ގެއަށް ވަދުމާއެކު ރޫޔާ ގޮސް އޮށޯތީ ސޯފާ މަތީގައެވެ. އަތުގައި އޮތް ދަބަސް މޭޒުމައްޗަށް އެއްލައިލުމަށްފަހު، ސޯފާގެ ބާލީހުގައި ބޯ އަޅައި ދެލޯ މަރައިލިއެވެ. ސިފަވެގެންދިޔައީ ރަޒާނާއި ލަމްޔާ ވާހަކަ ދައްކަން އިން މަންޒަރެވެ. އެހެންނާ ދުވަހަކުވެސް ނުފެންނަ ޢަމަލެއް މިއަދު ރަޒާންގެ ފަރާތުން އޭނާއަށް ފެނުނެވެ. ލަމްޔާއާ ވާހަކަ ދެއްކިއިރު ގެންގުޅުނު މަޑުމައިތިރި ރާގާއި، ދޭތެރެއަކުން ބޮލުގައި ފިރުމައިލާ ފިރުމުންތައް ވެގެން ދިޔައީ އެނާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ ކަމަކަށެވެ. އެ ކުޑަ ހިނދުކޮޅު ތެރޭގައި، ރަޒާން ލަމްޔާ ގެންގުޅުނީ، ބައްޕައެއް ދަރިއަކަށް ލޯބި ދޭފަދަ ގޮތަކަށެވެ. ރަޒާންގެ ދަރިއެއް ދުނިޔޭގައި ހުރިނަމަ، އެ ދަރިފުޅަށް ރަޒާން ލޯބިދޭނީ ހަމަ އެހެން ހެއްޔެވެ؟
“އަހަރެން އިނދެގެން އުޅޭކަން ރޫޔާއަށް ޔަޤީންތަ؟”
ރަޒާންގެ ބަސްތައް އޭނާގެ ވިސްނުމުގައި ގުގުމަންފެށިއެވެ. އެ ސުވާލާއެކު އޭނާގެ ހިތްވެސް ވަނީ އެފުށް މިފުށަށް ޖެހިފައެވެ. ރަޒާން ކައިވެނިކޮށްގެން ކަމެއް، ވަރިކޮށްގެން ކަމެއް ނޭނގެއެވެ. އިތުރަށް އެއްޗެކޭ އަހަން އުޅުމުގެ ކުރިން، ރަޒާންގެ އެސިސްޓެންޓް ބިރެއް ފެނިގެން ނައިނަމަ، އޭނާއަށް އެސުވާލުގެ އަސްލު އެނގޭނެ ހެއްޔެވެ؟
ބޯ ގޮވާފައި ހުރިވަރުން ރޫޔާ އަނގަމަތީގައި ބާލީސްއަޅައި، ހަޅޭއްލަވަންފެށިއެވެ. ހިތް ފުރޭވަރަށް ހަޅޭއްލެވިއްޖެ ހެން އިހުސާސް ވުމާއެކު އޭނާ އެ ބާލީސް އެއްލައިލިއެވެ. ރަޒާން ވަރިވިޔަސް، ކައިވެނި ކޮށްގެން ހުރިޔަސް އޭނާއަށް ހެޔޮކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅުނަސް، އޭނާގެ ހިތުގައި ވަނީ އެހެން ވާހަކައެކެވެ.
“ދޮންތާ! ތީ ކޮންކަމެއް؟” ކޮޓަރިން ނިކުމެގެން އައި ރަހާ ޖެހިގެން ހުރި ސޯފާގައި އިށީންނަމުން އަހައިލިއެވެ. ރޫޔާ އުޅޭގޮތް ފެނިފައި އޭނާ ބޯ ހޫރައިލިއެވެ.
“ކޮންކަމެއް ހެން ހީވަނީ؟” އޭނާ ފޫހިގޮތަކަށް ބުނެލިއެވެ.
“ރަޒާންބެ؟” ރަހާ ވިސްނަން އިނދެފައި އަހައިލިއެވެ. ރޫޔާ ބޯ ޖަހައިލިއެވެ.
“މިއަދު ލަމްއާއި ރަޒާން ދިމާވި.. ޕްލޭ އޭރިޔާ ތެރެއިން.. ބުނި ލަމް ހޮސްޕިޓަލުން ޑިސްޗާޖުކުރާ ދުވަހު އަންނާނަމޭ ބުނި…” ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ހާމަކުރިއެވެ.
“ސީރިއަސްލީ؟؟..”
“ސީރިއަސްލީ!!”
“ވާވް.. ތަޤްދީރު ނިޔާކުރާގޮތް ބަލާބަލަ ނިކަން…” ރަހާގެ ތުންފަތަށް އަރައިފައި ހުރި ހިނިތުންވުން ފެނި ރޫޔާ ބޯހޫރައިލިއެވެ.
“ރަހާ.. ރަޒާން އަކީ ކައިވެނިކޮށްގެން ހުރި މީހެކޭ” ސޯފާއިން ތެދުވެގެން ރޫޔާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
“ދޮންތާ.. ހައަހަރު ވެއްޖެއެއްނު. ޔަޤީންތަ އޭނާ ހުރީ ކައިވެނިކޮށްގެން ކަން؟” ރަހާގެ ސުވާލުން ރޫޔާގެ އުނދަގޫވެފައިވާ ހިތް އިތުރަށް ބަރުވިއެވެ.
“މަށަށް ހެޔޮ އޭނާ ކައިވެނިކޮށްގެން، ވަރިވެގެން ހުއްޓަސް” އޭނާއަށް އެ ލޮތްބަށް އުންމީދުކުރުން ވީ އުނދަގޫ ކަމަކަށެވެ.
