*ޒައިދާން ގެ އަތުގައި އޮތް ދަގަނޑު ހޮޅި ފެނުމުން ނިޔާޒް ގެ ނިއްކުރިމަތީ ޖެހީ ޒައިދާން ކަން ނިޔާޒް އަށް އެނގުނެވެ. ޒައިދާން އަނެއްކައިވެސް ނިޔާޒް ގައިގަ ޖަހަން ދަގަނޑު ހޮޅި މަޅާލިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ނިޔާޒް އެ ހޮޅީގައި ހިފަހެއްޓުމުންނެވެ.*
” ކިހިނެއް ވެގެން ތި އުޅެނީ ” ނިޔާޒް އެހެން ބުނުމުން ޒައިދާން ނިޔާޒް ގެ ބަނޑުގަ ފައިން ޖެހުމަށްފަހު ދަގަނޑު ހޮޅި ގަނޑުން ނިޔާޒް ގެ ބުރަކަށީގަ ޖަހަމުން ބުނެލިއެވެ.” ކިހިނެއްހޭ ވީ…….ބަލަ ކަލޭ ނުޖެހޭ ހޭބަލި ވެގެން ގޮސް ރިޒާ ގައިގަ ބައްދައިގެން ނާކަށް….. ކަލޭ ތީ ބީރައްޓެއްސެއްނު އެހެންވީމަ ބީރައްޓެސެއް ގޮތުގަ އުޅޭނީ….. ” ޒައިދާން މިހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު ދިޔައީ ނިޔާޒް ގެ ހަށިގަނޑު އެއްތަން މިތަނުގައި ދަގަނޑު ގަނޑުން ތަޅަމުން ނެވެ. އަނެއް ދެ ފިރިހެނުން ތިބީ ނިޔާޒް ގެ ދެ އަތުގައި ހިފަހައްޓައިގެންނެވެ. މިފަހަރު ދަގަނޑު ހޮޅި ނިޔާޒް ގައިގަ ޖަހަން ހޫރުވާލި އިރަށް ނިޔާޒް ތިރިވިއެވެ. އަދި ނިޔާޒް އަތުގައި ހިފަހައްޓައިގެން ތިބި ދެ މީހުން މަދިރި ތަކެއްހެން ދުރަށް ފޮޅާލިއެވެ. އަދި ބުނެލިއެވެ. ” ބައްދާނަން ކަލޭ ތީ ރިޒާ ގެ ކާކު ކަމަށް މާ ފުއްޕަފަ އައިސް މަގޭ ގައިގަ ތަޅައިގަންނާކަށް…. މަ ރިޒާ ގައިގަ ބައްދާނަން ބޭނުން ވަރަކަށް ބައްދާނަން….. އަދި ހަމަ އެކަނި ބެއްދުން ކީއްކުރަން އެހެން ކަންތައްތައް ވެސް ކުރާނަން” ނިޔާޒް އެހެން ބުނުމުން ޒައިދާން ގެ ރުޅި ހީވީ ދެގުނަ ވިހެންނެވެ. އައި ރުޅީގައި ޒައިދާން ނިޔާޒް ގެ ނިއްކުރިމަތީ ގަ ޖެހިއެވެ. އެވަގުތު ނިޔާޒް އަށް އޭނާގެ ހަމަ ބުއްދި ފިލައިގެން ދާން އުޅޭހެން ހީވިއެވެ. ނަމަވެސް ކެއްކޮއްލަމުން ޒައިދާން ދުރަށް ކޮއްޕައިލަފަ ދުއްވައިގަތެވެ. ނިޔާޒް ޒައިދާން އާއި ކުރިމަތި ލާން ބޭނުން ވިއެވެ. ނަމަވެސް މިވަގުތު އޭނާގެ ހަށިގަނޑު އެހާ ހަކަތަ ނެތުމުން ދުއްވައިގަތުން ނޫން އެހެން ކަމެއް ނެތެވެ. ޒައިދާން އެ ދިޔަގޮތަށް ގޮސް ބިންމަތީގައި ކުރުގެޅުނެވެ. ނަމަވެސް ދެވަނަ ސިކުންތު ފެނުނީ ކޮޅަށް ތެދުވެ ކައިރީ ތިބި ދެ ފިރިހެނުންނާ ދިމާއަށް ހަޅޭލައްވައި ގަތްތަނެވެ. ” އޭ އެ ބަލައި ވެރިކަން ހިފަހައްޓާ……. ހުވާ މީއްޗަކު އަދި މާ އަތުން މަރުވާނެ” ޒައިދާން އެހެން ބުނަމުން ނިޔާޒް ގެ ފުލުން ދުއްވައިގަތެވެ. ނިޔާޒް އަށް ދެވޭ ނުދެވޭ ތަނެއް ނޭނގެއެވެ. އެނގުނު ހާ އެއްޗަކީ ޒައިދާން ނިޔާޒް ގެ ފުލުން ދުވެފައި އަންނަ ކަމެވެ. ދުވަމުން ދުވަމުން ގޮސް ނިޔާޒް ޖެހުނީ މަގުމަތިން ހިނގާފަ ދިޔަ މީހެއް ގައިގަ އެވެ.
