އެއީ ޖުމާނާގެ އުފަންދުވަހެއްގައި ނަނގާފައިވާ ފޮޓޯއެކެވެ. ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ ތަކުގެ ތެރެއިން ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގެ ކޮޕީއެއް ޖުމާނާ އޭރު ޝިޔާޒަށްވެސް ދިނެވެ. އަހަރެން މިހާރު ޝިޔާޒް މަތިން އެހާ ބޮޑަށް ހަނދާންވަނީ ކީއްވެ؟… ޖުމާނާ އަށް މަޑު މަޑުން ބުނެވުނެވެ. އަދި ފޮޓޯގައި ފިރުމައިލިއެވެ. ޝިޔާޒް އިނީ ކޮމްޕިއުޓަރ ރޫމްގައި މަސައްކަތެް ކުރާށެވެ. ސެކްޝަނުގެ އެހެން މުވައްޒަފުންވެސް ތިބީ މަސައްކަތުގައެވެ. މާހިން ގޮސް ޓީވީ ހުޅުވައިލިއެވެ. ޓީވީން […]
”ހޫމް… ނާހިލް މީ…. އީމް ކީއްވެ ނަމްބަރ ޗޭންޖް ކުރީ.. ރުޅިއައިސްގެންތަ؟ ނާހިލް އެހެން އަހާލުމުން އީމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނާހިލް އަކީ ޒޭންގެ ކުރިން އީމާ ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ. އޮސްޓްރޭލިޔާގެ ކޮލެޖް އެއްގައި ކިޔެވި ދުވަސްވަރުގައި ރައްޓެހިވެގެން ދެ އަހަރު ވަންދެން އުޅުމަށްފަހު ކާއިވެނި ކުރަން މާލެއަށް އައިތަނާހެން ނާހިލް އަށް 1 އަހަރު ދުވަހުގެ ސްކޮލާޝިޕް އެއް ލިބުމުން އަނބުރާ އޮސްޓްރޭލިޔާ ދާންޖެހުމުން އީމާ ހުރީ ނާހިލް ދެކެ […]
ނަޖުވާގެ ހިތަށް އަރަމުން ދިޔައެވެ. ޝިޔާޒް އަށް ވެގެން އެއުޅެނީ ކީތް ބާއްވައެވެ؟ އޭނާ އަހަންނާދޭތެރޭ ހިތްހަމަ ނުޖެހިގެން އެއުޅެނީ ކޮންކަމަކާ ބާވައެވެ؟ އަހަންނަށް ކީއްކުރެވުނީ ބާވައެވެ.؟ ޝިޔާޒް މިހާރު އަހަންނާއެކު ލޯބިން ކުޑަ ވަގުތުކޮޅެއްވެސް ހޭދައެއް ނުކުރެވެ. އަބަދުވެސް ހީވަނީ ކޮންމެވެސް ކަމަކާ އަހަންނާ ދޭތެރޭ ހިންހަމަނުޖެހިފަ ހުންނަހެންނެވެ. ” ކީއްވެ ޝިޔާޒް ނަޖޫއާ ދޭތެރޭ ހިންހަމަ ނުޖެހެންވީ؟..” ޝާނާ އެހިއެވެ. ޝާނާ އަކީ ނަޖުވާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެމީހުން ވާހަަދައްކަން ތިބީ […]
“މަށަށް ޖެއްސުމެއް ކޮށްފަދޯ މީ. ކުޅިކަމުން އަނގައަށްލާން ނުކެރޭމި. ރަހައަކުން ރަހައެއް ނުލާ” ޒުބޭދާ ބާރަށް ބުނެލިއެވެ. ރާޔާގެ މޫނުން ދިލަނަގަންފެށިއެވެ. ރާޔާ ބޭނުންވީ އަވަހަށް މޫނު ސާފުކޮށްލަން ދާށެވެ. ރާޔާ ލޮލުން ކަރުނަ ފޮހެލިއެވެ. މީރުކޮށް ކައްކަން ނޭނގުނަސް އޭނާ އެ ކެއްކީ ކެއްކޭނެ އެންމެ މީރުކޮށެވެ. ނަމަވެސް ޒުބޭދާ ރުޅި އައިސް ބަލަން ހުރުމުން އޭނާއަށް އެތަނުން ދާކަށް ނުކެރުނެވެ. “ބުނާކަމެއް ރަގަޅަށް ކުރަން ނޭނގެންޏާ ގޮސް ރަށުގައި ހުރޭ. ކޮންމެހެން މަށަށް ޖެއްސުން […]
ލަޔާލީ ހަށަމްބަނދެގެން ހުރެ ލޫކަސް އަށް ވިސްނުވައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ލަޔާލީ ހިތުގައި އަބަދުވެސް ވަނީ ޒޭންގެ ނަމެވެ. ނަމަވެސް ލަޔާލީ ޒޭން މަތިން ހަނދާންކުރާކަށް މިހާރަކު ބޭނުމެއްނޫނެވެ. *********** މެންދަމުގެ ވަގުތެކެވެ. އީމާ އޮތީ ނިދާފައެވެ ހޭލެވުނީ ފޯން ރިންގ ވާއަޑަށެވެ. ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ފޯނު ނަގައި ފޯނަށް ބަލައިލިއެވެ. ގުޅީ ޒޭން އެވެ. އީމާ އަވަހަށް ފޯން ނަގައި ކަންފަތުގައި ޖެހިއެވެ. ” ހަލޯ!…” އީމާ […]
