“ހޫމް!އަހަރެން މީ އަޔާޒުގެ ވައިފް..ކައިވެނި ކުރި ދުވަސް ނޫން އަނެއް ދުވަހު ޕާޓީއަށް އެދިޔައީވެސް..އެކަމު އަލަތު ކައިވެންޏަށް މަރުހަބާ ކިޔުމުގެ ބަދަލުގަ ދިމް ދިނީ އަތުގެ ހޫނު ހަމަލާއެއްވިއްޔަ..ހީހީ.. ތިދެމީހުންނަށް އެނގޭތަ ކައިވެނި ކުރިތާ އެއްދުވަސްވެސް ނުވަނީސް ސިނައްތަ އަހަރެމެން ދެމީހުންނަށް ދިން ޓާސްކަކީ އެއީ..އަދި ދިމްއަށް އެނގޭތަ..ދިމް ޖެހި ކޯ ރަތް އަރާފަ ހުރީމަ އަހަރެންގެ ލޯބިވާ ހަޒް އެރޭ ނިދަން އޮތްއިރުވެސް އޮތީ އެކަމާ ހީލަ ހީލަ” އާނާ އެހެންބުނި އިރުވެސް އަޔާޒު ހުރީ ހީލަހީލައެވެ.
އާނާގެ ވާހަކައިން އެތާ ތިބި އެންމެން އަނެއްކާވެސް ހޭންފެށުމުން ދިމްރާއަށް ކުރެވުނުހާވެސް ކަމަކީ ޔުއާންގެ ކޮނޑުގައި މޫނު ފޮރުވާލުމެވެ.އޭރު ޔުއާންވެސް އިނީ ރަކިވާ ގޮތްވެފައެވެ.އެ އެންމެން ހީވަނީވެސް އެދެމީހުން ލަދުގަންނަވަން ހުވާކޮށްގެން ތިބި ރެއެއް ހެންނެވެ.
“ބައިދަވޭ ޔުއާން އަހަރެން ވަރަށް ހިތަށް އެރި އެއްޗެއް ބުނަންތަ..އަހަރެން ޕްރައުޑް ވަނީއެއް ނޫން އެނގޭ..އެން އެހެންވީތީ އަހަރެން އަސްލު ވަރަށް ހިތްހަމަވެސް ޖެހުނު..އެކަމުވެސް އަހާލަން ބޭނުން..އަހަރެންގެ ވައިފް އެހާ ރީތި އިރުވެސް އަދި އައިސް އެހާ ކައިރީގަ އުޅުން އިރުވެސް ޔުއާން އެންމެ ފަހަރަކުވެސް އިންޓްރެސްޓާއެކު އާނާ އާ ދިމާލަށް ބަލައިނުލާ..އޭގެ ބަދަލުގަ އަބަދު ކަޅި ހުއްޓިފަ ހުންނަނީ ދިމްއާ ދިމާލަށް..ހިތަށްއެރީ އާނާ ކަހަލަ ރީތި ކުއްޖެއް ގާތުގަ ވީއިރުވެސް އެ ރީތިކަން ފަނޑުކޮށްލަން ދިމްގެ ކިބައިން ޔުއާންއަށް ފެނުނީ ކޮންކަމެއް ބާވައޭ..އަނެއްކާ އަހަރެން މިބުނަނީ ދިމް ހަޑި ވާހަކައެއް ނޫން އެނގޭ..ހީހީ..ޓްބީ ހޮނެސްޓް އެހާ ކުޑަވަގުތު ކޮޅަކަށްވިޔަސްވެސް އާނާ ޔުއާންގެ ކައިރީ އުޅެމުން ދާތަން ފެނި އަހަރެން ހުރީ ހަމަ ރަނގަޅަށްވެސް ޖެލަސް ފީލްވެފަ..ކިތަންމެ ފަހަރަކު ދުރުކޮށްލަފާނަމޭވެސް ހިތަށްއެރި..ސޯ ހިތަށްއެރި ނަސީބެކޭ ދިމް އައިސް އާނާގެ މޫނުމަތީ ޖަހާފަވިޔަސް ދެމީހުން އަވަހަށް ދުރަށްލިކަން” އަޔާޒު ހިނިގަނޑެއް ޖަހާލަމުން އެހެންބުނެލިހާއިރުން ފެނުނީ އާނާވެސް އަޔާޒުގެ ގައިގައި އަތް މުއްކަރުވާފައި ޖަހާލަމުން ހޭންފެށިތަނެވެ.އޭރު ދެންތިބި އެންމެންވެސް އަނެއްކާވެސް ހޭން ފަށައިފިއެވެ.އެތަނަށް ވަނީއްސުރެ އެ އެންމެން އެތިބެނީ ހީލަހީލަ ކަމާއިމެދު ޝައްކެއްނެތެވެ.
“ލޯތްބަކީ ރީތިކަމުން ވާ އެއްޗެއް ނޫނޭ..އަޔާޒުއަށްވެސް މިހާރު އެކަން އެނގޭނެ..އެންމެ އާދައިގެ ކުއްޖާ ދެކެވެސް ލޯބިވެވިދާނެ..އޭރުން އެލޯބީގެ ބާރުގަ އެ އެކުއްޖާއަކީ އޭނާއަށް އެހެން ކުދިންނަށްވުރެ މާ ފުރިހަމަ އޭނާއަށް އެންމެ ރީތި ކުއްޖާއަށް ވެގެން ދާނެ..އޭނާގެ ނަޒަރުގަ އެހެން ކުދިންނަށްވުރެ އެކުއްޖާ މާ ބޮޑަށްވެސް ރީތި ވާނެ..އެރޭ އެޕާޓީގަ އަހަރެންނަށް ދިމްއަށްވުރެ ފުރިހަމަ ލޯބި ކުއްޖެއް ނުފެނެ” ޔުއާން ފާޅުގައި ބުނެލި ވާހަކައިން ދިމްރާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ.
“އޯވ އޯވ!ޔާން އަހަރެމެންނާ ސިއްރުން އާންވެސް އެބަހުރި ވަރަށް ޝާއިރީ ބަސް ދަސްކޮށްފަ..އެކަމު އަހަރެމެންނަށް ކިޔާނީ” ޝާރިމް އެހެންބުނެ ހޭންފަށަމުން ދިޔާންއާއި ޓަޗެއް ޖަހާލިއިރު ޔުއާންއަށް ކުރެވުނުހާވެސް ކަމަކީ ހޭންފަށަމުން އޭނާގެ ބޮލު އިސްތަށިގަނޑުގައި އަތް ހިންގާލުމެވެ.
“ވެއިޓް ދޮންބެދައްތަގެ ބޮޑުބެ ދަރިއެކޭތަ ބުނީ އަޔާޒުއަކީ”
“ހޫމް!އެން އާނާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ” ދިމްރާގެ ސުވާލަށް މުނާޒް ޖަވާބުދިނީ އާނާގެ ކޮނޑަށް އަތް ވައްޓާލަމުންނެވެ.
“ތިބުނީ”
“މިބުނީ އަޔާޒުއަކީ ސިނައްތަގެ ބޮޑުބެ ދަރިއެކޭ..އާނާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއޭ”
“އައިނ!ސިނައްތަގެ ބޮޑުބެ ދަރިއަކަށް އަޔާޒުވާއިރު މުނާޒްގެ ކޮއްކޮ އާނާ އަޔާޒުއާ މެރީކޮށްގެން މިއުޅެނީ”
“އެކްޒެކްޓްލީ” މުނާޒްއާއި އާނާ އެއްފަހަރާ އެކުއެކީ ބުނެލިއެވެ.އޭރުވެސް ދިމްރާއާއި ޔުއާންގެ ހައިރާންކަންވާ މޫނުތަށްފެނި އެ އެންމެން ތިބީ ހީލަހީލައެވެ.
“އާރގްގް!!މިދުނިޔެ ހަމަ އެހާ ކުޑަތަ ތި އެންމެން ހަމަ އެއްބަޔަކަށް ވާން” ދިމްރާ ފުންނޭވާއެއްލަމުން އެހެން ބުނެލިގޮތުން އަނެއްކާވެސް އެންމެން ޕަކަޕަކަލާފައި ހޭން ފެށިއެވެ.
“އޯކޭ އޯކޭ ސްޓޮޕް ލާފިންގް ގާއިސް..އެހެންވީމަ ޔޮޓުގަ އެރޭވެސް އެއީ ޕްލޭންއެކޭދޯ ތިބުނަނީ..އެހެންވީމަ ރީ ގަސްތުގަ ދޯ އަހަރެން ބޮލަށް ކޯކުތަށި އަޅާލީވެސް..އެން އަހަރެން ޖެލަސް ކުރުވަން ވެގެންދޯ ޔުއާންއާ އާނާއާ ގާތްކުރުވީ” ދިމްރާ ރީމްއާއި ދިމާލަށް ބަލައިލުމުން ރީމް ކަންފަތުގައި ހިފާލީ ސޮރީއޭ ބުނާ ފަދަޔަކުންނެވެ.އަދިހަމަ އެއާއެކު ރީމް އެއްލޯ މަރާލިތަންފެނި ދިމްރާ ފެނުނީ ރީމްއާއި ދިމާލަށް ދެލޯ އަޅާލިތަނެވެ.
“އެކްޒެކްޓްލީ..ބައިދަވޭ މިހާރު ހިތަށް އަރާ އާން ޖެލަސް ކުރަން ނޫޅެ ދިމް ޖެލަސް ކުރަން މަސައްކަތް ކުރަން އުޅެވުން ނަމައޭ..މިހާރު އެހެންނޫންނަމަ އަހަރެމެން ބޭނުންވާ ގޮތަށް ކަންތަންވެގެން ދިޔައީސްތާ ކިތަންމެ ދުވަހެކޭ..” އާލިކް އެހެންބުނެލި ހާއިރުން ފެނުނީ ސޯފާގައި އޮތް ކުޝަންއެއް އައިސް އާލިކްގެ މޫނުމަތީ ޖެހުންތަނެވެ. ދިމްރާގެ މިއަމަލުން އެންމެންގެ ހުނުމުގައި މިފަހަރު ޔުއާންވެސް ބައިވެރިވިއެވެ.
އެއާއެކު ދިމްރާ ޔުއާންއާއި ދިމާލަށް ދެލޯ އަޅާލުމުން ފެނުނީ ޔުއާން ފަތަހައިގެ ހިނިތުންވުމެއް ވެރިކޮށްލިތަނެވެ.އެއީ އާލިކް ދެންމެ އެބުނެލި ވާހަކައިންކަން ދިމްރާއަށް ރަނގަޅަށް އެނގެއެވެ.އެހެންކަމުން އެއާއެކު ފެނުނީ ނުވާކަމަށް ހަދާފައި ދިމްރާ ޔުއާންގެ އަތުގައި ވިކައިގަތްތަނެވެ.
” އައުޗް.” މިފަހަރު ފަތަހައިގެ ހިނިތުންވުމެއް ވެރިކޮއްލި މީހަކީ ދިމްރާއެވެ.
