Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (17)

Thea reminisces
Thea reminisces Level 110 Stories
July 4, 2026 10 Mins Read
1 Comment

ހަ އަހަރު ދުވަސް ފާއިތުވެގެން ދިޔަ ކަމުގައި ވިޔަސް، ‘ރަންމުތް ހޯލްޑިންސް’ ގެ ކޮންފެރެންސް ރޫމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އިންޑިޔާ ކަނޑު ހާމަކޮށް ފެންނަ ގޮތަށް ހަދާފައި އިން ބިއްލޫރި ފާރެވެ. ހަމަ އެ ހަތަރެސްކަން ބޮޑު މޭޒެވެ. އެ މޭޒުގެ ދެ ފަރާތުގައި ޖުމުލަ އަށް ގޮނޑިއެވެ. މޭޒުގެ ކޮޅުގައި އެންމެ ގޮނޑިއެކެވެ.
އެހެނަސް، އެކޮޓަރީގެ މާހައުލު އޮތީ ބަދަލުވެފައިއެވެ. އެސީގެ ފިނި ހޫނުމިން އިނީ ތޭވީސް ޑިގްރީގައެވެ. ބިއްލޫރި ފާރުން، މެންދުރުގެ ގަދައަވި އެ ކޮޓަރިއަށް އެޅިފައި ވި ކަމުގައި ވިޔަސް، އެންމެން ތިބީ ފިނިވެފައެވެ. ކުރަން އިން ކަންތައްތަކަށް ސަމާލުކަން ދީފައި، އިރު އިރު ކޮޅާ ނަޒަރު ހިންގައިލެވެނީ އެކޮޓަރި ދޮރުން އެތެރެއަށް ހުޅުވިގެން ދޭތޯއެވެ.

އުމުރުގެ ފަސްދޮޅުގެ އަހަރުތައް ގުނަމުންދާ ރަޝީދު، އަތުގައި އޮތް ކަރުދާސްތައް ތަރުތީބުކޮށްލީ ވަރަށް ވެސް ފަރުވާތެރިކަމާއެކުއެވެ. އޭނާގެ ވާތް ފަރާތުގައި އިން ނަޖުދާ، ކުރިމަތީ އޮތް ފައިލުގެ އަރިމަތީ ކައިރީގައި ރިހި ގަލަން ބާއްވައިލީ ވަރަށްވެސް ސީދާކޮށެވެ. އޭނާގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެއިން ކަރީމް، ކަންފަތުގައި ފޯނު ޖަހައިގެން، މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައީ ކޮންމެވެސް ޑީލަކާ ބެހޭގޮތުންނެވެ. އޭނާގެ ކަނާތް ފަރާތުގައި އިން މެރީން ބައޮލިޖިސްޓް ޑރ. ޔޫނުސް ފެންނަ ފެނުމުން ހީވަނީ އޭނާ މޭޒުދޮށުގައި އިނުމަށްވުރެ ކަނޑުއަޑީގައި އުޅެން ބޭނުން ވެފައި އިން ހެންނެވެ. ކަރީމްގެ ވާތް ފަރާތުގައި އިން ޔޫސުފް ޝަރީފު އިނީ މޫނު މައްޗަށް ގަދަކަމުން ހިނިތުންވުމެއް ގެނެސްގެންނެވެ. ސީ.އެފް.އޯ އާދަމް އިނީ އައިޕެޑުން ސްޕްރެޑްޝީޓެއް ކިޔަމުން ނިއްކުރި ފިރުމަންށެވެ. އޭނާވެސް ނޭވާއެއް ނަގައިފައި އައިޕެޑް މޭޒުމަތީގައި ބާއްވައިލިއެވެ. ނަސީރުވެސް އިނީ ދޮރާ ދިމާލަށް ނަޒަރު ހުއްޓައިގެންނެވެ. ކިރިޔާވެސް ހަމަ ޖެހިލައިގެން އިން މީހަކީ އެ ކުންފުނީގެ ސީ.އީ.އޯ އުސްމާނެވެ.
އެންމެންގެ ބޮލުގައި އޮތީ އެންމެ ސުވާލެކެވެ.

‘މިއަދުގެ ‘ސުނާމީ’ ވަނީ ކިހިނެއް؟’

ދޮރު އެތެރެއަށް ހުޅުވުމާއެކު، އެ ކޮޓަރީގެ ފިނިހޫނު މިން، އެކީ އެއްކޮށް ސުމަމަކަށް ވެއްޓުނު ފަދައެވެ. ދޮރު ހުޅުގެ އަޑާއެއްކޮށް އެންމެން އެއްކޮށް ލުއްކެއް ޖަހައިފައި ގޮނޑިން ތެދުވީ، ވަދެގެން އައި މީހާގެ އިސްތިޤުބާލު ކުރަންވެގެންނެވެ.

ކަޅު ކޯޓު ފަޓުލޫނެއްގައި އެ ކޮޓަރިއަށް ވަދެގެން އައި މިއުވާންގެ މޫނު މަތިން ފެންނަން ހުރީ ލާނެއްކަމެވެ. ހަ އަހަރު ފާއިތުވެގެން ދިޔަސް، އެނާގެ ސަމާސާވެރިކަމަށް ބަދަލެއް ނާދެއެވެ. ނަމަވެސް، އޭނާގެ ފަހަތުން އެ ކޮޓަރިއަށް ވަދެގެން އައި ރަޒާން ވަނީ މުޅިން އެއްކޮށް ބަދަލުވެފައެވެ.
އެއްދުވަސްވަރެއްގައި، އޭނާގެ ސިފަތަކަށް މަޑުމޮޅިކަން ގެނެސްދިން ޒުވާންކަން މިހާރު ވަނީ، ހަ އަހަރުގެ ހިމޭން ހަނގުރާމައިގެ ތެރޭގައި އަނދާ އަޅިއަށް ވެފައެވެ. ހަމަ އެ ދިގު އިސްކޮޅެވެ. އެހެނަސް، ކުރިއަށްވުރެ ކަސްރަތީ ހަށިގަނޑެކެވެ. ފުޅާވެފައިވާ ކޮނޑެވެ. ހަށިގަނޑު ތެދުކޮށް ހުންނައިރު، އޭނާގެ ޢަމަލުތައް ހުންނަނީ އަބަދުވެސް އޭނާގެ ކޮންޓްރޯލުގެ ދަށުގައެވެ. މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވިޔަސް، ހީވަނީ އޭނާގެ މުޅި މާހައުލު އޮތީ އޭނާގެ ބާރުގެ ދަށުގައި އޮންނަ ހެންނެވެ.
މިހާރުވެސް ވަކި ތަފާތެއް ނެތެވެ.

