Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކުގައި 20

sunflower girlll Level 210 Stories100 Login
May 4, 2022 5 Mins Read
6 Comments

*”ދޮންތީ… ވަރަށް ވަރަށް އަވަހަށް އާދެބަ… ވަރަށް ބޮޑު ކަމެއް ވެގެންނޭ” ހިލްޔާން ދޮރު ހުޅުވާލިގޮތަށް ބުނެލިއެވެ. އޭރު ހަނާ  ނަމާދުކޮށް ނިމުނީ އެވެ. “ކިހި..” ހަނާ އަށް އެއްޗެއް ނުބުނެވެނީސް ހިލްޔާން އެތަނުން ދިޔައެވެ. ހަނާ ކުޑަކޮށް ހާސވާޮތް ވިއެވެ. އާނިޝްގެ ހޔާލު ހިތަށް ވެރިވުމުންނެވެ.*

ހިލްޔާން ފަހަތުން ދިޔަ ހަނާ މައްޗަށް އެރިއެވެ. އެވަގުތު އެތާ ތިބި ޔައިޝާޔާ ޒިވްޔަން ފެނިފައި ހަނާގެ ހިތުގައި އޮތް ހާސްކަން ވެސް ދުވެފައި ދިޔަ ކަހަލައެވެ. އަވަސް އަވަހަށް ފޯނު ނަގައި ހަނާ ބެލީ ފޮޓޯ ނެގޭތޯއެވެ. ނަސީބަކުން އެމީހުންނަށް ހިލަމެއްްވެސް ނުވެ ހަނާއަށް ފޮޓޯ ކޮޅެށް ނަގާލެވުނެވެ. ހަނދުވަރުގެ އަލި އެޅިފާވާތީ ފޮޓޯގައިވެސް އެ މަންޒަރުފެންނަނީ ހިތްގައިމު ގޮތަކަށެވެ.

“ރަށް މަތިން ވަރަށް މިސްވޭ..” ލާރާއާ ފޯނުން ވާހަކަ ދައްކަން ހުރި އާނިޝް ބުނެލިއެވެ.

“ހެހެ.. ލާރާ ހީކުރީ ހަނާއްތަ މަތިން ކަމަށް…”ލާރާ ހޭނ ފަށަމުން އެހެން ބުނެލިމުން އާނިޝްވެސް އެކޮޅުން ހީލި  އަޑު އިވުނެވެ.

“އޭނނ… ދޮންބެއަށް އިނގޭތަ؟؟ މި ރަށަށ” ލާރާ އުޅުނީ ކައިޒަން އައި ވާހަކަ ބުނާށެވެ. ނަމަވެސް ލާރާ އެވަހަކަ ހުއްޓާލީ އާނިޝްއަށް އިތުރު ހާސް ކަމެއް ނުދޭށެެވެ.

“ކީކޭ ލާރާ..” ލާރާ ހުއްޓާލުމުން އާނިޝް ބުނެލިއެވެ.

“މްމްމ…ދޮންބެ ދެން ރަށަށް އަންނަނީ ކޮން އިރަކުން؟؟ ހަނާއްތަވެސް ވަރަށްކިޔާ ލާރާ ކައިރީ ދޮންބެ މިހާރު ކިހިނެތްހޭ…” ވާހަކަ އޮޅުވާލަމުން ލާރާ ބުނެލިއެވެ.

“ހެހެ.. ބޮލުގަ އިސްތަށި ފެޅީމައެއްނުު ދެވޭނީ” އާނިޝް އޭނަގެ ބޮލުގައި އަތް ހާކާލަމުން ބުނެލިއެވެ.

“އޭ..” ލާރާއަށް ކީ އެއްޗެއ ސާފެއް ނުވިއެވެ.

“ހުމމ… އެކްސިޑެންޓުވެފަ ބޯ ރަނގަޅުވެސް ނުވަނީސް އަނެއްކާ މިއުޅެނީ ބޯފަޅައިން ގޮސްގެން… އެހެންވެ ބޮލުގަ ބޭސް އަޅަންށޭ ކިޔާފަ އެއްކޮށް ބޯބާލާފަ.. މިހާލުގައި ހުރެގެން ރަށަށް ދިޔައްޔާ ހަނާ މަށާ ދިމާ ބަލާވެސް ނުލާނެ..” އަނިޝް ވާހަކަ ދެއްކިއެވެ.

