Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 5

Baby Devil Level 610 Stories100 Stories
May 27, 2021 4 Mins Read
0 Comments

“މީ ކޮން ކަމެއް… ހާދަ ސަކަރާތެއް އަހަރެމެން ނުލާ…” ފެންވަރާލައިގެން އައި މިޝްޔާ އާއި އިންޝާ އަހާލިއެވެ.”މަންމައާ ދިމާ ކުރަނީ ނުން…” ރާކިން ޖަވާބު ދިނީ ހިނިއައިސްފައެވެ.”އަދިވެސް ދޮންތަމެންގެ ލަވް ސްޓޯރީ ނުނިމޭ…” މާއިން ވެސް ރާކިން އާއި އެއްބައިވެ ލިއެވެ.”ދެން ހެވޭ…” ހިޝާ ރާކިން ގައިގައި ޖަހާލިއެވެ.”ހެހެ ހިނގާދާން..” މާއިންމެން އިންޝާ އާއި މިޝްޔާ ގޮވައިގެން ދިޔައީ ހިތްފަސޭހަ ހިސާބަކަށެވެ.

**5 ވަނަ ޕާޓު**

“އަސްލު މި ވާ ގޮތަކީ… އިޝާން…” މާއިން ވާހަކަ ދައްކަން ފެށިއެވެ.”ހްމްމް؟..” މިޝްޔާ ޝައުގުވެރިކަމާއެކު އަހާލިއެވެ.”ޝާން އަކީ ދުވާލަކު އަންހެން ކުއްޖަކު ގެންގުޅޭ މީހެއް…. ދެން މި ބުނި އެތީގެ މާނަ އަމިއްލައަށް ވިސްނާ…” މާއިން ފަން އިސްތަށިގަނޑުގައި އަތް ހާކާލަމުން ބުންޏެވެ.”ޔޫ މީން.. އަންހެން ކުއްޖާގެ ނުރުހުމުގަ އަތް ލަނީއޭ …” އިންޝާ ދެލޯ ބޮޑުކޮށްލިއެވެ.”ޔެސް…” ރާކިން ފުން ނޭވާއެއް ލިއެވެ.”ވަޓް…” މިޝްޔާ ވެސް އިނީ ޝޮކެއްގައެވެ.”ޔަހ… މި ވާހަކަ ސިއްރެއް ގޮތުގައި ބާއްވައިދީ އިނގޭ..” ރާކިން އެދުނެވެ. އިންޝާ ބޯ ޖަހާލާފައި ބަލާލީ މާއިން އާއި ދިމާއަށެވެ. އެ ވާހަކަ އެނގުމަށްވުރެ ނޭނގުން ވެސް ރަނގަޅުވީހޭ އިންޝާގެ ހިތަށް އެރިއެވެ.

“އިނގޭ ގަބޫލުކުރަން ދަތިކަން ވެސް… ޝާނީ އާ ވެސް އެއްފަހަރު…” މާއިން ގަސްބުޑުގައި އިށީންނަމުން ބުންޏެވެ.”އޭނ؟؟…. އަމިއްލަ ކޮއްކޮއާ؟؟” މިޝްޔާ އަނގަ ތަންމިނަށް ހުޅުވުނެވެ.”ޔާ… އެކަމް އެއީ ވަރަށް ކުރީގަ… ޝާން އޭރު ވަރަށް ނުލަފާވާނެ…މިހާރު އޭނަ ސޮރީއޭ ވެސް ބުނެފި ޝާނީ ކައިރީ….” މާއިން އިތުރަށް ކިޔާދިނެވެ.”އަހަރެމެންނާ ދިމާވިފަހުން ކިރިޔާ ވެސް ރަނގަޅުވީ… އެކަމް އަދިވެސް އެ އުޅުން އެއްކޮށެއް ދުލެއް ނުކުރޭ…” ރާކިން ވެސް ކިޔައިދިނެވެ.”ދެން އެ އުޅުން ދޫކޮށްލާށޭ ބުނެބަލަ…” މިޝްޔާ ހުރީ ވަރަށް ދެރަވެފަ އެވެ.”އޭނަ ވަރަށް ޓްރައި ކުރެއޭ… އެކަމު އާދަވެފަ ހުންނަކަމެއް ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމެއް ދޯ… ވަރަށް ހިތާމަ ވެސް ކުރޭ އެހެން އުޅެވޭތީ… އޭނަ ކުރަން އޮތް ހުރިހާ މަސައްކަތެއް ވެސް ކޮށްފި…” ރާކިން ވާހަކަ ދެއްކިއެވެ.

