Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 12

Star Fire Level 310 Stories
March 7, 2022 6 Mins Read
0 Comments

*ކޮޓަރީ އެތެރެއިން ފެނުނު މަންޒަރާއި އެކު އެންމެން ކަހަލަ ގޮތަކަށް ހުއްޓުން އެރިއެވެ. ފެހި ކުލައިގެ ޓައިލްސަ މަތީގައި ހުރީ ހުސްލެއެވެ. ސަހީނާ ދިޔައީ ނައިރާ ގެ އަތާއި ފަޔުގަ ކަޓަރު އަޅުވަމުން ނެވެ. މިވަގުތު ސަހީނާ ފެންނަ ކޮންމެ މީހަކުވެސް ބުނާނީ އޭނާ އަކީ ބޮޑު މޮޔެކެވެ. *

 

ނަވާން ބަލާކަށް ނުހުރެ ގޮސް ސަހީނާ އަތުގައި ހިފަހައްޓަމުން ވަރަށް ބާރަށް ސަހީނާ އަށް ގޮވައިލިއެވެ. ” މަންމާ!!!” ނަވާން އެހާބާރާށް ސަހީނާ އަށް ގޮވައިލުމުން އެންމެން ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެކަކަށް ވެސް އެއްވެސް ޙަރަކާތެއް ގެއްނާކަށް ނުކެރުނެވެ. ނަވާން ސަހީނާ ނައިރާ އާއި ދުރުކުރަމުން ނައިރާ ގާތަށް ތިރިވެލިއެވެ. ” ދޮންތާ އާރް ޔޫ އޯކޭ” ނަވާން ނައިރާ ގެ އަތާއި ފަޔުގަ ކަޓަރު އަޅުވާފައި ހުރި ތަނަށް ބަލާލަމުން ބުނެލިއެވެ. ނަވާން ނައިރާ އަށް ލިބިފައި ވާ އަނިޔާ ތައް ފެނި ރުޅިގަދަވާން ފެށިއެވެ. ނަމަވެސް  ފުން ނޭވާ ތަކެއް ލަމުން  އައިސްފައިވާ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. ” ދަ.. ދަރިފުޅާ” ސަހީނާ އަށް ނާއިޒް ފެނުމުން ބުނެވުނެވެ. ” މަންމަ އަށް މާފު ކު..” ސަހީނާ ގެ ޖުމްލަ ފުރިހަމަ ނުވަނީސް ނަވާން ވާހަކަ ދެއްކިއެވެ. ” މަ.. މަންމަ ލަދެއް ވެސް ނުގަނޭތަ ދޮންބެ ކައިރީ މާފައް އެދޭ އިރު… މަންމަ އަށް އެނގޭތަ މަންމަ ކުރި ކުށަކީ… ނޫން ކުއްތަކަކީ މާފު ނުކުރެވޭ ވަރުގެ ކުއްތަކެއް ކަން…. އެވަރުން ވެސް މަންމަ” ނަވާން އެހެން ބުނުމުން ނާއިޒް ނަވާން އަށް ބަލައިލިއެވެ. ނަވާން އެ ދައްކަނީ ކޮން ކުއްތަކެއްގެ ވާހަކަ ހެއްޔެވެ ؟. ނާއިޒް ގެ ހިތައް މިހެން އެރުމުން ނާއިޒް ނަވާން ކައިރީ ސުވާލު ކުރަން ބޭނުންވިއެވެ. ނަމަވެސް ފުރަތަމަ ބޭނުންވީ ނައިރާ އަށް ފަރުވާ ދިނުމަށް ށެވެ. ” ނަވާން  އިހަށް ހިނގާ ނައި ހޮސްޕިޓަލް އަށް ގެންދަން” ނާއިޒް ނަވާން ގާތު އެހެން ބުނުމުން ނަވާން އެކަމަށް އެއްބަސް ވެލި އެވެ. ” އާނ….. ދޮންބެ ދޭ ދޮންތަ ގޮވައިގެން އަހަރެން މަޑުކުރާނަން ގޭގަ…. އަޔާޒް ނިޔާޒް ތި ދެމީހުން ވެސް މަޑުކުރަން ވާނެ…….” ނަވާން އެހެން ބުނުމުން ނާއިޒް ނައިރާ އަށް ތެދުވަން އެހީތެރި ވެދިނެވެ. ” ދަ… ދަރިފުޅާ….. މަންމަ އެ.. އެއް ވެސް ކަމެއް ނުކުރަން މީ.. މީ ސުންޕާ އަންހެނާ…. ދަރިފުޅާ ނާއިޒް” ސަހީނާ އައިސް ނާއިޒް ގެ ފައި ބުޑަށް ވެއްޓުމުން ކިޔަން ފެށިއެވެ. ނަމަވެސް ނާއިޒް އަޅައެއް ނުލައެވެ. އެއީ ނާއިޒް އަށް ހަމަ ރަންގަޅަށް ވެސް ސަހީނާ ނައިރާ ގެ ހަށިގަނޑުގައި ކަޓަރު އެޅުވިތަން ފެނުމުން ނެވެ. ނަމަވެސް ނާއިޒް އަށް ނޭނގުނު ކަމަކީ އޭނަގެ މަންމަ ނައިރާ އަށް އެހާ ބޮޑު އަނިޔާއެއް ދޭންވި ސަބަބެވެ. ” ދަ… ދަރިފުޅާ…. މަ… މަންމަ ހިފައިގެން ދޭ” ނާއިޒް ނައިރާ ހިފައިގެން ކޮޓަރިން ނިކުންނަން ދިޔުމުން ސަހީނާ ނާއިޒް ގެ ފަޔުގައި އޮޅުލައިގަތެވެ. ނަމަވެސް ނަވާން އައިސް ސަހީނާ ނާއިޒް އާ ދުރު ކުރުމުން ނާއިޒް ނައިރާ ހިފައިގެން ދިޔައެވެ. ފަހަތުން މިޝްހާ ވެސް ދިޔައެވެ. ރިޒާ އާއި އަޒްހާ ގޭގަ މަޑުކުރީއެވެ. ” މި… މީ ހުސް ކަލޭ އާ ހެދި ވާ ކަންތައްތަކޭ….. ކަލޭ މި ދުނިޔޭ އަށް ނައިނަމަކު ސަޢީދު އަހަރެން ދެކެ ފަހަރެއްގަ ލޯބި ވީސް މީހުސް ކަލޭ އާ ހެދި ވާކަން ތައް ނަވާން ކަލޭ އާ އެ ނައިރާ އާ ނައިނާ ތީ ހަމަ އެއްކަހަލަ ތިން ސުންޕާ ތި ތިން މީހުންނާ ހެދި އަހަރެން ގެ މުޅި ހަޔާތް ނަރަކަ އަކަށް ބަދަލުވީ ” ސަހީނާ ނަވާން ގައިގަ ޖަހަމުން ބުނެލިއެވެ.” ދަ… ދައްތާ ތިހެން ތިބުނީ ކީއްވެ ނަވާން އަކީ ވެސް ދައްތަ އާ ސަޢީދު ބެ އާ ދެމީހުންގެ ދަރިއެއް ނު ” ނިޔާޒް ހިތައް އެރި ސުވާލު ސަހީނާ އާއި ކޮއްލީއެވެ.” މަށާ ސަޢީދު އޭ….. މިހިރަ ނަވާން އަކީ ސަޢީދު ގެ ދަރިއެއް ނޫން އޭނަ އަކީ މަ މެދައް ވިހޭ ކުއްޖެއް…… މަށަކަށް ނޭނގޭ އޭނާގެ ބަފާ އަކީ ކާކުކަން ވެސް ” ސަހީނާ އެހެން ބުނުމުން ނަވާން ްގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އޭނާ މީހާ ތަނަށް ބައްޕަ އެއް ގޮތުގަ ދެކެމުން އައީ ހިލޭ ފިރިހެނެއް ކަން އެނގުމުން ނަވާން އަށް ކެއް ކުރަން އުންދަގު ވިއެވެ. އެހެން ކަމުން ނަވާން ސަހީނާ ގެ އަތުން ދޫ ކޮއްލުމަށްފަހު ގޮސް ޑްރެސިން ޓޭބަލް މަތީގައި ހުރި ސާމާނުތައް ބިންމައްޗަށް ވަރައިލިއެވެ. އެވަރުން ނުފުދިގެން ލޯގަނޑު ގައި ގައި ހުރި ބާރެއް ލާފައި ޖެހިއެވެ. ނަވާން ލޯގަނޑުގައި ޖެހީ ތަން ހުރީ ރެނދު ލާފައެވެ. ރިޒާ އާއި އަޒްހާ އަނގަ މަތީގައި އަތް އަޅައިގެން ތިބި އިރު އަޔާޒް އާއި ނިޔާޒް ތިބީ ސަހީނާ ދިޔަކު ނުދޭން އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ. ލޯގަނޑުގައި ރެނދު ލަމުން ލަމުން ގޮސް އިސާހިތަކުން ލޯގަނޑު އެއްކޮށް ތެޅުނެވެ. ލޯގަނޑުގެ އެކި ތަންތަން ކޮޅު ޓައިލްސް މަތީގައި ހުރި އިރު ނަވާންގެ މޫނަ ފެންނަމުން ދިޔައެވެ. ނަވާން އަށް އަނެއްކާވެސް ކެއް ނުވުމުން ދިޔަގޮތަށް ގޮސް އެނދުމަތީގަ ހުރި ބާލީސް ތައް ހޫރުވާލިއެވެ. އެއިރު ނަވާންގެ ލޮލުން ހޫނު ކަރުނަ ފައިބަމުން ދިޔައެވެ. އެހެންކަމުން އެ ކަރުނަ ތައް އެއްވެސް މީހަކަށް ނުދެއްކުމައް ޓަކައި ނަވާން ސަހީނާ ގެ ކޮޓަރިން ނިކުމެގެން ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ. 

