
ނޭނގި ހިތޭ ތި އަތުލީ 6
އަދި ކޮންމެސް ގޮތަކުން އެހަންހެންކުއްޖާ މިކައިވެންޏާ ޤަބޫލް ނުވާވަރު ކޮށްލީމަ މަށަށް މިކަމުން ސަލާމަތް ވެވުނީއެއްނު. ބައްޕަ ކުރިމަތީ މަ ހުންނާނީ ޤަބޫލް ވެގެން” މައުވަން އޭނަގެ ޖަވާބް އިއްވާލިއެވެ.
އެރޭ ނުވައެއް ޖެހިއިރު މަޒްހަރުމެންގެ އާއިލާ ތިބީ އަމީނާގެ ގޭގައެވެ. އެކައިވެންޏާ ޤަބޫލު ނޫނެއްކަމަކު ނަސީމާވެސް އެކަމެއް ނުދައްކައެވެ. އެންމެންތިބީ ސިޓިންރޫމްގައި ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. މަޒްހަރު ބޭނުންވީ ބޮޑު ޕާޓީ އެއްބާއްވާށެވެ. އެކަމަށް އިންކާރު ކުރީ މަލާކްއެވެ. އަދި އަމީނާވެސް މަލާކް އާއި އެއްބަސް ވިއެވެ. އެއްޗެއް ނުބުންޏެއްކަމަކު އެދެމައިންގެ ނިންމުން އިވުމުން ނަސީމާވެސް އުފާވިއެވެ. މި ކައިވެނި ޕާޓީ ބާއްވައިގެން އިތުރަށް ފަޟީހަތްވާން އޭނަ ބޭނުން ނުވަނީއެވެ. އިތުރަށް ދެކެވުނު އެއްވެސް ވާހަކަ އެއްގައި މަލާކް ބައިވެރި އެއްނުވެއެވެ. އެގެއަށް ވަނީއްސުރެ މައުވަން އަދި އަކްޔަންވެސް އެއްޗެއް ނުބުނެއެވެ. ކައިވެނީގެ ވާހަކައިގެ އިތުރުން މަޒްހަރު އޭނަގެ އާއިލާއާ ބެހޭގޮތުން ކޮންމެސް ވަރަކަށް އަމީނާއަށް ކިޔާދިނެވެ. އަދި އަންހެން ކުއްޖަކު ހުންނަކަމާ އެ ދަރިފުޅުވީ ކިޔަވަން ރާއްޖެން ބޭރުގައި ކަމަށް ބުނެލިއެވެ. ދެން މަޒްހަރު ބުނެލީ މައުވަންގާތު ދެކުދީން ވާހަކަ ދައްކާލަން ބޭރަށް ނުކުތުމަށެވެ. މައުވަން ނިކުތުމުން މަލާކްވެސް ނިކުތެވެ. ދެމީހުން ގޮސް އިށީނީ ބޭރު ޖޯލިފަތީގައެވެ.
