“އެކްސްކިއުޒް މީ؟” ސައިފްގެ ފަހަތުން އަންހެނެއްގެ އަޑު އިވިފައި އެންމެން އެދިމާލަށް ބަލައިލިއެވެ. ހުރީ ކާކުކަން އެނގުމާއެކު އެންމެން ދެލޯ ބޮޑުވިއެވެ.
“ޔެސް.. މޭމް” ޖެހިލުންވެ ސައިފް އިޖާބަދިނެވެ.
“ޑރ. ރާޝިދުގެ އޮފީސް އިންނަނީ ކޮންތާކު؟” ކުރިމަތީގައި ހުރި ކުއްޖާއަށް، މަތިން ފެށިގެން ތިރިއަށް ނަޒަރު ހިންގައިލުމަށްފަހު އެ އަންހެން މީހާ އަހައިލިއެވެ.
“އެހެރި ހޯލްވޭ. ސެކަންޑް ޑޯ އޮން ދަ ލެފްޓް” ހޯލްވޭ އަށް އިޝާރަތް ކުރަމުން ސައިފް ޖަވާބު ދިނެވެ.
“ތެންކިޔު…ޑރ. ސައިފް؟” އެ އަންހެން މީހާ، ސައިފްގެ ކަރުގައި އަޅުވައިފައި އިން ކާޑަށް ނަޒަރު ހިންގައިލިއެވެ.
“ޔެސް މޭމް”
ރޫޔާގެ ދެބުމަ ގޮށްޖެހުނީ ސައިފް އޭނާއަށް ‘މޭމް’ އޭ ކިޔާފަ މުޚާތަބު ކުރާތީއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އޭނާ ހިނގައިގަތީ ރާޝިދުގެ އޮފީހާ ދިމާލަށެވެ.
“ދެޓްސް.. އޯ ގޯޑް.. ޝީ އިޒް އަވަ ނިއު އެޓެންޑިން؟؟” ޕްރިޔާ އަނގަމަތީ އަތް އަޅައިލީ ޤަބޫލުކުރަން ދަތިވެގެންނެވ
“ޔަޕް.. ނޮޓް ޑްރީމިން.”
“ޝިޓް..ޝިޓް… ޝިޓް.. “ލިއަން ހާސްވެހުރެ ދެކޮޅަށް ހިނގަންފެށިއެވެ.
“އިޒް އިޓް ޓޫ ލޭޓް ޓު ޗޭންޖް ހޮސްޕިޓަލްސް؟”
****
ދޮރުގައި ޓަކި ޖެހުމަށްފަހު ރޫޔާ ރާޝިދުގެ އޮފީހަށް ވަދުނެވެ. ކޮފީ މޭޒު ކައިރީގައި މަޑުކޮށްގެން ހުރި ފިރިހެންމީހާ ފެނިފައި އޭނާ ހިނިތުންވެލިއެވެ. ލުއި ފިޔަވަޅުތަކެއް އަޅަމުން އޭނާ ހިނގައިގަތީ، އެކޮޓަރީގައި ހުރި ސޯފާއާ ދިމާލަށެވެ.
“މަރުޚަބާ ޢާއިޝާ. ކިހިނެއްވަނީ ހޮސްޕިޓަލް؟” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ރާޝިދު އެހިއެވެ.
“މައްސަލައެއް ނެތް. މި ތަނުގެ ރެސިޑެންޓުންނާ ދިމާވި ދެންމެ.” ސޯފާގައި ހަމަޖެހިލަމުން ރޫޔާ ޖަވާބު ދިނެވެ.
“އޯހް. ފޯރި އޮންނާނެ..” ހީލަމުން ރާޝިދު ބުންޏެވެ.
“ބޭބެ ނުބުނަންތަ އަހަރެން އަންނަ ވާހަކައެއް؟”
“ޢާއިޝާ ހަމަ ނޭނގިތަ ތި އަހަނީ؟” ރާޝިދު ހުރީ ސަމާސާކުރާ މޫޑެއްގައި ކަން ރޫޔާއަށް ވިސްނުމާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ.
“އެހެން އެޓެންޑިންގެ ވިސްނުން ހުރީ ކިހިނެއް؟” ރޫޔާ ރާޝިދަށް ނަޒަރު ހުއްޓައިލިއެވެ.
ރޫޔާގެ ސުވާލަށް ރާޝިދު ނޭވާއެއް ދޫކޮށްލިއެވެ. ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ.
“ޢާއިޝާ އެމީހުންގެ ވިސްނުމަށް ސަމާލުކަން ދޭނެ ކަމެއް ނެތް. ބައެއް މީހުންނަކީ އެމީހުންގެ ގޮތުގައި ތިބޭ ބައެއް. ގޮތްދޫނުކޮށް.” ރާޝިދު ބޯހުރައިލަމުން ޖަވާބު ދިނެވެ.
ރާޝިދުގެ ޖަވާބުން ރޫޔާއަށް ދެލޯ މަރައިލިއެވެ. އޭނާއަށް ހީވީވެސް އެހެންނެވެ. ސީނިއަރ އެޓެންޑިންތައް އޭނާ ބަލައިގަންނަން ވަގުތު ނަގާނެ ކަން އޭނާއަށް ވިސްނުނެވެ.
“މާދަން ނޫން އަނެއް ދުވަހު ޢާއިޝާ އޮފިޝަލް ކޮށް މަސައްކަތް ކުރާގޮތަށް އޮތީ. މިއަދާއި މާދަން އޮތީ ހޮސްޕިޓަލުގެ ހުރިހާ ކަމެއް ދަސްކުރަން.” ދޮރާ ދިމާލަށް ހިނގައިގަންނަމުން ރާޝިދު ބުންޏެވެ.
***
ހެޗް.އާރް އަށް ގޮސް ކުރަން ޖެހޭ ކަންތައްކޮށް ނިންމައިގެން ރޫޔާ ހިނގައިގަތީ ލިފްޓާ ދިމާލަށެވެ. ލިފްޓް ހުޅުވުމާއެކު އަންހެނަކު އެ ފަންގިފިލާއަށް ފޭބިއެވެ. ދޫކޮށްލެވިފައިވާ ކުރު އިސްތަށިކޮޅަކާއި ލައިގެން ހުރި ގަމީސް ހެދުމާއެކު އެ އަންހެން ކުއްޖާއަކީ ފެންވަރުގައި ދިރިއުޅެމުންދާ ކުއްޖެއްކަން ރޫޔާއަށް ވިސްނުނެވެ. އޭނާގެ ބުއްދީގެ ކޮންމެވެސް ދިމާލަކުން އެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ގޮވަމުން ދިޔައެވެ.
