ނޭނގި ހިތޭ ތި އަތުލީ 12
އެއަށްފަހު މަލާކްއާދިމާލަށް ފޯންގެ ޑިސްޕްލޭ ދައްކާލިއެވެ. ފޯންގައި ލިޔެފައިވާ އެއްޗެއް މަލާކް ކިޔާލިއެވެ. އެއާއެކު މަލާކަށް ކުޑަ ހުއްޓުމެއް އައެވެ. ނަމަވެސް އެއަށްވުރެ އަވަހަށް މީހާ ހަމައަކަށް އަޅުވާލައި ވާހަކަދަންކަން ފެށިއެވެ. އަލާއަށް ވާހަކަ ނުދެއްކުމަކީ މައްސަލައެއްނޫން ކަމަށް ބުނެލިއެވެ. އަދި އަކްޔަން އަލާދެކެ ހަޤީޤީ ލޯބިވާނަމަ ތި ނުކުޅެދުން ތެރިކަމާއެކުވެސް އަލާ ބަލއިގަންނާނެކަމަށް ބުނެލިއެވެ. އަދި އަލާގެ ފޯން ނަންބަރު އަތުލުމަށްފަހު މަލާކް ދިޔައީއެވެ.
މަލާކް އަކްޔަން ގާތު އަލާޔަކީ ވާހަކަ ނުދެއްކޭކުއްޖެއްކަމަށް ބުންޏެވެ. އޭރު ދެމީހުން ވާހަކަ ދައްކަން ތިބީ ގޯތި ތެރޭގައި ހުރި މޭޒު ދޮށުގައެވެ. މަލާކްގެ ޖުމްލަޔާއެކު މައުވަން ސިހުނެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. “މީހެއްގެ ހުރި ނެކުޅަދުން ތެރިކަމަކުން އެމީހަކު ދެކެ ވާލޯބި ފޮހިވެއްޖެ ކަމަށްވަނީނަމަ އެވެވުނީ އަދި ލޯތްބެއްނޫން” މަލާކްބުނެލިއެވެ. ސީދާ އަކްޔަންގެ މޫނަން ބަލަން ހުރެއެވެ. އަކްޔަން އިނީ ދުރުބަލަހައްޓައިގެންނެވެ. އުޅަބޮށި މޭޒުގައި ވިއްދާލާފައިވާއިރު ދަތްދޮޅި ދަށުގައި ވަނީ ދެ އަތްތިލައެވެ.”އަހަރެން އޭނަދެކެ ލޯބިވޭ. އަދި މެރީކުރަންވެސް ބޭނުން” އަކްޔަން އިއްވާލިއެވެ. މަލާކް އަކްޔަންއަށް އަލާގެ ނަންބަރު ދިނެވެ. އަދި މަލާކް ބުނެލީ މަންމަ އާއި ބައްޕަ ޤަބޫލްތޯ ބެލުން މުހިއްމުކަމުގައެވެ. ހަޤީޤީގަތަކީ ނަސީމާ ނުރުހޭނެކަން މަލާކަށް އިނގެއެވެ. އަދި އޭނަ މިއުޅޭފަދަ ހާލެއްގައި އެކަހަލަ ނުކުޅެދޭ ކުއްޖެއް އުޅުމުގެ ފުރުސަތު ދޭކަށް މަލާކް ބޭނުމެއްނުވެއެވެ. އަކްޔަން ބުނެލީ އޭނަ އެދޭކަމަކަށް މަންމަ އާއި ބައްޕަ ރުހޭނެ ކަމުގައެވެ. މަލާކް ވަކި އެއްޗެއްނުބުނެއެވެ. ކޮންމެ ދަރިއަކަށްވެސް މައިންބަފައިން ދައްކާނީ އެމީހުންގެ ރަނގަޅު ސިފަތައްވިއްޔާއެވެ.