މައިދޮރު ހުޅުވުނު އަޑަށް ދެމީހުން އެއްފަހަރާ ބަލައިލީ ދޮރާ ދިމާލަށެވެ. ކޮތަޅެއް ހިފައިގެން ބަދިގެއަށް ވަދުނު އިސްމާޢިލް ފެނިފައި ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
“ބައްޕާ.. މާދަމާއަށް ކުކުޅު ތި ގެނައީ؟” އިސްމާޢިލް އަތުގައި އޮތް ކޮތަޅުން ފިނިކޮށްފައި ހުރި ކުކުޅުތައް ފެނިފައި ރޫޔާ އަހައިލިއެވެ.
“ހޫމް.. ބައްޕަ މާދަން ކައްކަން ވެގެން މިއުޅެނީ” އިސްމާޢިލް ހީލަމުން ބުންޏެވެ.
“އައްދެ.. ބޭބެގެ ބިރިޔަނީ ކާން ލިބެން ދޯ މިއުޅެނީ” ސޯފާއިން ތެދުވެގެން ބަދިގެ މޭޒުކައިރީ މަޑުކޮށްލި ރަހާ އިސްމާއިލަށް ބުމަ އަރުވައިލިއެވެ.
“އާނ.. ވަރަށް މީރުވާނެ. ސާޖިދާ މައިރާވެސް ގެންނަން ވާނެ.. ”
“ބައްޕަ.. ހަމަޖެހިލަބަލަ… ބޭސްކަންތަ ބަރާބަރަށް؟” ރޫޔާ އަހައިލިއެވެ.
“ބޭސް ދޯ.. ހޫމް… ބައްޕަ ހަނދާން ނެތިފައި މިހުރީ.. އެއް ބޭސް ހުސްވެފަ ހުރީ..” ރޫޔާގެ ދެބުމަ ގޮށްޖެހުނެވެ. އިސްމާޢިލަށް މަޑުކުރުމެއްނެތި އޭނާ ގޮސް ހިފީ، އިސްމާޢިލް ކޮޓަރި ދޮރުގައެވެ.
“ކޮންބޭހެއް؟” ރޫޔާ އިސްމާޢިލްގެ ކޮޓަރިއަށް ވަންނަމުން އަހައިލިއެވެ.
ރޫޔާގެ ފަހަތުން އެކޮޓަރިއަށް ވަދުނު އިސްމާޢިލް ގޮސް ހުޅުވީ، އެނދުކައިރީ ހުރި ކަބަޑެވެ. ބޭސް ސިޓީ ނަގައި ލިސްޓުން ބޭހަކަށް އިޝާރަތް ކުރަމުން އިސްމާޢިލް ކުރިއަށް ގެންދިޔައެވެ.
“ހޮސްޕިޓަލަށް ކުރީ ހަފްތާ ދިޔުމުން، ބުނީ މި ހަފްތާ ބޭސް ލިބޭނެ ވާހަކަ، އޭރު ހުރި ހަފްތާއަށް ވާ ވަރަށް ބޭސް. އެހެންވެ އޭރު ނުބުނީ.. އެކަމަކު އިއްޔެ ހޮސްޕިޓަލަށް ދިޔައިން، އެމީހުން ބުނީ ދެން އަންނަ ހަފްތާއޭ ލިބޭނީ. ދެން ބައްޕަ ނުހުންނަންވެގެން އެހެން ފާމަސީއަކަށް ވަދެފަ ބޭސް ގަތުނީ” ނުތަނަވަސް ރާގެއްގައި އިސްމާޢިލް ހާމަކުރިއެވެ.
“ހޮސްޕިޓަލުން ބުނީ ބޭސް ހުސްވި ވާހަކަ؟” އެ ބޭހަކީ އާދައިގެ ތަދު ކަނޑުވާ ބޭހެކެވެ. ހޮސްޕިޓަލުން އާދައިގެ ތަދުކަނޑުވާ ބޭސް ހުސްވާންވީ ކީއްވެގެން ހެއްޔެވެ؟
އޭނާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ.
***
ކުޑަކުދިންގެ ވޯޑުތައް ހުރި ފަންގިފިލާއަށް ނިކުމެގެން އައި ރަޒާން ދެކޮޅު ބަލައިލިއެވެ. ލަމްޔާ ބާއްވައިފައި އޮތް ކޮޓަރި ނަމްބަރު ފެނޭތޯ އޭނާ ހިނގަން ފެށިއެވެ. އަތުގައި އޮތް ބަންދުކޮށްފަ އޮތް ހަދިޔާ ފޮށްޓަށް ނަޒަރެއް ދިނުމަށްފަހު، އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
ފޯނެއް އައިސްގެން ލަމްޔާ އޮތް ކޮޓަރިން ބޭރަށް ނިކުތް ރަހާއަށް، ދޮރުމަތީ ހުރި ރަޒާން ފެނިފައި ހުއްޓުން އެރިއެވެ. އަތުގައި އޮތް ހަދިޔާ ފޮށި ފެނިފައި އޭނާއަށް ބުމަ އަރުވައިލެވުނެވެ.
“ރަޒާންބެ؟؟” ފޯނު ތިރިކޮށްލައިގެން ހުރެ ރަހާ އޭނާއަށް ބަލަން ހުއްޓެވެ.
“ރަހާ ދޯ.. ރޫޔާގެ ކޮއްކޮ؟” މޫނުމަތިން ރޫޔާއާއި ހަލީމާއާ ވައްތަރު ގޮތެއް ހުންނަކަން ފާހަގަވެގެން ރަޒާން އަހައިލިއެވެ.