ލިފްޓުން ފޭބި ޔޫޝާއަށް ނިތް އަރުވައިލެވުނީ، ލިފްޓުގެ ކުރިމަތީ ހުރި އަންހެނާ އޭނާއަށް މާވަރަކަށް ބަލާތީއެވެ. އޭނާއަށްވެސް ކޮންމެވެސް ތަނަކުން އެ އަންހެނާ ފެނުނުހެން ހީވިއެވެ. ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އޭނާ އަވަސް އަވަހަށް އެ އަންހެންމީހާއަށް ފަހަނަ އަޅައި ގޮސް އޮފީހަށް ވަދުނެވެ.
ރޫޔާ ލިފްޓަށް އަރައި ތިންވަނަ ފަންގިފިލާއަށް ދާން ފިތަށް ފިއްތައިލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ކަރުގައި އަޅުވައިފައި އިން ކާޑަށް ބަލައިލިއެވެ. އެ ކާޑުގައި ހަރުކޮށްފައި އިން އޭނާގެ ފޮޓޯއަށް ބަލައިލުމަށްފަހު، އެކާޑު ދޫކޮށްލިއެވެ. ހަށިގަނޑު ތެދުކޮށްލުމަށްފަހު، ލައިގެން ހުރި ދިގު ސްކާޓުގެ ޖީބަށް އަތް ޖަހައިލިއެވެ. ލިފްޓް ހުއްޓުމާއެކު، ދޮރު ދެފަރާތަށް ކެހި ހުޅުވުނެވެ. ލިފްޓުން ނިކުމެގެން ހިނގައިގަތީ ނަރުހުން ތިބޭ ސްޓޭޝަނާ ދިމާލަށެވެ.
ޖޫސް ޕެކެޓެއް ބޯން އިން ޝަބާއަށް، ނަރުހުންގެ ސްޓޭޝަނާ ކައިރި ވަމުންދިޔަ ރޫޔާ ފެނިފައި އަވަސް އަވަހަށް ކައިރީގައި އިން ލަހުފާއަށް ބަލައިލިއެވެ. ލަހުފާ ބަލައިލީ އެ ޑިޕާޓްމެންޓްގެ ސީނިއަރ ނަރުސް ނަސްރާއަށެވެ. އިނާޝާއާއި ނުސްރާ ދެމީހުން އަވަހަށް އިށީނދެއިން ގޮނޑިން ތެދުވިއެވެ.
“އައްސަލާމް ޢަލައިކުމް” ނަރުހުންނަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރޫޔާ ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ.
“ވަޢަލައިކުމް ސަލާމް. ޑރ. ރޫޔާ ދޯ” ނަސްރާ ކުރިއަށް ޖެހިލަމުން ރޫޔާގެ ހިނިތުންވުމަށް ރައްދު ދިނެވެ.
“ލައްބަ.. ޑރ. ރޫޔާ..”
“މަރުހަބާ ޑރ. އަޅުގަނޑަކީ ނަސްރާ. ދެން މިހުރީ މިވަގުތު ޝިފްޓް ގައި ތިބި ނަރުހުން.. އަދިވެސް އުޅޭނެ ބައެއް.. ޝަބާ، ލަހުފާ، އިނާޝާ، ދެން ނުސްރާ. ސޫދާ، ތުހުފާ ދެން މުނައްވަރު ވީ ކެންޓީނަށް ގޮސް” ނަސްރާ އެކި އެކި މީހުންނަށް އިޝާރަތް ކުރަމުން އުޅުނީ ރޫޔާއަށް އެހުރިހާ އެންމެން ތަޢާރާފް ކުރަންވެގެންނެވެ.
“ވެލްކަމް، ޑރ. ރޫޔާ.” ރޫޔާއާ ސަލާމްކުރަންވެގެން އަތް ދިއްކޮށްލަމުން އިނާޝާ ބުންޏެވެ.
“ތެންކްސް..” ރޫޔާ އެ އަތުގައި ހިފައިލަމުން އިނާޝާއަށް ހިނިތުންވެލިއެވެ.
“އަމް.. ވެލް… ނާރސް ނަސްރާ.. އޯކޭތަ މިއަދު މެންދުރު މި ޑިޕާޓްމެންޓްގެ ނަރުހުންނަށް ޕިއްޒާ ގެންނަން؟” ރޫޔާ ނުސްރާއަށް ބަލައިލަމުން އަހައިލިއެވެ.
ރޫޔާގެ ބަސް އިވިފައި ދެން ތިބި ނަރުހުން އެކަކު އަނެކަކަށް ބަލައިލިއެވެ. ދެން ރޫޔާއަށް ބަލައިލީ ދެލޯ ބޮޑުކޮށްގެންނެވެ.
“ޑޮކްޓަރ.. މީ ޕިއްޒާ ޓްރީޓް؟”
“ހޫމް. އަޅުގަނޑު ޕޭ ކުރާނަން. މި ވަގުތު ޝިފްޓްގައި ތިބި ހުރިހާ ސާރޖިކަލް ނަރުހުންނަށް”
ނުސްރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރޫޔާގެ ނަޒަރު ހުރީ އޭނާއަށް ވުމާއެކު އޭނާ ނޫނެކޭ ބުނާކަށްވެސް ނުކެރުނެވެ.
“މައްސަލައެއް ނެތް” ނަސްރާ ނޭވާއެއް ދޫކޮށްލިއެވެ.
“މިއޮތީ އަޅުގަނޑުގެ ނަމްބަރ.. ފްރީ ވީމަ، އޯޑަރ ކޮއްފާ އަޅުގަނޑަށް އަރާވަރު ފޯވާޑް ކޮށްލާ. ދެން ކަމެއް ބޭނުންވިޔަސް ހަމަ މި ނަމްބަރަށް ގުޅާނީ” ފޯނު ހުޅުވައިލުމަށްފަހު އޭނާގެ ނަމްބަރު ނަސްރާއަށް ދައްކައިލިއެވެ. ނަމްބަރު ފެނުމާއެކު ނަސްރާވެސް އޭނާގެ ފޯނު ނަގައި ރޫޔާގެ ނަމްބަރު އެ ފޯނުގައި ރައްކާ ކޮށްލިއެވެ. ދެން އޭނާ އަވަހަށް އެ ނަމްބަރު ފޯވާޑްކޮށްލީ އެ ޑިޕާޓްމެންޓްގެ އެހެން ނަރުހުންނަށެވެ.
