Skip to content
އެސްފިޔަ

ވާހަކަ ލިޔުންތެރިޔާ

ވާހަކަ ލިޔާ މީހުންނަކީ ވަރަށް ހެއްވާ ބައެކެވެ. އެމީހުން ނުބެހޭ ކަމެއް ނޯވެއެވެ. މީހުން ބުނެ އުޅެއެވެ. ވާހަކަ ލިޔާނީ މޮޔައިންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެމީހުން އަބަދުވެސް އިންނަނީ އެމީހުންގެ “ވާހަކައިގެ” ދުނިޔޭގައެވެ. “ސްކިޒޯފްރެނިއާ” ހުންނަ ކަހަލަ ބައެކެއްނުން ހެއްޔެވެ؟ ދެން އަހަރެން މިހެން ބުނީމަ ހޭން ފަށާށެވެ. އަހަރެންނަކީވެސް ވާހަކަ ލިޔުންތެރިއެކެވެ. އަހަރެންނަކީ އަންހެން ކުއްޖެކެވެ. އުމުރުން 16 އަހަރެވެ. އަހަރެން ބޮޑުވީ މިބުނާ “ފޮތުގެ” ދުނިޔޭގައެވެ.

ބޮޑުވަމުން އައި ވަރަކަށް އަހަރެން ވިސްނީމެވެ. އަހަރެންގެ ހަޔާތުގައި އަހަރެން ކުރާނީ ކީއްބާއެވެ؟ އަހަރެންގެ “ޓެލެންޓް” އަކީ ކޮބާބާއެވެ؟ އަހަރެންގެ ކުޅަދާނަކަން ހޯދުމަށް އަހަރެންގެ ހިތުގައި ޝައުގު ވެރިކަން އުފެދެމުން ދިޔައެވެ.

ހުވާ ކޮއްފައި ބުނަމެވެ. އަހަރެން އުޅެ ބޮޑުވީ ފޮތުގެ ތެރޭގައެވެ. ވާހަކަ ކިޔުމަކީ އަހަރެން ވަރަށް ކުރާހިތުން ކުރިކަމެކެވެ. ނަމަވެސް ލިޔުންތެރިއަކަށް ވުމަށް އަހަރެންގެ ޝައުގު ހުރެދާނޭ ކަމަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

އާދައިގެ ދުވަހެކެވެ. އަހަރެން އިނީ އިސްކޯލުގައެވެ. ދުވަހަކީ ދިވެހި މުދައްރިސް ވާހަކަ ލިޔަން ހަވާލު ކުރި ދުވަހެކެވެ. ކިލާސް ކުދިންތައް ލިޔާނެ އެއްޗެއް ނޭނގިގެން ފޫހި ވެފައި ތިއްބެވެ. ނަމަވެސް އަހަރެން ވާހަކައިގެ ފެށުން ނިމި ވާހަކައިގެ މައިގަނޑާ ހަމައަށް ދިޔައީ 5 ވަރަކަށް މިނިޓް ތެރޭގައެވެ. މުދައްރިސްއަށް އަހަރެންގެ ހުރި އަވަސްކަން ފެނި އަހަރެންގެ ވާހަކައިގެ ފުރަތަމަ ޕެރެގްރާފް ކިޔާލިއެވެ. އަތް ޖަހާލާފައި މުދައްރިސް އަހަރެންނަށް މަރްހަބާ ކިއެވެ. ފެށުން ވަރަށް ރީތި ކަމުގައި ބުންޏެވެ. މުދައްރިސް އަހަރެންގެ ވާހަކައިގެ ފެށުން ކިލާސް ކުދިންނަށް އިއްވާލިއެވެ. ހުރިހާ ކުދިންގެ ތައުރީފުގެ ބަސްތަށް އަހަރެންނަށް ލިބެން ފެށީ ބަސް ބުނާހާ އަވަހަށެވެ. އެކަން ވެގެން ދިޔައީ އަހަރެންގެ “ކޮންފިޑެންސް” މަތި ވެގެން ދިޔަ ކަމަކަށެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ޓަކައި ފަޙުރުވެރިވީމެވެ.

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ދައުރުވަމުންގޮސް ގްރޭޑް 10 ގެ ފަހު ސެމިސްޓާރ އަށް އާދެވުނެވެ. އޭގެ މާނަ ދެން އެނގެއެއް ނުން ހެއްޔެވެ؟ ފެންވަރަންވީވެސް ދެން ސުކޫލުގައެވެ. ހީވަނީ ޓީޗަރުން އަބަދު އަހަރެމެން މަތިން “މިސް” ވާހެންނެވެ. އަޅެ ނޫން ހެއްޔެވެ؟ ދެން އޮތީ އަނެއް ކަންތަކެވެ. އަބަދު ފާޑެއްގެ ސްޓަޑީ ކޭމްޕު ގަނޑެއް ބާއްވާނެއެވެ. ހީވާނީ ދެން އެހެން ފަދަ ކަމެއް ހެންނެވެ.