“ލައްބަ… ރަޒާންބެ ކީއްކުރަނީ މިތާ؟” ރަހާ އަހައިލިއެވެ.
“ޒާންބޭ.. ތި އައީ ދޯ..” ކޮޓަރިން ލަމްޔާގެ އަޑު އިވިފައި ރަހާ ދޮރަށް ބަލައިލިއެވެ. ދެން ބަލައިލީ ރަޒާނަށެވެ. ލަމްޔާއަށް ރަޒާންގެ އަޑު އިވުމާއެކު އަނެއްކާވެސް ރަޒާނަށް ބަލައިލިއެވެ.
“ވަދޭ.. ދޮންތަ ބުނި.. ރަޒާންބެ އަންނާނެ ވާހަކަ” ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ރަހާ އެދޮރު ހުޅުވައިލިއެވެ.
އެކޮޓަރި އެތެރެއަށް ވަދެގެން އައި ރަޒާން ފެނިފައި ލަމްޔާގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ނުފެންނަ ދަތެއް ނެތެވެ.
“ޒާންބެ، ބަލަ.. މިއަދު އަޅުގަނޑު ދޫކޮށްލާނެ…”
“ބޭބެއަށްވެސް އެނގޭ.. ބަލަ.. މިއޮތީ ހަދިޔާއެއް.. ލަމްކޮ ބަސްއަހައިގެން އުޅޭތީވެ ބޭބެ ގެނެސްދިން ހަދިޔާއެއް…” ބަންދުކޮށްފައި އޮތް ހަދިޔާ ފޮށި ދިއްކޮށްލަމުން ރަޒާން ލަމްޔާގެ ބޮލުގައި ފިރުމައިލިއެވެ.
“ޝުކުރިއްޔާ” އެ ހަދިޔާގައި ހިފަމުން ލަމްޔާ ރަޒާނަށް ބަލައިލިއެވެ.
ލަމްޔާއާއި ރަޒާނަށް ބަލަން ހުރި ރަހާ އަވަސް އަވަހަށް ރަޒާންގެ ވާއަތަށް ބަލައިލިއެވެ. ވާއަތު ކަށި އިނގިލީގައި އަނގޮޓިއެއް ނެތެވެ. ރަހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރޫޔާއަށް ފުރުސަތު ގެއްލިފައެއް ނެތެވެ.
***
ކުރީދުވަހު ބައްޕާއާއި އޭނާ ދެއްކި ވާހަކައާ މެދު ވިސްނަން އިން ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު، އިށީނދެއިން ގޮނޑީގައި ލެނގިލިއެވެ. ޑިއުޓީ ފެށެން ފަސް މިނެޓަށް ވެފައި ވުމާއެކު އޭނާ ގޮނޑިން ތެދުވަންނަން އުޅުނު ވަގުތު އެ އޮފީހުގެ ދޮރުގެ ޓަކި ދިން އަޑު އިވިފައި ރޫޔާ ވަންނަން ހުއްދަ ދިނެވެ.
“ޑޮކްޓަރ.. މިއީ.. ނުސްރާ”
“ޔެސް ނުސްރާ…” ރޫޔާ އިށީނދެއިން މޭޒު ކުރިމަތީ މަޑުކޮށްލަމުން ނުސްރާ ވާހަކަ ދައްކަން ފެށިއެވެ.
“މީ.. ވާޑް ތިނެއްގައި އޮތް ޕޭޝަންޓަށް ޑޮކްޓަރ އޮތީ ސެފިއުރޮކްސީމް ޕްރެސްކްރައިބް ކޮށްފަ. އެކަމަކު ދެންމެ ހޮސްޕިޓަލް ފާރމަސީ އިން އެންގީ ސެފިއުރޮކްސީމް ސްޓޮކްގައި ނެތް ކަން.. ސްޓޮކް ލިބެން ދެތިން ދުވަސް ނަގާނެއޭ ބުނި..” ނުސްރާގެ ބަސްތައް އަޑުއަހަމުން ރޫޔާ ބޯ ޖަހައިލިއެވެ.
“އެމީހުން ދިން ސަބްސްޓިޓިއުޓެއް..އެކަމަކު، އެ ޕޭޝަންޓް އަކީ އެބޭހަށް އެލާޖިކް ޕޭޝަންޓެއް.. އެހެން ބޭހެއް ހޯދޭތޯ އަޅުގަނޑުމެން އަދިވެސް މިއުޅެނީ..އެކަމަކު ފާރމަސީއިން ބުނަނީ.. އޮން ކޯލް ސާރޖަންގެ އޮތަރައިޒޭޝަން ނުލިބޭ ހިނދަކު ބޭހެއް ދޫ ނުކުރެވޭނޭ. އޮންކޯލް ޑޮކްޓަރ ޕޭޖާރ އަކަށް އަންސާއެއް ނުކުރޭ.” ނުސްރާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ކާކު އޮން ކޯލްގަ އިނީ؟”
“ޑޮކްޓަރ މުސްތަފާ” މުސްތަފާގެ ނަން އިވިފައި ރޫޔާ ފޫހިވެސް ވިއެވެ.
“އޯކޭ.. އަޅުގަނޑު އޮތަރައިޒްކޮށްފާނަން..” މޭޒުމަތީ އިން ކޮމްޕިއުޓަރ ހުޅުވައިލަމުން ރޫޔާ ބުންޏެވެ.