“ހެހެ.. އެހެންތަ؟؟ ފޮޓޯއެއް ފޮނުވައްޗޭ” ލާރާ ހޭން ފަށަމުން ބުނެލިއެވެ.

“ދޮންބެ ެއަށް ދޫކޮއްލި ވާހަކަ ބުނާއިރަށް ހަނާއްތަ ވަރަށް އުފާވާނެ” ލާރާ ބުނެލިއެވެ. އެވަގުތު އާނިޝް އެދުނީ ހަނާ ގާތު އެވާހަކަ ނުބުނުމަށެވެ.

“މި ބޭނުމެއްް ނޫންތަ؟” ފަތް ދައްކާލަމުން ޒިވްޔަން އަހާަލިއެވެ. އެވަގުތު ޔައިޝަާގެ ދެެލޯ ބޮޑުކޮއލިއެވެ. އަނެއްކަ އެއީ ކޮން ފަތެއްކަން ވެސް ޒިވްޔަންަށް ިނޣުނ ހެއްޔެވެ. ޔައިޝާ އެހެން ހުރެފައި ފަތް ޖަހައިގަތެވެ. އަދި ދާން ހިނގައިގަތެވެ.

“އޭ… އެހާ ފަސޭހައިން ނުއެއް ދެވޭނެ. ތީ ކޮން ފަތެއް ކަން ބުނީމަ ދެވޭނީ…” ޒިވްޔަން ޔައިޝާގެ އަތުގައި ހިފަމުން ބުނެލިއެވެ. އެވަގުތު ޔައިޝާ ބިރުގަތް ނަމަވެސް އެަން މޫނުމތިޏް ނުދެއްކޭތޯ އުޅުނެވެ.

“ޒިވއަކަށް ނޭނގޭތަ މީ ކޮންކަހަލަ ފަތެއްކަމެއް… މިވައްތަރު ފަތް ދުނިޔޭގަ ނުވެސް ހުންނާނެ” ޔައިޝާ ބިރުން ހުރިވަރުން ބުނެވުނީ މޮޔަ އެއްޗެއް ކަން ވެސް އިނގުނީ ޒިވޔަން ހޭން ފެށުމުންެވެ.

“އެކަމު ޔައީ އަތުގަވެސް ތިއޮތީނު”

“އާނ… ދުނިޔެގަ ވަރަސް މަދުން ހުންނާނީ މިވައްތަރު.. ޔއީއަށް ލިބުނީމަ ފޮރުވާފަ މިއޮތީ… ދެން ދޫކޮއްލާ މަންމަ ހޯދާނެ މިހާރު” ޔައިޝާ ބުންޏެވެ.

“ޔައިޝާގެ އަތުން ދޫވާނީ ތިފަތް ޔައިޝާއަށް ލިބުން ގޮތް ބުނީމަ..”ޒިވްޔަން ބޭނުންވ ޔައިޝާ ގިނަ އިރުއެތާ މަޑުކުރުވާށެވެ.  އޭރުވެސް ފިލ ތިބެ އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑުއހަން ތިބި ހަނާއާ ހިލްޔާންތިބީ ހީހީީ ހަލާކުވެފައެވެ.

އަނިޝް ބޭރު ބަލައްހައްޓާއިގެން ބެލްކަނީގައި އިނީ އެކަންޏެވެ. އިންޑިޔާގެ މަގުމަތި ވަނީ އާދައިގެ މަތިން ހަލަބޮލި ވެފައެވެ. އެވަގުތު އާނިޝްގެ ލޮލުގައި އަޅައިގަތީ މަގުމަތިން ހިނގަމުން ދިޔަ އަންހެން ކުއްޖާއަށާއި ފިރިހެން  ކުއްޖާއަށެވެ. އަންހެން ކުއްޖާ އިރުކޮޅަކާ ފިރިހެން ކުއްޖާއަށް ޖެއްސުމެއް ކޮއްލައެވެ. އެއްފަހަރު އިސްތަށިގަނޑު ހަޑި ކޮއްލަފާނެއެވެ. އަނެއްފަހަރު އަތުގައި އޮތް ފޯނު ޖަހައިގަން ފާނެއެވެ. އެވަގުތު އާނިޝް ހަނދާންވީ ހަނާ މަތިންނެވެ. ސްކޫލުގައި އުޅުނު އިރު ހަނާވެސް އަބަދު އިންނާނީ އާނިޝްއަށް ޖެއސުމެއް ކޮއްލަކޮއްލައެވެ.  އާނިޝްގެ އިސްތަށިގަނޑަކީ ހަނާ މާ ގަޔާވާ އެއްޗެކެވެ.

