Skip to content
އެސްފިޔަ

ވަފާތެރިކެހިވެރިޔާ

ފިރިހެނުންނަކީ ހަމަ އަންހެނުންކަހަލަ އިންސާނުން ހެއްޔެވެ؟ ނުވަތަ އެއީ އިންސާނުންގެ ސިފައިގައި ހުރި ޖަނަވާރުން ނޫންބާއެވެ؟ ނޫނެކެވެ. ޖަނަވާރުންނެއްވެސް ނޫނެވެ. އެއީ ކޮންމެވެސް އެހެން ކަހަލައިގެ މަޙްލޫގެކެވެ. އަންހެން ކުއްޖަކު ނަމަ އަބަދުވެސް ހުންނަން ޖެހެނީ ފިރިހެނެއްގެ ބެލުމުގެ ދަށުގައެވެ. އެކަމަކު މިހާރު އިތުބާރުކުރެވޭނީ ކޮން ފިރިހެނަކަށް ހެއްޔެވެ؟ އަހަރެންގެ ނަމަކީ ލައިކާއެވެ. 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަހަރެންނަކީ ވާހަކަ ލިޔުންތެރިއަކީމެވެ. އަހަރެންގެ މިވާހަކައިގެ މަގްދަސަކީ ބޮޑުވަމުން މިއަންނަ ޒުވާން ކުދިންނަށް ފިރިހެނުންނަކީ ކިހާބިރުވެރި މަޙުލޫގުންކަން އަންގައިދިނުމެވެ.

އޭރު އަހަރެންނަށް 15 އަހަރެވެ. ޒުވާންކަންމަތީގައި ފޮޅެމުންއައި ތާޒާމަލަކީމެވެ. އަހަރެންނަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ ދުނިޔެ އުޖާލާވީ އެންމެ ބޮޑުކަމަކީ އެއީއެވެ. އަހަރެން ބޮޑުވެގެން ވާންބޭނުމީ ފުލުހަކަށެވެ. ނުވަތަ ސިފައިންގެ މީހަކަށެވެ. އަހަރެން ގަބޫލު ކުރާގޮތުގައި މީހުން އެއްޗެހި ނުގޮވާނޭ ވަޒީފާއެއް ނޯންނާނެއެވެ. އެހެންނަމަވެސް އެއީ އެންމެ ގަދަރު ލިބޭނެ ވަޒީފާކަމުގައި އަހަރެން ގަބޫލު ކުރީމެވެ. ނަމަވެސް..

އެއްދުވަހެއްގެ މެންދުރެވެ. މެންދުރޭ ހަމައެކަނި ބުނެލެވޭވަރެވެ. ބޯކޮއްވިއްސާރޭ ވެހެމުން ދިޔައެވެ. އަހަރެން ބޭރަށް ނުކުތީމެވެ. ވާރެއާއި ތެމިލާށެވެ. “ކޮއްކޯ….” ވާރޭގެ ހިތްގައިމު އަޑުގެ ތެރެއިން އަހަރެންނަށް ފިރިހެނެއްގެ އަޑުއިވުނެވެ. ބިންމަތީގައި ދަނޑި ބުރިއެއް ހިފައިގެން އިން މެދު އުމުރެއްގެ ފިރިހެނަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. “ކިހިނެތްވީ ބޭބޭ؟” އަހަރެން ގޮސް އޭނާ ގާތުގައި އެހީމެވެ. “ކޮއްކޯ.. ބޭބެ ގެޔާއި ހަމައަށް ގެންގޮސްދީބަލަ. މިދަނޑިގަނޑު ހިފައިގެން ދެންމެވެސް ކައްސާލީމި.. ހެޔޮނުވާނެ” ވޭނީ އަޑަކުން އޭނާ ބުނެލިއެވެ. އަހަރެން ބޯޖަހާލާފައި އޭނާ ތެދުވުމަށް އެހީތެރި ވެދިނީމެވެ.