***
“ޔަމީން، އަހަރެން ވަރަށް ދެރަވޭ މި ޓާސްކު ޔަމީނާ ހަވާލުކުރަން..އެކަމަކު ޔަމީނަކީ ޑޮކްޓަރ ރޫޔާގެ ފޭވަރިޓެއްނު؟ އެހެންވީމާ ޔަމީންގެ ކަމަކީ ޑޮކްޓަރ ރޫޔާ މިކަމަށް އެއްބަސް ކުރުވުން” ދެއަތް ޖަހައިލަމުން ސަހާ ބުނި ބަސްތައް އިވިފައި ޔަމީން ބޯ ހޫރައިލިއެވެ.
“އައި މޭ ނޮޓް ސްޕީކް ޔުއަރ ލެންގުއެޖް، ބަޓް އައި އެގްރީ” ލިއަން އެދެމީހުންގެ ދެމެދުގައި މަޑުކޮށްލަމުން ބުންޏެވެ.
“އައި އޭމް ނޮޓް ހާރ ފޭވަރިޓް” ޔަމީން މޫނު ކުނިކޮށްލަމުން ދެކޮޅު ހެދިއެވެ.
ރައްދުގައި ސަހާ އެއްބުމަ އަރުވައިލައި އެ ލައުންޖްގައި ތިބި އެންމެންނަށް ނަޒަރު ހިންގައިލިއެވެ.
“ރައިޒް ޔުއަރ ހޭންޑްސް އިފް ޔޫ ތިންކް ޔަމީން އިޒް ޑޮކްޓަރ ރޫޔާސް ފޭވާރިޓް؟” ސުވާލަށް ސިކުންތުކޮޅެއްވެސް ނުވެ، އެ ލައުންޖްގައި ތިބި އެންމެން އަތް ނެގިއެވެ.
“ސީ.. އެވްރިވަން ތިންކްސް ދަ ސޭމް” ސަހާ ދެއަތް އުރައިލަމުން ނިތް އަރުވައިލީ ޖެއްސުމަށެވެ.
“ޑޫ އިޓް.. ކޯލް ހާރ.. ކޮންފްރޮންޓް ހާރ… ދެޓްސް އަޕް ޓު ޔޫ.. އޯލް ޔޫ ނީޑް ޓު ޑޫ އިޒް ކޮންވިންސް ހާރ” ސަހާ އެހެން ބުނުމާއެކު ދެން ތިބި އެންމެން އެއްބަސް ވާން ފެށިއެވެ.
“ފައިން..” އެ ލައުންޖުން ނިކުންނަމުން ޔަމީން އެއްބަސްވިއެވެ.
އެހެނަސް އޭނާ ހުއްޓުނީ އޮފީހުން ނިކުތް ރޫޔާ ފެނިފައެވެ.
ޖެހިލުންވެ ހުރެ ޔަމީން އަވަހަށް ހިނގައިގަތީ ރޫޔާއާ ދިމާލަށެވެ. ޔަމީންގެ ފިޔަވަޅުތައް އަޑު އިވިފައި ފޯނަށް ބަލަން ހުރި ރޫޔާ އިސްނަގައި އޭނާއަށް ބަލައިލިއެވެ.
“މީ.. ޑޮކްޓަރ.. ރޫޔާ.. މިއަދަކީ.. ޑޮކްޓަރ ރާޝިދުގެ އުފަން ދުވަސް.. އެހެންވީމާ… އަޅުގަނޑުމެން ރެސިޑެންޓުންނާއި އިންޓާނުން މިއުޅެނީ.. ކުޑަ ސަޕްރައިޒެއް ބާއްވަން ވެގެން.. ޑޮކްޓަރ މިކަމުގައި ބައިވެރިވާން ބޭނުންތޯ؟” ނެތް ހިތްވަރު ނެރެގެން ޔަމީން އެހެންބުނީ ތެޅެމުން ދިޔަ ހިތަކާއެކުއެވެ. ބިރުގަނެފައި ހުރި ވަރުން މުޅި ހަށިގަނޑު އެއްކޮށް ދާ ހިތްލާވަރުވެފައެވެ.
“ބާތްޑޭ ސަޕްރައިޒް؟؟” ރޫޔާގެ ނަޒަރުގައި ހައްޔަރުވެ ހުރި ޔަމީން އަވަހަށް ބޯ ޖަހައިލިއެވެ.
“ޔެސް… ޑިޕާޓްމެންޓްގެ ކޮންފެރެންސް ރޫމް. މިއަދު ހެނދުނު އަށެއް ޖަހާއިރު” ޔަމީން ރާގުވެސް ހުރީ އަވަސްވެފައެވެ.
“އޯކޭ.. އަންނާނަން” ބޯ ޖަހައިލުމަށްފަހު ރޫޔާ ޔަމީން ފަހަނައަޅައި ހިނގައްޖެވެ.
“ވަޓް ޑިޑް ޝީ ސޭ؟”ޔަމީން އަނބުރާ ލައުންޖަށް އައުމާއެކު ލިއަން އަހައިލިއެވެ. އެންމެން ތިބީ ޖަވާބެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓައިގެންނެވެ.
“ޝީ ސެޑް ޔެސް..”
****
ހެނދުނު ގަޑިން ހަތްގަޑި ފަންސާސް ވީއިރު ސާރޖިކަލް ރެސިޑެންސީގެ އެންމެން ތިބީ ކޮންފަރެންސް ރޫމްގައެވެ. މުޅި ކޮޓަރި އޮތީ ޑރ. ރާޝިދުގެ އުފަންދުވަސް ފާހަގަކުރަންވެގެން، ބެނާއިން ފެށިގެން ފުއްޕާހަމަށް ދާން ދެން ހުރިހާ އެއްޗެއް ތައްޔާރުކޮށްފައެވެ.
“ޑިޑް ޔޫ ގެޓް ދަ ބޮކްސް ވިތް އަވަރ މެސެޖެސް؟” ޕްރިޔާ އެހިއެވެ.