***
ހޯލް ތެރެއިން ދުވެފައި އާޝިޔާ ވަދުނީ، އެ ހޮސްޕިޓަލުގެ މީޓިން ރޫމަށެވެ. އޭނާ އަވަސްއަވަހަށް ކަޅި އެއްލީ އޭނާ ދަންނަ މީހަކު ފެނޭތޯއެވެ. ނަސީބަކުން އޭނާއަށް، އޭނާގެ އެކުވެރިން އިށީނދެތިބި ތަން ފެނުނެވެ. އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އިށީނީ، ސުހާ ކައިރީ އިން ހުސް ގޮނޑީގައެވެ.
“ތެދެއްތަ؟ ޑރ. ރޫޔާތަ އަހަރެމެންގެ ނިއު އެޓެންޑިންއަކީ؟” ގޮނޑީގައި ފޫކޮޅު ޖެހުނުކަމެއް ނޭނގެ އާޝިޔާ ސުވާލު ގޯނީގެ އަނގަ ހުޅުވައިލިއެވެ.
“ޔަޕް. ސައިފަށް އޭނާ ފެނުނީ ފުރަތަމަ..” ސުހާ ކަޅި އެއްލީ، ކުރިމަތީ އިން ގޮނޑީގައި އިށީނދެއިން ސައިފަށެވެ.
ފަހަތުން ސައިފްގެ ނަން އިވިގެން، ސައިފް ކައިރީގައި އިން ދީޕަކް ސުހާއަށް ބަލައިލިއެވެ. ދެތުންފަތް ފިއްތައިލުމަށްފަހު އޭނާ ދެކޮޅަށް ބޯ ހޫރައިލިއެވެ.
“ހީ ހޭޒް ނޮޓް ރިކަވާޑް.” ސައިފްގެ ބޮލުގައި ފިރުމަމުން ދީޕަކް ޖަވާބު ދިނެވެ.
“އީވެން އައި އޭމް ނޮޓް ރިކަވާޑް. ޝީ ޑިޑްންޓް އީވެން ލުކް އެޓް މީ!” އީނާލް ވެސް އެ މަޝްވަރާގައި ބައިވެރިވިއެވެ.
“އިޒް ޔަމީން އޯކޭ؟” އަޕެކްޝާ ޕްރިޔާގެ އަތުގައި ހިފައިލަމުން އަހައިލިއެވެ. އެ އަށް މީހުން އަވަސް އަވަހަށް ނަޒަރު ހިންގައިލީ، ސައިފް ވާތް ފަރާތުގައި އިން ގޮނޑީގައި އިށީނދެއިން ޔަމީނަށެވެ. ޔަމީންގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނަން ނެތެވެ.
“ގުޑް ގޯޑް.. ޔަމީން އިޒް ޑީއެޓޭޗްޑް..” ޕްރިޔާ އަޕެކްޝާއަށް ބަލައިލިއެވެ. އެއްޗެކޭ ބުނަން އުޅެފައި ހުއްޓުން އެރީ މީހަކު އެ ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވިފައެވެ.
ވަދެގެން އައި ރާޝިދު ފެނިފައި އެންމެން އަވަހަށް ތެދުވީ ރާޝިދަށް މަރުހަބާ ކިޔަންވެގެންނެވެ. ރާޝިދު އެ ކޮޓަރީގެ މެދުގައި ހުއްޓުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބެލުމަށްފަހު އޭނާ ދެއަތް ޖަހައިލިއެވެ.
“ގުޑް މޯނިން. މައި ޗިލްރެން. އައި ހޯޕް ޔޫ އޯލް އާ ހޭވިން އަ ގުޑް ޑޭ” ރާޝިދު ވާހަކަ ފެށިއެވެ. އޭނާގެ ނަޒަރު ޔަމީނަށް ހުއްޓުނެވެ.
ރާޝިދުގެ ނަޒަރު އޭނާއަށް ހުއްޓުމާއެކު އޭނާ ހަށިގަނޑު ތެދުކޮށްލިއެވެ. ރާޝިދު އިއްޔެ ދެއްކި ވާހަކަތަކުން ވާން އުޅޭ ކަންތައް އެނގޭތީ އޭނާ ހާހެއް ނުވެއެވެ.
“އައި އޭމް ޝުއަރ ޔޫ އޯލް ހޭވް ހާޑް އެބައުޓް ދަ ނިއު އެޑެންޓިންގ.. ސޯ ޕްލީޒް ވެލްކަމް ޑރ. ރޫޔާ”
އެންމެންގެ ނަޒަރު ހުއްޓުނީ އެ ދޮރު ހުޅުވައިލުމަށްފަހު އެ ކޮޓަރިއަށް ވަދެގެން އައި ރޫޔާއަށެވެ. ސީރިއަސްކަންމަތީ ހުރެ، އޭނާ ފިޔަވަޅުތަކެއް އަޅަމުން ހުއްޓުނީ ރާޝިދުގެ ކައިރީގައެވެ. ހާޒިރުވެ ތިބި އެންމެންނަށް ބަލައިލީ ދެނެވެ.
“ގުޑް މޯނިން” މޫނު މައްޗަށް އެއްވެސް އަސަރެއް ގެނައުމެއް ނެތި ހާޒިރުވެ ތިބި އެންމެންނާ މުޚާތަބު ކުރަން ފެށިއެވެ.
“އައި އޭމް ރޫޔާ، އެންޑް އައި ވިލް ބީ ޔުއަރ އެޓެންޑިންގް ފްރޮމް ޓުމޯރޯ އޮންވާޑްސް. އައި ވިލް ބީ ޓޭކިން އޮވާ ޑރ. ޑީލިޕްސް ސާރވިސް އެންޑް ހިޒް ޓީޗިން ރެސްޕޮންސިބިލިޓީ. ޑރ ސުހާ، މީޓް މީ އަފްޓަރ ލަންޗް ޓު ޑިސްކަސް ކަރެންޓް ކްލީނިކަލް ރޮޓޭޝަން އެންޑް އެނީ ޕާރފޯމެންސް ކޮންސާންސް” ރޫޔާގެ ނަޒަރު އެކި ދިމާލަށް ގެންދިޔައެވެ.
“ބިފޯ ވީ ސްޓާޓް، އައި ވިލް ރިމައިންޑް ޔޫ، އައި އެކްސްޕެކްޓް ޕްރެސިޝަން، އައި އެކްސްޕެކްޓް ޕްރިޕަރޭޝަން. އައި ޑޯންޓް ޓޮލަރޭޓް ލޭޒިނެސް އެންޑް އެކްސްކިއުޒެސް. އިފް ޔޫ ޑޯންޓް ނޯ، ޔު ސޭ ޔޫ ޑޯންޓް ނޯ. އިފް ޔޫ މޭކް އަ މިސްޓޭކް، ޔޫ ލާން ފްރޮމް އިޓް. އައި ބިލީވް އޭޒް ލޯންގް އޭޒް ޔޫ ލާން، ދޭ އިޒް ރޫމް ފޯ އިމްޕްރޯވްމެންޓް.”
ޕްރިޔާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ކައިރީގައި އިން އަޕެކްޝާއަށް އިވޭވަރަށް އޭނާ ވައި އަޑުން ވާހަކަ ދައްކަން ފެށިއެވެ. “ސޯ ޝީޒް ސްޓާޓިން ޓުމޯރޯ.”
“ޑޫޑް، އައި އޭމް ސޯޓް އޮފް ރިވީލްޑް.” ދީޕަކް އެމީހުންނާ ބައިވެރިވެލިއެވެ.
“ބަޓް އައި ވިލް ޖޮއިން ޑރ. ރާޝިދު ފޯ ޔުއަރ މޯނިން ޕްރެޒެންޓޭޝަން”
“އައި ޓޭކް އިޓް ބެކް”
“ވޭ ޓު ގޯ.. ޔޫ ޖިންކްސް އިޓް” އަޕެކްޝާ މޫނު ކުނިކޮށްލިއެވެ.
“އައި ވިލް ބީ އޮބްޒާވިން” ރޫޔާގެ ނަޒަރު ހުއްޓުނީ ޔަމީނަށެވެ. ރޫޔާއަށް ޔަމީނަކީ ކާކުކަން އެނގިއްޖެކަން ޔަމީނަށްވެސް އިހުސާސްކުރެވުނެވެ.
“ހައު ޑޫމްޑް އާ ވީ؟”
___
ބަލިމީހާ އޮތް އެނދުގެ ކަނާތް ފަރާތުގައި ސަޖާހް މަޑުކޮށްގެން ހުރެ ބަލަން އިނީ، އެނދުގެ ކޮޅުގައި ހުއްޓިހުރި ރޫޔާއަށެވެ. އޭނާގެ ނަޒަރު ބަދަލުކޮށްލީ އަތުގައި ބަލިމީހާގެ ފައިލަށެވެ. ފުންނޭވާއެއް ނެގުމަށްފަހު އޭނާ ހުށަހަޅަން ފެށިއެވެ.
“ޕޭޝަންޓް އަހުމަދު ރަޝީދު، ފިފްޓީ އެއިޓް އިޔާޒް އޯލްޑް މޭލް، އެލެކްޓިވް އޯޕެން ރައިޓް އިންގުއިނަލް ހާނިއަރ ރިޕެއަރ ވިތް މެޝް، ޕާރފޯމްޓް ޓޫ ޑޭސް އެގޯ. ނޯ އިންޓްރާ އޮޕަރޭޓިވް ކޮމްޕްލިކޭޝަން. ޕޯސްޓް އޮޕަރޭޓިވްލީ، ޕެއިން ވެލް ކޮންޓްރޯލްޑް އޮން އޯރަލް އަނަލްޖީޒިއާ. ވައުންޑް ސައިޓް ކްލީން، ޑްރައި، ނޯ އެރުތިމާ، ނޯ ޑިސްޗާޖު، ބޮވެލް ސައުންޑް ޕްރޭޒެންޓް، ޕާސިން ފްލަޓުސް….”
ސަޖާހްގެ ހުށަހެޅުން ކުރިއަށް ގެންދަމުން ދިޔައިރު، އިރުއިރުކޮޅާ ނަޒަރު ހިންގައިލަނީ ރޫޔާއާ ދިމާލަށެވެ. ރޫޔާގެ ފަރާތުން ސުވާލެއް، ޚިޔާލެއް ނުލިބުމުން، އޭނާ އިތުރަށް ހާސްވިއެވެ. ހާސްވީ އޭނާ އެކަންޏެއް ނޫނެވެ. ދެންތިބި ރެސިޑެންޓުންނާއި އިންޓާނުންގެ ހިތަށްވެސް ނުތަނަވަސްކަން ވަދުނެވެ. ކިރިޔާވެސް ހަމަޖެހިލައިގެން، ހިނިތުންވެލައިގެން ހުރީ، ރޫޔާގެ ފަހަތުގައި މަޑުކޮށްގެން ހުރި ރާޝިދެވެ.
***
އޮފީހުގެ މޭޒު ދޮށުގައި ފައިލް ކިޔަން އިން ރަޒާން އިސްއުފުލައިލީ، މީހަކު އޮފީހަށް ވަދުނުހެން ހީވެގެންނެވެ.
“ރަޒާން” ނަސީރު އެ އޮފީސް ތެރެއަށް ވަދެ ހިނގައިގަތުނީ ރަޒާން އިން މޭޒާ ދިމާލަށެވެ.
“ބޭބެ، މިހާ ނުވަގުތު؟” މޭޒުމަތީ އޮތް ފައިލްއަށް ސަމާލުކަން ގެންދަމުން ރަޒާން އެހީ އެއްވެސް އަސަރެއް ނެތިއެވެ.
“ކުޑަ ވާހަކައެއް ދައްކަން ކަމަށް؟” މޭޒު ކުރިމަތީ އިން ހުސް ގޮނޑީގައި އިށީންނަމުން ރާޝިދު ރަޒާނަށް ބަލައިލިއެވެ.
“ބުނޭ..” ރަޒާން އެހެންބުނީ ފައިލުން ވަކި ކުރުމެއްނެތިއެވެ.
“ޝިޕިން ކޮންޓްރެކްޓް”
އެ ޖުމުލައާއެކު ރަޒާންގެ ސަމާލުކަން އޭނާއަށް ލިބުނެވެ. ރަޒާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަތުގައި އޮތް ގަލަމް މޭޒުމަތީ ބޭއްވިއެވެ.