“އަޅޭ .. ހިއެއް ނުވެސް ކުރަން އެކަހަލަ ރީތި ކުއްޖަކު އެހެން އުޅެފާނެ ކަމަކަށް…” މިޝްޔާ ބުންޏެވެ. އެއާއި އެކު އެންމެންގެ ދެލޯ ބޮޑުވިއެވެ.” މިޝް ލައިކް ވަނީތަ ޝާން…” ރާކިން ހައިރާންވެ ހުރެ ސުވާލު ކޮށްލިއެވެ.”ނޫނޭ އެކަމް ހާދަ ރީއްޗޭ…” މިޝްޔާ ހިޔާލީ ގޮތަކަށް އިނދެ ބުންޏެވެ.”ކަމް އޯން… ތިއަށް ކިޔާނީ ލައިކް ވުން.. މިޝްއަށް ދެރަ ގޮތެއް ވެދާނެ ޝާން އާ އެއްކޮށް އުޅެނިކޮށް…” މާއިން ކަންތައް ބޮޑުވިއެވެ.”ހްމްމް…” ރާކިން ބުންޏެވެ.

“ދެން ތިއްތި މެންނަށް އިނގޭނެނުން މިޝް ރައްޓެހި ނުވާނެކަން…” މިޝްޔާ މޫނު ހަދާލިއެވެ.”އާނ… ދެން އެހެން ވާހަކަ އެއް ފައްޓާ…” މާއިން ބުންޏެވެ.”އިނާ އަނގަ ބަންދުވީތަ…” ރާކިން އަހާލިއެވެ. ހިޔާލީ ދުނިޔެއެއްގައި އިން އިންޝާއަށް ހަމަބިމަށް އާދެވުނީ އެއަޑަށެވެ.”އޭނ ކީކޭ..” ސިހިފައި އިންޝާ އަހާލިއެވެ.”އަނގަ ބަންދުވީހެއްޔޭ…” ރާކިން ތަކުރާރުކޮށް ލިއެވެ.”ނޫނޭ… ކުޑަ ކަމަކާ ވިސްނާލީ..” އިންޝާ ހީލަމުން ތެދުވިއެވެ.

“ވަރަށް ފޫހި ދޯ.. ” އިންޝާ ގަހަށް އަރަމުން ބުންޏެވެ.”އާނ އެކަމް ތިއީ ބަލިކުދިން އުޅޭ ގޮތްތަ….” މާއިން ހީގަތެވެ.”އެއްކަލަ ދޮންބެ އެފެށީއޭ..” އިންޝާ ލޯ އަޅާލިއެވެ.”އަޅެއް ކިހިނެއްތަ ވީ…” މާއިން ވެސް އިންޝާ އެރި ގަހަށް އަރާ އިންޝާ ކައިރީގައި އިށީނެވެ.”ކަމެއް ނުވޭ…” އިންޝާ ދޫ ނެރެލިއެވެ.މިޝްޔާ ވެސް ލަސްލަހުން ވަރަށް ބަލައިގެން ގަހަށް އެރަން ފެށިއެވެ. ނަމަވެސް އެކަން ނުވުމުން އެންމެފަހުން އެރީ ރާކިންގެ އެހީގައެވެ.