 

( އިރުކޮޅެއް ފަހުން) 

 

ނަވާން މިހާރު ކޮޓަރިން ނުނިކުންނަ ތާ އިރު ގަނޑެއް ވެދާނެއެވެ. މިހާރު ނާއިޒް ނައިރާ ހިފައިގެން ހޮސްޕިޓަލް އިން ވެސް އައިސް ފިއެވެ. އެހެންނަމަވެސް ނަވާން ގެ ހިލަމެއް ނުވެއެވެ. އަޔާޒް ނާއިޒް އަށް ވީގޮތް ކިޔާ ދިނުމުން ނާއިޒް ދެރަވި އެވެ. ނަވާން އަށް ހިތްވަރު ލައިގެންވެސް ބޭނުންވިއެވެ. ނަމަވެސް ނާއިޒް އެންމެ ފުރަތަމަ ބޭނުން ވީ ނައިރާ ގެ މައްސަލަ ޙައްލު ކުރުމެވެ. އެހެންކަމުން ގެއަށް އައި ވަގުތު ނާއިޒް ނައިރާ ކައިރީ ސުވާލު ކުރުމުން ނައިރާ ނާއިޒް އަށް ސަހީނާ ކުރި އަނިޔާ ތައް ކިޔައިދިނެވެ. ނާއިޒް އަށް ފުރަތަމަ ގަބޫލު ނުކުރެވުނަސް ނައިރާ ގެ ފޯނު ގައި އިން ރެކޯޑިން އަޑު އެހުމުން ގަބޫލު ކުރެވުނެވެ. އެހެންކަމުން ނާއިޒް ބޭނުން ވީ  އޭނާގެ ކުޑަ މަންމަ އަށް ށާއި ނައިރާ އަށް އިންސާފު ހޯދައި ދިނުމަށް ޓަކައި ސަހީނާ ޕޮލިނުންނާ ހަވާލު ކުރުމަށް ށެވެ. އަމިއްލަ މަންމަ ވިއަސް ސަހީނާ އެކުރީ ވަރަށް ވެސް ގޯސްކަމެކެވެ. ނާއިޒް އަކަށް ސަހީނާ އަށް މާފެއް ނުކުރެވުނެވެ. ނަމަވެސް ސަހީނާ ގެ މައްޗަށް ހިތް ބުރައެއް ވެސް ނުކުރެވެ. މިހާރު ނާއިޒް ޕޮލިހުންނައް އެނގިތާ 5 މިނެޓް ވެދާނެއެވެ. ކުއްލިއަކަށް ޕޮލިސް ކާރުގެ ސައިރެން އަޑު އިވުމުން ޕޮލިހުން އަތުވެއްޖެ ކަން ނާއިޒް އަށް އެނގުނެވެ. ޕޮލިހުން އައިސް ގެއަށް ވަނުމާއެކު ނާއިޒް ގެ ހިތައް އުނދަގޫ ވިއެވެ. އެއްވެސް ދަރިއަކު އޭނާގެ މަންމަ ޕޮލިނުންނާ ހަވާލު ކުރާ ކައް ބޭނުމެއް ނުވާނެ އެއް ނޫންހެއްޔެވެ. ނަމަވެސް މިއަދު ނާއިޒް މިއޮތީ މަޖުބޫރު ވެފައެވެ. ޕޮލިހުން އައުމާއެކު ނާއިޒް ޕޮލިހުންނައް ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަދި އެވިޑެންސް އެއްގެ ގޮތުގައި އެ ރިކޯޑިން ދިނެވެ. ޕޮލިހުން އެ ރިކޯޑިން އަޑުއެހުމަށް ފަހު ސަހީނާ ހައްޔަރު ކުރިއެވެ. އަދި ސަހީނާ ހިފައިގެން ދިޔައެވެ. ސަހީނާ އެ ގެއިން ދިއުމާއެކު މުޅިގޭތެރެ އެއްކޮށް ހިމޭންވިއެވެ. މިޝްހާ އާއި ރިޒާ ނައިރާ ގާތު ތިބެފައި ގެއަށް ދިޔައީއެވެ. ނާއިޒް އަޔާޒް ނިޔާޒް ކޮޓަރިއަށް ވެއްނިގޮތަކައް ނުނިކުމެ އެވެ. ނައިރާ ވެސް ވަނީ ކޮޓަރީގައެވެ. ގޭތެރޭގައި ހަމައެކަނި ހުރީ އަޒްހާ އެވެ. އަޒްހާ އިނީ ސޯފާގައި މޫންލައިޓް ލަވާސް ކުޅެން ށެވެ. ނަމަވެސް ގޭމް އަކަށް ފޯކަސް އެއް ނުކުރެވެއެވެ. އަޒްހާ އިނީ ދެ ވިސްނުމެއް ގައެވެ. އެއީ ނަވާން ގެ ހާލަތު ބަލާލަން ދާން ވީތޯ ނޫނީ ނުދާނަން ވީ ތޯއެވެ. ނަވާން އެފަހަރު ކޮޓަރިއަށް ވަތް ގޮތަކަށް ނުނިކުމެ އެވެ. އެހެންކަމުން އަޒްހާ ނިންމީ ނަވާން ކޮބައިތޯ ބަލާލަން ދިޔުމަށްށެވެ.

