Skip to content
އެސްފިޔަ

އަންހެން ކުއްޖަކަަށް ވުމުން ހެއްޔެވެ؟

“އަންހެން ކުދިންނަކީ ފީކަޅާ ބައެކެވެ” “އަންހެން ކުދިންނަކީ ފިނޑިބައެކެވެ” “އަންހެން ކުއްޖަކަށް މިވަނެ ވަޒީފާއެއް އަދާނުކުރެވޭނެއެވެ” “އަންހެން ކުދިންނަކަށް މިވަނެ ކަމެއްނުކުރެވޭނެއެވެ”

އެންމެ ފަހަރަކު ނަމަވެސް މިއިން ޖުމްލައެއް ނީވޭ އެކަކުވެސް ހުންނާނެހެއްޔެވެ؟ ނަމަވެސް އަހަރެންނަކީވެސް އަންހެން ކުއްޖަކީމެވެ. އަންހެނަކަށްވީތީ ފަޙުރުވެރި އަންހެނަކީމެވެ. އެއިން އެއްވެސް ޖުމްލައެއް އިވި އަމިއްލަމީހާއަކީ އަގެއްނެތް މީހެކޭ ހިތަކައް ނާރަމެވެ. އެންމެ ޒުވާން އުމުރުގެ ދުވަސްތަށް ގުނަމުންދާ ޒުވާނަކީމެވެ. ނަމަކީ ނާއިޝާއެވެ. ބަލާލަން ހުތުރެއްނޫނެވެ. ނަމަވެސް މާ ރީއްޗެއްވެސް ނޫނެވެ. މިޒަމާނުގެ އަންހެން ކުދިންހެން ހެދުން ލައިގެން އޮރިޔާމުންނެއް ނޫޅެމެވެ. ނިވާކަން ބޮޑު އަންހެން ކުއްޖަކީމެވެ. ދީންވެރި، ރީތި އަޙްލާގްއެއްގެ ވެރިއަކީމެވެ. އަހަރެންގެ ހަތަރިސްފައި ސަލާމަތުން އެބަހުއްޓެވެ. ބީރެއްނޫނެވެ. މަންމަނެއްނޫނެވެ. ކަނެއްވެސް ނޫނެވެ. ނަމަވެސް އަހަރެންނަކީ ނުކުޅެދޭ ކުއްޖެކެވެ. ވިހެއީންސުރެ އަހަރެންގެ “ރެޑް ގްރީން ބްލައިންޑްނެސް” ކިިޔާ ބައްޔެއް ހުރެއެވެ. އަހަރެންގެ ދުނިޔެ ހުރީ އެކި ކުލަކުލައަކު ނޫނެވެ. ރަތާފެހިންނެވެ.

ނަމަވެސް އަހަރެންނަކީ އުފަލުގައި އުޅޭ ކުއްޖެކެވެ. އަހަރެން އެންމެ ކުޑައިރުން ސުރެ ބޭނުންވީ ކޮންޕެނީއެއްގެ ސީއީއޯ ކަން އަދާކުރަންށެވެ. މިއަދު އަހަރެންގެ އެ އުންމީދު ފުރިހަމަވެއްޖެއެވެ. އަހަރެންނަކީ މިއަދު ނާއިޝާއެއް ނޫނެވެ. އަހަރެންނަކީ “އިޝާ ސްޓާރ” ނަމަކަށް ކިޔާ ސެންޓު އުފައްދާ ކޮންޕެނީއެއްގެ ސީއީއޯއެވެ. މިހާރު އަހަރެންގެ ދިރިއުޅުމުގައި މަދީ އެންމެއެއްޗެކެވެ. ފިރިއެކެވެ. ނަމަވެސް މިދުނިޔޭގައި ފިރިހެނުންނައްވުރެ އަގު ބޮޑީ ކޯއްޗެއް ހެއްޔެވެ؟ މިބުނަނީ އިންނަންވީމައި ފިރިހެންމީހާއަށް އަހަރުމެން ރުފިޔާދޭ ވާހަކައެއް ނޫނެވެ. މިބުނީ އަޙްލާގެވެ. ދީނެވެ. އަޙްލާޤު ރަނގަޅު ފަރުޟު 5 ނަމާދު ކުރާފިރިހެނަކު 10000 މީހުން ތިބި ކޮޓަރިއެއްގައިވެސް 2 މީހަކު ނުހުންނާނެކަން ގައިމެވެ. އަހަރެން ބޭނުމީ އަޙްލާގު ރަނގަޅު ފަސް ނަމާދުކުރާ ދީނަށް ލޯބި ކުރާ މީހެކެވެ.

