އުޝާ އައިސް އެގޭ ދޮރުމައްޗަށް އެރިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.ނަމަވެސް ދޮރު ހުރީ ހުޅުވާފައެވެ.ވަންނަން ނުވަންނަން ހުރެފައި ކަހަލަ ގޮތކަށް އެތެރެއަށް ވަންނަން ހިނގައިގަތްއިރު މީހާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.މަޑުމަޑުން ސިޑިން އަރައިގެން ގޮސް އޭނާ ހުއްޓުނީ އެންމެ ފުރަތަމައަށް ޖެހުނު ކޮޓަރި ކައިރީގައެވެ.އަދި މަޑުމަޑުން ދިމްރާއަށް ގޮވާލަމުން ދޮރުގައި ޓަކި ޖަހާލިއެވެ.ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.އުޝާ ދެހިޔާލެއްގައި ހުރެފައި ތަޅުނުލާހުރި ދޮރު ތަޅުގައި ހިފާ އަނބުރާލަމުން އެތެރެއަށް ވަނީ ދިމްރާ ހުންނާނީ ފެންވަރަން […]
އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ޔުއާންގެ ބައްޕައެވެ. ހިތުގައި އުފެދި ގެން ދިޔައީ ސުވާލުތަކެކެވެ. ޔުއާންގެ ބައްޕައަކީ އަސްލު ކާާކުބާއެވެ؟ ކޮން މަގާމެއްގެ ނުވަތަ ކޮންތަނެއްގެ އިސްމީހެއްބާއެވެ؟ ދިމްރާގެ ނަޒަރު ޔުއާން އާއި ސީދާވެފައި ހުރިކަން އެނގި ހުރެވެސް ޔުއާންހުރީ ނޭނގޭކަމަށް ހަދާލައިގެންނެވެ. މާކުރިންވެސް ދިމްރާއަށް ވާނީ އެފަދަ ގޮތެއްކަން ޔުއާންއަށް ވަނީ ލަފާކޮށްލެވިފައެވެ. ފުރަތަމަ ތައާރަފެއްދެމުން ވާހަކަ ދެއްކީ ސުކޫލްގެ ޕްރިންސިޕަލެވެ. އަލަށް ވަތް ކުދިންނަށާއި ބާރައިގެ ކުދިންނަށްވެސް ޕްރިންސިޕަލް މަރުހަބާކިއެވެ. އެއައްފަހު ސުކޫލްގެ […]
“އާދޭ އާދޭ! ތީ ކޮން ކުއްޖެއްތަ ” އެތަނުން އެންމެ ދުވަސްވެފައި ހުރި އަންހެން މީހާ އައިސް ދިމްރާގެ އަތުގައި ހިފައިގެން އެމީހުންގެ ކައިރިއަށް ގެންދަމުން އަހާލިއެވެ. “ދެން ބުނެބަލަ..ތީ ކޮންކުއްޖެއްތަ ” “އެއީ ދާނިޝްބެގެ ކޮއްކޮ ދިމްރާ ” ޖަވާބުދިނީ ބަދިގެއިން ނިކުތް ޔުއާންއެވެ. “އަޅެ އެހެންތަ! ތީ ދޯ ދާނިޝް އަންނާނޭ އެކީ ކުއްޖަކީ.. ނޭނގޭނޭނުން ދާނިޝްއަކާ އެހާ ވައްތަރެއް ނޫންވިއްޔަ ” އެތާ އިން އެންމެ ދުވަސްވެފައި ހުރި ފިރިހެން މީހާ ބުނެލިއެވެ. […]
“ދަރިފުޅާ މަޑުވާނެ ދޮރު ޖަހާލިލެން” ބަން ލާފައި ދޮރު ޖަހާލި ދިޔާން މަންމަގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ. އަޑުއާއި ދިމާލަށް ބަލައިލިއިރު ދިފްލާ އުރާލައިގެން އޭނާގެ މަންމަ ސިނާ ކައިރީގައި ހުއްޓެވެ.ސިނާ ބުނި އެއްޗަކަށް ރައްދު ދިނުމުގެ ބަދަލުގައި ދިޔާން ހިނިގަނޑެއް ޖަހާލަމުން ކުޑަކުޑަ ދިފްލާ ނަގާ ކޮނޑަށްލައިގެން ގޮސް ސިޓިންރޫމް ސޯފާއަށް ވެއްޓިގަތެވެ. އަދި އެއާއެކު ކުޑަކުޑަ ދިފްލާއާއި އޭނާ ސަކަރާތް ޖަހަން ފެށިއެވެ. މި މަންޒަރު ބަލަން ތިބި ސިނާއާއި ދާާނިޝްއާއި ތިބީ މަންޒަރު […]
