‘ނައިރާ ހުރީ މަގެއްގަ އެވެ. މި ހުރެވުނު ތަނަކީ ކޮންތަނެއްކަން ނޭންގުމުން ނައިރާ ފަރާތް ފަރާތަށް އެނބުރި ބަލައިލިއެވެ. ކުއްލިއަކަށް ނައިރާ ގެ މަންމަ ކަމަށް ވާ ނައިނާ ނައިރާ އަށް ގޮވާލި އަޑު އިވުނެވެ. “ނައިރާ……. ނައިރާ” ނައިރާ ނައިނާ ފެނޭތޯ މުޅި ތަނަށް ނަޒަރެއް ހިނގާލިއެވެ. އެއްލި ކަޅިއަކުން މަގު އެއްފަރާތެއްގަ ހުރި ނައިނާ ފެނުމުން ނައިރާ ދުވެފައި އެދިމާއަށް ދިޔައެވެ. ނަމަވެސް އެހިސާބަށް ނުދެވެނީސް ފަހަތުން ޓްރަކެއް އައިސް ނައިރާ ގެ ހަށިގަނޑުގަ ޖެހުނެވެ. އެ ޓްރަކް އާއި ބާރުމިނުގައި އައިސް ނައިރާ ގައިގާ ޖެހުމުން ނައިރާ ދުރަށް ވިއްސައިގެން ގޮސް ދުރުގައި ހުރި ފާރުގަ ޖެހުނެވެ. އިސާހިތަކުން މުޅި މަގުމަތީގައި ލޭ ކޯރެއް ހެދުނެވެ. ނައިރާ މަޑުމަޑުން ލޯހުޅުވާލިއެވެ. އެއިރު ދުވެފަ އަންނަމުން ދިޔަ ނައިނާ ފެނި ނައިރާ އެ އޮތްގޮތަށް އޮވެ ހިނިތުން ވެލި އެވެ. ނަމަވެސް ދުރުން ދުއްވަފަ އާއި ކާރު ފެނުމުން ނައިރާ ގެ ހިނިތުން ވުން ފިލައިގެން ދިޔައެވެ. އަދި ނައިނާ އަށް ބަލައިލިއެވެ. އެކާރު އައީ ސީދާ ނައިނާ އާއި ދިމާއަށްށެވެ. ނައިރާ އޭނާގެ މަންމަ އަށް ގޮވާ އެކާރު އަންނަ ވާހަކަ ބުނަން ބޭނުން ވިއެވެ. ނަމަވެސް އަތުތެރެއިން އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ބިންމަތިން ތެދުވެގެން ނައިނާ އާއި ދިމާއަށް ދާން ވެސް ބޭނުންވިއެވެ. އެހެންނަމަވެސް ނައިރާ ގެ ހަށިގަނޑު ހީވަނީ ބިންމަތީގައި ތަތް ވެފަ އޮތް ހެންނެވެ. ނައިރާ އެހެން އޮއްވައި އެ ކާރު އައިސް ނައިނާ ގައިގާ ޖެހުނެ ގޮތަށް ނައިނާ ބިންމަތީގައި ކޭތެމުން ގޮސް ޖެހުނީ ދުރުގަ ހުރި ހޮޅިގަނޑުގައެވެ. ނައިރާ ގެ ލޯ ކުރިމަތިން ނައިނާ އަށް އެކަހަލަ އަނިޔާއެއް ލިބުމުން ހިތަށް އުނދަގޫ ވިއެވެ. އެއިރު ނައިނާ ދިޔައީ ރޯމަހެއްހެން ތެޅުމުން ނެވެ. ނައިނާ ގައިގާ ޖެހުނު ކާރާ ދިމާއަށް ނައިރާ ބަލައިލީ ރުޅިވެރިކަމުން ފުރިގެން ވާ ނަޒަރަކުން ނެވެ. ކުއްލިއަކަށް އެ ކާރު ދޮރު ހުޅުވައިލުމަށްފަހު ނިކުތް ސަހީނާ ފެނި ނައިރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. ސަހީނާ ވިހަ ހިނިތުން ވުމަކާއެކު