އެގޮތުން އަހަރެމެންނަށްވެސް ދިވެހި ޓީޗަރަކު ސްޓަޑީ ކޭމްޕް އަކަށް ގެެނެސްދިނެވެ. އެއީ މޮކް އެގްޒާމް ވަރަށް ކައިރިވެފައި އޮއްވައެވެ. އަހަރެންގެ ދިވެހި ޓީޗަރު އެ މުދައްރިސް އާއި އެކު “ޕްރައިވެޓް” ލެސަންއެއް ނެގުމަށް ފުރުސަތު ހުޅުވާލަދިނެވެ. ވާޙަކަ ލިޔަން އަހަރެންގެ ހުރި ޝައުގު ފެނި އެމުދައްރިސްވެސް އުފަލާއި އެކު އެކަމަށް އެއްބަސްވިއެވެ.

އަހަރެންގެ ވާހަކަ އެއް ކިޔާފައި އެމުދައްރިސް ބުންޏެވެ. “މަސައްކަތް ކޮއްފި ނަމަ ތިއައީ ލިޔުންތެރިއަކަށް ވެވިދާނެ ކުއްޖެކެވެ” އަހަރެންނަށް ވަރަށް ހިތްވަރު ލިބުނެވެ. ނަމަވެސް އަހަރެންގެ “މަސައްކަތަކީ” ކޮބައިބާއެވެ؟ އަހަރެން އެހީމެވެ. އެމުދައްރިސް އަހަރެންނަށް އިރުޝާދު ދިނީ އޮންލައިންކޮއް ވާހަކަ ލިޔާ ސައިޓެއްގައި ވާހަކަ ލިޔުމަށެވެ. އެދުވަހު އަހަރެން ގެއަށް އައީ ހޫނު ގަދަ އަވީގައިވެސް ފުމެމުންނެވެ. އަހަރެން ހުރީ އެހާވެސް އުފަލުންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންގެ ފުރަތަމަ ވާހަކަ ޕަބްލިޝް ކުރީމެވެ. ކިޔުންތެރިންގެ ކޮމެންޓުތައް ކިޔާފައި އެކުރުވާޙަކަ ދިގު ވާހަކައަކަށް ބަދަލު ކުރީމެވެ. އަލްހަމްދުލިއްލާހިއެވެ. މިއަދު އަހަރެން ވާހަކަ ލިޔާތާ 1 އަހަރުވީއެވެ. ކިތުންތެރިންގެ ފަރާތުން ލިބެމުން ދިޔަ ބަދަލެއް ނުވާ ހިތްވަރުން އަހަރެންނަށް މިކަން ކުރުން ފަސޭހަ ވެގެން ދިޔައެވެ. ނުފެނިގެން އުޅުނު އަހަރެންގެ “ޓެލެންޓް” އަހަރެންނަށް ހޯދުނެވެ. އަލްހަމްދުލިއްލާހިއެވެ. މިއަދު އަހަރެންނަކީ އެސްފިޔަ ވާހަކަ ސައިޓުގައި މަގްބޫލު ލިޔުންތެރިއެކެވެ. ތަފާތު ވާހަކަތަކުން ކިޔުންތެރިން އުފާކޮއްދިން ލިޔުންތެރިއެވެ. މިއީ އަހަރެންގެ ވާހަކައެވެ. މިއީ ޝިހާގެ ވާހަކައެވެ.

(ނިމުނީ)

އަލްހަމްދުލިއްލާހް، މީގެ އެއް އަހަރު ކުރިން އަޅުގަނޑު އެސްފިޔައިގެ ލިޔުންތެރިއެއްގެ ގޮތުގައި ދަތުރު ފެށީމެވެ. މިއަދު 18.02.2025 ގައި އަޅުގަނޑު ހިތްހަމަ ޖެހޭވަރުގެ ކުރިއެރުމެއް ލިބިއްޖެއެވެ. އަޅުގަނޑަށް މިކަން ކުރުމުގައި ހިތްވަރު ލައިދިން އަޅުގަނޑުގެ މަންމަ، އަޅުގަނޑުގެ އެދިވެހި ދެމުދައްރިސް، އަދި އަޅުގަނޑު ލޯބިވާ، މައީ، މާޝް، އަދި މައިއްކޮ އަށް ފައްފަށުން ޝުކުރު އަދާ ކުރަމެވެ. އޭގެ އިތުރުން، އަޅުގަނޑަށް ހިތްވަރު ލައިދީ ވާހަކައިގައި ކޮމެންޓު ކޮއްދިން ކުރިހާ ކިޔުންތެރިންނަށްވެސް ފަށްފަށުން ޝުކުރުއަދާކުރަމެވެ. އިންޝާ ﷲ ކުރިއަށް އޮތް ތަނުގައިވެސް ތަފާތު އެކި އެކި ވާހަކަ ކިޔާލަން ލިބޭނެ ކަން އުފަލާއި އެކު ހާމަ ކުރަމެވެ.

