އާ ދުވަހަކަށް އިރު އެރިއިރު ގްރާސް ހައުސް ގަ ވަނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެއް ފެތުރިފައެވެ. އޭގެ އިދިކޮޅަށް ރަށުތެރެ ވަނީ އާދަޔާ ޚިލާފަށް ހަލަބޮލި ވެފައެވެ. އެ ހަލަބޮލި ކަމުގެ އެއް ސަބަބަކީ ރޭގެ ވަގުތެއްގައި ސަހީނާ ހައްޔަރު ކުރި ހަބަރު ގެ ސަބަބުން ނެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫ ހެއްޔެވެ. ގްރީން ހައުސް އާއިލާ އަކީ ރަށުގެ އެންމެ މުއްސަނދި އަދި ރަށު ރައްޔިތުން އިޙްތިރާމް އާއި ގަދަރު ލިބިފައިވާ އާއިލާ އެކެވެ. އެހެން ކަމުން ސަހީނާ ހައްޔަރު ކުރުން ވީ ރަށު މީހުން ސަމާލުކަން ދަމައިގަތް ކަމަކަށް ށެވެ. ސަހީނާ ހައްޔަރު ކުރި ސަބަބު އެއްވެސް މީހަކަށް ނޭނގުނު ނަމަވެސް އެވާހަކަ ދިޔައީ ރަށު މީހުން ތުންތުން މަތިން ފަތުރަމުން ނެވެ. އެއްބަޔަކު ސަހީނާ ހައްޔަރު ކުރީ ރުފިޔާ ގެ މައްސަލައެއް ގަ ކަމުގައި ބުނާއިރު އަނެއް ބަޔަކު ބުނަމުން ދިޔައީ ސަހީނާ ހައްޔަރު ކުރީ އެ އާއިލާގެ ފިޔަފާރި ކަމެއްގަ ބުނަމުން ދިޔައެވެ.
” ހަލޯ…. އާދެ…. އާދެ……އަޅުގަނޑު ތި ކަމާގެން އުޅުއްވާ ނަން……. އާދެ… ސުކުރިއްޔާ ” ނާއިޒް މީހަކާ ވާހަކަ ދައްކަން އިނުމަށްފަހު ވާހަކަ ކުރު ކޮއްލަމުން ފޯނު ބޭއްވި އެވެ.” އޭ ނާއިޒް ހާދަ މީހަކާ ވާހަކަ ތި ދައްކަނީ ” ނާއިޒް ކައިރީ ގަ އިން އަޔާޒް މިހެން ބުނުމުން ނާއިޒް ފުންނޭވާ އެއް ލިއެވެ. އަދި ބުނެލިއެވެ.” އާނ އެއީ ކޮމްޕެނީ މެނޭޖިން ޑިރެކްޓާ…. ” ނާއިޒް އެހެން ބުނުމުން އަޔާޒް ވެސް ފުން ނޭވާ އެއް ދޫކޮއްލި އެވެ. އަދި އަހާލި އެވެ.” މިހާރު ކިހިނެއް ވީ…… މިޔޮއް ހުރިހާ އިރު ގުޅީ ށެޔާ ހޯލްޑާސް…. މިހާރު މެނޭޖިން ޑިރެކްޓާ…. އަޅެ ކިހިނެއް ވެގެންތަ އެ ކޮޅުގަ އެ އުޅެނީ ؟ ” އަޔާޒް މިހެން އެހުމުން ނާއިޒް ކުރު ގޮތަކަށް ކިޔައިދިނެވެ.” މަންމަ އެބައޮތް ކޮމްޕެނީ ނަންމަތީގަ ލޯން އެއް ނަގާފަ ” ސަހީނާ ލޯން އެއް ނެގި ވާހަކަ ބުނުމުން އަޔާޒް” ކިހާ ވަރެއް ” ހޭ އަހާލި އެވެ.” 30 ލައްކަ ރުފިޔާ ” ނާއިޒް މިހެން ބުނުމުން އަޔާޒް އަށް އިޙްތިޔާރުން ބޭރުގަ ބުނެވުނެވެ.” ހޯލީ ޝިޓް……. އެހާ ބައިވަރު ނެގީ ކީއް ކުރަން ؟” އަޔާޒް ގެ ސުވާލުގެ ޖަވާބު ނޭނގޭ ކަމަށް ބުނަމުން ނާއިޒް ސޯފާ އިން ތެދުވިއެވެ.