“މިޝް ވެސް އިނާ އުޅޭހެން އުޅެން ދަސްކުރަންވީ އޭ…” މާއިން ބުންޏެވެ.”ނުވާނެ ތިކަމެއް..” މިޝްޔާ އިންޝާގެ އަތުގައި ހިފާލަމުން ބުންޏެވެ.”ހިނގާބަ ލަވައެއް ކިޔަން…” އިންޝާ ބުންޏެވެ.”ގާރލް ޔޫ ޕްލޭޑް މީ.. ޑިޑް މީ ސޯ ޝޭޑީ… ގޮޓް މީ އިން މައި ފީލިގްސް.. އަ ކޭންޓް ޓްރަސްޓް ލޭޓްލީ… ޔޫ ސޯ ލޭމް ޓުކް މީ އޭސް އަ ގޭމް.. ސޭ ގާއިޒް އާރ ޑޯގްސް ވެލް އޯލް ގާރލްސް ދަ ސޭމް..” ރާކިން ވަގުތުން ލަވަ ކިޔަންފެށިއެވެ.”ކަރމާ ވެއަރ ޔު އެޓް… ޔު ބެޓަރ ހޭވް މައި ބެކް ކޮޒް ޔޫ ނޯ ޑޭމް ވެލް އަ ޑިޑިންޓް ޑިޒަރވް ދެޓް… އޯހ އަމް ފިއްނަ ލޫސް އިޓް ގޮޓް މީ ލުކިންގ ސްޓުޕިޑް.. ފްރޮމް ނައު އޮން އަމަ ބީ ރުތްލެސް… ” މާއިން އެ ލަވައިގެ އަނެއްބައި ފުރިހަމަ ކޮށްލިއެވެ.” ތޯޓް އައި ވޯޒް އިން ލަވް….”

“ވަޓް ދަ ހެކް ގާއިޒް…” ރާކިން އެ ލަވައިގެ އެހެން ބައެއް ކިޔަން ފެށުމުން އިންޝާ ހުއްޓުވިއެވެ.”ކިހިނެއްވީ… މި ކިޔަނީ ލަވައެއް ދޯ…” ރާކިން ބުމަ އަރުވާލިއެވެ.”މި ބުނީ މިސާލަކަށް ސެވެން އިޔަރސް ކަހަލަ ސޯންގް އެއް…” މިޝްޔާ ބޯ ކަހާލިއެވެ.”އޯކޭ އެންމެ ރަނގަޅު…” މާއިން ބުންޏެވެ.

“ކޮބާތަ އެއުޅޭ ކުދިންތައް… އެއޮށް އިރުއޮއްސެން އުޅެނީ…” ލުޔާ ކައިރީގައި އިލްޔާ އަހާލިއެވެ.”ނޭނގެ އަޅެ ހިނގާބަލަ އެމީހުން ހޯދަން…” ހިޝާ ކޮޅަށް ތެދުވަމުން ބުރުގާ އެޅިއެވެ.”އޭއި އަހަރެމެން މި އަންނަނީ އިނާމެން ގޮވައިގެން..” އިލްޔާ ޓެންޓުން ނިކުންނަމުން ބޭރުގައި ތިބި މަޔާންމެން ކައިރީގައި ބުންޏެވެ.”އޯކޭ އަވަހަށް އަންނާތި…” ޔަޒާން ހުއްދަ ދިނެވެ. އެއާއި އެކު ތިން މީހުން ހިނގައިގަތީ ހަވީރު އިންޝާމެން ދިޔަ ދިމާއަށެވެ.

“އަ އޯލްވޭސް ހޭޑް ދެޓް ޑްރީމް ލައިކް މައި ޑެޑީ ބިފޯރ މީ…. ސޯ އަ ސްޓާރޓެޑް ރައިޓިންގ ސޯންގްސް އަ ސްޓާރޓެޑް ރައިޓިންގ ސްޓޯރީސް…”މާއިން މެން ލަވަކިޔުން ހުއްޓަން ޖެހުނީ ކުރިމައްޗަށް އެރި ލުޔާމެންނަށް ފެނުމުންނެވެ.”ވަރު ދައްކާލާފަ ލަވަ ކިޔާނީ ދޯ އިރު އޮއްސޭ އިރު ވެސް…” ހިޝާ އަހާލިއެވެ.”ދެން.. ކުރާނެ ކަމެއް ނެތީމައޭ…” މިޝްޔާ ޖަވާބުދިނެވެ.”ހިނގާދާން ..” ލުޔާ ހިނގައިގަންނަމުން ބުންޏެވެ.”އޯކެއި ހިނގާ…” އިންޝާ ގަހުން ފުންމާލަމުން ބުންޏެވެ.