ކޮޅަށް ތިބި މެމްބަރުންނަށް ނަޒަރެއް ދިނުމެއް ނެތި އޭނާ މަޑު ހިނގުމެއްގައި ހިނގައިފައި ހުއްޓުނީ މޭޒު ކޮޅުގައި އިން ގޮނޑި ކައިރީގައެވެ. ކޯޓުގެ ގޮށް ރަނގަޅުކޮށްލުމަށްފަހު އޭނާ ގޮނޑި މޭޒާ ދުރުކޮށްލުމަށްފަހު އިށީނެވެ. އޭނާ އިށީނުމާއެކު ދެން ތިބި މީހުންވެސް އީށިނެވެ. ޖީބުން ފޯނާއި ކާރު ތަޅުދަނޑި ނެގުމަށްފަހު މޭޒު މަތީ ބާއްވައިލިއެވެ. އެ ބޯޑު ބައްދަލުވުމުގެ ބައިވެރިންނަށް ބަލައިލީ ދެނެވެ.

އެ މީހުންގެ ކިބައިން ނަޒަރު ވަކި ކުރުމަށްފަހު، ކުރިމަތީގައި އޮތް އައިޕެޑް އޭނާ ހުޅުވައިލިއެވެ. ސްކްރީނަށް އަރައިފައިވަނީ ކުރިންވެސް އޭނާއަށް އެނގިފައި ހުރި ކަންކަން ވިޔަސް، އެ ރިޕޯޓް ކިޔަން ދެތިން މިނެޓް ހޭދަކޮށްލީ ހަމަ ބޭނުންވެގެންނެވެ.
___

ބައްދަލުވުން ފެށުމާއެކު އެންމެން އުޅުނީ އެޖެންޑާގައިވާ ކަންކަން މަޝްވަރާ ކުރަން ފެށިއެވެ. އެކި މީހުންގެ ޚިޔާލުތަކާއި ރިޕޯޓުތައް އަޑުއަހަން ރަޒާން އިނީ އެއްވެސް އެއްޗެއް ބުނުމެއްނެތިއެވެ. ގޮނޑީގައި ލެނގިލައިގެން އިން އިރު، އޭނާގެ އެއް އަތް އޮތީ ގޮނޑީގެ އަތްގަނޑުގައި ބާއްވައިލެވިފައެވެ. އަނެއް އަތުގައި އޮތް ރިހި ގަލަމުން މޭޒު މަތީގައި ތަކުރާރުކޮށް މަޑުމަޑުން ޖަހަމުން ދިޔައެވެ. ނަޒަރު ހުއްޓިފައި ހުރީ، ބޮޑު ސްކީރަނަށް އަރުވައިފައި ހުރި ނަމްބަރުތަކަށެވެ.

ސްކްރީނު ކުރިމަތީ މަޑުކޮށްލައިގެން ހުރެ، އާދަމް (ސީ.އެފް.އޯ) ހުށައަޅަމުން ދިޔައީ ކުއަޓަރ ރިޕޯޓެވެ. މުޅި ގްރޫޕްގެ އާމްދަނީ ވަނީ ސާދަ އިންސައްތަ އިތުރުވެފައެވެ. ރަޒާންގެ ބެލުމުގެ ދަށުން ލޮޖިސްޓިކް ދާއިރާގެ ފައިދާ ވަނީ ތިން ގުނައަށް އިތުރުވެފައެވެ. އެ ކުންފުނިން އަލަށް ހަދާ ރިސޯޓުން، އަށާރަ މަސްދުވަހުގެ ތެރޭގައި ހޭދަވި ހަރަދު ފޫބެއްދޭނެކަމަށް ލަފާ ކުރެއެވެ.
އެހެން ގޮތަކަށް ބުނާނަމަ އާދަމް ހުށައަޅަމުން ދިޔައީ އެންމެންގެ ހިތްތަކަށް ހަމަޖެހުން ގެނަސް ދިން، ފުރިހަމަ ރިޕޯޓެވެ. އިތުރަށް ގޯސް ވެގެން ނުދާނެކަން ޔަޤީނެވެ.
“އާމްދަނީ އިތުރުވުމަކީ ރަނގަޅުކަމެއްކަން ޤަބޫލުކުރަން، އެކަމަކު އާ ރިސޯޓު ހެދުމުގެ ހަރަދު އޮތީ ލަފާކުރި ވަރަށް ވުރެ އިތުރުވެފައި. ސްލައިޑް ސެވަންޓީންގެ ފުޓްނޯޓް. އެކަން މިވީ ކިހިނެއް؟” ރަޒާންގެ ސުވާލު އައީ، އާދަމުގެ ރިޕޯޓު ނިމި، ބަރާބަރު ދިހަ ސިކުންތު ފަހުންނެވެ.