ނައިރާ އިސްތަށިގަނޑުގަ ހުޅިއެއް ޖަހަމުން ކޮޓަރިން ނިކުތް އިރު އަޔާޒް އާއި ނާއިޒް ވާހަކަ ދައްކަމުން ދިޔަ އަޑު އިވުނެވެ. އެ ދައްކަނީ ސަހީނާ ގެ ވާހަކަ ކަމުން ނައިރާ އަޅާނުލައި ސިޓިން ރޫމް އަށް ނިކުތެވެ. އަދި ހުރިހާ ކުޑަދޮރު ތައް ހުޅުވަން ފެށިއެވެ. އެއިރުވެސް އަޔާޒް އާއި ނާއިޒް ތިބީ އޮލަ ވާހަކަ އެއްގަ އެވެ. ” ދޮންބެ ކޯޗެއް މިއަދު ހެނދުނު ކާނީ…… އެނީ ރިކްވެސްޓް” ނައިރާ ހުރިހާ ކުޑަދޮރު ތައް ހުޅުވާ ނިމުމުން ނާއިޒް ކައިރީ އަހާލި އެވެ. ” ޔެސް އައި ހޭވް އަ ރިކްވެސްޓް…… ނައި އާދެބަލަ މިތާގަ އިށީންނަން” ނާއިޒް އެހެން ބުނުމުން ނައިރާ ގޮސް ކުރިމަތީގަ ހުރި ސޯފާގަ އިށީނިއެވެ. ” ދޮންބެ ގެ ރިކްވެސްޓް އަކީ ނައި މިއަދު ރެސްޓް ކުރުން…. މިއަދު ބްރޭކްފާސްޓް ހަދާނީ ދޮންބެ އާ އަޔާޒް އާ…. ދޯ އަޔާޒް” ނާއިޒް އަޔާޒް އަށް ދޯ އެއްލަމުން ބުނެލި އެވެ. ” ޔެސް މިއަދު ބްރޭކްފާސްޓް ހަދާނީ އަހަރުން” އަޔާޒް ވެސް ނާއިޒް އާ އެއްބާ ވެލަމުން ބުނެލިއެވެ. ނާއިޒް އާއި އަޔާޒް އެހެން ބުނުމުން ނައިރާ ޕަކަ ޕަކަ ލާފައި ހޭން ފެށިއެވެ. ” ހިއްހިއްހިއްހިއްހިއްހި….. އޯމަ…ތި ދެމީހުން އެވެސް ބްރޭކްފާސްޓް… ހިއްހިއްހިއް… ޔޫ ގާއިޒް އާ ޓޫމަޗް…. ހިއްހިއް” ނައިރާ ހެމުން ހެމުން އެހެން ބުނުމުން އަޔާޒް ބުނެލިއެވެ. ” އޯ ހެލޯ މިސް ނައިރާ ޑޯންޓް ޖަޖް އަސް ބައި ލުކިން އާރް ފޭސް ދޯ ނާއިޒް” އަޔާޒް ނާއިޒް އާއި އޭނަ ޑިފެންޑް ކުރުމުގެ ގޮތުން ބުނެލި އެވެ. ” ދެން އެހެންޏާ ތި ދެމީހުން ތީ މާސްޓާ ޝެފްސް ތަ…. ހިއްހިއްހިއް” ނައިރާ އެހެން ބުނުމުން އަޔާޒް ބުނެލިއެވެ. ” ޔެސް އެހެން ވެސް ބުނެވިދާނެ….. މެލޭގަ އުޅުނު އިރު އަހަރެން ނާ ނާއިޒް ގިނައިން ކައްކައިގެން ކަނީ ދޯ” އަޔާޒް އެހެން ބުނުމުން ނާއިޒް ބުނެލި އެވެ. ” ޔެސް އަޔާޒް އެބުނީ ތެދެއް….” ނާއިޒް އެހެން ބުނުމުން ނައިރާ ދެރަ ނުވާން ވެގެން ބުނެލި އެވެ. ” އެންމެ ރަނގަޅު…. މިއަދު ހުރިހާ ވަގުތެއް ގަ ތި ދެމީހުން ކައްކާން ޖެހޭނީ ޝެފްސް….