“އުޝާ މީ ދިޔާން..އެކަމު އަހަރެން ލޯބިން ކިޔަނީ ޔާން..އުޝާވެސް ބޭނުމިއްޔާ ލޯބިން ހަމަ ޔާން ކިޔަންވީ އިނގޭ” ދިމްރާ އެހެން އެބުނީ ދިޔާންއަށް ވީ ގޮތް ފެނިގެންކަން ދިޔާންއަށް އެނގުނެވެ. ދިމްރާ އެހެން ބުނުމުން އުޝާ ގާތަށް އައީ ހިންޏެވެ. “ދެން! ދިޔާން މީ އުޝާ. މައި ބެސްޓީ..އެންޑް ޔާން އެއީ ކާކުކަން އުޝްއަށް އިނގޭނުން.. މިއީ އަހަރެން ދޮންބެގެ ހުރި ފޮނި ފިރިހެން ދަރި” ދިމްރާ އެހެންބުނުމުން ، ފެނުނީ ދިޔާން ހިނިތުންވެލާފައި އިސްޖަހާލިތަނެވެ. “ކޮބާތަ […]
ކުރިމަތީ ތިބި ދެމީހުންފެނި ސިނާގެ ދެލޯ ބޮޑުވިއެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީ ތިބީ އަމިއްލަ ފިރިމީހާއާއި ފިރިހެން ދަރިފުޅެވެ. “މަންމަ ކައިރީ ހަމަ މިކިޔަނީ ދިޔާން އޭ.. އެކަމުވެސް މަންމަ އަޑެއް ނާހާވިއްޔަ “ ގުދުގައި ފިރުމާލަމުން ދިޔާން ބުނެލިއެވެ. “އަޅެ މަގޭ ވައިފް ހާާދަ ލޯބިންނޭ ތި ވެލްކަމްކީ.. މިވެލްކަމްއެއް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ “ ދާނިޝްވެސް ، ތަދުވެފައި ހުރެ ނަމަވެސް ގަދަކަމުން ހީލަމުން ބުނެލިއެވެ. އެވަގުތު މީހަކު އަޑުން އަޑު ނަގާ ހޭ […]
“ އޭ! އަހަރެން މިގުޅީ ރޭގަ ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނިގެން “ އުޝާ ވާހަކަ ދައްކަމުން ދިޔައީ ރަށުގައި ތިބި ކުޑައިރުއްސުރެ އޭނާގެ އެންމެ ގާތް ދެ އެކުވެރިޔާއާއެވެ. ހެނދުނު ހޭލި ގޮތަށް ދިމްރާ އާއި ރީމް ލައިގެން ކޮންފަރެސް ކޯލަކަށް އުޝާ ގުޅީ ރޭގަ ފެނުނު ހުވަފެން ބުނަން ކެތްމަދުވެފައިވާ ވަރުންނެވެ. ވާނީވެސް އެހެންތާއެވެ. ހުވަފެނުގައި ފެނިގެން ދިޔައީ އޭނާ މިހާރު ވަރަށް ދެކެން ބޭނުންވެފައިވާ މަންޒަރެކެވެ. “ އަޅެ! ނިންޖޭ ތި […]
މީ އަހަރެން މި ސައިޓަށް އަޕްކުރާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން ތި ހުރިހާ ކުދިންގެ އެހީ އަހަރެން މިކަމަށް ވަރަށް ބޭނުންވެއެވެ. މި ސްޓޯރީ ކިޔުމަށްފަހު ތި ހުރިހާ ކުދިންގެ ވިއު ބުނެލަ ދިނުން ވަރަށް އެދެމެވެ. އިތުރަށް ކުރިޔަށް ދިޔުމަށް، ތި ހުރިހާ ކުދިންނަށް އަހަރެންނަށް ދެވޭ ވަރަށް ބޮޑު އެހީ އަކަށް ވާނެއެވެ. ސޯ އިފް ޔޫ ކެން ކޮމެންޓް ޕްލީޒް.. މި ސްޓޯރީ ކިޔައިގެން ތި ކުދިން ޑިސަޕޮއިންޓް ވާން ނުޖެހޭނެ ކަމުގެ […]