އެންމެން އާދަމަށް ބަލައިލިއެވެ. ރަޒާންގެ ސުވާލާއެކު އާދަމު ލައިގެން ހުރި ގަމީހުގެ ދަށުން ދާ ހިތްލަންވެސް ފަށައިފިއެވެ. އޭނާ ހުރީ އެއްވެސް މީހަކު ފުޓްނޯޓް ކިޔާނެ ކަމަށް އުންމީދުވެސް ނުކޮށެވެ.
“އެއީ.. އަންފޯސީން ރެގިއުލޭޓަރީ ޑިލޭސް. އެންވިރޯންމެންޓަލް އިމްޕެކްޓް އެސެސްމެންޓު ކުޑަކޮށް ލަސްވެގެން”
“ލަސްވެގެން؟ ހަމަސް ކުރިން އަހަރެން ތިކަން އެންގިން އާދަމަށް. އާދަމު ވަނީ ކޮންޓިންޖެންސީ ބަފަރެއް ކަނޑައަޅާފައިވާކަމަށް އަހަރެނަށް ޔަޤީން ކަން ދީފަ” އަޑު ބާރު ނުވިއެއްކަމަކު، ރަޒާން ގެ ރާގު ހުރި ގޮތުން އާދަމުގެ ހިތް އަވަސްވީ ބިރުންނެވެ.
“އަޅުގަނޑުމެން ބަފަރެއް ކަނޑައެޅިން. އެކަމަކު ޚަރަދުތައް އެއަށްވުރެ ބޮޑުވީ”
އާދަމުގެ ބަހަށް ރަޒާން އަތުގައި އޮތް ގަލަން މޭޒު މަތީ ބާއްވައިލިއެވެ. އެ އަތްވެސް ގޮނޑީގައި އަޅުވައިލުމަށްފަހު ބަލައިލީ ސީދާ އާދަމަށެވެ.
“އެހެންވީމާ، މާދަމާ ހެނދުނު، އަހަރެންގެ މޭޒުމަތީގައި ރިވައިޒްޑް ރިސްކް އެސެސްމެންޓް އޮންނަންވާނެ. ހަރަދު އިތުރުވީ ސީދާ ކޮން ތަނަކުންކަމާއި، ކޮންމެ ބަދަލަކަށް ހުއްދަ ދިނީ ކާކުކަން އެނގޭނެ ބްރޭކްޑައުންނަކާ އެއްކޮށް. ޕްރޮޖެކްޓް މެނޭޖުމެންޓުގައި މައްސަލައެއް އުޅޭނަމަ، އަހަރެން ބޭނުން މި ކުންފުނިން  އިތުރު ޕްރޮޖެކްޓެއް ފެށުމުގެ ކުރިން އެކަން ހައްލުކުރަން”
“އާދެ، ޗެއާމަން” އަވަސް އަވަހަށް އޭނާގެ ލެޕްޓޮޕުން ސްކްރީން ޑިސްކަނެކްޓު ކޮށްފައި އަނބުރާ ގޮނޑީގައި އިށީނެވެ. އޭނާއަށް ދެން ބުނެވޭނެ އިތުރު އެއްޗެއް ނެތެވެ.
ރަޒާން ދެން ސަމާލުކަން ދިނީ ކާރީމަށެވެ. ކަރީމަށް ރަޒާންގެ ނަޒަރު އިހުސާސްވުމާއެކު މައިބަދަ ތެދުކޮށްލެވުނެވެ. އޭނާ އިނީ އަމިއްލަ ނަފްސު ތައްޔާރު ކޮށްގެންނެވެ.
“ޝިޕިން އެކުއިޒިޝަން. ޔޫ ހޭވް ރެޒަވޭޝަން” ރަޒާން އެހެން ބުނުމާއެކު ކަރީމް ކަރު ތެރެ ސާފުކޮށްލުމަށްފަހު ރަޒާނަށް ބަލައިލީ ލުއި ހިނިތުންވުމަކާއެކުއެވެ.
“އާދެ، ޗެއާމަން. އެ ކުންފުނީގައި ޔޫނިއަންތަކަށް ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އެބަހުރި. ދެއަރ ފްލީޓް އިޒް އޭޖިން، އެމީހުން ހުށަހަޅައިފައިވަނީ ރީޒަނަބަލް ޕްރައިޒެއް. އެކަމަކު ހިޑެން ކޯސްޓްތައް…”
“ޔެސް، ދަ ކޯސްޓްސް ޝުޑް އެކްސީޑް ތަ ސްރެތެޖިކް ވެލިއު އޮފް ކޮންޓްރޯލިން ދަ ކޮރިޑޯ” ރަޒާން ކަރީމްގެ ޖުމުލަ ފުރިހަމަ ކޮށްލުމަށްފަހު ބޯޑުގެ މެމްބަރުންނަށް ބަލައިލިއެވެ.
” އެހެންވެ އަހަރެމެން އެ ކުންފުނި ނުގަންނާނަން” ރަޒާންގެ ބަހާއެކު އެންމެން ރަޒާނަށް ބޯ އަނބުރައިލީ ކުއްލިއަކަށެވެ. އެކަކު އަނެކަކަށް ސިއްރުން ވާހަކަ ދައްކަން ފެށީ ވެގެން އުޅޭ ގޮތް ނޭނގޭތީއެވެ.
“ރަޒާން، އަހަރެމެން އެ ކުންފުނި ގަތުމަށް ތައްޔާރުވަމުން އަންނަތާ މަސްތަކެއް ވެއްޖެ، އޯލް ދަ އެސެސްމެންޓް، ރިސްކްސް، ނިމިއްޖެ. ބޭންކުން ތިބީ ހަމަ އަހަރެމެން ބަސް ބުނީމަ ކަން ކުރަން ތައްޔާރަށް. ތިގޮތަށް، ޕުލް އައުޓް ކުރުމުގެ ބޭނުމަކީ ކޮބާ؟” ސުވާލު އައީ ރަޒާން ހީކުރި ފަދައިން ނަސީރުގެ ފަރާތުންނެވެ. ނަސީރުގެ އަޑުގައިވާ ނުތަނަވަސްކަމާއި ނުރުހުން އިހުސާސްވެ ރަޒާންގެ ހިތަށް ހަމަޖެހުން ލިބުނެވެ. މޫނު މައްޗަށް އެއްވެސް އަސަރެއް ނުގެނައެއް ކަމަކު، އެ ދެލޮލުގައިވާ ތޫނުކަން އިތުރަށް ވަރުގަދަ ވިއެވެ. ކަންވެގެން އެދަނީ ހަމަ ރަޒާން ބޭނުންވާ ގޮތަށެވެ.
ހަރަކާތަށް އެއްވެސް އަވަސްކަމެއް ގެނައުމެއް ނެތި، އޭނާ ނަސީރަށް ބޯ އަނބުރައިލީ، ޝިކާރަވެރި ޖަނަވާރަކަށް، އޭނާގެ ޝިކާރައަށް ބަލައި ފަދަ ގޮތަކަށެވެ. ލުއި ގޮތަކަށް އެއްމިޔަކަނުން ހީލުމަށްފަހު އޭނާ މޭޒުމަތީގައި އޮތް އައިޕެޑް ނަގައި ސްކްރީނާ ކަނެކްޓް ކޮށްލިއެވެ.
“ހާސްނުވޭ، ޕުލް އައުޓް ކުރަނީކީ އެއްނޫން. ނިއު ޓާގެޓް” އެއާއެކު ސްކްރީނަށް ފާޅުވީ އާ ސްލައިޑް ތަކެވެ. މުޅިން ތަފާތު ކުންފުންޏެކެވެ.

“މިއީ ޕެސިފިކް ސްޓާ ފްރައިޓް. އުޅަނދުފަހަރުތައް އާ. ދަރަނި ކުޑަ. އަދި މިތާ ސީ.އީ.އޯ އަންނަ ކުއާޓަރުގައި ރިޓަޔަރ ކުރާއިރު، އެ މަގާމަށް އަންނާނެ މީހަކު ކަނޑައެޅިފައެއް ނެތް.” ރަޒާން އެ ކުންފުނީގެ މަޢުލޫމާތު ހާމަކުރުމާއެކު އެންމެން އެ ކިޔަން ފެށިއެވެ.
“އައި މަސްޓް ސޭ، އައިމް އިމްޕްރެސްޑް.” ނަޖުދާ ބޯ ހޫރައިލީ ވީ ގޮތް ނަގައިގަނެވުމުންނެވެ. އެމީހުން އެންމެ ކުންފުންޏަކަށް ސަމާލުކަން ދީގެން ހުއްޓައި ރަޒާން އުޅުނީ، ރިސްކު މަދު ކުންފުނިތައް ހޯދަންށެވެ.
“ކިހާ ދުވަހެއް؟” ގޮނޑީގައި ލެނގިލަމުން ނަޖުދާ އަހައިލީ، ރަޒާން އެކަމުގައި އުޅުނީ ކިތައް ދުވަސްތޯއެވެ.
“ހަ ހަފްތާ. މެމްބަރުންގެ ފޯލްޑަރުގައި އިންނާނެ މި ޕްރޮޕޯސަލް. މި ބައްދަލު ނިމުމުގެ ކުރިން އަހަރެން ބޭނުން ވޯޓެއް ނަގަން.” ރަޒާން އެހެން ބުނެފައި ނަސީރަށް ބަލައިލިއެވެ. ރައްދުގައި ނަސީރުވެސް ގަދަކަމުން ރަޒާނަށް ހިނިތުންވެލިއެވެ.
***