” އެއީ އަހަރެމެންގެ މޮޅުކަން..ދޮންބެމެނަށް އެތައްދުވަހެއްގަ އުޅެގެންވެސް ނުކުރެވުން ކަމެއް އަހަރެމެން އެއޮތީ އެންމެ ރެއަކުން ކޮށްލާފަ”
” އޭ އޭ ފޮނިނުވޭ އެނގޭ..ތި އެންމެ ރެއެއްގަވެސް ތި ޑްރާމާ ކުޅެން ތި ލިބުނީ އަހަރެމެންގެ ސަބަބުން”
” އަނެއްކާ ދިމް އާ ޔާން ގޮތަށް އެއްގޭ ދެމީހުންނެއް ނޫން ތަޅާފޮޅައި ގަންނާނީ” ސިނާ އެހެންބުނެ ހޭންފެށުމުން އަނެއްކާވެސް އެ މާހައުލުގައި ހިނިތުންވުންތަކުގެ އަޑު ގުގުމައިގެން ދިޔައެވެ.މިވަގުތު އެ މާހައުލުގައިވީ އުފާވެރިކަމުގެ އިންތިހާއެވެ.
” ދިމް! އެކަމު ދައްތަ ބުނަންތަ..އެދުވަހު ދިމްމެން ނުގުޅި މިއަދު ތިދެކުދިން ގުޅުނީތީ ދައްތައަށް މާ ރަނގަޅު..އެ އިނގޭތަ ކީއްވެގެންކަން..މިހާރު ދައްތައަށް ވިސްނިއްޖެ އެދުވަހު ދަރިފުޅުމެން ނުގުޅި މިއަދު ތި ގުޅުނީ ރަނގަޅަކަށްކަން..އެދުވަހު ތިދެކުދިން ގުޅުންނަމަ އާމިލްގެ ކަންތައް ފަޅައެއް ނޭރީސް..ޔާނީގެ ރޫހަށް ހަމަޖެހުމެއް ނުލިބުނީސް..އެދުވަހު ތިދެކުދިންނަށް ނުގުޅެވުނީ އެހެންވެ. އެ މި ހުރިހާ ކަމެއް ހައްލުވެގެން އާންއަށް ހަގީގީ އުފާވެރިކަން ލިބިގެން ތިދެކުދިން ގުޅެންވެގެން…މިއަދު ތިދެކުދިން ގުޅިފައި ތިތިބީ އެއްވެސް ހުރަހެއް މިހާރު ނެތިކަން ދައްތައަށް އެނގޭ…ދިމް! ދިމް ތިއީ ހަމަ އަހަރެމެންގެ އާއިލާއަށް ލެއްވި ރަހުމަތެއް..ދިމް އަހަރެމެންގެ ހަޔާތަށް އެފަރާތުން އެލެއްވީ މިހުރިހާ ކަމެއް ރަނގަޅުކޮއްދީ ހައްލު ކޮއްދޭންވެގެން ދަރިފުޅާ..އެއީ ދައްތަމެން އެންމެންވެސް މިއަދު ގަބޫލުކުރާ ގޮތް..މިހެން ބުންޏަސް އެނގޭ ދިމް މި ހިސާބަށް އައިސް ތި ހުރީ ވަރަށް ހާލުގަ އުޅެގެންކަން..ބަޓް އެހުރިހާ ކަމެއްއެވީ ރަނގަޅަކަށް ދަރިފުޅާ..އެދުވަހު ދަރިފުޅުމެން އެ ނުގުޅުނީވެސް ރަނގަޅަކަށް ދަރިފުޅާ..މި އެންމެންގެ ދިރިއުޅުމަށް ދަރިފުޅަށް އެ އާދެވުނީވެސް ހަމަ ރަނގަޅަކަށް ދަރިފުޅާ.” ޒީނަތު އަސަރާއިއެކު ބުނަމުން ދިޔަ ވާހަކަތަކުން މުޅި މާހައުލު ހިމޭން ކުރުވިއެވެ.އެންމެންގެ ލޯ ފެންކަޅިވެފައިވީ ކަމުގައިވިޔަސް އެންމެންގެ މޫނުމަތީގައިވެސް ހިނިތުންވުމެއްވިއެވެ.
ޒީނަތުގެ އެ ވާހަކަތަކަށް ދިމްރާއަށް ކުރެވުންހާވެސް ކަމަކީ ބޯ ޖަހާލުމަށްފަހު ތެދުވެގެން ގޮސް ޒީނަތުގެ ގައިގައި ބައްދާލުމެވެ.
” ޒީނައްތަ އެބުނީ ރަނގަޅަށް..މިގޭގެ ދިރުން ގެނެސްދޭން އެފަރާތުން އަހަރެމެންނަށް ދެއްވި ރަހުމަތެއް ތީހަމަ…ދަރިފުޅު އާއިފަހުން މިގޭ އުފާވެރިވެއްޖެ ދަރިފުޅާ.” ނާސިރުވެސް ދިމްރާގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލަމުން ބުނެލިއެވެ.
” ބޭބެމެންގެ އެކަނި ފެމެލީއެއް ނޫން ބޭބެ! އަހަރެމެންގެ އާއިލާވެސް އަދި މަލަކާގެ އާއިލާވެސް” އެތެރެއަށް ވަންނަމުން ޔުމާން އެހެން ބުނެލިއަޑަށް އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓިގެން ދިޔައިރު ދިމްރާވެސް ޒިީނަތުއާއި ދުރުވެލާ އެދިމާލަށް ބަލައިލައިފިއެވެ.
ބަސް ބުނާހާ ކުޑަ ހިނދުކޮޅެއްގައި ފެނުނީ ކުޑަކުޑަ ޔޫނާ އައިސް ދިމްރާގެ ގައިގައި އޮޅުލައިގަތްތަނެވެ.އެއާއިއެކު ދިމްރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވާން ސިކުންތެއްވެސް ނުނެގިއެވެ.އެކުއްޖާ ނަގާ އެނބުރިލުމާއިއެކު ޔޫނާގެ ލޯބިލޯބި ހިނިތުންވުމުގެ އަޑު މުޅި ތަނުގައި ގުގުމާލައިގެން ދިޔައެވެ.
” އެ ކުޑަކުޑަ ޔޫނާގެ ދިރިއުޅުން މިހާރުގެ އެ ލާނެއްކަމަށް ބަދަލުކޮއްދިން މީހަކީވެސް ދިމް..”މަލަކާވެސް ހިނިތުންވުމަކާއިއެކު އައިސް ދިމްރާގެ ކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
” އަހަރެމެންގެ ޖޫއަށްވެސް ތިހެން ބުނަންޏާ އާ ދިރިއުޅުމެއް ހޯދައިދިން މީހަކީ ދިމް.” މުނާޒުވެސް ކައިރީ ހުރި އަރްޖޫ ގަޔާ ކައިރި ކޮއްލަމުން ބުނެލިއެވެ.
” ޕްލީޒް އޯލް! ސްޓޮޕް…އެއީ އަހަރެންގެ މޮޅުކަމުގެ ސަބަބުންނެތް ނޫނޭ..އެއީ ތި މީހުންގެ ޑެސްޓިނީގަ ވާންއޮތް ގޮތް ވީމަ..އެން އެދަނޑިވަޅުތަކުގަ ތި އެންމެންގެ ލައިފްގަ ހުރެވުން އެއީ އަހަރެންގެ ޑެސްޓިނީގަ ވާން އޮތްގޮތް…ސޯ ޕްލީޒް އެންމެން ދެން އިތުރަށް އަހަރެން ލަދުގަންނަވަން ނޫޅި ދެން ތި ވާހަކަތައް ހުއްޓަމާ.” ދިމްރާ މިހެންބުނެ ހިނިތުންވެލަމުން ޔޫނާގެ ކޮލަށް ދޮނެއް ދިނުމާއިއެކު ފެނުނީ އެކުއްޖާވެސް ދިމްރާގެ ކޮލަށް ދޮނެއް ދިނުމަށްފަހު ދިމްރާގެ ކަރުގައި ދެއަތް ވަށާލިތަނެވެ.
” ހޫމް ހޫމް! އިމޯޝަނަލް ވާހަކަތައް ބަހައްޓާފަ މިރޭގެ ހާއްސަ އިވެންޓާއިއެކު ކުރިއަށް ދާން ހިނގާބަލަ..އެއޭނުން އަދި މިރޭ އޮތް ކަމަކީ..” ޔުޝްރާ އެންމެންނަށް އަޑުއިވޭ ވަރަށް އަތްޖަހާލަމުން ބުނެލިއެވެ.އެއާއިއެކު ފެނުނީ އުޝާ ގެންގޮސް ދިޔާންވެސް ސޯފާގައި ބައިންދާލިތަނެވެ.ރީމްވެސް ދިމްރާއާއި ޔޫނާ ގޮވައިގެން ގޮސް ދިމްރާ ކައިރި ދިޔާންއާއި ޔުއާންގެ މެދުގައި އިށީންނަށް ބުނެލިއެވެ.
” މިހާރު މި ކޮންކަމެކޯ ” ދިޔާން އެހެން އަހާލީ ވާނުވާ އެއްގޮތަކަށްވެސް ނޭނގިފައި އިނދެއެވެ.ދިމްރާވެސް ކޮނޑު އަރުވާލީ މިހާރު މި އަނެއްކާ ކޮންކަމެއްބާއޭ ހިތަށް އަރާފައެވެ.
” ސަޕްރައިޒްއެއް ” އުޝާ މިހެންބުނެ އައިސް ދިޔާންގެ މޫނުމަތީ އަތްއެޅުމާއިކު ޒީނަތުގެ އިޝާރަތަށް ޔުއާންވެސް ދިމްރާގެ މޫނުމަތީ އަތް އަޅާލިއެވެ.
އެއާއިއެކު ދިމްރާއާއި ދިޔާންގެ ކަންފަތުގައި ޖެހުނީ އުފަންދުވަހުގެ ތަހުނިޔާ އެ އެންމެން އެއްއަޑަކުން ކިޔަމުން ދިޔައަޑެވެ.އިރުކޮޅެއްނުވެ ދެމީހުންގެ ލޯ މަތިން އަތް ނެގިގެން ދިޔައިރު ދެމީހުންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކުރިމަތީ ގެނެސް ބަހައްޓާފައި ހުރި ބޮޑު ކޭކެވެ. އެ ކޭކުގައި ބޮޑު އަކުރުން ” ހެޕީ ބާތްޑޭ ޔާން އެން ދިމް ” ޖަހާލާފައި އިނެވެ.
” އެކަކަށް ހެޕީ ބާތްޑޭ..އަނެއްކަކަށް އެޑްވާންސް ކޮށް ހެޕީ ބާތްޑޭ އިނގޭ ” ޔުމާންގެ ކައިރީ ހުރި މަލަކާ އޭނާގެ އަތުގައި އޮތް ވަޅި އެދެމީހުންނާ ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ.އޭރުވެސް އެދެމީހުން ތިބީ ފެންނަ މަންޒަރުން ދެލޯ ބޮޑުކޮއްލައިގެންނެވެ.
“އެކަމު މިއަދު މީ އަދި އަހަރެމެންގެ ބާތްޑޭއެއް ނޫނެއްނު…އަދި ދުވަސް އެބައޮތޭނުން ބާތްޑޭ އަންނަން” ވާނުވާ ނޭނގިފައި އިން މީހެއްހެން ދިޔާން ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“ދެލޯ ބޮޑުކޮއްގެން ނުތިބެ ކޭކު ފަޅަންވީ..ޔާންގެ ބާތްޑޭގައޭނުން އެދުވަހު ހުރިހާ ކަމެއްވީވެސް..ސޯ މިކޭކު ފަޅައިގެން އަނެއްކާވެސް ހުރިހާ ކަމެއް ރަނގަޅުވިކަން ފާހަގަ ކުރަމާ ދޯ..އެހެންވީމަ އަވަހަށް ކޭކު ފަޅާ” ސިނާ ދާނިޝްގެ ގައިގައި ލަތްވެގެން ހުރެ އަސަރާއިއެކު ބުނެލިއެވެ.
