*އުލްޔާން ދިޔުމުން ކައިޒަންވެސް ގެއަށް ދާން ފަހަތަށް އެނބުރުނު ވަގުތު ފެނުނު މަންޒަރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކައިޒަން އަށް ހުރެވުނު ތަންވެސް ރެއަކާލީ ކުރިމަތީ ހުރި މީހާ ފެނުމުންނެވެ. ކައިޒަންއާ އުލްޔާން ދެއްކިހާ ވާހަކަ އެއް އަޑު އިވުނީކަން މޫނު މަތީގެ ކުލަވަރުން އިންގެ އެވެ. ކައިޒަން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.. އޭނާ ބޭޒާރު ވާކަށް މާ ގިނަ އިރެއް ނެތެވެ..*
ފަހަތުގައި ހުރި ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިންތިހާ އަށް ދެރަ ވެފައެވެ. އޭނާ އަށް ކަންތައް ކުރެވުނު ގޮތް ހިތައް އެރުމުންނެވެ. އަމިއްލަ ދަރިފުޅައް ނުކިޔެވުނި އޭނާގެ ސަބަބުންނެވެ. ހަމަ އެކަނި ހިތާމަ ދެވުނީ އޭނާގެ ދަރިފުޅަކަށް ނޫނެވެ. އާނިޝްއަށް ދެވުނީ ކިހާ ބޮޑު ދެރަ އެއް ހެއްޔެވެ؟ އާނިޝްއާ ދިމާ އަށް ކިޔުނު އެއްޗެހި ހިތައް އެރި ވަގުތު ހުސްނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
” ހުސްނާއްތާ…ދެރަ ނުވޭ..އޭނާ ކުރި ކަންތަކުގެ ބަދަލު އޭނާ އަށް ލިބޭނެ” ފަހަތުން އިވުނީ ޒިވްޔަންގެ އަޑެެވެ.
”ޒިވްޔަން އަހަރެން ކިހިނެއް ހަދާނީ..އުޅޭ އުޅުމުން ކައިޒަން އަކީ އެކަހަލަ ކުއްޖެކޭ ހިތައް އަރާނީ ކާކު.. ” ހުސްނާ ބޮލުގައި ރިއްސައި ގަތުމުން ހުރިތަނަށް ތިރި ވެވުނެވެ.
……….
”އާނިޝް ..ޕްލީޒް..ވީގޮތެއް ބުނީމަ އެެއްނު އިންގޭނީ..ތިހެން ރުޅި އައިސް ހުއްޓަސް ވީގޮތެއް އިނގޭނެތަ..ރަށަށް އައި ފަހުން އަދި މިއުޅެނީ ސައްވީސް ގަޑި އިރު ނުވެ …އެހާ އަވަހައް ރުޅި އަންނަން ވާނެތަ؟؟” އާނިޝް ވާހަނުދެއްކުމުން ހަނާ ކައިރީ އިނދެ ޝަކުވާ ކުރަމުން ގެނދިޔައެވެ..
އެވަގުތު އާނިޝް މޫނު ހިއްލައިލިއެވެ.. ދުޅަ ވެފައި ވާ ދެލޯ ފެނި ހަނާ ހާސް ވިއެވެ..
” އާނިޝް..ކި.. ކިހިނެތް ވީ؟؟”
“މަށަށް ވީ ކިއްތޯ ނާހާ.. އުޅޭ ވައްތަރަކަށް އުޅެންދޭ..ހަމަ ތީ ކޮންމެ އަންހެނެއްގެ ވެސް ވައްތަރު ދޯ” އާނިޝްގެ ޖުމްލައިން ހަނާ ދިޔައީ ސިހިގެންނެވެ. މީގެ ކުރިން އެއީ ހަނާ ދިމާ އަށް ބާރަށް އެއްޗެކޭވެސް ނުބުނާ މީހެކެވެ.
” އާނިޝް ހަމަޖެހިބަލަ.. ކާކު ކިކޭ ކީތަ؟؟ އެހެން ނޫނަސް މީހަކު އެއްޗެކޭ ބުނާ އިރަށް އާނިޝް ޖެހޭތަ ގަބޫލު ކުރަން” ހަނާ ހީކުރީ އާނިޝް ކައިރީ މީހަކު އެއްޗެކޭ ކީ ކަމަށެވެ.
“މީހަކު ކިޔާހާ އެއްޗެއް ގަބޫލުކުރަން މީ ހަނާ މަންމައެއް ނޫނޭ..މަ ގަބޯލެއް ނުކުރަން މީހަކު ކިޔާހާ އެއްޗެއް..އެކަމު ދެލޮލަށް ފެނުނީމަ ގަބޫލު ކުރެވޭނެ ގަބޫލު ކުރަން ބޭނުން ނުވިޔަސް” އާނިޝް ހުރީ އިންތިހާ އަށް ރުޅި އައިހެވެ.
