ތިޔަ ލޯތްބަށް އެދެމޭ 2 – 3
“އެޖެހުނީ ކަންތައް… ފަތިސް ނަމާދު ކޮށްގެން ދާންވީ ގޮވަން…” ހިޝާ ބޯ ހޫރާލިއެވެ. މިޝްޔާ މެން ނަމާދުކޮށް ނިމެންދެން އިންޝާ އޮތީ ފޯނުން ގުރުއާން ކިޔަވަންށެވެ.”އިންޝާ ދެން ތެދުވޭ ފެންވަރައިގެން ސައި ހަދަން…” އިލްޔާ އިންޝާ ބޮލުގައި ފިރުމާލަމުން ބުންޏެވެ.”އޯކޭ…” އިންޝާ ތެދުވީރު ހިޝާ އާއި ލުޔާ މަޔާން މެންނަށް ގޮވަން ދަނީއެވެ. ފޮށިން ކަޅު ކުލައިގެ ޓީޝާޓަކާއި ރަތް ކުލައިގެ ޖީންސް އެއް ނަގައިގެން އިލްޔާ ނިކުތީ ކައިރި ހިސާބެއްގައި އޮންނަ ފާހަނާއަށެވެ. އެތަން އޮންނަނީ ޓެންޓާއި ތަންކޮޅެއް ދުރުގައި ކަމުން އިންޝާއަށް އެކަނި ދާކަށް ނުކެރުނެވެ. އެންމެފަހުން މިޝްޔާއަށް ޖެހުނީ އިންޝާ ގޮވައިގެން ދާންށެވެ. ދެވަނަ ބުރު ނާންނަން ވެގެން މިޝްޔާ ވެސް ދިޔައީ ފެންވަރަން ހެދުން ހިފައިގެންނެވެ.
**3 ވަނަ ޕާޓު**
“ކަލޭމެނޭ ތެދުވެބަލަ… މިހާރު ނަމާދު ވަގުތު ދަނީއޭ…” ހިޝާ ރާއިލްގެ އަތުގައި ހިފައިގެން ކޮޅަށް ނަގަން މަސައްކަތް ކުރިއެވެ. އިލްޔާ އާއި ލުޔާ ވެސް އުޅުނީ މާއިން މެން ނެގުމަށެވެ.” ހޫނ..” އެންމެ ފުރަތަމަ ދެލޯ ހުޅުވާލީ ރާއިލްއެވެ. އެތާ ވަށައިގެން މީހުން ތިބި ކަމެއް ނޭނގި ރާއިލް ހިޝާ ގައިގައި ބައްދާލިއެވެ.”ގުޑް މޯނިންގް ހިޝް..” ރާއިލް އެހެން ހެދުމުން އިލްޔާމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއާއި އެކު ރާއިލްއަށް ހަމަބިމަށް އާދެވުނެވެ.”ނަމާދުކުރަން ގޮވީމަ ބައްދަންވީދޯ..” އިލްޔާ ހެމުން ބުންޏެވެ.”ޕިސް…” ރާއިލް ބޯ ކަހާލިއެވެ.”އާނ ދެން ތެދުވޭ އަހަރެމެން މިދަނީ ހިނގާލަން ދާން…” ލުޔާ އެހެން ބުނެފައި ބޭރަށް ނިކުތެވެ.
މިޝްޔާ އާއި އިންޝާ ފެންވަރައިގެން އައުމުން އިލްޔާމެން ދިޔައީ ހިނގާލަންށެވެ.”ދީބަ ފޯނު އިރުއަރާ މަންޒަރު ފޮޓޯ ނަގަން… އިނާގެ ޓެބު ޗާޖު ގޮއްސަ…” އިންޝާ އިލްޔާ ކައިރީގައި އެދުނެވެ.”ޕަވަރ ބޭންކް ކޮބާ…” އިލްޔާ އަހާލިއެވެ.”ދެން ވަރަށް ލޭޒީއޭ.. މަންމަ ދޭބަ ޗާޖަށް ޖަހަން…” އިންޝާ ކަންނެތް ގޮތަކަށް ހިނގަމުން ބުންޏެވެ.”މާ ކަންނެތީ އޭ އިންޝާ…” އިލްޔާ ބުންޏެވެ.”ދެން ހެވޭ ހިނގާބަ ޓެންޓަށް… ބޮލަށް ތަދުވަނީ…” އިންޝާ ބުންޏެވެ. އޭރު އިރު އަރަނީއެވެ.”މިޝް ދޭ އިނާ ގޮވައިގެން.. މަންމަމެން ދާނަން އިރުކޮޅަކުން…” ލުޔާ ބުންޏެވެ.
