Skip to content
އެސްފިޔަ

ފުރާނައިގެ ދިރުމޭތިއީ ޓްރެއިލާރ

ފަތިހުގެ ފިނިކަން ފިލައި ޖައްވައް އިރުގެ ހޫނުކަން މަރްހަބާކީ އިރު، އެކި އުމުރު ފުރައިގެ ކުދިންތައް ސުކޫލައް ދިޔުމައިގެން ފިޔަވަޅުތައް ހަލުވި ކުރަމުން ދިޔައެވެ. އުމުރުން 16 އަހަރުގެ ލުބައިނާވެސް މިކުދިން ތެރޭގައި ހިމެނުނެވެ. ސްކޫލް ޔުނީފޯމުގައި ހުރި އިރު އަތުގައި ގްރޭޑް 10 ގެ ޕާސްޓް ޕޭޕަރުތައް އޮތެވެ. އިސްޖަހާލައިގެން ހިނގާލާފައި ދިޔަ އިރު ސުކޫލު އެކި ފިރިހެން ކުދިންގެ ލޯތައް ލުބައިނާއައް ހުއްޓެމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ހުންނަލެއް ދޮންކަމުން މޫނު ކޯތާފަތުގައި ޖަންބުކުލަ އަރާފައިވީ އިރު، ކުޑަ ދެލޮލުގައިވީ އެސްފިޔަތައް ދިޔައީ އޭނާގެ ތޫނު ދެލޯ ފޮރުވައިދެމުންނެވެ. ކުޑަކުޑަ ތުންފަތުގައި ގުތުރަތީގޮތުން ރަތްކަން އެކުލެވިފައިވާއިރު ވައްތަރީވެސް ބޭރުކުއްޖަކާއެވެ.

މެންދުރުވާން ގާތްވިއިރު ކަޅުބޯވިލާތަކުން އިރުގެ އަލިކަން ކަޝްފުކޮއްލިއެވެ. ވައިގަދަވަމުން ދިޔައިރު ދޭތެރެދޭތެރެއިން ޖަހާލާ ގުގުރިއާއި އެކު ގައިގައި ހުރި ހުރިހާ ލޯލިތައް ކޮޅަށް ޖެހިލައެވެ. ކުލާސްތައް ނިމުމާއި އެކު ލުބައިނާ އަވަސްވެގަތީ ގެޔައް ދިޔުމަށެވެ. ވާރޭ އޮއްސާލުމުގެ ކުރިން ގެޔާއި ހަމަޔަށް ވާސިލުވޭތޯއެވެ.

ބާރު ހިނގުމުގައި ހިނގާފައި ދިޔަ ލުބައިނާގެ ފިޔަވަޅުތައް މަޑުޖެހުނީ ފަހަތުން މީހެއްގެ ހިލަމެއް ވާހެން ހީވެގެންނެވެ. ފަސްއެނބުރިފައި ދެކޮޅުބަލައިލީ އިރު މޫނުމަތިން ކޮންމެވެސް ވަރަކަށް ބިރުވެރިކަން ފައުޅުވަމުން ދިޔައެވެ. “ކަ..ކާކު؟” ލުބައިނާގެ ޖާދޫވީ އަޑުގައި ތުރުތުރުލުމެއް ލައިފިއެވެ. ދެފަރާތް ބަލަމުން ދިޔަ ލުބައިނާގެ ދެލޯބޮޑުވީ ފަހަތުން މީހަކުއަހިސް އަނގަމަތީގައި ފޮތިކޮޅެއް އެޅުމުންނެވެ. ހުރެވުނު މަގުގައި އެއްވެސް މީހަކު ނެތްކަން ރެއަކާލުމުން ލުބައިނާގެ ހިތުގައިވީ ބިރުވެރިކަން ދެގުނަވެގެން ދިޔައީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ.

އެމީހަކު ލުބައިނާ ދަމާފައި ގެންގޮސްވެއްދީ ފަޅުގެޔަކަށެވެ. އެކުޑަ ޖިފުޓި ގަނޑުގައި އެއްވެސް އެއްޗެއް ނެތް އިރު އެތަނުގައިވީ އަނދިރިކަމުން އިތުރަށް ބިރުވެރި ކޮއްލާފަދައެވެ. އެމީހާގެ އަތުގައި އަންގިއަޅާފައި ހުރި އިރު އަޅާފައި ހުރި މާސްކުން ފެންނަނީ އެބިރުވެރި ދެލޮލާއި ތުންފަތް އެކަންޏެވެ.

“ތީ..ކާ..ކާކު؟” ބިރުން ހުރި ލުބައިނާގެ ހިތުގެ ތެޅުން އޭނާގެ ކަންފަތައްވެސް ދިޔައީ އިވެމުންނެވެ. ލުބައިނާ ވާޙަކަ ދައްކަން ފެށުމުން އޭނާ ޖީބުން ނެގި ކުޑަވަޅި ލުބައިނާގެ ކަރާދިމާކުރިއެވެ.

