އެދުވަހު ހަވީރު ގަޑީގައި ނުކްޝާން ދިޔައީ ލަމާން އާ އެކީ އެވެ.” އެއްކަލަ ކުއްޖަ ބުނީ ތީނަ ދެކެ ލައިކް ވެއޯ..” ލަމާން ދިމާކުރާ ކަހަލަ ގޮތަކަށް ބުންޏެވެ.” ކީކޭ ބުނާނީ.. އޭނާވެސް ދެން އަނެއްހެން ރީތި ދޯ އެކަމް މަ ލައިކް އެއް ނުވޭ..” ނުކްޝާން ހިނިގަނޑެއް ޖަހާލިއެވެ.” ދުވަހަކު ވެސް މީހަކު ދެކެ ލައިކް ވާ ކަމަށް ވޭތަ.. ނިކަށް ރައްޓެހިވެބަލަ ކުއްޖަކާ… އެހަށް ދުވަހު މިރަށަށް އައިސް އުޅުން ނިކަށް ރީތި މަންޖެއެއް […]
” އައުޗް..” ނުކްޝާން ދެބުމަ ގޮށްޖަހާލަމުން ބަލާލީ ގައިމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާއެވެ.” އެކްސްކިއުޒް މީ… ތެދުވާކަށް ނުވޭތަ..” ނުކްޝާން ދަތްކުނޑި ވިކާލިއެވެ.” ސޮރީ…” އެ އަންހެން ކުއްޖާ ނުކްޝާންގެ ޖާދޫވީ ނޫކުލައިގެ ލޮލަށް ބަލަން އޮވެފައި ތެދުވިއެވެ. އޭރު ނަވްޔާ އާއި ނީކިޔާ ތިބީ މަންޒަރު ބަލާފައި ހޭންށެވެ. އެކުއްޖާ ދިއުމުން ނުކްޝާން ވެސް ތެދުވެ ގައިން ވެލިފޮޅާލިއެވެ.” މީހަކަށް ބެލުމެއް ނެތި ދަންޏާ އެހެނެއްނު ވާނީ..” ނުކްޝާން ހުރީ އެކަމާ މެދު ހިތްހަމަ […]
” ހެއި… މި ދުވަސްކޮޅު ނަދެވިދާނެ އިނގޭ ދޮންބެމެން ވެޑިންގް ކަންތަކާ އުޅެން ހަދައިގެން… ޔަލާ މެންގެއަށް ދަމުން މި ވަދެލީ…” ނީމާ ބުންޏެވެ. އިންޝާ ހިނިތުންވުމަކުން ފުއްދާލީއެވެ.” ހިނގާ ދާން… ” އިންޝާއަށް ބަލާލުމެއްނެތި އިޔާން ނީމާ ކައިރީގައި އެހެން ބުނެފައި ހިނގައިގަތެވެ. އިންޝާ ދެލޯ ފެންކަޅިވިއެވެ. އިޔާން އެހާ އަޅާލުން ކުޑަވީ ކޮން އިރަކު ހެއްޔެވެ؟ އިންޝާއަށް ނުބައިކޮށް ކަމެއް ކުރެވުނީ ބާއެވެ؟ ކޮންމެގޮތެއްވިޔަސް އިޔާން ނުރުހޭ ކަމެއް ކުރާކަށް އިންޝާގެ ހިތެއް ބޭނުމެއް […]
” ޝްޝްޝް ދޮންބެ މެންނަށް އަޑު އިވިދާނެ… ” އިންޝާ ދެލޯ ބޮޑުކޮށްލާފައި މިޝްޔާ އާއި ދިމަ ބަލާލިއެވެ.” ހެހެ ނީވޭނެ ހާސްނުވޭ… ” މިޝްޔާ ފާޚާނާއަށް ވަނެވެ. އިންޝާ ބޯ ކަހާލާފައި އިންސްޓަގްރާމް އަށް ވަދުނެވެ. އިޔާން އިނީ އެކްޓިވްގައެވެ. އިންޝާ އިޔާންގެ ސްޓޯރީއަށް ވަދުނީ އޭގައި އޮތް އެއްޗެއް ބެލުމުގެ ބޭނުމުގައެވެ. ނީމާ އާއި އެހެން އަންހެން ކުއްޖެއްގެ ފޮޓޯ ހުރި އިރު ދެމީހުންނަށް ވެސް އޮތީ މެންޝަން ކޮށްފައެވެ. ކޮންމެސް ޔަލާ އެކޯއެވެ. […]
” ދޮގު… ” މާއިންގެ ދެލޯ ހީވީ ނުކުމެގެން ގޮސްދާނެ ހެންނެވެ.” ހްމްމް… ބަލާބަލަ މިއޮއް ސެޓްފިކެޓެއް.. ” ރާކިން ފޯނު ނަގާފައި މިޝްޔާގެ ސެޓްފިކެޓް ދެއްކިއެވެ.” މަ އަހައިފިން ޔަޒާންބެ ކައިރީގަ ވެސް.. އޭނަ ކިޔައިދިން އެއްޗެއް… ” ރާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ. މާއިންގެ އަނގައިން ނުބައި ބަހެއް ބޭރުވިއެވެ.” ތިކަހަލަ ބަސް ބޭރުވަންޏާ އަނގަ މަޑުން ލައިގެން ހުރެބަލަ… ދެން މިޝް އާ އިނާ ކައިރީގަ ނުކިޔާތި… އަނެއްކާ އެމީހުން ޝޮކަކަށް ގޮސްދާނެ… […]