އެމީހާބުނި މަގުތަކުން ގޮސް އަހަރެންނަށް އޭނާގެ ގެއާއި ވާސިލްވެވުނެވެ. އެމީހާ ޝުކުރު އަދާކުރިއެވެ. ބަދަލުގައި ޖޫސްތައްޓެއް ބޯން އިށީނުމައް އޭނާ އެދުނެވެ. އަހަރެން އެއްވެސް ޙިޔާލެއް ފިކުރެއް ނެތި އެއްބަސްވީމެވެ. ހިނދުކޮޅެއް ފަހުން އޭނާ ގެނެސްދިނީ އަނބު ފަނިތައްޓެކެވެ. އަހަރެންނަށް އެންމެ މީރީވެސް އަނބު ފަންޏެވެ. އަހަރެން އުފާވެލާފައި އޭގައި ހިފާ އެއް ނޭވާއިން އެބޯލީމެވެ. އަހަރެން ޝުކުރިއްޔާއޭ ބުނެ ހިނގައިގަންނަން ތެދުވީމެވެ. ނަމަވެސް ބޮލަށް އެރި ތަދުން މަޑުކުރަން މަޖުބޫރުވިއެވެ. ދެންވީނުވީއެއް އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންނަށް ހޭވެރިކަންވީއިރު އަހަރެން އޮތީ ކުޑަ ކޮޓަރިއެއް ތެރޭގައެވެ. ކޮޓަރިތެރޭގައި އިން ޖާލި ދޮރުން ކޮޓަރި ތެރެއަށް އެޅެމުން ދިޔަ ފުރިހަމަ ހަނދުގެ އަލިނޫން އެހެން އެއްވެސް އަލިކަމެއް އެކޮޓަރިތެރެއަކު ނެތެވެ. “އާހް…” އަހަރެންގެ ދަށް ބަނޑުގައި އަޅަމުން ދިޔަވޭން އިހުސާސްވެ އަހަރެންނަށް މަޑުން ބުނެވުނެވެ. އެވަގުތު ދެލޯ ތަންމިނައް ހުޅުވުނީ އަހަރެންގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތްކަން އެނގުމުންނެވެ. އަހަރެންނަށް މިނިވަން ކަމާއި އެކު ތެދުވެވުނެވެ. ނަމަވެސް އެކޮޓަރިދޮރު ހުރީ ތަޅުލާފައެވެ. އަހަރެން ހާސްވިއެވެ. ހިތުގައިވީ ބިރުވެރިކަން ދެގުނަވެލީ ބޭރުގައި ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެންނެވެ.

3 ފިރިހެނުންވެގެން އެދައްކަނީ އަހަރެން ގަޔަށް އެރިވާހަކައެވެ. ޒުވާންޅަ ކުއްޖެއްގެ ގަޔަށް އެރުމުން އެފޮނި ކަނޑަމުން ދިޔައީ ކުރެވުނީ މާ މޮޅުކަމެއްހެން ހީވެގެންނެވެ. އަހަރެންގެ ހަށިގަނޑުގައި ހުރިހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނީ އެއްކަލަ ބޭބެގެ އަޑުއިވުމުންނެވެ. އެހެންވެ މީނާގެ ބޭނުމަކަށް ވީ އަހަރެންގެ ހަށިގަނޑުތާއެވެ؟

އަހަރެން އަވަސްވެގަތީ އެތަނުން ނުކުމެވޭނެ ގޮތެއް ހޯދުމަށެވެ. އަހަރެންގެ ނަސީބުވެސް ރަނގަޅީއެވެ. ފާރުގައި ހަރުކޮއްފައި ހުރި ފިލާތައް ފީވެފައި ހުުރުމުގެ ސަބަބުން ވަރަށް ފަސޭހައިން އެހަލާކު ކޮއްލެވުނެވެ. ދެން އަހަރެން ބެލީ އަހަރެންގެ ހަށިގަނޑު ނިވާކުރާނެ އެއްޗެއް ހޯދުމަށެވެ. ބިންމަތީގައި ވީދާލާފައި އޮތް އަހަރެންގެ ހެދުންފެނި އަހަރެންގެ ހަށިގަނޑު ރޫރޫ އަޅާލިއެވެ. އެހުރިހާކަމެއްވެނިމުން އިރު ހޭނެތުމުން އެކަަމަށް ﷲ އަށް ހަމްދުކުރެވުނެވެ.