“އަހަރެން ބޭނުމެއްނޫން މަލާކް އޮޅުވާ ލުމެއްގައި ބަހައްޓާކަން. އަހަރެން މި ކައިވެނި ކުރަނީ ބައްޕަ އަހަންނަން މަޖްބޫރު ކޮށްގެން. އަދި އަހަންނަކީ މާ ރަނގަޅަށް އުޅޭ މީހެއްވެސް ނޫން” މައުވަން ވާހަކަ ދެއްކީ ދުރަށް ބަލަން ހުރެގެންނެވެ. މައުވަންގެ މަޤްސަދަކީ މިކައިވެންޏާ މަލާކް ޤަބޫލް ނުވުމެވެ. “ބައްޕަ ބުނެފަ އޮވެދާނެ އަހަންނަކީ މާ ރަނގަޅު މީހެކޭ” ދެންވެސް ވާހަކަ ދެއްކީ މައުވަން އެވެ. މަލާކް އިނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ” ކީއްވެ އެއްޗެއް ނުބުނެ ތި އިނީ” މައުވަން އަކަށް މަލާކްގެ އެ ހިމޭންކަމެއް ކަމަކު ނުދިޔައެވެ. ” އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް” މަލާކް ބުނެލީ ހަމައެކަނި އެހެންނެވެ. ދެން މައުވަން އަހާލީ މަޒްހަރު އޭނަޔާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނިތޯއެވެ.” ބުނި ވަރަށް ރަނގަޅުވާނޭ. ދެން ބުނީ އުމުރާ އަދާކުރާ ވަޒީފާ” މަލާކް ޖަވާބުދިނެވެ. ” އަހަރެންމީ ވަރަށް އަންހެން ކުދިންނާ ދޯޅަ މީހެއް. އެއްފަހަރާ ދެތިން ކުދިންނާ ރައްޓެހި ވެގެންވެސް އުޅެން” މައުވަން އެޖުމްލަ ބުނެލީ ސީދާ މަލާކްގެ މޫނަން ބަލަމުންނެވެ. ނަމަވެސް އެޖުމްލައަކުން މަލާކްގެ މޫނަކަށް އެއްވެސް ބަދަލެއް އައިތަނެއް ނުފެނެއެވެ. މިއީ ކޮންކަހަލަ ކުއްޖެއްބާއޭ މައުވަންގެ ހިތަށް އެރިއެވެ. ދުރުދުރުން ކިޔައިގެން އޭނަ ބޭނުންވާ ކަންތައް ހާސިލް ނުވާނެކަން އެނގުމުން މައުވަން ބޭނުންވީ ސާފުކޮށްބުނާށެވެ. “އަހަރެން ބޭނުމެންނޫން މަލާކްއާ އިންނާކަން. މިކައިވެނި ހުއްޓުވާ!” ނުރުހުމާއި ހަރުކަށިކަން މައުވަންގެ އެޖުމްލައިގައިވިއެވެ. މަލާކް ޤަބޫލް ކުރި ގޮތުގައި އެއަށްވުރެ ރީތިކޮށްވެސް ބުނެވިދާނެއެވެ. މަލާކް ހިތްހަމަ ނުޖެހުނެވެ. ” އަހަރެން ކޮންއިރަކު ބުނީ އަހަންނާ އިންނާށޭ” މަލާކް ވެސް އަޑުގައިވަނީ ނުރުހުމެވެ. ” އަހަންނާ އިންނަން ބުނި މީހެއްގާތު ގޮސް ބުނޭ ތިހެން. އަހަންނެއްނޫން މިކައިވެނި ރޭވީކީ. ކައިވެނި ރޭވި މީހަކު ހުއްޓުވާނީވެސް” މައުވަންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މަލާކް ވާހަކަ ކުރިއަށް ގެންދިޔައެވެ. މައުވަން ހުރީ އަހިރާންވެފައެވެ. މީ އޭނަ ހީކުރި ކަހަލަ ކުއްޖެއްނޫނެވެ. އަދި އޭނަ ދެކިފައިވާ އެހެން އަންހެން ކުދިންނާ މާބޮޑަށްވެސް ތަފާތުކަން މި ކުޑަ ވަގުތު ކޮޅުންވެސް މައުވަންއަށް ޔަޤީންވިއެވެ.
