ޓެސްޓު ހަދަން އިން އަލަކާގެ ލޮލަށް މަންޒަރު ފުސްވާން ފެށީ ކުއްލިއަކަށެވެ. ބޯ އަނބުރާފައި، ހޮޑު ލަވާ ގޮތް ވާން ފެށިއެވެ. އަވަސް އަވަހަށް އެސްފިޔަތައް ތަޅުވަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް އަލަކާ ކުރި ހުރިހާ ކަމެއް ދިޔައީ ބޭކާރު ވަމުންނެވެ. ދެން ކެތެއްނުވާނެ ކަން ރެއަކާލުމުން އަލަކާ އަތް މައްޗައް ހިތްލާލީ ޓީޗަރެއްގެ އެހީ ހޯދުމަށެވެ. ނަމަވެސް އަތް ހިތްލާލި ސިކުންތުގައި ދެން ފެނުނީ އަލަކާ ހޭނެތިގެން ބިންމައްޗައް ވެއްޓުނު ތަނެވެ.
ހޭވެރިކަންވީ އިރު އަލަކާއަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ދެލޯ ހުޅުވުނު ނަމަވެސް މަންޒަރު ސާފުވާން ހިނދުކޮޅެއް ނެގިއެވެ. އެވަގުތު ކައިރީގައި އިން އައިޝާ އަލަކާގެ ލޮލުގައި އަޅައިގަތެވެ. “އަ…އަޅުގަނޑަށް ކިހިނެތްވީ؟” އަލަކާ ބޮލުގައި އަތް އަޅާ ތެދުވަމުން އެއްސެވެ. އެވަގުތު އައިޝާގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތަށް އަލަކާގެ ލޮލުގައި އަޅައިގަތެވެ. “މަން..މަންމަ.. ކިހިނެތްވީ؟ ކީއްވެތިރޮނީ؟” އަލަކާ ހާސްވެފައި އެއްސެވެ. “ދަރި..މަގޭ…މަގޭ…މަގޭ..ދަރި..ދަރިފުޅު…..” އައިޝާއަށް ކެއްނުކުރެވިގެން އަޑުން އަޑު ނަގާ ރޯންފެށިއެވެ. “މަންމާ… އަޅެ ކިހިނެތްތަވީ؟ ކީއްވެތަ ތިރޮނީ؟” އަލަކާއަށްވެސް ރޮވުނެވެ. އައިޝާ އިނގިލި ދިއްކޮއްލީ ކައިރީގައި އިން ކަބަޑުމަތީގައި އޮތް ގަނޑަށެވެ.
އަލަކާ އަވަސްވެގަތީ އޭގައި އޮތީ ކޯއްޗެއްތޯ ބެލުމަށެވެ. އެއީ އަލަކާގެ ޓެސްޓު ރިޕޯރް އެވެ. ރިޕޯޓް ކިޔާލުމާއި އެކު އަލަކާގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ވަގުތު ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައްވެސް ހީވީ ގަނޑުވިހެންނެވެ. “އަޅުގަނޑު…. ބަނޑު..ބަނޑުބޮޑީ؟” އަލަކާއަށް ލަސްލަހުން އަހާލެވުނެވެ. އައިޝާގެ ރުއިން ހައްތަހާވީ ބާރެވެ. މަންމަގެ ވޭނީ ރުއިން ފެނިފައި އަލަކާގާތަށް އައީ ވަރުގަދަ ރުޅިގަނޑެކެވެ. އަތުގައި އޮތް ރިޕޯޓު ވީދާލާފައި ގޮއްމުއްކަވާ އަމިއްލަ ބަނޑުގައި ތަޅަން ފެށިއެވެ. “މަރުވޭ.. މަރުވާށޭ. އަހަރެން މިދަރިފުޅު ބޭނުމެއް ނޫން.. މަރުވާށޭ!!!” ރޮމުން ރޮމުން އަލަކާއަށް ބުނެވުނެވެ.
“އޭ!” އަލަކާގެ ހަރަކާތް ތަކަށް ހުއްޓުން އައީ އަހުމަދުގެ އަޑާއި އެކުއެވެ. އައިޝާއަށް ދެލޯ މަރާ ފިއްތާލެވުނެވެ. “ކަލޭ ކޮންފުއްޕުމެއް ތިފުއްޕަނީ އޭނ؟ ކަލޭ ޖެހޭނީ ހަމަ ތިދަރި އުފަން ކުރަން! އަޑު އިވިއްޖެތަ؟” އަލަކާގެ ކޮލައް ފިއްތާލަމުން އަހުމަދު ބުނީ ރުންކުރު ރާގެއްގައެވެ.