“ވައި މިޝްޝް… ނޯ ވައިފައި ނޯ ފްރެންޑެސް… ހާދަހާ ފޫއްސޭ…” އިންޝާ ދިޔަ މަގުމަތީގައި ކިޔަމުން ދިޔައެވެ.”އެއީ މިދުވަސްކޮޅު ވީމަ… އަމިއްލައަށް ދޯ އަންނަން އެދުނީ ވެސް…” މިޝްޔާ އިންޝާގެ އަތުގައި ޖަހާލިއެވެ.”ހިތަށް އަރާ ނާދެވުން ނަމައޭ.. އޭރުން އަރާމުގަ އޮވެވޭނެ..” އިންޝާ އެހެން ބުނުމުން މިޝްޔާ އިންޝާގެ ކޮނޑަށް އަތް ވައްޓާލިއެވެ.”ހެހެ… ދެން ދެވޭނީ މާދަން…” މިޝްޔާ އެހެން ބުނެވުނުއިރު ޓެންޓުތަކާއި ހަމައަށް އާދެވިއްޖެއެވެ. މާއިންމެން އިންތިޒާރުގައި ތިއްބެވެ.”ހާދަ ލަހޭ… ކޮބާ މަންމަމެން…” މަޔާން އަހާލިއެވެ.
“އެބަ އަންނަމޯ… އިނާ މިދަނީ އޮށޯންނަން…” އިންޝާ ޓެންޓުތެރެއަށް ވަންނަމުން ބުންޏެވެ.”ހާދަ ނިދި އަންނަ ކުއްޖެކޭ…” މާއިން ގޮވާލިއެވެ.”ބަހައްޓާ އޭނަ ނިދަން…” މިޝްޔާ މާއިން ގައިގައި ޖަހާލިއެވެ.”އަޅޭ ހާދަ ބަނޑުހައި ވެއްޖެއޭ… ކޮބާތަ އެ އުޅޭ މީހުންތައް…” ރާއިލް ގާކޮޅެއްގައި ފައިން ޖަހާލިއެވެ.”މިހިރީއޭ… އެބަ އަޑުއިވޭ…” ހިޝާއަށް އެ އަޑު އިވުމުން ބުންޏެވެ.”އާދޭ ކާން ހަދަން… ވަރަށް ބަނޑުހައި..” މަޔާން ބުންޏެވެ.”އިނާ އަށް ގޮވާބަ މިޝް…” އިލްޔާ އެދުނެވެ.
“އިނާ އާދޭ ދޮންތަ އެބަ ގޮވާ ސައިހަދަން…” މިޝްޔާ އިންޝާއަށް ގޮވިއެވެ. އިންޝާ ކަންނެތް ގޮތަކަށް ތެދުވެފައި މިޝްޔާ ފަހަތުން ހިނގައިގަތެވެ.”އާދޭ ސައި ހަދަން… ދެން ދަރިފުޅު އަބަދު ޓެންޓުގަ އޮންނާނީކީ ނޫން އިނގޭ…” އިލްޔާ ހިނިތުންވިއެވެ.”އޯކޭ… ” އިންޝާ އިލްޔާ އަށް އެހީވަމުން ބުންޏެވެ. އެންމެން ވެސް ވާހަކައިގައި ތިބެގެން ކާއެއްޗެހި ހަދާ ނިންމާލިއެވެ. އަދި މަޔާން މެންނަށް ކާން ގޮވިއެވެ.”ހްމްމް ހާދަ މީރުވަސް ދުވައޭ… ހިޝާ ހެދީމަދޯ..” ރާއިލް ގަސްދުގައި ހިޝާ ލަދުގަންނުވާލަން ބުންޏެވެ.”އާނ ގިނަ އެއްޗެހި ހަދާފައި ހުންނަނީ ހިޝާ…” ލުޔާ ހެމުން ބުންޏެވެ.
