މެންދުރުގެ ވަގުތެވެ. ނަމަވެސް ސްޕެއިންގެ މަގުތަކުގައި ހޫނުގެ އެއްވެސް އަސަރެއްނެތެވެ. ދުވަސްކޮޅަކީ ސްނޯ ވެހޭ މޫސުންކަމުން އެންމެންވެސް ފެންނަނީ ބޮޑު ކޯޓުލައި ފިނިން ރައްކާތެރިވުމައް މަސައްކަތްް ކުރާތަނެވެ. ވެހެމުން ދިޔަ ސްނޯ އިން “ގޯލްޑް ރޯސް” ގޭމީހުނަށް އުނދަގޫ ނުވާނެފަދައިން މަސައްކަތުމީހުން ދިޔައީ ސްނޯތައް ދުރުކޮށް މަގު އޮމާން ކުރަމުންނެވެ. “ގޯލްޑް ރޯސް” އަކީ ސްޕެއިންގެ އެހިސާބުގައި ހުރި އެންމެ ޝާހީ މުއްސަނދި އާއިލާގެ ގެއެވެ. ގެޔައް ވަނުމަށް އިން ބޮޑު ގޭޓުން ފެށިގެން ވަންނަ ދޮރާއި ހަމައަށް ރަތް ދޫލަ އަޅާފައިވީއިރު، ގޭގެއެކި ފަރާތް ތަކުގައި މާމެލީގެ އެކިވައްތަރުތައް ހުރި އިރު ވަރަށްވެސް ހިތްގައިމެވެ. ގޭގެ އަނެއް ފަރާތުގައި އެކި ވައްތަރުގެ މޭވާ ގަސްގަސް ހުރި އިރު ހުރިހާއެއްޗެއްވެސް މިގެއިން ލިބޭ ފަދައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މިގޭގައި ދިރިއުޅެނީ ސްޕެއިންގައި އެންމެ މުއްސަނދި މީހުންތެރެއިން 2 ވަނައިގައި ހިމެނޭ ދެމަފިރިންނެވެ.
ޒަވްޔާއަކީ ސްޕެއިންގައި އެންމެ މަގުބޫލު އެއް ކްލިނިކްކަމަށްވާ ޔޫރޯލޮޖީ ކްލިނިކް އެއްގެ ސީއީއޯއެވެ. ޒަވްޔާއަކީ ސްޕެއިންއަށް ނިސްބަތްވާ އަންހެނެއް ނަމަވެސް ޒަވްޔާ އިނދެގެން އުޅެނީ ރާއްޖެ މީހަކާއެވެ. ހދ ނޭކުރެންދޫއަށް ނިސްބަތްވާ ޔޫސުފްއަކީ ރާއްޖޭގެ ތިން ރިސޯޓެއްގެ ސީއީއޯއެވެ. ނަމަވެސް ޔޫސުފް ދިރިއުޅެމުން ދިޔައީ ޒަވްޔާއާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޒެވިއާރް އާއި އެކު ސްޕެއިންގައެވެ.
ބަދިގެ ތެރޭގައި ކައްކާއިންތައް ދިޔައީ ތަފާތު އެކި ކެއުންތައް ތައްޔާރު ކުރަމުންނެވެ. އެއެންމެނަށް ސިހުންގެނުވީ ސިޓިންގ ރޫމް އިން އެއްޗެއް ތެޅުނު އަޑުއިވުމުނެނެވެ. އެންމެން އެންމެންގެ މޫނަށް ބަލައިލެވުނީ ބިރުންހުރެއެވެ.
ސިޓިންގ ރޫމްގައި ހުރި ޒެވިއާރްގެ މޫނު މަތީގައިވީ ރުޅިވެރި ކަމެވެ. ސޯފާގައި ޔޫސުފްއާއި ޒަވްޔާ އިން އިރު ބެލެވޭ ގޮތުންނަމަ އެމީހުން ބުނި އެއްޗަކުން ޒެވިއާރް ހުރީ ހިތްހަމަ ނުޖެހިފައެވެ.
