Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 5 & 6

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
February 24, 2025 6 Mins Read
28 Comments

އަތިރިމަތީގައި ރާޅު ޖަހާ ހިސާބުގައި ހުރި ޒުވާނާ އަނދިރިގަނޑުން ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ގޮނޑުދޮށައް ބީއްސާލާ ރާޅުތައް އަހިސް އޭނާގެ ފައިގައި ބީހިލާފައި އެނބުރި ދަމުން ދިޔައެވެ. އަތުގައި އޮތް ފޯނުގެ އަލިން އެޒުވާނާގެ މޫނު މައްޗައް އެރި ނުލަފާ ހިނިތުންވުން ފެނިލިއެވެ. ފޯނުގައި އިނީ ލުބައިނާއާއި ޒެވިއާރްގެ ކައިވެނީގެ ފޮޓޯއެކެވެ. އަތުގެ އިނގިލިތައް ހަރަކާތް ކޮއްލާފައި އެފޮޓޯ ޒޫމް ކޮއްލީ ލުބައިނާގެ މޫނަށެވެ.

ކައިވެނީގެ ހަފްލާ ނިންމާފައި ލުބައިނާ އަދި ޒެވިއާރްއަށް ގެއަށް އާދެވުނު އިރު 12 ޖަހަން އުޅެއެވެ. ކާރުގައި އަހިސް ގޭގެ ދޮރުމައްޗައް ހުއްޓާލުމުން ލުބައިނާގެ ހިތް އަވަސްވާން ފެށިއެވެ. މިރޭ ޒެވިއާރް އަނެއްކާ ލުބައިނާއަށް ކަންކުރާނީ ކިހިނެތް ބާއެވެ؟ ފިރިހެނުން ވާނީ ހަމަ ފިރިހެނުންނައް ނޫން ހެއްޔެވެ؟ މިރޭ ޒެވިއާރް ކޮންމެ ކަމެއް ކުރިނަމަވެސް ހަޅޭ ލަވައިގަތުމައްވެސް ލުބައިނާއަށް މިހާރު މިވަނީ ނުކުޅެދިފައެވެ. ކައިރީގައި އިން ޒެވިއާރްއަށް ވައްކަޅިން ބަލައިލަމުން ލުބައިނާ ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ އަމިއްލަ މީހާގެ ބަދުނަސީބުކަން ހިތައް އަރާފައެވެ.

ދެމަފިރިން ކޮޓަރިއަށް ވައިން އިރު ކޮޓަރިތެރެ ވަނީ ރީތިގޮތަކައް ޒީނަތްތެރި ކުރެވިފައެވެ. ބިންމަތީގައި ރަތް ފިނިފެން މަލުގެ ދޫލައެއް އަޅާފައިވީއިރު ކޮޓަރިތެރޭގައި ހުރި އުއްބައްތީގެ އަލިން ވަކިން ފުރިހަމަ ކަމައް ދައްކައެވެ. ފަހަތުގައި ހުރި ޒެވިއާރް ގޮސް ސޯފާގައި އިށީނުމުން ލުބައިނާ ނިދަންލާ ހަރުވާޅާއި ޓީޝާޓު ހިފައިގެން ވަނީ ފާހާނާއަށެވެ. ފާހާނާއަށް ވަދެ މޭގައި ފިރުމާލިއެވެ. ލޯގަނޑުން މޫނު ބަލައިލި އިރު ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.

ލުބައިނާ ފާހާނާއަށް ވައިންތަން ފެނުމުން ޒެވިއާރް އަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނެވެ. އެނދުމަތީގައި ހުރި ފިނިފެންމާތައް އެއްކައިރި ކޮއްލާފައި ނިދަންލާ ޓީޝާޓް އާއި ސޯޓު ކޮޅު ލައިފައި ޒެވިއާރް ބާލީހަކާއި ފޮތިގަނޑެއް ހިފައިގެން އަހިސް ސޯފާގައި އޮށޯއޮތެވެ. ރަނގަޅައް ހަމަ ޖެހިނުލެވެނީސް ފާހާނާ ތަޅު ހުޅުވި އަޑު އިވުމުން ވަގުތުން ޒެވިއާރް ދެލޯ މަރާ ތަގުޅި ކޮއްލިއެވެ. ނަމަވެސް އޮވެވުނު ގޮތުން ސިކުންތުކޮޅެއް ތެރޭގައި ޒެވިއާރް ބިން މައްޗައް ގުޅަވިއެވެ. ހާސްވެފައި ހުރި ލުބައިނާއަށް އެމަންޒަރު ފެނި ހެވުނެވެ.

