“ބުނީމެއްނުން ކުއްޖަކާ ރައްޓެހިވި ވާހަކަ.. ދޮންތީ… އައި މޭޑް އަ މިސްޓޭކް… ވަރަށް ބޮޑު ފާފައެއް ކުރެވުނީ… އަލަކާ.. އޭނަ ބަނޑުބޮޑު…” ދުލުން ބުނާނެހާ ހިތްވަރެއް ނުލިބިގެން ލުބާން ބުނީ އިޝާރާތުންނެވެ. ވަގުތުން ދެލޯ ބޮޑުވި އިރު އެދެލޮލުން ހިތާމައާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ.
“ކޮއްކޮ މޮޔަވީތަ؟ ކީއްކުރަން ކުރިކަމެއްތިއީ؟ އިނގޭތަ މަންމަމެން ދެރަވެ ލަދުގަންނާނެ ވަރު؟ މިއަދު ތިއައީ މޮކްގެ ފުރަތަމަ ޓެސްޓު ނަގައިގެން. މަންމަމެން އެކަންޏެއް ނޫން ދޮންތިވެސް ކޮއްކޮއަށް ހާދަ ފޮނި އުންމީދު ތަކެއް ކުރީމޭ. ތިވަރު ބޮޑު ފާފައެއް ކުރި އިރު ކޮއްކޮގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ކުރެވެމުން ދިޔަ އިހުސާސްތަކުގެ ސަބަބުން ލުބައިނާގެ އަތުގެ ހަރަކާތްތައްވެސް އަވަހެވެ.
ލުބައިނާ ރުޅި އައީ ކަން އެނގުމުން ލުބާންއަށް ރޮވުނެވެ. ދެން އޭނާ އެހީއަށް އެދި ދާނީ ކާކުކައިރިއަށް ހެއްޔެވެ؟ މަންމައާއި ބައްޕަ އަލަކާ ގަބޫލު ކުރާނެބާއެވެ؟
ލުބާން ރޯން ފެށުމުން ލުބައިނާ ގަނޑުވިއެވެ. ލޯބިވާ ކޮއްކޮގެ ރިހޭފައި މައްޗަށް ފޮއެ ވައްޓާލެވުން ފަދަ އިހުސާސްއެއް ކުރެވުނެވެ. ލުބައިނާ ކުރިއަށް ޖެހިލާފައި ލުބާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ލުބާން ހިތްހަމަ ޖެހެންދެން ރޯން ދޫކޮއްލުމަށެވެ. 10 ވަރަކަށް މިނިޓް ރުއިމަށްފަހު މަޑުމަޑުން ލުބާންގެ ރުއިމުގެ އަޑުކެނޑުނެވެ.
“ހުއްޓާލާ… ދޮންތިއަށް ސޮރީ އެއްޗެހި ގޮވުނީމަ.. ވަރަށް ބޮޑަށް ސޮރީ.. ކިހިނެތް އިނގުނީ؟ އަލަކާ ކިހިނެތްތަ؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “މިއަދު ޓެސްޓުގައި އިންދަ އަލޫ ހޭނެތުނީ.. ދެން ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އެނގުނީ އަލޫ ބަނޑުބޮޑު ކަން.. އެހެންވެ އޭނަ ދޫކޮށްލަން ދެން ހޮސްޕިޓަލުގަ އިނދެފަ އައީމަ ލަސްވީ.. ދޮންތީ. ކޮއްކޮ ބިރުގަނޭ. އަޅުގަނޑު ބޭނުން ތަޢުބާ ވާން…” ލުބާން އަށް އަނެއްކާވެސް ރޮވުނެވެ. “އިންސާނުންނަށް ކުއްވެސް ކުރެވޭނީ.. މާފް ކުރާނީ މާތް ﷲ އެކަލާންގެ އަހަރެމެންނަށް އަބަދުވެސް ވަނީ ތަޢުބާގެ ދޮރުކޮޅު ހުޅުވާލާފަ. ކޮއްކޮ ތަޢުބާވޭ. ދެން މަންމަ މެން ކައިރީ ބުނަން ދޮންތިއަށް ފެންނަނީ އަވަހަށް.” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ލުބާން ބޯޖަހާލިއެވެ.
