އެރޭ އެކްސްޓްރާ އަށް އިންޝާ އާއި މިޝްޔާ ދިޔައީ ލުޔާ އާއި އެކީގައެވެ. އިންޝާ އެކި ދިމަ ދިމަ ބަލަމުން ދިޔައީ ނާޔާ ފެނޭތޯއެވެ.”އެއޮށް ވައްދަނީ… ” ލުޔާ ބުންޏެވެ. އިންޝާ އަށް ހަމަބިމަށް އާދެވުނީ ދެނެވެ. އަވަސް އަވަހަށް މިޝްޔާ އާއި އެއްކޮށް ހިނގައިގަތީ ސަފު އޮތް ދިމާއަށެވެ. އެވަގުތު މިޝްޔާގެ ލޮލުގައި އަޅައިގަތީ މާ ދުރުދުރުން އައި ނާޔާއެވެ.”އޭއި އިނާ އެހެރަ އަންނަނީ ނާ…” މިޝްޔާ ނާޔާ ދައްކާލިއެވެ. ނަމަވެސް އޭރު ވަރަށް ގިނަކުދިން ތިބުމުން ނާޔާ ކައިރިއަށް ދެވޭ ކަމަކަށް ނުވިއެވެ. ކްލާހަށް ދެވުމުން ވެސް ނާޔާ އިށީނީ އިންޝާމެންނާ ދުރުގައެވެ. އެކަން ޔޫހާއަށް ފާހަގަ ވުމުން ޔޫހާ ވެސް ވަރަށް ދެރަވިއެވެ.”ޒުމާން !!!!!!…” އިންޝާ ސިހުނީ ޓީޗަރުގެ އަޑަށެވެ.

**9 ވަނަ ޕާޓު**

އޭރު ކްލާސް އެންމެން ތިބީ ޒުމާން އާއި ދިމަ ބަލަހައްޓައިގެންނެވެ.” ތީ މުޅިން މަނާ ކަމެއް… ސްކޫލަށް އިސްތަށިގަނޑު ދިގުކޮށްގެން ނާދެވެނެ… މިއަދު އެގްޒާމް އަށް ވެސް ނާދެ އެ ކީއްވެ…. ހުރިހާ ކުދިން އައި ޒުމާން ނުލާ…. މިއަދު އެކަނި މި އެކްސްކިއުޒް ދެނީ… ދެން ނުލިބޭނެ… ” ޓީޗަރު ހަރުކަށިކޮށް ވާހަކަ ދެއްކިއެވެ. ޒުމާންއަށް އެއްޗެކޭ ހީވެސް ނުވިއެވެ.” މަށަށް ކީއް… ” ޒުމާން އެހެން ބުނެފައި ގޮސް ގޮނޑިއަށް ވެއްޓިގަތެވެ. ޓީޗަރު ލޯ އަޅާލާފައި ކިޔަވައިދޭން ފެށިއެވެ.

ކްލާސް ނިމިގެން ހުރިހާ ޕްރިފެކްޓް ކުދިން މަޑުކުރުން ޖެހުމުން އިންޝާ އާއި މިޝްޔާ ވެސް ޖެހުނީ މަޑުކުރަންށެވެ. ޓީޗަރުން ފަހަތުން ގޮސް އިންޝާމެން ދިޔައީ ސްކޫލް ޕްލޭ ގްރައުންޑް އަށެވެ.” މި ތަނަށް މި ގެނެވުނީ ޓެސްޓުތައް ނިންމާފައި އޮންނަ މީޓިންގައަށް ރެޑީވާން އަންގަން… ކުރިން ބުނެލީމަ ފަސޭހަ ވާނެ ކަމަށް ބަލާފަ މި ބުނަނީ… ނަތީޖާ ފާޅުކުރާ ޖަލްސާއަށް ޖެހޭނެ ސްޕީޗް ކިޔަން… ހުރިހާ ކުދިން ޑިސްކަސް ކޮށްލާފަ މިކަން ކުރިއަށް ގެންދޭ… ތިކުދިންނަށް އަދި ވަގުތު އެބޮތް…. ޓެސްޓް ދުވަސްވަރު ވީމަ ކުޑަކޮށް އުނދަގޫ ވެދާނެ… ސޯ ޓެސްޓަށް ފަހު… ” ޓީޗަރު ވާހަކަ ދެއްކިއެވެ.” އެންމެ ރަނގަޅު ހުރިހާ ކުދިން ދިޔަޔަކަސް… މިޝްޔާ މަޑު ކޮށްލައްޗޭ…. ” ޓީޗަރު އެދުނެވެ. މިޝްޔާ ބޯ ޖަހާލާފައި ޓީޗަރު ކައިރިއަށް ދިޔައެވެ.” ކުޑަ ކަމެއް ހަވާލުކޮށްލަން… އިންޝާގެ ބޭބެ ބުނެފި އިންޝާ އެކަނި ސްކޫލްގައި ތަންތަނަށް ނުފޮނުވަން… އެހެންވެ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން… ” ޓީޗަރު ހިނިތުންވިއެވެ.