ޝިއާޒް ހުރީ ފާހަނާގައި ފެންވަރާށެވެ. މާގަނޑުން ފެންތައް ޝިޔާޒްގެ މޫނަށް އޮހެމުން ދިޔައިރުވެސް ޝިޔާޒްގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ ޖުމާނާގެ ރީތި ތަސްވީރެވެ. ހަނދާކުރަން ބޭނުން ނުވިޔަސް ޝިޔާޒް ހިތުގެ އަޑީގައި އަދިވެސް ވަނީ ޖުމާނާގެ ނަމެވެ. ދުވަހަކުވެސް އެ ނަމަށް ފަނޑުކަމެއް އައްނާނެހެންނެއް ހިޔެއްނުވެއެވެ. ޖުމާނާ ގުޅުމުން ޝިޔާޒް ރުޅިއައިސްފަ ވާހަކަ ދެއްކި ނަމަވެސް، ހަގީގަތުގައި ޖުމާނާއައްޓަކައި ޝިޔާޒްގެ ހިތުގައި އަދިވެސް ވަނީ ލޯތްބެވެ. “ޖުމާ..!”ޝިޔާޒް މަޑުމަޑުން އެނަން ކިޔައިލިއެވެ. ޝިޔާޒަށް ހީވަމުން […]
ޖެހިގެން އައި ދުވަހު އިސްމާއިލް ރާޔާއާއި ކައިވެނިކޮށް މާލެދާން ފުރައިފިއެވެ. އެންމެ ފަހު ވަގުތު ކޮއްކޮމެން ރާޔާއާއެކު ގެންނަން އިސްމާއިލް އެއްބަސްނުވީއެވެ. އެކަމާ ރާޔާ ވަރަށް ދެރަވެ ރުއިއެވެ. މަންމަގެ އަޅާލުމެއް ކޮއްކޮމެންނަށް ނުލިބޭނެކަން ރާޔާއަށް އެނގެއެވެ. ނަމަވެސް އިސްމާއިލްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. މާލެ އާދެވުމާއިއެކު އިސްމާއިލް އޭނާގެ ގެއަށް ރާޔާ ގޮވައިގެންދިޔައެވެ. ގެއަށް ވަނުމާއެކު ރާޔާއަށް ފުރަތަމަވެސް ފެނުނީ ސޯފާގައި ދެފައި ވަށްކޮށްލައިގެން ހިންދީ ޑްރާމާއެއް ބަލަން އިން މެދު އުމުރުގެ އަންހެނެކެވެ. […]
އެއީ ދަންނަ އަޑެއްހެން ޝިޔާޒް އަށް ހީވިއެވެ. ނަމަވެސް އެއީ ކާކުގެ އަޑެއްކަން އެވަގުތު ޝިޔާޒްގެ ހަނދާނަކަށް ނައެވެ. ” ތީ.. ކާކު؟…” ޝިޔާޒް އެހިއެވެ. ” އަހަރެން މީ ކާކުކަން ޝިޔާޒް މިހާރު ހަނދާން ނެތިދާނެ ….. އެކަމަކު ކުރިން އަހަންނަކީ ޝިޔާޒްގެ ވަރަށް ގާތް މީހެއް….. ޝިޔާޒް ދުރުގައި އުޅެން އުނދަގޫވި މީހެއް…. އެމީހަކާނުލައި ޝިޔާޒް ނޭވާއެއްލާންވެސް ދަތިިވި މީހެއް… މިވަރުން މިހާރު އަހަންނަކީ ކާކުކަން ޝިޔާޒް އަށް ވިސްނިދާނެ…” އެކުއްޖާ ބުންޏެވެ. […]
އޮފީހުން ނިމިގެން ޝިޔާޒް އައިސް ގެއަށް ވަންއިރު ދަރިފުޅު، މަލްޝާ އިނީ ކާރޓޫން ބަލާށެވެ. ޝިޔާޒް ފެނުމާއިއެކު މަލްޝާ ސޯފާއިން ތެދުވެގެންގޮސް ޝިޔާޒްގެ ގައިގައި ބައްދައިލިއެވެ. ޝިޔާޒް ހިނިތުންވެލަމުން މަލްޝާގެ ބޮލުގައި ފިރުމައިލިއެވެ. މަލްޝާވެސް ހިނތުން ވެލިއެވެ. ޝިޔާޒް ގެއަށް އަތުވެއްޖެނަމަ މަލްޝާ، ޝިޔާޒް ކައިރިން ދުރަކަށް ނުދެއެވެ. މަލްޝާއާ ލޯބި ކޮށްލަމުން ޝިއާޒް މަލްޝާ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. އޮފީހުގައި މަސައްކަތް ބުރަ ދުވަހަކަށްވާތީ ޝިޔާޒް އިނީ ވަރުބަލިވެފައެވެ. އެހެން ނަމަވެސް ކައިރީގައި […]