މަޖަލާ ސަކަރާތުގައި ކައިނިމި ނިކުމެވުނު އިރު 10 ޖަހަން އުޅެއެވެ. “ޔޫ ގާއިޒް ދެން ދާންވީނުން؟ އަހަރެން ލުބާ ގޮވައިގެން ދުއްވާލަން ދާން” ޒެވިއާރް އެއްސެވެ. ލުބައިނާއަށް ޒެވިއާރްގެ މޫނަށް ބަލައިލެވުނެވެ. “އޯކޭ. މާގަހެއް އިންދައްޗޭ” އެއްލޯ މަރާލަމުން ނިމްރާ ބުނެލިއެވެ. ކަޔާންވެސް “ހޭވް ފަން” އޭބުނެލާފައި ހިނގައިގަތެވެ.
ލުބައިނާ ގޮވައިގެން ޒެވިއާރް ދިޔައީ އަތިރިމައްޗަށެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިންނާއި ގޮނޑުދޮށަށް ރާޅު ބީއްސާލާ އަޑުން ލުބައިނާގެ ހިތައްް ހަމަޖެހުން ގެނެސް ދިނެވެ. “އަސްލުވެސް މޯލްޑިވްސް ހާދަ ރީއްޗޭދޯ؟” ހަމަހިމޭން ކަން ފިލުވާލަމުން ޒެވިއާރް އެއްސެވެ. ލުބައިނާ ބޯޖަހާލާފައި ފޯނުގައި އެއްޗެއް ލިޔަން ފެށިއެވެ. “ޒެވް އަދި އަލައްތަ ރާއްޖެތިއައީ؟” ލުބައިނާ ލިޔެފައި އިނެވެ. “ތިއަށް އާއެކޭވެސް ނޫނެކޭވެސް ބުނެވިދާނެ. މަންމަ ބުނީ އަހަރެން ރާއްޖެއައީ އެންމެ 2 ފަހަރުއޭ. އެވެސް ވަރަށް ކުޑައިރު. މަންމަ ވިހޭ ދުވަސްކޮޅު އައިމޭ ބުނީ އަހަރެން މާމަމެން ކައިރިއަށް. ނަމަވެސް ދިމާވި ނުރައްކާތެރި އެކްސިޑެންޓް އެއްގައި މާމަމެން ނިޔާވީ އަހަރެންނަށް 10 މަހުގަ. އެފަހަރުވެސް އައިން. އެކަމަކު ދެން ނާންނަން. ސޯ ފާޑަކަށް ފަސްޓް ޓައިމް ދޯ” ޒެވިއާރް ބުންޏެވެ. ލުބައިނާ ބޯޖަހާލިއެވެ.
“ޒެވް ޖޮބް ކަންތައް ކިހިނެތްތަ ދަނީ؟” ލުބައިނާ ލިޔެލިއެވެ. “ދެން ވަރަށް އަވަހަަށް ޖޮބް ހަމަޖެހޭނެ. ލުބާ ހާސްނުވޭ. އިންޝާ ﷲ އަހަރެން ލުބާއަށް އިންސާފު ހޯދަދޭނަން” ޒެވިއާރް ހީލަމުން ބުނެލިއެވެ. “އެކަމަކު އަހަރެންގެ 2 ޝަރުތު އޮބޮތް..” ލުބައިނާ ލިޔެލިއެވެ. “އަވަހަށް ބުނޭ” ޒެވިއާރް ބުންޏެވެ.
“1، މިކައިވެނި މިއީ ދެމީހުނަށްވެސް މަޖުބޫރުކުރެވިގެން ކުރެވުނު ކައިވެންޏެއް. އެހެން ކަމުން މިކަންކޮއް ނިމުމުން އަހަރެން ވަރިކޮއްދިނުން އެދެން. ޒެވް ބޭނުން މީހަކާ މެރީކުރުމުގެ ހައްގު ޒެވްއަށް ދޭނަން. 2، އެންމެ ފަހު އަދި އެންމެ މުހިންމު ޝަރުތު.. ޒެވް އަހަރެންދެކެ ދުވަހަކުވެސް ލޯބިނުވާތި” ލުބައިނާ ލިޔެފައި ދިނެވެ. “ޑީލް” ލުބައިނާއަށް ސަލާމްއަށް އަތް ދިއްކޮއްލަމުން ޒެވިއާރް ބުނެލިއެވެ.