އަހަރެންގެ އެއުންމީދުގައިވެސް ކުލަޖެހުނެވެ. އަހަރެންނަށް ފިރިއަކު ލިބުނެވެ. ނަމަކީ އުނޭޝް އެވެ. ކާވެންޏައް 1 ވީއިރު ލޯބިލޯބި ކުއްޖަކު ލިބުނެވެ. އަހަރެން ހުރީ އުފަލުގައެވެ. ދިރިއުޅުމުގައި ކާމިޔާބު މީހެއްގެ އިހްސާސް ކުރެވުނެވެ. އަހަރެން އަހަރެންނައްޓަކައި ފަޙުރުވެރިވީމެވެ. ނަމަވެސް އަހަރެންގެ ދެވަނަ ދަރިފުޅު ނިޝާ ވިިހޭ ފަހުން ކަންކަން މަޑުމަޑުން ބަދަލު ވާން ފެށިއެވެ. އޭރު އަހަރެމެންގެ ދޮށީ ދަރިފުޅު އުނައިޝްއަށް 8 އަހަރެވެ. ދެކުދިން ބަލަމުން، ވަޒީފާއަދާކޮއް އަންބެއްގެ ވާޖިބު އަދާކުރަންވުމުން އަހަރެންނައް އަހަރެންގެ އަމިއްލަ ނަފްސު ދޫކޮއްލެވުނެވެ. އޮފީހަށް ދާވަގުތު ތަކުގައި ނޫނީ ހުރެވެނީ “ހޯމް މަމީ” ހަދައިގެންނެވެ. މޭކަޕް ކުރުން ހުއްޓާލީމެވެ. ވަގުތު ނުވާތީއެވެ. އަހަރެން ފަލަ ވާންފެށިއެވެ. މޫނު މަތީގައި ބިހި ގިނަވެ ދެލޯ ވަޅުވަނެވެ. އަހަރެންގެ އޮމާން ބަނޑުގައި ދެވަނަ ދަރިފުޅުވިހަން އޮޕަރޭޝަން ކުރި ފާރުގެ އިތުރުން ބަޑު ބޮޑުވެއްޖެއެވެ. ހަންގަނޑުގައި ރޫޖެހި ހަންގަނޑުގެ އޮމާންކަން ގެއްލެން ފެށިއެވެ.

“އިޝާ.. އަންނަ މަހު މިކޮޅުގަ ފިޓްނަސް ޕްރޮގްރާމްއެއް ބާއްވާ ވާހަކަ އެބަ ކިޔާ. އަންހެނުންނައް ހާއްސަކޮއް. އިޝާ ބައިވެރިވާންވީނުން؟” އެއްދުވަހަކު އުނޭޝް އަހަރެން ގާތުގައި ބުންޏެވެ. “ދެން އުނޭ ދައްކާވާހަކަ. އަހަރެންނަކައް ތިކަމެއް ނުވާނެ. ކިހިނެތް ދަރިން ބަލަމުން ތިކަން ކުރަނީ؟” އަހަރެން ފައުޅުގައި ދެކޮޅު ހެދީމެވެ. އަހަރެން ކިހާ ގަމާރު ހެއްޔެވެ؟ އެއީ ނުސީދަލަށް އުނޭޝް އަހަރެންނައް ކުރި މަލާމާތެއްކަން އަހަރެންނަށް ނޭނގުނީ ކީއްވެހެއްޔެވެ؟

ރޭގަނޑު ވާއިރު ވަރުބަލި ވެފައި ހުރުމުގެ ސަބަބުން އަވަހަށް ނިދަން ފެށީމެވެ. ދުވާލު މާވަރުބަލި ވާތީއާއިވެސް އެކުއެވެ.  ދެވަނަ ފަހަރަށް އުނޭޝް ޝަކުވާ ކުރީ އެހެންވެގެންނެވެ. އޭނާގެ އެދުންތައް އަހަރެންނަށް ފުއްދައި ނުދެވޭތީއެވެ.

