~~~~~~~~~
ނައިނާގެ މަރަށް އެއް އަހަރު ވީއެވެ. މިވީ އެއް އަހަރު ތެރޭގަ ސަޢީދު އޭނާގެ ހަގު އަނބިމީހާ ގެ މަރާ މެދު ވަރަށް ހިތާމަ ކުރިއެވެ. އަދި އޭގެ އިތުރުން އެދެމީހުންގެ ލޯބީގެ ނިޝާނަކަށް ހުރި ސަޢީދު ގެ ފުރާނައެއްފަދަ ދަރިފުޅު ނައިރާ ގެ ހާލާމެދު ވެސް ހިތާމަ ކުރިއެވެ. މާ ބޮޑަށް ހިތާމަ ކުރުމުގެ ސަބަބުން ސަޢީދު ޝޮކެއް ޖެހުނެވެ. އޭގެ ސަބަބުން ސަޢީދު މާގިނަ ދުވަހެއް ނުވަނީސް ބަލި އެނދުގައި އޮށިނަން ޖެހުނެވެ. މިކަމުގެ ސަބަބުން ސަޢީދު ގެ ދޯށީ އަނބިމީހާ ކަމަށް ވާ ސަހީނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ފައެވެ. ސަޢީދު އަށް ކާން ދިނުމާއި ގަޑިން ގަޑިއަށް ބޭސް ދިނުން ވީ ސަހީނާ އަށް ބޮޑު އުނދަގުލަކަށް ށެވެ. ސަހީނާ ސަޢީދު އާ ދިމާއަށް ބަދުބަސް ނުބުނާ އެންމެ ދުވަހެއް ވެސް ނުދާނެއެވެ. ސަޢީދު އަށް އެތަށް އަނީ ކުރެއެވެ. ސަޢީދު ބަލި ތަންމަތީގައި އޮށިންނި ތާ މާގިނަ ދުވަހެއް ނުވަނީސް ސަހީނާ ސަޢީދު ގެ ކުރިމަތީގައި ހިލޭ ފިރިހެނުން ނާއެކު ގުޅުން ހިނގަން ފެށިއެވެ. ނާއިޒް އާއި ނައިރާ އަށް މިއިން އެއްވެސް ކަމެއްގެ ހިލަން ނުވާއިރު ނަވާން އަށް މި ހުރިހާކަމެއް އެންމެ ގާތުން ފެންނަމުން ދިޔައެވެ.
ދުވަހަކީ އާދައިގެ މަތިން ސަހީނާ ސަޢީދު އަށް ބަދު ބަސް ބުނެ ހަޅޭލައްވަމުން ދިޔަ ދުވަހެކެވެ. ނަވާން އޭނަގެ މަންމަ އެ ކޮޓަރިން ނިކުތުމުން ވަގައް ވަގައް އޭނަގެ ބައްޕަ ގެ ހާލު ބަލައިލަން ވަނެވެ. ބައްޕަ މުޅި މޫނުމަތީގައި ފެން އޮތްއިރު އެއީ ސަހީނާ ކުރިކަމެއްކަން ނަވާން އަށް އެނގުނެވެ. އެހެންކަމުން ނަވާން މޭޒުމަތީގައި ހުރި ޓިށޫ ބޮކްސް ހިފައިގެން ގޮސް އޭނަގެ ބައްޕަ ކައިރީ އިށީންނިއެވެ. އަދި ޓިށޫ އެއް ނެގުމަށް ފަހު ސަޢީދު ގެ މޫނު މަތީގައި ހުރި ފެންތަށް ފުހެލިއެވެ. ” ޑޭޑީ ނުރޯނެ…… ކުޑަ މަންމި ބުނި ރޯނީ ހަޑި ކުދިންނޭ….. ޑޭޑީ ކޮބާ ކުޑަ މަންމި ނަވާން ވަރަށް ދެރަ ވޭ” ކުޑަކުޑަ ނަވާން ސަޢީދު ކައިރީ މިއެހުނު ސުވާލަކީ ކޮންކަހަލަ ސުވާލެއް ކަން ނޭނގޭ ހާލުގައި އެހިއެވެ. ” ދަރިފުޅާ ނަވާން ހެޔޮނުވާނެ އަވަހަށް މިތަނުން ދޭ…..ދަރިފުޅު މަންމަ އަށް ފެނިއްޖެނަމަ މާކު ރީއްޗެއް ނުވާނެ……. ތީ ބައްޕަގެ ބަސްއަހާ ކުއްޖެއްނު ބައްޕަ ނެތް ދުވަހަކުން ދޮންތަ އަށް ބަލާތި އަދި ދޮންބެ ބުނާ ބަސްއަހާ ތި” ސަޢީދު އެބުނި އެއްޗެއް ނުވިސްނުން ނަމަވެސް ނަވާން ބަސްއަހާ ކުއްޖަކު ހެން ބޯޖަހާލިއެވެ. ކުއްލިއަކަށް ކޮޓަރީ ދޮރު ތަޅުގައި ހިފި އަޑު އިވުމުން ނަވާން އެނދުން ތިރިއަށް ފޭބުމަށްފަހު ގޮސް ކުރިމަތީގައި ހުރި އަލަމާރި ތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެގެން އެ އައީ ސަހީނާ ކަން އެނގުމުން ނަވާން އަލަމާރި ދޮރު ކުޑަކޮށް ހުޅުވައިލިއެވެ. އަދި ސަހީނާ ކުރާ ކަންތަށް ބަލަން އިނެވެ. ސަހީނާ އުޅެނީ އަތައް ހުދުކުލައިގެ އަނގިއެއް ލައްވައެވެ. އެއަނގި ލާނިމުމުން ސަހީނާ ސަޢީދު އަށް ބަލައިލަމުން ބުނެލިއެވެ. ” ކަލޭ އަށް އެނގޭތަ މަ ހިތައް އެރީ އެ ނައިނާ މަރުވުމުން ކަލޭ މަ ދެކެ ލޯބި ވާނެއޭ….. އެކަމް ނޫން އޭނަ މަރުވުމަށްފަހު ކަލޭގެ ކަމަކަށްވީ ހިތާމަކުރުން… އެކަމުގެ ސަބަބުން މަށަށް މި ބަލާވެރިކަން ޖެހުނީ…. މިހާރު މަބޭނުމެއް ނޫން ކަލޭގެ ލޮއިއްބެއް….. ކަލޭ އެ ނައިނާ މަތިން ވަރަށް ހަނދާން ކުރުމެއްނު…. އެހެންވެ މަ ގައިގަ ހުރި ހެޔޮފުޅުކަމުން މިއުޅެނީ ކަލޭ އެ ނައިނާ ކައިރިއަށް ފޮނުވައިލަން ” ސަހީނާ އެހެން ބުނުމަށް ފަހު ކައިރީގަ އޮތް ބާލީސް ނަގާ ސަޢީދު ގެ މޫނު މަތީގައި އެޅިއެވެ. އަލަމާރި ތެރޭގައި އިން ނަވާން އަށް ސަހީނާ ބުނި އެކައްޗަކުގެ މާނަ ނޭނގުނަސް ކުއްލިއަކަށް ސަހީނާ އެކުރި ކަމަކުން ނަވާން ގަނޑުވިކަހަލައެވެ. ސަޢީދު ގެ މޫނު ނުފެނުނަސް ރޯމަހެއްހެން ތެޅުމުން ދިޔަ ހަށިގަނޑު ފެނި ނަވާން ބިރުން އަލަމާރިން ނިކުތެވެ. އަދި ދުވެފައި ގޮސް ސަހީނާ ގެ އަތުގައި ހިފަހައްޓަމުން އެހެން ނުހެދުމަށް އެދި ރޯން ފެށިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ސަހީނާ ގެ ހަރު ހިތަށް އަސަރު ކުރިހެންނެއް ހިއެއް ނުވެއެވެ. ސަޢީދު ގެ ހަރަކާތްތައް ހުއްޓެމުން ހުއްޓެމުން ގޮސް އެއްކޮށް ހުއްޓުނެވެ. ސަޢީދު ގެ ހަށިގަނޑު އެއްކޮށް އެނދުމައްޗަށް ދެމެމުން ސަހީނާ ސަޢީދު ގެ މޫނު މަތިން ބާލީސް ނެގިއެވެ. އަދި ހުއްޓުން އަރާފައި ހުރި ނަވާން ގެ އިސްތަށިގަނޑު ގަ ހިފަމުން ބުނެލިއެވެ. ” ކަލޭ މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީ ބުނެއްޖެނަމަ ކަލޭ އަށް ވެސް ވާނީ މިހެން” ސަހީނާ އެހެން ބުނުމަށް ފަހު ލައިގެން ހުރި އަންގި ބޭލުމަށްފަހު އަލަމާރިތެރެއަށްލިއެވެ. އަދި ބޭރަށް ނިކުމެގެން ދިޔައެވެ. ނަވާން ހުރީ އެހުރިގޮތަށް އޭނާގެ ބައްޕަ އަށް ބަލައިގެންނެވެ. ” ބައްޕާ” ނަވާން މަޑުމަޑުން ސަޢީދު އަށް ގޮވައިލިއެވެ. ނަވާން އެހެން ހުއްޓައި ސަހީނާ ހުރިހާ އަވަށްޓެރިން ހިފައިގެން ގެއަށް އައެވެ. ސަހީނާ ރޯތަން ފެނުމުން ނަވާން ހުރީ ބުނާނެ އެއްޗެއް ނޭނގި ފައެވެ. ސަހީނާ އެއްމެންނަމަށް ސަޢީދު ގެ މަރުގެ ހަބަރު ދެމުން ދިޔައިރު އެ މޫނުމަތީގައި ހުރި ހިތްދަތިކަން ފެނި ނަވާން ހުރީ ހަމަ ރަނގަޅަށް ވެސް އަންތަރީސް ވެފައެވެ. ނަވާން ގެ މަންމަ އަކީ ނުލަފާ މީހެއްކަން ނަވާން ގަބޫލު ކުރެއެވެ. ނަމަވެސް މިހާ ނުލަފާވެދާނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރެއެވެ.
