Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 15

Star Fire Level 310 Stories
March 12, 2022 5 Mins Read
3 Comments

*ނައިރާ އަޒްހާ އަށް އޭނާގެ ކުޑައިރު ކުރެވިފަ ވާ މޮޔަ ކަންތައް ކިޔާ ދެމުން ދިޔައިރު އަޒްހާ ދިޔައީ ނިޔާޒް އާއި އަޔާޒް ކުރި މޮޔަ ކަންތައް ކިޔާ ދެމުން ނެވެ. އެހެން ތިއްބާ ނިޔާޒް ކޮޓަރިން ނިކުމެގެން އަންނަ ތަން ފެނުމުން ނައިރާ ނިޔާޒް އަށް ގޮވާލަމުން ބުނެލިއެވެ. ” ނިޔާޒް އެއީ ތެދެއްތަ….. ނިޔާޒް ކުޑައިރު ގަ  ދެފައި އެއްތާ ނުޖެހިގެން އުޅެނިކޮށް ފާހާނާ ތައްޓު ތެރެއަށް ވެއްޓުނީ” *

 

” ކާކު ބުނީ ވާހަކަ އެއް ތީ ؟ ” ނިޔާޒް ސިހިފަ އެހެން ބުނި ގޮތުން ނައިރާ އާއި އަޒްހާ ހިނިއަންނަ ގޮތް ވިއެވެ.” ސޯ އިޓްސް ޓްރޫ ” ނައިރާ އަނގަ މަތީގަ އަތް އަޅާގެން ހުރެ އެހެން ބުނުމުން ނިޔާޒް އަވަހަށް ގެއިން ނިކުމެގެން ދިޔައެވެ. ނައިރާ އާއި އަޒްހާ ވާހަކަ ދައްކަން ތިބެފަ  11:00 ޖެހުމުން ކޮޓަރިއަށް ވަނެވެ.” ހަލޯ ފަހަރީ….. ހޫމް އާދެބަލަ މިއަދު މެންދުރު ރިޒް ހިފައިގެން……. ދެން ތި ސުވާލު ގިނަ ނުކޮއްބަލަ….. ފަހަރިގެ ލޯބިވާ މިއަދު މެންދުރައް ކައްކަނީ އެހެންވެ އިންވައިޓް މި ކުރީ……. އާނއެކޭ އާދެބަލަ…. ހޫމް……..ހޫމް…… އޯކޭ އާދޭ އެހެން ވީމަ…. އާނ….ދެން ބާއްވަނީ އިނގޭ ” ނައިރާ އެހެން ބުނުމަށް ފަހު ހޭންގް އަޕް ކޮއްލި އެވެ. އަދި އެނދުމައްޗަށް ވެއްޓި ގަތެވެ. ނައިރާ އެހެން އޮއްވާ ބަންގި ގޮވާ އަޑު އިވުނެވެ. އެހެން ކަމުން އަވަހަށް އެނދުން ތެދުވެގެން ގޮސް ފާހާނަ އަށް ވަދެ ވުޝޫ ކޮށްލައިގެން ނިކުމެ މެންދުރު ނަމާދު ކުރަން ފެށިއެވެ. 

 

