީ ރާކިން އާއި ދިމާއަށެވެ. ރާކިން ވެސް ހުރީ މާއިން އާއި ދިމާއަށް ބަލަންށެވެ.” އޭއި ކައެ އާދެބަލަ… ” ރާކިން މާއިންއަށް ގޮވާލިއެވެ.
“މިޝްމެންނަށް ކިޔާދޭނީ ކިހިނެއް…” ރާކިން ވިސްނާލިއެވެ.”ދޮންބޭއާ ތިއްތި ކައިރީގަ ވާހަކައެއް ބުނަން ބޭނުން…” އެވަގުތު މިޝްޔާ ދުވެފައި އައިސް ހުއްޓުނެވެ. ރާކިން ކޮން ވާހަކައެއްހޭ އަހާލިއެވެ.”އިނާގެ ވާހަކައެއް އިނގޭ… އިނާ ބުންޏެއްނު ކޮންމެސް ރެއެއްގެ ވާހަކަ ދޯ…” މިޝްޔާ ވާހަކަ ދައްކަން ފެށިއެވެ.” އަސްލު އެރޭ އެކަންޏެއް ނޫން އެހެން ވީއެއް… ” މިޝްޔާ ދެމީހުންނަށް ބަލާލަމުން ބުންޏެވެ. ރާކިން އާއި މާއިންގެ ދެލޯ ބޮޑުވިއެވެ.”ވަޓް.. ކޮން އިރަކު ކިތަށް ފަހަރު..” މާއިން ހާސްވިއެވެ.
“ހަމަގައިމުވެސް ހަތަރަކަށްވުރެ ގިނަވާނެ… އިނާ ބުނީ ބޭނުމެއް ނޫނޯ މި ވާހަކަ ބުނާކަށް ވެސް… އެކަމް އަހަރެން މިބުނީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ވިސްނާފައި…” މިޝްޔާ ފުން ނޭވާއެއް ލިއެވެ.”އެއޮއް އަންނަނީ އިނާ… އެބަ އަންނަން..” މާއިން ދުއްވައިގަތީ އިންޝާ އާއި ދިމާއަށެވެ. އިންޝާ އަންނަނިކޮށް މާއިން އިންޝާގެ އަތުގައި ހިފާފައި މީހުންނާ ދުރަށް ގެންދިޔައެވެ.”ވަޓް ޖަސްޓް ހެޕެންޑް..” އިންޝާ ލޯ އަޅާލިއެވެ.”އިޒް ދެޓް ޓްރޫ އިނާ… ދެޓް ބޯއި ޓަޗްޑް ޔޫ މޯރ ދެން ވަންސް؟؟…” އިންޝާ އެތާ ހުރި ބޮޑު ގަހެއްގައި ޖައްސާލަމުން ދުރަށް ނުދެވޭނެހެން މާއިން ދެއަތުން ގަހުގައި ލައްކޮއްލިއެވެ. އެވަގުތު އިންޝާގެ ދުލުގައި ތަޅެއް އެޅުވުނުފަދައެވެ.
“ސީދާ ޖަވާބު ދީބަލަ ދޮގު ނުހަދާ…” އިންޝާ އެއްޗެއް ނުބުނުމުން މާއިން އަނެއްކާ ވެސް ބުންޏެވެ. މިފަހަރު ވެސް އިންޝާ ހުރީ އެއްޗެއް ނުބުނެ އެވެ. ނަމަވެސް ދެލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.”ސޯ އެއީ ތެދެއް..؟…” މާއިން އަހާލިއެވެ. އިންޝާ ބޮލުން އާއިކޭ ބުންޏެވެ.”ކީއްވެ މަ ކައިރީ ނުބުނީ… ދެން ނުވާނެ އެކަހަލަ އެއްވެސް ކަމެއް ވެފަ އިންދަކާ ނުބުނެއެއް…. ޕްލީޒް އިނާ… ދޮންބެ އިނާއަށް ކަމެއް ވެދާނެތީ ހާދަ ބިރުގަނެއޭ…. ތިހެން ނުބުނެ ހުރީމަ އިތުރަށް އެކަންތައް ގޯސް ވެދާނެ…. ދެން ނުދާތި ހަމަ އެއް އިރަކު އެކަނި ތާކަށް… އިނާއަށް ކަމެއްވިނަމަ ދޮންބެ ކިހިނެއް ހަދާނީ…. ދޮންބެގެ ހުރި ހަމައެކަނި ކޮއްކޮއަށް ދެރަގޮތެއް ވާން ދޮންބެގެ ހިތަށް ކެތްވާނެތަ…” މާއިން ދެއްކި ވާހަކަ އަކުން އިންޝާ ހުރީ ނުރޯން މަސައްކަތް ކޮށްގެންނެވެ.