“ބައްޕަ ކައިރީ އަހަރެން ކުރިންވެސް ބުނިންދޯ އަހަރެން މީހަކާ އިންނާކަށް ބޭނުމެއްނޫނޭ؟ އަދި އެވެސް އެހާ އަވަހަށް. އަންހެނުންނަށް އެނގޭނި ބޮލުގަ ކޮށަން އެކަނި. މަށަކަށް އަންހެނަކު ނުގެންގުޅެވޭނެ. އެބޮޑު ބޮލުގަ ރިހުމެއް. އެހެން ނޫނަސް މިހާރު އެންމެންވެސް ބޭނުންވާނީ ފައިސާ. އަހަރެން ކަހަލަ މުއްސަންޖެއް ދެކެ އެއްވެސް އަންހެން ކުއްޖަކު ލޯއިތްބެއް ނުވާނެ. ލޯބިވާނީ މަގޭ ފައިސާދެކެ. އަދި ތިކިޔަނީވެސް ރާއްޖެ ކުއްޖަކާ އިންނަން. ހެލް ނޯ.. ޖަސްޓް ނޯ” ޒެވިއާރް ވާހަކަ ދައްކަމުން ދިޔައީ ސްޕެނިޝް އިންނެވެ. ޒެވިއާރް ގެ ރާގުންވެސް އެކައިވެންޏައް އޭނާ ނުރުހޭވަރު ދިޔައީ ހާމަވަމުންނެވެ.
“ޒެވިއާރް. ބައްޕަ ނުބުނަން ތިއީ މުޅިން ދޮގެގޭ.. އެކަމަކު ހުރިހާ އަންހެން ކުދިން ތިހެނެއްވެސް ނުވާނެ. ދެން ތިބުނީ ބޮލުގަ ކޮށާނީ އޭ. އެއީ މަންމަން ކުއްޖެއް” ޔޫސުފް ބުންޏެވެ.
“މަންމަނެކޭ؟؟ ދެން މަދެވަން ތިއުޅެނީ ނުކުޅެދޭ ކުއްޖަކަށް؟ ހާދަ ހެއްވައޭ.. މަގޭ ރެޕިއުޓޭޝަން ހަލާކު ކުރާނެ ގޮތެއް ނޭނގިގެންތަ މަންމަމެން ތިއުޅެނީ؟” މިފަހަރު ޒެވިއާރްވެސް ވާހަކަ ދެއްކީ ދިވެހިންނެވެ. އެއްޗެކޭ ނުބުނެ އިން ޒަވްޔާ ތެދުވެ ވާހަކަ ދައްކަންފެށީ ދެބަފައިންގެ ޒުވާބު މާހޫނުވާން އުޅޭހެން ހީވާން ފެށުމުންނެވެ.
“ދެން ނިމުނީ. ނުކުޅެދޭ ކުއްޖެއްވިއްޔާ ކީއް؟ ޒެވިއާރްގެ ހުރިހާވެސް މައްސަލައަކަށްވީ ބޮލުގަ ކޮށާނެތީއެއްނުން؟ ގައިމުވެސް މަންމަން ކުއްޖަކު ބޮލަކު ނުކޮށާނެ. ޒެވިއާރް ޖެހޭނީ ހަމަ މިކައިވެނި ކުރަން. އަންނަ ހޯމަ ދުވަހު ރާއްޖެ ދާން ތައްޔާރުވޭ!” ޒަވްޔާ އެންމެ ފަހުގެ ނިންމުން އިއްވާފައި އެތަނުން ނިކުމެގެން ދިޔައެވެ. ޒެވިއާރް ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ.
ދުވަސްކޮޅަކީ ރާއްޖެއަށްވެސް އެންމެ ވިއްސާރަ ދުވަސްކޮޅެވެ. ކޮޓަރީގައި ހުރި ޖާލި ދޮރު ކައިރީ ހުރި 18 އަހަރުގެ ލުބައިނާ ހުރީ ވެހެމުން ދިޔަ ހިމަފޮދު ވާރޭއަށް ނަޒަރު ހުއްޓާލައިގެންނެވެ. ވެހެމުން ދިޔަ ބޯވާރޭއިން ލުބައިނާގެ މާޒީ އޭނާއަށް ދިޔައީ ހަނދާން ކޮއްދެމުންނެވެ. އެބިރުވެރި ދުވަހެވެ. ލުބައިނާގެ ދިރިއުޅުން އެފުއް މިފުށައް ޖެހުނު އެވިއްސާރެ ދުވަހެވެ.
“ދޮންތީ..” ޙިޔާލު ތަކުން ލުބައިނާއަށް ނުކުމެވުނީ ލުބައިނާގެ ކޮއްކޮ ލުބާންގެ އަޑަށެވެ. ކުޅަދާނަކަމާއި އެކު ކަރުނަތައް ހިންދާލަމުން ލުބާންއާއި ދިމާލަށް ބަލައިލަމުން ލުބައިނާ ހީލިއެވެ.