” އައްސަލާމު އަލައިކުމް…… ” ރިޒާ އާއި މިޝްހާ ސަލާން ގޮވާލީމާ އެކު މޭޒު މައްޗަށް މެންދުރުގެ ކެއުން އަރުވަން ހުރި ނާއިޒް ސަލާމް  ބަލައިގަންނަމުން ކާގެ އިން ނިކުތެވެ.” ބޭބް…ރިޒް…… ” ނާއިޒް ދޮރު ކުރިމަތީގަ ހެވި ދިލިފަ ތިބި މިޝްހާ އާއި ރިޒާ ފެނުމުން ހައިރާން ވިއެވެ.” ބޭބް އެއް ނޫން ކޮބާ މިގޭގަ އުޅޭ ނައިރާ ” އާދައިގެ މަތިން ރިޒާ ނާއިޒް އަށް ޖެއްސުން ކޮއްލުމުގެ ނިޔަތުގައި ބުނެލިއެވެ.” އެބަ އުޅޭ ކޮޓަރީގަ ” ނާއިޒް ރިޒާ އާއި ދިމާއަށް ލޯ އަޅާލަމުން ބުނެލިއެވެ. ނާއިޒް ގެ ޖަވާބާއެކު ރިޒާ މިޝްހާ ގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ނައިރާ ގެ ކޮޓަރި އަށް ދިޔައެވެ. އެއިރު ނައިރާ އާއި އަޒްހާ ތިބީ ވާހަކައިގަ ޖެހިފަ އެވެ.” މިޝް…. ރިޒް އަވަހަށް ވަދޭ ” ދޮރުން އެތެރެއަށް ބޯ ދިއްކޮއްލި ރިޒާ އާއި މިޝްހާ ފެނި ނައިރާ ބުނެލިއެވެ. މިޝްހާ އާއި ރިޒާ ވެސް އައިސް ނައިރާ އާއި އަޒްހާ ގެ ވާހަކައިގަ ބައިވެރި ވިއެވެ. އަޒްހާ ނިޔާޒް ގެ ވާހަކަތަ ކިޔާ ދެމުން ދިޔައިރު ރިޒާ އިނީ ކަނުލާ އަޑު އަހަން ށެވެ. ހަމަ ރިޒާ ހެން އަޒްހާ އަޔާޒް ގެ ވާހަކައެއް ބުނާ އިރަށް ނައިރާ ގެ ސަމާލުކަން ދަމައިގަނެ އެވެ. ނައިރާ ވެސް އަޒްހާ އެކޭ އެއްފަދައިން މިޝްހާ އަށް ނާއިޒް ކުރި މޮޔަ ކަންތައް ކިޔާ ދެމުން ދިޔައެވެ. އެހެން ވާހަކައިގަ ތިއްބާ ނާއިޒް އައިސް މެންދުރުގެ ކެއުމަށް އަންނަން ބުނެލިއެވެ. ނާއިޒް އެހެން ބުނުމާއެކު ނައިރާ އާއި އަޒްހާ އާއި ރިޒާ ދުވެފައި ކޮޓަރިން ނިކުތެވެ. ތިންމީހުން ގޮސް ކާގެ އަށް ވަތް އިރު ފްރައިޑް ޗިކަން އާއި ފްރައިޑް ރައިސް ގެ ވަސް މުޅި ކާގޭގައި ރަސްކަން ކުރަމުން ދިޔައެވެ. ނައިރާ މެން އެންމެ ސިކުންތެއްވެސް ލަސްކުރުމެއް ނެތި އަވަހަށް މެންދުރުގެ ކެއުމަށް އިންސާފު ކުރަން އިށީންނިއެވެ. 

 

” ހާހް…. އަމް ފުލް ” ނައިރާ ބަނޑުގަ އަތް ކާތާލަމުން ބުނެލިއެވެ.” ސޭމް ހިޔާ ” އަޒްހާ އާއި ރިޒާ ނައިރާ އާއި އެއްބަސް ވެލަމުން އެއްފަހަރާ ބުނެލިއެވެ. ” ދެން ކީއް ކުރާނީ……. މި ދޮންބެ އާއި އަޔާޒް އާ ހެދި ކުރާނެ ކަމެއް ވެސް ނެތޭ ” ނައިރާ އެހެން ބުނުމުން އަޔާޒް ނައިރާ އާއި ދިމާއަށް ދޫ ދިއްކޮއްލި އެވެ.” ހިންގާ ގޭމް އެއް ކުޅެން ” ނިޔާޒް އެހެން ބުނުމުން އެންމެން ހިނގާށޭ ބުނެލިއެވެ. ދެން އެންމެން ވިސްނަމުން ދިޔައީ ކުޅޭނެ ގޭމް އަކާއި މެދުގައެވެ.” އޭ ހިނގާ ޓްރުތް އޯރް ޑެޔާ ކުޅެން ” ރިޒް އެހެން ބުނުމުން މިޝްހާ ބުނެލިއެވެ.” އާން ހިންގާ ވަރަށް ދުވަސް ވެއްޖެ އެއްނު ނުކުޅޭތާ ” މިޝްހާ އެހެން ބުނުމުން ނައިރާ ބުނެލިއެވެ.” ދުވަހެއްނޫން އަހަރު…. މީހުން އެންމެ ފަހުން ޓްރުތް އޯ ޑެޔާ ކުޅުނީ ގްރޭޑް 7 ގަ ” ނައިރާ އެހެން ބުނުމުން އެންމެން ޓްރުތް އޯ ޑެޔާ ކުޅެން އެއްބަސް ވިއެވެ. 