ޑްރީމް ހޮސްޕިޓަލުން ކުޑަ ކުދިންގެ ޑޮކްޓަރުގެ ވަޒީފާ މަލާކަށް ލިބުނެވެ. އަދި މިއަދު މީ ޑިއުޓީއަށް ނިކުތް ފުރަތަމަ ދުވަހެވެ. މަލާކްއަށް ހޮސްޕިޓަލްގެ ބައެއް ސްޓާފުންނާއި ޑޮކްޓަރުން ތަޢާރަފް ކޮއްދެމުން ދިޔައީ ނިއަމްއެވެ. އަދި މަލާކް މަސައްކަތް ކުރަން ހަމަޖެހިފައިވާ ޑިޕާޓްމެންޓަށް ލާފައި ނިއަމް ދިޔައީއެވެ. ބްރޭކް ގަޑީގައި ކޮފީއަށްދާން ބަލާ އަންނާނެކަމަށް ބުނަމުންނެވެ. ނިއަމް އޭނަކެ ކެބިންނަން ދާންދިޔަ މަގުމަތީގައި މައުވަންއާއި ދިމާވިއެވެ. “މަބުނީމެންނު ހަވަހަށް އަންނާށޭ. ރީތި ބިޓެއް އިންޓްރޮޑިއުސް ކޮއްދޭން ވެގެންނޭ” ނިއަމް ބުނެލިއެވެ. “އަވަހަށް ހިނގާ ތިމަންޖެ ދައްކަން” ނިއަމްގެ ކޮނޑުގައި އަތްޖަހާލަމުން މައުވަން ބުނެލިއެވެ. އޭނަ އެދިޔައީ އޯ.ޕީ.ޑީ ފަށަން ކަމުގައި ނިއަމް ހާމަކުރިއެވެ. “ކޮންމެހެން މަށަށް އެމަންޖެ ނުދެއްކިގެން ތި އުޅެނިއްޔޯ؟ ” މައުވަން އަހާލިއެވެ. “ނިއަމް ދޯ އަސްލު ކުއްޖަކު ސެޓްކުރަންވީ” މައުވަން އިތުރުކޮށްލިއެވެ. ނިއަމް ބުނެލީ އޭނަގެ ވަރަށް ޚާއްސަ ކުޖަކު ހުންނަކަމުގައެވެ. ރަނގަޅު ވަގުތު ޖެހުމުން ބުނާނެކަމުގައެވެ.”ކަލެއަށް ދައްކަން މިއުޅެނީ އަސްލު ކަލޭ ތިއުޅެނީ އަދިވެސް މީހަކު ދެކެ ލޯބި ނުވެވިގެން. ހަމަ ގައިމުވެސް މިމަންޖެ ފެނުނީމަ ކަލެއަށްވެސް ލޯބި ވެވޭނެ. އެހާ ރީތި. އަނެއްކޮޅުންއެހާ މަޑުމައިތިރި ވެފަ އަޚުލާގްވެސް ވަރަށް ބަރާބަރު ވާނެހެން ހީވަނީ. އަހަރެން ކުއްޖަކު ދެކެ ލޯވި ނުވާނަމަ ހަމަ ގައިމުވެސް އަރެންގެ ޗޮއިސްއަކަށްވާނީ މި ޑޮކް” ނިއަމް މައުވަންއަށް ޖަވާބު ދިނެވެ. “އެކަމަކު ސިންގަލް ކަމެއް ނޭނގެ” މައުވަންގެ ކަންފަތާއި ކައިރި ވެލާފައި ސިއްރުން ނިއަމްބުނެލިއެވެ. “އެހެންވީމަ ކަލޭ ތި އުޅެނީ ހައެއްކަ ކުދިންގެ މަންމައެއް މަށަށް ސެޓް ކޮންދޭއް ކަމަށްވެސް ވެދާނެ ދޯ” ނިއަމްގެ ބުރަކަށީގައި މައުވަން ބޮނޑިއެއް އަޅާލިއެވެ. ދެމީހުން ދެތަންވީ ބްރޭކްގަޑީގައި ބައްދަލުވާން ބުނެފައެވެ.
ނަސްރީނާ އާއި ނަސީމާ ތިބީ ކާގެ މޭޒުދޮށުގައެވެ. ވާހަކަ ދެކެވެމުން ދިޔައީ މަލާކްއާއި ގުޅޭގޮތުންނެވެ. ދެމީހުންވެސް ޤަބޫލް ކުރިގޮތުގައި މަލާކް ބަނޑުބޮޑު ނުވުން އެއީ އެމީހުންގެ ނަސީބެވެ. އަދި އަވަސް ގޮތަކުން މަލާކް ބޭރުކުރަންވީއެވެ. އެހެންނޫންނަމަ އަނެއްކާ އަސްލަށް ބަނޑު ބޮނޑުވެދާނެއެވެ. އޭރުން މަލާކްގެ ބާރު ގަދަވާނެއެވެ. އެދެމީހުންދެކޭ ގޮތުގައި މައުވަންވެސް ބޭނުންވަނީ ލުބާއެވެ. މައްސަލައަކީ އެމީހުން އެވަރަށް އެއްޗެހިކިޔާ ޖެއްސުންކުރާއިރުވެސް މަލާކް މާ ބޮޑު ރައްދެއްނުދޭތީއެވެ. އެހެންނޫނަމަ މައްސަލަގަނޑު ހޫނުވެސް ކޮށްލެވުނީހެވެ.