“ދެން ހަމަ މަލާމާތް ކުރަން ޖެހޭތަ؟” ޒެވިއާރް ތުން އަނބުރާލިއެވެ. ލުބައިނާ ކޮނޑު ހިއްލާލާފައި ގޮސް އެނދުގައި އޮށޯއޮތެވެ. “އެއްވެސް އެއްޗެއް ބޭނުންތަ؟” ޒެވިއާރް އެއްސެވެ. ޒެވިއާރްގެ މޫނައް ބަލައިލަމުން ސައިޑް ޓޭބަލް މަތީގައި އޮތް ނޯޓު ފޮތާއި ގަލަން ނެގިއެވެ. “ވަރަށް ފެންބޮވާ އެބަ..” ލުބައިނާ ލިޔެފައި ދިނެވެ. ޒެވިއާރް ހީލާފައި ކޮޓަރިން ނުކުތެވެ. ހިނދުކޮޅެއްގެ ތެރޭގައި ފިނި ފެންތައްޓެއް ހިފައިގެން އަހިސް ލުބައިނާއަށް ދިނެވެ.

“ދެން ނިދާލެވޭތޯ ބަލާ.. އައިމް އޯލްސޯ ގޮނަ ސްލީޕް.. ނައިޓްސް” ލުބައިނާ ހުސްކުރި ފެންތަށީގައި ހިފަމުން ޒެވިއާރް ބުނެލިއެވެ.

ރޭގަނޑުގެ ބާކީ އޮތް ހުރިހާބައެއް ދެމަފިރިންވެސް ހޭދަ ކުރީ ދެފަރާތައް ފުރޮޅުމުގައެވެ. ޒެވިއާރް އަކީ އޭނާގެ ހަލާލު ފިރިމީހާ ނަމަވެސް ކަމެއް ކޮއްފާނެ ކަމުގެ ބިރާއި އެކު ލުބައިނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ސޯފާގައި އޮތް ޒެވިއާރްގެ ޙިޔާލުގައިވީ ލުބައިނާގެ ހާލަތެވެ. ލުބައިނާ އަކީ އުފަންވީ އިރުން ސުރެ ވެސް މަންމަނެއް ބާއެވެ؟ ނޫނީ…؟

45 6 ވީއިރު ހުރިހާ ކުދިންތައް އިސްކޯލައް ވަންނަމުން ދިޔައެވެ. އަތުގައި އޮތް ޕާސްޓްޕޭޕަރުގައި ފިރުމަމުން ދިޔަ އަލަކާގެ ދެލޯ ހޯދަމުން ދިޔައީ ލުބާންއެވެ. “އަހަރެންތަ ތިހޯދަނީ؟” ފަހަތުން ލުބާން އަހިސް އަލަކާގެ ލޮލުގައި އަތް އަޅަމުން ބުނެލިއެވެ. “ހޫމް.. ހާދަ ލަސްވީ..” ލުބާންގެ އަތުގައި ހިފާލަމުން އަލަކާ ޝަކުވާ ކޮއްލިއެވެ. “ހެހެ ސޮރީ އިނގޭ ވަރަށް ބޮޑަށް. ރޭގަ ދޮންތި ވެޑިންގ ނިންމާފައި ގެޔައް އައި އިރު ވަރަށް ލަސްވެފަ ހުރީ.. 12 ޖަހަަން އުޅޭ އޭރު” ލުބާން ބުންޏެވެ. “ބާންގެ ދޮންތިއަށް އަލޫގެ ފަރާތުން ކޮންގްރާޓްސް ބުނެދެއްޗޭ” އަލަކާ ހިނިތުން ވެލިއެވެ. ލުބާން ބޯޖަހާލިއެވެ.

“ދޮންތި ކައިރީ ބާން ބުނިންތަ އަލޫ އާއި ރައްޓެހި ވެގެން އުޅޭ ވާހަކަ؟” އަލަކާ އެއްސެވެ. “ލައްބަ.. އަލްހަމްދުލިއްލާހް ދޮންތި ވަރަށް އޯކޭ.. މިއަދު ބުނާނަން މަންމައާއި ބައްޕަ ކައިރީވެސް. ދޮންތި ކައިވެނީގެ ކަންކަމާ މަންމަމެން މާ ބިޒީކޮއް އުޅުނީމަ އެވާހަކަ ނުދެއްކިފަ މިހުރީ އަދި. އެކަމަކު މިއަދު ބުނާނަން އިންޝާ ﷲ ، އަލޫ މަންމަމެން ކައިރީވެސް މިއަދު ބުނައްޗޭ. މިހާރު ދެން އަހަރުވެސް ވީމި އެކުގައި އުޅޭތާ” ލުބާން ބުނެލިއެވެ.