“ސުބުހާނައްﷲ…. އިނާ ވެއްޓިދާނެ ތިހެން އުޅެނިކޮށް…” ހިޝާ ބިރުގަތީ އިންޝާ ވެއްޓިދާނެތީ އެވެ.”ލޮލް… ދޮންތާ އަހަރެންނަށް އެއްވެސް ކަމެއް ނުވާނެ… މިޝް ބިރުން އެ އުޅެނީ އުސް ގަހަކުން ފުންމާލަން ވެސް…. މިޝް ބިރު ނުގަންނަންޏާ އިނާ މިހުރީ ޕްރެކްޓިސް ކޮށްދޭން ތައްޔާރަށް…” އިންޝާ ހިތާއި ދިމާލުގައި ޖަހާލަމުން ބުންޏެވެ.”އެތެދެއް މިޝް” މާއިން ވެސް ގަހުން ފުންމާލިއެވެ. ރާކިން ވެސް ފުންމާލިއެވެ.”ތަނަކަށް ތަދު ވެދާނެ… އަހަރެންނަކަށް ނުކެރޭނެ…” މިޝްޔާ މަޑު މަޑުން ގަހުން ފައިބަމުން ޖަވާބުދިނެވެ.

“ކީކޭ ދޯ ބުނާނީ ވެސް….” ލުޔާ ބޯ ހޫރާލިއެވެ.”ތިއްތަ ބުނެބަލަ މިޝް ކައިރީ އޭރުން ކޮށްފާނެނުން…” ރާކިން ބުންޏެވެ.”ނޯ ދެން…” މިޝްޔާ ބޮޑާ ހާކާލިއެވެ. “ޕިސް ޕިސް… ދާން ހިނގާބަލަ ޔަޒާން ހުންނާނެ ތިއްތަގެ އިންތިޒާރުގަ..” އިލްޔާ ހެމުން ބުންޏެވެ. ލުޔާ ތުން ދަމާލާފައި ހިނގައިގަތެވެ.

“އަދި ކިރިޔާ ދޯ މި ހިސާބަށް ފޯރީ… އޭއި އިނާ ފަހަތުގަ ކޮން އެއްޗެއް އޭނީ… މަންމާ… އޭއި ” މަޔާން އިންޝާ ބިރުގަންނުވާލަން ބުންޏެވެ.” އާހ ކޯޗެއް… ” އެވަގުތު އިންޝާ ފުންމައިގެން މަޔާން އަތުތެރެއަށް ވަނެވެ.” ބުޅަލެއް… ކަޅު ކުލައިގެ… އެހެން ވާނީ ރޭގަނޑު ބޭރުގަ އުޅެންޏާ… ” މަޔާން އިންޝާ ތިރީގައި ބަހައްޓަމުން ބުންޏެވެ.” އެބުނީ ތެދެއް… ހިނގާ އަވަހަށް އެތެރެއަށް… ” އިންޝާ ޓެންޓާއި ދިމާއަށް އަނބުރާލަމުން މާއިން ދުއްވައިގަތެވެ.” އޭއި ދޮންބޭ އާދޭ… ރޭގަނޑު ނުވާނެ ވަލަށް ވަންނާކަށް… ” އިންޝާ ހަޅޭއްލަވައި ގަތެވެ. މާއިން ދެކޮނޑު އަރުވާލާފައި އިންޝާ ކައިރީގައި ހުއްޓުނެވެ. އެވަގުތު އިންޝާ ހީލާފައި މާއިން ގައިގައި ޖެހިއެވެ.

“ކަލޭމެން ސަކަރާތް ނުޖަހާ ވަދެބަލަ…” ރާއިލް މާއިން ބޮލުގައި ޖަހާލިއެވެ.”އޯކޭއޭ ބާއި ޕިންކް ސްޓާރ..” އިންޝާ އަށް ޖެއްސުމަށް މާއިން ބުންޏެވެ.”މިއޮއް ދޮންބެއެއް.. ސްޓުޕިޑް މާން…” އިންޝާ ހީގަތެވެ.”ނުހީ ހިނގާ އެތެރެއަށް.. ގުރުއާން ކިޔަވަން ޖެހޭނެ އިނާ…” އިލްޔާ މާއިން ގައިގައި ޖަހާލަމުން އިންޝާ ގޮވައިގެން ޓެންޓަށް ވަނެވެ.ނަމާދުކޮށް ހުރިހާ ކަމެއް ކޮށް ނިންމިގޮތަށް މިޝްޔާ އޮށޯތީ ވާހަަކަ ފޮތެއް ހިފައިގެންނެވެ. އޭރު ހިޝާ މެން ބޭރުގައި ރޭގަނޑުގެ ކެއުން ތައްޔާރު ކުރަމުން ދިޔައެވެ. އެހެން އޮއްވައި މިޝްޔާގެ ލޮލަށް ނިދި ސަވާރުވެ ލޯ މެރުނެވެ.