އަވަހަށް ދޭ ބަދިގެ އަށް ކައްކަން…. އަމް ގޮއިން ޓު މައި ރޫމް….. އެންޑް ޔެސް އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ހެލްޕް އެއް ނުނެގޭނެ….. އެ އެއްވެސް މީހުންގެ ތެރޭގަ މިޝް އާ ރިޒް ވެސް ހިމެނޭނެ…. ސޯ ޔޫ ކާންޓް ޓޭކް އެނީ ހެލްޕް ފްރޮމް ދެމް ” ނައިރާ އެހެން ބުނަމުން ގޮސް ކޮޓަރި އަށް ވަނެވެ.
ނަވާން އުޅުނީ ކޮޓަރި ސާފު ކުރުމުގަ އެވެ. ހުރިހާ ޓީށާޓު ތަކާ ހުޑީ ތަކާ ގަމީސް ތައް ކޮނޑު އެޅުވުމަށް ފަހު ވޯޑްރޯ އަށް ލަމުން ދިޔަ އެވެ. ހުރިހާ އެއްޗެއް ވޯޑްރޯ އަށް ލާ ނިމުމުން ނަވާން ޓައިލްސަ މަތީގައި ހުރީ ބިއްލޫރި ތޮށި ތައް ނެގުމަށް ފަހު މިނީ ޑަސްޓް ބިން އަށް ލިއެވެ. އަދި އެނދު ގެ ކަވަރް އާއި ބާލީސް ތަކުގެ އުރަ ބަދަލު ކޮށްލުމަށް ފަހު އޭސީ ނިއްވާލި އެވެ. އެއަށް ފަހު ކޮޓަރީ ކުޑަދޮރު ހުޅުވައި ލިއެވެ. އަދި ފުން ނޭވާއެއް ލިއެވެ. ނަވާން ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އެއީ ރޭގަ އޭނަ އަށް އެއްވެސް ކަހަލަ ގެ އުނދަގު ލަކާ ނުލާ ނިދުމުން ނެވެ. އަދި އާމުކޮށް ނަވާން އަށް ފެނަން ނައިނާ އާއި ސަޢީދު ގެ ބިރުވެރި ހުވަފެނެއް ވެސް ނުފެނުމުން ނެވެ. ނަވާން ގެ މޫނު މަތީގަ ވާ ހިނިތުންވުން ފެންނަ ކޮންމެ މީހަކު ވެސް ބުނާނީ ނަވާން އެ ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. ” ހޫމް ބިޔުޓިފުލް މޯނިން … ދާންވީ ދުއްވާލަން ދާން” ނަވާން އަމިއްލަ ނަފްސަށް އެހެން ބުނެ ލަމުން ގޮސް ފާހާނާ އަށް ވަދެ ފެން ވަރާލައިގެން ނިކުމެ ހުދު ކުލައިގެ ޕެސިފިކޯ ފޮންޓް އިން ކިންގް ލިޔެފަ ވާ ކަޅުކުލައިގެ އަތްދިގު ޓީށާޓެއް ލުމަށް ފަހު ހަމަ ކަޅުކުލައިގެ ސްޓްރިޕްޑް ޖިންސް އެއް ލިއެވެ. އަދި ކަންފަތާ ހަމަ އަށް ދާ އިސްތަށިގަނޑު ގަ ހުރި ފެންތަށް ހިއްކާ ލަމުން އެއް ފަރާތައް ސްޓައިލް ކޮއްލަމުން ފޮގް ސެންޓު ފުޅިން ގަޔަށް ސެންޓް ކޮޅެއް