 

އެންމެ ގޭމް ކުޅުމަށް ޓަކާ ސޯފާގަ އިށިންނިއެވެ. އަދި މެދުގަ ހުރި މޭޒު މަތީގަ ފިޒީ ޑްރިންކް ފުޅިއެއް ބޭއްވުމަށް ފަހު އަނބުރާލީއެވެ. ފުޅި އެނބުރެމުން އެނބުރެމުން ގޮސް ހުއްޓުނީ ނަވާން އާއި ދިމާއަށްށެވެ. ” ނަވާން ޓްރުތް އޯ ޑެޔާ” އަޔާޒް ލާނެތް ރާގަކަށް ބުނެލިއެވެ. ” ޓްރުތް” ނަވާން އެހެން ބުނުމުން އެންމެން ހޯއް ލައްވަން ފެށިއެވެ. ” އޯކޭ އޯކޭ…. އެންމެން ހުއްޓާލާ…. މިހާރު ސުވާލު ކުރަން ށޭ މި އުޅެނީ………. ހޫމް ނަވާން  މައި ލިޓުލް ބްރޯ އެންމެ ފަހުން ރައްޓެހިވި ކުއްޖާގެ ނަން ބުނޭ” ނާއިޒް އެހެން ބުނުމުން ނަވާން ހިނިގަނޑެއް ޖަހާލުމަށް ފަހު އިސްދަށަށް ޖަހައިލީމެވެ. ” ދެން ތިހާ ލަދުން ތި އުޅެނީ ކީއްވެ….. އަނެއްކާ ނުބައި ކަމެއް ކުރީ ދޯ… އެހެމް އެހެމް އެހެމް”  އަޔާޒް އެހެން ބުނަމުން ކަރު ކެހިލިއެވެ. އަޔާޒް އެހެން ބުނުމުން ނަވާން އެންމެ ފަހުން ރައްޓެހިވި ކުއްޖާގެ ނަން ބުނެލިއެވެ. ” މީކާ ” ނަން ބުނުމާއެކު  އެންމެން ހިނިގަނޑެއް ޖަހާލިއެވެ.  އަދި އަނެއްކާވެސް ފުޅި އަނބުރާލީއެވެ. މިފަހަރު ފުޅި ހުއްޓުނީ ނާއިޒް އާއި ދިމާއަށްށެވެ. ” ޓްރުތް އެއް” ނާއިޒް އެހެން ބުނުމުން ނަވާން ވައްތަރަކަށް ހީލިއެވެ. އަދި ބުނެލިއެވެ. ” މިފަހަރު ސުވާލު ކުރާނީ މަ…….. ސޯ މަގޭ ލޯބި ލޯބި ދޮންބެ ގަނޑާ ބުނެބަލަ އެންމެ ފަހުން ފަހަރި އާ ކިސް ކުރީ ކޮންތާކު ލާ” ނަވާން އެހެން ބުނުމުން މިޝްހާ އުނގު ތެރޭގަ އޮތް ކުށަން ނަވާން އާއި ދިމާއަށް އެއް ލިއެވެ. ” ހުރެބަލަ ކުޅި ދައްކާލާނަން ދެން ނަވާން އާ ދިމާއަށް ފުޅި ހުއްޓިއް ޖިޔާ” ނާއިޒް އެހެން ބުނުމުން ނިޔާޒް ނަވާން ކުރި ސުވާލަށް ޖަވާބު ދޭށޭ ބުނެލިއެވެ. ” ހޫމް ހެވޭ ހެވޭ….. އެންމެ ފަހުން ދޯ ހޫމް….. މާ ކޮޓަރީގަ” ނާއިޒް އެހެން ބުނުމާއެކު އެންމެން ޕަކަ ޕަކަ ލާފަ ހޭން