ގޮސް ނައިނާ ކައިރީ ހުއްޓުނެވެ. އަދި ނައިނާ ނޭވާ ލާތޯ ބަލައިލިއެވެ. ނަމަވެސް ސަހީނާ ގެ މޫނު މަތީގައި ހުރި ވިހަ ހިނިތުންވުން އިތުރަށް ފުޅާ ވުމުން ނައިނާ މި ދުނިޔެ ދޫކޮއްފަ ދިޔަކަން ނައިރާ އަށް އެނގުނެވެ. ދެން ސަހީނާ ބަލައިލީ ފާރުކައިރީގައި އޮތް ނައިރާ އަށްށެވެ. ސަހީނާ އަންނަ ތަން ފެނުމުން ނައިރާ ހަދާނެ ގޮތް ހުސްވިއެވެ. އޭނާ މި ދުނިޔެއިން ވަކި ނުވާކަން އެނގިއްޖެ ނަމަ ސަހީނާ އޭނާގެ ކަރަށް އަރާ ފިތާ ލާން ވެސް ފަހެއް ނުޖެހޭނެ ކަން ނައިރާ އަށް ޔަގީން ވިއެވެ . އެހެން ކަމުން ނައިރާ އެއްވެސް ޙަރަކާތެއް ނުކޮށް އޮތެވެ. ސަހީނާ އައިސް ނައިރާ ގެ ކައިރިއަށް ތިރިވެލުމަށްފަހު އިނގިލި ނައިރާ ގެ ނޭފަތާ ކައިރި ކޮއްލީއެވެ. އެވަގުތު ނައިރާ ނޭވާ ނުލާ ހިފަހައްޓައިލުމުން ސަހީނާ ހިތަށް އެރީ ނައިރާ ވެސް މި ދުނިޔެއިން ނެތިގެން ދިޔަ ކަމަށް ށެވެ. ސަހީނާ ތެދުވުމަށް ފަހު ކައިރީ ގައި ހުރި ފިހާރައިން ނިކުމެގެން އައި ސަޢީދު ފެނިފަ ރޮއެ ގަތެވެ. އަދި ގޮސް ސަޢީދު ގެ އަތުގަ އޮޅުލައިގަތެވެ. އިރުކޮޅެއް ނުވަނީސް ސަޢީދު ސަހީނާ ގެ އަތް ފޮޅާލަފައި ދުވެފަ ނައިނާ ކައިރިއަށް ދިޔަ މަޒަންޒަރު ނައިރާ އަށް ފެނުނެވެ. އެހިސާބުން ވީ ނުވިއެއް ނޭނގި ނައިރާ ގެ ލޯ އެއްކޮށް މެރުނެވެ.`
~~~~~~~~
ނައިރާ އަށް ކުއްލިއަކަށް ހޭލެވުނީ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. އޭސީ 16 އަށް ލާފައި ހުރި އިރުވެސް ނައިރާ ގެ ނިއްކުރިމަތިން ދާތިކި ފާޅުވުމުން ދިޔައެވެ. ކުއްލިއަކަށް ނައިރާ ގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. މީ ނައިރާ ނައިނާގެ މަތިން ހަނދާން ކުރާ ކޮންމެ ފަހަރަކު ބަރުދާސްތު ކުރަން ޖެހޭ ވޭނެކެވެ. ނަމަވެސް ދެންމެ ފެނުނު ހުވަފެން އެއީ ޙަޤީޤަތެއް ކަމާމެދު ނައިރާ އަށް ޝައްކެވެ. އެއީ މީގެ އެތަކެއް ކުރިން ހިނގާ ދިޔަ ހާދިސާ އެކެވެ. އެ ޙާދިސާގައި ނައިރާ އާއި ނައިނާ އެކްސިޑެންޓް ވީކަން ނައިރާ އަށް ހަމަ ރަނގަޅަށް ވެސް ހަނދާން އެބަހުއްޓެވެ. ނަމަވެސް ސަހީނާ އައީ ސަޢީދު އެތާގައި ހުރިކަމެއް ނައިރާ ގެ ހަނދާނުގައެއްނެތެވެ. ނައިރާ އަށް އަދިވެސް