ބުރުވާލިއެވެ. ނަވާން ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމައް ފަހު އަމިއްލަ ނަފްސަށް ބުނެލި އެވެ. ” ނޮޓް ބޭޑް ނަވާން ” އެހެން ބުނެ ލުމަށް ފަހު އެނދު މަތީގަ އޮތް ކަޅުކުލައިގެ ހެޑްފޯން އާއި ފޯނު ނަގަމުން ކޮޓަރިން ބޭރަށް ނިކުތެވެ. ނަވާން ފޯނުގެ ޕްލޭ ލިސްޓް ހާވަމުން ގޮސް ބަދިގެއަށް ވަނެވެ. ” ދޮންތާ މި…….. ސުބުޙާނައްﷲ ތި ދެމީހުން ތަ ސިއްސާގެން ނޭ ދިޔައީ…. އެނީ ވޭސް ދޮންބެ ދީބަލަ އަހަރެންގެ ނިޔު ސައިކަލް އެކްސައިޓާ 125 ގެ ތަޅުދަނޑި……” ނަވާން ބަދިގެއަށް ވަދެ މިހެން ބުނުމުން ނާއިޒް އެއީ “ކޮންތާ ކަށް ދާނ” ތޯ އަހާލިއެވެ. ” ދުއްވާލަން ދާނ ވެގެން ދީބަލަ ދެން” ނަވާން އެހެން ބުނުމުން ނާއިޒް” ކޮޓަރީގަ އޮންނާނެ” ކަމަށް ބުނެލިއެވެ. އަދި މީގެ ފަހުން އެ ސައިކަލް ގެ ތަޅުދަނޑި ނާއިޒް އާ ހަވާލު ނުކުރުމަށް ވެސް ބުނެލިއެވެ. ނާއިޒް އެހެން ބުނުމުން ނަވާން ވީ އުފަލެއް ގެ ބޮޑުކަމުން އަވަހަށް ގޮސް ނާއިޒް ގެ ކޮޓަރިން ތަޅުދަނޑި ހިފައިގެން ދިޔަ އެވެ.
ނައިރާ ކޮޓަރިއަށް ވަނުމަށް ފަހު ކުރާނެ ކަމެއް ނެތިގެން އުޅެނިކޮށް ކޮޓަރީ ދޮރުގަ މީހަކު ޓަކި ޖެހި އެވެ. ” ވަދޭ އެތެރެއަށް” ނައިރާ އެނދު މަތީގަ އިށީންނަމުން ބުނެލިއެވެ. ދޮރު ހުޅުވާލަފަ އެތެރެއަށް ބޯ ދިއްކޮއްލީ އަޔާޒް އެވެ. ” މީ…. ކޮންތާކު ގަ ތަ ލޮނު ފުޅި ހުންނަނީ” އަޔާޒް އެހެން އެހުމުން ނައިރާ ބުނެލިއެވެ. ” ކިހިނެއް ވީ މާސްޓާ ޝެފްސް އަށް ލޮނު ފުޅި ނުފެނުނީ ތަ” ނައިރާ ހިނިގަނޑު ކޮންޓްރޯލް ކުރަމުން އެހެން ބުނުމުން އަޔާޒް ބުނެލިއެވެ. ” ދެން ބުނެބަލަ މަލާމާތް ނުކޮއް” އަޔާޒް އެހެން ބުނުމުން ލޮނުފުޅި ބަދިގޭގަ ހުރި ކަބަޑު ގަ ހުންނާނެ ކަމަށް ނައިރާ ބުނެލިއެވެ. ނައިރާ އެހެން ބުނުމާއެކު އަޔާޒް ތޭންކްސް އޭ ބުނަމުން އަވަހަށް ބަދިގެއަށް ދިޔައެވެ. ” އަމް ސޯ ބޯރްޑް” ނައިރާ އެހެން ބުނަމުން ބިންމަތީގަ ދެފާ ތަޅާލިއެވެ. އަދި އަޒްހާ ކޮބައިތޯ ބަލާލަން ދިޔައެވެ. ނައިރާ ގޮސް އަޒްހާ ކޮޓަރީގަ ޓަކި ޖަހާލަމުން އަޒްހާ އެތެރެއަށް ވަނުމަށް ބުނެލިއެވެ. ނައިރާ އެތެރެއަށް ވަތް އިރު އަޒްހާ އޮތީ އެނދު މަތީގަ ކުއިލްޓް އަޅައިގެން ނެވެ. ” އަޒްހާ އާރް ޔޫ އޯކޭ” ނައިރާ ގޮސް އަޒްހާ ކައިރީ އިށީންނަމުން އަހާލިއެވެ. ” ނޯ…. ކުޑަކޮށް ބޮލަށް ތަދުވާ ތީ މިއުޅެނީ” އަޒްހާ އެހެން ބުނުމުން ނައިރާ އަޒްހާ ގެ ނިއްކުރިމަތީ އަތް ބާއްވާ ލިއެވެ. ނަމަވެސް ދެވަނަ ސިކުންތު އަތް ދަމައިގަތެވެ. އަޒްހާ އޮތީ ހުން އައިސް ރަތްވެފައެވެ. ” އަޒްހާ ޔޫ އާރް ބާނިން…. ލެޓްސް ގޯ ޓު ދި ހޮސްޕިޓަލް……. މިހާ ގަދައަށް ހުން އައިސްފަ ހުރި އިރުވެސް ނުބުނެ ވާ ތި އޮތީ….. ކަމް އޯން ތެދުވޭ އަވަހަށް” ނައިރާ އެހެން ބުނުމުން އަޒްހާ ބަސްއަހާ ކުއްޖަކު ހެން އެނދުން ތެދުވެގެން ލާން ވީ ހެދުން ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. އަޒްހާ ފާހާނާއަށް ވަނުމުން ނައިރާ އޭސީ ނިއްވާލި އެވެ. އަދި ފަންކާ ޖެއްސީއެވެ. އިރުކޮޅެއް ފަހުން އަޒްހާ ފާހާނާ އިން ނިކުތެވެ. އަޒްހާ ލައިގެން އިނީ ޕިންކް ކުލައިގެ ސްވެޓާ އަކާއި ޑެނިމް ޖިންސެ ކެވެ. “އަޒްހާ ކޮބާ އަޒްހާ ގެ އައިޑީ ކާޑް” ނައިރާ އެހެން ބުނުމުން އަޒްހާ ކަބަޑު ގަ އޮންނާނެ ކަމަށް ބުނެލިއެވެ. އަދި އިސްތަށިގަނޑު ފެން ހިއްކާ ލުމަށްފަހު ރީއްޗަށް ފުނާ އަޅާ އިސްތަށިގަނޑު ވޫލު ކޮޅެއްގެ އެހީގައި ހުއްޅިއެއް ޖަހާލިއެވެ. އަދި ތުންފަތް ހިކިފަ ހުރުމުން ތުންފަތުގައި ވެސްލީން ރޯސީ ލިޕްސް ހާކާލިއެވެ. އަދި ލައިގެ ހުރި ސްވެޓާ އަށް ގުޑް ގާލް ސެންޓު ފުޅިން ސެންޓު ކޮޅެއް ޖަހާލިއެވެ. ” ނައި ދައްތާ އަމް ރެޑީ ހިނގާ ދާނ” އަޒްހާ އެހެން ބުނުމުން ނައިރާ ހިނގާ ދަމާ އޭ ބުނަމުން އަޒްހާ ގެ ކޮޓަރިން ނިކުތެވެ. ” މަޑުކުރޭ އިހަށް އަންނާން އަޒްހާ ގެ ކުޑޭ ކައިރީ ބުނެފަ އަޒްހާ ބަލިވެގެން ހޮސްޕިޓަލް އަށް ދާ ވާހަކަ” ނައިރާ ގެއިން ނިކުންނަން އުޅެފައި ބުނެލިއެވެ. އަދި