ހެނދުނުގެ ވަގުތެވެ. އޮފީސްތަކާއި ސުކޫލުތަކައް މީހުންތައް ދަތުރު ކުރަން ފަށައިފިއެވެ. ލޯގަނޑު ކުރިމަތީގައި ފުލުހުންގެ ޔުނީފޯމުގައި ހުރި ޒެވިއާރްވެސް ތައްޔާރު ވަމުން ދިޔައީ އެމީހުންގެ ލިސްޓުގައި ހިމެނޭށެވެ. އާއެކެވެ. މިއަދަކީ ޒެވިއާރް ރަށު ފުލުސް އޮފީހަށް ވަޒީފާއަށް ވަންނަ ފުރަތަމަ ދުވަހެވެ.
ޕޮލިސް ސްޓޭޝަނަށް ޒެވިއާރް ވަނުމާއި އެކު ޒުވާން އަންހެން ކުދިންގެ ލޯތަށް އޭނާއަށް ހުއްޓެން ފެށިއެވެ. ލައިގެން ހުރި ފުލުސް ޔުނީފޯމާއި އެކު ކޮށައިފައިވީ ޕޮލިސްކަޓުންވެސް ޒެވިއާރްގެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
“އައްސަލާމު އަލައިކުމް” ރަށު ފޮލިސް އިންޗާޖުކަމުގައިވާ ޝިފާޒްގެ ކޮޓަރިއަށް ވަންނަމުން ޒެވިއާރް ސަލާމް ގޮވާލިއެވެ. “ވާލައިކުމް ސަލާމް. ޒެވިއާރް ޔޫސުފް ދެއްތޯ؟ ވަދޭ” ހިނިތުންވުމަކާއި އެކު ޝިފާޒް ބުނެލިއެވެ.
ހެނދުނުގެ ނާސްތާ އިންސާފުކޮއް ނިމުމުން ލުބައިނާ ސޯފާގައި އިށީނީ ވަރުބަލި ކަން ފިލުވާލާށެވެ. އެވަގުތު ލައިނާވެސް އަހިސް ލުބައިނާ ގާތުގައި އިށީނެވެ. “ދަރިފުޅާ.. މިހާރު ދެން ޒެވިއާރްވެސް ވަޒީފާއަށް ވަނީއެ. ދަރިފުޅު ދެން އެއްވެސް ކަމަކަށް ހާސް ނުވައްޗޭ.. ދެން ޒެވިއާރްއާއި ގުޅިގެން ރީތި ދިރިއުޅުމެއް އުޅެވޭތޯ ބަލާ” ލައިނާ ބުނެލީ ހިތް ހެޔޮ ރާގެއްގައެވެ.
ޝިފާޒްއާއި އެކު ކުރެވުނު އިންޓާރްވިއު އަށް ފަހު ޒެވިއާރްއަށް ހަމަޖެހިފައިވީ ކެބިންއަށް ދެވުނެވެ. ޒެވިއާރްގެ އިތުރުން އެބައިގައި އިނީ އެންމެ ކުއްޖެކެވެ. ބެލެވޭގޮތުން ނަމަ ޒެވިއާރްއާއި އެއް އުމުރުގެ ކުއްޖެކެވެ.
“ހެލޯ.. ޒެވިއާރް ރައިޓް؟ ދި ނިއު ޑޫޑް” އެޒުވާނާ އަހިސް ވާހަކަ ދައްކަންފެށިއެވެ. “ލައްބަ.. އައިމް ޒެވިއާރް.. ޔޫ؟” ޒެވިއާރް ސަލާމްއަށް އަތްދިއްކޮއްލިއެވެ. “އާކިން، ނައިސް ޓު މީޓް ޔޫ” އާކިން ބުނެލިއެވެ. “ޒެވިއާރް ތިއީ މޯލްޑިވިއަން އެއް ނޫންދޯ؟” ޒެވިއާރް އާއި އެކު އިށީންނަމުން އާކިން އެއްސެވެ. ޒެވިއާރް ހީލާފައި ބޯޖަހާލިއެވެ. “ނޯ ވޭ! ދެން ވެއާރް އާރް ޔޫ ފްރޮމް؟ އޮފީސްތެރޭ އަންހެން ގްރޫޕް ކިޔާ އަޑު އިވުނު ބޭރު ކުއްޖެއްހެންނޭ ހީވަނީ ހަހަ” އާކިން ބުނެލިއެވެ.