އިންޝާ އެކަނިމާ އެކަނި ދަނިކޮށް އަނެއްކާވެސް މީހަކު އަނގަމަތީގައި އަތް އަޅާފައި ސްކޫލްގެ ގުދަނާއި ދިމާއަށް ގޮސް އެތަނަށް ވެއްދިއެވެ.” އޭއި ހެޔޮނުވާނެ ތިހެން ނުހަދާ… އާދޭސް ކުރަން…. އަހަރެންގެ ފަރާތުން ތިމީހާއަށް ކޮން ގެއްލުމެއް ލިބުނީ… ” އިންޝާ ރޯން ފެށިއެވެ.” އަހަރެން ދާން ތަންދައްކާ ހެޔޮނުވާނެ… ” އިންޝާ އާދޭސް ކުރަންފެށިއެވެ. ނަމަވެސް އެމީހާ އެއްވެސް އެއްޗަކަށް ނުބަލާ އިންޝާގެ ޔުނީފޯމް ގަދަކަމުން ބޭލިއެވެ. އެމީހާ އެލައިގެން ހުރި ގަމީސް ބޭލުމުން އިންޝާ ބިރުން ރޫރޫ އަޅައިގަތެވެ.

މިޝްޔާ ޓީޗަރާ ވާހަކަ ދައްކާ ނިންމާލާފައި ނިކުތްއިރު މާއިން އާއި ރާކިން ބޭރުގައި ތިއްބެވެ.” އަނެއްކާ ދެވަނަ ބުރު ތި އައީ؟؟… އެކަކު އިނާ އާ އެކީ ގޮސް ގޭގަ މަޑުކުރި ނަމަދޯ… ” މިޝްޔާ ހީކުރީ އިންޝާ ލާފައި އަލުން މާއިންމެން އައީކަމަށެވެ.” އެހ؟ އިނާއެއް ނާދޭ… މިހުރީ ތިމީހުން އަންނަންދެން އަދި… ” ރާކިން ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.” އަނެއްކާ.. އަވަސް… އެއްވެސް މީހަކަށް ނޫނީ ޓީޗަރަކަށް ނުފެނިދާތި… ” މާއިން ދުއްވައިގަތީ ސްކޫލް ތެރެއަށް ވަނުމަށެވެ.

ހުރިހާ ތަނެއް ހޯދާ ބެލުމަށްފަހު ދެން މާއިންމެން ދިޔައީ ސްކޫލްގެ ކްލާސްތަކާ އެކަހެރިކޮށް ދުރުގައި އޮންނަ ގުދަނާދިމާއަށެވެ. ރާކިން ދޮރު ހުޅުވާލީރު އިންޝާ އޮތީ ބިރުންނެވެ. މިޝްޔާ އަނގަމަތީގައި އަތް އަޅާފައި ބިރުން ފަހަތަށް ޖެހުނެވެ. ” އިނާ…. ” މާއިން ދިރުގައި އޮތް ޔުނީފޯމުން އިންޝާގެ ގައި ފޮރުވާލިއެވެ.” ހެހެ… ކިހިނެއްވީ… ކުރިން ފަހަރު މައިހާ ސަލާމަތް ކުރަންވެސް އައީ ހަމަ ތިމީހުން ދޯ…” ޒުމާން ހީލަމުން އަހާލިއެވެ. ރާކިން ހުރީ ޒުވާބުކުރާ ވަރަށްވުރެ ހައިރާންވެ ރުޅިއައިސްފައެވެ. މާއިން ހުރީ އަޑުގަދަވެދާނެތީ ހަޅޭއްނުލަވަންށެވެ. މިޝްޔާ އިންޝާ ޔުނީފޯމް ލާން އެހީވީ ޒުމާންއާއި އެކީ މާއިންމެން ނުކުތުމުންނެވެ.