ޗެއާމަން އޮފީހަށް މިއުވާން ވަދެވުމާއެކު، ސޯފާގައި އިށީނދެއިން ރަޒާން ފެނުނެވެ. އެނާގެ ފަހަތުން ދޮރު ލައްޕައިލުމަށްފަހު ހިނގައިގަތީ ސޯފާއާ ދިމާލަށެވެ. ދޮރުގެ އަޑު އިވިފައި ރަޒާން އެދިމާލަށް ނަޒަރު ހިންގައިލިއެވެ. ވަދެގެން އައި މިއުވާންގެ މޫނުމަތިން ފެންނަމުންދާ ލާނެއްކަން ފެނިފައި އޭނާ ނޭވާއެއް ނަގައިލިއެވެ. ސޯފާގައި ލެނގިލުމަށްފަހު އޭނާ އުޅުނީ، ކަރުގައި އަޅުވައިފައި އޮތް ޓައި ދޫކޮށްލަންވެގެންނެވެ.

“މާސްޓަރކްލާސް، ޝެފްސް ކިސް. ރެން އެކްޓަރ އަކަށް ވާންވީނު. އަހަންނަށް ހަމަ ކިރިޔާ ނުހެވުނީ ނަސީރުގެ މޫނަށް އެރި ކުލަވަރު ފެނިފައި. ހީވީ، މީހަކު ކުއްލިއަކަށް އޭނާގެ އަނގައަށް ލޮނބޯ ހުތް ފެލިހެން”
މިއުވާންގެ ބަސްތަކަށް ރަޒާން ބޯ ހޫރައިލިއެވެ. އޭނާ އެއްޗެކޭ ނުބުނެ ނަޒަރު ހިންގައިލީ މިއުވާން އަތުގައި އޮތް ފައިލަށެވެ.
“މި؟ އޯހް، ހަނދާން ނެތުނީ. ފެމިލީ ކޯޓުން އައި އެއްޗެއް.” އެ ފައިލް ރަޒާނަށް ދިއްކޮށްލަމުން މިއުވާން ބުންޏެވެ.
“އެންޑް ބައި ދަ ވޭ، އެއްކަލަ ޑޮކް އެބައިން ވެއިޓިން އޭރިޔާގައި”
***
ނަސީރު މެޑިކަލް ހޮސްޕިޓަލްގެ ހަތަރު ފަންގިފިލާގެ ހޯލްވޭގެ ތެރޭގައި ދުވަމުން ދިޔަ އާޝިޔާ ފެނިފައި ނަރުސް ސްޓޭޝަންގައި ތިބި ދެތިން އަންހެންވެރިން އޭނާއަށް ގޮވައިލިއެވެ. މީހަކު ގޮވާ އަޑު އިވިފައި އާޝިޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކައުންޓަރާ ދިމާލަށް ފިޔަވަޅުތަކެއް އެޅީ އޭނާއަށް ލިބިފައިވާ ޚަބަރު އަންގަންވެގެންނެވެ.
“ކީއްވެ ތި ދުވަނީ؟” ފެންބޯން ގެންގުޅުނު ފެން ފުޅީގެ މަތި ބާރުކޮށްލަމުން ނާރސް އިނާޝާ އަހައިލިއެވެ.
“ތެދެއް. ޕޭޝަންޓް؟ ޑޮކްޓަރ؟ ޕޭޝަންޓްގެ ގާޑިއަން؟ ކާކު ކީއްކުރީ؟ ކައުންޓަރުގައި ކައިރީ ހުރި ނަސްރާވެސް އަހައިލިއެވެ. އާޝިޔާއަށް ވެފަ ހުރި ގޮތް ފެނިފައި އެހެން ނަރުހުންވެސް އެނާއާ ގާތް ވެލިއެވެ
“ޑޮންޓް ބީ ޝޮކް.”
“ތިހެން ބުނީމަ މާ ބިރުވެރި” އިނާޝާ ބުންޏެވެ.
ޑރ. ދިލިޕް ދާން އެބައުޅޭ” ކައުންޓަރު މޭޒުގައި ލެނގިލަމުން އާޝިޔާ އެހެން ބުނުމާއެކު އެ ތިން ނަރުހުން އާޝިޔާއަށް ބަލައިލިއެވެ.
“ސީރިއަސްލީ؟”
“ވަޓް؟”
“ނޭނގެ އުފާވާން ވީ ކަމެއް ދެރަވާންވީ ކަމެއް”

“ނުބުނާތި އަހަރެން ބުނި ވާހަކަ” އާޝިޔާ އެހެން ބުނިލެއް މާ ލަހެވެ. ނަރުހުންތައް އޭނާގެ ފަހަތަށް ބަލަން ހުރި ތަން ފެނިފައި އޭނާ މޫނު އަނބުރައިލިއެވެ. އެއްޗެކޭ ބުނެވުމުގެ ކުރިން،  އޭނާގެ ފަހަތުގައި ހުއްޓިހުރި ޑރ. ހިޝާން ފޯނު ނަގައި ހުޅުވައިލީ އާންމު ސާޖިރީ ރެޒިޑެންޓުންނާއި އިންޓާނުން ވެގެން ހަދާފައިވާ ގްރޫޕެވެ.
_____