“އުނޭ. ރޭގަނޑު ވާއިރު މަފަކީރު ހުންނަނީ ވަރުބަލި ވެގެން ވެއްޓޭ ވަރުވެފަ. ދަރިންކޮޅު ނިދާ ގަޑިނަމަވެސް އަހަރެންގެ ގައިގަވެސް ހަކަތަ ހުރެގެންދޯ ކަމެއްވާނީ؟ ހަވީރުން ބޭރައް ޖައްސާލަން އުޅޭ ކުދިންކޮޅު ގޮވައިގެން؟” އަހަރެން ބުނީމެވެ. މައްސަލައާއި ހައްލަކާއިވެސް އެކުއެވެ. ނަމަވެސް އަހަރެންނަށް ލިބުނީ އަނެއްކާވެސް ސުމެކެވެ. އާއެކެވެ. “ޕާރްފެކްޓް ވައިފް” ގެ ލިސްޓްއިން އަނެއްކާވެސް ޕޮއިންޓްއެއް ކެނޑުނެވެ.

ހުރިހާކަމެއް ފެށުނީ އެހިސާބުންނެވެ. އުނޭޝް ރޭގަނޑު ގެއަށް އައުން ހުއްޓުނެެވެ. ގެއިން ކެއުން ހުއްޓުނެވެ. ދަރިންނާއި އެކު ވަގުތު ހޭދަ ކުރުން އެކީހެން ހުއްޓާލިއެވެ. ނަމަވެސް އަހަރެން ކެއްކުރީ ވަޒީފާގައި މާބިޒީވަނީ ކަމައް ހީކޮށެވެ. މަވާކިހާ ގަމާރު ހެއްޔެވެ؟

އެއްދުވަހެއްގެ މެންދުރެވެ. އޭރު އުނައިޝްވީ އިސްކޯލުގައެވެ. 1 އަހަރުގެ ނިޝާ ނިންދަވާލާފައި އަހަރެން ނުކުތީ މެންދުރަށް ބަތް ކައްކާށެވެ. ބަތްތަވާ އުދާފައި އަހަރެން ފެންފޮދެއް ބޯލީމެވެެ. އެވަގުތު ގެއަށް ބަޔަކު ވައިން އަޑުއިވުނެވެ. “ކާކުބާ؟” އަހަރެންނަށް އަމިއްލަ ނަފްސަށް އިވޭވަރަށް އަހާލެވުނެވެ. އެވަގުތު ކަންފަތުގައި ހަރުލީ އުނޭޝްގެ ހުނުމުގެ އަޑެވެ. އަހަރެންނަށް ހިނިތުންވެވުނެވެ. އުނޭޝް ގެއަށް އެއައީ އެއް ހަފްތާ ފަހުންވެެ. އަވަހަށް ސިޓިންގ ރޫމްއަށް ނުކުތީމެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅު ހުރިތާ ގާވީ ފެނުން މަންޒަރުންނެވެ.

ސޯފާގައި އުނޭޝް އިން އިރު 18 އަހަރުވަރުގެ އަންހެން ކުއްޖަކު އޭނާގެ ހަށިގަނޑާ ތަތްވެގެން އިނެވެ. ޒަމާނީ ކުއްޖެކެވެ. ލައިފައިވީ ކުރު ދަނބުކުލައިގެ ހެދުންކޮޅުން ނޭނގޭ ތަންކޮޅެއް ނެތެވެ. ހިމަތޮޅިކަމުން ހީވަނީވެސް ބިންދައިގެން ހިނގައިދާނެ ހެންނެވެ.

“އުނޭ؟؟” އަހަރެންގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. އަހަރެންގެ އަޑަށް އުނޭޝް އަހިސް އަހަރެން ކުރިމަތީގައި ހުއްޓުނީ އެކުއްޖާގެ އަތުގައި ހިފައިގެންނެވެ. “ނާއިޝާ. މިއީ ރައުލާ. މަގޭ އިންނަން އުޅޭ ކުއްޖާ” އުނޭޝްގެ އެޖުއްމްލަ އަހަރެންގެ ކަންފަތައް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. “އި…އިން…އިންނަ…އިންނަންށޭ؟ ދެން.. އަހަރެންނޯ؟ އުނައިޝްއޯ؟ ނިޝާއޯ؟” އަހަރެންގެ އަޑު ކުރެހުނެވެ. ދެލޮލުގައި ކަރުނަ ވިދާލިއެވެ.

“މަ ނުބުނަމެންނުން ނާއިޝާ ވަރި ކުރާވާހަކައެއް؟ މަހަމައެކަނި އިންނަން އުޅޭ ވާހަކަ ބުނެލީ. އަހަރެންވެސް ބޭނުން ފްލެކްސް ކުރެވޭނެ ހޮޓް ވައިފްއެއް. މަ ނާއިޝާއަށް ވިސްނަދޭން އުޅުނިންދޯ؟” އުނޭޝް އެކުއްޖާގެ އަތުގައި ހިފައިގެން ނުކުތެވެ. ރައުލާ ހެމުން ދިޔަތަން ފެނި ހިތުގައި ގަދަޔަށް ރިއްސާލި ފަދައެވެ.