“މިހާރު އިނގިއްޖެތަ މި ފަތް ލިބުނު ޮތް” ޔައިޝާ ބުނެލިއެވެ.

“ހުމމ.. އިނގިއްޖެ ތިހެދީ ހުސް ދޮގުކަން…” ޒިވްޔަން ބުނެލިއެވެ، އެވަގުތު ހިލްޔާންއަށް ކެއްސާލެވުނެވެ. އެވަގުތު ފަހަތް ބަލައިލި ޔއިޝާއަށް ހަނާއާ ިލްޔާން ފެނުމުން ދެލޯ ބޮޑުޮއްލެވުނެވެ. އަދި އަވަސްއަވަހަށް ޔައިޝާ ހިނގައިގަތީ އެގެއިން ނުކުތުމަށެވެ.

…………..

ކައިގެން ނުކުތުމަށްފަހު ހަނާއާ ހިލްާން އަދި ޒިވްޔަން ތިބީ ޓީީވީ ބަލާށެވެ. އެހެންތިއްބާ ތިން މީހުނ ސިހުނީ މީހަކު ސަލާމް ގޮވާލިއަޑަށެވެ.

ދޮރުމަތީގައި ހުރި މީހާ ފެނި ހަނާގެ ދެލޯ ބޮޑުވިއެވެ. އެމީހުން އެގެއަށް އއައީ ކީއްކުރަނ ހެއްޔެވެ. “އަނހާ… ކައިޒަން … ކައިޒަން އައީމަވެސ ތިމީހުން ތިތިބީ ގެއަށް ނުވައްދަންތަ… ” ހުސްނާ އައި ގޮތަށް އައިސް ކައިޒަން ކައިރީ ގެއަށ ވަނުމަށް ބުންޏެވެ. އެވަގުތު ހަނާ އެބުނާ ކައިޒަން އަކީ  މިއީ ކަން ޒިވްޔަންއަށް އިނގުނެވެ. ހުސްނާ އެހާ ލޯބިން ކައިޒަންއާ ވާހަކަ ދައްކާތަން ފެނުމުން ހަނާ ގާތަށް އައީ ރުޅިއެެވެ. އަދި އިރުކޮޅަކާ ހަނާއާ ދިމާ ބަލައިލާ ހޭން ފަށާ ގޮތުން ހަނާގެ ރުޅިގަނޑު އިތުރަށް ގަދަވަމުން ދިޔައެވެ. ކައިޒަންއައީ ކައިޒަންގެ މަންމަދިން ކޮންމެވެސް ެއްެއް ހިފައިގެންނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.ހަނަ އޮތީ މަގުމަތި ކުނި ކަހާށެވެ. “ހަނާ…. ކުނި ކަހަނީތަ” ހަނާ ކައިރީ ހުއްޓެމުން ކައިޒަން އަހާލިއެވެ. އެވަގުތު ހަނާ ކައިޒަންއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. “އަނދިރީތަ..ނޫނީ ކުރާކަނތައް ނޭނގޭވަރު ގަމާރީތަ؟؟” ހަނާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް އެކަން ވެސް އިނގުން ކަމަށް ނުހަދާ ކައިޒަން ފެށި އެހެން ވާހަކައެކެވެ.

“ކޮބާ އާނިޝް” ކައިޒަން ކޮއްލި ސުވާލުން ހަނާ ކުޑަކޮށް މަޑުޖެހުނެވެ.

“އާނިޝް ކޮންމެތާކު ވިޔަސް ކަލެއަށް ކޮން ކަމެއް” ހަނާ ރުޅި އައިސް ހުރެ ބުނެލިއެވެ.