ސާޖަރީސް އެންޑް ސަފަރިންގްސް
20 މެމްބަރސް

ހިޝާން (ޕީ.ޖީ.ވައި-2): ގާއިސް، ޑރ. ދިލިޕް އިޒް ގޯން
ޕްރިޔާ (ޕީ.ޖީ.ވައި-1): ހީޒް ޑެޑް؟
ފިރާޒް (ޕީ.ޖީ.ވައި-1): ވަޓް؟
ރޯހަން (ޕީ.ޖީ.ވައި-1): ހިޝާން، ވަޓް ޑޫ ޔޫ މީން ހީޒް ގޯން؟؟
އީނާލް (ޕީ.ޖީ.ވައި-1): ނޯ ނޯ ނޯ
ހިޝާން (ޕީ.ޖީ.ވައި-2): ނޯ ލައިކް، ގޯން ގޯން
އަޕެކްޝާ (ޕީ.ޖީ.ވައި-2): ސްޓޮޕް ބީން ކްރިޕްޓިކް، އިޒް ހީ ޑެޑް؟
ސަޖާހް (ޕީ.ޖީ.ވައި-3): އައި ސޯ ހިމް ކޯފް ލާސްޓް ނައިޓް.
އިބްރާހިމް (ޕީ.ޖީ.ވައި-2): އައި ހޭވް މައި ލެޕް ކޯލް ވިތް ހިމް.
ސައިފް (ޕީ.ޖީ.ވައި-1):
ދިލިޕް އިޒް ޑެޑް؟
ޝާނާ (ޕީ.ޖީ.ވައި-3): އެވްރިވަން، ކާމް ޑައުން @ޑރ. ރާޝިދް، ވަޓްސް ހެޕަނިން؟
ރާޝިދް (ހެޑް): އޯހް ޑިއަރ 🌨️
ޒައުރާ: (ޕީ.ޖީ.ވައި-2): ޗީފް ސެއިޓް އޯހް ޑިއަރ؟؟!!
ސަހާ (ޕީ.ޖީ.ވައި-5): ހިޝާން، ވެއާ ޑިޑް ޔޫ ގެޓް ދިޒް އިންފޯ؟
ރޯހަން (ޕީ.ޖީ.ވައި-1) ޑަޒް ހިޒް ފެމިލީ ނޯ؟
ރާޝިދް (ހެޑް): ޔެސް. ދަ ފެމިލީ ނޯސް ފަސްޓް، ޑިއަރ ރޯހަން. 😔😔
ރާޝިދް (ހެޑް): ސަޗް އިޒް ލައިފް.😔😔
ޔަމީން (ޕީ.ޖީ.ވައި-4): ދިލިޕް އިޒް ޑެޑް؟؟
އާޝިޔާ (ޕީ.ޖީ.ވައި-3) ދިލިޕް އިޒް ނޮޓް ޑެޑް. އޯކޭ؟ ހީ ރިސައިންޑް
ވިކްރާމް (ޕީ.ޖީ.ވައި-1):…….
ދީޕަކް
(ޕީ.ޖީ.ވައި-2):…….
ޝާނާ (
(ޕީ.ޖީ.ވައި-3) ހިޝާން!!!
ރޯހަން (ޕީ.ޖީ.ވައި-1): ފޮގެޓް ރެސްޕެކްޓިން އަދާސް، ހިޝާން އައި ވިލް އެންޑް ޔޫ!!!
ހިޝާން: (
(ޕީ.ޖީ.ވައި-2) އައި ޕެނިކްޓް.
ރީހާ:
(ޕީ.ޖީ.ވައި-4): ސޯ ޑރ. ދިލިޕް އިޒް ލީވިން ދަ ހޮސްޕިޓަލް.
ރާޝިދް (ހެޑް):
ޔެސް 👏👏
ރާޝިދް (ހެޑް):
ހީ ހޭޒް އެކްސެޕްޓެޑް އަ ޕޮޒިޝަން އިން ސިންގަޕޯރ.
ރާޝިދް (ހެޑް):
އަ ވޮންޑަފުލް އޮޕަޗުނިޓީ 🎉✨✨
ލިއަން (ޕީ.ޖީ.ވައި-1): ސަރ، ޔޫ ނިއު ދަ ހޯލް ޓައިމް
ރާޝިދް (ހެޑް)
އައި ވޯޒް ވައިޓިން ފޯ ދަ ޗިލްރެން ޓު ފައިންޑް އައުޓް. 🙂🙂
ޒައުރާ
(ޕީ.ޖީ.ވައި-2): ހީ ވަޗްޓް އަސް ސްޕައިރަލް
ރާޝިދް (ހެޑް):
އައި ތޯޓް ވީ އާ ބީން ޑްރާމަޓިކް ފޯ ފަން. 🥳🥳
ރާޝިދް (ހެޑް):
ވޯޒް އައި ރޯންގް؟؟ 🤨🤨
އަޕެކްޝާ (ޕީ.ޖީ.ވައި-2)
ހީ ރިސައިންޑް؟ ލައިކް ނާއު، ލައިކް ވެން ވީ އާ އެބައުޓް ޓު ސްޓާޓް ނިއު އިޔަރ؟؟ އާ ވީ ގެޓިން އަ ނިއު އެޓެންޑިން؟؟
ރާޝިދް (ހެޑް): އާ، ދެޓްސް ދި އެކްސައިޓިން ޕާޓް 😊😊🥳
ސަޖާހް (ޕީ.ޖީ.ވައި-3): ….. ވައި އިޒް ދެޓް އިމޯޖީ ސަސްޕިޝަސް؟؟
ރާޝިދް (ހެޑް): 😊😊🥳

________
“ހޭއި، ވީ ގެޓިން އަ ނިއު އެޓެންޑިން؟؟” ރެސިޑެންޓުންނަށް ހާއްސަކޮށް ހުންނަ ލައުންޖްގެ ތެރެއަށް ވަދެގެން އައި ޝާނާ އަހައިލީ، އެ ކޮޓަރީގެ ސޯފާގައި ޕެކެޓެއް ބޯން އިން އިންޑިޔާ އަންހެން ކުއްޖާއަށެވެ.
“ޔަޕް. ވޮންޑާ ހޫ؟” ޕެކެޓު އަނގަޔާ ދުރުކުރަމުން ޕްރިޔާ ބުންޏެވެ.
“ޝާނާ، އެނީ ނިއުސް ފްރޮމް ޔަމީން، ހިޒް ފްލައިޓް އިޒް ޑޭ އާފްޓާ ޓުމޯރޯ” ޕްރިޔާ ކައިރީގައި އިން ވިކްރަމް އަހައިލީ، އެ މީހުންގެ ރެސިޑެންޓް ޔަމީންއާ ބެހޭގޮތުންނެވެ. ލިބުނު ދެ ހަފްތާގެ ޗުއްޓީގައި އޭނާ ވީ ނޭޕާލަށް ގޮއްސައެވެ.
“ނޮޕް. ޔޫ ނޯ ހިމް”
****