ފުރޮޅި ފުރޮޅިފައި ނިދުނު ލުބައިނާއަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. ދައްބަނޑުގައި ފިރުމާލަމުން ލުބައިނާ ތެދުވެ އިށީނެވެ. އޭރު ޒެވިއާރްވެސް އޮތީ ހޭލައެވެ. ނޫނީ ނުނިދަނީކަމެއް ނޭނގެއެވެ. ލުބައިނާ ތެދުވިތަން ފެނުމުން ޒެވިއާރް ހިނިތުންވުމެއް ދިނެވެ. ލުބައިނާވެސް ހީލިއެވެ. މާބޮޑު ކަމަކައް ނުހަދާ ލުބައިނާ ފާހާނާއަށް ވަނެވެ. ނަމަވެސް ދެލޯބޮޑުވެގެން ދިޔައީ އޭނާގެ މައްސަރު ދުވަސްކޮޅު ފެށުނީ ކަން ރެއަކާލުމުންނެވެ. “އޯ ޝިޓް..ޝިޓް..މައި ޕެޑްސް އާރް އޯލްސޯ އިން ދި ރޫމް… ޝިޓް..ޝިޓް…” ލުބައިނާއަށް ހިތާހިތުން އަމިއްލަ ނަފްސައް އަޑުލައްވާލެވުނެވެ. ޒެވިއާރް ގާތުގައި އޭނާ އެހެން ބުނަން ހަދާނީވެސް ކިހިނެތް ހެއްޔެވެ؟ ބުނާކަށް އޭނާއަކައް ލާހިކެއް ނޫނެވެ. އެހެން ނޫނަސް އޭނާ ޒެވިއާރް އަށް ގޮވާނީވެސް ކިހިނެތް ހެއްޔެވެ؟ ފޯނައް ގެއްލިފައި އޮތުމުން ގޮވިޔަސް ވަކި އެނގޭނެ ހެއްޔެވެ؟

ފޯނައް ގެއްލިފައި އޮތް ޒެވިއާރް ފާހަނައާއި ދިމާލައް ބަލައިލީ ދޮރު ހުޅުވާލުމުން ކޮޓަރިއަށް އަލިވުމުންނެވެ. ޒެވިއާރް ބަލައިލިތަން ފެނުމުން ލުބައިނާ ހަނާ އަޅާލިއެވެ. “ކިހިނެތްވީ؟” ދޮރު ފުރަގަހައް ވަދެ ހުރި ލުބައިނާފެނި ޒެވިއާރް ތެދުވެ އިށީނެވެ. “ކޭން ޔޫ ހެލްޕް؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ލުބައިނާ ބުނި އެއްޗެއް ނޭނގުމުން ޒެވިއާރްގެ ދެލޯ ހޯދައިލީ ރޭގައި އޭނާ ގެންގުޅުނު ފޮތެވެ. “ލިޔެލާ” ފޮތާއި ގަލަމާއި ލުބައިނާ އަތައް ދީފައި ޒެވިއާރް ބުންޏެވެ. ލުބައިނާ ވަރަށް ލަދުން ހުރެ ފޮތް ދިއްކޮއްލާފައި ދޮރު ފުރަގަހައް ވަނެވެ. “ކަބަޑު މަތީގަ އޮންނާނެ ޕެޑް ފޮއްޓެއް.. އަމް.. ގެނެސްދީބަ..” ލުބައިނާ ލިޔެފައި އިން ޖުމްލަ ކިޔާފައި ޒެވިއާރްއަށް ހެވުނެވެ. ފޮތް ބާއްވާފައި ކަބަޑު ދޮރު ހުޅުވާލި އިރު އެފޮށި ފެންނަން އިނެވެ. “މިއޮތީ..” ޒެވިއާރް ފޮށި ދިއްކޮއްލަމުން ބުނެލިއެވެ. ލުބައިނާ އަވަހަށް ފޮށީގައި ހިފާ ދަމައިގަތެވެ. އޭރު ލުބައިނާގެ މޫނު ރަތް ކަމުން ހީވަނީ ޗެރީއެއް ހެންނެވެ.

މެންދުރުގެ ވަގުތެވެ. އިރުގެ ހޫނު ގަދަ ވަގުތުގައިވެސް މަގުތަކުގައި މީހުންތައް ގިނަވެފައި އޮތީ ސުކޫލް ނިމުނު ގަޑިއަށް ވުމުންނެވެ. އިރުގެ އަލިން ލޯ ސަލާމަތް ކުރުމައް ލޯ މަތީގައި އަތް އަޅައިގެން ހިނގާފައި ދިޔަ އަލަކާ ގޮސް ވަނީ “މިސްޓްރީ” ގެއަށެވެ. ދޮރާށި ހުޅުވާލުމާއި އެކު އަލަކާގެ ކަންފަތުގައި ޖެހުނު އަންހެނެއްގެ ރުއިމުގެ އަޑާއި އެކު އަލަކާގެ ދެއަތް މުއްކެވުނެވެ. ފިޔަވަޅުތައް އަވަސް ކޮއްލާފައި ގޭއަށް ވައިން އިރު އަލަކާގެ މަންމަ އައިޝާ ސޯފާގައި އިނެެވެ.

ކަޅު ކުލައިގެ ބޮޑު ހެދުމަކާއި އެކު ކަޅު ވައްބުރުގަލެއް އަޅާފައި އިން އައިޝާގެ ކޯތާފަތް ނޫފާގައިންފައި ހުރި އިރު އެދޮލޮލުގައި ދިޔައީ ކަރުނައިގެ މުތީތައް ބަބުޅަމުންނެވެ. ލޯބިވާ މަންމަ އިން ހާލުފެނި އަލަކާގެ ކައިރިވެފައިވީ ބުމަ ލުއިވެފައި ދެލޮލައް ކަރުނަ ޖަމާވީ ބަސް ބުނާހާއަވަހަށެވެ.