“މިހެން މިބުނީ އާނިޝް އެކްސިޑެންޓްވީ ވާހަކަ އަޑު އިވުން… އެހެންވެ.. ވަރަށް ދެރަ ދޯ… މަ މިހިތަށް އަރަނީ ދެން އާނިޝްއަށް ހިނގޭނެ ބާއޭ” ކައިޒަންގެ ވަހަކަ ހުރީގޮތުން ހަނާ ރުޅިއައެވެ. އައި ރުޅިން އަވަސްއަވަހަށް ހަނާ ވަނީ ގެަށެވެ. އޭގެ ފަހުން ކައިޒަން އެގެއަށް މަދުމަދުން އަންނަން ފެށިއެވެ. ބައެއްފަހަރު ކާއިން ގޮވައިގެން ހިލްޔާން ބަހަނާއަކަށް ހަދައިގެންނވެ.

ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތައ މަސް ތަކަށް ބަދަލުވެއްޖެއެވެ. އާނިް ދިޔަ ފަހުން މިހާރު ތިން މަސް ވަނީއެވެ. އެކެމެކު ހަނާއަށް އާނިްގެ ހަބަރެއް ނުވާތީ އޭނާ އިންނަނީ ނުހަނު ކަންބޮޑުވެފައެވެ. މިހާރު ހަނާއަށް އާނިްގެ ހަބަރެއްނާވާތާ ދެމަސް ވަރު ވެދާނެއެވެ. ލާރާ ގާތު އެހުމުން ވެސް ބުނަނީ ނޭނޭ ކަމަށެވެ.

ހިލްޔާންމެންގެ ޗުއްޓީ ނިމި ކިޔެވުން ފެށިއްޖެއެވެ. ގިނަ ވަގުތު ުކޫލުައި އުޅެން ޖެހުމުން ހިލްޔާންއަކަށް ވެސް ވަގުތެއް ނުލިބެއެވެ.

މިހާރު ކައިޒަން އާއްމު ކޮށް ހަނާމެން ގެއަށް އަންނަްނ ފަށައިފިއެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކައިޒަންވަނީ ހަނާގެ މަންމައާ ގާތް ގުޅުމެއް އުފައްދާފައެވެ. ނަމަވެސް ހަނާ މިހާރު މާބޮޑަށް އަޅާނުލަނީ ކައިޒަން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނޭ ބުނީމައެވެ. އަދި އާނިްއާ ބެހޭ ވާހަކައެއްވެސް ނާހާތީއެވެ. މިހާރު ހަނާ މާ ގިނައިނޫނަސް ކައިޒަންއާ ވާހަކަވެސް ދައްކއެވެ.

“ޔައިޝާ… މިއައީ ޕެން ބަލައި” ހަނާ ޔައިޝާގެ ކޮޓާރިއަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ.

“އަލަމާރި މަތީ އޮންނާނެ.. ނަގާ” އެވަގުތު ޔައިޝާވީ ފާހާނައިގައެވެ. ހަނާ މަޑުމަަޑުން އަލަމާރި މަތިން ޕެންއެއް ފެނޭތޯ އަލަމާރިމަތީ އަތް ހާކާލިއެވެ. ނަސީބަކުން މާ އުނދަގުލަކާ ނުލާ ޕެން ފެނުނެވެ. ޕެން ނަަން އުޅުނު ވަގުތު ވެއްޓުނީ ކަރުދާހެކެވެ. މުށިތައްމަތީ ކަރުދާސް އޮތީ ބަންޑުން ނަމަވެސް އެއީ ފެންކުލައިން ކުރަހާފައިވާ ކުރެހުމެއްކަން އިނގެނީ ކަރުދާހުގެ ދަށް ފަރާތުގައިވެސް މަދުމަދުން ފެންކުލައިގެ އަސަރު ފެންނަން ހުރީމައެވެ.

ހަނާ އެ ކަރުދާސް އަނެއް ފުށަށް ޖަހާލި ވަގުތު ފެނނީ ފެންކުލައިން ކުރަހާލައިފާވާ ޒިވްޔަންެ ތަސްވީރެވެ. ބަލާބެލުމަށް ޒިވްޔަންއާ ކިތަންމެހައި ވެސް ވައްތަރެވެ. ކޮންމެއަކަސް އެކުރެހުމުން ޔައިޝާއަކީ ކުރެހުމަށް ކުޅާދާނަ ކުއްޖެއްކަން އަންގައިދެއެވެ. ޒިވޔަންއަށް ދައްކާލަން ހަނާ ނުކުތީ އެކުރެހުންވެސް ހިފައިގެންނެވެ.  މިއީ ޔައިޝާގެ އެތައް ދުވަހެއްގެ މަސައްކަތެވެ. ކުރެހުމުން

ގެއަށވަން އިރު ޒިވްޔަން ފެންނަން ނެތުމުން ހަނާ ކޮޓާރިއަށް ގޮސް ކުރެހުން ޮޮރުވިއެވެ. ދެން ނުކުމަތް އިރު ޒިވްޔަން އިނީ ސޯފާގައެވެ.