ޓެސްޓު ނިމުމާއި އެކު، ޔުނީފޯމު ބަދަލު ކުރުމެއްނެތި ލުބާން އަވަސްވެ ގަތީ އަލަކާ ގާތަށް ހޮސްޕިޓަލަށް ދިޔުމަށެވެ. ނޭނގޭ ސަބަބަކާއި ހުރެ ލުބާންގެ ހިތް ދިޔައީ ނުބައި ގޮތަކަށް ތެޅެމުންނެވެ. އެހެން ކަމުން އަލަކާގެ ހާލަތު ނުބަލާ ގެޔަށް ދާނެހާ ހިތްވަރެއް ލުބާންއަކަށް ނުލިބުނެވެ. ހޮސްޕިޓަލަށް ދެވުމާއި އެކު، އަލަކާ އޮތް ޕްރައިވެޓް ކޮޓަރިއަށް ނަރުސް ކުއްޖެއްގެ އެހީއާއި އެކު ލުބާންއަށް ދެވުނެވެ. އެކުއްޖާއަށް ޝުކުރު އަދާކޮއްފައި ލުބާން އެތެރެއަށް ވަނެވެ.
މީހަކު އެތެރެއަށް ވައިން އަޑާއި އެކު އަލަކާ އަވަހަށް ކަރުނަތައް ފުހެލިއެވެ. ވަދެގެން އައި ލުބާންފެނި ދެލޯ ކަރުނުން ފުރި ބާރުވީ ބަސްބުނާހާއަވަހަށެވެ. “އަލޫ ކިހިނެތްތަ؟ ކީކޭ ޑަކްޓަރް ބުނީ؟ ކީއްވެ ބަލި ވާހަކަ ނުބުނީ؟ އިނގޭތަ ބާން ހާދަ ހާސްވެފައޭ ހުރީ. ޓެސްޓުގެ ބާކީ އޮތް ހުރިހާ ވަގުތަކު ފޯކަސް އެއްވެސް ނުކުރެވުނު. އަލޫ ކިހިނެތްތަ؟ ކީކޭ ޑަކްޓަރު ބުނީ؟” ލުބާން އެއްފަހަރާ ސުވާލު ގޯނިއޮއްސާލިއެވެ.
ވަގުތުން އަލަކާގެ ދެލޮލަށް ކަރުނަތައް ގިނަވެގަތެވެ. ލުބާން އޭނާ ދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ ނަމަވެސް އެލޯބި އަލަކާއަސް ހައްގުބާއެވެ؟ އަލަކާއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ އޭނގެ އިންތިހާއަށެވެ.
“އަލޫ ކީއްވެތިރޮނީ؟” އަލަކާ ރޯތަންފެނި ލުބާން ތެޅިގަންފައި އެއްސެވެ. “ބާން…. އައިމް…. އައިމް ޕްރެގްނެންޓް…..” އަލަކާ ދެލޯ ފިއްތާލަމުން ބުނެލިއެވެ. ވަގުތުން ލުބާން ހުރިތަނަށް ގަނޑުވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ވަގުތުން އަލަކާގެ ކޮނޑުގައި އޮތް ދެއަށް ތިރިކޮއްލެވުނެވެ.
ލުބާންގެ އެހަރަކާތާއި އެކު އަލަކާއަށް ދެލޯ ހުޅުވާލެވުނެވެ. މިކަން މިނިމުނީ ހެއްޔެވެ؟ ލުބާންގެ ލޯބި އަލަކާއަށް ގެެއްލޭނެ ގޮތަކީމިއީ ހެއްޔެވެ؟
ކައިރީގައި އޮތް ގޮނޑިއަށް ޖެހިގަނެވުނު އިރު ހިތައް ހަންޖަރެއް ހެރުނު ކަހަލަ އިހުސާސް އެއް ލުބާންއަށް ކުރެވުނެވެ. ހިތާމައާއި އެއްވަރަށް ލުބާން ބިރުވެސް ގަތެވެ. އިސްލާމް ޓީޗަރު ޒިނޭއާއި ދުރުވުމަށް ނަގައިދިން ފިލާވަޅު ތަކެވެ. މަންމަ އާއި ބައްޕަ ލުބާންއަށް ޓަކައި ކުރި ފޮނި އުންމީދުތަކެވެ. ލުބާންގެ ހަށިގަނޑުން ހީބިހި ނަގައިގަން އިރު ކަންފަތާއި ހަމައަށްވެސް ދިޔައީ އޭނާގެ ހިތުގެ ވިންދުގެ އަޑުއިވެމުންނެވެ.