 

 އަޒްހާ ގޮސް ނަވާން ކޮޓަރީ ކުރިމަތީގައި ހުއްޓުނެވެ. އަދި ދެތިން ފަހަރަކައް ޓަކިޖަހާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ސިކުންޑިއަށް އައި ނުބައި ހިޔާލެއް ގެ ސަބަބުން އަޒްހާއަށް ނަވާން ގެ ކޮޓަރީ ތަޅުގަ ހިފާ އަނބުރާލެވުނެވެ. ކޮޓަރީގައި ތަޅުނުލާ ހުރުމުގެ ސަބަބުން ދޮރު ހުޅުވުނެވެ. އަޒްހާ ދޮރު ހުޅުވާ ލަމުން ކޮޓަރި އެތެރެއަށް ނަޒަރެއް ހިނގާލިއެވެ. މުޅި ކޮޓަރި ތެރޭގައި ވަނީ އަނދިރި ކަމެވެ. ” ނަ…. ނަވާން” އަޒްހާ ނަވާން އަށް ގޮވައިލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން އަޒްހާ ނަވާން ގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ފެތުރިފައިވާ އަނދިރި ކަމުގެ ސަބަބުން އަޒްހާއަށް އެއްވެސް އެއްޗެއް ފެންނަގޮތެއް ނުވިއެވެ. އެހެންކަމުން އަޒްހާ ކޮޓަރީގައި ވާ ބޮކި ދިއްލައިލިއެވެ. ބޮކި ދިއްލާ ލުމާއެކު މުޅި ކޮޓަރި ތެރެ އަލިވެގެން ދިޔައެވެ. މުޅި ކޮޓަރިއަށް ހީވަނީ ތޫފާނެއް އައިސްފައިވާ ހެންނެވެ. ކްލޯސެޓް ހުޅުވާފައި ހުރިއިރު އޭގަ ހުރި ހުރިހާ ސާމާނެއް ވަނީ މުޅި ކޮޓަރިއަށް ވިއްސަފައެވެ. ރީތިވާ ސާމާނު ތައް ވެސް ބިންމަތީގައި ހުރިއިރު ވަރަށް ގިނަ ބިއްލޫރި ތޮށި ތައް ވެސް ޓައިލްސަ މަތީގައި ހުއްޓެވެ. ކިންގް ސައިޒު ގެ އެ ބޮޑު އެނދު އެ ފުއް މިފުށަށް ޖަހާފަ ވާއިރު ބާލީސް ތައް ވެސް ހުރީ ވިއްސަފައެވެ. ނަވާން އިނީ އެނދު ތިރީގައި ލެގިލައިގެންނެވެ. އިސްތަށިގަނޑު ހޭވިފަ ވާއިރު އެއްއަތުން ލޭފައިބަމުން ދިޔައެވެ. ” ނަވާން….” އަޒްހާ ގޮސް ނަވާން ކައިރީގަ އިށީނަމުން ނަވާން އަށް ގޮވައިލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ނަވާން އަޒްހާ އަށް ބަލައިލީއެވެ. ” ނަވާން އަތަށް ކީއްވެފަ ތިހުރީ އިޓްސް ބްލީޑިން….. ކޮބާ ފަސްޓް އެއިޑް” އަޒްހާ ނަވާންގެ އަތައް ބަލައިލަމުން ބުނެލިއެވެ. ” ކަބަޑު ގަ” ނަވާން އެއްފަރާތެއްގަ ހުރި ކަބަޑައް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.  