“ޔެސް ޕްރިޔާ. ކާމް ޑައުން”
“ޑޮކް ރާޝިދު ރިމައިންޑްސް މީ އޮފް ކިންގް ޖޫލިއަން ފްރޮމް މަޑަގަސްކަރ…ޔޫ ނޯ… އައި ލައިކް ޓު މޫވް އިޓް މޫވް އިޓް” ފުއްޕާހަމެއް އައްސަން އިން އަޕެކްޝާ ވާހަކަ ފެށިއެވެ.
“އައި ތިންކް އޮފް ހިމް އޭޒް ޔޮޑާ..” ދީޕަކްވެސް އެ މަޝްވަރާގައި ބައިވެރިވިއެވެ.
“ދީޕަކް.. ހީ އިޒް ޔޮޑާ އިފް ހީ ވެންޓް ޓު އަ މެޑް ސްކޫލް އެންޑް ބިކަމް އަ ސާރޖަން”
“ހީ ރިމައިންޑްސް މީ އޮފް ވިއާޑް ބާރބީ.. ފްރޮމް ދި ބާރބީ މޫވީ” އެންމެން އެކީ ސަހާއަށް ބަލައިލިއެވެ.
“ވަޓް… އިޒް ހީ ނޮޓް؟” ސަހާ ކޮނޑުއަރުވައިލިއެވެ.
ކޮންފަރެންސް ރޫމްގެ ދޮރު އެތެރެއަށް ހުޅުވުމާއެކު އެންމެން އެދިމާލަށް ބަލައިލިއެވެ. ވަދެގެން އައި ރޫޔާއާއެކު އެކޮޓަރި ފިނިވިއެވެ.
“ހީޒް ނޮޓް ހިއަރ؟” އަތުގައި ބަންދު ކޮށްފައި އޮތް ހަދިޔާ މޭޒުމަތީ ބާއްވަމުން ރޫޔާ ސުވާލުކުރިއެވެ.
“ނޯ ޑޮކް.. ޔަމީން އެންޑް ސައިފް ވިލް އިންފޯމް އަސް އިފް ޑރ. ރާޝިދް އިޒް ހިއަރ” ޖަވާބު ދިނީ އިބްރާހީމެވެ.
ރޫޔާ ބޯ ޖަހައިލުމާއެކު މުޅި ކޮޓަރި ހަމަ ހިމޭންވިއެވެ. ބަސްބުނަން ނުކެރުނުތާ، ރޫޔާއާ ވާހަކަ ދައްކަން ދެންތިބި މީހުން ޖެހިލުންވިއެވެ.
“އަމް.. ޑރ. ރޫޔާ.. ވަޓް ސޯންގް ޑަޒް ޑރ. ރާޝިދު ލިސެންސް ދި މޯސްޓް؟ ވީ ވޯންޓް ޓު ޕްލޭ ދަ ސޯންގް ވެން ހީ ކަމްސް އިން” ސަޖާހްގެ ސުވާލާއެކު އެންމެން ސަޖާހަށް ބަލައިލީ، އޭނާގެ ކޮނޑުގައި އިތުރު ބޮލެއް ފެޅިހެން ހީވެގެންނެވެ.
ރޫޔާ ވިސްނަން އިނދެފައި ދަތް ދޮޅި ދަށުގައި އަތް ވިއްދައިލިއެވެ. ރާޝިދަށް ކަމުދަނީ ދޮހޮއްކޮބޭ ކަން ރޫޔާއަށް އެނގެއެވެ. އެކަމަކު ރާޝިދު ގިނައިން އަޑުއަހަނީ އެހެން ލަވައެކެވެ.
“އައި ލައިކް ޓު މޫވް އިޑް..”
“އައި ނިއު އިޓް..” ރޫޔާގެ ޖަވާބާއެކު އަޕެކްޝާ ހަޅޭއްލަވަގަތެވެ. “އައި ޓޯލްޑް ޔޫ.. ހީ އިޒް…” ރޫޔާގެ ނަޒަރުގައި އޭނާ ހައްޔަރުވިކަން އިހުސާސްވުމާއެކު އަޕެކްޝާ ލަދުގަތެވެ. އަވަސް އަވަހަށް ނުވާކަމަށް ހެދިފައި އޭނާ ޕްރިޔާގެ ފަހަތަށް ވަދުނެވެ.
“އައި ހޯޕް ޔޫ ވިލް ބީ ހޭވިން ދެޓް ވޮއިސް ވެން ވީ އާރ ޑުއިން ދި ރައުންޑްސް، ޑރ. އަޕެކްޝާ” މޭ މަތީ ހަށަން ބަނދެހުރެ، ރޫޔާ އެހެން ބުނުމާއެކު އަޕެކްޝާގެ މޫނު އިތުރަށް ރަތް ވިއެވެ.
“ޔެސް މޭމް…”
އަނެއްކާވެސް ކޮންފަރެންސް ރޫމް ދޮރު ހުޅުވިގެން ދިޔުމާއެކު އެންމެން އެކީ ދޮރަށް ބަލައިލިއެވެ. ދޮރުމަތީ މަޑުކޮށްގެން ހުރި ސައިފް ރާޝިދު އަންނަނީ ކަމަށް ބުނުމާއެކު އެންމެން އަވަހަށް ތައްޔާރުވިއެވެ. ކޮންފެރެންސް ރޫމްގެ ބޮކި ނިއްވާލުމަށްފަހު އެންމެން ހަނު ހިމޭން ވިއެވެ.
އަނެއްކާވެސް ދޮރު ހުޅުވިގެން ދިޔައެވެ.