“ބާން އަހަރެން ދޫކޮށްލަން ބޭނުމިއްޔާ-” އަލަކާއަށް ބުނެވުނީ އެހިސާބަށެވެ. ލުބާން އަލަކާގެ އަނގަމަތީގައި އަތް އަޅާ ވާހަކަ ދައްކަން ފެށިއެވެ.
“ޑޯންޓް ޔޫ ޑެއާރް އީވެން ތިންކް ސަމްތިންގ ލައިކް ދެޓް. ބާން އަލޫ ދޫކޮށެއް ނުލާނަން. ކަން ކުރީ އަހަރެމެން ދެމީހުންވެގެން. އެއީ އަލޫ އެކަނި ކުރިކަމެއްނޫން. އެއީކީ އަލީގެ ކުށެއްވެސް ނޫން. ބާން މިހުރީ އަލޫ އާއި އެކު. ބާން އަބަދުވެސް ވާނީ އަލޫއާއި އެކު…” ލުބާންގެ ވާހަކައާއި އެކު އަލަކާއަށް ރޮއެގަންފައި ލުބާންގެ ހަށިގަނޑުގައި ބައްދާލެވުނެވެ.
އެދުވަހު ހަވީރު އަލަކާ ގެއަށް ދޫކޮއްލެވުނެވެ. އަލަކާ ގެންގޮސް ގެއަށް ލާފައި ލުބާންވެސް ދިޔައީ ގެއަށެވެ. ގެއަށް ވަނުމާއި އެކު ލުބާންއަށް ލައިނާއަދި އާދިލްގެ ސުވާލުތަކާއި ކުރިމަތި ލާން ޖެހުމުންނެވެ. އެހާ ލަސްވުމުންނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ލުބާން ވަނީ އޭނާގެ ކޮޓަރިއަށެވެ. ފެންވަރާ ތާޒާ ވެލައިގެން ނުކުމެ ލުބާން ތައުބާ ނަމާދު ކުރިއެވެ. ކުރެވުނު ފާފައަށް ތައުބާވާ ހާލު ލުބާން ގިސްލަ ގިސްލާފައި ރުޔެވެ. އަލަކާގެ ބަނޑުގައިވީ ދަރިފުޅަށް ހެޔޮ ނިޢުމަތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަލަކާއާއި ލުބާންގެ އާއިލާއިން އެދަރިފުޅު ގަބޫލު ކުރެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ. އެދަރިފުޅު ބަލާ ބޮޑު ކުރުމަށް އެހީތެރިވުމަށް އެދި ދުޢާ ކުރިއެވެ.
ދުޢާކޮށް ޤުރްޢާން ކިޔަވަން އިނދެފައި ލުބާން ކޮޓަރިން ނުކުތީ މަގްރިބް ނަމާދުވެސް ކޮއްގެންނެވެ. އޭރު ގޭތެރެ ހިމޭން ވެފައި އޮތް ވަރުން މަންމަމެން ގޭގައި ނެތްކަން ލުބާންއަށް ކަށަވަރުވިއެވެ. ލުބާން ލަސް ހިނގުމެއްގައި ހިނގައިގަތީ ލުބައިނާގެ ކޮޓަރިއަށެވެ. ލުބައިނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލުމާއި އެކު “ޓޮއް ޓޮއް” އަޑެއް އެތެރެއިން އިވުނެވެ. އެއީ އެތެރެއަށް ވަނުމަށް ލުބާންއަށް ކުރި އިޝާރާތެއް ކަން އެނގުމުން ލުބާން އެތެރެއަށް ވަނެވެ.
“ކޮއްކޮ އޯކޭތަ؟ މަންމަމެން ބުނި ޓެސްޓު ނިންމާފަ ވަރަށް ލަސްވިފަހުންނޭ ގެއަށް އައީވެސް. އަހިސްވެސް ކޮޓަރިން ނުނިކުންވާހަކަ. ޓެސްޓު ކިހިނެތްތަ؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ލުބާންއަށް އިސްޖަހާލެވުނީ ލަދުންނެވެ. “އަޅުގަނޑު ބޭނުން ވާހަކައެއް ބުނަން” ލުބާން މަޑުމަޑުން ބުނެލިއެވެ. ލުބައިނާ ބޯޖަހާލިއެވެ. “ބުނީމެއްނުން ކުއްޖަކާ ރައްޓެހިވި ވާހަކަ.. ދޮންތީ… އައި މޭޑް އަ މިސްޓޭކް… ވަރަށް ބޮޑު ފާފައެއް ކުރެވުނީ… އަލަކާ.. އޭނަ ބަނޑުބޮޑު…” ދުލުން ބުނާނެހާ ހިތްވަރެއް ނުލިބިގެން ލުބާން ބުނީ އިޝާރާތުންނެވެ. ވަގުތުން ދެލޯ ބޮޑުވި އިރު އެދެލޮލުން ހިތާމައާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ.