“އައިމް ހާފް މޯލްޑިވްސް ހާފް ސްޕެއިން. އައި ހޭވް ކޮރެއަން ޖީންސް ކޮންމެވެސް ވަރަކަށް ހެހެ. ހޮނެސްޓްލީ ލުކް މޯރް ކޮރެއަން ދޭން ސްޕެއިން” ޒެވިއާރް ބުނެލިއެވެ. “އަސްލުތަ؟ ދެން ކީއްވެ ރާއްޖެ ޗޫސް ކުރީ؟” އާކިން އެއްސެވެ. “މިރަށު ކުއްޖަކާ މެރީ ކޮއްގެން އުޅެނީ.. މިއީ ޒެވިއާރްގެ ބައްޕަގެ ރަށަކީވެސް” ޒެވިއާރް ބުންޏެވެ.
“ވާޓް؟؟؟ ޔޫ އާރް މެރިޑް؟؟ މިރަށު ކުއްޖެކޭ؟ ހޫމް؟” އާކިން ދެލޯ ބޮޑުކޮއްލަމުން އެއްސެވެ. “ހަހަ ޔެސް. ހާރް ނޭމް އިސް ލުބައިނާ” ޒެވިއާރް ބުނެލިއެވެ. “އެހެންތަ؟ ޝީ ވޯޒް މައި ޖޫނިއާރް އެއް. އަޑު އެހިން އޭނަ މެރީ ކުރިވާހަކަ ހެހެ” އާކިން ހީލިއެވެ.
ފުރަތަމަ ދުވަސްކަމުން މާގިނަ މަސައްކަތެއް ޒެވިއާރް އަކަށް ނުޖެހުނެވެ. ދުވަހުގެ ގިނަވަގުތު އޭނާ ހޭދަކުރީ އާކިން އާއި އެކުއެވެ. އެއް ދުވަސްތެރޭގައިވެސް އެދެމީހުންގެ ދެމެދުގައި އުފެދުނީ ވަރުގަދަ ގުޅުމެކެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. ޒެވިއާރް ފުލުހުގައި މަސައްކަތް ކުރާތާވެސް އެއް މަސް ފުރުނެވެ. ރޯދަ މަސް ކައިރިވެފައިވީ އިރު، ލުބާންގެ މޮކް އެގްޒާމްވެސް ވަނީ ބޯމަތިވެފައެވެ. އެހެން ކަމުން އަލަކާއާއި ބައްދަލުވެވޭލެއް މަދުނަމަވެސް ދެލޯބިވެރިން އަބަދުވެސް އެކަކު އަނެކަކަށް ދިޔައީ ވީ ވަރަކުން ވަގުތުދެމުނެވެ. ކިޔެވުމަށް ބުރޫ ނާރާ ފަދައިންނެވެ.
“ވަރަށް ނާރްވަސް. ބޮޑު ޕޭޕަރް ވީމަދޯ؟” ލުބާން ވާހަކަ ދައްކަމުން ދިޔައީ އަލަކާއަށެވެ. ފޯނުން ވީޑިއޯ ކޯލް ކޮއްގެން ދެމީހުންތިބި އިރު، ދެކެވެމުން ދިޔައީ އެދުވަހު ނެގެން ހަމަ ޖެހިފައިވީ އިސްލާމް ޕޭޕަރުގެ ވާހަކައެވެ. “އަސްލުވެސް. ފުރަތަމައަށްވެސް އެންމެ ބޮޑު ޕޭޕަރު ވިއްޔަ އެދިނީ ވަރަށް ފޫހިވޭ” އަލަކާ ތުންކޮޅު އޫކޮއްލަމުން ބުނެލިއެވެ. “ހެހެ ޑޯންޓް ވޮރީ ބޭބީ. އިންޝާ ﷲ ވީ ކޭން ޑޫ އިޓް” ލުބާން ހީލަމުން ބުނެލިއެވެ. އަލަކާ ބޯޖަހާލިއެވެ.