” އެބުނާހެން ދޮންބެގެ ފޭވަރިޓް ކޮއްކޮއާ ޑޭޑްގެ ފޭވަރިޓް ދަރިފުޅު ހުރިހާ ކަމެއް އުފާވެރިކަމާ އެކު އާ ފެށުމަކުން މިރޭ ފަށަންވީ…އަނެއްކާ އުޝާގެ ކަންތައް އެކަމު އާގޮތަކަށް ފަށާނީކީއެއް ނޫން.” ދާނިޝް ފަހުން ބުނެލި ޖުމުލައިން އެންމެން ފަދައިން ދިޔާން އާއި ދިމްރާވެސް ހޭންފެށިއެވެ.އުޝާއަށްވެސް ދާނިޝް އެހެން ބުނުމުން ކުރެވުނުހާވެސް ކަމަކީ ލަދުން އިސްދަށަށް ޖަހާލުމެވެ. ވާނީވެސް އެހެންތާއެވެ.އެހެން އެބުނީ އިތުރު އެހެން މީހެއް ނޫނެވެ.އޭނާގެ ލޯބިވެރިޔާގެ ބައްޕައެވެ.
” ކަމޯން!މިބުނީ އަނެއްކާ އާ ފެށުމަކުން ފަށާށޭ ބުނީމަ އުޝާގެ ބަދަލުގަ އާ ކުއްޖެއް ހޯދާނީކީ އެއް ނޫނޭ..” އަނެއްކާވެސް އެއާއިއެކު އިވުނީ އެންމެން ހޭންފެށި އަޑެވެ.
” ދެން އަވަހަށް ކޭކު ފަޅާބަލަ..މިހާރު ކާހިތުން ހުރެވެނީއެއް ނޫން.” ޝާރިމް އެހެން ބުނެލިހާއިރުން ފެނުނީ ރީމް ޝާރިމްގެ ބޮލުގައި ޖަހާލިތަނެވެ.އެއާއިއެކު އަނެއްކާ ވެސް ފެނުނީ އެންމެން ހޭންފެށިތަނެވެ.
ކޭކު ފަޅާ އެކަކު އަނެއްކަކަށް ކޭކު ކާންދެމުން ދިޔައިރު ތަނުގައި އޮތީ މަޖަލާ އުފާވެރިކަމުގެ މާހައުލެކެވެ.ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ހިނިތުންވުމާއި އުފާވެރިކަން ވާއިރު އެ އުފާވެރިކަން އެގޮތުގައި ލެއްވުމަށް ހިތާހިތުން އެތާ ތިބި އެންމެންނަށްވެސް ދުއާ ކޮއްލެވުނެވެ.ކޭކު ފަޅާ ނިމިގެން ދިޔައީ ފޮޓޯނެގުމުގެ ވަގުތުކޮޅެކެވެ.އެންމެންވެސް ތައްޔާރުވަމުން ދިޔައީ އެންމެން އެއްކޮން ތިބޭ ފޮޓޯގަނޑެއް ނެގުމަށެވެ.އެ މަންޒަރު ބަލަން ސޯފާގައި އިށީންދެލައިގެން އިން ދިމްރާގެ މޫނުމަތީ ވަނީ ބަޔާންކުރަން ދަތި ޝުއޫރުތަކެކެވެ.
ފޮޓޯގަނޑަކަށް ތައްޔާރުވުމުގައި އެއުޅެނީ އޭނާގެ ދިރިއުޅުމާ ކޮންމެސް ހިސާބަކުން ގުޅިފައިވީ ބަޔެއް ކަމުގައިވިޔަސް މިއަދު އެއީ އޭނާއަށް އެއްވަރަކަށް މުހިއްމު މީހުންނެވެ. އެބަޔަކަށްޓަކައި އޭނާގެ ހިތުގައި ބަޔާންކުރަން ދަތި ކުލުނެއް ޖެހިފައިވާ ބަޔެކެވެ.އެތަނުން ކޮންމެ މީހަކަށްޓަކައި ވެސް އޭނާއަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ ފަދަ ބައެކެވެ.
ޒީނތު އާއި ނާސިރުއެވެ.އޭނާގެ ދޮންބެއާއި ދޮންބެދައްތަ ސިނާއެވެ.މިއަދު އެމީހުން ވެފައިވަނީ އޭނާގެ އުފަން މަންމައާއި ބައްޕަގެ އިތުރުން ހަމަ އޭނާއަށް މަންމައާއި ބައްޕައެއް ފަދަ ބަޔަކަށެވެ.ދެން ހުރީ ޔުޝްރާއާއި އާލިކްއާއި ކުޑަކުޑަ ޑިމީއެވެ.އެއީ މިއަދު ހަމަ އޭނާގެ ކުޑަކުޑަ އާއިލާއެއް ފަދައެވެ.އާއެކެވެ.އޭނާގެ ކުޑަ މަންމައާއި ކުޑަ ބައްޕައެވެ.ދެން ހުރީ ޔުމާންއާއި މަލަކާއެވެ.މިއަދު އެއީ އޭނާގެ ދޮންބެ ފަދައިން ހަމަ އޭނާއަށް ދައްތައަކާއި ބޭބެއެކެވެ.ދިފްލާއާއި ޔޫނާ އެއީ މިއަދު އޭނާއަށް އޭނާގެ ދަރިންފަދަ ދެކުދިންނެވެ.އެހާވެސް އެހިތުގައި އެދެކުދިންނަށްވަނީ ލޯބި ޖެހިފައެވެ.ދެން ހުރީ އޭނާގެ ކޮއްކޮ އަރްޖޫއާއި މުނާޒެވެ.އޭނާގެ ދިރިއުޅުމުގައި ވަރަށް މުހިއްމު ހިއްސާއެއްވާ ދެމީހުންނެވެ.އޭނާއަށްވެސް އެދެމީހުން މުހިއްމުވާ ފަދައިން އެދެކުދިންގެ އުފާތައް މުހިއްމުވާ ފަދައިން އޭނާގެ އުފާތައްވެސް މުހިއްމުވާ ދެކުދިންނެވެ.އަރްޖޫ އެއީ ދުރުގައި ހުރެވެސް އޭނާގެ އުފާތައް ހޯދައިދޭން މަސައްކަތް ކުރި ކުއްޖެކެވެ.މުނާޒު އެއީ އެދެމީހުން ގުޅުވައިދޭން އަމަލުން މަސައްކަތް ކުރި ކުއްޖެކެވެ.ގާތް މިތުރަކަށް މުނާޒު އޭނާޒު އޭނާއަށް އެހާ ރަނގަޅުއިރު ހަގީގަތުގައި މިއަދު މުނާޒުއަށް އެހިތުގައި ދެވިފައިވާ ގަދަރު އެތައް ގުނައެއް އިތުރުވެއްޖެއެވެ.އޭނާގެ ކޮއްކޮ އަރްޖޫވެސްމެއެވެ.
ދެން ހުރީ އޭނާގެ ހަޔާތުގައި އެންމެ މުހިންމު ހަތަރު ބައިވެރިންނެވެ.ދުވަހަކުވެސް އޭނާގެ ދިރިއުޅުމުން ބަދަލު ނުކުރެވޭނެ ހަތަރު ބައިވެރިންނެވެ.އޭނާގެ އުފާތައް ހޯދައިދޭން އެހަތަރުކުދިން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނުދަނީ ކޮން ހިސާބަކަށް ހެއްޔެވެ؟ ހަމައެކަނި އެ ރަހުމަތްތެރިން އސްކުރީ އޭނާގެ އުފާތައް އެކަނި ހޯދައިދޭކަށް ނޫނެވެ.އޭނާގެ ޔުއާންގެ އުފާތައްވެސް މެއެވެ. މިއަދު އޭނާއާއި ޔުއާން ގުޅުމުގެ ފަހަތުގައިވާ މީހުންނަށް އެހަތަރުމީހުން ވާނެއެވެ.އެއީ ދިޔާންއާއި އުޝާއެވެ.ރީމްއާއި ޝާރިމްއެވެ.އެހަތަރު މީހުންނަކީ އޭނާއަށް ދުވަހަކުވެސް ބަދަލުކުރެވޭނެ މީހުންނެއް ނޫނެވެ.އެކުދިންގެ އުފާތައް ހޯދައިދޭން އޭނާވެސް ނުދާނެ ހިސާބެއް ނޯންނާނެކަން ގައިމެވެ.އޭނާ އެހާވެސް އެހަތަރު މީހުންދެކެ ލޯބިވެއެވެ.
” ގެއްލިފަ އިނދެގެން ކޯއްޗެއް މާވަރަކަށް ތި ވިސްނަނީ” ކަންފަތް ކައިރިން އިވިގެންދިޔަ ޔުއާންގެ އަޑުން ދިމްރާ ދިޔައީ ސިއްސައިގެންނެވެ.
” ޔު…ޔުއާން ކުރާކަންތައް..ސިއްސައިގެންނޭ ދިޔައީ.. ބަލާބަ ޔުއާން…އެތިބީ ހުސް އަހަރެންގެ ލައިފްގަ މިއަދު އެއްވަރަކަށް މުހިއްމު މީހުން” ދިމްރާ އެދިމާލަށް ބަލަން އިނދެ އެހެންބުނެލީ ހުވަފެނީ ގޮތަކަށް ހިނިތުންވެލައިގެން އިނދެއެވެ.
” އެ އެންމެން އެއްހަމައެއް ކުރިޔަސް އެ އެއްހަމައެއްގަ އަހަރެން ނުބަހައްޓައްޗޭ”
” ދެން ޔުއާން..އައިމް ސީރިއަސްއޭ” ދިމްރާ މޫނު ކުނިކޮއްލާފަ އެހެން ބުނެލިހާއިރުން ފެނުނީ ޔުއާން ހިނިގަނޑެއް ޖަހާލިތަނެވެ.
” އޯވ! ސޯ ކިއުޓް ފޭސް ބޭބީގާލް”
“އާރގްގް…ޔުއާން އައި ހޭޓް ޔޫ”
” ޔެސް އައި ނޯ ޔޫ ލަވްމީ ބޭބީ ގާލް” ޔުއާން އެއްމިޔަކަނުން ހިނިތުންވެލާފައި އެހެން ބުނެލިގޮތުން ދިމްރާއަށް ކުރެވުންހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރާލުމެވެ.
” އޭ މާ ފޮޅުވަން ނުތިބެ އާދެ ފޮޓޮއަށް އަރަން” ޝާރިމްގެ އަޑުން ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.އެއާއެކު ދެމީހުންގެ ގާތަށް ހިނިއައީ ދެމީހުންނަށްވެސް ވީ ގޮތް ފެނިފައެވެ.
އެބުނާ ފޯޓޮއެއް ނެގުމަށްފަހު ޒީނަތުގެ އެދުމަށް އެ އެންމެން ފެށީ ކަޕްލް ޑާންސް ކުރާށެވެ.މަޑުމައިތިރި ލަވައަކަށް އެ އެންމެން ނަށަމުން ދިޔައިރު ތަނުގައިވީ އިޝްގީކަމެވެ.ދިޔާންއާއި އުޝާއެވެ.ޝާރިމްއާއި ރީމްއެވެ. ޔުޝްރާއާއި އާލިކްއެވެ.އިޝްރާއާއި މުނާޒެވެ.އަދި ހަމަ އެހެންމެ ޔުއާންއާއި ދިމްރާއެވެ.