🥰❤️

Comments (16)

  1. pumpkin

    masha allah
    shihaa ge mi vhk ves vrh vrh reethi
    ur my fav author
    love you shihaa
    ❤️❤️❤️

    1. shihaamaa ali
      pumpkin

      jazaakallah khairan 🥹❤️
      lyt ❤️

  2. gurrrrl

    Mashallah shiherr
    Mi vhk ves vrh furihama
    Next vhk akah uhmeedhu kuran
    Keep it up girrrl ❤️

    1. shihaamaa ali
      gurrrrl

      jazaakallah khairan 🥹❤️
      in sha allah furaanaige dhirumey thiee ge next ep next sunday ga (24.02.2025) ga libeyne

  3. Ghost girl 👻

    Masha Allah 😍 shihaa ge vhk kiyaafa rovijje …ehaa ves furihama vrh loabiva author eh thee 🥹

    1. shihaamaa ali
      Ghost girl 👻

      🥹❤️ jazaakallah khairan vrh happy vejje mi comment kiyaalaafa

  4. Vampire girl

    Awwwn vrh interesting shiher ge vaahaka dhathuru….
    Shiher vaahaka liyumuga heydha kuri 1 aharu kaamiyaabu aharakah vi fadhain abadhu vx vaahaka liyumuge rogun adhi kiyevumugu rogun adhi dhiri ulhumugaa vx kaamiyaabee ah edhen 😊💖
    Shiher vaahaka thah kiyumah shaugu verivaa shiher dheke varah loabiva
    Vampire girl 🧕🏼💜

    1. shihaamaa ali
      Vampire girl

      jazaakallah khairan 🥹❤️
      awwwwnnnnn Vampire girl ge vess dhiriulhumuge hurihaa kamakh kaamiyaabee ah edhen, may allah put barakah in your life 🥹❤️
      lav ya 2

  5. Your fav babe

    Kiyamun dhiyairu I knew it mee shierr ge story kan. Hehhehe😄😄
    Actually ur the best
    Lyssssm 💖💖💖💖
    Guurrrlllll you are ma fav author ♥️
    One year succeful wee thee ve congrats 👏
    Best of luck in the years ahead
    I’m so happy that there is a creative author like you in this site, making ma day extra special
    I appreciate ur hard work
    Once again lysssssm ❤️❤️❤️❤️❤️❤️

    1. shihaamaa ali
      Your fav babe

      Hehe🙈
      Jazaakallah khairan your fav babe🥹🫶🏻
      Shiher vrh happy vey abadhuves thihn shiher ah support kolladheytheeve.. in sha allah many more years to go hehe❤️
      Wishing you many many happy returns lyttt❤️❤️

  6. Maash

    Congrats darlinggg💜💜 thi gothuga kaamiyaabu kamaa eku kurayah dhaane kamah ummeedh kuran

    1. shihaamaa ali
      Maash

      Jazaaakallah khairan darlinggg🥰🫀
      Same goes to youu❤️

  7. Shiunii

    Rovihjje Hama congrats n thnku Vhk kiyaalan libey thee
    Shihaa thiee Hama Enmme best
    Meege 1 dhuvas Kurin Vhk EH Kiyan feshin exam nimi Foohi vaathee ekamaku kuri akah nukendi kiyaa hitheh nuvi sababakii e Vhk akee shihaa ge Vhk akah nuvun
    Vrh loabi vey
    Tc be safe
    Hiyvaru eluvaanulaa thigothuga kuriyah dhaathi insha allah adhi vx kaamiyaabu libeyne
    Shiu mihurii shihaa aa eku
    #teamshiher♡
    Gudluk
    ♡♡♡♡♡♡

    1. shihaamaa ali
      Shiunii

      jazaakallah khairan vrhh happy vejje mi comment kiyaalaafa 🙂

  8. Anonymous

    Its nice story

    1. shihaamaa ali
      Anonymous

      jazaakallah khairan

Comments are closed.