“ޕެސިފިކް ސްޓާރ ފްރެއިޓުން އޮފާ ކޮށްފައި ހުރި ޓާމް ތައް ރަނގަޅުވީމަ އަހަރެން އެ ހުށަހެޅުން ޤަބޫލުކުރީ. ބޭބެ ހުށަހެޅި ކޮމްޕެނީއަށްވުރެ އެތަން މާރަނގަޅު.”
“ބޭބެ ހުށަހެޅި ސަޕްލަޔަރުންނަކީ މި ކުންފުންޏާއެކު ވިޔަފާރީ ކުރަމުން އައި ބައެއް. ތިރީސް އަހަރު ވަންދެން. ކޮބާ އަހަރެމެންގެ ވަފާތެރިކަން؟” ނަސީރުގެ އަޑުގައިވަނީ ނުރުހުންތެރިކަމެވެ.
“ދެން؟”
“އެމީހުން ތިބީ ކޮންޓްރެކްޓް ގައި ސޮއި ކުރަން ތައްޔާރު ވެގެން. ފަހު ވަގުތު ރަޒާން ބޮޑު ބޮން އެއްލީމަ އަހަރެން އެމީހުންނަށް ކޮން މޫނެއް ދައްކާނީ؟”
ނަސީރު ބޯ ހޫރައިލީ ދެރަވާކަމަށް ހެދިގެންނެވެ.
“ރަޒާން. އަހަންނަށް ވިސްނޭ ރަޒާން ތިއުޅެނީ އަމިއްލައަށް ގޮތް ކަނޑައަޅާ ކަން ކުރަން ކަން. އެކަމަށް އަހަރެން އިހުތިރާމްވެސް ކުރަން. އެކަމަކު މިފަދަ ބޮޑެތި ނިންމުންތައް ގެންނަންވާނީ މަޝްވަރާ ކޮށްގެން. ހަމައެކަނި އީމޭއިލަކުން އަންގައިގެން ނުވާނެ”
އަސަރެއް ނެތް ގޮތަކަށް ރަޒާން އެއް މިޔަކަނުން ހީލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިށީނދެއިން ގޮނޑީގައި ލެނގިލުމަށްފަހު އޭނާ ނަސީރަށް ރަނގަޅަށް ބަލައިލިއެވެ.
“ބޯޑުން މަޝްވަރާކުރީމެއްނު. ބޭބެގެ ވޯޓާ އެއްކޮށް އަހަރެމެން ޕެސިފިކް ސްޓާރ އާއެއްކޮށް ދާން ފާސްކުރީ. ދެން މިހާރު ކޮން ވާހަކެއް ދައްކަން ތިއުޅެނީ؟”
“ރަޒާން. މިއީ ރަޒާންގެ ބައްޕަ ކަންތައް ކުރި ގޮތެއްނޫން. ޝަފީޤަށް އެނގޭ ވަފާތެރިކަމުގެ އަގު. އޭގެ މުހިންމުކަން. ރަޒާން ތިއުޅެނީ ޝަފީޤު ގެންގުޅުނު ވަފާތެރިކަމަށް ކޮޅުފައިން ޖަހަން.”
“ވަފާތެރިކަން؟” ރަޒާންގެ އަޑު ބަރުވިއެވެ. އޭނާގެ ނަޒަރު އިތުރަށް ފުންވީ ނުރުހުންތެރިކަމާއެކު އެވެ. ރަޒާން އެއްޗެކޭ ނުބުނެ ހަމަ ހިމޭންވިއެވެ.
“އަހަރެންގެ ބައްޕަ…” އެ އަޑުގައިވާ ރުޅިވެރިކަން ނަސީރަށް ފާހަގަވިއެވެ. “އަކީ މީހުންނަށް ވަރަށް އިތުބާރު ކުރި މީހެއް. ވަފާތެރިވި. ބައެއް ފަހަރު ކުރަން ނުވާ ވަރަށް. ބައްޕަ ޤަބޫލު ކުރީ ބައްޕަގެ ވަފާތެރިކަމާއި އިތުބާރުގެ ބަދަލުގައި ލިބޭނީ ހަމަ ވަފާތެރިކަމާއި އިތުބާރުކަމަށް.”
އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“އެ ވަފާތެރިކަމުން ލިބުނީ ކޮންޗެއްކަން އަހަރެން ބުނަންތަ؟” ހަތަރު ސަތޭކަ ވިހި މިލިއަން ޑޮލަރުގެ ދަރަންޏެއް..” ރަޒާން އެހެން ބުނުމާއެކު ނަސީރުގެ މޫނު މައްޗަށް ނުރުހުންތެރިކަމުގެ ކުލަވަރު އެރިއެވެ. އޭނާ ހަށިގަނޑު ތެދުކޮށްލުމަށްފަހު ރަޒާނަށް ބަލައިލީ ދެލޯ ހަނި ކޮށްލަމުންނެވެ.
“ރަޒާން ކިތައްމެ ވަރަކަށް އަހަރެން ގޯސް ކުރަން އުޅުނަސް، ރަޒާންގެ ބައްޕައަށް އެނގޭ އެ އެއްބަސްވުމުގެ ނުރައްކާތެރިކަން”
“ބައްޕައަށް ވިސްނުނީ ބޭބެ ބައްޕަގެ ބޮލަށް ވެއްދި އެއްޗެއް. ހަޤީގަތުގެ ދެބައިކުޅަ އެއްބައި އަޅައިދީފަ ނުވާކަމަށް ނުހެދިބަލަ. ލޮޖިސްޓިކް ޑިވިޝަން އޮތީ އެއްވެސް ވަރަކަށް ޓްރާންސްޕޭރެންސީއެއް ނެތި. އެސް.ޕީ.ވީ ތައް ތައްޔާރުކޮށްފައި އޮތީ އެންމެ މީހަކަށް ފައިދާ ވާނެ ގޮތަށް. އަހަންނެއް ބޭނުމެއް ނޫން މި މައުޟޫއަށް ބަހުސް ކުރާކަށް. މި ކަން އަނެއްކާވެސް ވާކަށެއް”
ނަސީރު ފުންނޭވާއެއް ދޫކޮށްލުމަށްފަހު މީހާ ހަމައަކަށް އަޅުވަން އުޅުނެވެ.