ލައިހާމެން ގެއިން ނިކުމެގެން މައުވަން އާއި އަކްޔަން ދިޔައީ ގޭކައިރި ކެފޭއަށް ކޮފީއެއް ބޯލާށެވެ. “ފަހަރި ވަރަށް ރީތި ދޯ. މަށަށް ހީވަނީ ކުރިން ނިންމައިގެން ދިޔަގޮތަކަށް ނޫންހެން ދޮންބެގެ ހިތް ތިއޮތީ” ވެއިޓަރަކަށް އަތުން އިޝާރާތް ކުރަމުން އަކްޔަން ބުނެލިއެވެ. ” އަނެއްކާ މިއުޅޭ އަންހެން ކުދީންވެސް ތިބޭނީ ދޮންބެ ފެންނައިރަށް މޮޔަވެފަ. އެމަންޖެ ވެސް ހުންނާނީ ތަލިން ކުޅުހިކިފަ ކަންނޭނގެ ދޮންބެ ފެންނައިރަށް” ދެން ވެސް ވާހަކަދެއްކީ އަކްޔަން އެވެ. މައުވަން ބުނެލީ އެހެން ކުދިންނާ މަލާކް ތަފާތު ވާހަކައެވެ. އަދި މަލާކް މައުވަންއަށް އިންޓަރެސްޓެއް ހުރި ކަމުގެ އެއްވެސް އިޝާރާތެއް ނުފެނުނު ކަމަށްބުނެލިއެވެ. އަދި މައުވަން ހިތް ބަދަލު ނުވާކަން ހާމަކުރިއެވެ.
“ލާކް ހާދަ ނަސީބް ގަދައޭ. ކުއްލިއަކަށް ޕްރިންސެއް ވިއްޔަ އެއައި މެރީ ކުރަންށޭކިޔާފަ” ޢީޝް ވާހަކަ ދެއްކީ މަލާކް އާއެވެ. ދެކުދީންތިބީ ފިހާރައިހައި ރެކްތަކުގައި އެއްޗެހި އަތުރާށެވެ. ” އޯހް! ހާދަ ނަސީބު ގަދި މީހަކަށޭ ސްޓްރޭންޖަރ އަކާ މެރީކުރެވޭނީ . ލަކީ މީ ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން މަލާކް ބުނެލިއެވެ. ” އެކަމު އެހަރަ ރީތިކަމެއްތާދޯ. ތި ދެމީހުން އަސްލުވެސް ވަރަށް ގުޅެ.” އީޝް ބުނެލިއެވެ.
ކައިވެނި ކުރުމުގެ އެއްދުވަސް ކުރިން އަނެއްކާވެސް މައުވަން މަލާކްއާ ބައްދަލު ކުރިއެވެ. ދެމީހުންވެސް ތިބީ މަލާކް މެންގެއަށް ވަންނަ ދޮރާށި ދޮށުގައެވެ. މައުވަން އިނީ ހަތަރުވަރަކަށް ފޫޓަށް ރާނާފައިވާ ފާރުމަތީގައި އިށީދެގެންނެވެ. މަލާކް ހުރީ މައުވަން އާއި ދެތިންފޫޓް ދުރުގައި ފާރުގައި ލެނގިލައިގެންނެވެ. ” އަހަންނާ މެރީ ކުރެވޭތީ ވަރަށް އުފަލުންދޯ ތިހުންނަނީ” މައުވަން ގެ އަޑުގައި ވަނީ މަލާމާތެވެ. މައުވަން ބޭނުންވީ މަލާކް ރުޅިއަރުވާށެވެ. ނަމަވެސް މަލާކް ރައްދެއް ނުދެއެވެ. ހަމައެކަނި އިސް އުފުލާލާފައި މައުވަން ގެ މޫނަން ބަލާލި ކަމެވެ. ދެން އެނެއްކާވެސް ހުރީ ދުރުބަލަހަށްޓައިގެންނެވެ. “މީނަ ހިތުން މުއްސަނދި ވެފަ ރީތި ވީމަ ދެން ހަމަ ކޮންމެ މީހަކުވެސް ހުންނާނީ މީނައާ އިންނަހިތުން މޮޔަވެފަ” މަލާކް ހިތާހިތުން ކިޔާލިއެވެ. ” ބުނަން ރަނގަޅު ވާހަކައެއް . މެރީ ކުރިއަސް އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރާތި. އަހަރެން އުޅޭނީ އުޅޭނެ ގޮތަކަށް. އެހެން އަންހެނުން ކާރިއަށްވެސް ދާނަން. އެކަމަކު ކައިވެންޏަށް ފަހު