މައުވަން އިނީ ޑްރީމް ހޮސްޕިޓަލްގެ ކެންޓީން ގައެވެ. ނިއަމްގެ އިންތިޒާރުގައެވެ. އިރުކޮޅެއްނުވެ ނިއަމް މަލާކް ގޮވައިގެން މައުވަން އިން މޭޒާދިމާލަށް ދިޔައެވެ. މައުވަން އިނީ ދޮރަށް ފުރަގަސްވާގޮތަށް ކަމުން މައުވަން އަކަށް އެމީހުނެއް ނުފެނެއެވެ. ނިއަމް މަލާކްގާތު ބުނެފައިވަނީ މިދަނީ އޭނަގެ ބެސްޓްފްރެންޑާ ބައްދަލު ކުރުވަންކަމުގައެވެ. އަދި އެއީ ވަރަށް މަޖާ އެއްމެނާވެސް ގުޅޭ ހަމަ ޑްރީމް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމުގައި ބުނެލިއެވެ. “މީޓް އަވަރ ނިވް ޑޮކް މަލާކް” މޭޒާއި ހަމައަށް ގޮސް މައުވަންގެ ބުރަކަށީގައި ޖަހާލަމުން ނިއަމް ބުނެލިއެވެ. މައުވަން ފަހަތް ބަލާލާފައި ތެދުވެވުނީ ކޮޅަށެވެ. “ދެން ބަލަށް ނުހުރެ ސަލާމް ކޮށްލަބަލަ ދެމީހުން” އަނެއްކާވެސް ވާހަކަ ދެއްކީ ނިއަމްއެވެ. “ބްރޯ ހާދަ ހައިރާންވެފަ ހެން ހީޥެޔޭ” މަލާކްއަށް އިށީންނަން އިޝާރާތް ކުރަމުން ނިއަމް ބުނެލިއެވެ. ތިން މީހުން އެމީހަކު ބޭނުންވާ އެއްޗިސްސަށް އޯޑަރު ދިނެވެ.”މަލާކްއަށް އިނގޭތަ މީ ވަރަށް ބިޓިން މީހެކޭ. މަލާކްވެސް ވިސްނައިގެން އުޅޭތި” މައުވަން އަދި މަލާކްވެސް މާ މަޑުން އިންނާތީ ނިއަމް މައުވަންއާ ދިމާކޮށްލިއެވެ. މައުވަން ދަށުން ނިއަމްގެ ފައިގައި ޖެހިއެވެ. “ތިކަން އިނގޭ” ހަމައެވަގުތު މަލާކް ޖަވާބު ދިނެވެ. މައުވަން ސިހުނެވެ. މަލާކް އެފަދަ ޖަވާބެއް ދީފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ހިނިގަނޑެއް ޖަހާލަމުން ނިއަމް ބުނެލީ މަޝްހޫރު މީހުންގެ ސްޓޯރީސް އެއްމެނަންވެސް އެނގޭނެކަމުގައެވެ. މައުވަން އިނީ އެތަނުން ދާންބޭނުންވެފައެވެ. މައުވަން މޫނަން އަރާކުލަ ތަކުން މަލާކްއިނީ މަޖާވެފައެވެ. “މަލާކް މެރީޑްތަ؟” ނިއަމް އެހިއެވެ. ނިއަމްގެ ސުވާލާއެކު މަލާކް ބަލާލީ މައުވަންގެ މޫނަށެވެ. އެވަގުތު މައުވަންވެސް މަލާކްގެ މޫނަން ބަލާލިއެވެ. “ޔެސް. އައި އޭމް” މަލާކް ޖަވާބުދިނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. މަލާކްގެ އެޖަވާބުން މައުވަން ހިތްހަމަޖެހުނެވެ. އަދި ކޮފީ ނިންމާލާފައި ދަމުން ނިއަމް މަލާކްގެ ނަންބަރުން ނިއަމްގެ ނަންބަރަށް ގުޅައި ނަންބަރު އަތުލިއެވެ. ނިއަމްގެ މި އަމަލުން މައުވަން ހިތަށް އެރީ އޭނަގެ އަންހެނުންގެ ނަންބަރު އަދި އޭނައަށްވެސް ނޭނގެއެވެ. އެކަމަކު ނިއަމްވެސް މިހާރު އެހާއަވަހަށް ނަންބަރު ހޯދީއެވެ.