~~~~~~~~~
އަޒްހާ ނަވާން ގެ ފުލުން ގޮސްއާދެވުނީ ހޮސްޕިޓަލްގެ ޓެރިސް އަށް ށެވެ. ޓެރެސް މަތީގައި އެކަކު ވެސް ނެތްއިރު ދުރުގަ ރެއިލިގް ގަނޑު އަތް އަޅުވާލައިގެން ހިޔާލަކަށް ގެއްލިފަ ހުރި ނަވާން ފެނި އަޒްހާ ނަވާން ގެ ގާތަށް މަޑުމަޑުން ދިޔައެވެ. އަޒްހާ ގޮސް ނަވާން ކައިރީ ހުއްޓިލުމަށް ފަހު ނަވާން އަށް ގޮވައިލިއެވެ. ނަމަވެސް ނަވާން އަށް އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. އަޒްހާ ދެވަނަ ފަހަރަށް ނަވާން އަށް ގޮވައިލަމުން ނަވާންގެ އަތުގައި ހިފާ ދަމައިގަތެވެ. ނަމަވެސް ހިޔާލީ ދުނިޔޭގައި ހުރުމުން ނަވާން ގައިގަ ހުރި ބާރެއް ލާފައި އަޒްހާ ގެ އަތްފޮޅައިލިއެވެ. އެއިރު ނަވާން ގެ ލޮލުން ކަރުނަ އިގެން ކޯރު ފައިބަމުން ދިޔައެވެ. އަޒްހާ ދެވަނަ ފަހަރަށް ނަވާން އަށް ގޮވައިލިއެވެ. ނަމަވެސް މިފަހަރު ނަވާން ކުރި ކަމުން އަޒްހާ ގެ ދެލޯ ބޮޑުވި އެވެ. ނަވާން ކުއްލިއަކަށް އަޒްހާ ގެ ގައިގާ ބައްދާލަމުން ރޯންފެށިއެވެ. ގިނަމީހުން ކިޔާ އުޅެއެވެ. ރޯނީ ފިނޑި ފިރިހެނުންނެވެ. ނަމަވެސް ފިރިހެނުންނަކީ ވެސް އިންސާނުން ނެވެ. އެމީހުން ވެސް އޮންނާނީ ހިތެކެވެ. އެ ހިތަށް ވެސް ބައެއްފަހަރު ކެއްނުވާވަރު ވާނެއެވެ. އަޒްހާ ހުރީ ހަދާނެ ގޮތް ހުސްވެ ފައެވެ. އެހެންކަމުން ނަވާން ދުރު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ނަވާން އެކޭ ހިލަ ގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. އެހެންކަމުން އަޒްހާ ނަވާން އިތުރަށް ދުރުކުރާކަށް ނޫޅޭނެއެވެ. އަޒްހާ ހުރީ ދެރަވެފައެވެ. އަދި އުފާވެފައެވެ. އެއީ ކީވެކަމެއް ހުދު އަޒްހާ އަކަށް ވެސް ނޭނގެއެވެ. އަޒްހާ ދެރަވި ކަމަކީ ނަވާން ރޯތަން ފެނުމުން ނެވެ. އަދި އުފާވި ކަމަކީ ނަވާން އަޒްހާ ގައިގަ ބައްދައިގެން ހުރުމުންނެވެ.