ކައި ނިންމައިގެން އިންޝާ އިނީ އިލްޔާގެ ފޯނު ހިފައިގެން ގޭމެއް ކުޅޭށެވެ.”އޭއި މަންޖޭ.. މަށަށް ވެސް ދީބަލަ ކުޅެލަން…” އިންޝާ ރުޅި އަރުވާލަން ވެގެން ގަސްދުގައި މާއިން ބުންޏެވެ.”ދެން ދޮންބެ ދޭބަލަ…”އިންޝާ މާއިން ކޮށްޕާލަމުން ބުންޏެވެ. ދެން މާއިން ކުޅެންފެށީ އިންޝާގެ އިސްތަށިގަނޑާއެވެ.”އަޅެ ދެރަ ކަމެކޭ ދޮންބޭ…” އިންޝާ ރުޅި އައިސްގެން އިސްތަށިގަނޑު އައްސާލިއެވެ.”އޭއި މާން އޭނާއަށް އުނދަގޫ ނުކޮށްބަލަ… ކުޑަކޮށް ބަލިކޮންނޭ އެ އުޅެނީ…” އިލްޔާ ބުންޏެވެ.”ވަރަށް….. ބަލި ކުދިން އޮންނާނީ ހޮސްޕިޓަލުގަ…” އިންޝާ އިތުރަށް ރުޅި އަރުވާލުމަށް މާއިން ބުންޏެވެ.”ދެން މަންމާ ބަލާބަލަ… އަހަރެން ބޭނުމީ ރަށަށް ދާން…. ފޮނުވައި ދީބަލަ…” އިންޝާ ރުޅި އައިސްގެން ލޮލަށް ކަރުނަވެސް ޖަމާވިއެވެ.
“އިނާ އެއީ ދޮންބެ ޖެއްސުމަށް ކުރާ ކަމެކޭ…” އިލްޔާ ބުންޏެވެ.”ނޮޓް ފެއަރ….” އިންޝާ ރުޅި މޫނު ހަދައިގެން ގަސްތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ.”އޭއި އިނާ މަޑު ކޮށްބަލަ..” މާއިން އިންޝާ ފަހަތުން ދުއްވައިގަތެވެ.”ޕިސް ޕިސް.. މި މީހުންވެސް ދޯ…” މަޔާން ބޯ ހޫރާލިއެވެ.”އެމީހުން ޖަހާ ސަކަރާތެއް ޖަހާފާނެނުން… އޭރުން އިނާގެ މޫޑު ރަނގަޅު ވެދާނެ..” ހިޝާ ބުންޏެވެ.
“ހަމަޖެހިބަލަ ދޯ.. ދޮންބެ އަށްވެސް އިނގެއޭ އިނާ ބަލިކަން… ތިހާ ރުޅި ނާދެބަލަ.. ދޮންބެ މަޖަލަކަށޭ އެހެން ކީ..” މާއިން އިންޝާގެ އަތުގައި ހިފާ ހުއްޓުވަމުން ބުންޏެވެ.”ހެހެ އަސްލު ވާހަކަ އެއް ބުނަންށޭ މިއުޅެނީ… އޯކޭތަ މިގަޑީގަ ބުންޏަސް…” މާއިން ބުންޏެވެ. އިންޝާ ބޯ ޖަހާލުމުން މާއިން އެދުނީ މިޝްޔާ ގޮވައިގެން އައުމަށެވެ.”ހިނގަދާން ބަލައި..” އިންޝާ ހިނގައިގަތީ މިޝްޔާ ބަލައެވެ. ފަހަތުން މާއިން ވެސް އައެވެ.”ބަލާބަލަ މިހާރު އެހުރީ މޫޑު ރަނގަޅު ވެފަނުން…” ލުޔާ އަށް ދެމީހުން އެކީ އަންނަތަން ފެނުމުން ބުންޏެވެ.”އެހެން ހުރެފަ އެއްގަލަކަށް އަރާނެ ދެމީހުން…” އިލްޔާ ހެމުން ބުންޏެވެ.