“ހަނދާން ނެތުނީތަ މި ކުންފުނި ސަލާމަތް ކުރީ ކާކުކަން؟”
“ނޫން. އޭގެ ބަދަލު ބޭބެ ހޯދިކަންވެސް އަހަރެން ހަނދާން ނުނެތޭ”
އެ ޖުމުލައާއެކު އެ ދެމީހުންގެ ދެމެދުގައި ވެރިވި ހަމަހިމޭންކަން ވެގެންދިޔައީ، އުނދަގޫ ބޮޑު ދުންގަނޑެއް ފަދައިންނެވެ. ނަސީރު ގޮށްމުއްކަވައިލީ އައި ރުޅިންނެވެ.
“ކީކޭ ބުނަން ތިއުޅެނީ؟”
“ބޭބެ ހީކުރީތަ އަހަންނަށް ނޭނގޭ ކަމަށް..” ނަސީރުގެ ރުޅިވެރިކަން ވީ ރަޒާނަށް ލިބުނު އުފަލެކެވެ. މޫނުމަތިން ލާނެއް ކަން ފާޅުވުމާއެކު ނަސީރުގެ ރުޅިގަނޑު ކެކެން ފެށިއެވެ.
“ބޭބެ ބޭނުންވީ ކައިވެނި. އަހަރެން ޔޫޝާއާ ކައިވެނި ކުރިން. ކައިވެންޏޭ ކިޔާފަ ބޭބެ އަސްލު ބޭނުންވީ އަހަރެން ކޮންޓްރޯލް ކުރަން. ބޭބެ އަހަރެން ބައްޕަ ކޮންޓްރޯލް ކުރި ފަދައިން. ބޭބެ ބިންމަތީ ދެފައިން ތަޅާ ކުސްތެޅިޔަސް، ކަންތައް ދެން ދަނީ ބޯޑު މެދުވެރިކޮށް. ނިންމުން ނިންމާނީ ބޯޑުން. ބޭބެއެއް ނޫން.”
“ބޯޑުން ކުރާނީ ރަޒާން ބޭނުންވާ ގޮތަށް. ރަޒާނަށް މުހިންމުވީ ވަފާތެރިކަމަށްވުރެ ރުފިޔާ..”
“ބޭބެއެއް ނޫންތަ އެކަން އަހަންނަށް ދަސްކޮށްދިނީ؟” މާޒީއަށް އިޝާރަތް ކުރަމުން ރަޒާން ކުރި ސުވާލު ވެގެން ދިޔައީ، އޮމާންވެފައިވާ ފެންގަނޑަކަށް އެއްލި ހިލަގަނޑަކަށެވެ.
އައި ރުޅިން ނަސީރު ސޯފާއިން ތެދުވިއެވެ.
“ހަނދާން ނައްތާ ނުލާތި އަހަންނަކީ ޔޫޝާގެ ބައްޕަކަން. ރަޒާންގެ ބަފާބެކަން”
“ނޫން. އަހަންނެއް ހަނދާން ނުނެތޭނެ” މިފަހަރު ރަޒާންގެ އަޑުއައީ މަޑުމައިތިރިކޮށެވެ. ނަސީރުގެ ބަސްތައް އިޝާރަތްކުރަނީ ކޮންކަމެއްކަން ރަޒާނަށް ވިސްނުނެވެ. ޔޫޝާއަށް ވީ ވަޢުދުގެ މަތިން ހަނދާން ވުމާއެކު އޭނަ ގާތަށް އައިސްފައި ހުރި ރުޅި ފިނިވިއެވެ.
ނަސީރު އެއްޗެކޭ ނުބުނެ އެ އޮފީހުން ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ރަޒާން ގޮނޑި އަނބުރައިލީ ، ބޭރު ހާމަކޮށް ފެންނަން އޮތް ބިއްލޫރި ފާރަށެވެ. އަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ގޮނޑިން ތެދުވެ ހިނގައިގަތީ އެ ފާރާ ދިމާލަށެވެ.
***
ދުވަހަށް ކަނޑައެޅިފައިވާ ޑިއުޓީ ނިންމައިގެން، ‘ސެވަން ކްލައުޓްސް ރެސިޓެންސް’ގެ އިމާރާތަށް ވަދެގެން އައި ރޫޔާގެ ސަމާލުކަން ހުރީ، އޭނާގެ އަތުގައި އޮތް ފޯނަށެވެ. ރާޝިދު ފޮނުވައިފައި އޮތް ލިސްޓު ކިޔަމުން އޭނާ ފިޔަވަޅުތައް އަޅަމުން ދިޔައީ ލިފްޓާ ދިމާލަށެވެ. އެ ލިސްޓު ކިޔަމުން ދިޔައިރު އޭނާ އިރުއިރުކޮޅާ ދޫ ހާކާލެވެނީ، ތުންފަތް ކަނުގައި ފޮޅިފައި އޮތް ހަންގަނޑު މަތީއެވެ. ލިފްޓުގެ ފިތަށް ފިއްތައިލުމަށްފަހު އޭނާ ނޭވާއެއް ދޫކޮށްލިއެވެ.
ލިފްޓުގެ ދޮރު ދެފަރާތަށް ކެހިގެން ހުޅުވުމާއެކު އޭނާ ތެޅިގަނެވުނީ، ލިފްޓްގެ ތެރޭގައި އިން ލޯގަނޑުން، އޭނާގެ ފަހަތުގައި ހުއްޓިހުރި ފިރިހެނާ ފެނިފައެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނު އަނބުރައިލީ ރަޒާނާ ދިމާލަށެވެ. މޫނު ކުނި ކޮށްލުމަށްފަހު އޭނާ ލިފްޓަށް އެރިއެވެ. އޭނާގެ ފަހަތުން ރަޒާންވެސް އެ ލިފްޓަށް އެރިއެވެ.
ލިފްޓަށް އެރުމާއެކު ރޫޔާ ހުއްޓުނީ ލިފްޓްގެ ކަނާތް ފަރާތުގައެވެ. ރަޒާން ހުއްޓުނީ ވާތް ފަރާތުގައިއެވެ. ކުރިއަށް ޖެހިލުމަށްފަހު ރަޒާން ފިތަށް ފިއްތައިލުމާއެކު، ދޮރު ލެއްޕުނެވެ. ދާން ޖެހޭ ފަންގިފިލާއަށް ދިޔުމަށްޓަކައި އޭތި މައްޗަށް ދާން ފެށިއެވެ.