ފެށި އެވެ. މިޝްހާ އިނީ ލަދުން ގޮސް މޫނު މަތީގަ އަތް އަޅާގެން ނެވެ. ނަވާން ގެ މި ސުވާލާ އެކު އިތުރަށް ފޯރިގަދަ ވެގެން ދިޔައެވެ. ފުޅި ހުއްޓެމުން ދިޔަ ވަރަކަށް ދިޔައީ އެކަހަލަ ސުވާލު ތަކާއި ކަންތައް ޖައްސަމުން ނެވެ. އެހެން ގޮސް ނައިރާ އާއި ދިމާއަށް ތިންވަނަ ފަހަރު ފުޅި ހުއްޓުނެވެ. ނައިރާ މިފަހަރު ނެގީ ޑެޔާ އެކެވެ. ” ނައި އައި ޑެޔާ ޔޫ ޓު ޑޫ އަ ކަޕުލް ޑޭންސް ވިތް އަޔާޒް” ނާއިޒް މިހެން ބުނުމުން ނައިރާ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ވަޓް އޭ ބުނެވުނެވެ. އެންމެ ވެގެން ނައިރާ ވަޓް އޭ ބުނުމުން ޑޭންސް ޑޭންސް އޭ ކިޔާ އަތް ޖަހަމުން ދިޔައެވެ. އަޔާޒް އެކައްޗެކޭ ވެސް ނުބުނެ ނައިރާ އާއި ދިމާއަށް ބަލައިގެން އިނެވެ. ” އޯކޭ ފައިން ލަވައެއް ޖަހާ…. އަޔާޒް ތެދުވޭ” ނައިރާ ފިނޑިކަން ނުދައްކަން ވެގެން ކޮޅަށް ތެދުވެ ލަމުން ބުނެލިއެވެ. އަދި އަޔާޒް ކައިރިއަށް ގޮސް އަތް ދިއްކޮއްލިއެވެ. އަޔާޒް ކޮޅަށް ތެދުވެ ނައިރާގެ އަތުގައި ހިފިއެވެ. އެއާއެކު ނާއިޒް ފޯނުން އޯ ނަދާ އެ ލަވަ ޖަހަން ފެށިއެވެ. އެންމެން އަޑުމަޑު ކޮއްލުމާއެކު މުޅި ސިޓިން ރޫމް ގައި ލަވައިގެ އަޑު ފެތުރިގެން ދިޔައެވެ. އަޔާޒް ނައިރާ ގެ މެދުހަށީގައި އެއްއަތުން ހިފަހައްޓާލުމަށް ފަހުން ނައިރާގެ އަތުގައި ހިފެއްޓިއެވެ. ނައިރާ ވެސް އަނެއް އަތް އަޔާޒްގެ ކޮނޑު މަތީގައި ބާވާލިއެވެ. އެއަކު ދެމީހުން ނަށަން ފެށިއެވެ. ލަވަޔާއި އެއްވަރަށް ނަށަމުން ދިޔައިރު ގަ އަޔާޒްގެ ކަޅި ހުއްޓަލެވިފަ ވަނީ ނައިރާ ގެ މޫނަށް ށެވެ. ނައިރާ ވެސް އަޔާޒް ގެ މޫނަށް ކަޅި ހުއްޓާލާ ގެން ނަށަމުން ދިޔައިރު ހީވަނީ މިވަގުތު އެދެމީހުން ފިޔަވާ އެހެން އެކަކު ވެސް ނެތް ހެންނެވެ. އެ ދެމީހުންނަށް އިވުމުން ދިޔައީ އެންމެ އަޑެކެވެ. އެއީ ވެސް ލަވައިގެ އަޑެވެ. 