ލައިނާއާއި އާދިލް ގެއަށް ވައިން އިރު ލުބައިނާއާއި ލުބާން އިންތިޒާރުގައި ސޯފާގައި އިނެވެ. “ލުބާން ކޮންތާކު އުޅިފަ ތިއައީ؟ މަންމަ ހާދަ ހާސްވެފައޭ ހުރީ” ލުބާން ފެނުމުން ލައިނާ ހާސްވެފައި އަވަސް އަވަހަށް ބުންޏެވެ. “މަންމާ… އަޅުގަނޑު ވާހަކައެއް ބުނަންބޭނުން…” ލުބާން ބުނެލިއެވެ.
ލައިނާއާއި އާދިލް ހަމަޖެހިލުމުން، ލުބާން ބަލައިލީ ލުބައިނާގެ މޫނަށެވެ. ލުބައިނާ ބޯޖަހާލިއެވެ. “މަންމަމެން ގާތުގަ އަޅުގަނޑު ބުނީމެއްނުން ކުއްޖަކާ ރައްޓެހިވި ވާހަކަ؟” ލުބާން ފެށީ ދުރުދުރުންނެވެ. އާދިލްއާއި ލައިނާ ބޯޖަހާލިއެވެ. “މަންމާ.. ބައްޕާ.. އަޅުގަނޑަށް މާފް ކުރޭ… އަޅުގަނޑަށް ވަރަށް ބޮޑު ފާފައެއް ކުރެވުނީ… އަލަކާ ބަނޑުބޮޑު…” ލުބާންގެ އަޑު ކުރެހުނެވެ. ވަގުތުން ސިޓިންގ ރޫމްއަށް ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ލައިނާގެ ރުއިމުގެ އަޑު ސިޓިންގ ރޫމްގައި ހަރުލި އިރު އާދިލް ތެދުވެ ލުބާންގެ ކަންކަށި މަތީގައި ޖެހިއެވެ.
“ބަލާލަ ކަލޭގެ ހުރި ގޮތް ކުޑަކަން!!! އަދި ކަލޭގެ އުމުރު އެނގޭތަ؟ ތީ ކިހާވަރެއްގެ ފާފައެއްކަން އެނގޭތަ؟؟ ހަޔާތް ކުޑަ ކުއްޖާ.. ކޮންތާކު އުޅޭ ކުއްޖެއްތަ އެއީ؟ މަ ބަލަން ބޭނުން ތިއީ ކިހާ ފެންވަރެއްގެ އާއިލާއެއްތޯ މަގޭ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކުރަން…” އާދިލް އަހިސްފައި ހުރި ރުޅިން ހަށިގަނޑުވެސް ދިޔައީ ރޫރޫ އަޅަމުންނެވެ. “ބައްޕާ! މަޑުކޮއްބަލަ. ޔެސް ކޮއްކޮ ކުރީ ވަރަށް ހަޑިކަމެއް. ކޮއްގެންނުވާނެ ކަމެއް. އެކަމަކު މިއީ އަޅުގަނޑުމެން ކޮއްކޮއަށް ސަޕޯޓްކޮއް ހިތްވަރު ދޭންވީ ވަގުތެއްނުން؟ ކޮއްކޮ އެކަނި ހާލައް ދޫކޮއްލަންވީ ހާލަތެއްނޫނެއްނުން؟ އެއީ އެއް ނޫންތަ އާއިލާއެއްގެ މަގްސަދަކީ؟” ލުބައިނާ ލުބާންގެ ދިފާއުއަށް ތެދުވެ، ލުބާން ކުރިމަތީ ހުއްޓި އިޝާރާތް ކޮއްލިއެވެ. އާދިލް ފުން ނޭވާއެއް ލާފައި އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށްވަދެ ބާރަށް ދޮރުޖެހިއެވެ.