ރެސްޓޯރެންޓަށް ވަދެގެން އައި ރަޒާން ހުއްޓިގެން ހުރެ، ދެކޮޅު ބަލައިލީ އޭނާ ހޯދަން އައި މީހާ ފެނޭތޯއެވެ. ލައިގެން ހުރި ފަޓުލޫނުގެ ދެ ޖީބަށް އަތް ޖަހައިގެން ހުރެ އޭނާ ހުރަސްކޮށް ދިޔަ ވެއިޓަރ ހުއްޓުވައި، އެ މީހާގެ ނަން ހާމަކުރިއެވެ. އެއާއެކު އެ ވެއިޓަރ އިޝާރަތް ކުރީ، ރެސްޓޯރެންޓުގެ ކަނުގައި އިން މޭޒު ކައިރީ އިށީނދެއިން އުމުރުން ދުވަސްވީ ފިރިހެނާއެވެ. ކަންފަތުގައި ފޯނު ޖަހައިގެން އިނދެ އެ ފިރިހެނާ އިނީ ފޯރީގައި މީހަކާ ވާހަކަ ދައްކަން ކަން ރަޒާނަށް އެނގުނެވެ. ލަސް ހިނގުމެއްގައި އޭނާ އެ ރެސްޓޯރެންޓު ތެރެ ކަޑަތުކޮށް، އެ ފިރިހެނާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. ރަޒާން ފެނުމާއެކު އޭނާވެސް އެ ކޯލު ކުރުކޮށްލުމަށްފަހު ފޯނު ތިރިކޮށްލިއެވެ.
“އަހުމަދާ؟” ހީލަމުން ރާޝިދު އަތް ދިއްކޮށްލީ ސަލާމް ކުރަންށެވެ.
“ޑޮކްޓަރ.” ރަޒާންވެސް ރައްދުގައި ހިނިތުންވެލައި އެ ސަލާމް ބަލައިގަތުނެވެ.
“ދެން ޑޮކްޓަރ ނުކިޔަބަލަ، ބޭބެ ކިޔާބަލަ.” ރާޝިދު މޫނު ކުނިކޮށްލަމުން އެހެން ބުނުމާއެކު ރަޒާން ދެކޮޅަށް ބޯ ހޫރައިލިއެވެ.
“މައްސަލަ އެއް ނެތް. ބޭބެ ހާދަ އުފާވެފަ؟” ވެއިޓަރަކަށް އިޝާރަތް ކުރަމުން ރަޒާން އަހައިލިއެވެ. އެ ސުވާލާއެކު ރާޝިދްގެ މޫނުމައްޗަށް އަލިކަމެއް ލިބުނެވެ.
“ހަނދާން އެބަހުރިތަ އަހަރެން ދައްކަމުން ޢާއިޝާގެ ވާހަކަ؟ އޭނާ އެބަ އާދޭ ރާއްޖެއަށް. ހިތަށް މި އަރަނީ އޭނާ އަހަރެމެން ގޭގަ ބަހައްޓަންވީ ބާއޭ، ނޫނީ އޭނާއަށް ވަކިން ތަނެއް ހިފަންވީ ބާއޭ؟” ގޮނޑީގައި ލެނގިލަމުން ރާޝިދު ފެށިއެވެ.
“އަޅުގަނޑު ދީފާނަން އެޕާޓްމެންޓެއް…” ވެއިޓަރަށް އޯޑާ ދިނުމަށްފަހު ރަޒާން ބުންޏެވެ.
“ދަރިފުޅާ، ދިމާކުރާކަށް ނޫން، ދަރިފުޅު ތި ކިޔާ އެޕާޓްމެންޓަކީ ބޮޑު ސިންގާ ޕެންތް ހައުސެއް. ބޭބެ ކޮން ހިތްވަރެއް ލާފަ ތި ތަން ޢާއިޝާއަށް ދައްކާނީ؟ މަލާމަތް ކުރާކަށް ނޫން، އެކަމަކު ދަރިފުޅު ތި ބުނާ ތަނަކީ ޢާއިޝާގެ ފެންވަރެއް ނޫން. އެ ތަން ފެނުނަސް އޭނާވެސް ހަމަ ބުނާނީ ނޫނެކޭ” ރާޝިދުގެ ރާގު އިވިފައި ރަޒާން ނޭވާއެއް ދޫކޮށްލިއެވެ.
“އޭނާ ފެނިފައި އަހުމަދަށްވެސް ވިސްނޭނެ އޭނާއަކީ ކޮންކަހަލަ ކުއްޖެއްކަން. މަޑު ކުރޭ. ދައްކަންތަ ފޮޓޯއެއް؟” މޭޒު މަތިން ފޯނު ނަގަމުން ރާޝިދު އުޅުނީ އެ އަންހެން ކުއްޖާގެ ފޮޓޯ ހޯދަންށެވެ.
“މިހުރީ، ރީތި ދޯ؟” ރަޒާނަށް ފޯނުގެ ސްކްރީން އަނބުރައިލިއެވެ. ފޯނަށް އަރައިފައި އިނީ ދަންނަ ކުއްޖެއްކަން އިހުސާސްވެގެން ރަޒާން އެ ފޯނުގައި ހިފިއެވެ. ރަނގަޅަށް އެ އަންހެން ކުއްޖާގެ ސިފަ ފެނިފައި އޭނާގެ މެޔަށް ގޮތް ވިއެވެ. ހިތުގެ އެންމެ ފުނުގައި ފޮރުވެވިފައިވާ އިހުސާސްތައް ކެކި އަރައިގަތުނީ ކުއްލިއަކަށެވެ. މޫނު މައްޗަށް އެއްވެސް ބަދަލެއް ނަޔަސް، އެ ލޮލަށް ވިދުވަރެއް އައެވެ.
“ހޫމް. ވަރަށް މޮޅު މީހެއްތަ؟” ރާޝިދަށް އަނބުރާ ފޯނު ދިނުމަށްފަހު ރަޒާން އަހައިލީ ނުހަނު މަޑުމައިތިރި ކަމާއެކުއެވެ.
“އަހުމަދާ، އަހަރެން ހަޔާތުގައި ދުވަހަކުވެސް ނުދެކެން މިހާ ތޫނުފިލި ޑޮކްޓަރެއް. ފޮނި ކަނޑަނީކީއެއް ނޫން. ހަމަ އަސްލަށްވެސް މިބުނަނީ. އޭނާއާ އަހަރެން ދިމާވީ، ހަނދާންވާ ގޮތުގައި، އޭނާގެ ޕޯސްޓް ގްރެޖުއޭޓް 2 ވަނަ އަހަރު. ނޭޕާލަށް ސްޕެޝަލް ކޭމްޕަކަށް އަހަރެން ދިޔަ ފަހަރު އެއީ. އޭނާގެ ހުނަރާއި ޤާބިލްކަން ފެނިފައި އަހަރެން ބޭނުންވީ އޭނާ ރެޒިޑެންސީ ނިމޭހާ އަވަހަކަށް މިކޮޅަށް ގެންނަން. އެހެން ހޮސްޕިޓަލްތަކާ ހަނގުރާމަ ކުރަން ޖެހުނަސް ހެޔޮކަމަށް ބަލާފަ.” ރާޝިދު ދިޔައީ ހުއްޓުމެއް ނެތި ތަޢުރީފު ކުރަމުންނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރަޒާން ހުރީ އޭނާގެ ވާހަކަތައް އަޑު އަހަންށެވެ. ތުންފަތަށް އެރި ލުއި ހިނިތުންވުމަކާއެކު އޭނާ ރާޝިދުގެ ބަހަށް ބޯ ޖަހައިލިއެވެ.
ތަޤުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ.
ކަންތައް ވެގެން އެއައީ އޭނާ އެންމެ ހީނުކުރާ ގޮތަށެވެ.
އެހެނަސް، ލިބުނު ފުރުސަތު ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“ބޭބެ. އަޅުގަނޑު އެތަން ރެންޓު ކުރާނަން ކުޑަ އަގެއްގައި. ބޭބެ ހާސްނުވޭ. އަނެއްކާ ހޮސްޕިޓަލާ ކައިރިއެއްނު، ހިނގާފަ ފަސް މިނެޓުން ދެވޭ. އެހެންނޫނަސް، އަޅުގަނޑުވެސް އެބައުޅެމޭ އެތަން ކުއްޔަށް ދޭންވީ ކާކުކަމެއް ނޭނގިގެން..”
“އަހުމަދާ.. އެކަމަކު..”