އަޒްހާ ނަވާން އެހެން ބުނުމުން ލަސްކުރުމެއް ނެތި ގޮސް ކަބަޑު ހުޅުވާލުމައްފަހު ފަސްޓް އެއިޑް ފޮށިނެގިއެވެ. އަދި ގޮސް ނަވާން ކައިރީ އިށީންނުމަށް ފަހު ނަވާން ގެ އަތް އަޒްހާ އުނގު މަތީގައި ބާއްވަމުން ފަސްޓް އެއިޑް ފޮށި ހުޅުވައިލިއެވެ. އެއަށްފަހު ކަފަކޮޅެއް ނަގަމުން ފަރުވާތެރި ކަމާއެކު ނަވާން ގެ އަތުގައި ހުރި ލޭތައް ސާފު ކުރަން ފެށިއެވެ. އަޒްހާ ނަވާން ގެ އަތުގަ ބޭސް އަޅަމުން ދިޔަ އިރުގަ ނަވާން އަށް އިނދެވުނީ އަޒްހާ އާއި ދިމާއަށް ކަޅި ޖަހާ ނުލާ ބަލައިގެންނެވެ. ނަވާން ގެ ހިތު ރެތޭގައި ޖަވާބު ނުލިބޭ އެތަކެއް ސުވާލު ތަކެއް ވެއެވެ. އަޒްހާ ފެންނަ ކޮންމެ ފަހަރަކު އޭނަ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އެހާ އުނދަގޫ ވަނީ ކީއްވެ ހޭ ؟ އަޒްހާ ފެންނަ ކޮންމެ ފަހަރަކު އޭނަ ގެ ހިތުގެ ތެޅުން އެހާ އަވަސް ވަނީ ކީއްވެ ހޭ ؟ އެ މޫނުގަ ފިރުމާލުމައް އެދި ހިތް އެ ވަރަށް އެ ރޮނީ ކީއްވެ ހޭ ؟ އަޒްހާ ލޯބި ވާ އެހެން ފިރިހެނަކު ހުނާނެ އޭ ހިތައް އަރާ ކޮންމެ ފަހަރަކު އެހާ ދެރަ މިވަނީ ކީއްވެ ހޭ ؟ އަޒްހާ އަމިއްލަ ޙައްޤަކައް ހަދަން ބޭނުން މިވަނީ ކީއްވެ ހޭ ؟ އަނެއްކާ މީ ލޯބި ހެއްޔެވެ ؟ ނޫނެކޭ އަޒްހާ މީ އަދި ކުރިން ދުވަހަކު އޭނަ އާ ދިމާވި މީހެކެވެ. ޖަވާބު ނޭނގޭ އެތަކެއް ސުވާލެއް ހުރުމުން ނަވާންގެ ހިތް މާޔޫސް ވިއެވެ. އަޒްހާ ނަވާން ގެ އަތުގައި ބޭސް އަޅާ ނިމުމުން ކޮޅަށް ތެދުވިއެވެ. އަޒްހާ ކޮޅަށް ތެދުވުމާއެކު ނަވާން އަޒްހާ ގެ އަތުގައި ހިފަހެއްޓިއެވެ. އަޒްހާ އޭނާގެ އަތަށް ބަލާލުމަށްފަހު ނަވާން އަށް ބަލައިލިއެވެ. އެއިރު ނަވާން ވެސް އިނީ އަޒްހާ އާއި ދިމާއަށް ބަލައިގެންނެވެ. އިރުކޮޅެއް ވަންދެން ނަވާން އަޒްހާ އާއި ދިމާއަށް ބަލަން އިނުމަށް ފަހު އަޒްހާ ގެ އަތުގައި ހިފާ އޭނަ އާއި ދިމާއަށް ދަމައިގަތެވެ. އަޒްހާ ނުވިސްނަާ ހުރުމުން ލުވި ފަތެއް ހެން ގޮސް ނަވާން ގެ އުނގު މައްޗަށް ވެއްޓުނެވެ. ނަވާން އިނީ އަދިވެސް ކަޅި ޖަހާ ނުލާ އަޒްހާ އަށް ބަލައިގެންނެވެ. ނަވާން