އެނދުމަތީގައި އޮތް ބެޑުޝީޓު ދަމާ ނަގާފައި އަހަރެން ހަށިގަނޑުގައި އޮޅާލަމުން ދުއްވައިގަތީމެވެ. ހަށިގަނޑުގައި އެއްވެސް ވަރެއްނެތުމުން ދެފަހަރަކު ވެއްޓެންވެސް ވެއްޓުނެވެ. ނަމަވެސް ސަލާމަތް ވެވުނީތީ ﷲ އަށް ހަމްދުކުރީމެވެ. މަގުތަކުގައި ފެނުގެ އަސަރެއް ނެތުމުން މިހާރު އޭގެ ފަހުން ދުވަސްކޮޅެއްވެއްޖެކަން އެނގި އަހަރެންނަށް ރޮވުނެވެ. މަގު ތަކުން މީހަކު ފެންނަން ނެތުމުން ވަރަށް ދަންވަގުތެއްކަން އަހަރެންނަށް ދެނެގަނެވުނެވެ. އެހެންނަމަވެސް އަހަރެންގެ ލޮލުގައި ޒުވާން ފިރިހެނަކު އަޅައިގަތެވެ. ފުރަތަމަ ބިރުގައިން ނަމަވެސް ދެން ހިތް ހަމަ ޖެހުން ލިބުނީ އޭނާ ލައިގެން ހުރި ފުލުސް ޔުނީފޯމު ފެނިފައެވެ.

“ހެލްޕް މީ…” އަހަރެން ގޮވާލީމެވެ. ސައިކަލުގައި ދިޔަ އެޒުވާނާ ފަހަތަށް އެނބުރުނެވެ. އަހަރެން ފެނުމުން އޭނާ އަހިސް އަހަރެން ގާތުގައި ހުއްޓުނެވެ. “ކޮން ކުއްޖެއް؟” އޭނާ އެއްސެވެ. “ޕްލީޒް އަހަރެންނަށް އެހީތެރިވެދީ.. އެމީހުން.. ދޭ ރޭޕްޑް މީ… އަހަރެން ސަލާމާތް ކޮއްދީ” އަހަރެންނަށް ރޮވުނެވެ. އޭނާ ހަމަ ޖެހުމައް އެދުނެވެ. އަދި އޭނާގެ ސައިކަލު ފަހަތައް އެރުމައް ބުންޏެވެ. އެއީ އަހަރެންނަށް އެޅުނު އެންމެ ނުބައި ފިޔަވަޅުކަން އެދުވަހު އެނގުނުނަމައެވެ.

އެފުލުސް މީހާ އަހަރެން ގޮވައިގެން ވަނީ ދަނޑުތައް ހަދާފައި ހުރިބަޔަށެވެ. ގަސްތަކުގެ ތެރޭގައި ހަނދުގެ އަލިނޫން އެހެން އެއްވެސް އަލިކަމެއް ނެތުމުން ވަރަށް ބިރުވެރިކަމަށް ދައްކައެވެ. ކުއްލިއަކަށް އޭނާ ސައިކަލު ހުއްޓިއެވެ. އަދި ފޭބިއެވެ. “ކި..ކިހިނެތްވީ؟” އަހަރެން އަހާލީމެވެ. ހުވާކޮއްފައި ބުނަމެވެ. އަހަރެންގެ ހިތުގެ ތެޅުން ދުވަހަކުވެސް އެހާ ބާރެއް ނުވެއެވެ. އެ އަނދިރިގަނޑު ތެރެއިން އެދެލޮލުން އަހަރެންނަށް ފެނުނީ ދަހިވެތިކަމެވެ. އަހަރެން އަވަހަށް ސައިކަލުން ފައިބާ ދުއްވައިގަތީމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ގައިގައި އެއްވެސް ވަރެއް ނެތުމުން އަހަރެން އޭނާއަށް އެއްވެސް ދަތިކަމެއް ނެތި ހިފެހެއްޓުނެވެ.

ފުލުސް ޔުނީފޯމުގައި ހުރުމުން އަހަރެންނަށް އިތުބާރު ކުރެވުނީ ޖަނަވާރަކާކަން އަހަރެންނަށް ރެއަކާލީ އެވަގުތެވެ. ހަނދުވަރުގެ އަލިން އަހަރެންނަށް އޭނާ ފެނުނީ ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. “މިވާހަކަ އެއްވެސް މީހެއް ގާތުގައި ބުނެފިއްޔާ ދެން ފެންނާނީ ކަލޭ މަންމައާއި ބައްޕަގެ މަރުވެފައި އޮތް މަސްގަނޑު! ހަނދާން ކުރާތި!” ހިތްފުރޭ ވަރުމުން އޭނާ ބުނެލިއެވެ. އޭރު ފަތިސް ނަމާދުގެ މޫރިތި ކަލިމަތަކުގެ އަޑު ފަޒާގައި ހަރުލާފައިވިއެވެ. ބަންގީގެ އަޑު އިވުނު ހަނދާންވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