ނަމާދުކޮށް ނިންމައިގެން ދިވެހި ވާހަކަފޮތެއް ހިފައިގެން އިންޝާ އިނެވެ. ވާހަކަފޮތަށް ގެއްލިފައި އިންވަރުން ގަޑި ދިޔަ ގޮތް ވެސް ނޭނގުނެވެ. ކުއްލިއަކަށް ޖެހި ގުގުރިއާއި އެކީ ކަރަންޓް ދިޔައެވެ. އިންޝާ ބާރަށް ހަޅޭއްލަވައި ގަނެފައި ދުއްވައިގަތް ތަނުން ހުއްޓުނީ މީހަކު ގައިގައި ޖެހުމުންނެވެ. ގެންފައިވާ ބިރެއްގެ ސަބަބުން ހުރި މީހެއް ނުބަލައި އެމީހެއްގެ ގައިގައި ހިފައިގަތެވެ.” ކަލޭމެން ކޮން ކަމެއް… ” ފްލެޝްލައިޓަކުން އަލިކޮށްލަމުން މާއިން އަހާލިއެވެ.” ހައެ ހައޭ… ކަލޭމެން ގަނޑެއް ގަންނަނީއޭ ދޯ މީހުން […]
އެއް ރެއެއްގެ ދަންވަރެވެ. މިޝްޔާ ކޮޓަރިން ނުކުމެގެން ދިޔައީ އެމީހުންގެ ގެއާއި ދިމާއަށެވެ. އޭރު ފުދޭވަރަކަށް ރީތިކޮށް އެގެ ހަދާފައި ހުއްޓެވެ. މިޝްޔާ ގޭތެރެއަށް ވަދެފައި ލުޔާ އާއި ޔަޒާންގެ ކޮޓަރިއަށް ވަނެވެ. އެކޮޓަރި ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިޝްޔާ މަޑުމަޑުން ގޮސް އެނދުމަތީގައި އިށީނެވެ. އެކޮޓަރިއަށް ވަދުމާއެކު އަނެއްކާވެސް މިޝްޔާ ފެންކަޅިވިއެވެ. ހީވަނީ ލުޔާ އެކޮޓަރި ތެރޭގައި އުޅޭހެންނެވެ. ކުއްލިއަކަށް މިޝްޔާ ލޮލުގައި އަޅައިގަތީ ކުއްލިއަކަށް ތިރިއަށް ވެއްޓުނު ގަނޑެކެވެ. މިޝްޔާ ގޮސް […]
” މިޝް އިނާ އާދޭ ސައިބޯން… ” މަޔާން ދޮރު ހުޅުވާލިއެވެ. އޭރު އިންޝާ ރީތިވެގެން އޮތެވެ. މިޝްޔާ އޮތީ ފެން ނުވަރައެވެ.” އަދިވެސް މިޝް ފެންނުވަރާ ދޯ… އަވަހަށް ދޭ ފެންވަރައިގެން ސައިބޯން އަންނަން… ” މަޔާން އެދުނެވެ. ނަމަވެސް މިޝްޔާ އަނެއް ފަރާތަށް އެނބުރުނެވެ.” ބައްޕާ ކާހިތެއް ނެތް… ފަހުން… ” އިންޝާގެ ޖަވާބު އިއްވާލިއެވެ. އިންޝާ ފަހުންނޭ ބުނުމުން މަޔާން މާ ބޮޑު ކަމަކަށް ނުހަދައި ދޮރު ލައްޕާލާފައި ނިކުތެވެ.” އިނާ… ” […]
” ޕްލީޒް… މިޝްޔާއަށް ކޮންމެވެސް ދުވަހަކުން އިނގޭނެ ހުރިހާ ހަގީގަތެއް… އަހަރެންގެ މަރު ވަރަށް ގާތުގަ… ޔަޒާން އަހަރެން ވަރަށް ބޮޑަށް ލޯބިވޭ.. ” ލުޔާ ވާހަކަދައްކަމުން ދިޔައިރު އިނީ ރޮވިފައެވެ. ޔަޒާންއަށް ހަދާނެ ގޮތެއް ނޭނގުނެވެ.” ފެން.. ދީބަ.. ” ލުޔާ އެދުނެވެ. ޔަޒާން އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލާ ފެން ތައްޓެއް ގެނެސްދިނެވެ. ނަމަވެސް ފެންތަށި ހިފައިގެން އައިއިރު ލުޔާ އޮތީ ލޯ މަރައިލައިގެންނެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވީއިރު ލޮލުން ފޭބި ކަރުނަތައް އޮތީ […]