އަހަރެންނަށް އިންތަނަށް ގުޅައަށް ޖެހިގަނެވުނެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އަންހެނެއްގެ ވާޖިބަކީމިއީ ނޫންހެއްޔެވެ؟ މާތް ﷲ އަންހެނުން މައިންގެ ގޮތުގައި ލެއްވުންވެސް އެކަން ހެއްކަކަށް ފުދެއެވެ. އުނޭޝްއަށް އަހަރެންގެ ހަށިގަނޑު ހަޑިވާންވީ ކީއްވެހެއްޔެވެ؟ އަހަރެންނަށް މިބަދަލުއައީ ހަމަ އޭނާގެ ދަރިން މިދުނިޔެއަށް އުފަން ކުރަން އުޅުމުގެ ތެރެއިންނެވެ. ހަމައެކަނި ވިހެއީކީ ނޫނެވެ. އެކުދިން ބޮޑު ކުރީ އަހަރެންގެ ލެއިން ބަނޑު ފުރައިދީގެންނެވެ. ގޭގެ ހުރިހާކަމަކާއި އެކުވެސް ދަރިންގެކަންކަންވެސް ބަރާބަރަށް ކުރަމުންނެވެ. އެކަން އޭނާއަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟

އުނޭޝްއާއި ރައުލާގެ ކާވެނި ކުރެވުނެވެ. ރައުލާ ބަދަލުވީވެސް އަހަރުމެންގެ ގެއަށެވެ. ގޭތެރޭގެ އެއްވެސް މަސައްކަތެއް އޭނާ ނުކުރާއިރު އަހަރެން ސާފު ކުރާތަންތައް ދިޔައީ ހަޑިކުރަމުންނެވެ. މަގޭ ދަރިންނާއި ދިމާލައް އެއްޗެހި ގޮވާ އަނިޔާކުރެއެވެ. ނަމަވެސް މިކަންކަމަށް އުނޭޝް ދިނީ ކަނު ލޮލެކެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ހަލާކުމިވީ އަހަރެން މަޔަކަށްވީމަ ހެއްޔެވެ؟ ނުވަތަ އަހަރެންގެ ހުރި ނުކުޅެދުންތެރިކަމުން ހެއްޔެވެ؟ ނުވަތަ އަންހެން ކުއްޖަކަށް ވުމުން ހެއްޔެވެ؟ އާއެކެވެ. އަންހަކަށްވީތީ ފަޙުރުވެރިވި އަހަރެން މިއަދު އަންހެނަކަށްވީތީ ހިތާމަކުރަމެވެ.

(ނިމުނީ)

Comments (12)

  1. Your fav bab

    Nice!!
    Shierrr stories varah interesting 💗💗💗

    1. shihaamaa ali
      Your fav bab

      jazaakallah khairan

  2. gurrrrl

    Vrh nice
    Shiherr red green blindness akee ves bahyeh tha adhi alah adu ivuneemi vrh reethi mi vhk ves

    1. shihaamaa ali
      gurrrrl

      jazaakallah khairan
      yesss, it’s a type of color blindness

  3. Ishu

    Vrh reethi
    I always enjoy reading ur stories
    Keep it up shiherr

    1. shihaamaa ali
      Ishu

      Jazaakallah khairan Ishu 🙂

  4. Your fav bab

    Actually that’s very true
    Girls are been discriminated
    Yaa you are a girl so you don’t get to do this and that
    And sometimes ppl prevent girls from sharing thoughts and opinions
    Ppl are somehow ridiculous
    Well done shierrr for your amazing stories ❤❤❤
    ( I didn’t get time to comment earlier but I commented because I wanna be the first to comment. Now my comment comes…😁)

    1. shihaamaa ali
      Your fav bab

      yesyes frfr
      jazaakallah khairan for all the support you give <3

  5. ava

    the audacity of men like this will never surprise me i hope women can find courage to leave trash man like this cuz you deserve sm better

    1. shihaamaa ali
      ava

      yesyes

  6. ehkala koe

    heyyy shiherrr
    mi vaahaka vx varah reethi as usual.. your the bested author frr

    1. shihaamaa ali
      ehkala koe

      jazaakallah khairan

Comments are closed.