“ފާހާނާއަށް ދާން ބޭނުން ވިޔަސް މިޝްގޮވައިގެން ސްކޫލްގަވެސް އުޅޭނީ…. ދޮންބެ ޓީޗާރސް ކައިރީ ބުނާނަން… ދޮންބެ ތި ސްކޫލަށް ދާނަމަ މިހާރު މިޝްއާ އެއްކޮށް ދާންނަން ޓޮއިލެޓަށް ވެސް…” މާއިން އެހެން ބުނިއިރު އިންޝާގެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިފިއެވެ. މާއިން އިންޝާގެ ގައިގައި ބައްދާލީ އަބަދުވެސް ހިމާޔަތް ދޭނެ ފަދައިންނެވެ. ކުޑައިރު ކުޅެން އުޅެފަ ވެސް އިންޝާ ރޯންފަށާއިރަށް މާއިން ގޮސް އިންޝާ ގައިގައި ބައްނާލާނެއެވެ. އެވަގުތު ކޮޅު އިންޝާގެ ހިތަށް ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެއް ވެރިވެއެވެ.
އިންޝާ ރޮއި ނިމެންދެން މާއިން ހުރީ އެހުރި ގޮތަށް އިންޝާ ގައިގައި ބައްދާލައިގެންނެވެ. އޭރު ގާތްގަޑަކަށް ފަސް ވަރަކަށް މިނިޓް ވެދާނެއެވެ.”އިނާ މިހާރު އޯކޭތަ..” އިންޝާ ކަރުނަތައް ފުހެލިހެން ހީވުމުން މާއިން ގަޔާއި އިންޝާ ދުރުކޮށްލިއެވެ.”ހްމްމް..” އިންޝާ ޖަވާބު ދިނެވެ. އެވަގުތު މާއިން އިންޝާގެ ކަރުނަތައް ފޮހެދިނެވެ.”ހިނގާދާން މިހާރު ތިއްތިމެން ހޯދާނެ… އަދި ދޮންބެ މިހުރީ ނަމާދުވެސް ނުކޮށް…” މާއިން ބުންޏެވެ. އިންޝާ ހިނގައިގަތީ މާއިން އާއި އެއްކޮށް އިލްޔާމެން ކައިރިއަށެވެ.
“ޝާންބެ ވާހަކަ ކޮންއިރަކުން…” މާއިން ޓެންޓަށް ވަންނަން އުޅުމުން އިންޝާ މާއިން ހުއްޓުވިއެވެ.”ނަމާދު ކޮށްގެން އެބަ އަންނަން…” މާއިން ކުޑަ އިރުކޮޅަކު ވިސްނާލަން ހުރެފައި ޖަވާބު ދިނެވެ. އިންޝާ ބޯ ޖަހާލާފައި ޓެންޓުން ހެދުން ނަގައިގެން މިޝްޔާ އާއި އެއްކޮށް ހިނގައިގަތީ ފާހަނާއާ ދިމާއަށް ތާޒާވެލުމަށެވެ.
“އޭއި ލޫ… ރަށަށް ދާކަށް ނުވޭތަ…” އިލްޔާ އަހާލިއެވެ.”މާދަން އަންނާށޭ ދޯ ބަލައި އަންނާށޭ ބުނީ…” ލުޔާ ދެކޮނޑު އަރުވާލިއެވެ.”އާނ… މިއުޅޭ ކުދިން ނަމާދު ކޮށް ނިމުނީމަ ދާން ވާނެ ވަލަށް… ފޮޓޯ ނަގާފަ އިންސްޓާއަށް ވައްޓާލަން…” މަޔާން ބުންޏެވެ.”އަދިވެސް އެކަމެއްގެ ދޯ ދަރިން ބޮޑެތިވާ އިރު ވެސް…” ހިޝާ ހޭން ފެށިއެވެ.”ދަރިން ބޮޑެތިވީއޭ ކިޔާފަ ކޮންމެހެން ޖެހޭތަ އެކަން ހުއްޓަން… ލޮލް…” ޔަޒާން އެހެން ބުނުމުން ރާއިލް ގާތަށް އައީ ނުލަފާ ހިންޏެކެވެ.”މައި ގޯޑް ހިޝާ… ހިޝް ވެސް ލާން ވާނޭ ދޯ އަހަރެމެން ދެމީހުންގެ ސެލްފީއެއް… ވަރަށް ލޯބިވެއޭ ކިޔާފަ…” ރާއިލް އެހެން ބުނުމުން ހިޝާ ރުޅިއާއި ލަދު އެއްވަރަކަށް އައެވެ.”އަމިއްލައަށް ލާބަލަ.. މަ ނޫޅެން…” ހިޝާ ތުން ދަމާލިއެވެ.