ހަޅޭއްލަވަން ނުހަދާ އިންޝާ ގޮވައިގެން ރާކިންމެން ދިޔައީ ސީދާ ހޮސްޕިޓަލަށެވެ. ރާކިންއަކީ އެކާވީސް އަހަރުގެ ކުއްޖެއް ކަމުން ރާކިންގެ ބެލެނިވެރިކަމުގެ ދަށުން ދެންތިބި ކުދިން ދިޔައެވެ. މާއިން ޑޮކްޓަރ ގާތުގައި އެދުނީ އިތުރު މީހަކަށް މި ވާހަކަ ނޭނގުމަށެވެ. އެހެންނޫނީ ދުވަސްކޮޅަކުން މި ވާހަކަ އޮންނާނީ މުޅި ރަށުގައެވެ.

” އަޅޭ އެމީހުން ކޮބާތަ… އަދި މަ ދާން ބުނީމަ ވެސް ބުނެފި އެމީހުން އަންނާނީ ގޮވައިގެންނޯ… މަ ވަރަށް ބިރުގަނޭ އެބަ… ” އިލްޔާ އިނީ ހާސްވެފައެވެ.” އާނ… މިހާރު އެއޮށް އެގާރަ ޖަހަނީ… ދިހައެއް ޖަހާއިރު ނިމޭން ބުނި ކްލާސްތަކެއް… ” ލުޔާ ވެސް އިނީ އެހާލެއްގައެވެ.” އެމީހުންގެ ހާލެއް ނޭނގިގެން އުޅޭއިރު ވެސް އެއުޅޭ ފިރިހެނުންތައް އެއޮތީ ނިދަން… ކީކޭ ބުނާނީ… އަޅެ ހިނގާބަލަ ވީގޮތެއް ބަލައިލަން ސްކޫލް ދޮށަށް… ” ހިޝާ ބުންޏެވެ.

” އޭއި ޔާން ޒާން… ރާލް…. ” ހިޝާ ގޮވަން ފެށިއެވެ.” ކިހިނެއްތަ ވީ… ” މަޔާން ބޯ ހިއްލާލިއެވެ.” އިނާމެން ނައިސްގެންނޭ މިއުޅެނީ… މިޝް އާ ކިން އާ މާންއަކާ ވެސް ނާދޭ… ” ހިޝާ ކިޔަންފެށިއެވެ. އެއާއި އެކު ޔަޒާންއާއި ރާއިލް އަދި މަޔާންގެ ނިދި އެކަށް ފިލައިގެން ދިޔައެވެ.” ހިނގާ… ” ޔަޒާން އަވަސް އަރުވާލާފައި ގެއިން ނިކުތްތަނުން ކުރިމައްޗަށް ޖެހުނީ އިންޝާމެންނެވެ.” ދަރިފުޅުމެން ކޮށްތާކު އުޅެފަ ދިއައީ… ކޮން ބެންޑޭޖް އެއް… ” ޔަޒާން އިންޝާގެ ކަރާއި ދިމާއަށް ބަލާލިއެވެ.” އެއީ ވެއްޓުނީ އެހެންވެ ލަސްވީ ސޮރީ ބައްޕާ… ” މިޝްޔާ ދޮގު ހަދާލިއެވެ.” ބަލައިގެން އުޅެއްޗޭ…. ދެން އަވަހަށް ދޭ ނިދަން… ” ރާއިލް އެދުނެވެ.” އަހަރެމެން ހީކުރީ ވަރަށް އެމަޖެންސީ ކަމެއް ވީކަމަށް…. ” މަޔާން އިންޝާގެ އަތުގައި ހިފާލިއެވެ.