“މަންމަމެން އެ ދައްކަނީ ތެދުވާހަކައެއްތަ؟ ދޮންތި ހަމަ މެރީ ކުރަނީތަ؟؟” ލުބާން އަތުގެ އިޝާރާތުން ބުނެލިއެވެ. ލުބައިނާ އިސްޖަހާލިއެވެ. ތުންކޮޅު ފިއްތާލަމުން ބޯޖަހާލިއެވެ. “ކާކު؟؟” މަޑު އާހް އަކާއި އެކު ލުބާންއަށް އަހާލެވުނެވެ.
“ޒެވިއާރް؟” ފޯނުގައި ލިޔެފައި ދެއްކި އެނަން ކިޔާލާފައި ލުބާން އެއްސެވެ. “އެކޮންހަކަލަ ނަމެއް؟ ރާއްޖެ ނަމެއްހެން ހިޔެއްނުވެ” ލުބާން ބުނެލިއެވެ.
“ޔެސް. އެއީ ހާފް މޯލްޑިވްސް، ހާފް ސްޕެއިން ކުއްޖެއް. 20 އަހަރު.. ސްޕެއިންގަ އޭނަ އުޅެނީ.. އަންނަ ހޯމައިގައި އޭނަ އާދެއޯ ރާއްޖެ.. އައީމަ ރަންކިޔުމުގެ ކަންކަމާ އުޅެން އެކިޔަނީ..” ލުބައިނާ އިޝާރާތުން ބުނެލިއެވެ. ލުބާންއަށް ބުނާނެ އެއްޗެއް ނޭނގުމުން ލުބައިނާގެ ކޮނޑުގައި ފިރުމާލިއެވެ. ކޮއްކޮގެ އަޅާލުން އިހުސާސް ވުމުން ލުބައިނާއަށް ރޮވުނެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ލައިނާގެ ސިކުނޑިދިޔައީ ހަލަބޮލި ވަމުންނެވެ. އަތުގެ ނިޔަފަތިތައް ހެފެމުން ދިޔަ އިރު މީގެ 2 އަހަރު ކުރީގެ އެހާދިސާ އޭނާގެ ދެލޯ ކުރިމަތީގައި ސިފަވަމުން ދިޔަ ކަހަލައެވެ. ލެއިން ތަތްތެޅިފައި އޮތް ލުބައިނާގެ ހަށިގަނޑު ދެލޯ ކުރިމަތީގައި ސިފަވަމުން ދާފަދައެވެ.
“އަޅުގަނޑުމެން ހެދި ޓެސްޓުތަކުން ލުބައިނާވަނީ ރޭޕް ކޮއްލެވިފައިކަން މިހާރު ކަށަވަރުވެއްޖެ. ނަމަވެސް އޭގެ ކުރިން ތޫނު އެއްޗެއްގެ ހަމަލާއެއް ކަރަށް އަހިސްފައި ކަމަށް ބެލެވެނީ.. ލުބައިނާގެ ވޮއިސް ބޮކްސް ވަނީ ހަލާކުވެފަ. ދެން ދުވަހަކުވެސް ލުބައިނާއަކަށް ވާހަކައެއްނުދެއްކޭނެ…” ޑަކްޓަރުގެ އެ ޙަބަރު ލައިނާގެ ކަންފަތުގައި އަދިވެސް އިވެމުން ދިޔައެވެ. އެފަދަ ޙަބަރެއް ލިބުމުން ހަލާކު ނުވާނީ ކޮން މައެއްގެ ހިތެއް ހެއްޔެވެ؟
ޙިޔާލުތަކުން ލައިނާއަށް ނުކުމެވުނީ އާދިލް ކޮޓަރިއަށް ވައިން އަޑަށެވެ. “ލައިނާ ކޮން ފިކުރެއްގަ؟” ލޯބިވާ އަނބިމީހާގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަ ތިކިތައް ފެނި އާދިލް ހާސްވެފައި އެއްސެވެ.