“ދަ…ދަރި…ފުޅާ… ބް..ބައް…ބައްޕަ…އެބަ އިންނެވި ކޮޓަރީގަ… ދަރިފުޅު.. އެބަ ހޯދަ…” އައިޝާ ތުރުތުރުލާ ހާލު ބުނެލިއެވެ. އަލަކާ ބޯޖަހާލާފައި އައިޝާ އިން ސޯފާގެ ފުރަގަހުގައި އިން ކޮޓަރި ދޮރުގައި ހިފާލިއެވެ. އަދިވެސް އެއްފަހަރު އަލަކާ މަންމައާއި ދިމާލައް ބަލާފައި ދޫކޮއްލީ ފިނި ނޭވާއެކެވެ.

އެކުޑަ ކޮޓަރިތެރޭގައި އިނީ ހަމަ އެކަނި މުށި ކުލައިގެ މޭޒެކެވެ. އެމޭޒު ކައިރީ އެނބުރޭ ގޮނޑިއެއްގައި މެދުއުމުރެއްގެ ފިރިހެނަކު އިނެވެ. ބޮލުގައި ނުރައިގެ އަސަރު ކޮންމެވެސް ވަރަކަށް ހުރި އިރު މޫނުމަތީގައިވެސް ކޮންމެވެސް ވަރަކަށް ހުރީ ރޫޖެހިފައެވެ. އަތުގައި އޮތް ސިނގިރޭޓުގެ ދުންގަނޑު ބުރުވާލި އިރު އޭނާ އިނީ އަލަކާއަށް ފުރަގަސް ދީގެންނެވެ. ކޮޓަރި ތެރެއިން ދޮވި ސިނގިރޭޓު ވަހުން އަލަކާ ކޮށިވެސް އެރިއެވެ.

“ކޮބާ ބައްޕަ ބުނި ކަންތައް ކުރީތަ؟” އިންގޮތައް އިނދެ އަހުމަދު އެއްސެވެ. “ލައްބަ…” މޫނު މަތީގައި ރުޅިވެރިކަން ހުރިނަމަވެސް އަލަކާ ބުނެލީ އަދަބުވެރިކަމާއި އެކުއެވެ. އެއާއި އެކު މުޅި ކޮޓަރިތެރޭގައި އެއް އަޑު ކޮއްލީ އަހުމަދުގެ ނުލަފާ ހުނުމުގެ އަޑުންނެވެ.

** 6 ވަނަ ބައި **

މެންދުރު ވަގުތު ވުމުން ނަމާދު ކުރެވެން ނެތުމާއި އެކު ލުބައިނާ އިށީނީ ފޯނުން ގުރްއާން އަޑުއަހާލާށެވެ. ވަގުތަކީ ލުބާންގެ ޓިއުޝަން ވަގުތައް ވުމާއި އެކު ލުބައިނާ އިނީ ފޫހިވެފައެވެ. 5 ވަރަކަށް މިނިޓް ވީފަހުން ޒެވިއާރް އަހިސް ކޮޓަރިއަށް ވަނެވެ. ޒެވިއާރް ފެނުމާއި އެކު ހެނދުނުގެ ހާދިސާ ހިތައް އަރާފައި ލުބައިނާއަށް ލަދުން އިސްޖަހާލެވުނެވެ.

“ހޭ.. އެއްޗެއް އަހާލަންތަ؟” ޒެވިއާރް އިށީނީ ލުބައިނާއާއި ޖެހިގެންނެވެ. ލުބައިނާ ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. “ލުބައިނާ ޖޮބްގަތަ އުޅެނީ؟” އަހަން ނާހަން ހުރި ކަހަލަ ގޮތަކައް ޒެވިއާރް އެއްސެވެ. ޒެވިއާރްގެ މޫނަށް އިރުކޮޅަކު ބަލަން އިނދެފައި ފޯނު ނަގާ ލުބައިނާ ލިޔެލިއެވެ. “އަހަރެން ކަހަލަ ކުއްޖަކައް ކޮން ކަހަލަ ޖޮބެއް ލިބޭނީ؟ އެހެން ނޫނަސް އަހަރެންގެ މަންމަމެން ބޭނުމެއްނުވޭ އަހަރެން ޖޮބް އަކަށް ދާކަށް. ދޭ ވޯންޓް މީ ޓުބީއަ ހައުސްވައިފް..” ލުބައިނާ ލިޔެފައި އިނެވެ. ޒެވިއާރްއަށް މަޑު “އޯހް” އެއް ލައްވާލެވުނީ ބުނަންވީ އެއްޗެއް ނޭނގުމުންނެވެ.