ކުއްލިއަކަށް ލިފްޓް ހުއްޓުމާއެކު ރޫޔާ ހުއްޓުން އެރިއެވެ. އަތުގައި އޮތް ފޯނު ތިރިކޮށްލުމަށްފަހު، ލިފްޓް ތެރޭ އިން ސްކްރީނަށް ބަލައިލިއެވެ. ނަމްބަރު އަރައިފައި އިނީ ހަޔަކަށެވެ. އޭނާ އުޅެނީ ސާދަ ވަނަ ފަންގިފިލާގައެވެ. ލިފްޓު ހުއްޓިފައި ހުރި އިރު، އޭގެ ދޮރެއްވެސް ހުރީ ލެއްޕިފައެވެ. އޭނާ ހާސްވާން ފެށީ ލިފްޓްގެ ބޮކި ނިވި ދިއްލެން ފެށީމައެވެ.
“ލިފްޓް އިޒް ސްޓަކް” ރަޒާން ހަޤީގަތް ހާމަކުރީ، މާބޮޑުކަމަކަށް ނުހަދައެވެ.
“މަށަށްވެސް އެނގޭ” ރޫޔާގެ ރައްދު އައީ ރުންކުރުކޮށެވެ.
ރޫޔާގެ ބަހާއެކު ރަޒާން ކުޑަކޮށް ހެވުނެވެ. އޭނާ ހަށިގަނޑު ތެދުކޮށްލީ ދެ ޖީބަށް އަތް ޖަހައިލަމުންނެވެ.
“ރަޒާންގެ ކަމެއްތަ މިއީ؟’ ރޫޔާ ހިތްހަމަ ނުޖެހިފައި އެހިއެވެ. އޭނާއަށް ރަޒާންގެ އެޕާޓްމެންޓްގައި އުޅެވޭނެ ގޮތް ހެދުމުގެ ޤާބިލްކަން ރަޒާނަށް ލިބިފައިވާއިރު، އެ ދެމީހުން އެކަނި ލިފްޓެއްގެ ތެރޭގައި ތާށިކޮށްލުމަކީ ރަޒާނަށް ފަސޭހަކަމެއްކަން ރޫޔާއަށް އެނގެއެވެ.
“ކޮންކަމެއް؟” ނޭނގިހުރެ ރަޒާން އެހިއެވެ. ރަޒާންގެ ސުވާލުން ރޫޔާގެ ހިތްހަމަ ނުޖެހުން ރުޅިގަނޑަކަށް ބަދަލުވިއެވެ. ފޮޅިފައި އިން ތުންފަތުގެ ހަންގަނޑުމަތީ ދަތް އަޅައިލަމުން އޭނާ ރަޒާނަށް ވާގޮތަށް އެނބުރުނެވެ.
“ހީވީތަ މަށަށް ނޭނގޭހެން؟ ޔޫ މަނިޕިއުލޭޓެޑް ރާޝިދު. ރަޒާނަށް ފުރަތަމަ ދުވަހު އެނގޭ ރާޝިދު އެޕާޓްމެންޓް ހޯދަން އުޅުނީ އަހަންނަށް ކަން. ރާޝިދުގެ އޯގާތެރިކަން ބޭނުންކުރީ އަމިއްލަ ބޭނުން ފުއްދަން ވެގެން، އަހަރެންގެ ހާލަތު ބޭނުންކޮށް، ރެންޓު އެއްހާސް ރުފިޔާއަށް ތިރިކޮށް… ކާކު މިޒަމާނުގައި އެއްހާހަށް ތަންތަން ރެންޓުކުރަނީ؟ ރަޒާނަށް ހީވީތަ އަހަންނަކީ ރަޒާންގެ ޗެރިޓީ ކޭސްކަމަށް؟” ރޫޔާގެ އަޑު ދިޔައީ ބާރުވަމުންނެވެ. އެދެލޮލުގައިވާ ރުޅިވެރިކަން އަމާޒުވެފައިވަނީ ކުރިމަތީ ދެއަތް ޖީބަށް ޖަހައިގެން، އެއްމިޔަކަނުން ހީލައިގެން ހުރި ރަޒާނަށެވެ.
“ޔެސް. އައި މަނިޕިއުލޭޓެޑް ރާޝިދް.”
“ދެކޮޅު ހަދަންވެސް ނޫޅެން ދޯ” ރޫޔާއަށް ހެވުނީ ޤަބޫލުކުރަން ދަތިވެގެންނެވެ. އުނަގަނޑުމަތީ ދެއަތް އަޅުވައިލަމުން އޭނާ ބޯ ހޫރައިލީ ރަޒާންގެ ޢަމަލުތަކާމެދު އަންތަރީސްވެ ހުރެއެވެ.
“ކީއްކުރަން ތެދަށް ދެކޮޅު ހަދަންވީ؟” ރަޒާން ބޯ އަރިކޮށްލަމުން ނިތް އަރުވައިލިއެވެ. “ރޫޔާ ތިބުނީ ތެދު. ތެދު ހާމަކޮށް އޮއްވާ އެއަށް ދެކޮޅު ހެދުމަކީ ރޫޔާގެ އިންޓަލިޖެންސަށް ކުރާ މަލާމާތެއް..”
ރޫޔާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރުކުރިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ދެލޯ މަރައިލުމަށްފަހު ދެލޯ ހުޅުވައިލީ ކުޑައިރުކޮޅެއް ވަންދެން ހުރެފައެވެ.
“މަލާމަތް. ތިދެން އަހަންނަށް އެހާ ޤަދަރު ކުރާ މީހެއްތަ؟” ރަޒާނާ ދިމާލަށް ފިޔަވަޅެއް އަޅަމުން އޭނާ އިސް އުފުލައިލިއެވެ. “އަހަންނަށް ޤަދަރު ކުރާނަމަ، ރަޒާން ރާޝިދު ހައްލައެއް ނުލާނެ. ރާޝިދު ރަޒާންގެ މަންމަގެ ފުރާނަ ސަލާމަތް ކޮށްދިނޭ ކިޔާފަ، އޭގެ ބަދަލު ދޭންށޭ ކިޔާފަ..އަހަންނަށް އެ އެޕާޓްމެންޓް ރެންޓް ކުރީ.. އެއްހާސް ރުފިޔާއަށް!! ތިބުނާ ޤަދަރުގެ ފެންވަރަކީ މިއީތަ؟” ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ތުންފަތް ތެތްކޮށްލިއެވެ.