“ޝޫޝް.. އެއްވެސް އަޑެއް ލައްވާލިޔަސް ނިމުނީ!” އެމީހާ އަމުރުކޮއްލިއެވެ. ބިރުންގޮސް ލުބައިނާއަށް ގިސްލަގިސްލާފައި ރޮވުނެވެ. އެވަގުތު އޭނާގެ ތުންފަތައް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. “ހެހެ ބުނިންދޯ އެއްވެސް އަޑެއްނުލައްވައްޗޭ؟” އޭނަ ލުބައިނާގެ ކަރަށް ވަޅިހަރާލީ އެއްވެސް ރަހުމެއް ނެތިއެވެ. ޖަހާލި ބާރުގުގުރިއާއި އެކު ލުބައިނާގެ ހަޅޭކުގެ އަޑުވެސް ފަނޑުވެލިއެވެ.

ލުބައިނާގެ ފުރާނަ ސަލާމަތް ވާނެބާއެވެ؟

ލުބައިނާއަށް އެހެން ހެދީ ކާކު ބާއެވެ؟

އެމީހަކު ލުބައިނާއަށް ދިމާ ކުރީ ކޮން ސަބަބަކާއި ހުރެ ބާއެވެ؟

މިކަމުގެ ސަބަބުން ލުބައިނާގެ ހަޔާތައް އަންނާނީ ކޮންކަހަލަ ބަދަލު ތަކެއްބާއެވެ؟

މިސުވާލުތަކުގެ ޖަވާބު ހޯދެއްވުމަށް އަޅުގަނޑުގެ 5 ވަނަ ދިގުވާހަކަ “ފުރާނައިގެ ދިރުމޭތިއީ” އަށް އިންތިޒާރު ކޮއްލައްވާ…

(ނުނިމޭ)

އައްސަލާމު އަލައިކުމް،

“މަގޭ މާއިލް” “ބްލަޑް 1 އަދި 2” “ބީވެދާކަށް ނޭދެން ހުވާ” “ބޭވަފާތެރިޔަކީމޭ” އެކޭ އެއްފަދައިން މިވާހަކައިގަވެސް ހުރިހާ ކިޔުންތެރިންގެ ސަޕޯޓު ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިވާހަކައިގެ ފުރަތަމަ ބައި ގެނެސްދޭނީ 05.02.2025 ގައެވެ.

އިންތިޒާރު ކޮއްލައްވާ 🫶🏻

Comments (14)

  1. Mr zuko

    V salhi vaahaka 👏 keep going keep it up

    1. shihaamaa ali
      Mr zuko

      jazaakallah khairan 🫶🏻

  2. Naikko

    Nice
    Keep it up

    1. shihaamaa ali
      Naikko

      jazaakallah khairan 🫶🏻

  3. cutie girl

    TRAILER VES V REETHI MASHA ALLAH
    CURIOUSLY WAITING FOR NEXT PART
    KEEP IT UP

    1. shihaamaa ali
      cutie girl

      jazaakallah khairan
      stay tuned
      05.02.2025 🫶🏻

  4. gurrrrl

    Vrh reethi vaane kamah uhmeedhu kuran
    Cox this trailer ves ehaa reethi vrh furihama
    Can’t wait for the first part
    Keep it up
    Love youu 😍

    1. shihaamaa ali
      gurrrrl

      Jazaakallah khairan
      Stay tuned
      05.02.2025❤️

  5. Anonymous

    Trailer vrh furihama👏
    Mi vaahakaige kuriyah huri bai thah ves mihaa furihama vaane kamah unmeedhu kuran
    Keep it upp
    Lysm shiherr ❤️

    1. shihaamaa ali
      Anonymous

      Jazaakallah khairan 🥹🫶🏻
      Stay tuned
      05.02.2025❤️

  6. Vampire girl

    Heevany story varah reethi vaanehen…
    And varah curious kanthah thah hingaane hn….
    I can’t wait
    Mihaaru enme ithizaaru kureveyny mi story ah

    1. shihaamaa ali
      Vampire girl

      Jazaakallah khairan
      Hehe ya this is a very mysterious story hehe
      Stay tuned
      05.02.2025❤️

  7. Your fav bab

    A very inspiring trailer
    Hope the story would be fascinating and curious ✨✨✨
    IA you’ll get my full support 💗💗💗💗
    Lyssssm❤❤❤
    My dear shieeeerrrrrrrrr😏😏😏

    1. shihaamaa ali
      Your fav bab

      Jazaakallah khairan
      Lyt❤️

Comments are closed.