ބަދިގެއަށް ގޮސް އަޔާޒް އަށް ގޮވައިލަމުން ބުނެލި އެވެ. ” އަޔާޒް…. މި ދަނީ އަޒްހާ ހުން އައިސްގެން ޑޮކްޓަރ އަށް ދައްކާލަން” ނައިރާ އެހެން ބުނުމުން އަޔާޒް އޯކޭ އޭ ބުނެލިއެވެ. އަޔާޒް އެހެން ބުނުމުން ނައިރާ ގެއިން ނިކުތެވެ. އެއިރު އަޒްހާ އިނީ ގޭޓު ކައިރިގަ އެވެ. ނައިރާ ގޮސް އަޒްހާ ކައިރީ ދާން ބުނެ ލުމަށް ފަހު ގޭޓް ހުޅުވާފައި ބޭރަށް ނިކުމެ ހިނގައި ގަތެވެ. އަޒްހާ ވެސް ނައިރާ ގެ ފަހަތުން ހިނގައި ގަތެވެ. މާ ދުރަށް ނުދެވެނީސް ނަވާން އާއި ދިމާވި އެވެ. ނަވާން ނައިރާ މެން ފެނުމުން ސައިކަލް މަޑުކޮއްލި އެވެ. ” ދޮންތާ ކޮންތާކަށް ތި ދަނީ” ނަވާން ނައިރާ ކައިރީ އެހުމުން ނައިރާ ޖަވާބު ދިނެވެ. ” މި ދަނީ އަޒްހާ ޑޮކްޓަރ އަށް ދައްކާލަން” ނައިރާ ޖަވާބާއެކު ނަވާން ވަގުތުން އަޒްހާ އަށް ބަލައިލިއެވެ. މިއަދު އެ ފަން އިސްތަށިގަނޑު ވަނީ ހުޅިއެއް ގަ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް ކުދިކުދި އިސްތަށި ކޮޅު ތައް ކަންފަތު ކައިރީގަ ހުޅިން ނެއްޓިގެން ވެއްޓިފަ ހުއްޓެވެ. ލާފައި ހުރި ފިޔާތޮށި ކުލައިގެ ސްވެޓާ އަޒްހާ އާ ވަރަށް ވެސް ގުޅޭ އެވެ. އަޒްހާ ގެ ދެ ކޮލާއި ނޭފަތް ރަތްވެފަ ހުރި އިރު ހީވަނީ ކުޑަކުޑަ ފިނިފެން މަލެއް ހެން ނެވެ. އަޒްހާ ނަވާން ފެނުމުން އަވަހަށް އިސްދަށަށް ޖަހާލިއެވެ. އަދި ނައިރާ ކައިރީ ދާނ ހިނގާށޭ ބުނެލި އެވެ. އަޒްހާ އެހެން ބުނީ ބަނޑަށް އިވޭ ވަރަށް ށެވެ. ނަމަވެސް އެއަޑު ނަވާން ގެ ކަންފަތާ ހަމައަށް ފޯރި އެވެ. އަޒްހާ ނައިރާ ކައިރީ ދާން ބުނުމުން ނައިރާ ނަވާން ކައިރީ ދަނީ ކަމަށް ބުނެ ހިނގައި ގަތެވެ. ނަވާން އަޒްހާ މަގު ކޮޅަށް ގެއްލެންދެން ބަލާން ހުއްޓެވެ. އަދި ހިނިތުން ވެލަމުން ސައިކަލް ސްޓާޓް ކޮއްލުމަށް ފަހު ދުއްވަލި އެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


amazing mi part ves varh vex reethi
waiting for the next part
Thx Horror queen ☺️??