އެވަގުތު ހަނާގެ ފޯނަށް މީހަކު ގުޅިއެވެ. ނުދަންނަ ނަމްބަރެއް ކަމުން ފޯނު ނުނަގަން ހުރެފައިވެސް ދެވަނަ ފަހަރަށް ގުޅުމުން ފޯން ނަގަމުން އާނިޝްއާ ދުރައް ޖެހިލިއެވެ.
ހަނާގެ މި އަމަލުންވެސް އާނިޝް ހީކުރީ ކައިޒަން ގުޅިމާ އާނިޝް ކައިރީ ހުރުމުން ފޯން ނުނެގީ ކަމަށެވެ. އަދި ދުރަށް ދިޔައީ އާނިޝްއަށް އަޑު އިވިދާނެތީ ކަމަށެވެ.
”އާނިޝް… ކުއްލިއަކަށް ދާން ޖެހިއްޖެ..އާނިޝް ހަމަ ޖެހިލާފަ ގުޅާނެ އިރަކަށް އިންތިޒާރު ކުރާނަން” ހަނާ މިހެން ބުނެ ނުކުތެވެ.
އާނިޝް ގާތަށް އިތުރަށް ރުޅިއައެވެ. އާނިޝްގެ ހިތް ބުންމުން ދިޔައީ ހަނާ އެދިޔައީ ކައިޒަން ގާތަށް ކަމެވެ. ހިތަށް ވަން ވަސްވާސް ތަކުން އާނިޝް ހަނާގެ ފަސްފަހަތުން ހިނގައިަތެވެ. ހަލުވި ހިނގުމެއްގައި ހަނާ ގޮސް ވަނީ ހޮސްޕިޓަލަށެވެ. ކުރެވުނީ ކުށްހީ އެއް ކަމަށް ބަލާ ގެއަށް ދާން އެނބުރުނު ވަގުު އެތާ ހުރި ކައިޒަން ގެ ސައިކަލު ފެނި، ހަނާ އެއައީ ކައިޒަން ގެ ގާތަށް ކަމަށް ޔަގީން ވިއެވެ.
“ދަރފުލާ..ދެން ހަމަ ބިޒީ ކަމުން ބައްޕަމެންނަށް ގުލާލާނެ ވަގުތެއް ނުވާތާ ގުޅިމަ ފޯން ވެސް ނުނެގޭ ދޯ” ޒިވްޔަންގެ ބައްޕަ ސަމާސާ ރާގެއްގައި ބުނެލިއެވެ.
” އެހެންނެއް ނޫން ބައްޕާ.. މިހާރު މީނީ ހޮސްޕިޓަލްގަ.” ޒިވްޔަން ވާހަކަ ދެއްކީ މަޑު މަޑުންނެވެ.
“އޭނ.. ކިހިނެއްވީ އަނެއްކާ” ހުސްނާއްތަ އަނބުރައި ަނެގެން ވެއްޓުނީ..މިހާރު ރަނގަޅު”
“އެހެންތަ.. ކޮބާ ހަނާމެން ހިލްޔާންމެން..ދަރިފުޅު ތިހެނ އުޅޭ އިރު އެމީހުންނަށް ރަނގަޅަށް ބަލައްޗެ..”ޒާހިދު
ޒިވްޔަން އަށް ވިސްނައިދިނެވެ،
“ދަރިފުޅާ..ބައްޕަމެންނަށް އިންޑިއާ އަށް ފުރަން ޖެހިއްޖެ،، ވަރަށް ކުއްލި ގޮތަކަށް” ޒާހިދު ނުބުނަން ހުެފައި ވެސް ބުނެލިއެވެ.
“އެއީ..ބައްޕާ އަނެއްކާ ކިހިނެތް ވީ”
“ދަރިފުޅާ މިގަޑީ ހުރިހާ ވާހަކައެއް ނުދެއްކޭނެ.. މާ ބޮޑަށް ނުވިސްނާތި..އައްލާހް އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް.. ފަތިހު ފުރަން..މަންމައާ ބައްޕާއާ ބޭބެއާ، ބިސްނަސްގެ ކަންތައް މިދަނީ ބޮޑުބެއާ ހަވާލު ކޮއްފަ..އިތުރު ކަމެއް ބޭނުން ވަންޔާ ބޮޑުބެ ކައިރީ ބުނެލާ.. އެހާ ގިނައިން ނުގުޅިިދާނެ.. ހުރިހާ ެންމެންނަށް ވެސް ވަރަށް ސަލާމް.. ދެން ބާއްވަނީ” ޒާހިދްގެ ފޯން ކަނދާލިއެވެ.
“ޒިވްޔަން ހާސް ވާ ގޮތް ވިއެވެ. އަނެއްކާ ކީއް ވީ ބާއެވެ. ބައްޕައަށް ކަމެއް ވީބާއެވެ. މަންމަގެ ހާު ރަނގަޅު ބާއެވެ. ނޫނީ ބޭބެއަށް ކަމެއް ވީ ާއެވެ. ކުޑަ މިނުން ފޯން ބޭއްވީ ވީ ގޮތެއް ބުނެވެސް ނުލައެވެ. ޒިވްޔަން ހިތް ބިރު ގަންނަން ފެށިއެވެ.
ހުސްނާ ގެއަށް ފޮނުވާލި އިރުވެސް ވިސްނެނީ އާނިޝްއާ ދޭތެރޭގައެވެ. ކައިޒަން ދެއްކި ވާހަކައާ ދޭތެރޭގައެވެ. އޭނާއަށް އަށް ކަންކުރެވުނު ގޮތާމެދު އޭނާ ދެރަ ވެއެވެ.
ހަނާ އޮތީ އާނިޝްގެ ކޯލެއްެ އިންތިޒާރުގައެވެ. އޭނާ އަށް ވީ ކިހިނެތްބާއެވެ. ހަނާ ދެކެ ރުޅި އަންނަނީ ކީއްވެ ބާއެވެ.
ޒިވްޔަން ކަން ވީގޮތް ހިލްޔާންއާ ލާރާއަށް ކިޔައިދިނެވެ. ލަރާ ހުރީ ނުހަނު ދެރަ ވެފައެވެ. މުޅި އާއިލާ އާނިޝް ބާކީ ކުރި އިރު އާނިޝްގެ އޮތީ ކޮން ކުށެއް ހެއްޔެވެ. ހިލްޔާން އަށް ވާހަކަ އަޑު އަހާފާ ރުޅި އާދެވުނީ ކާއިން ދެކެއެވެ. މި ހުރިހާ ކަމެއް ވާއިރު ކާއިން އަށް ނޭނގި ހުންނާނެ ހެއްވެ. ތިން މީހުން އެކުގައި ދިޔައީ އާނިޝް ބަލައެވެ. ހުސްނާގެ އެދުމަކަށެވެ. އާނިޝް ކައިރިން މާފަށްް އެދެން ބޭނުން ކަމަށް ބުނުމުންނެވެ.
“ދޮންބޭ..” އާނިޝްމެން ގެއަށް ވަން ލާރާ ހުއްޓުން އެރީ އާނިޝްގެ ކޮޓަރީގެ ހާލަތު ފެނިފައެވެ. އާނިޗްއަކީ ފިރިހެނ ކުއްޖަކަށް ވިޔަސް ތަރޔތީބުން އެއްޗެހި ގެންގޔޅުމަށް ލޯބި ކުރާ ކުއްޖެއްކަން ލާރާއަށް އިނގެއެވެ. ނަމަވެސް މިއަދު ކޮޓަރިއަށް ހީވަނީ ތޫފާނެއް އައިސް އޮތް ހެންނެވެ. އެނދުމަތީގައި އޮތް ބެޑްޝީޓް ވަނީ ނައްޓާލާފައެވެ. ބާލީސްތައް މުށިތައް މައްޗަށް އުކާލާފައެވެ. ޑްރެސިންގ ޓޭބަލް މަތީގައިވާ ސާމާނުތައް ސަލާމަތުން ހުރި ނަމަވެސް ގެން ގުޅޭ ފޯންވެސް ވަނީ ތަޅާލާފައެވެ..
“ދޮންބޭ..ކި.. ކިހިނނެތް ވީ” ލާރާ ހައިރާން ވެފައި އަހާލިއއެވެ.
ޒިވްޔަންއާ ހިލްޔާން ވެސް އެތާ ހުރި ސޯފާގައި އިށީނީ ވާނުވާ ނޭނގޭ ހާލުއެވެ.
“ކީއްކުރަން ތިއައީ” އާނިޝް އޭނާގެ އަމިިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން އިސްދަށަށް ޖަހައިގެން އިނދެ އަހާލިއެވެ.
“އާނިޝްބޭ ކީއްވީ.. ހިނނގާބަ އަހަރަމެން ގެއަށް” ހިލްޔާން ބުނެލީ މަޑުމައިތިރި ގޮތަކަށެވެ.
“ހަނާގެ ވާހަކަ މަ ކަެިރީ ނުދައްކާ.. އޭނަ ކައިޒަން އާ އެކު ދޫކޮއްލާ.. ނެތިން އެދޭތެރެއަށް ވަންނާކަށް”އާނިޝް އަށް ބުނެވުނީ އެހިސާބަށެވެ.
ޒިވްޔަން އަށް ކައިޒަންގެ ނަން އަޑު އިވުނު ހިނދު ރުޅިގަނޑު ފަޅައިން ނުދިޔައީ ކިރިޔާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Haadha kureyyy…..next part miahvure dhigukohla dheveyne thr…..btw vhk hama vrh salhi maasha allah????????❤❤❤
Masha Allah You are so talented I just fell in love with your story I also want to be a writer like you this story put a smile on my face your stories are amazing keep it up
awwww….thank uuu sooooo sooooo much…m also happy vhk rythi v ma
u r also talented writer..just try it
m sorryyy ey brw mi part kuru v ma.. hama time nuvyy.. up nukureveythaa gina dhuvass v ma avahah up kollan vgn…nxt part miah vure dhigu koh leveythww balaaanan ingeh
n thank uu