 

” ފަރި ޗާލު ބުލްބުލް ، ތިޔަ ލޯބި ބުލްބުލް 

 

މީ ހަޔާތާއި ނުގުޅޭނަން ހޭ  އޯހޯ އޮއޯ ނަދާ 

 

މިހިތު ގާ ވިދާ ކުރާނަން މަގޭ ހިތް ފިދާ 

 

އޯހޯ އޮއޯ ނަދާ މަގޭ ލޯބިވާ 

 

ނުފޮރުވޭށެ އަނދިރީ ހަނދާ 

………………… 

……………… 

…………. 

……… 

……. 

…… 

….. 

… 

 

” އޯކޭ ސްޓޮޕް……. ސްޓޮޕް….. ހުއްޓާލާ ށޭ!!….. އަޅެ ތި ދެމީހުން ކިހަވަރަކަށް ނަށަން ކަމައްތަ ތި އުޅެނީ ” ނާއިޒް އެހެން ކިޔާ ހަޅޭ ލައްވައި ގަތުމާއެކު ނައިރާ އާއި އަޔާޒް ސިއްސައިގެން ގޮސް ދުރަށް ޖެހުނެވެ. ނައިރާ އަޔާޒް އާއި ދެމީހުން އިސްޖަހާލުމަށްފަހު އައިސް އެދެމީހުން އިށީންނަ ތާޒާ އިށީނިއެވެ. ނިޔާޒް ފުޅި އަންބުރާލުމާއެކު ފުޅި ހުއްޓުނީ ރިޒާ އާއި ދިމާލުގައެވެ. ” ޑެޔާ އެއް” ރިޒާ އެހެން ބުނުމާއެކު އަޔާޒް ބުނެލިއެވެ. ” އައި ޑެޔާ ޔޫ ޓު ކިސް ނިޔާޒް ގެ ލިޕްސް” އަޔާޒް އެހެން ބުނުމުން ނިޔާޒް އާއި ރިޒާ އެއްފަހަރާ ” ވަޓް” އޭ ބުނެލިއެވެ. ” ކަމް އޯން ކަމް އޯން ކިސް އަވަސް އަވަސް” ނާއިޒް ނުލަފާ ވައްތަރަކަށް ހީލަމުން ބުނެލިއެވެ. ” ކަމް އޯން ގޭމް ފަނި ނުކުރާތި ޓީ ދެމީހުން ކިސް އަޕް އޯލް ރެޑީ” އަޒްހާ އެހެން ބުނުމުން ރިޒާ ބުނެލިއެވެ. ” ފައިން އެކަމް ތި މީހުން ކުރިމައްޗަށް އެއް ނުކުރާނަން” ރިޒާ އެހެން ބުނުމުން ނަވާން ބުނެލިއެވެ. ” އޭރުން އަހަރެންނަށް ކޮންހެނެއް އެނގޭނީ ތީ ދެމީހުން ކިސް ކުރިކަމެއް…. މި ޒަމާނަކު އަނގައިން ބުނާބަސް ގަބޫލެއް ނުކުރާނެ ކަން ތި ދެމީހުންނަށް ވެސް އެނގޭނެ ވީ ނީޑް ޕްރޫފް” ނަވާން އެހެން ބުނުމުން މިޝްހާ ވެސް އެއީ ތެދެކޭ ބުނެލިއެވެ. ” އޯކޭ ފައިން ނައި ދޭބަލަ ނައި ގެ އެއްކަލަ ރެޑް ކުލައިގެ ލިޕްސްޓިކް ހިފައިގެން އަންނަން” ރިޒާ އެހެން ބުނުމުން ނައިރާ ކޮޓަރިއަށް ގޮސް އޭނާ ގެންގުޅޭ ރަތް ކުލައިގެ ލިޕްސްޓިކް ހިފައިގެން އައިސް ރިޒާ އަތަށް ދިނެވެ. ރިޒާ އެ ލިޕްސްޓިކް މަތި ނެގުމަށްފަހު ތުންފަތުގައި ވަރަށް ގަދައަށް ޖައްސާލިއެވެ. 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި – 23

Next

އަބަދުވެސް ހިތުގައި (13)

Next
March 12, 2022

އަބަދުވެސް ހިތުގައި (13)

Previews
March 12, 2022

ވީމޭ އިންތިޒާރުގައި – 23

3 Comments!

  1. Aminath Amna Ali says:
    March 12, 2022 at 11:25 am

    ❤️❤️❤️❤️❤️

  2. Horror queen says:
    March 12, 2022 at 9:01 pm

    Wow mi part ves varah vex reethi❤❤❤

    1. Star Fire says:
      March 13, 2022 at 1:56 pm

      Really.. Thx Horror queen

Comments are closed.

Next Episodeލޯބި ވެވުމުން 16←


All Right Reserved!