” ހީކުރާހާ ކަމެއް ޔަގީނެއް ނުވާނެ… ގުޑް ނައިޓް… ” އިންޝާއަށް އެތާ ހުންނަން އުނދަގޫވާހެން ހީވުމުން ރާކިން ބުންޏެވެ.” އޯކޭ… ކޮޓަރިއަށް ގޮސް ނިދާނީ އިތުރު ކަމެއް ނުކުރާތި… މާދަން ފަތިހު ހޭލަން ޖެހޭނެ… ” ހިޝާ ބުންޏެވެ.” ލައްބައޭ ދޮންތާ… ހެހެ… ” މިޝްޔާ ހީލަފާައި އިންޝާގެ ކޮޓަރިއަށް ވަނެވެ. އިންޝާ ވެސް ގޮވައިގެންނެވެ.” ކީއްކުރަން މިޝް އެވަނީ އިނާގެ ކޮޓަރިއަށް… ޗޭންޖް ވެސް ނުކޮށް… ” ލުޔާ ބަލާލީ މާއިންމެންނާ ދިމައެވެ.” ނޭނގެ… މިޝް ޗޭންޖް ކޮށްގެން ވަންނަންވީނު… ” މާއިން މިޝްޔާއަށް އަޑު އިވޭ ވަރަށް ބުންޏެވެ.

މިޝްޔާ ނިދަން ރެޑީވެގެން އައި އިރު މާއިން ހުރީ އިންޝާގެ ކޮޓަރީގައެވެ.” އިނާއަށް ސްކޫލަށް ދެވޭނެތަ މާދަމާ… ” މާއިން އަހާލިއެވެ. އިންޝާ ބޯ ޖަހާލާފައި އަނެއް ފަރާތަށް އެނބުރި އޮށޯތެވެ.” ގުޑް ނައިޓް…. ” މާއިން އިންޝާގެ ބޮލުގައި ފިރުމާލާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ. މިޝްޔާ އިންޝާގެ ކައިރިއަށް އަރާ އޮށޯތެވެ.

ނާޔާ އަށް ހޭލެވުނީ މީހަކު ކޮޓަރީގެ ކުޑަދޮރުގައި ޖަހާއަޑަށެވެ. އެނދުން ތެދުވެގެން ގޮސް ދޮރުފޮތިގަނޑު އެއްފަރާތަކަށް ޖައްސާލުމުން ނާޔާއަށް ފެނުނީ ޒުމާންއެވެ.” ކަލޭ މިހާ ދަންވަރު ވެސް… ” ނާޔާ ގާތަށް ރުޅިއައެވެ.” އެހެންވީމާ ނާޔާ ބުނާ ބަހަށް އެބަ އަމަލު ކުރޭތާ ދޯ… ދެން ކޮންމެ އަކަސް މިރޭ ވެސް އިނާ އޮންނާނީ ރޯން…. މަށަށް އެނގޭ ވިއްޔަ އެކަން… ހަމަ ނަސީބު އޭނައާ އެއްކޮށް އުޅޭ އަނެއް ގޮލާ އެގަޑީ ނެތްކަން… ” ޒުމާން އައީ އެވާހަކަ ބުނީ ނާޔާގެ މޫޑު ސަކަރާތް ކޮށްލަންށެވެ. ނާޔާ ހައިރާންވިއެވެ.” ޒުމާން…. މިހާރު ތިހުރީ މާ މައްޗަށް ގޮއްސަ…. މަ ބުނީމެއްނު އޭނައާ ވައި ވެސް ނޭޅޭނަމޭ… ކީއްވެތަ އޭނައަށް ގެއްލުން ތި ދެނީ… ” ނާޔާ ދެބުމަ ގޮށްޖެހާލީ ކަރުނަތައް ޖަމާވުމުންނެވެ.” މަ ހަމަ ބޭނުން ވާތީ… އެއީ ވިއްޔަ ރީތި ކުއްޖަކީ… ” ޒުމާން ނުލަފާ ގޮތަކަށް ހީލިއެވެ.”އެންމެ ރަނގަޅު.. ޒުމާން.. އަހަރެން ޒުމާންއާ ރައްޓެހި ވާނަން..” އެކުވެރިޔާއަށްޓަކައި ނާޔާ އެންމެ ފަހުގެ ނިންމުން ނިންމިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އިންޝާމެންގެ ޓެސްޓުތައް ނިމުނެވެ. އިންޝާއަށާއި މިޝްޔާ ހުރިހާ މާއްދާއަކުން ފާސް ވިއެވެ. އޭގެ ހަދިޔާއެއްގެ ގޮތުގައި މާއިންމެން ނިންމީ ޗުއްޓީގައި އެހެންރަށަކަށް ދިއުމަށެވެ. އިންޝާމެން ވެސް ހިތްހަމަ ޖެހުނެވެ.