“މިޝް… އާދެބަލަ..” އިންޝާ ގޮވާލީ މަލެއް ހިފައިގެން ހުރި މިޝްޔާ އަށެވެ.” ކިން.. ވަރަށް އަވަހަށް… ” މާއިން ރާކިން އަށް ގޮވިއެވެ.”ކިހިނެއްވީ…” މިޝްޔާ އަހާލިއެވެ.” ލހިނގާލަން ދާން ކަމަށް… ” މާއިން ޖަވާބުދިނެވެ.”ހިނގާދާން ތިހެން ވީރު…” ރާކިން ޓީޝާޓު ވައްޓާލަމުން އަތުން އިސްތަށިގަނޑުގައި އަޅާލިއެވެ.
“އަސްލު ވާ ގޮތަކީ މިހާރު ޝާންއަށް ގުޅާފަ އަހާފިން އޯކޭހޭ ހުރިހާ ސީކްރެޓް އެއް މިޝްއަށާ އިނާއަށް ކިޔާދިނަސް…. އޭނަ ހުރީ ހަމަ އޯކޭގަ… އެހެންވީމަ މިގަޑީގަ ޝާންއަށް ގުޅައިގެން މިއުޅެނީ ވާހަކަ ދައްކާލަން އެންމެން…” މާއިން ފޯނު ނެގިއެވެ. “ސަޕް ގާއިޒް…” ގުޅުމާއެކު ފޯނު ނަގާފައި އިޝާން އަހާލިއެވެ.”ތިޔަ ސަޕް ނުޖަހާ ކޮންތާކު ތި އުޅެނީ… ހާދަ އަޑުގަދައޭ…” ރާކިން ބުންޏެވެ.
“މިއުޅެނީ މަސްމާރުކޭޓުގަ… އާނ އެހެންޏާ… މަ މިއުޅެނީ ގޭގަ ކުޑަބޮއްތައް އެ އަޑުގަދަ ކުރަނީ…” އިޝާން ބެލްކަންޏަށް ނިކުންނަމުން ބުންޏެވެ.”ހެހެ… އާނ ތިއެއް ނޫނޭ އަސްލު މިތިބީ..” މާއިން މިޝްޔާ އާއި އިންޝާ ދައްކާލިއެވެ.”އޯހ މައި ގޯޑް… ގާރލްސް ދޯ..” އިޝާން އެއްލޯ މަރާލިއެވެ.”ހޫނ އެމީހުންނަށް ފާޑު ފާޑު ކުރަން ނުހަދަބަލަ….” މާއިން ޖީބުން ސުޕާރީ އެއް ނަގާ އަނގައަށް ލިއެވެ.”އަނގައިން ވެސް ބުނެނުލާ އެބަ ތިބި… އެއްޗެކޭ ބުނެބަލަ…” މާއިން މިޝްޔާ ކޮނޑުގައި ޖެހިލަމުން ބުންޏެވެ.
“އެބުނާހެން…” އިޝާން އެއްބައިވިއެވެ.”ލޮލް… ދެން ތިހެން އަނގައިގަ ޒިޕް އަޅުވައިގެން ހުންނާނީ؟…” ރާކިން ބޯ ހޫރުވާލިއެވެ.”އޭއި ރާކިން ކަލޭ ހޯދައިދިން މަންޖެ ކަޑަ…އޭނަ އުޅެނީ މާ…….ކީކޭ ބުނާނީ ވެސް…” އިޝާން ރާކިން އާއި ދިމަ ބަލާލަމުން ބުންޏެވެ.”އެހެންދޯ މިވަނީ… އެނގޭ ކުރިން ވެސް އޭނާގެ ގޮތްކަން… އެހެން ނޫނަސް ހަފްތާއަކު ބިޓެއް ހޯދަމުން ދުވާ މީހެއް ތީ އެހެންވީމަ އެކަމަށް ކުރާނެ ޝަކުވާއެއް ނެތްތާ ދޯ…” މާއިން ބުންޏެވެ. އެމީހުން އެ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް މިޝްޔާ އާއި އިންޝާ އަނގައިންވެސް ނުބުންޏެވެ.