“ތި ބުނީ ހިޝް މަ ދެކެ ލޯތްބެއް ނުވެއޭތަ… ބަލާބަލަ…” ރާއިލް ދެރަވާ ކަމަށް ހެދުނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ހިޝާ ބުނާނީ ލޯބި ވެއޭކަން ރާއިލް އަށް ޔަގީނެވެ. އެއީ ހިޝާގެ އަނގައިން އެހެން ބުނުމަށް ރާއިލް ކުރި ކަމެކެވެ.”ނޫން އެހެނެކޭ ނުބުނަން…” ހިޝާ ވަގުތުން ޖަވާބު ދިނެވެ.”ގަބޫލެއް ނުކުރާނަން.. ހިޝް އަނގައިން ބުނޭ އަހަރެން ދެކެ ވަރަށް ވަރަށް ލޯބިވެއޭ… އޭރުން ގަބޫލު ކުރާނީ..” ރާއިލް ކުޑަކުއްޖެއްހެން ބުންޏެވެ.”ދެން…” ހިޝާ ހިތް އަވަސްވިއެވެ.”ކަމް އޯން ހިޝް…” ރާއިލް ހިޝާ އާއި ދިމަ ބަލާލީ އެކްޓެއް ޖައްސާލަމުން އެވެ.”އައި… އަހަރެން ވަރަށް ވަރަށް ލޯބިވޭ ރާލްދެކެ….” ހިޝާ އެހެން ބުނީރު މޫނު ވަނީ ރަތް ކުލައިގައެވެ. ހިޝާ އެހެން ބުނުމުން އެންމެން އަތްތިލަބަޑި ޖަހަން ފެށިއެވެ. ފަހަތުން ރާކިންއާއި މާއިންގެ ހުނުމުގެ އަޑު އިވުމުން ހިޝާ އާއި ރާއިލް ހިންދިރުވާލަމުން ބަލާލީ ދިމާ ކުރާނެ ކަން އިނގޭތީއެވެ.
“ހަހަހަ… ބަލާބަލަ މަންމަމެން ކުރާ ކަންތައް… ބައްޕަ ވެސް މަންމައަށް ޓްރަސްޓް ކޮށްބަލަ ދޯ ލަދު ނުގަންނުވާ….” ރާކިން ހެމުން ބުންޏެވެ.”އެބުނީ ވެސް ތެދެއް.. ދޮންތަ މޫނު ހީވަނީ ރަތްކުލަ ޖައްސާފަ ހުރިހެން…” މާއިން ވެސް ރާކިން އާއި ބައިވެގެން ދިމާ ކުރިއެވެ. ރާއިލް މޫނަށް ވެސް ކުޑަ ރަތްކުލައެއް ފާއްދާލިއެވެ. އެއާއި އެކު ރާކިން އާއި މާއިންއާ އެއްބައި ވަމުން ހިޝާ ނުލައި އެއްމެން ދިމާ ކުރަން ފެށިއެވެ.” ދެން ހުއްޓާލަން ވެއްޖެއްނު… މަޔާން އާ އިލްޔާ އާ ވެސް ދިމާ ކޮށްބަލަ… ޔަޒާންއާ ލުޔާ އަށް ވެސް ދިމާ ކޮށްބަލަ.. އެމީހުން ވެސް އަބަހުއްޓޭ ކަންތައް ކޮށްފަ…” ރާއިލް މާބޮޑަށް ލަދު ގަންނަން ފެށުމުން ބުންޏެވެ.
“މީ ކޮން ކަމެއް… ހާދަ ސަކަރާތެއް އަހަރެމެން ނުލާ…” ފެންވަރާލައިގެން އައި މިޝްޔާ އާއި އިންޝާ އަހާލިއެވެ.”މަންމައާ ދިމާ ކުރަނީ ނުން…” ރާކިން ޖަވާބު ދިނީ ހިނިއައިސްފައެވެ.”އަދިވެސް ދޮންތަމެންގެ ލަވް ސްޓޯރީ ނުނިމޭ…” މާއިން ވެސް ރާކިން އާއި އެއްބައިވެ ލިއެވެ.”ދެން ހެވޭ…” ހިޝާ ރާކިން ގައިގައި ޖަހާލިއެވެ.”ހެހެ ހިނގާދާން..” މާއިންމެން އިންޝާ އާއި މިޝްޔާ ގޮވައިގެން ދިޔައީ ހިތްފަސޭހަ ހިސާބަކަށެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Wow. Vvvv nice. Curiously waiting for the next beautiful part