Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 12

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 15, 2025 3 Mins Read
14 Comments

ގެއަށް ވަދެގެން އައި ޒެވިއާރްއަށް މަރްހަބާކިއީ ފަޅު ކަމެވެ. އޭރު ގަޑިން 10 ވެސް ނުޖަހާތީވެ، މީހަކު ފެންނަން ނެތުމުން ޒެވިއާރް ހައިރާންވިއެވެ. ލަސް ހިނގުމެއްގައި ކޮޓަރިއަށް ވައިން އިރު ހާސް ވެފައި އިން ލުބައިނާ ފެނި ޒެވިއާރް ގޮސް ލުބައިނާ ގާތުގައި އިށީނެވެ. “ކިހިނެތްވީ؟” ޒެވިއާރް އެއްސެވެ. “ވަރަށް ކަޑަކަމެއް ވެގެން މިއުޅެނީ.. ލުބާން… ގޮޓް އަ ގާރލް ޕްރެގްނެންޓް. މަންމަ ވަރަށް ރޮއޭ އެބަ. ބައްޕަ ވަރަށް ރުޅި އަހިސްފަ..” ލުބައިނާ ލިޔެލިއެވެ. ޒެވިއާރް އަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ލުބައިނާ ކޮނުގައި ފިރުމާލާފައި ނުވިސްނުމައް ބުންޏެވެ.

އަނދިރި ކޮޓަރިއެކެވެ. ކޮޓަރި މެދުގައި އިން އުއްބައްތި ފިޔަވާ އެހެން އެއްވެސް އައްޔެއް ކޮޓަރިތެރެއަކު ނެތެވެ. އެއުއްބައްތީގެ ފަނޑު އަލިން ފެންނަމުން ކޮޓަރީގެ ފާރުތަކުން ފެންނަން ހުރީ ހުސް ލުބައިނާގެ ފޮޓޯތަކެވެ. ކޮޓަރިއަށް ވަދެގެން އައި މެދު އުމުރުގެ ފިރިހެންމީހާ ގޮސް މޭޒު ކައިރީ އިށީނެވެ. “ހީކުރީތަ ކައިވެނި ކުރެވުނީމަ ދެން މިކަން މިނިމުނީއޭ؟ ކަލޭގެ ފުރާނަ ދަމައިގަންފަ ނޫނީ މަދުވަހަކުވެސް މައިތިރި ނުވާނަން” މޭޒުމަތީގައި އޮތް ލުބައިނާގެ ފޮޓޯ ގަނޑުގައި އޭނާ ފިރުމާލަމުން ބުނެލިއިރު، ލޮލުން އަލިފާންކަނި ބުރަމުން ދާފަދައެވެ.

ފަތިހުގެ ފިނިކަން ފިލާ ދުނިޔެއަށް ހޫނުކަން ފެތުރެން ފެށިއެވެ. ފެންވަރާ ތާޒާ ވެލައިގެން ނިމްރާ ބަދިގެއަށް ވައިން އިރު ނިމްރާގެ މަންމަ ރަމްލާ ބަދިގޭގައި އުޅެއެވެ. މަންމަ އަށް ހިނިތުންވުމެއް ހަދިޔާ ކޮއްލާފައި ނިމްރާ ރޮށިފިހުމަށް ފުއްގަނޑު މޮޑެން ފެށިއެވެ. “ދަރިފުޅާ ނިމްރާ… މިހާރު ލުބައިނާވެސް މީހަކާ އިނީނުން.. ދަރިފުޅު ދެން ކޮން އިރަކުންތަ މީހަކާ އިންނަނީ؟” ރަމްލާ އެއްސެވެ. “ޕިސް. ދެން ކޮން ވާހަކައެއް ތިފެށީ؟ ނިމްއަށް ކަމުދާކަހަލަ ކުއްޖަކާ ދިމަލެއް ނުވޭއަދި” ނިމްރާ ބުނެލިއެވެ. “އެހެންވެ ތީގެ މާނައަކީ ކުއްޖަކާ ރައްޓެހިވެގެންނެއް ނޫނޭދޯ؟” ރަމްލާ ހީލަމުން އެއްސެވެ. “އާއެކޭ. އެހެން ނޫނަސް ވެސް ނިމް ކުއްޖަކަށް ރައްޓެހި ވިއްޔާ ބުނާނެ ދޯ މަންމަ ކައިރީ” ނިމްރާ ރޮށި ދަމަން ފަށަމުން ބުނެލިއެވެ.