ޔުއާންއާއިއެކު މަޑުމަޑުން ބަލައިގެން ދިމްރާ ނަށަމުން ދިޔަނަމަވެސް އޭނާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ.ޔުއާން އަދި އެއްކޮން ރަނގަޅު ނުވާނެކަން ވިސްނޭތީ އެކަމާ އޭނާ ހުރީ ހިތް ސިހިސިހިއެވެ.ޔުއާންއަށްވެސް ދިމްރާގެ ހިތް އަވަސްވެފައި ހުރިވަރު ސިއްރެއް ނުވެއެވެ.
” ރިލޭކްސް ދިމް..އައިމް ފައިން އެ…އަހަރެންގެ ފަޔަކަށް ނޫނޭ އެ ހެރުނީއެއް..ބަނޑަށްށޭ..އެން ބޮލަކަށްވެސް ނޫން އިނގެ.” ޔުއާން ބުނެލި ބަސްތަކުން ހިތް އަވަސްވެފައ ހުރެވެސް ދިމްރާއަށް ހެވިއްޖެއެވެ.
” ޔާ! ދެޓްސް މައި ގާލް..ބައިދަވޭ އަހަރެންނަށް ބުނެވުންތަ އަހަރެންގެ ޕްރިންސެސް މިރޭ ވަރަށް ލޯތްބޭ.” ޔުއާން ދިމްރާގެ ނިއްކުރީގައި އޭނާގެ ނިއްކުރި ޖައްސާލަމުން އިޝްގީ ގޮތަކަށް ބުނެލިއެވެ.އޭރުވެސް ޔުއާންގެ ދެއަތް ދިމްރާގެ އުނަގަނޑުގައި ވަށާލެވިފައިވާއިރު ދިމްރާގެ ދެއަތް ވަނީ ޔުއާންގެ ދެކޮނޑުގައި ބާއްވާލާފައެވެ.
” އެހެމް އެހެމް! މިހާރު ހުއްޓާށޭ ކިޔާތާ ކޮންއިރެއް.. ލަވަވެސް ނިއްވާލައިފި..ދެން މި ދުނިޔެއަށް ފައިބަން އުޅޭ..ދިމް އަހަރެން ބުނީމޭނުން ޔުއާން އާ ވަރަށް މީޓް ކޮއްލާ ހިތްވެޔޭ..އެނގޭތަ ކީއްވެގެންކަން..އެއީ އަހަރެންނަށް އެނގޭ ޔުއާންގެ ސްޓައިލް ހުންނާނީ މިހެންކަން.” އަރްޖޫ މިހެންބުނެ ހިނިގަނޑެއް ޖަހާލުމުން ޔުއާންގެ ތުންފަތަށްވެސް ހިނތުންވުމެއް ވެރިވެގެން ދިޔައެވެ.
އަދި އެއާއިއެކު ފެނުނީ އަރްޖޫގެ ބޮލުގައި ޔުއާން މަޑުމަޑުން ޖަހާލިތަނެވެ.އެއާއިއެކު އަރްޖޫގެ ހުނުން އެއްފަހަރުމަތިން ހުއްޓިގެން ދިޔައިރު ދެން ފެނުނީ ޔުއާންއާއި ދިމްރާ ހީގަތްތަނެވެ.
“ސޯ ދެން އޮތީ ހަކުދިންނަށް އޮތް ސަޕްރައިޒްއެއް.” ސިނާ ގާތްގާތުގައި ތިބި ދިމްރާއާއި ޔުއާންއާއި ދިޔާންއާއި އުޝާއާއި އަދި ޝާރިމްއާއި ރީމްއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.އެއާއިއެކު ދިމްރާއާއި ޔުއާންގެ ހިނިތުންވުން އެއްފަހަރު މަތިން ފިލައިގެން ދިޔަތަން ފެނުނެވެ.
“ދޮންބެދައްތާ! އައި ހޭޓް ސަޕްރައިޒެސް..ކިތައް ސަޕްރައިޒް ދޭން ރާވައިގެންތަ ތި އުޅެނީ.”
“ބައިވަރު..އެން ދައްތަމެން ދޭ ސަޕްރައިޒް ބޯރިންއެކޭ ގައިމުވެސް ނުބުނެވޭނެ..” ދިމްރާ މޫނު ހަދާލާފައި ކުރި ސުވާލަށް ޖަވާބުދިނީ ޒީނަތުއެވެ.އެވެސް އެ ހަކުދިންގެ އަތަށް ޕާރުސަލްކޮއްފައި އޮތް ފޮއްޓެއް ލައިދެމުންނެވެ.
” ތި ގުރޫޕް ހުރިހާ ކުދިންނަށް ހައްގުވާ އެއްޗެއް މިދިނީ. ސޯ މިގަޑީ ކަނޑާފަ ބަލާބަލަ.” ދެންވެސް ވާހަކަދެއްކީ ޒީނަތުއެވެ.ޒީނަތު އެހެން ބުނުމުން އެހަމީހުން ވާނުވާ ނުވިސްނިފައި ތިބެވެސް އެ ކަނޑާލިއެވެ.ހުރިހާ ކުދިންނަށް ލިބުން ޕާރުސަލުގައިވެސް އޮތީ އެކައްޗެކެވެ.ތާރީހެއް ޖަހާލާފައި އޮތް ހަތަރެސްކަން ބިއްލޫރިކޮޅެކެވެ.ފާހަގަ ކޮއްލެވޭ ތަންކޮޅަކީ ހުރިހާ ކުދިންނަށް ލިބިފައިވާ ބިއްލޫރިކޮޅުގައިވެސް އެއް ތާރީހެއް ވާކަމެވެ.ނަމަވެސް އެއީ ކޯއްޗެއް ކަމެއް ކީއްކުރާ އެއްޗެއްކަމެއް އެ ހަމީހުންކުރެ އެކަކަށްވެސް ނޭނގުނެވެ.ކުރިމަތީ ތިބި އެންމެންނާ ދިމާލަށް އެވެރިން ސުވާލު އުފެދިފައި ހުރެ ބަލައިލީ އެހެންވެއެވެ.އެ ކޯއްޗެއްކަން ބުނެދޭށޭ ބުނާ ފަދަޔަކުންނެވެ.
” ސަޕްރައިޒް..ތިއީ ތި ހަކުދިންގެ ވެޑިން ޑޭޓް” ސިނާ ފުޅާ ހިނިތުންވުމަކާއިއެކު ބުނެލިވާހަކައިން ފެނުނީ އެހަމީހުންގެވެސް ދެލޯ ބޮޑުވެގެން ދިޔަތަނެވެ.
” މިހާރު ހުރިހާކަމެއް ފައިނަލް ކޮއްފިން..ރީމްގެ ފެމެލީއާވެސް އުޝާގެ ފެމެލީއާވެސް ވާހަކަ ދައްކައިފިން ދައްތަމެން..ތި ކުދިންނަށް އެންމެ ހައްގުވާ ހަދިޔާއަކަށް ދައްތަމެނަށް ވިސްނުނީ މި ހަދިޔާ..މިއަށްވުރެ އުފާވެރި ބޭނުންވާ ހަދިޔާއެއް ތި ހަކުދިންނަށް ދެން މިނޫނީ ދެވޭނެ ހެންނެއް ހިއެއްނުވޭ..ތި ތާރީހަށް ޑޭޓް މި ފިކްސްކުރީ އެއީ އުޝާއާއި ރީމް ކިޔަވާ ނިމިފައި ތިބޭނީ އޭރަށްކަމަށް ވީތި..ސޯ ސަޕްރައިޒް ކިހިނެއްވަނީ.”އެ ހަކުދިންނަށް ވެފައިތިބި ގޮތުން އެ އެންމެންގެ ގާތަށްވެސް ތިބީ ހިނިއައިސްފައެވެ.އެ އެންމެން ބޭނުންވި ކުލަވަރުތައް އެ މޫނުމަތިން ފެނުނީތީ އެ އެންމެންވެސް ތިބީ އެކަމާ އިންތިހާއަށް އުފާވެފައެވެ.އެއީ އެމީހުން ބޭނުންވިވެސް ގޮތެވެ.އެ ހަކުދިންނަށް ހީނުކުރާވަރު ހަދިޔާއެއް ދީގެން ރަނގަޅަށް ވެސް ސަޕްރައިޒް ކޮއްލަން އެމީހުން ބޭނުންވިއެވެ.އެކަން ރަނގަޅަށްވެސް ވެއްޖެއެވެ.
އެހަކުދިން ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.ދުލުން ބަހެއް ނުނިކުތްއިރު އެ ހަމީހުންނަށް ކުރެވުންހާވެސް ކަމަކީ އެމީހުންގެ ބައިވެރިއެއްގެ ގައިގައި އުފާވެފައި ބައްދާލުމެވެ.ހަމީހުންނަށްވެސް ހީވީ މުޅި ދުނިޔެ މިލްކު ވީ ހެންނެވެ.ލިބުނީ އެހާވެސް ބޮޑު އުފަލެކެވެ.މުޅި ދުނިޔެ މިލްކުވިޔަސް އެވީ އުފާ ވާނެކަމެއް ނޭނގެއެވެ.ވާނީވެސް އެހެންތާއެވެ.ރެޔާ ދުވާލު އެވެރިން ވަގުތު ގުނާލަ ގުނާލަ ތިބީ އެދުވަސް އަންނާނެ ދުވަހެއްގެ އންތިޒާރުގައެވެ.އެ ދުވަސް އެހާ ދެކެން ބޭނުންވެފައި ހުރެވެސް އެހާއަވަހަށް އެދުވަސް ދެކެން ލިބިދާނެކަމަށް އެމީހުން ހީކޮއްފައެއްނެތެވެ.އެހާވެސް އެމީހުން ތިބީ އަމިއްލަ ލޯބިވެރިޔާގެ ހައްގަކަށް ވާން ބޭނުންވެފައެވެ.އަމިއްލަ ލޯބިވެރިޔާ އަމިއްލަ ހައްގަކަށް ހަދަން ބޭނުންވެފައެވެ.ހަގީގީ ލޯބިވާ ކޮންމެ މީހަކުވެސް އެންމެ ދެކެން ބޭނުންވާނެ ދުވަހަކީ އެއީކަން ގައިމެވެ.
އިރުކޮޅަކު ސަކަރާތްޖަހާލަން ތިބުމަށްފަހު ހަކުދިން އެންމެން ކައިރިން ހުއްދަ ހޯދައިގެން އެތަނުން ބޭރަށް ދިއުމަށް ހިނގައިގަތެވެ.އެހެނަސް ދިއުމުގެ ކުރިން ދިމްރާ އަރްޖޫގެ ކައިރިއަށް ގޮސް އަރްޖޫގެ ގައިގައި ބައްދާލިއެވެ.އަދި އެތައް އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ.އޭނާ އެތަނުން ނުކުންނަން ހިނގައިގަތީވެސް އަރްޖޫގެ ކައިރިއަށް ވަގުތު ލިބުންހާ އަވަހަކަށް ދިއުމަށް ވައުދު ވަމުންނެވެ.އޭރު ދިމްރާ ފެންކަޅިވެފައި ހުރެ ވާހަކަ ދައްކަމުން ދިޔައިރު އަރްޖޫ އެކަމާ ހެމުން ދިޔަ ނަމަވެސް އޭނާވެސް ހުރީ ފެންކަޅިވެފައެވެ.