“ވަޓް އެބައުޓް ޔޫ؟ ޖޮބެއްގަތަ؟” ލުބައިނާ ލިޔުނެވެ. “ހޫމް.. އައިމް އަ ޑިޓެކްޓިވް. މިރަށު ޕޮލިސް އަށް ވަންނަން ދެން މިއުޅެނީ” ޒެވިއާރްގެ ޖުމްލައާއި އެކު ލުބައިނާގެ މޫނު އުޖާވެލިއެވެ. ވަރަށް އުފާވެފައި ކޮންމެވެސް އެއްޗެއް ފޯނުގައި ލިޔެލިއެވެ. “ލަކީ ޔޫ.. މައި ޑްރީމް ވޯޒް ޓު ބީއަ ޑިޓެކްޓިވް” ލުބައިނާ ލިޔުނެވެ. “އައިމް ސޮރީ” ލުބައިނާގެ މޫނުު އުޖާލާވީ ގޮތުން އެއީ ތެދެއްކަން ޒެވިއާރްއަށް ދެނެގަނެވުނެވެ. ލުބައިނާ ހީލިއެވެ.

“ޔޫ އާރް ވެރީ ގުޑް އެޓް ސައިން ލެންގުއޭޖް. އަހަރެންގެ މަންމަގެ ސިބްލިންގް އެއްގެ ދަރިފުޅުވެސް އެއީ މިއުޓް ކުއްޖެއް. މަންމަ ވަރަށް މޮޅުވާނެ.. އެކަމަކު ޒެވިއާރްއަށް ކުރަން ނޭނގުނު ކަމެއް ތިއީ. ހެހެ ވަރަށް ކުޑަ އިރު ދަސްކުރިިންތަ؟” ޒެވިއާރްގެ ސުވާލާއި އެކު ލުބައިނާ ގަނޑުވިއެވެ. އެހެން ކަމުން ލުބައިނާގެ ހަޔާތުގެ އެ އަނދިރި ބާބުގެ ވާހަކަ ޒެވިއާރްއަށް ނޭނގެނީތާއެވެ. “އައި ވޯޒް ނޮޓް ބޯން މިއުޓް….” ލުބައިނާ ލިޔެލިއެވެ. ޒެވިއާރްގެ ދެލޯ ބޮޑުވިއެވެ. “ވަޓް؟؟ ދެން ވަޓް ހެޕެންޑް؟ އިފް.. ޔޫ ވޯންޓް ޓު ޝެއާރް..” ޒެވިއާރް ބުނެލިއެވެ.

“އައި އެކްޗުއަލީ ޑޫ.. ނައު ދެޓް އައި ނޯ ޔޫއާރ އަ ޑިޓެކްޓިވް..” ލުބައިނާ ލިޔެލިއެވެ. ޒެވިއާރް ހަމަ ޖެހިލާފައި ލުބައިނާއަށް ލިޔުމައް ފުރުސަތު ދިނެވެ. 5 ވަރަކަށް މިނިޓް ފަހުން ޒެވިއާރްއަތައް ލުބައިނާ ފޯނު ދިނެވެ.

“އޭރު އައި ވޯސް 16.. ސުކޫލް ނިންމާފަ ގެއަށް އައި އިރު ވަރަށް ވިއްސާރަ ކޮއްލާފަ އޮތީ.. ނަމަވެސް މަންމަ އަދި ބައްޕަވެސް އޭރު އިނީ މީޓިންގް އެއްގަ.. އެހެންވެ ލުބާ އެކަނި ގެއަށް އައީ.. އައި މަގުމަތީގަ ސަމްވަން ކިޑްނެޕްޑް މީ.. ކުޑަ ޖިފުޓި ގަނޑަކަށް ގަދަކަމުން ވައްދާފަ ބުނީ އެއްވެސް އަޑެއް ނުލައްވާ އޮންނަން.. ނަމަވެސް ގަންނާކުރެއްވީ ބިރުން ލުބާއަށް ރޮވުނީ.. އެންޑް ހީ ސްޓަބްޑް މީ އިންދި ނެކް…..” އެހިސާބައް ކިޔާފައި ޒެވިއާރް ބަލައިލީ ލުބައިނާގެ މޫނަށެވެ. އިސްތަށިކޮޅު އެއްފަރާތް ކޮއްލުމައް ފަހު ލުބައިނާ އެ ފާރު ދައްކާލިއެވެ.