އަހަރެންގެ ޕޭރަންޓުންނާ ހަމައަށް އެއްވެސް ޝަކުވާއެއް ގެންގޮސްގެން ނުވާނެ” ކިތައްމެ މަޑުންވާހަކަ ދެއްކިއެއްކަމަކު މައުވަންގެ އަޑުގައި ވަނީ ހަރު ކަށިކަމެވެ. ދެން ދިޔައީ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. ” އެހެންވެ އަހަރެން މި ބުނަނީ މި ކައިވެނި ހުއްޓާށޭ. ހުރި ހާ ދެރައެއް ލިބޭނީ މަލާކްއަށް. އަހަރެން ބޭނުމެންނޫން އެއްވެސް ކުށެއްނެތި މިވަރުގެ ދެރައެއް މަލާކްއަށް ދޭކަށް” މިފަހަރު އެ އަޑުގައިވަނީ އޯގާތެރި ކަމެވެ. “ތިކަމުގަ އަހަރެން ދޭން އޮތް ޖަވާބު ކުރީރޭ ދީފިން.” މަލާކް ބުނެލިއެވެ. މީ ހަމަޖެހޭ ކުއްޖެއްބާއޭ މައުވަން ގެ ހިތަށް އެރިއެވެ. ” އެކަމު އަހަރެންވެސް ބުނެލަން ބޭނުން ވާހަކައެއް. އަހަރެން މައުވަންގެ ޕޭރެންޓުންނާއި ހަމައަށް ޝަކުވާ ނުގެންގޮސް ހުރެ ދާނަން. އެކަމަކު ބަދަލުގަ މައުވަން ވާނެ އަހަރެންގެ މަންމަގެ ކުރިމަތީގަ ރަނގަޅު މީހަކަށްވާން. އަދި އެއްކަންތައް. އަހަރެން ޖޮބަށް ދިއުން މަނާކޮއްގެން ނުވާނެ” މަލާކް އޭނަ ބޭނުންވާ ކަންތައް ހާމަކުރިއެވެ. މައުވަން އެއްބަސް ވެލިއެވެ. އަދި ފާރުމަތިން ފައިބަމުން އަދިވެސް ވަގުތު އޮތް ކަމާ އަމިއްލަ އަތުން ދިރިއުޅުން ހަލާކުކޮށް ނުލުމަން ހަނދާން ކޮއްދޭކަމަށް ބުނެލިއެވެ. ދެން އޭނަ ދިޔައީއެވެ. މަލާކް ހަމަ އެހުރި ގޮތަށް ހުރީ މައުވަން ދާދިމާލަށް ބަލާށެވެ. މައުވަން ކޮންމެ އެއްޗެއް ކިޔަސް ހެވެ. މަލާކް މިކައިވެނި ކުރާނެއެވެ. އޭނަގެވެސް ޕްލޭނެތް އޮބެތެވެ.
11 Comments!
Comments are closed.
Haadha kurey thankolheh dhigu kon genes dhen v nu but varah reethi
Kuru. Ekam reethi.
Mihaaru vaahakaeh faadu eba jahaa. Kee it up.
Haadha kurey
alhey .. so cute
ey star story vrh reethi..
Hey dear. I really like this story. Hama v habbu.. ekm dhn part thah thankolheh dhigu kolla dhehchey plxx? next ep knirakun? Waiting?lysm???????❤?
Awa kiyantha mi storyves aharen mikiyaalee awa story up nukoh lasvaathi.varah intresting mi storyves
Awa mee story ah moyavefa hunna kujjekey?
Awa kiyantha mi storyves aharen mikiyaalee awa story up nukoh lasvaathi.varah intresting mi storyves
Vrh intredting mi part vx… ☺ ekamu part thah haadha kury…. ?
Story vrh reethi… part thah haadha kury..
Story dhigu kohlinama warah reethi waane. Keep it up star