“ޒިވް…. މިހާރު ކޮންކަމަކާ ތި ބޯގާނަނީ” ހަނާ ބުނެލިއެވެެ. އެވަގުތު ޒިވްޔަން ދައްކާލީ އޭނަގެ ފޯނެވެ. އޭރު ޒިވްޔަންގެ ބައްޕަ ގުޅަނީއެވެ. ހަނާވީ ހައިރާނެވެ.

“ބައްޕަ އެުޅަނީ އެކޮޅަށް ދާށޭ ބުނަން… އެކަމު ދާހިތެއް ނުވޭ… ކުރިން ފަހަރު ގުޅީމަވެސް ބުނީ ދުވަސް ކޮޅަކުން ދާނަމޭ.. އޭގެ ފަހުން މިހާރު އެއްމަސް ވީ.. އެކަމު ދާހިތެއްނުވެޔޭ…” ޒިވްޔަން ބުނެލއެވެ.

“އެކަމު ފޯނު ނަގާބަ” ހަނާ ޒިވްޔަންގެ ފޯނު ނަގަމުން ބުނެލިއެވެ.

“ދަރިފުޅު އަދިވެސް މާލެ އަންނަން ނުވަނީތަ؟؟ ގޭތެރެ ހާދަ ފަޅޭ” ފޯނު ނެގުމުން ފުރަތަމަވެސް އޭނާގެ ބައްޕަ ކޮއްލީ ޝަކުވާއެވެ. ހަނާ ޒިވްޔަންގެ އަތުން ފޯނު އަތުލިއެވެ.

“ބޭބެވެސް އުޅެބަލަ މިކޮޅަށް އަންނަންވީނު…. ޒިވްޔަން އަދިވެސް ހުރީ ދާހިތަކުން ނޫން.”ހަނާ ބުނެލިއެެވެ.

“އާދައިގެ ރަށަކަށް ނޫން ދޯ މިފނުވުނީ… އެހެންޏާ ތާކަށް ފޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮނުވައިިއްޔާ މިކޮޅަށް ނާދެވިގެން އުޅޭ އިރު ހީވާނީ އެހެން ކަމެއްކަމެންހެން… ކީއްވެޔޯ މިފަހަރު ނާންނަން ތިއުޅެނީ..” ޒިވްޔަންގެ ބައްޕަ ހޭންފަށަމުން ބުނެލިެވެ.

“ޒާހިދުބެއަށް އިނގޭތަ؟؟ ޒިވްޔަން މިހާރު ތިެއަށް ގެންދަން ކުއްޖަކުވެސް ހޯދައިފިޔޭ” ހަނާ ޒިވްޔަންއަށް ބަލައިލަމުން ބުނެލިއެވެ.

ޒިވްޔަން އިީ ދެލޯ ބޮޑުކޮއްލައިގެންނެވެ. ހަނާ އެހެން ބުނެދާނެ ކަމަށް ޒިވްޔަ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

“ހުމްމ… މީދޯ މާލެ ނާދެވިގެން އުޅޭ ސަބަބު… ހާދަ އުފާވެރި ޙަބަރެކޭ.. ބޭބެ މެން ވެސް މިތިބީ ޒިވްޔަން ތިކަހަލަ ވހަކައެއް ދައްކާނެކަމަށް.. އެކަމަކު ޒިވްޔަން ތިކަހަލަ ވާހަކައެއް ނުދައްކަ ވިއްޔަ..” ޒާހިދު ވާހަކަ ދެއްކީ ނުހަނު އުފަލުން ހުރެއެވެ.