“އެހެންވިއްޔާ ދަރިފުޅަށް ކެރޭނެތަ މަންމަ ދައްކާ ކުއްޖަކަށް ކައިވެނި ކުރަން؟” ރަމްލާ ފިޔާ ކޮށަން އިނދެބުނެލިއެވެ. “މަންމައަޅެ ކީއްވެތަ ކުއްލިއަކަށް ނިމް ކުއްޖަކާ މެރީ ނުކޮއްގެން ތިއުޅެނީ؟” ނިމްރާ އެއްސެވެ. “މަންމަ ބޭނުންވާނެދޯ ދަރިފުޅަށް ކުއްޖަކު ލިބޭތަން ބަލަންވެސް… ދެން އަޅެ ނޫނެކޭ ނުބުނައްޗޭ..” ރަމްލާ ގޮސް ނިމްރާ ގާތުގައި ހުއްޓެމުން ބުނެލިއެވެ. “ކް…ކާކުަތަ؟” ނިމްރާ ލަސް ލަހުން އެއްސެވެ. “އެނގެއެއްނުން އާކިން؟ މަންމަގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު. ފުލުހުހެއް އެއީ.. އޭނައާއި ދަރިފުޅު ކައިވެނި ކުރަންވީނުން؟” ރަމްލާ ބުނެލިއެވެ.

އޮފީހަށް ދާން ތައްޔާރު ވެގެން ނިކުން އާކިން، ލައިގެން ހުރި ފުލުސް ޔުނީފޯމުން ވަރަށް ސްމާޓް ކަމަށް ދައްކައެވެ. އިސްތަށިކޮޅު ޕޮލިސް ކަޓްއަކަށް ކޮށާލާފައިވީ އިރު، ތުނބުޅި ބަހައްޓާފައި ނެތުމުން ވަކިން ސްމާޓް ކަމަށް ދައްކައެވެ. ލަސް ހިނގުމެއްގައި ހިނގާލާފައި ގޮސް ބަދިގެއަށް ވައިން އިރު އާކިންގެ މަންމަ އައިރާ ހުރީ ސައިހަދާފައެވެ. “އަނހާ މިއަދު ބަޖިޔާދޯ؟ މްމްމް މިހާރުވެސް ބަނޑު ފުރިއްޖެ ކަންނޭނގެ” ބަނޑުގައި އަތް ހާކާލަމުން އާކިން ބުނެލިއެވެ. “ހެހެ ދެންވެސް ކޮސް އަނގަ ނުތަޅަ ކާން އިށީންދެބަލަ. މަންމަ ވެސް ވަރަށް ބަނޑުހައިވެފަ މީނީ” އައިރާ ބުނެލިއެވެ. ބޯޖަހާލާފައި އާކިން އިށީނެވެ.

“ދަރިފުޅާ. ދަރިފުޅު ބުނީމެއްނުން ދަރިފުޅު އިންނަން ކުއްޖަކު ހޯދަދޭށޭ؟ މަންމަ ބޭނުން ކުއްޖަކާ އިންނާނަމޭ؟” ކަރުކެހިލާފައި އައިރާ ބުނެލިއެވެ. އާކިން ބޯޖަހާލިއެވެ. “މަންމަ ކުއްޖަކު ހޯދަދީފިން. އިނގެއެއްނުން ސެޓާންމެންގޭ ނިމްރާ. އެކުއްޖަ އާއި ދަރިފުޅު ކައިވެނި ކުރަންވީނުން؟” އައިރާގެ ބަހާއި އެކު އާކިން ސިހުނެވެ. ހިތް ތެޅިގަން އިރު ތުންފަތައް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. “މަންމައަށް ކަމުދަންޏާ މިއަދުވެސް ހަމަ ކައިވެނި ކުރަންވީ” ސައިޖޯޑުގައި ހުރި ފަހު އެތިކޮޅު ބޯލަމުން އާކިން ބުނެލިއެވެ. މޭޒު މަތީގައި އޮތް ތޮފި ހިފައިގެން އާކިން ބޭރަށް ނުކުތެވެ.

ސައިކަލު ކައިރީ ހުއްޓިފައި އާކިން މޭގައި ފިރުމާލިއެވެ. ހިތް ތެޅެމުން ދިޔަލެއް ބާރުކަމުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ނިމްރާދެކެ އާކިން ލޯބިވާތާ މިހާރު ގައިމުވެސް 10 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ނަމަވެސް އާކިންގެ ހުންނަ ލަދުރަކި ކަމުން އެވާހަކަ ބުނަން ނުކެރުނީއެވެ. އޭގެ އިތުރުން އާކިންއަށް ހީވެފައި އޮތީ ނިމްރާއާއި ކަޔާންގެ ދެމެދުގައި ގުޅުމެއް ވާކަމަށެވެ. ނަމަވެސް އެއީ ކުންހީއެއްކަން މިއަދު ޔަގީންވެއްޖެއެވެ. ކައިވެނީގެ ކަންކަން މަންމައަށް ދޫކޮއްލެވުނީތީވެ އާކިންއަށް ހެއްދެވިފަރާތައް ޝުކުރުވެރި ވެވުނެވެ.