އެނދުމަތީ އޮށޯވެލައިގެން އޮތް އަލަކާގެ ދެލޮލުން ދިޔައީ އެއްވެސް ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުންނެވެ. ދިރިއުޅުން އޭނާއަށް މިކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ ދެލޮލުން ކަރުނަ ފުހެލާފައި އަލަކާ ބަލައިލީ އޭނާގެ ބަނޑަށެވެ. އާއެކެވެ. އަލަކާއަށް ފާހަގަ ނުވިނަމަވެސް މިހާރުވެސް އަލަކާގެ ކުޑަ ބަނޑުކޮޅެއް އެބައިނެވެ. ދުނިޔެއަށް އައުމަށް މިކުޑަ ކުޑަ ފުރާނަ އެދިޔައީ ދުވަހުން ދުވަހުން ތައްޔާރު ވަމުންނެވެ. ނަމަވެސް މިކުއްޖާ އަލަކާ ބަލާނީ ކިހިނެތް ހެއްޔެވެ؟
ޑިއުޓީ ނިންމާލުމައްފަހު އާކިންއާއި އެކު ޒެވިއާރް ދިޔައީ ކޮފީ ޝޮޕްއަކަށެވެ. ކޮފީއަށް އޯޑަރު ޖަހާފައި ދެޒުވާނުން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. “ހޭ.. އަހަރެން ސުވާލެއް ކޮއްލަންތަ؟” ވާހަކައިގެ ތެރެއިން ޒެވިއާރް އެއްސެވެ. އާކިން ބޯޖަހާލިއެވެ. “ލުބާގެ ރޭޕް ކޭސްއާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެނގޭތަ؟” އަހަން ނުކެރިފައި އިނދެ ޒެވިއާރް އެއްސެވެ. އާކިން ދޫކޮއްލީ ފިނިނޭވާއެކެވެ.
“ޔެސް. އެއީ އަހަރެން އެންމެ ފުރަތަމަ ވޯކް ކުރި ކޭސް. ފުރަތަމަ ފަހަރުވީމަ އައި ވޯސް މޯ ލައިކް އަ އެސިސްޓެންސް ޔޫ ނޯ؟ އެކަމުގަ ބޮޑަށް ހުރި މީހަ ވަރަށް ފޭކު. އެދުވަހު އެމީހަކު އޭނަ ރޭޕް ކޮއްލާފަ އެއްލާލާފަ އޮއްވަ އަންހެނަކަށް ފެނިގެން ހޮސްޕިޓަލަށް ގެނައީ. ވަގުތުން ލުބައިނާ މާލެ ގެންދެވުނު. ދެއޮޕަރޭޝަނެއް ކޮއްގެން ފުރާނަ ސަލާމަތް ކުރެވުނީވެސް. އެހެންނަމަވެސް ވޮއިސް ބޮކްސްއަށް ލިބިފައި ހުރި ގެއްލުމުން ވާހަކަ ދެއްކޭނެ ކަމުގެ ޔަގީކަން ނެތީ. ނަފްސާނީ ގޮތުންވެސް ލުބައިނާ ހުރީ ވަރަށް ބަކިލަށިވެފައި. 6 މަސް ދުވަހު މަސައްކަތް ކުރިން. ނަމަވެސް އެމީހަކު ހޯދުނު ކަމަކަށް ނުވި. ދެން ކުއްލިއަކަށް އެކޭސް ކްލޯޒް ކުރީ. މަށަށް ވަރަށް ފިޝީ. ހީވަނީ އެކަން ކުރިމީހަކު އެމައްސަލައިގައި ހުރި ފުލުސްމީހާ ވިއްކާލީހެން…” އާކިން ކިޔައިދިނެވެ. “އާކިން މަށަށް އެހީވެދީފާނަންތަ؟ މިމައްސަލަ ބަލަން.. އަހަރެން ބޭނުން ލުބާއަށް އިންސާފު ހޯދައިދޭން..” ޒެވިއާރް ބުނެލިއެވެ. އާކިން ހީލާފައި ބޯޖަހާލިއެވެ.
ގެއަށް ވަދެގެން އައި ޒެވިއާރްއަށް މަރްހަބާކިއީ ފަޅު ކަމެވެ. އޭރު ގަޑިން 10 ވެސް ނުޖަހާތީވެ، މީހަކު ފެންނަން ނެތުމުން ޒެވިއާރް ހައިރާންވިއެވެ. ލަސް ހިނގުމެއްގައި ކޮޓަރިއަށް ވައިން އިރު ހާސް ވެފައި އިން ލުބައިނާ ފެނި ޒެވިއާރް ގޮސް ލުބައިނާ ގާތުގައި އިށީނެވެ. “ކިހިނެތްވީ؟” ޒެވިއާރް އެއްސެވެ. “ވަރަށް ކަޑަކަމެއް ވެގެން މިއުޅެނީ.. ލުބާން… ގޮޓް އަ ގާރލް ޕްރެގްނެންޓް. މަންމަ ވަރަށް ރޮއޭ އެބަ. ބައްޕަ ވަރަށް ރުޅި އަހިސްފަ..” ލުބައިނާ ލިޔެލިއެވެ. ޒެވިއާރް އަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ލުބައިނާ ކޮނުގައި ފިރުމާލާފައި ނުވިސްނުމައް ބުންޏެވެ.