ޓެސްޓު ގަޑި ޖެހުމުގެ 5 މިނިޓްވީ އިރު ލުބާން އާއި އަލަކާ ހުރީ ސްކޫލް ހޯލް ތެރޭގައެވެ. “ގުޑް ލަކް” އޭބުނެލާފައި ދެމީހުން އެތެރެއަށް ވަނެވެ. 1 ޖެހުމާއި އެކު ޓެސްޓު ހަދަން ފެށުމަށް އިއުލާން ކުރިއެވެ. ޓެސްޓު ހޯލް ތެރޭގައި ފަންކާގެ އަޑު ނޫން އެއްވެސް އަޑެއް ނީވެއެވެ.
ޓެސްޓު ހަދަން އިން އަލަކާގެ ލޮލަށް މަންޒަރު ފުސްވާން ފެށީ ކުއްލިއަކަށެވެ. ބޯ އަނބުރާފައި، ހޮޑު ލަވާ ގޮތް ވާން ފެށިއެވެ. އަވަސް އަވަހަށް އެސްފިޔަތައް ތަޅުވަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް އަލަކާ ކުރި ހުރިހާ ކަމެއް ދިޔައީ ބޭކާރު ވަމުންނެވެ. ދެން ކެތެއްނުވާނެ ކަން ރެއަކާލުމުން އަލަކާ އަތް މައްޗައް ހިތްލާލީ ޓީޗަރެއްގެ އެހީ ހޯދުމަށެވެ. ނަމަވެސް އަތް ހިތްލާލި ސިކުންތުގައި ދެން ފެނުނީ އަލަކާ ހޭނެތިގެން ބިންމައްޗައް ވެއްޓުނު ތަނެވެ.
(ނުނިމޭ)
Hello everyone,
Since i have been too busy and i am unable to reply to your comments on the story i have created a gc on instagram so you all can chat about the story here as well.. in sha allah i will reply to your comments soon as well.. i’ll post the link to join in the comment section it’s also on my instagram story. I hope to see each and everyone of you there😊
Lysm❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







https://ig.me/j/AbaEnHLHA8kcHz_J/
See you all there🥰
Im so sorry i cant chat with you in this link
I dont use Instagram, no social media platforms at all
But I’ll do my best here in the comment section
Shiher ah free veleema alhugandu ge comment ah reply kohlaa. K?
Luv u too 💓
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Lubaa and zev dhuru nukurachey
Alakaa and lubaan ves
They all are made for each other
Alhey Alakaa ah khineh evee
Haadha curious kohlaafa thi nimaaly
I appreciate your hard work
Your my fav author ❤️
Tc ❤️😘
Ly shihaa ❤️😚
Jazaakallah khairan🫶🏻
it’s ok shihaa take ur time
masha allah vrh reethi mi part vs
anehkaa alaka preg v baa??😭
xavier n lubaina dhuru nukurahcheyy😭
alaka n lubaan vs dhuru nukurahchey😭
dhn vaany kihineh???
keehve lubaina xav kaery ga loabi nuvaashey e buny??😭
ekm xav vs lubaina vs heevany loabi vaahn??
they all r made for each other
haadha curious koh thi ninmaaly
curiously waiting for the next part
when next???
ur my fav author
tc
ly shihaa vrh vrh bodukuhh
shihaa r dhimaa vaane dhuvahakah vrh inthizaar kurevey
🫶🥰
Jazaakallah khairan🫶🏻
So many questions at once dhw aha dhn lets see dhww darlingv
Its okay eyy Shiher. Thihaa bodah worry nuveba and take ur time
But srsly, anekka Alakaa preg v tha? I think so, i mean the symptoms…
And Alakaa ge dad, that ahmed vx varah sus
Im so curious to know what happens.
Tysm Shiher thihaa bxy koh ulhemun vx story up kohdheythee
Lyy 🖤
Btw, next part?
Jazaakallah khairan🫶🏻
Mi comment made me very happy🥹🥺❤️
I don’t use insta but I’ll give my best here
U can reply when ur free
Btw mi part ves vrh vrh reeeethi
I think Alaka preg v kanne
Keep up the gud work
Lysm shiherr
Jazaakallah khairan Ishu🫶🏻
Its okeyy shiherr take yo time
Maasha allah Mi part ves vrh furihama
Anehkaa alakaa preg v tha!!!
Waiting for the next
Jazaakallah khairan 🫶🏻
Awww it’s okay Oreo gurll🫶🏻