“ސަޕްރާއިޒް” އެންމެން އެކީ ހަޅޭއްލެވި އަޑު އިވިފައި ރާޝިދު ސިއްސައިގެން ދިޔައެވެ. ބޮކި ދިއްލުމާއެކު އޭނާ މޭ މަތީ އަތް އަޅައިގެން ހުރެ ފަހަރަކު މީހަކަށް ބަލަމުން ބޯ ހޫރައިލީ ހީލަމުންނެވެ.
“އޯ މައި… އިޒް ދިސް ވައި ޔޫ ޑިޑްންޓް ވިޝް މީ ޓުޑޭ؟ އީވެން ރޫޔާ.. ޔޫ އާ ވިތް ދެމް…”ރޮވޭ ކަމަށް ހެދެމުން ރާޝިދު އެ ރޫމް ތެރެއަށް ވަދުނެވެ.
“އައި އެމް ޓަޗްޑް.. މޫވްޑް.. އޯ މައި ޗިލްރެން..”
“ހެޕީ ބާތްޑޭ ސަރ..”
“ހެޕީ ބާތްޑޭ ޓު ދަ ބެސްޓް އެޗް.އޯ.ޑޯ”
“ހިއަރ ހިޒް އަވަރ ގިފްޓް ފްރޮމް ޔޫ” އަތުގައި އޮތް ހަދިޔާ ފޮށި ހަވާލުކުރަމުން ސަހާ ބުންޏެވެ.
“އާނ… ތެންކިޔު މައި ޗިލްރެން.. އައި އޭމް ގޮއިން ޓު ކްރައި” ނޭފަތް ދަމަމުން ރާޝިދު ހާމަކުރިއެވެ.
“ސަރ، ޔޫ އާރ އޯލްރެޓީ ކްރައިން” ފިރާޒް ރާޝިދު އަތަށް ޓިޝޫ ދިއްކޮށްލިއެވެ.
ކުދިންތައް ދިން ބަންދުކޮށްފައި އޮތް ފޮށިގަނޑު ރާޝިދު ހުޅުވައިލިއެވެ. އެތެރޭގައި ކަރުދާސްތަކުގެ ތެރޭގައި އޮތް ސެތެސްކޮޕާއި ޖޯޑު ފެނިފައި ރާޝިދު ބޯ ހޫރައިލިއެވެ. އެއްލި ކަޅިއަކުން، އެ ކަރުދާސްތަކުގައި އަކުރުތަކެއް ލިޔެފައި ހުރިކަން އޭނާއަށް ފާހަގަވިއެވެ. އޭނާ އޭގެއިން ކަރުދާސްކޮޅެއް ނެގިއެވެ. ލިޔެފައި އޮތް ޖުމުލަ ކިޔައިލިއިރު މޫނުމައްޗަށް އަރައިފައިވާ ހިނިތުންވުން އިތުރަށް ފުންވިއެވެ. އެ ކަރުދާސްކޮޅު ބާއްވައިފައި އެހެން ކާރުދާސްކޮޅެއް ނެގިއެވެ. އެ ކިޔާފަ ބޯ ހޫރައިލިއެވެ.
“ދެން މިއޮތީ އަޅުގަނޑުގެ ފަރާތުން…” ރޫޔާ ތައްޔާރު ކުރި ހަދިޔާ ރާޝިދުގެ އަތު ތެރެއަށް ލަމުން ބުންޏެވެ.
ބުމަ އަރުވުމަށްފަހު ރާޝިދު އެ ފޮށިގަނޑު ހުޅުވައިލިއެވެ. އޭގެ ތެރޭގައި އޮތް ފައުންޓެން ގަލަން ފެނިފައި ހުއްޓުން އެރިއެވެ. އޭނާ ރޫޔާއަށް ބަލައިލިއެވެ.
އެގަލަމުގެ ހޮޅީގައި މެސެޖު ފެނިފައި ރާޝިދު އެ ގަލަން އަތުތެރެއަށް ނެގިއެވެ.
“ޓު ޔޫ ހޫ ނެވަ ގޭވް އަޕް އޮން މީ”
ރާޝިދު އެ ބަސްތައް ކިޔައިލިއެވެ. އޭނާގެ ނަޒަރު ރޫޔާއަށް ބަދަލުކޮށްލިއެވެ. ރޫޔާގެ މޫނަށް އަރައިފައިވާ ލުއި ހިނިތުންވުން ފެނިފައި ރާޝިދަށް ހެވުނެވެ. ލޮލުން ފޭދުނު ކަރުނަތައް ފޮހެލަމުން އޭނާ ބޯ ހޫރައިލިއެވެ.
“ޝުކުރިއްޔާ ރޫޔާ” އޭނާ ބުނެވުނީ އެވަރަށެވެ.
ރޫޔާ ބޯ ޖަހައިލިއެވެ. ކުރިއަށް ޖެހިލުމަށްފަހު އޭނާ ނެގީ، ރާޝިދަށް ރެސިޑެންޓުން ހަދިޔާ ކުރި ސެތެސްކޮޕެވެ. އެ ނެގުމަށްފަހު އޭނާ ރާޝިދު ކުރިމަތީ ހުއްޓުނެވެ.
“އައި ތިންކް އިޓްސް ވީ ހޫ ޝުޓް ބީ ތެންކްފުލް ޓު ޔޫ.. ފޯ ހޭވިން އަވަރ ބެކް، ބީން ދަ އެޓެންޑިން އެވްރިވަން ކުޑް ކައުންޓް އޮން..” ރާޝިދު ކަރުގައި ސެތެސްކޮޕް އަޅުވަމުން ރޫޔާ އެހެން ބުނެލީ ހިނިތުންވެ ހުރެއެވެ.