” ރިޒް ނުދަންތަ އެގެއަކަށް މިއަދަކު އެއް ” މިޝްހާ ރިޒާ އާއި ސުވާލުކޮއްލިއެވެ. ބަދަލުގަ ރިޒާ މިއަދު އެގެއަށް ނުދެވުނު ސަބަބު ކިޔައިދިނެވެ.” ވީގޮތަކީ މަ ވަރަށް ގަދައަށް ބޮލަށް ތަދުވާ ތީ އުޅުނީ….. އެހެންވެ އަސްލު ނުދެވުނީ ” ރިޒާ ގެ ޖަވާބާއެކު މިޝްހާ” އެހެން ދޯ ” އޭ ބުނެލިއެވެ. ދެން ދެމީހުންގެ ދެމެދުގައި ދެ ކެވިގެން ދިޔައީ މިޝްހާ އާއި ނާއިޒް ގެ ކައިވެނީގެ ވާހަކައެވެ. ރިޒާ ދިޔައީ” މިޝް މެން ފަސްޓް ނައިޓް ގަ ތޫފާން ނާންނާނެ ކަމެއް ނޭނގޭ ” ކިޔާ މިޝްހާ އާއި ދިމާ ކުރަމުން ނެވެ. މިޝްހާ ވެސް ދެރަ ނުވާންވި ގެން” ރިޒް ގެ ފަސްޓް ނައިޓް ގަ އެނދު ނުބިނދޭނެ ކަމެއް ވެސް ނޭނގެ ” އޭ ކިޔަމުން ނެވެ. ދެމީހުން ސަކަރާތްޖަހަމުން މަގުމަތިން ހިނގާފައި ދަނިކޮށް މީހަކު އައިސް ޖެހުނެވެ. އެ ޖެހުނު މީހަކު ޖެހުނީ މިޝްހާ ގައި ގައެވެ. އެހެންކަމުން މިޝްހާ ރުޅި އައިސްގެން ބުނެލިއެވެ.” ބަލަ ދެ ލޮލަށް މިރުސް ފިތިފަތަ ތި ހުން…..ޑަބްލިޔު ޓީ އެފް ނިޔާޒް ” ނަމަވެސް ނިޔާޒް ފެނުމުން އެ ރުޅި ދެވަނަ ސިކުންތު ހައިރަންކަމަށް ބަދަލުވެގެން ދިޔައެވެ. ނިޔާޒް ހުރި ހާލަތު ފެނި މިޝްހާ އާއި ރިޒާ ތިބީ ހަމަ ރަނގަޅަށް ވެސް ހައިރާން ވެފައެވެ. ހައިރާން ނުވާންވި ސަބަބެއް ނެތެއްނޫހެއްޔެވެ. ނިޔާޒް ގެ ނިއްކުރިންނާއި ބޮލުން ލޭ ފައިބަމުން ދިޔަ އިރު ތުންފަތް ވެސް ހުރީ ފަޅައިގެން ގޮސް ފައެވެ.