ޑިއުޓީ ނިންމާލާފައި މައުވަން ގެއަށް އައިއިރު މަލާކް އޮތީ ކޮޓަރި ސޯފާގައެވެ. އާދައިގެ މަތިން މައުވަން ވަނުމާއެކު އޮތްތަނުން ތެދުވެ އިށީނެވެ. މައުވަން ގަމީސް ބާލާފައި މި ފަހަރު ފާޚާނާއަށް ދިއުމުގެ ބަދަލުގައި އައީ ސޯފާއަށެވެ. މައުވަން މަލާކް އިށީދެގެން އިން ކޮޅުނޫން އަނެއްކޮޅުގައި އިށީނެވެ. އޭރުވެސް މަލާކްގެ ނަޒަރު ހުރީ ޓީވީއަށޭވެ. އެކަމަކު މައުވަން އެ އުޅެނީ މިއަދުގެ ވާހަކަ ދައްކަން ކަން އޭނައަށް އިނގެއެވެ. އިނގޭކަމަށް ހަދަންބޭނުންނުވީއެވެ. އެހެންވެ ޓީވީ ބަލާކަމަށް ހެދިގެން އިނީއެވެ.”އަހަންނަކަން މިހާ ދުވަސް ވީއިރުވެސް ތީ ޑޮކްޓަރެއް ކަމެއް ނޭނގެ” މައުވަން ބުނެލިއެވެ. މަލާކް ފުއްދާލީ ހިނިތުން ވުމަކުންނެވެ. “އެހެއްވެ ދޯ މެރީ ކުރުމުގެ ކުރިން ޖޮބަށް ދާން ބޭނުމޭބުނީ” މައުވަން ވާހަކަ ކުރިއަށް ގެންދިޔައެވެ. މިފަހަރުވެސް މަލާކް ދިނީ ހިނިތުންވުމެކެވެ.
އަކްޔަން އަލާއާއި ބައްދަލު ކުރިއެވެ. އަދި ވާހަކަ ނުދެއްކުނެއްކަމަކު އަލާ ޔާއެކު ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުން ކަމުގައި ބުނެލިއެވެ. އަލާ ބުނެލީ ނުކުޅެދޭ ކުއްޖަކާ ގުޅެން އަކްޔަންގެ ޕޭރެންޓުން ރުހޭނެތޯއެވެ. މައުވަން ދިނީ މަލާކަށްވެސް އޭނަދިންޖަވާބެވެ. އަދި އެހިސާބުން އެދެމީހުންގުޅު ނީއެވެ. މައުވަން ހުރީ އޭނަގެ ލޯބި ހާސިލްވުމުން އުފާވެފައެވެ. އަލާހުރީ މައުވަން ކަހަލަ ރަނގަޅު ބައިވެރި އަކު ލިބުމުން ހިތްހަމަ ޖެހިފައެވެ.
ހުކުރު ދުވަހުގެ މެންދުރު ކެއުމުގެ ވަގުތެވެ. މަޒްހަރު އާއިލާގެ އެންމެންތިބީ ކާށެވެ. “ދަރިފުޅާ ދެކުދިން ހަނީމޫން ފަހުން ދާވާހަކަ ކިޔާފަ އަދިވެސް އެކަމާ ނޫޅެނިއްޔޯ” މަޒްހަރު ސުވާލުކުރީ މައުވަން އާއެވެ. “އަދި ދެވިދާނެއްނު” މައުވަން ބުނެލިއެވެ. “އެސޮރު ދާން ބޭނުން ނުވާތީނު ނުގޮސް އެ ހުންނަނީ. ދެން ގަދަކަމުން ފޮނުވަންޖެހޭތަ ކޮންމެހެން” ނަސީމާ ބުނެލިއެވެ. މަޒްހަރު އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ބުނާކަށް ގަސްތެއްނުކުރިއެވެ. “ދަރިފުޅާ އަކްޔަން. ދަރިފުޅުވެސް މީހަކާ އިންނަން އުޅެންވީއޭ ދެން” މަޒްހަރު ބުނެލިއެވެ. އަކްޔަން ބުނެލީ އެކަމާ ވިސްނާކަމުގައެވެ. ” ބައްޕާ. އަހަންނަން ފެންނަނީ އަކްޔަންއަށްވެސް ކުއްޖަކު ހޯދަދޭން.އެހެން ނޫނީ އުމުރު ހުސްވާނީ އެހެން ހުއްޓަކަންނޭނގެ” އަކްޔަންއާއި ދިމާކޮށްލުމުގެ ގޮތުން މައުވަން ބުނެލިއެވެ.