ސިފަވަމުން ދިޔައީ ސަޢީދު ގެ މޫނު މަތީ ގައި ހުރި ހިތްދަތި ކަމެވެ. އަދި ސަހީނާ ގެ މޫނުމަތީގައި ހުރި މަކަރުވެރިކަމެވެ. އެ އެކްސިޑެންޓް އާއި މެދު ވިސްނެމުންދިޔަ ކޮންމެ ސިކުންތަކު ނައިރާ ގެ ބޮލުގައި ވާ ރިހުން ގަދަވަމުންދިޔަ އެވެ. ނައިރާ އަށް ކެތް ނުކުރެވޭ ހިސާބަށް ދިޔުމުން ކޮޓަރިން ނިކުތެވެ. ނައިރާ ދެއަތުން ބޮލުގައި އަތް އަޅައިގެން ހުރެ ސިޓިން ރޫމް އަށް ނިކުއިރު ދެލޮލުން ކަރުނަތަށް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ސިޓިން ރޫމް ގައި ތިބި އަޔާޒް އާއި ނާއިޒް އާއި ނިޔާޒް ގެ އިތުރުން ނަވާން ނައިރާ ފެނުމުން ހާސްވި އެވެ. ނާއިޒް އަވަހަށް އައިސް ނައިރާގެ ގައިގާ ހިފަހައްޓަމުން އަހައިލިއެވެ. ” ނައި…. ނައި އާރް ޔޫ އޯކޭ…. ނައި ސްޕީކް ޓު މީ” ނާއިޒް އެހެން ބުނަމުން ނައިރާ ބުނެލިއެވެ. ” މަންމަ… މަންމަ….ހުވަފެނުން ސަހީނާ…. މަންމަ… މަ-” ނައިރާ އަށް ބުނެވުނީ އެހިސާބަށް ށެވެ. ދެން ފެނުނީ ކަނޑާލި ރުކެއް ހެން ނައިރާ ނާއިޒް ގެ އަތްމައްޗަށް ދެމުނު ތަނެވެ. ” ކޯލް ދަ ޑޭމް އެމްބިޔުލެންސް” ނާއިޒް އެހެން ބުނުމުން ނިޔާޒް އަވަހަށް އެމްބިޔުލެންސް އަށް ގުޅިއެވެ.
އެމްބިޔުލެންސް އަންނަންދެން އެންމެން ބެލީ ނައިރާ ހޭ އެރުވޭތޯއެވެ. ނަމަވެސް އެކަން ވީ ފޫ ނެތް ފަޔަށް ފެންފުރުން ކަހަލަ ގޮތަކަށް ށެވެ. 5 މިނެޓް ތެރެއިން އެމްބިޔުލެންސް އައިސް އެގޭ ދޮރުމަތީގައި ހުއްޓުމާއެކު ނާއިޒް އާއީ ނަވާން ނައިރާ އެރުވި އެވެ.އެއިރު ބައެއް އަވަށްޓެރިން ވީ ކިހިނެއް ތޯ ބަލަން ނިކުމެ ތިއްބެވެ. އެމްބިޔުލެންސް އޭގެ ހަލުވި ދުވެލީގައި ގޮސް ހޮސްޕިޓަލް ކުރިމަތީގައި މަޑުކުރުމާއެކު ދެ މީހަކު ސްޓްރެޗާ ހިފައިގެން އައެވެ. އޭގެ މަތީގައި ނައިރާ ބޭއްވުމާއެކު ނައިރާ ހިފައިގެން ހޮސްޕިޓަލް އަށް ވަނެވެ. އެ ހުރިހާ އިރަކު ވެސް ނާއިޒް އާއި ނަވާން ނައިރާގެ ގާތުގަ ތިއްބެވެ. ނަމަވެސް ނާއިޒް އާއި ނަވާން ނައިރާ އާއި ވަކިވަން ޖެހުނީ ނައިރާ ވޯޑް އަށް ވެއްދުމުން ނެވެ. އެތައް އިރެއް ވަންދެން ނާއިޒް އާއި ނަވާން ބޭރުގައި ދެކޮޅު ދެކޮޅަށް ހިނގަހިނގާ ތިއްބެވެ. ކުއްލިއަކަށް ޑޮކްޓަރ ނިކުތުމާއެކު ނާއިޒް އާއި ނަވާން ޑޮކްޓަރ ކައިރިއަށް ދިޔައެވެ. ” ޑޮކްޓަރ ވަޓް ހެޕެންޑް” ނަވާން ހާސްވެފައި ހުރެ އަހާލިއެވެ. ނަވާން އެހެން އެހުމުން ޑޮކްޓަރ ބުނީ ޑޮކްޓަރ ކޮޓަރިއަށް އައުމަށް ށެވެ. ޑޮކްޓަރ ކޮޓަރިއަށް ވަނުމަށް ފަހު ނާއިޒް އާއި ނަވާން ކައިރީ އިށީންނުމަށް އެ ދެމުން ވާހަކަ ދެއްކިއެވެ. ” ހޭ ށީ ބީން އިން އޭން އެކްސިޑެންޓް ލޭޓްލީ…. އޯރް ހޭވް ބީން ސަފަރިން ފްރޮމް އެމްނީށިޔާ؟….” ޑޮކްޓަރ އެންމެ ފުރަތަމަ ވެސް ކޮއްލީ ސުވާލެކެވެ. ” ނޯ… ވަޓް ހެޕެންޑް” ނާއިޒް ނޫނެކޭ ބުނެލިއެވެ. ” ވެލް އާފްޓާ އެގްޒޭމިނިން ހާ ވީ ފައުންޑް ދެޓް ށީ އިޒް ސަފަރިން ފްރޮމް އެމްނީށިޔާ…….އެނޑް ސީމްސް ލައިކް ށީ އިޒް ޓްރައިން ޓު ރިމެމްބާ ދޯސް މެމޮރީސް” ޑޮކްޓަރ އެހެން ބުނުމުން ނާއިޒް ހަންދާން ވީ މީގެ 7 އަހަރު ކުރިން ހިނގި ހާދިޝާ ގެ މަތިންނެވެ. ” ޑޮކް ށީ ހޭޒް ބީން އިން އޭން އެކްސިޑެންޓް 7 އިޔާޝް އެގޯ އެނޑް ޑިޔުޓު ދެޓް ށީ ވޯސް އިން އެ ކޯމާ ފޯ 8 މަންތްސް” ނާއިޒް އެހެން ބުނުމުން ޑޮކްޓަރ އެދުނީ މެޑިކަލް ރިޕޯޓް ގެނެސް ދިނުމަށް ށެވެ. އެހެންކަމުން ނާއިޒް ނަވާން ބަހައްޓާފައި ގެއަށް ދިޔައީ އެ ރިޕޯޓް ބަލައެވެ.
ނައިރާ އެއްކޮށް ސްޓޭބަލް ވުމުން ނަވާން އަށް ނައިރާ ކައިރިއަށް ދިޔުމުގެ ހުއްދަ ޑޮކްޓަރު ގެ ފަރާތުން މާގިނަ އިރު ތަކެއް ނުވަނީސް ލިބުނެވެ. ނަވާން ގޮސް ވޯޑު ދޮރު ހުޅުވާ ލުމަށްފަހު ނައިރާ އޮތް އެނދާ ދިމާއަށް ބަލައިލިއެވެ. ނައިރާ އޮތީ ނިދާފައެވެ އެހެންކަމުން ނަވާން ގޮސް ނައިރާ ބާއްވާފަ އޮތް އެނދުކައިރީ ހުރި ގޮނޑީގައި އިށީނދެ ލިއެވެ. އިށީންނިތާ މާގިނަ އިރެއް ނުވަނީސް ނައިރާ ހޭ އެރިއެވެ. ” ދޮންތާ އާރް ޔޫ އޯލް ރައިޓް” ނަވާން ކަންބޮޑުވެފައި ހުރެ އަހާލިއެވެ. ނައިރާ ނަވާން ގެ މޫނު ފެނުމާ އެކު ފެންކަޅި ވިއެވެ. ” ނަ…. ނަވާން… މަންމަ…..” ނައިރާ އެހެން ބުނުމުން އެ ދައްކަނީ ނައިނާ ގެ ވާހަކަން ނަވާން އަށް އެނގުނެވެ. ” ކިހިނެއްވީ ކުޑަ މަންމަ އަށް……. ދޮންތާ ޕްލީސް ބުނެބަލަ… ޑޮކް ވެސް ބުނި ދޮންތަ ގެ ކޮންމެވެސް މެމޮރީސް ތަކެއް ހަންދާން ވާ ވާހަކަ” ނަވާން ކެއް މަދުވެފައި