ނައިރާ އެނދުމަތީގައި އޮވެ ވިސްނެމުން ދިޔައެވެ. ކީއްވެ ހެއްޔެވެ؟ ސަހީނާ ނައިނާ މަރާލަން ވީ ކީއްވެ ހެއްޔެވެ ؟ ނައިނާ އާއި ނައިރާ ސަހީނާ އަށް ދުވަހަކުވެސް ދެރަގޮތެއް ނުހިތައެވެ. ދެން ސަހީނާ ނައިރާ މަންމަ އެއްގެ ލޯބިން މަޙުރޫމް ކޮއްލަން ވީ ކީއްވެ ހޭ ؟ ނައިރާގެ ހަށިގަނޑު ހިލޭ ފިރިހެނުންނަށް ވިއްކަން ވީ ކީއްވެ ހޭ ؟ ނައިރާ އަށް އެ ވަރަށް އަނިޔާވެރި ވާންވީ ކީއްވެހޭ ؟. ޖަވާބު ނުލިބޭ އެތައް ސުވާލެއް ނައިރާގެ ހިތާއި ސިކުނޑި ގައި އެނބުރެމުން ދިޔައެވެ . ނަމަވެސް މިރޭ ކޮންމެ ހެނެއްވިޔަސް ނައިރާ ސަހީނާ ކައިރިން މިހުރިހާ ސުވާލު ތަކުގެ ޖަވާބު ހޯދަން ޢަޒުމު ކަންޑައެޅިއެވެ. އަދި ނައިނާ އަށް އިންސާފު ހޯދަން ވެސް ޢަޒުމު ކަންޑައެޅިއެވެ. އެހެންކަމުން އެނދު ގެ ހެޑް ބޯޑު މަތީގައި އޮތް ފޯނު ނެގުމަށްފަހު ނައިރާ ކޮޓަރިން ނިކުތެވެ. އަދި ގޮސް ސަހީނާ ގެ ކޮޓަރީ ކުރިމަތީގަ ހުއްޓިލުމަށްފަހު އެ ކޮޓަރީ ދޮރު ގަ ޓަކިޖެހިއެވެ. ސަހީނާ “އެތެރެއަށް ވަންނާށޭ” ބުނުމުން ނައިރާ ފުންނޭވައެއް ލިއެވެ. އަދި ފޯނު ފިންގާ ޖެހުމަށްފަހު ވޮއިސް ރެކޯޑާ ޖައްސާލަމުން އެތެރެއަށް ވަނެވެ. ” ހޫ ކަލޭ ދޯ ކީއްކުރަން ތިޔައީ” ސަހީނާ ނައިރާ އެތެރެއަށް ވަނުމުން ފޫހިވައްތަރަކަށް ބުނެލިއެވެ. ” މަންމާ ކީއްވެ ؟ ކީއްވެ އަހަރެންގެ މަންމަ މަރާލީ ؟” ނައިރާ މާ ވާހަކަ ގިނަ ނުކޮށް ފުރަތަމަ ވެސް ދިޔައީ މައުލޫއަށް ށެވެ. ” ކަލޭ އަށް ހުރިހާ އެއްޗެއް ވެސް ހަނދާން ވެއްޖެ ދޯ… ހަހަހަހަ ކަލޭގެ މަންމަ މަރުވީތާ ކޮން ގަރުނެއް އަދި ކިރިޔާ ދޯ ކަލޭ އަށް ހަނދާން ތިވީ މަށަށް އެދުވަހު ވެސް ހީވިއޭ ކަލޭ އަށް އެ ހުރިހާ މަންޒަރެއް ފެނުނު ހެން…. ދެން ކީއްކުރާނީ މަގޭ ފަރުވާކުޑަ ކަން” ސަހީނާ އެހެން ބުނުމަށް ނައިރާ ހިން ދިރުވާލި އެވެ. އަދި ސުވަލުކުރިއެވެ. ” މަންމާ…. މަންމަ ކީއްވެ އަހަރެންނަށް އެހާ އަނިޔާވެރި ވީ ؟” ނައިރާ އެހެން ބުނި އިރު ހުރީ ފެންކަޅި ވެފައެވެ. ” ބަލަ ކީއްވެ އަނިޔާވެރި ނުވާން ވީ ކަލޭ އާއި ކަލޭގެ މަންމަ އަހަރެންގެ މުޅި ހަޔާތް ބޮޑު ނަރަކައަށް ހަދައިލީ ވިއްޔާ….. އެއްކޮޅުން އެ ސަޢީދު އަހަރެން ދެކެ ލޯބި ވީކީއެއްނޫ…. އަނެއްކޮޅުން އެ ސަޢީދު އާ އިންނި ތާ އެއް އަހަރު ނުވަނީސް ކަލޭގެ މަންމަ ކަލޭ އަށް ބަނޑުބޮޑުވީމަ މިގެއަށް ގެނެސްފި…. މަ ހުވާ އެދެމީހުން ރައްޓެހި ވެގެން އުޅެނިކޮށް ހާދަ ވަރަކުން ނޭ ދުރުކުރީ……ކަލޭ ތީ އެ ސަޢީދު ގެ ނަހަލާލު ދަރިއެއް….އެ ނައިނާ މިގެއަށް އައި ފަހުން ސަޢީދު އޮންނަނީ އަބަދު އޭނަ ފޫބުޑީ ވިއްދަފަ… އެހެންވެ…. އެހެންވެ އެންމެފަހުން ކެތްނުކުރެވިގެން އަހަރެން އެ ނައިނާ މަރާލީ….. އަސްލު އަހަރެންގެ މަގުސަދަކަށް ވީ ކަލޭ އާ އެ ނައިނާ އެއްފަހަރާ މަރާލުން އެކަމަކު ކަލޭ ވެއްޖިއްޔާ ސަލާމަތް ވާން ” ސަހީނާ އެހެން ބުނުމުން ނައިރާ ގެ ލޮލުން ކަރުނަ ތައް ފުރުނެވެ.” ކޯޗެއް ތި ބާލަނީ ލޮލުން ބަލަ މަ މަރުވޭތޯ ތަ ކަލޭ ވިހަ ކަރުނަ ތި ބާލަނީ ” ސަހީނާ އެހެން ބުނަމުން ނައިރާގެ ކޮލުގައި ހިފާ ފިއްތާލިއެވެ. ނައިރާ އަށް ވީ ތަދެއްގެ ބޮޑު ކަމުން ސަހީނާ ގެ އަތް ފޮޅާލިއެވެ. އަދި ބުނެލިއެވެ.” މަންމަ އަށް އެނގޭތަ އަހަރެންވެސް މީ ހަމަ މަންމަ ކަހަލަގެ އިންސާނެކޭ އަހަރެންނަށް ވެސް ތަދުވެއޭ…. މަންމަ ބޭނުންހާ ގޮތަކަށް ކަންތައް ތި ކުރަނީ އަހަރެން ދުވަހަކުވެސް މަންމަ އަކަށް ހިތް ބުރައެއް ނުކުރަން އަދި ނުވެސް ކުރާންނަ އެކަމަކު މަންމަ އަކަށް މާފެއް ނުކުރެވޭނެ ދެނެއް” ނައިރާ އެހެން ބުނުމަށް ސަހީނާ ނައިރާ ކޮއްޕާލިއެވެ. އަދި ބުނެލިއެވެ. ” ކަލޭ އަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެ އެއްނު އެހެން ވީމަ ކަލޭ މި ދުނިޔޭގަ ހުރުމުގެ އެހެންވެސް ބޭނުމެއް ނެތް… ދޭ ކަލޭގެ މަންމަ އާއި ބައްޕަ ކައިރިއަށް ” ސަހީނާ އެހެން ބުނަމުން ޑްރެސިން ޓޭބަލް މަތީގައި އޮތް ކަޓަރު ނެގިއެވެ. އަދި އޭގަ އިން ތިލަ ކުޑަކޮށް ބޭރަށް ނެރުނެވެ. އެއަށްފަހު ނައިރާ އާއި ދިމާއަށް އަންނަން ފެށިއެވެ. ނައިރާ އެ އިން ގޮތަށް އިނދެ ރިކޯޑިން އޮފް ކޮއްލުމަށްފަހު ފަރިތަ ކަމާއެކު ވަރަށް އަވަހަށް ސަހީނާ ގެ ކޮޓަރިއަށް އައުމަށް މެސެޖް ކޮއްލީއެވެ.