ގެ ހިތައް އަރަމުން ދިޔައީ މިވަގުތު އެންމެ އެއްޗެކެވެ. އެއީ އެންމެ ފަހަރަކު ހިތް އެދޭ ގޮތަށް ކަންތައް ކޮއްލިއަސް ރަނގަޅު ވާނެއެވެ. ނަމަވެސް ނަވާން ގެ ސިކުނޑި އެކަމަށް އިންކާރު ކުރަމުން ދިޔައެވެ. ސިކުނޑި އާއި ހިތް ހަނގުރާމަ ކުރަމުން ދިޔައިރު ހިތް ދިޔައީ  ގަދަ ހޯދަމުންނެވެ. ނަވާން  މަޑު މަޑުން އަޒްހާ ގެ މެދުހަށީގައި އޭނަގެ އަތްވަށާލިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް އަޒްހާ އޭނަ އާ ކައިރި ކޮއްލީއެވެ. ނަވާން މަޑުމަޑުން އަޒްހާ ގެ މޫނާ ކައިރި ވަމުން ދިޔައެވެ. ނަމަވެސް ނަވާން އަށް ބޮޑަށް ބެލެމުން ދިޔައީ އަޒްހާ ގެ މޫނަކައް ނޫނެވެ. އަޒްހާ ގެ ތުންފަތައް ށެވެ. އަޒްހާ އިނީ ލޯމަރާ ފިއްތާ ބާރު ކޮއްގެންނެވެ. ކުއްލިއަކަށް ނަވާން އަޒްހާ ގެ ތުންފަތައް ބޮސްދޭން ފެށުމުން އަޒްހާ ވަގުތުން ލޯ ހުޅުވާލިއެވެ. ނަވާން ގެ ހޫނު ނޭވާ އަޒްހާ ގެ މޫނު ގައިއެޅެމުން ދިޔައިރު އަޒްހާ އިނީ ގުޑި ލާން ވެސް ނުކެރިފައެވެ. އަޒްހާ ގެ ހިތައް އަރަމުން ދިޔައެވެ. ” އޯ ވަޓް ދަ ޝިޓް… ހީ އިޒް ލިޓްރެލީ ކިސިން މީ….. ވަޓް ދަ އެކްޗުއެލް ފަކް….މައި ފަސްޓް ކިސް ”  އަޒްހާ މިހެން ހިތަށް އަރަމުން ދިޔައިރު ކުރާނެ އިތުރު ކަމެއް ނޭނގުނެވެ. ” ނަ ނަވާން އައި ކާންޓް ބްރީދް” އަޒްހާ ނަވާން އޭނަ އާއި ދުރުކުރަމުން ބުނެލިއެވެ. ” ވަޓް… އަޒްހާ މިޔޮއް ހުރިހާ އިރު ހުރީ ނޭވާ ނުލާ…….ޔޫ ނޯ ޔޫ ކޭން ބްރީދް ރައިޓް” ނަވާން މިހެން ބުނުމުން އަޒްހާ ގަތް ލަދެއްގެ ބޮޑުކަމުން އިސްދަށަށް ޖަހާލިއެވެ. އަދި ނަވާން ގެ އުނގު މަތިން ތެދުވަމުން އަވަހަށް ގޮސް ފަސްޓް އެއިޑް ފޮށި ކަބަޑައް ލުމަށްފަހު ނަވާން ގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ޔާރާ ފެނުނީމާ 6

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (33)

Next
March 7, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (33)

Previews
March 7, 2022

ޔާރާ ފެނުނީމާ 6



All Right Reserved!