އިންދެ އަހާލިއެވެ. ” ށީ ކިލްޑް ހާ ނަވާން…… އަހަރެންގެ ލޮލު ކުރިމަތީގަ މަންމަ އެންމެ ފަހު ނޭވާ ދޫކުރީ” ނައިރާ އެހެން ބުނުމުން ނަވާން ގެ ނޭވާ ތާށިވިކަހަލައެވެ. އެތަށް އަހަރު ތަކަކަށް ފަހު މީހަކު ނައިނާ މަރާލިކަލިން އެނގުމުން ނަވާންގެ މުޅި ހަށިގަނޑު ވަރުދޫވި ކަހަލައެވެ. ” ކާކު….. ކާކު ކުޑަ މަންމަ މަރާލީ” ނަވާން އެހުރިގޮތަށް ހުރެ އެހެން ބުނެލި އިރު ހިތުގައި ސައްކުގެ އޮއެވަރެއް ހިންގާލިއެވެ. ” ނަވާންގެ…. މަ…. މަންމަ” ނައިރާ އަށް އެހެން ބުނެވުނީ އަޅައަޅައި ގަންނަމުންނެވެ. ނަވާން އެކައްޗެކޭވެސް ނުބުނުމުން ނައިރާ ނަވާން އަށް ބަލައިލިއެވެ. ނަވާންގެ މުޅި މޫނު ވަނީ ރަތްވެފައެވެ. ލޮލުން ކަރުނަ ހިލެމުން ދިޔައިރު ނަވާން އެ ހުރީ ރުޅި އައިސްފަ ކަމެއް ނޫނީ ދެރަވެފަ ކަމެއް ނައިރާ އަކަށް ބުނާކަށް ނޭނގުނެވެ. ކުއްލިއަކަށް ނަވާން އިންތަނުން ތެދުވިއެވެ. އަދިި ބޮޑު ފިޔަވަޅު ތަކެއް އަޅަމުން ވޯޑުން ނިކުމެގެން ދިޔައެވެ. އެއިރު ނަވާންގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ” ހޭ ނައި ދައްތާ ހަ” ވޯޑު އެތެރެއަށް ވަންނަން އައި އަޒްހާ ގެ ޖުމްލަ ފުރިހަމަ ނުވަނީސް ނައިރާ އަޒްހާ ކައިރީ ނަވާންގެ ފަހަތުން ދިޔުމަށް އެދުނެވެ. ” އަޒްހާ ޕްލީސް ދޭބަލަ ނަވާން ގެ ފަހަތުން ޕްލީސް” ނައިރާ އެހެން ބުނުމުން އަޒްހާ ބާރު ބާރަށް ހިނގާފަ ދިޔަ ނަވާން އަށް ބަލައިލިއެވެ. އަދި އެއްވެސް ސުވާލުކުރުމެއް ނެތި ނަވާންގެ ފަހަތުން ކުޑަކޮށް ދުވެފަ ދިޔައެވެ.
ނަވާން އެދިޔަ ގޮތަށް ދިޔައީ ހޮސްޕިޓަލުގެ ޓެރެސް އަށްށެވެ. ޓެރެސް ގަ މާގިނަ މީހެއް ނެތަސް ދެތިން މީހަކު ތިއްބެވެ. އެއިން އެއްވެސް މީހަކަށް ބެލުމެއް ނެތި ނަވާން ގޮސް ޓެރިސް ގެ ރެއިލިގް ގަނޑު ކައިރީ ހުއްޓުނެވެ. އަދި ރެއިލިގް ގަނޑު ދެފަހަރަކަށް ޖަހާލިއެވެ. ނަވާން ގެ ލޯ ކުރިމަތީގައި މާޒީ ގެ ސަފުހާތަށް ހުޅުވިގެން ދިޔައެވެ. އެ މާޒީ އަކީ ނަވާން ދުވަހަކުވެސް ހަނދާން ކުރަން ބޭނުން ވާ މާޒީ އެއް ނޫނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


W❤️W V. Nice next part ge inthizaaruga☺️☺️
Thx Black X