ނަވާން އިނީ ބޭރުގަ ހުރި ހަޓް ގައެވެ. އިންސްޓާގްރާމް އަށް ވަދެ އިން އިރު ނަވާން ދިޔައީ އޭނާގެ ރަޙުމަތްތެރިން ލާފަ ހުރި ޕޯސްޓް ތައް ފޯރިއާއެކު ބަލަމުން ނެވެ. ކުއްލިއަކަށް މެސެޖް އެއް އައި ކަމުގެ ނޮޓިފިކޭށަން އައުމުން ނަވާން ބަލައިލިއެވެ. އެއީ ނައިރާ ކޮއްފަ އިން މެސެޖް އެކެވެ. އެ މެސެޖް ގެ ދެބައިކުޅަ އެއްބައި ކިޔާލުމަށް ފަހު ނަވާން ވަރަށް ބާރަށް ދުވެފަ ގެއަށް ވަނެވެ. އެއިރު މިޝްހާ އާއި ރިޒާ ނިޔާޒް ހިފައިގެން ގެއަށް ވަންނަނީ އެވެ. ސޯފާގައި ނާއިޒް އާއި އަޒްހާ ތިއްބެވެ. ކުއްލިއަކަށް ނަވާން ދުވެފައި ގެއަށް ވަނުމުން އެންމެން ކަހަލަ ގޮތަކަށް ދިޔައީ ސިއްސައިގެންނެވެ. ނަވާން އެހުރި ބާރުމިނުގައި ސަހީނާ ގެ ކޮޓަރިއަށް ދިޔުމުން ނާއިޒް ނަވާން އަށް ގޮވައިލިއެވެ. ” ނަވާން ކިހިނެއް ވީ” ނަވާން އެ ދިޔަގޮތަށް ގޮސް ސަހީނާ ކޮޓަރި ދޮރު ހުޅުވަން ތަޅުގަ ހިފިއެވެ. ނަމަވެސް ދޮރު ތަޅު ލާފައި ހުރުމުން ނަވާން ގޮތްހުސްވި އެވެ. ގޭ ޑަބަލް ތަޅުދަނޑި ފަތި އޮތީ ސަހީނާ ގެ ކޮޓަރީގަ އެވެ. އެހެންކަމުން އެ ކޮޓަރި ހުޅުވޭނެ ގޮތެއްވެސް ނެތެވެ. އެންމެ ފަހުން ނަވާން އަށް ކެއް ނުކެރުމުން ކޮޓަރީ ދޮރުގަ ހުރި ބާރެއް ލާފައި ފައިން ޖެހިއެވެ. އެއަޑަށް އަނެއް ކޮޓަރީގަ އޮތް އަޔާޒް އާއި ސިޓިން ރޫމް ގަ ތިބި ނާއިޒް އާއި މިޝްހާ އާއި ރިޒާ އާއި ނިޔާޒް ވެސް އައެވެ. ” ނަވާން ކިހިނެއް ވެގެން ތި އުޅެނީ” ނާއިޒް ހިތްހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ. ” ދޮންބޭ ނޯ ޓައިމް ޓު އެކްސްޕްލޭން ހެލްޕް މީ ބްރޭކް ދިސް ޑޭމް ޑޯރް” ނަވާން އެހާ ހާސްވެފަ އެ ހުރީ ކޮންމެވެސް ސަބަބަކާ ހުރެ ކަން އެންގުމުން ނާއިޒް އިތުރަށް ސުވާލުކުރަން ނަހަދާ ނަވާން އަށް އެ ހީވިއެވެ. އަޔާޒް ވެސް ހަމަ ނާއިޒް އެކޭ އެއްފަދައިން ނަވާން އަށް އެ ހީވިއެވެ. އަޔާޒް އާއި ނާއިޒް ގެ އެހީއާއެކު ނަވާން އަށް ދޮރު ވައްޓައިލެވުނެވެ. ދޮރު ވެއްޓުމާއެކު ނަވާން އެހެން މީހަކަށް ބެލުމެއްނެތި ކޮޓަރިތެރެ އަށް ވަނެވެ. ކޮޓަރީ އެތެރެއިން ފެނުނު މަންޒަރާއި އެކު އެންމެން ކަހަލަ ގޮތަކަށް ހުއްޓުން އެރިއެވެ. ފެހި ކުލައިގެ ޓައިލްސަ މަތީގައި ހުރީ ހުސްލެއެވެ. ސަހީނާ ދިޔައީ ނައިރާ ގެ އަތާއި ފަޔުގަ ކަޓަރު އަޅުވަމުން ނެވެ. މިވަގުތު ސަހީނާ ފެންނަ ކޮންމެ މީހަކުވެސް ބުނާނީ އޭނާ އަކީ ބޮޑު މޮޔެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


wow mi part vx vvvvvvvvv reethi
Aslu vex Varah bodah thx Horror queen ???
Woooooow varah reethi mi part vez…… Can’t wait to read the next part ??
Thx Hawwa Laisha
BTW
You ge stry vex Varah reethi