ދިމްރާ ބޭރަށް ނުކުތްއިރު އެފަސްމީހުން ތިބީ އިންތިޒާރުގައެވެ.ޔުއާންއަށް މާގިނައިރު ކޮޅަށް ނުހުރެވޭނެތީ އޭރު ޔުއާން ކާރަށް އަރައިފިއެވެ.ދިމްރާ އައުމުން ދިމްރާއާއި އުޝާއާއި އަދި ދިޔާން ކާރަށް އެރިއިރު ޝާރިމްއާއި ރީމް އެރީ ސައިކަލަށެވެ.އެއަށްފަހު ދާން ބޭނުންވާ މަންޒިލާ ދިމާލަށް އެމީހުން ދަތުރުފެށިއެވެ.
“ސޯ ކޮންތާކަށް މިދަނީ” ފުރަތަމަވެސް ވާހަކަ ދެއްކީ ފަހަތު ސީޓުގައި ޔުއާންގެ ކައިރީ އިން ދިމްރާއެވެ.
“ދިމްއަށް އަޅެ ދަސްނުވި ބައެކޭނުން ތި..ކެތްތެރިވުމުގެ ބައި” ދިޔާން ދެފަރާތަށް ބޯ ހޫރުވާލަމުން މަޖާ ރާގެއްގައި އެހެން ބުނުމާއިއެކު ފެނުނީ ދިމްރާ ދިޔާންގެ ބޮލުގައި ފަހަތުން ޖަހާލިތަނެވެ.
“ހޭ!ދިމްއަކަށް އަދި އަހަރެން ހުއްދައެއް ނުދެމޭ ޔާން ބޮލުގަ ޖަހާކަށް”
“އޯ.އެމް.ޖީ..ޔާން މިހާރު މައިގެ އުޝާވެސް ހަލާކު ކޮށްލީ ދޯ” ދިމްރާއަށް އުޝާ ދިޔާންގެ ދިފާއުގައި ވާހަކަ ދެއްކީތީ ގަބޫލު ކުރަންދަތިވެފައި އިނދެ ބުނެލެވުނީ އެހެންނެވެ.އެއާއެކު ދިޔާން ދިމްރާގެ ކޮނޑަށް އަތް ވައްޓާލާ އޭނާ ކައިރިއަށް ގެންނަމުން ހޭންފެށިއިރު ދިޔާންއާއި އުޝާވެސް ހޭން ފަށައިފިއެވެ.
ދިޔާން ގޮސް ކާރު ޕާކް ކޮށްލީ އެތިންމީހުން ކުރީގައިވެސް ރޭގަނޑު އެކަނިވެރި މާޙައުލަކަށް ދާން ގަސްތުކުރާ ކޮންމެ ފަހަރަކުވެސް ގޮސް އުޅޭ މާޙައުލަށެވެ.އެއީ ދާނިޝްގެ އޮފީހުގެ ފަހަތުގައި އޮންނަ ބޮޑު ބަގީޗާއެއްކަހަލަ ތަންކޮޅެކެވެ.އެ ހަތަރު މީހުން ކާރުން ފައިބެގެން އައިސް އޮފީސް ދޮރު މައްޗަށް ހުއްޓުނުއިރު ޝާރިމްއާއި ރީމްވެސް އެތާ މަޑުކޮށްލައިގެން ތިއްބެވެ.އެއާއެކު އިތުރަށް ވަގުތު ބޭކާރު ކުރަން ނުހަދާ އެމީހުން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.ޑިއުޓީގައި އެވަގުތު ހުރި ވޮޗަރު މީހާއަށްވެސް އެމީހުން ފެނުމުން ހުއްޓުވަން ނުހެދީ އެއީ އަބަދުގެވެސް އާދައަށްވީމައެވެ.
ކުރިއަށް ހިނގަމުން ދިޔައިރު ޔުއާންގެ ގައިގައި އެއްކޮޅުން ދިޔާން ހިފަހައްޓާލައިގެން ހުރިއިރު ދިމްރާވެސް ހުރީ މަޑުމަޑުން ޔުއާންގެ ގައިގައި ހިފަހައްޓާލައިގެންނެވެ.
“އަޅެ ކީއްވެތަ ގެއަށް ނުގޮސް މިތަނަށް ތިއައީ..އަދި ޔުއާން އެހާ ފިޓެއް ނުވާނެޔޭ ޔުއާންއަށް މިހާރު ޔުއާން ރަނގަޅުހެން ހީވިއަސް” ދިމްރާ އެހެން ބުނެލިއިރުވެސް އެއަޑުގައިވި ކަންބޮޑުވުމުގެ އަސަރު އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ.
“އަހަރެންވެސް ބުނީމޭ ތިހެން..އެކަމު އާން ބޭނުމެއްނުވި ގެއަށް ދާކަށް..އެނދުގަ އޮންނަންވެއްޖެއްޔާ ބަލި ބޮޑުވާނެއޯ ބުނީ” ދިޔާންގެ ޖަވާބުން ދިމްރާ ދެފަރާތަށް ބޯ ހޫރާލަމުން ޔުއާންގެ މޫނަށް ބަލައިލިއިރު ޔުއާން ފެނުނީ ލުއި ހިނިތުންވުމެއްވެރި ކޮށްލަމުން އެއްލޯ މަރާލިތަނެވެ.އެއާއެކު ވަގުތުން ދިމްރާއަށް އިސްދަށަށް ޖަހާލެވުނީ ލަދުންނެވެ.
އެ މާހައުލަށް ދެވުމާއިއެކު ދިމްރާމެނަށް ހީވީ ކުޑަވަރެއްގެ ޕާކަކަށް ވަދެވުނުހެންނެވެ.ދެފަރާތުން ދެމަގު ހުރިއިރު ދެން ވަށައިގެން އޮތީ ހުސް ގަހެވެ.ކުދި ފިތުރޯނު ގަސްތަކާއި ބޯށިގަސްކަހަލަ ގަސްތަކެވެ.ބަގީޗާ ގަސްތަކުގެ އިތުރުން މޭވާ ގަސްގަސްވެސް ފުދޭ ވަރަކަށް ހުއްޓެވެ.އެކި ކުލައިގެ އަލި އެކި ހިސާބަށް އަޅުވާފައި ހުރިއިރު މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ.ދިމްރާމެން އެންމެ އާޝޯހު ކުރުވީ ދެމަގު ނިމޭ ހިސާބުގައި ފެންއަރުވާ ވަޑާމެއް ހުރިއިރު އެކިކަހަލަ ކުދި މާގަސްތަށް އެތަން ވަށައިގެން އިންދާފައި ހުރީމައެވެ.އަދި އެ ފެންގަނޑު ރީއްޗަށް ފެންނަ ހިސާބުގައި ހިޔާކޮށްފައި ހުރި ތަންކޮޅުގައި ސޯފާތަކެއް ބަހައްޓާފައި ހުރިތަން ފެނުނީމައެވެ.އޮފީސް އިމާރާތެއްގެ ތެރޭގައި މިފަދަ ފުރިހަމަތަނެއް ހުންނާނެ ކަމަށްވެސް ހީކުރާނީ ކާކު ހެއްޔެވެ؟
އެ ހަމީހުން އެ މާޙައުލުގެ ހަމަހިމޭންކަމާއި ހިތްގައިމުކަމުން އުފާ ހާސިލް ކުރަމުން އެތާ ހުރި ސޯފާތަކުގައި އިށީންއިރު އެންމެންވެސް އެންމެ އަޅައިގަތް ކަމަކަށްވީ އެތަނަށް ދެމުން ދިޔަ ހަނދުގެ ހަނދުވަރެވެ.ސާދަ ފަނަރައިގެ ރެއެއްގެ ހަނދު ކިހާ ފުރިހަމައެއްވާނެތާއެވެ.އެހެންމެ ވަށައިގެންވާހާ ގަސްތަކެއްގެ ހިޔަނި އެޅިފައިވާއިރު ބިރު އިހްސާސްވުމުގެ ބަދަލުގައި އެކަމުންވެސް އެވެރިންގެ ހިތްތަކަށް ލިބިގެންދިޔައީ އުފާވެރިކަމެވެ.
އެތާ އިށީންދެލައިގެން ތިބިއިރު އެންމެންގެ މޫނުގައިވެސް ހިނިތުންވުމެއްވީއިރު އެ އުފާވެރި ހިނިތުންވުން އެ އެންމެންނަށްވެސް ހަޤީގީ ސިފައެއްގައި އިހްސާސްވެގެން އެދިޔައީ ހާދަ ދުވަހެއްގެ ފަހުންނެވެ.އެވެސް އެމީހުންގެ އެންމެ ގާތް ދެއެކުވެރިންވެސް ގުޅި އުފާވެރި ހިނިތުންވުމެއް އެދެކުދިންގެ ތުންފަތުގައިވެސް ވީތީއެވެ.އެ އެންމެން ދެކުނު ފޮނި ހުވަފެން ހަޤީގަތަކަށް އެވީ އަދި ކިރިޔާއެވެ.ވީއިރު އެމީހުން އުފާ ނުވާނެ ހެއްޔެވެ؟އެ ޤުރޫޕު ބާއިބާއިވުމުން ސަލާމަތްވީއިރު އެކަމާ އުފާ ނުވެ ދާނެ ހެއްޔެވެ؟
“ނައު ޤުރޫޕު ފުރިހަމަވީމަ ހާދަ އުފާވެއްޖެއޭ. މިއޮއްހާ ދުވަހު ދެކެން ބޭނުންވި ދުވަހަކީ މީ” ރީމް ހުވަފެނީ ގޮތަކަށް ހިނިތުންވެލަމުން ބުނެލިއެވެ.އޭރު ކައިރީ ތިބި ދެންތިބި މީހުންގެ ތުންފަތުގައިވެސްވީ ހަމަ އެފަދަ ހިނިތުންވުންތަކެކެވެ.
“އެހެންތަ ތިހާ ހެޕީވެފަ ތިބިއްޔާ ހިނގާބަ ޕްރޮމިސްއެއްވާން..އެއީ އަބަދުވެސް އުފާވެރިކަމެއްވިޔަސް ހިތާމަވެރިކަމެއްވިޔަސް އެކަކު އަނެކަކަށް އިތުބާރުކޮށް ބަދަލުނުވެ މިގޮތުގައި ތިބުމަށް ވާ ޕްރޮމިސްއެއް..ސޯ..ޕްރޮމިސް” ދިމްރާ އޭނާގެ އަތް ހުޅުވާލާފައި ހުރި ދިމާލަށް ވާގޮތަށް އެއަތް ދިއްކޮށްލަމުން ބުނެލިއެވެ.
އެއާއެކު ފެނުނީ ފަހަރަކު މީހަކު “ޕްރޮމިސް” އޭ ކިޔާ އެމީހެއްގެ އަތްވެސް އެކަކުގެ އަތްމަތީ އަނެކަކުގެ އަތް ބާއްވާލިތަނެވެ.ދިމްރާގެ އަތްމަތީ ޔުއާންގެ އަތް ބާއްވާލިއިރު ޔުއާންގެ އަތްމަތީ އަތް ބާއްވާލީ ދިޔާންއެވެ.އެއާއެކު ދިޔާންގެ އަތްމަތީ އުޝާގެ އަތް ބާއްވާލިއިރު އުޝާގެ އަތްމަތީ އަތް ބާއްވާލީ ރީމްއާއި ޝާރިމްއެވެ.