އެރޭގެ ވަގުތެވެ.”ބުނަންތަ ކޮއްކޯ ވާހަކައެއް. މަޒްހަރު އެހެރީ އެއްފަހަރު ގޯސްބައިވެރިއަކު ކޮއްކަގެ ދަރިއަކަށް ހޯދަދީފަ. ދެވަނަ ފަހަރަށް އެ މިސްޓޭކް ހެދުމުގެ ފުރުސަތު އޭނައަށް ނުދޭތި” ނަސްރީނާހުރީ ނަސީމާއާއި ވާހަކަ ދައްކާށެވެ. ނަސްރީނާގެ ކޮޓަރީގައެވެ. “މަށަށް ފެންނަނީ ކޮއްކަ އަވަހަށް އެ ސޮރަށް ބައިވެރިއަކު ހޯދަ ދޭން” ނަސްރީނާ ކަން ކުރަންވީގޮތް ބުނެދިނެވެ. ނަސީމާ ބުނެލީ އޭނަވެސް އެކަމާ ވިސްނާތާ ދުވަސް ކޮޅެއް ވެއްޖެކަމުގައެވެ.
މައުވަން މަލާކް އެއީ ކާކުކަން ނިއަމް އަށް ބުނެދޭން ބޭނުންވިއެވެ. އެކަމަކު މިހާރު ކަންތައްވެފައި އޮތްގޮތުން އެކަން ކުރަން މައުވަންއަށް އުނދަގޫވިއެވެ. އަނެއްކޮޅުން ނިއަމް އުޅެނީ ލައިހާގެ ވާހަކަ މައުވަންއާ ހަމައަށް ގެންދާނެ ގޮތެއް ނޭނގިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.




wowww…awesome…
fantastic
Story up veytho balabala indhaa thi up kohly… Thank u star… V rythi story eh mee
.
woah.. vth reethi..
next part vx awahah up kohdhy plx..
Mee second dhw
.
Just love this story.
Keep it up.
Haadha kurey
Nice!!
Maadhan ves genesdhechey
Wow I love this story??
Wow I love this story?
Mauvan aai akyan ge nan haadha olhuvaalaafa ey hunnany..
Komme partehga ves…anyways reethi varah..
Dhen avahah maidhaitha ah ves angaa aee dockeh kan..
Star. vvvbodah thanks.
Misite ga ame favourite vaahakayakee mivaahaka.
Vvv v happy up kollaa dhineema ingey vaahaka vvvv salhi???????
Reethi ekamaku haadha kurkoh . Any way best of luck?
Hey star! This is my fav story in this site?!! I wish u could upload this story daily?! Nd i am commenting on first time ?
Good luck and be happy always ?
Nice❤?
Thank uuuuuuuuuu. Avahah up kohdhineema. Vvvvvvvv reethi.
Masha Allah v reethi?
Story v reethi…
Wow…. mi story vrh reethi …. whn nxt prt? ??? Avahah up kohdhehche?????❤❤❤❤❤❤❤?????
VVVV nice story thanx avahah up veema dhen konirakun up vaany ???
next part avas kohdhyba plx plx plx
Next part avahah up kohdhehcheyy. .☺??❤
v v v reethi.. ,<3 maa kurukon thi genes dhenii…
V v v reethi ?
Nxt part avas kolla dhehchey dear
Star, kon irakun next part?
Avaha upload kohba varah kiyaa hithun mi thibeneee
Varah reethi❤❤❤❤❤
Vv reethi
Alhey… vaahaka kiyaa hithun nunidhifa mi othy… neredhybala plx…
Vvinthizaaru kurn. rip ves nudhee keeve bix tha?
Miadhu vaahaka genesdheyne tha???
This part also nice.but too short.waiting 4 next part
Koba nxt part. . Wating….waiting..
Alhe star kobaatha stry…abadhu beleny up koffa inthw…plx dnt dissapoint us..??
Me too
Me too
Koba tha story
Thank you all. N sorry for late reply. Mirey story eh nugenes dheveyne. I’m little busy. I will try to upload tomorrow.
Aslu vaagaothakee chuttee there veema enjoy kurevenee maavarakah. Ehenve liyaane vaguthu nuvaneee.
Holidays viyas you should try to make your readers happy.. it’s been two days since you last uploaded. Holidays viyas dhe dhuvahun eh dhuvahu vaahaka update kohdhineema kiyun therin ves hiy hama jeheyne dho!
V kiyaahithun mi inny plx thankolheh avahah up kohdheeber
Mee too
Waiting awahah up kohdheeba
waiting for next part.
Avas kolladhevvaba plxxx .. waiting….
tonight next ep
thankyou