އަހަރެންނަށް ދެން ދެލޯ ހުޅުވާލެވުން އިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. އަހަރެންގެ ކަންފަތުގައި ފުރަތަމަވެސް ޖެހުނީ އަހަރެންގެ ހަށިގަނޑާއި ގުޅުވާފައިވީ މެޝިންތަކުގެ އަޑާއި، މަންމަގެ ވޭނީ ރުއިމުގެ އަޑެވެ. ލޯހުޅުވާލާފައި އަނެއްކާވެސް ލޯމަރާލީމެވެ. މިމަންޒަރު މަގޭ ދެލޮލަށް ދެއްކެވުމުުގެ ކުރިން ދެލޯ ކަނުވި ނަމަ ކޮންފަދަ ހެއްޔެވެ؟ މަންމަގެ ވޭނީ އެރުއިމުގެ އަޑު އިވުމުގެ ކުރިން އަހަރެން ބީރުވިނަމަ ކޮންފަދަ ހެއްޔެވެ؟

މަންމަ އަހަރެންނަށް ކިޔައިދިން ގޮތުގައި އަހަރެން ގަޔަށް އެރި 3 މީހުން ހައްޔަރު ކުރެވުނެވެ. ބުނަން ހެއްޔެވެ؟ އަހަރެންގެ މައްސަލައިގައި އެންމެ އިސްކޮއް މަސައްކަތް ކުރިމީހަކީ އަހަރެންގެ ގަޔަށް އެރި ފުލުހެވެ. އެންމެންގެ ކުރިމަތީގައި ވަފާތެރިކަމުގެ “މާސްކް” އެއް އަަޅައިގެން އެއުޅެނީ އޭނާ ކުރި ހުވައިއަށް ބޭވަފާތެރިވެފައެވެ. ނަމަވެސް އަހަރެން ހަނު ހުރީމެވެ. ލޯބިވާ މަންމައާއި ބައްޕައަށް ޓަކައެވެ. އަޅެ ފިރިހެނުންނަކީ ކޮންކަހަލަ މަޙްލޫޤެއް ހެއްޔެވެ؟

(ނިމުނީ)

Comments (14)

  1. Vampire girl

    Hama asluvx nubai firehenakaa jehihjeyyaa vrh nubai vaane…
    Ekm rangalhu meehun vx ulheyne thaa…
    Mi zamaanuga nuvaane e kakah vx ithubaaru kuraakah…
    Anyways mi part vx varah varah reethi…

    1. Vampire girl
      Vampire girl

      Mi vaahaka

    2. shihaamaa ali
      Vampire girl

      🙂

    3. shihaamaa ali
      Vampire girl

      jazaakallah khairan
      true but, there’s no way dhw good person akaa bad person akaa faahaga kuran

  2. Ghost girl 👻

    Masha Allah 😍 mi vhk vrh reethi ❤️ love this story 😍

    1. shihaamaa ali
      Ghost girl 👻

      jazaakallah khairan Ghost girl:)

  3. Your fav bab

    Yes I totally agree that boys are.. You know “janavaarun” all thanx to some of these wicked beings!!! mulhi firihenun ge nan haraabu vany!!
    I also never trust boys.. you know NEVER
    Even ma classmates cuz they always lie🙄🙄
    I literally hate them
    Okey huthubaa akah nugos I’m ending ma comment
    Tc my loving shierrr!!!!

    1. shihaamaa ali
      Your fav bab

      hehe it’s okay
      and don’t waste your trust on a “boy” trust a “man”
      TC 2

  4. Anonymous

    Vrh reethi mi vhk ves

    1. gurrrrl
      Anonymous

      Vrh nice alheyy shiherr haadha goahey dhw emeehun e police meehaa ves yhh aslah ves boys a trust kurevey kahala zamaaneh noon alhe heyonuvaane dhw ehn hadhaakah btw vrh reethi ekm ves
      Keep going
      Love you shiherr

    2. shihaamaa ali
      gurrrrl

      yesyes frfr
      jazaakallah khairan
      lyt gurl🫶🏻

    3. shihaamaa ali
      Anonymous

      jazaakallah khairan🫶🏻

  5. ehkala koe

    vrhh true vaahaka eh
    i love this

    1. shihaamaa ali
      ehkala koe

      jazaakallah khairan 🫶🏻

Comments are closed.