އެގޮތުގައި އެހަމީހުން އެކަކު އަނެކަކާ ސަކަރާތްޖަހަން އިރުކޮޅަކު ތިބިއިރު އެތަނުން ތެދުވީވެސް ދިޔާންމެން އެކަނިވެރި މާޙައުލަކަށް އިރުކޮޅަކަށް ގޮސްލުމުގެ ނިޔަތުގައެވެ.
“ވެއިޓް!ދިމް ކޮންތާކަށް ދާން ތިއުޅެނީ” ދިޔާންއާއި އުޝާއާއި އަދި ޝާރިމްއާއި ރީމްއާއި ތެދުވެގެން ހިނގައިގަތުމާއިއެކު ދިމްރާވެސް ތެދުވީ އެ ހަތަރުމީހުންގެ ފަހަތުން ދާން ވެގެންނެވެ.ނަމަވެސް ނުދެވެނީހެން ޔުއާން ދިމްރާގެ އަތުގައި ހިފަހައްޓާފައި އެހެން ބުނެލިއެވެ.
“ކޮންތާކަށްހޭ..އެމީހުންނާއެކުއޭނުންތަ މިދަނީ”
“މިހުރި ކުޑަކުޑަ މޮޔަޔާ..އެކުދިން އެދަނީ އެކަނިވެލަންވެގެންކަމެއް ނުވިސްނޭތަ”
“އަޅެ އެކަނިވާން ދާނެތަ އެ ހަތަރުމީހުން އެއްކޮން..ޔުއާން މާ މޮޔައެއްނު” ހީވީ ދިމްރާ އެހެން ނުބުނެފައި ހުރި ހެންނެވެ.ފެނުނީ ދެބައިމީހުން ދެމަގަށް އެޅިތަނެވެ.އެ މަންޒަރު ފެނުމުން ދިމްރާއަށް ރަކިވެފައި ލޯ މަރާލުމަށްފަހު ނިއްކުރި މަތީ އަތުންވެސް ޖަހާލެވުނެވެ.އޭރު ޔުއާންގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއްވިއެވެ.
“އާރގްގް!!ހޭން ބޭނުމިއްޔާ ތިހެން ނުއިނދެ ރީއްޗަށް ހީ ބަލަ..އަހަރެންނަށް ހެވޭ ހެއުނަސް” ދިމްރާ މޫނު ހަދާލަމުން އަނބުރާ އައިސް ޔުއާންގެ ކައިރީ އިށީނެވެ.އެއާއެކު ޔުއާންގެ އަނގައިން މަޑު ހީލުމެއްގެ އަޑު އިވިގެން ދިޔައެވެ.
“ދިމްއަށް ހާދަ ނުވިސްނެއޭ ދޯ..މިކަހަލަ މާޙައުލަކަށް އާދެވުނީމަ ކާކު ލޯބިވެރިޔާއާއެކު އެކަނިވެލަން ބޭނުންނުވާނީ..ހަނދުވަރު އެހާދޭ ރީތި ރެއެއް..ހަމަހިމޭން ހިތްގައިމު މާޙައުލެއް..ވީއިރު ލޯބިވެރިޔާ ގޮވައިގެން ހުވަފެނީ ދުނިޔެއަކަށް ދާން ބޭނުން ނުވާނީ ކާކު؟”
“ޔުއާން ކޮންއިރަކުތަ ޝާއިރީ ބަސް ދަސްކުރީ..ރެން ބުނާހެން އަހަރެންނަށްވެސް ހީވަނީ ޔުއާން ސިއްރުން ފޮތްފޮތް ކިޔާ ދަސްކުރަނީހެން..ސޯ ބުނެބަލަ ކޮންއިރަކުތަ ދަސްކުރަންފެށީ”
“ދަސްކުރީއެއް ނޫން..ދިމް އަހަރެންގެ ހަޔާތަށް އާއި ދުވަހު އަހަރެންނަށް މިހުރިހާ އެއްޗެއް އަމިއްލައަށް ދަސްވީ..ދިމް!..ލޯބި ވީމަ އެބަސްތަށް އަމިއްލައަށް އެނގިގެންދޭ..ދަސްކުރާކަށް ނުޖެހޭނެ އެހިސާބުންނެއް..މި ލޯތްބަކީ ހަމަ ޖާދުލެއް ބައެއްފަހަރު..އަހަރެންގެ ހަޔާތަށް ދިމް އާއި ދުވަހު މިހުރިހާ އެއްޗެއް އަމިއްލައަށް އަހަރެންނަށް ދަސްވީ..ސޯ އަހަރެންނަށް މިހުރިހާ އެއްޗެއް ދަސްކޮށްދިނީ ދިމް..ނޫނީ ދިމްއަށްޓަކާ އަހަރެންގެ ހިތުގަ އުފެދުނު ލޯބި” ޔުއާން ލޯބިން ފުރިގެންވާ އަޑަކުން އިއްވާލި ބަސްތަކުން ދިމްރާގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނީ ކޮންއިރަކުކަމެއް ދިމްރާއަކަށްވެސް ނޭނގެއެވެ.
“ލަވް ޔޫ ޔުއާން..ލަވް ޔޫ ސޯ މަޗް” ދިމްރާއަށް ކުރުވި އަސަރުގައި އެހެންބުނެ ޔުއާންގެ ގައިގައި ބައްދާލެވުނު ގޮތްވެސް ނޭނގުނެވެ.އެވަގުތު ޔުއާންގެ ޒަހަމްގެ މަތިންވެސް އެކުއްޖާ ހަނދާނެއްނެތެވެ.ޔުއާންއަށް ދިމްރާގެ އެ އަމަލުން ތަދު ކިތަންމެ ވަރަކަށްވެސް އިހްސާސްވިއެވެ.ނަމަވެސް ދިމްރާ ދުރަށްލުމުގެ ބަދަލުގައި އަދި އޭނާވެސް ދިމްރާ ބޮޑަށް އޭނާގެ ގައިގައި ޖައްސާލާ އެދެއަތް ދިމްރާގެ ގައިގައި ވަށާލީއެވެ.
އެތަދަށްވުރެވެސް ދިމްރާ އެދެއަތުގެ ތެރޭގައި ބަހައްޓަން އޭނާ ބޭނުންވީއެވެ.އެކުއްޖާ އެދެއަތުގެ ތެރެއަށް އޭނާވެސް ގެންނަން ބޭނުންވެފައި ހުންނަތާ ކިތަންމެ އިރެކެވެ.ވީއިރު ދިމްރާ އަމިއްލައަށް އެދެއަތުގެ ތެރެއަށް އައުމުން އޭނާ ދިމްރާ ދުރަށްލާނީ ކިހިނެއް ހެއްޔެވެ؟އެފުރާނަ އޭނާގެ ގަޔާ ދުރަށްލުމަށްވުރެ އެތަދަށްވެސް އޭނާއަށް މާ ކެތްކުރެވިދާނެއެވެ.އެކަމަކު އެހާ ދުވަހަށްފަހު އަދި އެވެސް އުއްމީދު ކެނޑިފައި ހުއްޓާ އޭނާގެ ލޯބި ލިބިގެން ދިޔައިރު އޭނާ އެންމެ ލޯބިވީ ކުއްޖާ އަމިއްލަ ހައްޤަކަށް ވެގެން ދިޔައިރު އޭނާ ދުރުގައި ހުންނަން ބޭނުންވާނެ ހެއްޔެވެ؟އެވަގުތުގެ އުފާ ނުހޯދާ އޭނާ ހުންނަންވީ ހެއްޔެވެ؟
އޭނާގެ ހިތް ދިޔައީ އެވަގުތުގެ އުފާ އޭނާގެ ލޯބިވެރިޔާއާއިއެކު ހޯދުމަށް ގޮވަމުންނެވެ.އޭނާވެސް ބޭނުންވަނީ އެ އަންހެންކުއްޖާ ގޮވައިގެން އެހެން މީހުންނަށް ނުފެންނަ އަމިއްލަ ދުނިޔެއަކަށްދާށެވެ.އެކަމަކު އެއީ ވާނެ ކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ.އެހެން ދުނިޔެއަކަށް ނުދެވުނަސް އެކުއްޖާ އެހެނަސް އެކަލާނގެ އިރާދަފުޅުން އޭނާގެ އަމިއްލަ ހައްޤަކަށް ހަދާނެއެވެ.އެއީ އޭނާ އަމިއްލަ ނަފްސަށް ވާ ވައުދެކެވެ.ދެން އިތުރު އާމިލް އަދި މުނާޒަކަށްވެސް އޭނާގެ ދިމްރާ އޭނާއާއި ދުރަށްލިޔަކަ އޭނާއެއް ނުދޭނެއެވެ.
ދިމްރާ އެއީ އޭނާގެ ހައްޤެކެވެ.އެއީ އޭނާގެ އަނދިރި ދުނިޔެ ބަދަލު ކޮށްލި އިންސާނާއެވެ.ދުނިޔެއަކީވެސް އުފާވެރި ތަނެއްކަން ބުނެދިން އިންސާނާއެވެ.އުފަލާއި ހިތްހަމަޖެހުމަކީ ހޯދައިގެން ލިބޭނެ އެއްޗެއްކަން ބުނެދިން އިންސާނާއެވެ.އެ އިންސާނާއަށްޓަކައި އެހިތުގައި ލޯބިި އާލާވެފައިވަނީ އެހެން އިންސާނަކަށްވެސް އެލޯބި ބަދަލު ނުކޮށްލެވޭނެހާ ބޮޑަށެވެ.އޭނާއަށް ދިމްރާދެކެ ލޯބިވެވުނީ އެކުއްޖާގެ ރީތި ކަމަކުންނެއް ނޫނެވެ.އޭނާގެ ދިރިއުޅުން އުފާވެރި ކޮށްދިން އިންސާނާއަށް އެކުއްޖާ ވީތީއެވެ.އޭނާއަށް އަލިކަމުގެ ޒައްރެއްގެ މިންވަރުވެސް ދައްކައިދިން ކުއްޖާއަކީ ދިމްރާ ކަމުގައި ވީތީއެވެ.ލޯތްބަކީ ކޮބައިކަން ދަސްކޮށްދިން ކުއްޖަކީ ދިމްރާ ކަމުގައި ވީތީއެވެ.
ހަޤީގަތުގައި ޒީނަތު ދެއްކި ވާހަކަތަށް އޭނާވެސް ގަބޫލު ކުރެއެވެ.ދިމްރާއަކީ އޭނާގެ ހަޔާތް އުފާވެރި ކޮށްދެން އޭނާގެ ހަޔާތަށް އާއި އިންސާނެކެވެ.އެދެމީހުން އެދުވަހު ނުގުޅުމުގައި ހިކުމަތެއްވާކަން މިއަދު އޭނާއަށްވެސް ގަބޫލު ކުރެވިއްޖެއެވެ.އެދުވަހު އެދެމީހުން ގުޅުނުނަމަ ޔާނީއާއި އާމިލްގެ ސިއްރުތަކެއް ފަޅައެއް ނޭރީސް ކަންނޭނގެއެވެ.އެހެންނޫންނަމަ އޭނާގެ މަންމަ ބުނިހެން ލިބެންވާ ފުރިހަމަ އުފާވެރިކަމެއް އޭނާއަކަށް ދިމްރާއާއި ގުޅިގެން އުޅުނަސްވެސް ނުލިބުނީސް ކަންނޭނގެއެވެ.
“ހޭ!ކޮން ވޯލްޑެެއްގަ” ދިމްރާ ޔުއާންއާއި ދުރަށްޖެހިލާ އެހެން އަހާލީ ޔުއާން ބަހެއްވެސް ބުނެނުލާ އެ އިންގޮތަށް ދިމްރާގެ ގައިގައި ހިފަހައްޓާލައިގެން އިނީމައެވެ.