***
ރޫޔާއަށް، އެ ހޮސްޕިޓަލްގެ ބޭސް ގުދަނަށް ދެވޭ ވަރުވީ މެންދުރު ފަހުއެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައިރު، އޭނާ އަރައިގެން ހުރި ހައި ހީލުގެ އަޑު މުޅި ފަންގިފިލާގައި ގުގުމައިލިއެވެ. ބޭސްތައް ސްޓޮކުކޮށްފަ ހުންނަ ގުދަނުގެ ދޮރުގައި ހަރުކޮށްފައި އޮތް މެޝިންމަތީ ކާޑު ޖެއްސުމާއެކު ދޮރު ހުޅުވުނެވެ. ލޯ މައްޗަށް ހާމަވީ ފަނޑު އަލިތެރެއިން ކަބަޑުތަކުން ފުރިފައިވާ ކޮޓަރިއެކެވެ.
އޭނާ ވަގުތު ބޭކާރު ނުކޮށް އެ ގުދަން ތެރެއަށް ވަދުނެވެ. ތޫނު ނަޒަރަކުން އޭނާ މުޅިތަނަށް ބަލައިލިއެވެ. ކަބަޑުތަކުގައި ޖަހައިފައި ހުރި ނަންތައް ކިޔަމުން އޭނާ ހުއްޓުނީ ސިސްޓަމް ކައިރީ ހުއްޓި ހުރި ފިރިހެން މީހާ ކައިރީގައެވެ.
“ޑރ. ރޫޔާ” އިންވެންޓަރީ ޗެކު ކުރަން އިން ތާމިރަށް ރޫޔާ ފެނުމާއެކު އަވަހަށް ގޮނޑިން ތެދުވިއެވެ. އޭނާ މުޅި ހަށިގަނޑު ދާހިތްލަން ފެށިއެވެ. ރޫޔާ އެއައީ ކީއްކުރަންކަން އޭނާއަށް ވިސްނުނެވެ.
“ތާމިރު ދޯ.. ސެފިއުރޮކްސީމް ހުސްވެގެން މިއުޅެނީ ކީއްވެ؟” ރޫޔާ ދިޔައީ ސީދާ މަޢުޟޫއަށެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެހެނަސް އެ ދެލޮލުގައިވާ ނުރުހުން ގަދައެވެ.
“މިއީ.. ސަޕްލައި އިޝޫއެއް.. މިހާރު އިންނާނެ އޯޑަރ ދީފަ… ދެން އަންނަ ހަފްތާ އޯޑަރ ލިބޭ ގޮތަށް އޮތީ” ގަމީހުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރެ ތާމިރު ޖަވާބު ދިނީ ލަދުން ހުރެއެވެ.
“މިދިޔަ ހަފްތާވެސް ޕޭޝަންޓެއް އުޅުނު ބޭސް ނުލިބިގެން. އެފަހަރު ފާރމަސީއަށް އެންގީމަ ބުނީ، ދެން އަންނަ ހަފްތާއޭ ބޭސް ލިބޭނީ.. އެހަފްތާ ބޯ މަތިވެގެން ދިޔައިރުވެސް އެބޭހެއް ޕޭޝަންޓަކަށް ނުލިބުނު.. މިއީ އެއްފަހަރު ދެފަހަރު ވެގެން އުޅޭ ކަމެއް ނޫން.. ދޯ؟” ރޫޔާގެ ސުވާލު އަމާޒުވުމާއެކު ތާމިރު އިތުރަށް ދާހިތްލަންފެށިއެވެ. އޭނާ ޖެހިލުންވެ ހުރެ ބޯ ޖަހައިލިއެވެ.
“ޑރ. އަޅުގަނޑު ވަނީ ތިކަން އެޑްމިނަށް އަންގާފަ.. އެމީހުން ބުނަނީ ބަލާނަމޭ. އެކަމަކު..”
“އެކަމަކު ކޯންޗެއް؟” ރޫޔާ އެހިއެވެ.
ތާމިރު ފުންނޭވާއެއް ނަގައިލިއެވެ. އޭނާ ވާހަކަ ފަށަންވީ ގޮތެއްވެސް ނޭނގުނެވެ. ކައިރީގައި ހުރި ސިސްޓަމަށް އެނބުރުމަށްފަހު އޭނާ ހުޅުވައިލީ ގަންނަން ހުރި ބޭހުގެ އޯޑަރެވެ.
“ބަލާބަލަ ސަޕްލަޔަރުންގެ ނަންތައް.” ތާމިރު ހުޅުވީ ފާއިތުވި ދެ އަހަރުގެ އޯޑަރު ލިސްޓެވެ. ޑެސްކްޓޮޕް ފެންނަވަރަށް ގުދުވެލުމަށްފަހު ރޫޔާ އެކިޔަންފެށިއެވެ. ކޮންމެ މަހުގެ ލިސްޓަކާއެކު ރޫޔާގެ ދެބުމަ ގޮށްޖެހުނެވެ.
“ޑރ. ދިލިޕް ވެސް މިކަން އެނގިގެން އެޑްމިނަށް އެންގި. ޑޮކްޓަރ އަށް އެނގުންވެގެން އުޅޭގޮތް. މާ ބޮޑަށް. އެހެންވެ ހޮސްޕިޓަލުން އޭނާ ވަޒީފާއިން ވަކިކޮށްފަ ފޮނުވާލީ ކުއްލިއަކަށް” ތާމިރުގެ ބަސްތައް އިވުމާއެކު ރޫޔާ އޭނާއަށް ބަލައިލީ ހައިރާންވެ ހުރެއެވެ.