“އައި ވޯސް ބްލީޑިންގ ސޯ މަޗް.. އަބަދުވެސް ލޭފެނުނީމަ ހޭނެތޭ.. ސޯ އައި ފެއިންޓެޑް. ނަސީބެއް ކަންނޭނގެއެވެސް.. އަހަރެން ހޭނެތުމުން އޭނާ ލުބާ ރޭޕް ކޮއްލީ.. ހިތް ފުރޭ ވަރުވީމަ އަތިރިމައްޗައް އެއްލާލާފަ އޮތީ.. އެތަނުން ބަޔަކަށް ފެނިގެން ލުބާ ހޮސްޕިޓަލައް ގެނައިރު އައި ވޯސް ބެއާރްލީ އެލައިވް.. ޑަކްޓަރުންވެސް ހީކުރީ ލުބާ ސަލާމަތް ނުވާނެކަމައް. އައި ހޭޑް 2 ސާޖަރީސް.. 4 މަންތްސް ކޯމާއެއްގަ އޮތިން.. ވެން ހީ ސްޓަބްޑް މީ.. ލުބާގެ ވޮއިސް ބޮކްސްއަށް އޭގެން ގެއްލުންވީ.. އޭގެ ފަހުން މިއުޓްވީ.. ބޭރައްގޮސް ފަރުވާ ކޮއްފި ނަމަ %10 ޔަގީން ކަން ދިން އަލުން ވާހަކަ ދެއްކޭނެ ކަމައް. ނަމަވެސް.. އިޓް އިސް ވެރީ އެކްސްޕެންސިވް.. އެހާ ޔަގީންކަން ކުޑަ ވުމާއި އެކު.. ވީ ޑޯންޓް ހޭވް ދެޓް މަނީ.. ސޯ.. ޔާ…

އެންޑް އެމީހާ އަދިވެސް އެބަ އުޅޭ.. ފުލުހުންނަކަށް އޭނަ ނުހޯދުނު. ނޫން.. ނުހޯދުނީކީ ނޫން.. އެމީހުން ހަމަ އެމަސައްކަތް ހުއްޓާލީ.. އެހެންވެ މަންމަމެން ދެން ވިސްނަން ފެށީ ދެވަނަ ފަހަރަށް އޭނާގެ އެޓޭކްއެއް ލުބާއަށް ނާންނާނެ ގޮތާއި މެދު.. އެހެންވެ ލުބާއަށް 18 ވީއިރަށް ޒެވިއާރްއަށް އެދެވީ..” ލުބައިނާގެ މެސެޖް ކިޔާ ނިމުމުން ޒެވިއާރްއަށް ދޫކޮއްލެވުނީ ފިނިނޭވާއެކެވެ. މިކުއްޖާ މިއުޅުނީ ހާދަ ހާލެއްގާ ތައެވެ. ބޭއިންސާފުން ހަލާކުވެގެން މިދިޔައީ މައުސޫމް ދިރިއުޅުމެކެވެ.

“ޒެވް ބޭނުން ލުބާއަށް ހެލްޕް ކޮއްދޭން…” ޒެވިއާރްގެ ވާހަކައާއި އެކު އިސްޖެހިފައި އިން ލުބައިނާއަށް އިސް އުފުލާލެވުނީ އިވުނު ވާހަކަ ގަބޫލު ނުކުރެވިގެންނެވެ.

“އިޓްސް މައި ޖޮބް. ދީނީ ގޮތުންވެސް.. ތިއީ މިހާރު ޒެވްގެ ހަލާލު އަނބިމީހާ.. ލުބާ ޕްރޮޓެކްޓް ކުރުމަކީ ޒެވްގެ ވާޖިބެއް. ލެޓް މީ ހެލްޕް ޔޫ ޕްލީޒް” ޒެވިއާރް ބުނެލިއެވެ. އެމޫނު މަތިންވެސް އޭނާ އެކަން ކުރަން ބޭނުންވެފައިވީ މިންވަރު ދިޔައީ ދޭހަ ވަމުންނެވެ.

“އައި ތޯޓް ޔޫ ވުޑް ހޭޓް މީ…” ލުބައިނާ ލިޔެލިއެވެ. “ވައި؟ އަހަރެން ލުބާއަށް މެރީކުރަން ފޯސް ކުރީމަަތަ؟” ޒެވިއާރް އެއްސެވެ. ލުބައިނާ ބޯޖަހާލިއެވެ.

“ހެހެ ނޯ.. އައި ޑޯންޓް އީވެން ހޭވް އަ ޖީއެފް އެހެންނަމަތާ ހެހެހެ.. ޒެވް ލުބާއަށް ހެލްޕް ވާނަން ޑޯންޓްވޮރީ” ޒެވިއާރް ޔަގީންކަން ދިނެވެ.

އަވީގެ ހޫނުން ދޮން ކޮއްލާފައި އޮތް މަގުމަތީގައި ހިނގާލާފައި ދިޔަ އަލަކާ އާއި ލުބާންގެ އަތް ވަނީ ގުޅުވާލެވިފައެވެ. ދެމީހުންވެސް ތެމިފައި ތިބުމުން ބެލެވޭގޮތުން ނަމަ އެއައީ މުދަށް އެރިގެންނެވެ. “ބާން ވަންނަން ވީނުން އެތެރެއަށް؟” “މިސްޓްރީ” ގޭ ދޮރާށި މަތީ ހުއްޓިފައި އަލަކާއެއްސެވެ. “ނޫން ނުކެރޭނެ.. އަލޫ މަންމަމެން ރުޅި އަތުވެދާނެ..” ލުބާން ފަސްޖެހުނެވެ. ނަމަވެސް އަލަކާ ޖަހާލީ ހިނިގަނޑެކެވެ.