“ބޭބެ ވަނީ އަޅުގަނޑުގެ މަންމަ ސަލާމަތް ކޮށްދީފަ. އޭނގޭ އޭގެ ބަދަލު ދުވަހަކުވެސް ނުދެވޭނެކަން. އެކަމަކު އަޅުގަނޑު ބޭނުން ބޭބެއަށް ކޮންމެ ގޮތަކުން އެހީވާން. މައްސަލައަކީ ބޭބެ ދުވަހަކުވެސް އަޅުގަނޑު ކައިރީ ކަމަކަށް އެދުމަކަށް ނާހާކަން. އެހެންވީމާ އަޅުގަނޑަށް މި ފުރުސަތު ދީ. އަނެއްކާ އަޅުގަނޑަކީ ބޭބެ ދަންނަ، ބޭބެގެ އިތުބާރު ލިބިފައި އޮތް މީހެއްނު. އަޅުގަނޑު ނޫޅެން ތި ކުއްޖާއަށް ގެއްލުންވާ އެއްވެސް ކަމެއް ކުރާކަށް. މިހާރު އެކަކަށްވެސް ނޭނގޭނެ ލޭންޑްލޯޑުންގެ ގޮތެއް” ވިސްނަން އިނދެފައި ރަޒާން ރާޝިދަށް ބަލައިލިއެވެ.

ރާޝިދުވެސް ރަޒާނަށް ބަލައިލުމަށްފަހު ފުންނޭވާއެއް ނަގައިލިއެވެ. ކިތަންމެ ވަރަކަށް އޭނާ އެ ފުރުސަތަށް ދެކޮޅު ހަދަން އުޅުނަސް ރަޒާންގެ ބަހުގައި ވަނީ ހަޤީގަތެވެ.
“ބޭބެ ޢާއިޝާއާ ވާހަކަ ދައްކާނަން. ބޭބެއަށް ހީވަނީ ޢާއިޝާއާއި އެއްކޮށް އޭނާ ބައްޕަވެސް އުޅޭނެ ހެން. އޭނާގެ ބައްޕަ އުޅެނީ ބަލިކޮށް. ކިތައް ކޮޓަރި އެޕާޓުމެންޓެއްތަ ތީ؟”
“ތިނެއް. ބެލްކަންޏާއި އެއްކޮށް. ދެން ޢިމާރާތުގެ ދެވަނަ ފަންގިފިލާގައި އިންނާނެ ޖިމް، ފުރަތަމަ ފަންގިފިލާގައި އިންނާނެ ޕޫލް.” ރަޒާނަށް ރާޝިދުގެ އަޑުން އޭނާ އެއްބަސްވާން އުޅޭހެން ހީވުމާއެކު ހިތާ ހިތުން ހިނިތުންވެލުނީ ކާމިޔާބާއެކުއެވެ. “ބޭބެ، އަޅުގަނޑަކަށް ހިޔެއް ނުވޭ އެހާ ފަސޭހަލުން ދެން މިއަށްވުރެ ރަނގަޅު އޮފާއެއް ލިބޭނެހެންނެއް.”
“ކިހާވަރެއް ނަގަން ތިއުޅެނީ؟” ކަޅު ސައިތަށިން ކޯވަރެއް ބޯލުމަށްފަހު ރާޝިދު އަހައިލިއެވެ.
“ތިއަށް ވިސްނާލާނަން” އެހެންބުނުމަށްފަހު ރަޒާން ސައިތަށިން ކޯވަރެއް ބޮއެލީ ބޮލުގައި ކަމެއް ރާވަމުންނެވެ.

***

ސިންގަޕޫރު އެއާލައިން ފްލައިޓްގެ އެކޮނޮމީ ސީޓުގައި ހަމަޖެހިލައިގެން އިން ޔަމީން އިރުއިރުކޮޅާ ބަލައިލެވެނީ އަތުގައި އޮތް ފޯނަށެވެ. ރާއްޖެއަށް ޖައްސާނެ ވަގުތަކަށް އޭނާ އިނީ ކެތް މަދުވެފައެވެ. އޭނާގެ ސީޓްބެކް ސްކްރީނުގައި އަޅުވައިފައި އިން ފިލްމަށް ސަމާލުކަން ދެމުންވެސް ބެލެވެނީ ފޯނަށެވެ.

“ލޭޑީސް އެންޑް ޖެންޓަލްމޭން. އިފް ދޭއަރ އިޒް އަ މެޑިކަލް ޕްރޮފެޝަނަލް އޮން ބޯޓް، ޕްލީޒް އައިޑެންޓިފައި ޔުއަރސެލްފް ޓު ދަ ކެބިން ކްރޫ އިމީޑިއެޓްލީ” ކެބިން ކްރޫގެ އަޑާއެކު ޔަމީން އަވަސްއަވަހަށް ސީޓްބެލްޓް ނައްޓާލިއެވެ. ނޭޕާލުގައި ޖެހި ސަކަރާތުގެ ސަބަބުން ރިއްސަމުންދާ މަސްގަނޑުތަކަށް ސަމާލުކަން ނުދީ އަވަސްވެފައިވާ ހިތަކާއެކު އޭނާ ހިނގައިގަތީ އެ އައިލްގައި ހުރި ފްލައިޓް އެޓެންޑެންޓެއް ކައިރިއަށެވެ.
“އައި އޭމް އަ ޑޮކްޓަރ”