“މަޑުކުރޭ މަންމައަށް ގޮވާލާނަން.. ބޭބެވެސް ވަރަށސް އުފާވާނެ ތި ޙަބަރު ދޭއިރަށް…” ޒާހިދު ޒިވްޔަންހެ މަންމަ ހާމިދާ އަށް ގޮވަމުން ބުންޏެވެ.

“ހަނާ.. ކީއްތިކުރީ.. އަދި ނޭނގެއެއްނު ޔައީ މަ ދެކެ ލޯޯބިވާކަމެއްވެސް” ޒިވްޔަން ހާސްވެފައި އަހާލިއެވެ.

“ހަނާއަށް ޔަގީނޭ” ހަނާ ބުނެލިއެވެ.   “އެއީ ކިހިނެތް؟؟؟” ހަނާ ބުނެލިއެވެ. ހަނާ ވަގުތުނ ދުވެފައި ކޮޓަރިއަށް ގޮސްއައީ ކުރެހުން ހިފައިގެންނެވެ.

ޒިވްޔަންއަށް އެކުރެހުމަށް ބަލަހައްޓައިންގެން އިނދެެވުނީއެވެ. ކނމެއަކަސް ޔައިޝާއަށް ލިބިފައިވާ ކުރެހުމުގެ ހުނަރު ކިތަންމެހައިވެސް ބޮޑަކަށްވެސް ރަމްޒު ކޮއްދެއެވެ.

“ދަރިފުޅާ ޒިވްޔަން… ބައްޕަ މިކިޔަނީ ތެދެއްތަ އަނެއްކާ؟؟” ޒިވްޔަން ސިހުނީ އޭނާގެ މަންމަ ވާހަކަދައްކަން ފެށުމުންނެވެ. އެންމެފަހުން ޒިވްޔަން އޭނާގެ މައިންބަފައިނނާ ޔައިޝާގެ ވާހަކަ ހިއްސާކއްްލިއެވެ.އޭގެ ބަދަލުގައި ޒިވްޔަންގެ މަންމަމެންވެސް ފޯނު ކަނޑާލީ އެމީހުން ރަށަށް އަންނަން އުޅޭ ކަމުގެ އުފާވެރި ޙަބަރުވެސް ދީފައެވެ.

“ހަނާ..” ކައިޒަން ގޭތެރެއަށް ބޯދިއްކޮއްލަމުން ގޮވާލިއެވެ. ނަމަވެސް އެވަގުތު ހަނާ ކަޅި ހުއްޓުނީ ކައިޒަންއަކަށް ނޫނެވެ. ކައިޒަންގެ ފަހަތުގައި ހުރި މީހާއަށެވެ.

ނިމުނީ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

....ލޯބިވާތީ
Previous

ލޯބިވާތީ…4

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (67)

Next
May 4, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (67)

Previews
May 4, 2022

ލޯބިވާތީ…4

....ލޯބިވާތީ

6 Comments!

  1. Ey Brw says:
    May 4, 2022 at 8:02 pm

    Ey kaaku kaizan fahathuga ehury…..btw haadha lahakunney mi part….next part thankolheh avas kurahcheyy plzzzzz……vrh rythi mi part vx ????????❤❤❤❤

    1. sunflower girlll says:
      May 5, 2022 at 10:11 pm

      sryy…olhign nimuny jehunyy…sorry lasvi kmh..nxt prt mhr vaany up kollaafa..in sha allah maadhama kiyaalan libeyne

  2. Anonymous says:
    May 5, 2022 at 10:30 am

    Masha Allah Vaahaka vrh rythi Ekm haadha avahakah thi ninmaalee n Sunflower girl ithuru vaahaka eh liyaa nanthw…

    1. sunflower girlll says:
      May 5, 2022 at 10:13 pm

      thhank u
      n adhi nunimey vhk…olhign ehn jehunyy….sorryy

  3. Anonymous says:
    May 5, 2022 at 11:19 pm

    Ohhh… Issokay…. Sunflower girl ah olhunee dhw ehnvx vaane baeh faharu….. I vrh dheravi vhka nimuny kamah heekoh… Next part ah inthixaaru gaa inge I mihuryy Lysmmmmmm ❤️

    1. sunflower girlll says:
      May 6, 2022 at 5:48 am

      yh. olhnyy…nimeykh noolhe vhk

Comments are closed.

Next Episodeއަބަދަށް އެކުގައި 21←


All Right Reserved!