މެންދުރުގެ ވަގުތެވެ. ނަމާދުކޮއްލައިގެން ލުބައިނާ އިށީންދެލީ ފޯނުން ވާހަކައެއް ކިޔާލާށެވެ. ނަމަވެސް ކިޔަން ނުފެށެނީސް ނިމްރާ ވީޑިއޯ ކޯލް ކުރުމަށް ކުރި މެސެޖު ލުބައިނާގެ ލޮލުގައި އަޅައިގަތެވެ. “އޯކޭ” ޖަހާލާފައި ލުބައިނާ ލެޕްޓޮޕް ހިފައިގެން އަހިސް ނިމްރާއަށް ވީޑިއޯ ކޯލް އެއް ކޮއްލިއެވެ. “ކިހިނެތްވީތަ ހާދަ އެހެން ކަހަލަ ގަޑިއަކު؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “ލުބާ.. އިނގެއެއްނުންދޯ އެއްކަލަ އާކިން؟” ނިމްރާ ބޯކަހާލަމުން އެއްސެވެ. ލުބައިނާ ބޯޖަހާލިއެވެ. “މަންމަ މިއަދު ކިޔައިފި ނިމް ގާތުގަ އާކިންއާއި މެރީ ކޮއްބަލާށޭ…” ނިމްރާ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.

“އަސްލުތަ؟ އެހެންވިއްޔާމުން ލުބާއަށް ހީވަނީ ޔެސް ބުނަންވީހެން.. ނިމް އޯކޭ އިއްޔާ އިނގޭ.. އާކިން އެއީ ރަނގަޅު ވަޒީފާއެއްގައި އުޅޭ ކުއްޖެއްވީމަ މިބުނީ..” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ނިމްރާ ބޯޖަހާލިއެވެ.

އެނދުމަތީ އޮށޯވެލައިގެން އޮތް އަލަކާގެ ނަޒަރު ހުއްޓިފައިވަނީ އެނބުރެމުން ދިޔަ ފަންކާއަށެވެ. ނިތް މަތީ އަތް ބާއްވާލައިގެން އޮތް އިރު އޭނާ އޮތީ ވަރަށް ބޮޑު ފިކުރެއްގައިކަން ދޭހަވެއެވެ.

އަލަކާގެ ދެލޮލުގައި ކަރުނަ ވިދަން ފެށިއެވެ. މަޔަކަށް ވާން އުޅޭ ޙަބަރަކީ ކިހާ އުފާވެރި ޙަބަރެއް ހެއްޔެވެ؟ ނަމަވެސް އަލަކާއަށް ކަންމިވީ ދިމާ އިދިކޮޅަށެވެ. މަޔަކަށް ވުމުގެ ޙަބަރު ވެގެން މިދިޔައީ އަލަކާގެ ޙަޔާތް އެފުއް މިފުށަށް ޖެހުނު ޙަބަރަކަށެވެ

“އައްސަލާމު އަލައިކުމް..” ޙިޔާލުތަކުން ގަރަގު ވަމުން ދިޔަ އަލަކާއަށް ބޭރުން އިވުނު ސަލާމްގެ އަޑާއި އެކު ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އެ ނާމާން ފަޅުރަށް

Next

ތިޔަ ލޯތްބަށް އެދެވޭތީ… 27

Next
March 16, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 27

Previews
March 15, 2025

އެ ނާމާން ފަޅުރަށް

14 Comments!

  1. baby girl 🙈 says:
    March 15, 2025 at 3:47 pm

    Mi part vx vrh reethi Masha Allah ❤️❤️❤️
    when next part?

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:36 pm

      Jazaakallah khairan❤️❤️

  2. gurrrrl says:
    March 15, 2025 at 4:38 pm

    Vrh reethi mi part ves when next

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:36 pm

      Jazaakallah khairan❤️❤️

  3. Your fav bab says:
    March 15, 2025 at 5:20 pm

    Maasha allah!!❤❤
    Varah furihama!!
    When next?
    Tc🤗
    Lysssssssssm💗💗💗

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:37 pm

      Jazaakallah khairan❤️❤️

  4. Aalerrr says:
    March 15, 2025 at 5:33 pm

    Masha Allah mi part vx vrh reethi ❤️
    When’s next part??
    Curiously waiting for the next part 🙂

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:37 pm

      Jazaakallah khairan❤️❤️

  5. Ishu says:
    March 15, 2025 at 6:29 pm

    Mi part ves varah reethi
    I can’t wait to read the next part
    When next????!
    Curiously waiting……
    Lysm tc ☺️♥️

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:38 pm

      Jazaakallah khairan❤️❤️

  6. Naxakko🌹 says:
    March 15, 2025 at 10:37 pm

    Heyy shiherrr… I cant get in the gc.can u pls add me? I have already dmed you.btw mi part vx vrh reethi,maasha allah❤️.your storys relate to my life.
    Ly🥀
    Your one on my insperations.

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:39 pm

      Jazaakallah khairan❤️❤️
      Really you did? Sorry for the late reply. Pls dm
      This cmnt made me very happy🥰
      Lysmmmm💕

  7. cutie girl says:
    March 15, 2025 at 11:19 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    alakaa and lubaan dhuru nukurachey
    zev and lubaa ves
    nim and aakin gulhuvachey
    they all are made for each other
    alhey alakaa ah dhera gotheh nuhadhachey
    lubaa ah ves dhwera gotheh nuhadhachey
    ahmed haadha goahey dhw
    haadha curious kohlaafa thi nihmaaly
    tc
    thihaa busy koh ulhemun vaahaka kiyaalan libeythee v ufaavey
    ly shihaa

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:39 pm

      Jazaakallah khairan❤️❤️

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 13←


All Right Reserved!