” ހެލޯ ނައިރާ ހައު އާރް ޔޫ ؟” ވޯޑް އެތެރެއަށް ވަދެގެން އައި ޑޮކްޓަރ ނައިރާ އަށް ސުވާލު ކޮށްލިއެވެ. ޑޮކްޓަރ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނައިރާ ” އަމް ފައިން” އޭ ބުނެލިއެވެ. ” ސޯ އިޒް ދެޔާ އެނީ ޑިފިކަލްޓީސް ޔޫ ފޭސީން ލައިކް ހެޑްއޭކްސް އޯރް ޓަޔަޑް ނެސް” ޑޮކްޓަރ ގެ މި ސުވާލަށް ނައިރާ ނޫނެކޭ ބުނެލިއެވެ.
ނަވާން ހިތް ފުރެންދެން ރޯލު މަށް ފަހު އަޒްހާ ގެ ހަށިގަނޑުން ދޫކޮއްލިއެވެ. ” އަ.. އަމް ސޮރީ” ނަވާން އަށް އަޒްހާ ގައިގަ އެގޮތަށް ބެއްދުނީތީ މާފައް އެދުނެވެ. ” އިޓްސް އޯކޭ” އަޒްހާ ގެ ޖަވާބާއެކު މުޅިތަނަށް އާދަޔާ ހިލާފު ހަމަހިމޭންކަމެއް ފެތުރުނެވެ. އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ނުދައްކަން ހުރެފަ ނަވާން ބުނެލިއެވެ. ” ހިނގާ ދާން” އަދި އެހެން ބުނުމަށް ފަހު އަޒްހާއަށް މަޑުކުރުމެއްނެތި ޓެރިސް އިން ފައިބަން ހިންގައިގަތެވެ. އަޒްހާ ވެސް ނަވާން ގެ ފުލުން ދިޔައެވެ. ދެމީހުން ގޮސް ވެއްނީ ނައިރާ ބާއްވާފަ އޮތް ވޯޑްއަށްށެވެ. އެއިރު ނައިރާ ގެ ގާތުގަ ނާއިޒް ވެސް އިނެވެ. ” ހައު އާރް ޔޫ ފީލިން ދޮންތާ” ނަވާން އައިސް އެތާގަ ހުރީ ސޯފާގަ އިށީންނަމުން ބުނެލިއެވެ. ” އަމް ފައިން ނަވާން” ނައިރާ ހިނިތުން ވެލަމުން ބުނެލިއެވެ. ” ސޯ ނައި ދައްތަ އަށް ކިހިނެއް ވީ އަސްލު” އަޒްހާ ގޮސް ނައިރާ ކައިރީ ހުއްޓިލަމުން އަހައިލިއެވެ. ” މާ ބޮޑު ކަމެއް ނުވޭ…… ހަނދާން ނެތިފަ ހުރި މެމޮރީސް ތަކެއް ހަންދާން ވީ” ނައިރާ އެހެން ބުނެ ލަމުން އިސްޖަހާލިއެވެ. ” ނައި ދޮންބެ ސުވާލެއް އަހައިލަންތަ” ނާއިޒް އެހެން ބުނުމުން ނައިރާ ” ހޫމްމްމްމް” އޭ ބުނެލިއެވެ. ” ކޮން ހަނދާން ތަކެއް ނައިރާ އަނބުރާ އައީ” ނާއިޒް އެހެން ބުނުމުން ނައިރާ ކުއްލިއަކަށް އިސްނަގައި ލިއެވެ. ނައިރާ ޖަވާބެއް ނުދިނުމުން ނާއިޒް “މިވަގުތު ކޮމެއްހެން ޖަވާބު ނުދިނަސް އޯކޭ ” އޭ ބުނެލިއެވެ. ” ހޭއި ނައީ” ވޯޑު އެތެރެއަށް ވަދެގެން އައި މިޝްހާ ނައިރާ އަށް ގޮވައިލުމުން އެންމެ ކަހަލަ ގޮތަކަށް ދިޔައީ ސިއްސައިގެންނެވެ. ” މިޝޫ ގަނޑާ މާ ދިޔައީ ސިއްސައިގެންނޭ” ނައިރާ ބުރިކަށި ފަހަތުގައި ލައްކޮއްފަ އިން ބާލީސް މިޝްހާ އާ ދިމާއަށް އެއްލަމުން ބުނެލިއެވެ. ” ސޮރީ ސޮރީ ދެން ނައި ސިއްސައިގެން ދާނެ ކަމެއް އެހެންނެއް ނޭނގޭ ނެއްނު” މިޝްހާ އާއި ދިމާއަށް އައި ބާލިސް ހިއްޕަމުން ބުނެލިއެވެ. ” ކޮބާ ރިޒް” ނައިރާ ރިޒާ ނައުމުން އަހައިލިއެވެ. މިޝްހާ ނޭނގޭކަމަށް ބުނަމުން ކޮނޑު އަރުވާލިއެވެ. ” ދޮންބޭ ކޮން އިރަކުން ތަ ގެއަށް ދެވޭނީ” ނައިރާ ފޫހިވެފަ އޮވެ އަހައިލުމުން ނާއިޒް ބުނެލިއެވެ. ” މިހާރު ޑިސްޗާރޖް ޕޭޕާސް ވެސް ހަމަ ޖެހިއްޖެ ނައި ތި އެނދުން ތެދުވި ހާ އަވަހަކަށް ދެވޭނެ” ނާއިޒް އެހެން ބުނުމުން ނައިރާ ވަގުތުން އެނދުން ތެދުވިއެވެ. އަދި ގެއަށް ދިޔުމަށް ބުނެލިއެވެ.
( އެ ރޭ 9:00 ޖަހާލި ހާއިރު)
ނިޔާޒް ކުރާނެ ކަމެއް ނެތުމުން ހިނގާލަން ނިކުތެވެ. މަގުތަކުގައި ހިނގަމުން ދިޔައިރު ނިޔާޒް ގެ ހުރިހާ ސަމާލުކަން ވަނީ އަތުގަ އޮތް ފޯނަށް ށެވެ. ހިނގަމުން ހިނގަމުން ގޮސް ވަރަށް އަނދިރި މަގަކަށް އާދެވުނެވެ. އެ މަގަށް ހަމައެކަނި އަލިކަން ގެއްނުވައިދެނީ ތަންކޮޅެއް ދުރުގައި ހުރި ފިހާރައިގަ ދިއްލާފައި ހުރި ބޮކިންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ނިޔާޒް ގެ ފަރުވާއެއް ނެތެވެ. ނިޔާޒް ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ފަހަތުން މީހަކު އަންނަ ހެން ހީވެއެވެ. ނަމަވެސް ހީވި ހީވުމަކަށް ހަދައިގެން ކޮންމެ ފަހަރަކު ފަހަތަށް ނުބަލާން ހުންނަނީއެވެ. ފަހަތުން މީހަކު އަންނަހެން ހީވުމު މިފަހަރު ނިޔާޒް ފަހަތަށް އެނބުރި ބަލާލިއެވެ. އެކަކު ވެސް ނެތެވެ. އެހެންކަމުން ނިޔާޒް ކުރިމައްޗަށް އެނބުރިލިއެވެ. ހަމަ އެވަގުތު ނިޔާޒް ގެ ނިއްކުރިމަތީގައި މީހަކު ވަރަށް ހަރުއެއްޗަކުން ޖެހިއެވެ. ނުވިސްނައި ހުރުމުން ނިޔާޒް ވެއްޓެން ދިޔައެވެ. ނަމަވެސް ްނިޔާޒް ހުށި ޔާރު ކަމާއެކު އޭނާގެ ހަށިގަނޑު ބެލެންސް ކޮއްލީއެވެ. އަދި ކުރިމަތީގަ ހުރި މީހާއަށް ބަލައިލިއެވެ. ކުރިމަތީގަ ހުރީ ޒައިދާން ނޫން ދެވަނަ މީހެއް ނޫނެވެ. ޒައިދާން ގެ އިތުރުން އަދި ދެމީހަކު ތިއްބެވެ. ޒައިދާން ގެ އަތުގައި އޮތް ދަގަނޑު ހޮޅި ފެނުމުން ނިޔާޒް ގެ ނިއްކުރިމަތީ ޖެހީ ޒައިދާން ކަން ނިޔާޒް އަށް އެނގުނެވެ. ޒައިދާން އަނެއްކައިވެސް ނިޔާޒް ގައިގަ ޖަހަން ދަގަނޑު ހޮޅި މަޅާލިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ނިޔާޒް އެ ހޮޅީގައި ހިފަހެއްޓުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wow mi part vx vvvvvvvvvvv reethi
Thx Horror queen ☺️?