“އަހަރެން ރޫޔާއަށް އެތަން ކުއްޔަށް ދިނީ ރޫޔާގެ ފެންވަރަށް”
“ފެންވަރު!! މަށަށް ވިސްނުނީ ރަޒާން ކޮންޓްރޯލްގައި ހުންނަން ބޭނުންވާ ވަރު”
ރަޒާން ނޭވާއެއް ދޫކޮށްލުމަށްފަހު ކުރިއަށް ޖެހިލިއެވެ. ރޫޔާގެ ކުރިމަތީ ހުއްޓުމާއެކު، ރޫޔާ ޖަހައިގެން ހުރި ސެންޓްގެ ވަސް ނޭފަތުގައި ޖެހުނެވެ. ފިނިފެންމާގެ ވަހާއެކު ވެނީލާ ވަހެވެ.
“ޔެސް. ބަލި ބައްޕައެއް ގެންގުޅެމުން، ކޮލެޖަށްދާ ކޮއްކޮއެއް ބަލަމުން، ހޮސްޕިޓަލުގައި ސާޅީސް އަށްގަޑިއިރު މަސައްކަތް ކުރާއިރު، ފެންވަރު ރަނގަޅު ގެއެއްގައި ރޫޔާ އުޅޭކަން ޔަޤީން ކުރުމަކީ ކޮންޓްރޯލް ކަމަށް ވަންޏާ، އަހަންނަށް އެއްވެސް މައްސަލައެއް ނެތް. ކޯލް އިޓް ކޮންޓްރޯލް، ކޯލް ވަޓްއެވާ ޔޫ ވޯންޓް. ބަޓް ޑޯންޓް ކޯލް އިޓް ޗެރިޓީ. އަހަންނަކީ އެހާ ދީލަތި މީހެއް ނޫން” ރަޒާންގެ ބަރު އަޑާއެކު ރޫޔާގެ މައިބަދަ މަތިން ފިނި ރާޅެއް ދަތުރުކޮށްލިއެވެ. އެ ފިނި ލިފްޓްގެ ތެރެއިން ރަޒާންގެ ހޫނުކަން އިހުސާސްކުރެވުނު ވަގުތު ހިތް އަވަސްވިއެވެ. އެހެނަސް، އޭނާ އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ.
“ނޫން. ރަޒާނަކީ ދީލަތިމީހެއް ނޫން. ތީ އަމިއްލަ ނަފްސަށް ފައިދާ ކުރެވެންޏާ ކޮންމެ ފަދަ ކަމެއް ކުރާނެ މީހެއް. ނޭނގެ މިލިފްޓްވެސް ތާށިވެފައި މިހުރީ ރަޒާން ބޭނުންވެގެން ކަމެއް”
“އައި އޭމް ފްލެޓާރޑް. އެކަމަކު ލިފްޓް ހުއްޓުނީ މެކޭނިކަލް މައްސަލައަކުން. ވަރަށް ދެރަވޭ މިހެން ބުނަން، އެކަމަކު މިއަކު އަހަރެންގެ އަތެއް ނެތް. މިއީ ހަމަ އިއްތިފާޤުން ވީ ކަމެއް”
“އެހެން. ވަރަށް ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ތިބުނީ” ރޫޔާގެ ޖުމުލައާއެކު ރަޒާނަށް ހެވުނެވެ. ނޭވާއެއް ނެގުމަށްފަހު އޭނާ ރޫޔާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ބިލީވް މީ. އީވެންތޯ އިޓްސް އަ ޑްރީމް ޓު ހޭވް ޔުއަރ ހޭންޑްސް އޮން މީ، އައި އޭމް ނޮޓް ސޫސައިޑަލް އިނަފް ޓު ބީ ވިތް އަ ވުމެން ހޫ އިޒް މިނެޓްސް އަވޭ ފްރޮމް ސްޓްރޭންގަލިން މީ.”
ރޫޔާގެ އަނގައިން ބަސް ހުސްވިއެވެ. ބުނާނެ އެއްޗެއް ނޭނގުނުތާ އޭނާގެ ރުޅިގަނޑު އިތުރަށް ކެކުނެވެ. ރާޝިދުގެ ކުށެއް ނެތަސް، ރަޒާންގެ ބަހަށް ރާޝިދު ހެއްލުނީތީ ރާޝިދު ދެކެ ރުޅިއައެވެ. ބައްޕައަށް ދެވަނަ ފަހަރު ކެންސަރު ޖެހުނީތީ ރުޅިއައެވެ. ތުންފަތުގައި ފޮޅިފައި އޮތް ހަންގަނޑުގެ އުނދަގޫ ބޮޑުވީމަ އެ ރުޅި އިތުރަށް ކެކުނެވެ. އެ ރުޅީގެ ބާކީ ހަތްދިހަ ފަސް ޕަސެންޓް އަމާޒުވެފައިވަނީ، ގޮތެއްފޮތެއް ނެތް ރަޒާނަށެވެ. ރަޒާންގެ ކިބައިން ނަޒަރު ވަކި ކުރުމެއް ނެތި އޭނާ ތުންފަތުގެ ކަނުގައި ދަތް އަޅައިލީ، ފޮޅިފައި އިން ހަންގަނޑުގެ އުނދަގޫ ބޮޑުވެގެންނެވެ.
ރަޒާންގެ ނަޒަރު ރޫޔާގެ ލޮލުން ވަކި ކޮށްލުމަށްފަހު ގެންދިޔައީ ރޫޔާގެ ތުންފަތަށެވެ. ލިފްޓަށް އެދެމީހުން އެރީއްސުރެ، ރޫޔާގެ އެ ކުޑަ ޢަމަލު އޭނާއަށް ފާހަގަވިއެވެ. އޭނާ ބޯ ތެދުކޮށްލުމަށްފަހު ރޫޔާއަށް ނަޒަރު ހިންގައިލިއެވެ.
ރަޒާންގެ ނަޒަރު އޭނާގެ ތުންފަތަށް ދިޔަވަގުތު ރޫޔާގެ މޭ އެކީ ފިނިވިއެވެ. ލިފްޓު ތެރޭ ދިއްލިފައިވާ އޮރެންޖު އަލި ފަނޑުވިހެން އޭނާއަށް ހީވިއެވެ.
“އިޒް އިޓް ޑިފިކަލްޓް؟” ރަޒާންގެ ސުވާލާއެކު ރޫޔާ ހުއްޓުން އެރިއެވެ. ރަޒާން އެ ސުވާލު ކުރީ އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ހެއްޔެވެ.
“ކޮންޗެއް؟”
“ތުންފަތުގެ ކަން، އެ ހަންގަނޑުގެ ނުނެއްޓިގެންތަ ތިއުޅެނީ؟”