“މި ވިސްނާލީ އަހަރެންގެ ދިމް އެހާ ކިއުޓީ ކީއްވެބާއޭ؟” ޔުއާން އެއްމިޔަކަނުން ހީލާފައި އެހެން ބުނެލީ ދިމްރާގެ ގައިން އަތް ދޫކޮށްލުމަށްފަހު ދިމްރާގެ އުނގުގައި ބޯ އަޅާލަމުންނެވެ.އަދި އެއަށްފަހު އެދިގު ސޯފާގައި ރީއްޗަށް އޮށޯވެލާ އޭނާ ހަމަޖެހިލިއެވެ.
“ދެން މިހާރު އެނގިއްޖެތަ ކީއްވެގެންކަން”
“ހޫމް!އެއީ….އެއީ….”
“ދެން ޔުއާން އަހަރެން ނުތަޅުވާ ރީއްޗަށް ބުނަންވީ އެނގޭ”
“ހޫމް!އެއީ..އެއީ ޔުއާން ކިޔާ ހޭންޑްސަމް ބޯއީއެއްގެ ލައިފްއިން ޖާގައެއް ލިބުނީމަ..އަދި އެވެސް އެތައް ގާލްސްއެއް ފިދާވާ ބޯއީއެއް”
“އާރގްގް!!އަމިއްލައަށް ތިހާ ފޮނި ވާކަށް ނުވާނެ އެނގޭ” ދިމްރާ ބުމަ ގޮއްޖަހާލާފައި އެހެން ބުނެލީ އޭނާ ހީކުރިފަދަ އެއްޗެއް ޔުއާން ނުބުނީމައެވެ.އެއާއެކު ޔުއާން ފެށީ ހޭށެވެ.
“ޔުއާން!ސްޓޮޕް ލާފިންގް..ނޫނީ..”
“ހޫމް ހޫމް..ނޫނީ..”
“ނޫނީ ހުނުން ހުއްޓުވާލާނީ” ދިމްރާ މިހެންބުނެ ބޯ ގުދުކޮށްލާ ޔުއާންގެ ކޮލަށް ބޮސްދިނެވެ.އަދި އަވަސް އަވަހަށް ބޯ ނަގާ ތެދުކޮށްލަން މަސައްކަތް ކޮށްލިއެވެ.ނަމަވެސް ބޯ ހިއްލައިލި ހާއިރުން ޔުއާން އޭނާގެ ބޮލުގައި އޭނާއަށް ނުތެދުވެވޭނެހެން ހިފަހައްޓައިފިއެވެ.އަދި އެއަށްފަހު ޔުއާން އޭނާގެ ތުންފަތުގައި ބޮސްދިނުމާއިއެކު އެކުއްޖާގެ ދެލޯ ދިޔައީ ރަނގަޅަށްވެސް ބޮޑުވެގެންނެވެ.މުޅި ކުއްޖާއަށް ދިޔައީ ހުއްޓުމެއް އަރައިގެންނެވެ.އެ ޝޮކްގައި އޭނާ އިންދާ ޔުއާން ކުއްލިއަކަށް އޭނާގެ އުނގުމަތިން ބޯ ނަގާ ތެދުވެ އިށީންދެލާ އަނެއްކާވެސް ދިމްރާގެ މޫނުގައި ދެއަތުން ހިފަހައްޓާލާ އެ ތުންފަތުގައި ލޯބި ކޮށްލައިފިއެވެ.މިފަހަރު ނޭނގުމެއްތެރޭވިޔަސް ނުވަތަ އަމިއްލަ އިހްތިޔާރުން ބޭރުގައި ކަމުގައި ވިއަސް ދިމްރާއަށްވެސް ޔުއާންގެ އެއަމަލުގައި ބައިވެރިވެވިއްޖެއެވެ.
“ދިމް! އައި ލަވްޔޫ ސޯ މަޗް..ދިމް ހުންނަ ތާކު ކިތަންމެ ފުރިހަމަ އަންހެން ކުއްޖެއް ހުއްޓަސް އަހަރެންގެ ލޮލަކު އަޅައެއް ނުގަނެ..ދިމް ކިހިނެއްތަ ތި ހަދަނީ..ކީއްވެތަ އެހެން ގާލްސް ދިމް ހުންނަތާ ފަނޑު ކޮށްލަނީއެ..ހަމަ އަސްލަށްވެސް މި މޮޔަމޮޔަ ކުއްޖާދެކެ އަހަރެންނަށް ލޯބިވެވުނީދޯ” ޔުއާން އެހެންބުނެލީ ދިމްރާއާއި ދުރުވެލުމަށްފަހު އެ މޫނުގައި ދެއަތުން ހިފަހައްޓާލާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެއެވެ.
“މޮޔަމޮޔަ ކުއްޖެއްވިޔަސް ހެވޭނުން..ޔުއާންއަށް މިއޮތްބޮޑު ދުނިޔެއިންވެސް ތިފެނުނީ މި މޮޔަމޮޔަ ކުއްޖާ ވިއްޔަ ލޯބިވަން..ސޯ ވަރަށް ޕްރައުޑްވޭ އަމިއްލަ ނަފްސަށް މިހާރު..ނުވެއެއް ނުދާނެއްނު ދޯ..އެތައް ގާލްސްއެއް ލޯބިވާ އަދި ބޭނުންވާ އަދުގެ މަޝްހޫރު ޔަންގް ބިޒްނަސް މޭން ވިއްޔަ އަހަރެންނާ ހެދި މިއުޅެނީ..އަދި އެވެސް ލޯބިވެގެން..ބައިދަވޭ އައި ލަވް ޔޫ މައި ހޮޓެސްޓް، ހޭންޑްސަމް،ރޫޑް އެން އެރޮގެންޓް ބިޒްނަސް މޭން…ހީހީ..” ދިމްރާ ކުޑަކުއްޖެއްހެން އެހެން ބުނެލިގޮތުން ޔުއާންގެ ހިނިގަނޑު ފަޅައިގެން ދިޔައިރު ދިމްރާއަށްވެސް ޕަކަޕަކަ ލާފައި ހެވިއްޖެއެވެ.އެ ހުނުމުގައި ތިބެ ޔުއާން ދިމްރާ ގެނެސް އެ މޭގައި ލައްކޮށްލިއެވެ.
ދިމްރާގެ ގުދު އެމޭގައި ޖެހިފައިވާއިރު ޔުއާން އިނީ ދިމްރާގެ ދެކޮނޑުގައި އަތް ވަށާލައިގެންނެވެ.އެ ހުނުމުގައި ތިބެ ދެމީހުން ކުރިއަށް ބަލައިލިއިރު އުފާވެރި މޫނަކާއިއެކު އެދިމާލަށް އަންނަމުންދިޔަ ހަތަރު ރަހުމަތްތެރިން އެދެމީހުންނަށް ފެނުނެވެ. އެވެސް އެމީހެއްގެ ލޯބިވެރިޔާގެ އަތުގައި ހިފާލައިގެންނެވެ.
“މި އެންމެންގެ މި އުފާވެރިކަން އަބަދަށް ލެއްވުމަށް އަހަރެން އަބަދުވެސް ދުއާ ކުރާނަން..މިހާރު އަހަރެންވެސް ދެކެން ބޭނުންވަނީ މި ގުރޫޕު ބާއިބާއި ނުވެ އަހަރެމެން އެއްމެން އެމީހެއް ބޭނުންވާ މީހެއްގެ ހައްޤަކަށް ވެގެންދާ ދުވަސް ދެކެން..އެއީ މި ގުރޫޕުގެ އެންމެ އުފާވެރި ދުވަހަށް ވާނެދޯ”
“ހޫމް!ފަސްޓު ޑިސެމްބަރ..ހުރިހާ އެންމެންގެ އެންމެ ބޮޑު ޑްރީމް ފުރިހަމަވާނެ ދުވަސް” ޔުއާން މިހެންބުނެ ހިނިތުންވެލިއިރު ދިމްރާގެ ތުންފަތުގައިވެސް ހަމަ އެފަދަ ހިނިތުންވުމެއްވިއެވެ.
“ހާދަ ހީީވެޔޭ އަހަރެމެންނޭ ކިޔައިގެން ކިޔާހެން”
“ހޫމް!އެންމެން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ ވާހަކަ މިކިޔަނީ”
“ޔާ..ސޯ ޓްރޫ..މި ގުރޫޕު ކޮންމެ މީހެއްދެކެވެސް މިތާ ތިބި އެންމެންވެސް ލޯބިވާނެކަން ޔަޤީން” ދިޔާންވެސް ދިމްރާމެން ކައިރީ އިށީންދެލާ އުޝާ ގެނެސް އޭނާގެ އުނގަށްލަމުން ބުނެލިއެވެ.އޭރު ޝާރިމްވެސް ރީމް ގެނެސް ކައިރީގައި ބައިންދާ އެމޭގައި ލައްކޮށްލައިފިއެވެ.
ބަލައިލަން ކިތަންމެހާވެސް ފުރިހަމަ މަންޒަރެކެވެ.ހަ ލޯބިވެރިން އެއްތާކު ގާތް ގާތުގައި ވީއިރު އެ އެންމެންގެ މޫނުމަތީގައިވީ ހިނިތުންވުމުން މަންޒަރު މާބޮޑަށްވެސް ފުރިހަމައެވެ.އެ އުފާވެރިކަމާއި އެ ގާތްކަމުގައި އެ އެންމެން އަބަދުވެސް ލެއްވުމަށް އެ އެންމެންވެސް ހިތާހިތުން އެވަގުތު ދުއާ ކޮށްލިއެވެ.އެމީހުންގެ ލޯބިވާ ގުރޫޕާއި އެމީހުން ލޯބިވާ ބައިވެރިޔާވެސް އަބަދުވެސް ގާތުގައި އުފާވެރިކަމާއިއެކު ބަދަލުނުވެ ލެއްވުމަށްވެސްމެއެވެ.
“ވީ ކަމެއް ވީ..އުފާވެރި ނޫނަސް އެވެސް އިބްރަތެއް ކަމަށް އަހަރެން ގަބޫލުކުރަން..ސޯ ހުރިހާ ހިތާމައަކާ އުފާވެރިކަމެއް ޝެއާ ކުރަމުން އަލުން ފަށަން އަހަރެން ބޭނުން..ކުޑަކުޑަ ޑިމީ ފަދައިން ބޮޑު ޑިމީވެސް އަހަރެންގެ ހަޔާތަށް އުމުރަށް ބޭނުން..ދެން އިންޝާﷲ އެއްވެސް ހާލެއްގަ ދުލެއް ނުކުރާނަން..ލަވް ޔޫ މައި ގާލް” ޔުއާން މާނައިން ފުރިފައިވާ ބަސްތަށް ބުނަމުން ދިމްރާގެ ކަރުގައި ދިމްރާއަށްޓަކައި އޭނާ ގެންގުޅުނު ހާއްސަ ފަށް ދިމްރާގެ ކަރުގައި އަޅުވާލިއިރު ކައިރީ ތިބި ހަތަރު މީހުންގެ މޫނުމަތީ ވަނީ އުފާވެރި ހިނިތުންވުމެކެވެ.
14870 Comments
Comments are closed.
AKI
June 16, 2017 at 9:27 pmhama bala bala huta thikohlee
AKI
June 16, 2017 at 10:05 pmalhey mirey first ???libunee dho mi…. v reethi mi part ves ???
ithoo
June 18, 2017 at 3:24 pmHehehe..thanxx my dear???