ޔަމީންގެ ބަހާއެކު އެ ފްލައިޓް އެޓެންޑެންޓު އަވަހަށް ހިނގައިގަތުނީ ފްލައިޓްގެ ބިޒިނަސް ކްލާހާއި އެކޮނިމީ ކްލާސް ވަކިކުރާ ގެލީއާ ދިމާލަށެވެ. ޕަސެންޖަރުންގެ ޝައުޤު އުފެދިފައިވާ މޫނަށް ބެލުމެއްނެތި އޭނާވެސް އެ ފްލައިޓް އެޓެންޑެންޓުގެ ފަހަތުން ހިނގައިގަތެވެ.
އޭނާއަށް ގެލީ އަށް ވަދެވުމާއެކު ފެނުނު މަންޒަރުން ހިތް އިތުރަށް އަވަސްވިއެވެ. ދެގޮނޑިމައްޗައް ވާ ގޮތަށް  ބާއްވައިފައި އޮތް އުމުރުން ތިރީހަކަށް އަހަރު ފިރިހެނާއަށް، އޭނާ ރަނގަޅަށް ބަލައިލިއެވެ. އޭނާ ކައިރީގައި ހުރި އަންހެންމީހާ، ޔަމީނަށް ހީވާގޮތުން އެ ފިރިހެންމީހާގެ އަނބިމިހާ ދިޔައީ ރޮމުން، އެ ފިރިހެންމީހާއަށް ގޮވަމުންނެވެ. އެހެނަސް އެ ފިރިހެންމީހާ ޖަވާބު ނުދެވުނީ ނޭވާ ލާން އުނދަގޫވެގެން އުޅޭތީއެވެ.
އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ޔަމީން ބަލިމީހާ ކުރިމަތީ ދެކަކޫ މައްޗަށް ތިރިވިއެވެ. އޭނާ ވަނީ ޓްރައުމާ ކޭސްތައް ބަލައި، ދޮސްގަނޑުތައް ފަޅައި، ލެޕަރޮޓޮމީ އޮޕަރޭޝަންތަކުގައި އެހީތެރިވެފައެވެ. ޕޯސްޓްގްރެޖުއޭޓް ޖެނެރަލް ސާޖަރީ ޓްރޭނީއަކަށް ވިޔަސް، މިވަގުތު އެ ބޯޓުގައި ހުރި އެންމެ ތަޖުރިބާކާރު މީހަކީ އޭނައެވެ.
“ވަޓް ހެޕެން؟” އޭނާ އެ ބަލިމީހާގެ އަނބިމީހާ ކައިރީ އަހައިލީ، މެޑިކަލް ކިޓުން ސްޓެތެސްކޯޕް ނަގަމުންނެވެ. އޭނާ ހަލުވިކޮށް މަސައްކަތް ކުރަމުންދިޔައީ އެ އަނބިމީހާ ވީ ކަންތައް ކިޔައިދެމުންދާ އަޑު އަހަމުންނެވެ.
“ހީ ހެޑް ބީން ކޯފިން ފޯ އަ ވައިލް. ދެން އޯލް އޮފް އަ ސަޑެން، ހީ ކްލަޗްޓް ހިޒް ޗެސްޓް އެންޑް ސެޓް ހީ ކުޑުންޓް ކެޗް ހިޒް ބްރެތް.”
“ޝާޕް އޯ ޑަލް ޕެއިން؟ ޑަޒް ހީ ހޭޒް އެނީ މެޑިކަލް ހިޒްޓްރީ؟”
“ޝާޕް. އެންޑް ނޯ. ހީ ނެވަ ހެޑް އަ ހާޓް އެޓޭކް އޯ އެނީތިން”
ޔަމީން އަވަސް އަވަހަށް ބަލިމީހާގެ ގަމީހުގެ ގޮށްތައް ނައްޓައި ގަމީސް ހުޅުވައިލިއެވެ. ސްޓެތެސްކޯޕް ކަންފަތުގައި އެޅުވުމަށްފަހު، މޭގައި ޖައްސައިލީ ވަގުތުންނެވެ. އޭނާ އުންމީދުކޮށްގެން ހުރީ ކޮންމެވެސް ކަހަލަ އަޑެއް އިވޭނެ ކަމަށެވެ. އެހެނަސް އޭނާގެ ހިތް މާޔޫސްވީ ކަނާތްފަރާތުން ނޭވާލާ އަޑު ނީވެގެންނެވެ. އަވަސް އަވަހަށް ބީ.ޕީ ބެލިއިރު، ބީ.ޕީ ހުރީ 80 ގައެވެ. ވިންދު ހުރީ 130 ގައެވެ. އެ އަލާމަތްތަކަށް ވިސްނަމުން އޭނާ ރަނގަޅަށް ބަލިމީހާއަށް ބަލައިލިއެވެ. އެ ވަގުތު އެ ބަލިމީހާގެ ނިއްކުރީގައި އުފެދިފައިވާ ދާ ތިކިތައް ފެނުނެވެ. ކަރުގެ ނާރުތައް ހުރީ ފުފިފައެވެ.
‘ބެކްސް ޓްރަޔަޑް؟؟’
އޭނާ އަނެއްކާވެސް ރަނގަޅަށް ވިސްނައިލިއެވެ.
‘ހައިޕޯޓެންޝަން؟ ޑިސްޓެންޑެޑް ނެކް ވެއިންސް، މަފުލްޑް ހާޓް ސައުންޑް’ ވިސްނުނު ޝައްކު ޔަޤީން ކުރަންވެގެން އަނެއްކާވެސް އޭނާ ސްޓެތެސްކޯޕް ބަލިމީހާގެ މޭގައި ޖައްސައިލިއެވެ. ކޮންމެ ދިމާލަކުން ބެލިއަސް، ޖަވާބަކީ ހަމަ އެކައްޗެއްކަމަށް އޭނާއަށް ވިސްނުނެވެ.
‘ކާޑިއެކް ޓެމްޕޮނޭޑް؟ ހާޓް އެޓޭކް؟’ ވިސްނަމުން އޭނާ އަވަސް އަވަހަށް އިމަޖެންސީ ބޭސް ކިޓް ހުޅުވާލައި، އެސްޕިރިން، ނައިޓްރޯގްލިސަރިން ނުވަތަ އެޑްރެނަލިން ފަދަ ބޭހެއް ފެނޭތޯ ބެލިއެވެ.
“ޑޯންޓް ޔޫ ހޭވް އޭން އޭ.އީ.ޑީ؟” ފްލައިޓް އެޓެންޑެންޓަށް މޫނު އަނބުރާލަމުން ޔަމީން އަހައިލިއެވެ. ޖެސް ކިޔާ އެ އަންހެން މީހާ އަވަސްއަވަހަށް ބޯ ޖަހައިލުމަށްފަހު އެތަނުން ހިނގައިގަތުނީ އޭ.އީ.ޑީ ބަލާއެވެ. އެވަގުތު ދަމައިފައިވާ ފަރުދާ ކަހައިލައި، އަންހެނަކު އެތަނަށް ވަދުނެވެ.

“މޫވް!!”

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 110 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އެހެން ދުނިޔެއެއް؟ – 6

Previews
July 4, 2026

އެހެން ދުނިޔެއެއް؟ – 6

One Comment

  1. Aami says:
    July 4, 2026 at 11:18 pm

    VaRahreethi

Comments are closed.



All Right Reserved!