“އަޅެ ކަލޭމެން މަންމަންވީތަ…” އިޝާން އިންޝާ އަށާއި މިޝްޔާއަށް ބަލާލިއެވެ.”ނޫނޭ އަހަރެމެންމީ ހަމަ ސިއްހަތު ރަނގަޅު ބައެއް…” އިންޝާ ވާހަކަ ދެއްކިއެވެ.”ހެހެ މާން ކައެ ކޮއްކޮ ހާދަ ރީއްޗޭ މަށަށް ސެޓު ކޮށްދީބަލަ… އޭރުން ދޭނަން ބޭނުން ވަރަކަށް ރުފިޔާ…” އިޝާން މާއިން އާއި ދިމާއަށް ވިހަ ހިނިތުންވުމެއް ދިނެވެ.”ދުވަހަކު ވެސް ތިކަމެއް ނުވާނެ… މަށައް އިނގޭ ވިއްޔަ ކަލޭ ރަނގަޅު ކަމަކު އަންހެން ކުއްޖަކު ނުހޯދާނެކަން…” މާއިން އަނގަހަދާލިއެވެ.”ތިހެން ވީރު އޭނި މަންޖެ…” މިޝްޔާ ދައްކާލަމުން އިޝާން ބުންޏެވެ.
“ޕިސް… މަގޭ އާއިލާ އެއްވެސް މީހަކު ނުލިބޭނެ…” މާއިން އިޝާން އާއި ދިމާއަށް ލޯ އަޅާލިއެވެ.”އައްދޭ އެއްކަލަ ޕްރޮޓެކްޓިވް ބްރަދާރ ދޯ މީ…” އިޝާން ދިމާކޮށްލިއެވެ. “ހޫނ އެކަމް ރީތިއްޔާ ވާނީ ރީތިކަމަށް ދޯ… ހެހެ…” އިޝާން ހިނިގަނޑެއް ޖަހާލިއެވެ.”މަށަށް ހެޔޮ ކަލޭ ކިތަންމެ އަންހެން ކުއްޖެއް ގެންގުޅުނަސް އެކަމް މަގޭ ފެމެލީ ކުއްޖެއް ގައިގަ އަތްވެސް ލައިގެން ނުވާނެ.. ދޯ ރާކިން…” މާއިން އިޝާން އާއި ދިމާއަށް ބުންޏެވެ.”ޔެއަ މާން އެބުނީ ތެދެއް… މަށަށް ފެންނަނީ ޝާން ތި އުޅުން ދޫކޮށްލަން… ދުވާލަކު އަންހެން ކުއްޖެއް ގެންގުޅުމަށްވުރެ ރަނގަޅު ވާނެ މުޅި އުމުރަށް ގެންގުޅެވޭނެ ކަހަލަ ކުއްޖެއް ހޯދިއްޔާ…” ރާކިން އިޝާން އަށް ނަސޭހަތް ދިނެވެ.
“ދެން ހެވޭ… މި އުޅުން މާ ފަސޭހަ…” އިޝާން ހަމަޖެހިލިއެވެ.”ކީކޭ ދޯ ބުނާނީ ވެސް… ދުވަހަކު ގޮތްދޫނުކުރާ މީހެއް…” މާއިން ބޯ ހޫރާލިއެވެ.”އެ ވާހަކަ ބާއްވަބަލަ… ކޮން އިރަކުން ރަށަށް އަންނަނީ…” އިޝާން ކުޑަކޮށް ހިތްހަމަ ނުޖެހުމުން ބުންޏެވެ.”މާދަމާ.. އޭއި ދެން ބާއްވަނީ އިނގޭ…މިހާރު މަންމަމެން ތިބޭނެ ލަސްވެފަ…” މާއިން ޖަވާބު ދިނެވެ.”އޯކޭ ބާއި…” އިޝާން ހިނިތުވަމުން ފޯނު ކަނޑާލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