Amin
June 16, 2017 at 9:27 pmWoww
ithoo
June 18, 2017 at 3:26 pmThanxx dear???
Aisha
June 16, 2017 at 9:28 pmAisha kithah vana?
Aisha
June 16, 2017 at 11:54 pmithoo dollzz Nimuny tha? Aisha want one more part!!! atleast wedding nd honeymoon genes dheyn vnu???
ithoo
June 18, 2017 at 3:27 pmFahu baai ga innaaneynun dear a baai thah????
shabby
June 16, 2017 at 9:28 pmalhey ithoo dear…story up veythoa bala balaa hama mi iny..adhi nuves kiyan..kiyaalaafa commenteh kohlhaanan ingey…
shabby
June 16, 2017 at 9:59 pmithoo story nimuny dhww…ithooge next storyeh kiyan libeyny kn irakn…hehehe..BTW can’t forget about this story hehe…vvv reethi..n keep it up dear..hope vvv avahah ithooge next story kiyan libeynekamah…
ithoo
June 18, 2017 at 3:46 pmIn sha Allah adhi ithoo stry eh kiyaalan libeyne ingey..thanxx my dear so so much????
aish
June 16, 2017 at 9:30 pmAdhi nukiyan kiyaalaafa comment kohlaanan . . . . Thnks ithoo hama bala bAla hutta thi up kohlee
ithoo
June 18, 2017 at 3:47 pmHehe..wc dear n thanxx to u also so so much????
hajja
June 16, 2017 at 9:41 pmHe he kuree vaahaka up vefaa mioty
ithoo
June 18, 2017 at 3:48 pmThibuny keekey dear??
shafu
June 16, 2017 at 9:52 pmithoooooooooo…… nimuny tha vaahaka? mihaaru hithan araaa dhuvahakuves mi vaahaka nunimeynamaey……hehe….. vvvvvvvv reethi ………..
ithoo
June 19, 2017 at 8:45 pmYaa dww..thanxx my dearr???
Shy
June 16, 2017 at 9:53 pmAwwwwwwnnn!!!!! So cute!!!! May the six of them b together always… Mi story in engijje wat true love is… It is hard to explain but it is beautiful to feel… N mi bai vvvv emotional ingey… i cried kudakoh…?❤
ithoo
June 19, 2017 at 8:46 pmHehehe..dww…thanxx my dear so much????
Addu manje
June 16, 2017 at 9:54 pmVarah reethi mibai.. love it sooo much Ithoo.. ?
ithoo
June 20, 2017 at 3:43 amAwwh..thanx my dear so much????
???
June 16, 2017 at 9:55 pmAlhey nimuniii dw vvvvv rythi vaahakaige ninmun ????ithoo mathinn vvvv hadhainn vaane adhi mi vaahaka cess????
ithoo
June 20, 2017 at 3:45 amIthoo vx v miss vaane dear..n thanx thi dhin supportah dear..thanx a lot????
Princessss
June 16, 2017 at 9:56 pmWowwww …. Alhey haadha reecheyy ..مشا الله . EKM nimuni dhww . Adhive beynumeh noon nimmaakah . Aleyy varah miss vaane mivaahaka mathin ……. ???.
ithoo
June 20, 2017 at 3:46 amIthoo vx v sad vefa mihury..ekamu vx stry eh thaa dww dear..thanx so much my dear????
???
June 16, 2017 at 9:57 pmAlhey nimuniii dw vvvvv rythi vaahakaige ninmun ????ithoo mathinn vvvv hadhainn vaane adhi mi vaahaka vess????
ithoo
June 20, 2017 at 3:47 amIthoo vx v miss vaane dear..thanx so much dear????
?????
June 16, 2017 at 9:59 pmAlhey nimuniii dw vvvv rythi ninmunn☺ miss you ithooo????
ithoo
June 20, 2017 at 3:48 amAwwwh..miss u too my dear..n thanx a lot????
yaanaa
June 16, 2017 at 10:00 pmAle luv this so much e nimunnetha haadha reeche mi story yaanaa luv u ithoo n this beautiful story which made me so happy…..my wish is that plz write more stories ithoo???
ithoo
June 20, 2017 at 3:49 amAwwh..luv u too dear n thanxx so so much.. In sha Allah adhi dhimaavaane dww dearr????
????
June 16, 2017 at 10:02 pmIthoo maa avahah thi ninmy? adhi 2 ,3 baii nereba varah miss vaane ? mivaahaka mathinn ☺ithoo mathinn vess??
ithoo
June 20, 2017 at 3:50 amAwwhh..miss u too dear..thanx a lot aaluvx so much?????
Sheeby
June 16, 2017 at 10:06 pmNimuny tha??? V reeti story eh mee ithoo ge mi story ah v inthizaaru kurevey … thanks mihaa nice story eh kiyaalan libunythy
ithoo
June 20, 2017 at 3:52 amWc my dear..glad to know that..thanx my dear..thanx a lot????
Khadu
June 16, 2017 at 10:07 pm❤❤❤❤????
ithoo
June 20, 2017 at 3:53 am?????
Raashii
June 16, 2017 at 10:09 pmmaa sha allah. Girl, you are outstanding. This is an amazing story. I read lots of dhivehi stories. This one has reached to the top of my favorit list. I dnt want to compare you with any other writer coz everyone is different in their own style but i would say that this story proved your skill n knowledge. One word to describe “OUTSTANDING”
May ALLAH increase your knowledge n make your future bright, aameen.
Look forward for more interesting stories.
ithoo
June 20, 2017 at 3:55 amAwwh..really so so so happy to know that my dearr..aslu vx v happy vejje ithoo ge work appreciate kureethee..thanx a lot dear..n Aameen???????
who am i?
June 16, 2017 at 10:14 pmwow…..??? speachless ??❣❣❣
ithoo
June 20, 2017 at 3:56 amThanxx my dear..thanxx a lot?????
Adha?
June 16, 2017 at 10:28 pmVarah cute mi bai ves❤❤❤❤❤❤???❣❣❣❣
ithoo
June 20, 2017 at 1:00 pmThanxx my dear..thanx a lot????
Chum handi
June 16, 2017 at 10:32 pmoh my…. so loabi… bodu cmnt next part kiyaafa liyaanan….
ithoo
June 22, 2017 at 3:25 pmHehe..thanx dear??
Ummu Maleek
June 16, 2017 at 10:40 pmWow wow wow omg omg omg salhi ey……. v dhera nimeythee ekam v hiy gaimu… v hiy hama jehijje… v salhi ninmun genna goi…. god bless you my dear… nice going… luv u much ???????????????????????
ithoo
June 22, 2017 at 3:26 pmAwwhh..glad to know that..thanxx my dear..thanxx a lot????
Khajja
June 16, 2017 at 10:58 pmWow masha allah v v v rythi thank u sooooo much ithooo n lv uuuu sooooo much???????❤❤❤❤???
ithoo
June 22, 2017 at 3:27 pmAwwhh..wc my dear..n thanxx to u also so so much..ly tooo?????
mine
June 16, 2017 at 11:00 pm❤?? vvvvvv reethi ??
ithoo
June 22, 2017 at 3:28 pmAwwhh..thanxx my dear..thanxx a lot????
Juu
June 16, 2017 at 11:04 pmma sha allah ithoo haadha molhey n story varah nice…alhey story nimuny dhww varah sad story nimunyma…n ithoo i just want meet you mi story kiyan fesheehsure hama beynun vany ithoo aa meet kohlan…varah lwbi story eh mee…hope ithoo ge new story eh varah avahah kiyaalan libeyne kamah…varah miss vaane ithoo mathin.,,miss you big koh
ithoo
June 22, 2017 at 3:38 pmAwwhh..thanxx my dearr..alhe juu aa meet vaane gotheh neehnaanetha dear..fb use kurantha..In sha Allah adhi stry eh kiyaalan libeyne ingey..ithoo vx v v miss vaane..aslu vx..miss u too dearr?????
Someone
June 16, 2017 at 11:33 pmAlhey ithoo dear! Mi part varah emotional ? I cried kuda koh! And mi part ga dhim and yuan ge loabi loabi vaahaka thakun hama hevifa kudakoh roveny, I mean ufalun roveny ? I am so happy! And fahu bai kiyaafa varah dhigu koh comment kollaanan ingey ithoo dear ???
ithoo
June 22, 2017 at 3:40 pmAwwh…ehentha..hehe..ok..thanx my dear..thanx a lot????
Sugarplum
June 16, 2017 at 11:52 pmStory is awesome warah warah reethi ❤️but alhaagahna tha kolheh idhe dhim ge manma koba ! huriha muhihmu myhun e thaaga wee iru ky ve manma adhi bappa nethi
Her parents should be there actually
ithoo
June 22, 2017 at 3:42 pmAslu hurihaa kudhinge hurihaa aailaa eh ehvefaa oih vaahaka a nisbaih kury a gothah..reem ushaa n dhim ge family members vx aai vaahaka ah nisbaih kohfa..ehen faalhuga bunevifa nethy dww dear..n thanxx my dear..thanx a lot????
Shif
June 17, 2017 at 1:55 amYeah right enmenn ge vaahaka. Ai iru ves dhimge mom and dad vaahaka eh nei dhoa ehves hisaabeiga
ithoo
June 22, 2017 at 3:43 pmAslu hurihaa family eh nisbaih kohfa a iny dhimge mom men vx aai kamah nisbaih kohfa..??
sam♥
June 17, 2017 at 4:40 amwow wow wow wow wow…..sooooo cute … dhim n aaaan haaadhaey lobii dhwww …. alhey ithooge stry vvvvvvvvvv reeethii ..lovelyyy♥♥♥♥♥
ithoo
June 22, 2017 at 3:44 pmAwwhh thanxx sam..thanxx a lot..????
iru
June 17, 2017 at 4:42 amWow v v v nice mi partves
ithoo
June 22, 2017 at 3:44 pmAwwh..thanx dear..thanx a lot????
vaahaka kiyaa kuhjjaa
June 17, 2017 at 9:57 amabadhu heeheee thibey baeh … prrfff .. meehunaa inna hisaabah ai iru es vaahaka kiyaa iru sifa vanee 14 ,15 aharuge kudhinthakeh hen …
Aishath
June 17, 2017 at 3:15 pmYou are right..hehe
ithoo
June 22, 2017 at 3:46 pmAslu ithoo hama liyaa hihvanee ehen..bt aslu hama gaboolu kuran ingey..maa ginain egothah liyevifa hurikan??
Book Lover
June 17, 2017 at 3:02 pmIthoooooo
MI PART VES haadha cute ey!! Vvv loabi mi part ves…and 1st december akee my favourite kokko ge birthday..this year she is 12….hey wait…dhim ushaa adhi reem ge evves nuclear family meeheh naadheytha?? Ey hithah eri suvaalakee but mi part reethi kamun hama heevy loa mathin e manzaru thah sifa kurevun hen!! Woooww!!! ITHOOO….ALWAYS KEEP UP YOUR GOOD WORK!!!!!! LY!!!??
ithoo
June 22, 2017 at 3:48 pmHehe..ehentha..ithoo kokko ge vx brth day aee..thanx my dear..really happy to know that..thanx my dear..thanx a lot..ly too?????
gud girl
June 20, 2017 at 2:02 amsalhi
ithoo
June 22, 2017 at 3:49 pmAwwh..thanx my dear..thanx so much????