“އަޅެ ދޯ.. އަލޫ މަންމަ މެން އޯކޭ ވާނޭ. އަލޫ ރޫމްގަ ތިބޭނީ.. އޭރުން އޯކޭ ވާނޭނުން ހެހެ” އަލަކާ ހަމަ ޖެހިލަމުން ބުނެލިއެވެ. އަލަކާ ކުރު ނުކުރާނެ ކަން އެނގުމުން އެންމެ ފަހުން ލުބާން އެއްބަސްވިއެވެ. ލުބާން އަލަކާ އާއި އެކު އެގައަށް ވަނީ މިވަދެވެނީ އަނދަވަޅަކަށް ކަން ނޭނގޭ ހާލުއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ސަމާލުކަމަށް…

އަޅުގަނޑުގެ ޓެސްޓުތައް ނިމުން ނަމަވެސް، ރަމަޟާން މަސް ފެށުމައް ކައިރިވެފައިވީތީވެ ގޭތެރޭ ކަންކަމުގައި ބިޒީ ވާތީވެ 7 ވަނަ ބައި ގެނެސް ދެވޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ކަން ބުނެލަން. އިންޝާ ﷲ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެދުހުން އެއްދުވަހު ބައެއް ގެނެސް ދެވޭތޯ ބަލައިދޭނަން. މާބިޒީ ކަމުގައި ވަނީ ނަމަވެސް، ހަފްތާއަކު 3 އެޕިސޯޑް ގެެނެސްދެވޭތޯ މަސައްކަތް ކުރާނަން. އިންތިޒާރު ކޮއްލައްވާ (:

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އުމްރާނީ ތަރައްޤީއަށްޓަކައި ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުން ލިބޭ ފައިދާ

Next

ތިޔަ ލޯތްބަށް އެދެވޭތީ… 14

Next
February 24, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 14

Previews
February 23, 2025

އުމްރާނީ ތަރައްޤީއަށްޓަކައި ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުން ލިބޭ ފައިދާ

28 Comments!

  1. shshhhhh says:
    February 24, 2025 at 3:20 pm

    Allahumma Barik!! varah reethi mi part ves… v salhi… hehe..

    1. shihaamaa ali shihaamaa ali says:
      February 25, 2025 at 11:18 am

      jazaakallah khairan

  2. Vampire girl says:
    February 24, 2025 at 3:24 pm

    Maasha Allah mi part vx varah varah reethi…
    Lubaina and Xavier is the best couple… e she meehun dhuru nukurahcheyy…
    It’s okay shiher…
    alhugandah ingey mi dhuvas kolhu busy vaane kan… roadha mas annaathy vaany ehennu…
    I will wait….
    Ly❤️
    Tc❤️

    1. shihaamaa ali shihaamaa ali says:
      February 25, 2025 at 11:18 am

      jazaakallah khairan
      Let’s see dhw Lubaina and Xavier ah dhn vaany kihineh thw ly and tc

  3. Cutie girl says:
    February 24, 2025 at 4:47 pm

    It’s ok shihaa
    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Lubaa and zev v gulhey
    Alhey lubaan and Alakaa dhuru nukurachey
    They all are made for each other
    I appreciate your hard work
    Your my fav author
    TC ❤️
    Love you sihaa ❤️

    1. shihaamaa ali shihaamaa ali says:
      February 25, 2025 at 11:18 am

      jazaakallah khairan, tc and lyt

  4. Aalerrr says:
    February 24, 2025 at 4:59 pm

    Masha Allahmi part ves vrh reethi… Curiously waiting for next part..

    1. shihaamaa ali shihaamaa ali says:
      February 25, 2025 at 11:19 am

      jazaakallah khairan Aalerr

  5. Shimmer says:
    February 24, 2025 at 5:03 pm

    Wow….vv reethi
    I feel like that alaka’s dad is the one who did that with lubaa and now he is planning another conspiracy against them using his daughter….

    1. UNKNOWN GURLL says:
      February 24, 2025 at 7:16 pm

      Yes I’m sus about alaka’s dad and zev an lubaa is a perfect couple BTW vaahaka v reethi waiting for the next part

    2. shihaamaa ali shihaamaa ali says:
      February 25, 2025 at 11:19 am

      hehe let’s see dhww what happens stay tuned

    3. shihaamaa ali shihaamaa ali says:
      February 25, 2025 at 11:19 am

      jazaakallah khairan Shimmer
      hehe shiher akh neynge dhn balamaa dhw hehe

  6. rosie says:
    February 24, 2025 at 11:14 pm

    good that xavier is nice and treating her like he should poor luba i hope she can heal from this its sad that there are lot of girls like lubaina but not all of them get a man like xavier to help them