އިންޝާ ރެޑީވަމުން ދިޔައީ ފުރަން ދިއުމަށެވެ. ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅުކުލައިގެ ޖީންސް އެއް ލާފައި ފަން އިސްތަށިގަނޑު އޮމާން ކޮށްލިއެވެ. އަދި ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލިއެވެ.އޭރު މިޝްޔާ ވެސް ރެޑީވެގެން އިންޝާގެ ކޮޓަރިއަށް ވަންނަނީއެވެ. ކޯލްޑް ޝޮއުލްޑާ ޓީޝާޓަކާއި ކްރޮޕްޑް ޖީންސް އެއް ލައިގެން މިޝްޔާ ހުރި އިރު ނުހަނު ރީއްޗެވެ. އިންޝާ ވެސް ހީވަނީ ޕަރީއެއް ހެންނެވެ.

” ހިނގާ ދާން ދޮންބެ މެން ހުންނާނެ ލަސްވެފަ… ” އިންޝާ ބެކްޕެކް ހިފައިގެން ނިކުތެވެ. މާއިން އާއި ރާކިން ވެސް ތިބީ ހޫޑީ ލައިގެންނެވެ.” ވަޓް ދަ ހެކް… ދޮންބެމެން ވެސް ހޫޑީތަ… ” އިންޝާ ތުން ދަމާލިއެވެ.” ލޮލް… ” މާއިން ތެދުވިއެވެ. ” ހިނގާ ދާން… ” ޔަޒާން ދެފޮށި ނެރެމުން ބުންޏެވެ. މާއިން އާއި ރާކިން ގޮސް އެމީހުންނަށް އެހީވިއެވެ. އަދި ގެއިން ނިކުމެ ހިނގައިގަތީ ބަނދަރަށް ދިއުމަށެވެ.

ކާށިދޫއަށް އިންޝާމެން ފޭބީ އެދުވަހު ހަވީރުއެވެ. ވެފައި ހުރި ވަރުބަލިން ގެއަށް ގޮސް މާ ގިނައިރެއް ނުވެ އެމީހުންނަށް ނިދުނެވެ. ހޭލެވުނީ މަޣުރިބު ނަމާދަށް ގޮވާ އަޑަށެވެ. އިލްޔާ އިންޝާ އަށާއި މިޝްޔާއަށް ގޮވާފައި ނަމާދަށް އެރިއެވެ. އިންޝާމެން ވެސް ވުޟޫ ކޮށްގެން ނަމާދު ކުރަން ފެށިއެވެ.
– ނުނިމޭ –

މި ޕާޓް ލަހުން ގެނެސް ދެވުން ކަމަށް ޓަކައި އަޅުގަނޑު ކިއުންތެރިންގެ ކިބައިން މަޢާފަށް އެދެން.

35

3 Comments

  1. gigs

    June 10, 2021 at 9:34 pm

    Varah reethi I’m yooha

  2. shautyshau

    June 11, 2021 at 3:13 pm

    Oh varah salhi mi part ves ♥️ waiting for the next part….. Avahah up kurahchey unknown girl ♥️🤗😚 lysm 😚 & vaahaka liyan varah molhu hen heevey kiyaalyma ✨ maasha Allah ♥️ keep it up girl ♥️✨

  3. shautyshau

    June 11, 2021 at 3:14 pm

    Oh varah salhi mi part ves ♥️ waiting for the next part….. Avahah up kurahchey unknown girl ♥️🤗😚 😚 & vaahaka liyan varah molhu hen heevey kiyaalyma ✨ maasha Allah ♥️ keep it up girl ♥️✨

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!