“ކޮއްކޮ މޮޔަވީތަ؟ ކީއްކުރަން ކުރިކަމެއްތިއީ؟ އިނގޭތަ މަންމަމެން ދެރަވެ ލަދުގަންނާނެ ވަރު؟ މިއަދު ތިއައީ މޮކްގެ ފުރަތަމަ ޓެސްޓު ނަގައިގެން. މަންމަމެން އެކަންޏެއް ނޫން ދޮންތިވެސް ކޮއްކޮއަށް ހާދަ ފޮނި އުންމީދު ތަކެއް ކުރީމޭ. ތިވަރު ބޮޑު ފާފައެއް ކުރި އިރު ކޮއްކޮގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ކުރެވެމުން ދިޔަ އިހުސާސްތަކުގެ ސަބަބުން ލުބައިނާގެ އަތުގެ ހަރަކާތްތައްވެސް އަވަހެވެ.
ލުބައިނާ ރުޅި އައީ ކަން އެނގުމުން ލުބާންއަށް ރޮވުނެވެ. ދެން އޭނާ އެހީއަށް އެދި ދާނީ ކާކުކައިރިއަށް ހެއްޔެވެ؟ މަންމައާއި ބައްޕަ އަލަކާ ގަބޫލު ކުރާނެބާއެވެ؟
ލުބާން ރޯން ފެށުމުން ލުބައިނާ ގަނޑުވިއެވެ. ލޯބިވާ ކޮއްކޮގެ ރިހޭފައި މައްޗަށް ފޮއެ ވައްޓާލެވުން ފަދަ އިހުސާސްއެއް ކުރެވުނެވެ. ލުބައިނާ ކުރިއަށް ޖެހިލާފައި ލުބާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ލުބާން ހިތްހަމަ ޖެހެންދެން ރޯން ދޫކޮއްލުމަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Happy to be the first one
BTW mi part ves vrh reethi
Jazaakallah khairan🫶🏻
mi part vx vr reethi
Jazaakallah khairan🫶🏻
Oh my gosh!!
Alaka is now pregnant and I think lubaan will be blamed and accused for rapping her 🤔 cuz that Ahmad gandu is so Sus!!
I couldn’t comment in the previous parts so sssrrryyy! Cuz I was so busy!!
Well why did luba said to never love her? I didnt like the two condition of luba!! It’s like 😭😭
You are really busy and still u up there parts 💖💖💖💖
I appreciate your hard work
Ilyssssssssssm💗💗💗
Jazaakallah khairan🫶🏻
Hehe lets see dhw lubaan ah vanii kihineh thw.. and lubaa ge sharuthu thah ves😭
Jazaakallah khairan big big koh for understanding lyyy🥹🫶🏻
Mi part vx vrh reethi..
Curiously waiting for the next part..
jazaakallah khairan
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Lubaa and zev dhuru nukurachey
Lubaan and Alakaa ves
Alakaa ah dhera gotheh nuhadhachey
Ahmed haadha goahey
Mi part kiyaafa rovijje 😭
It’s ok dear i understand busy vaane kan
Haadha curious kohlaafa thi nimaaly
I appreciate your hard work
Tc ❤️😘
Ly shihaa ❤️😚
jazaakallah khairan
masha allah mi part vs vrh reethi
haadha interesting kohshey thi nimaaly
rovihje mi part kiyaafa😭
thankolheh dhigu kohla dhehchey next part
curiously waiting for the next part
when next
tc ly shihaa
❤️
jazaakallah khairan
but i am very sorry i am really busy these days i am not able to write too long 🙂
please understand
lyt and tc 2
Oh.My.Gosh! ALAKAA IS PREG!
I knew it i knew it!
Im so curious to know what’s gonna happen next?!
Koniraku 11th episode genesdheynee?
Tc shiher 💕
jazaakallah khairan
tc 2
Maasha allah mi part ves varah reethi
Curiously waiting for the next part
I appreciate ur hard work☺️
Lysm shiherrr
jazaakallah khairan