    1. shihaamaa ali shihaamaa ali says:
      February 25, 2025 at 11:20 am

      agreed 1000000000%

  7. pineapple says:
    February 24, 2025 at 11:18 pm

    masha allah mi part vs vrh reethi…
    haadha curious koh thi ninmaaly..
    curiously waiting for the next part…
    tc
    ly
    Ramadan mubarak shihaa…
    ❤️

    1. shihaamaa ali shihaamaa ali says:
      February 25, 2025 at 11:20 am

      hehe stay tuned for the next ep ly, tc ramadan kareem to you too

  8. Your fav bab says:
    February 25, 2025 at 11:14 am

    It’s the best part ever
    Alaakaa is up to something I’m saying this cuz something’s fishy
    I think her father was the one who kidnapped Luba 🤔
    I love your stories so much💗💗💗
    Raman mubarik✨✨✨
    Lyssm❤

    1. shihaamaa ali shihaamaa ali says:
      February 25, 2025 at 11:21 am

      hehe let’s see dhw shiher akh neynge
      jazaakallah khairan smmmm
      ramadan kareem to you, too

  9. Anonymous says:
    February 25, 2025 at 2:42 pm

    Maasha allah… Mi part ves vrh vrh reethi
    Keep it up shiherr
    I appreciate your hard work
    Luv ur storiesssss
    Ramadan mubarik
    Lysm tc☺️

    1. Ishu says:
      February 25, 2025 at 2:43 pm

      Mi ishu ge comment eh ingey

    2. shihaamaa ali shihaamaa ali says:
      February 27, 2025 at 10:32 am

      jazaakallah khairan Ishu
      Ramadan Mubaarik
      Lyt and Tc

  10. Maash Maash says:
    February 25, 2025 at 8:41 pm

    Heyy shiherr..
    vrh reethi mi part vx.. My fav genre ey mii.. Waiting for the next part curiously💜🦋

    1. shihaamaa ali shihaamaa ali says:
      February 27, 2025 at 10:32 am

      jazaakallah khairan Marsh
      stay tuned darls

  11. Oreo gurll says:
    February 26, 2025 at 12:20 am

    Hey shiherr! First, i did NOT forget that u said 24th ga next episode genesdheynamey.. But hama nubelunee…
    1 day fahun mi belunee but hama so so so much thank you for this interesting episode
    I never thought Xav ehaa rangalhu vaane kamakah lubaa ah, cux yk in the starting ga vx Xav ehaa qabooleh noon marriage akaa. So i thought he would ignore Lubaa. But heekuri gothaa dhimaa idhikolhah kanthah mi v
    Shiherr u ge planning hama molhee ey 💙
    I was hoping a lill smth smth on their first night, but arranged marriage eh vma dhw, so yh ok. Dw abt that
    And, varah inthizaaru eba kuran roadhaige 1st day ah.. Cux its the first day of Ramazan and the day I’ll get to read ur story again.. Hehe
    Either way, ty again for this episode.. I’m smitten to know why u mentioned “mi vadhevenee andhavalhakah neyngey haaluga eve” jahaafa nimmaalaafa inyma..
    Anekka aluu ge fam okay eh nuntha lubaan aa? Or anekka emeehun aluu vx dhavanee tha meehakaa?
    (i mean, dhevun, like dhavanee dhw kiyaanee? Im not sure)
    Awnnn shihher
    I missed u so much.. Those days felt like decades without readin ur stories, and comments.. Yk? I even read the story from the beginning.. Js in hope it would somehow console my heart.. U have absolutely no idea how it felt waiting, but still varah happy anekka vx kiyaalan libunyma
    Aslu ehaa gina dhuvas vma kanneynge mihaa baivaru vaahaka mi dhekkenee. (js so u knw, im an extrovert) engeyne kan neynge mihaaru vx😂
    Either ways, my comment kuru kohlaanan. Comment section furidhaane..
    Waiting for the next episode <3

    1. shihaamaa ali shihaamaa ali says:
      February 27, 2025 at 10:33 am

      jazaakallah khairan Oreo gurll
      this comment made me so happy BIG BIG jazaakallah khairan darling
      stay tuned for the next ep, lyssmm

  12. gurrrrl says:
    February 26, 2025 at 12:31 am

    Vrh reethi mi part ves
    Sorry for late comment cox I was so busy with my exams n anehka boa mathi othy exam 😭
    But dw alhugandhah v varakun vhk kiyaalaanan n keep your good work
    Love you shiherr ❤️

    1. shihaamaa ali shihaamaa ali says:
      February 27, 2025 at 10:34 am

      jazaakallah khairan gurrrl
      it’s okay and good luck on your exams
      lyt

  13. pumpkin says:
    February 28, 2025 at 7:56 pm

    masha allah mi part ves vrh reethi…
    busy koh ulhunyma vrh lahun kiyaalevuny😭
    haadha curious koh mi part vs thi ninmaaly..
    it’s ok shihaa take ur time and write….
    ur my fav author❤️
    curiously waiting for the nest part…
    tc ly shihaa……
    ramadan mubarak…..
    ❤️

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 5 & 6←


All Right Reserved!