އަނދިރި ކޮޓަރިއެކެވެ. ކޮޓަރި މެދުގައި އިން އުއްބައްތި ފިޔަވާ އެހެން އެއްވެސް އައްޔެއް ކޮޓަރިތެރެއަކު ނެތެވެ. އެއުއްބައްތީގެ ފަނޑު އަލިން ފެންނަމުން ކޮޓަރީގެ ފާރުތަކުން ފެންނަން ހުރީ ހުސް ލުބައިނާގެ ފޮޓޯތަކެވެ. ކޮޓަރިއަށް ވަދެގެން އައި މެދު އުމުރުގެ ފިރިހެންމީހާ ގޮސް މޭޒު ކައިރީ އިށީނެވެ. “ހީކުރީތަ ކައިވެނި ކުރެވުނީމަ ދެން މިކަން މިނިމުނީއޭ؟ ކަލޭގެ ފުރާނަ ދަމައިގަންފަ ނޫނީ މަދުވަހަކުވެސް މައިތިރި ނުވާނަން” މޭޒުމަތީގައި އޮތް ލުބައިނާގެ ފޮޓޯ ގަނޑުގައި އޭނާ ފިރުމާލަމުން ބުނެލިއިރު، ލޮލުން އަލިފާންކަނި ބުރަމުން ދާފަދައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Masha Allah mi part vx vrh reethi ❤️
Kaaku baa eii.. btw, vrh interesting
story eh..
When’s next part??
Curiously waiting for the next part..
Avahah up kohlacheyy
Vrh kiyaa hithun mihuree😊
jazaakallah khairan
Mashallah mi part ves vrh reethi
When next part cant wait for next
Keep it up
jazaakallah khairan gurrrl
V reethi!
Keep it up!
jazaakallah khairan Zozo!
Maasha allah mi part ves varah varah reethi
I ah heevani eh medhu umuruge meehaki alaka ge dad hen🤔
Vrh curious kohlaafa thi ninmaalee
Can’t wait to read the next part
I appreciate ur hard work shiherrr
Lysm tc♥️😊
jazaakallah khairan Ishu
lyt and tc2
Vrh curious
Mi part ves vrh reethi
Waiting for the next part
jazaakallah khairan UNUKNOWN GURLL
Maasha Allah varah reethi mi part ves!
May God bless you the best
I think lubaa ah ehen hedhy alaka ge dad hen! Cuz he wanna ruin Luba’s family for sure!!
Varah mysterious koh mi dhanee mi story
I luv it
Lysssssm💗💗💗💗
When next?
You are ma fav author ✨✨✨❤
Jazaakallah khairan Your fav babe this comment made me sooo happy🥹
Woww.. im excited .
When next
Jazaakallah khairan Oreo gurll
Omgggg..
Lubaan ge parents okay eh nuvi dhw
Obviously dhn evaru kamakah okay ey nuvaane. But they should encourage him to do good frim now onwards right.
Instead of pointing out his mistakes which would not change since past is the past
Anyways, please just make Lubaan and Alakaa’s relationship work..
I cant even imagine whats gonna happen next
When will u upload the next episode?
Take care Shiherr 👍🩶
Heyy shiherrr.. Mi part vx vrh reethi maasha Allah.. I feel bad for lubaan and alaika 😭.. But kaakubaa lubaina ah ehen hedhey.. So curious.. Waiting for the next part curiously 💜🦋
Jazaakallah khairan Marsh
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Lubaa and zev dhuru nukurachey
Lubaan and Alakaa ves
They all are made for each other
Lubaa ah dhera gotheh nuhadhachey
I appreciate your hard work
Tc ❤️😘
Ly maash ❤️😚
Jazaakallah khairan Anonymous
Eyee cutie girl ge comment eyni anonymous jehifa
One of the best ongoing story 🥰 vaahaka dhaa goi vvv reethi and vvv interesting
So curious lubaina ah vee goi egen
Cant wait for the next part 🥰❤️
Jazaakallah khairan Annora