ހިތްފަސޭހަ މާހައުލެކެވެ. މީހެއްގެ ހިލަމެއްނުވާ އެ މަގުމަތީގައި ވަނީ މަރު ފަދަ ހިމޭންކަމެވެ. މިޝްޔާ ހިނގަމުން ދިޔައީ ޔަޒާން އާ އެއްކޮށް އެ ހަމަހިމޭން މާހައުލުގައެވެ. ކުއްލިއަކަށް މޫސުން ގޯސްވެ ވާރޭ ވެހެން ފެށިއެވެ. މިޝްޔާގެ ހިތުގައި އާދަޔާ ޚިލާފް ބިރުވެރި ކަމެއް އުފެދުނެވެ. އެވަގުތު އުމުރުން ދުވަސް ވެފައިވާ ދެމަފިރިއަކު މިޝްޔާ މެން ކުރިމައްޗަށް އެރިއެވެ. އެމީހުން އެދުނީ އެމީހުންނާއެކު އައުމަށެވެ. މިޝްޔާ މެންނާ އެމީހުން ހިތްހެޔޮ ކޮށް ވާހަކަ ދައްކާތީ މިޝްޔާގެ ހިތުގައި އޮތް ބިރުވެރިކަން ކުޑަވިއެވެ.

އެމީހުން ފަހަތުން ގޮސް ދެވުނީ ރީތި ގެއަކަށެވެ. އެގޭގައި ވަނީ ރަތްކުލައިގެ ފަރުނީޗަރު ތަކެވެ. މިޝްޔާ ބިރުން ޔަޒާން އަތުގައި ބައްދާލިއެވެ. މިޝްޔާ ދެކޭ ގޮތުގައި ރަތް ކުލަ އަކީ ވަރަށް ނާމާން ކުލައެކެވެ. މިޝްޔާއަށް އެމީހާގެ މޫނު ފެނުނީ އަދި ކިރިޔާއެވެ. ކުރިން ފެނުނު ހަނދާނެއް ވިއެވެ. ނަމަވެސް އެއީ ކާކު ކަމެއް މިޝްޔާއަކަށް ނޭނގުނެވެ. ކުއްލިއަކަށް އެމީހުން ގެއްލުނެވެ. މިޝްޔާ ލޯ މަރާލާފައި ލޯ ހުޅުވާލިތަނުން ހުރިހާ ތަނެއް ވަނީ އަނދިރިވެފައެވެ. ދުރުގައި މެއާއި ދިމާގައި އަތް އަޅައިގެން އޮތް ޔަޒާން މިޝްޔާގެ ލޮލުގައި އަޅައިގަތީ މާ ފަހުންނެވެ. އޭރު ލޭތިކިތައް ޔަޒާންގެ އަތް ފޫ އަޅުވާލާފައި އަންނަމުން ދިޔައެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްނުލާ މިޝްޔާ ދުއްވައިގަތީ ޔަޒާން އާއި ދިމާއަށެވެ. ނަމަވެސް އެ ހިސާބަށް ނުދެވި އުޅެނިކޮށް ޔަޒާން ބިންމައްޗަށް ވެއްޓި ލޯ މެރުނެވެ. އެވަގުތު މިޝްޔާ އަށް ކުރެވުނީ އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހޭފަދަ އިހުސާސްއެކެވެ.”ބައްޕާ…” މިޝްޔާއަށް ނުލާހިކު ބާރަށް ހަޅޭއްލަވައި ގަނެވުނެވެ.
– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހިތް ބޭނުމޭ ދުލުން 5

Next

ނޭދެމޭ ވަކިވުމެއް-61 (ފަހުބައި)

Next
May 28, 2021

ނޭދެމޭ ވަކިވުމެއް-61 (ފަހުބައި)

Previews
May 27, 2021

ހިތް ބޭނުމޭ ދުލުން 5



All Right Reserved!