“މަގޭ ދަރިފުޅު… އަޅެ އެދުވަހު އެމީޓިންގ ގަނޑު ކެންސަލް ކޮއްލާފައި ލުބާ ގާތަށް ދެވުނު ނަމަ.. މަގޭ ދަރިފުޅު ނުކުޅެދޭ މީހަކަށްވީ އަހަރެންގެ ސަބަބުން…” ލައިނާ ރޮމުން ބުނެލިއެވެ. “ދެރަނުވޭ ލައިނާ.. ﷲ އިރާދަ ކުރެއްވިއްޔާ ޒެވިއާރް އާއި ކައިވެނި ކުރެވުނީމަ ދެން އަހަރެމެންގެ ލުބައިނާ ހުންނާނީ ރައްކާތެރި ކަމާއި އެކު.. އިންޝާ ﷲ” އާދިލް ބުނެލިއެވެ. ލުބައިނާ އަވަހަށް ކައިވެނި ކުރުވަން އެދެމަފިރިން ނިންމި ސަބަބަކީވެސް އެއީއެވެ. ލުބައިނާއަށް އެހެން ހެދި މީހަކު އަދިއަދަށް ދާންދެންވެސް ފުލުހުންނަށް ވަނީ ނުހޯދިފައެވެ. ދެވަނަ ހަމަލާއެއް އަހިސްދާނެތީ އެދެމަފިރިން އަދިވެސް ހުންނަނީ ބިރުންނެވެ. ނަމަވެސް އެކަން ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ކުރެވުނު ހުރިހާ ކަމެއް އެދެމަފިރިން ކުރާނެ ކަން ގައިމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







MI PART VES V REETHI MASHA ALLAH
CURUOUSLY WAITING FOR NEXT PART
KEEP IT UP
ZEVIAAR KAIVENI KURAANEBAA
MI PART KIYAAFA ROVIJJE
I APPRECIATE YOUR HARD WORK
YOUR MY FAV AUTHOR
LOVE YOU SHIHAA
jazaakallah khairan 🫶🏻
in sha allah friday ga next ep.. next ep ga ingeyne if there rlly getting married or not hehe
lyt cutie girl
woww… maasha allah mi part vrh reethi
i think this is gonna top my fav list bcz i love spain
ur soo talented
keep it up
luv ur stories
jazaakallah khairan
hehe rlly? i guess i choosed the right country dhw hehe
🫶🏻🫶🏻
Maaashaa Allah feshumun vx vaahakaige dhn huri parts thakah interest vehje…
Anehkaa zeviar baa lubaina rape kohly….
Who is alakaa??
Next part ga ekuhjaa ge vaahaka annaaney dhw????
Whn next????
jazaakallah khairan 🫶🏻
hehe neynge dhw balamaa
Alakaa annaany ep3 ga 🫶🏻
in sha allah friday ga
Wow mashallah vrh reethi mi part ves
Kn iraku next part kiyaalan libeyni
Vrh curious cant wait hama
Love you shiherr
Keep your good work
jazaakallah khairan 🫶🏻
in sha allah friday ga
lyt gurlll
Very inspiring and fantastic 💗💗💗💗
This is like mulhin thafaathu vaahaka eh!!
You ge stories are the best 👏👏👏👏
Lyssssm shierr!!
When next??
Lubainaa ah ehen hedhi meehaku, xaavier should find out like a detective✨✨
jazaakallah khairan 🫶🏻
Lyt
Hehe balamaa dhw 🫶🏻
Maashaa Allah
Mi feshunu aa vaahakaige feshun v v reethi
Curiously waiting for the next
Keep it up
I appreciate your hard work
When next???
jazaakallah khairan 🫶🏻
in sha allah friday ga
Varah loabi!
Lubaina ah veegoii v sad!
I hope Xavier loves her!
Jazaakallah khairan🥹🫶🏻
heyyy shiherrrr
nice to see spain story eh veema.. vrh interesting vaane hn heeveyy.. can’t wait for next ep..
when next?
love u
hehe jazaakallah khairan hope you’ll love it
in sha allah on friday
lyt
not bad but xavier better man up and treat lubaina right cuz i had enough of stories where the man is straight up toxic and mistreat the girl and poor lubaina she deserves the world
hehe let’s see dhww jazaakallah khairan ummeedhu kuran mi vaahaka kamudhaane kamah🫶🏻
Hii shihaa..! I read your stories and i absolutely love them . I love this story too 🥰. Ma sha allah you are a talented author ❤️. But can you make next parts a little bit longer if possible. No hate. Hama vaahaka kiyaa hithun 🫶🏼.
Jazaakallah khairan 🫶🏻
Collage ga ulheytheeve aslu ehaa dhigu koh nuliyeveny but i write 700 words every ep ga
Really love this part
I really appreciate your haed work
I’m at a lost for words to describe how beautiful this story is
Ly shiherrr <3
Awwwwn jazaakallah khairan🥹🫶🏻
Lyt