ތާމިރުގެ ބަސްތަކުން ރޫޔާއަށް ވެގެން އުޅޭގޮތުގެ ނުބައިކަން ރޭކާލަންފެށިއެވެ. ހުސްވެގެން އުޅޭ ބޭސްތަކުގެ ފަހަތުގައި ބާރުގަދަ އަތެއްވާކަން އޭނާއަށް ވިސްނުނެވެ. އެ ބާރާ ދެކޮޅަށް އަޑު އުފުލިމީހާއަށް ގެއްލުން ނުލިބި ނުދާނެކަން އޭނާއަށް އިހުސާސްކުރެވުނެވެ.
ފުންވިސްނުމެއްގެ ތެރޭގައި ހުރި ރޫޔާ ނޭވާއެއް ނަގައިލިއެވެ. އޭނާއަކީ ޑޮކްޓަރެކެވެ. އޭނާގެ ޒިންމާއަކީ މީހުންގެ ފުރާނަ ސަލާމަތްކުރަންށެވެ. މިކަމަށް ކަނު ލޮލަކުން ބަލައިފިނަމަ ގެއްލުންވާނީ، އޭނާއަށް އިތުބާރުކޮށްގެން، އޭނާގެ ގާތަށް ފަރުވާ ހޯދަން އަންނަ ބަލިމީހުންނެވެ. އެ ބަލިމީހުންގެ އާއިލާއެވެ.
މިކަމާމެދު އޭނާ ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހެއެވެ.
އެއްޗެކޭ ބުނަން އުޅެފައި އޭނާ ހުއްޓުން އެރީ ފޯނެއް ރިންގުވާ އަޑަށެވެ. އަޑުއައީ އޭނާ ލައިގެން ހުރި ހުދު ކޯޓުގެ ޖީބުންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ފޯނު ނަގައި އެ ކޯލު ގަބޫލުކުރުމަށްފަހު ކަންފަތާ ކައިރި ކޮށްލިއެވެ.
“ޑރ. ރޫޔާ. އިންނާނެ ޕޭޝަންޓެއް އެޑް ކޮށްލާފަ… މިވަގުތު ޕޭޝަންޓް އިނީ ވެއިޓިން އޭރިޔާގަ” އެކޮޅުން އިވުނު ޖުމުލައާއެކު ރޫޔާ ދެލޯ މަރައިލިއެވެ.
“އޯކޭ. މިދަނީ ފަސް މިނެޓް ތެރޭ” ރޫޔާ ޖަވާބު ދިނުމަށްފަހު ފޯނު ކަނޑައިލިއެވެ. އޭނާ ޖީބަށް ފޯނު ލަމުން ތާމިރަށް ބަލައިލިއެވެ.
“ތި ރިކޯޑްތައް އަހަންނަށް ފޮނުވޭނެތަ؟” ރޫޔާ އަހައިލިއެވެ. ތާމިރު ޖަވާބު ދޭން ބޯޖަހައިލިއެވެ.
“އޯކޭ..ތެންކިޔު” ރޫޔާ އިތުރަށް މަޑުކުރުމެއްނެތި އެގުދަނުން ނިކުތެވެ. ލިފްޓަށް ވަދެވުމާއެކު އޭނާ މައިރާއަށް މެސެޖެއް ފޮނުވައިލިއެވެ.
ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު، ރޫޔާ ލިފްޓުން ނިކުމެ ގޮސް ވަދުނީ އޭނާގެ އޮފީހަށެވެ. މޭޒުމަތީ އިން ފެންފުޅިން ކޯވަރެއް ބޯލުމަށްފަހު އޭނާ ގޮނޑީގައި އިށީނދެލިއެވެ. ސިސްޓަމް ހުޅުވައިލުމަށްފަހު ޖެހިގެން އިންނަ ނަމްބަރަށް ގޮވަން އުޅުނެވެ. އެކަމަކު އޭނާ ހުއްޓުން އެރީ ދަންނަ ނަމެއްހެން ހީވެގެންނެވެ.
ނަމްބަރަށް ގޮވައިލުމަށްފަހު އޭނާ ޕޭޝަންޓްގެ ހިސްޓްރީ ހުޅުވައިލިއެވެ. ފޭޝަންޓާ ބެހޭ މަޢޫލޫމާތު ކިޔަމުންދާ ވަރަކަށް ރޫޔާގެ ހިތް އަވަސްވާން ފެށިއެވެ. އެ ޕޭޝަންޓަކީ ކާކުކަން އޭނާއަށް އެނގުނެވެ. އަތްފައި ފިނިވީ ކުއްލިއަކަށެވެ.
ދޮރު ހުޅުވުނު އަޑާއެކު އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރުކުރިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އޭނާ ދޮރަށް ނަޒަރު ހިންގައިލިއެވެ. ވަދެގެން އަންހެނާގެ ސޫރަ ފެނުމާއެކު އޭނާ ހުއްޓުން އެރިއެވެ.
“ކޮންނަމެއް ކިޔަނީ؟” ޕޭޝަންޓަކީ ރަނގަޅު ޕޭޝަންޓުތޯ ބަލަންވެގެން ރޫޔާ އޭނާގެ ނަން އަހައިލިއެވެ.
“އައިމިނަތު ޔޫޝާ ނަސީރު”
3 Comments!
Comments are closed.


nice👍
so many m,ysterious thing to discover🤔
waiting to see what happen😊
VARAH reethi
V gina dhuvahah fahu mi part mi kiyaalevunee
BTW interview parts v reethi
Mi part ves v reethi
NOOOOOOOOOOOOOOOOOOO
Alhey Thea enme reethi thankolhun thi ninmaalee
Can’t wait 4 the next part
Tc gurrl