ކުޑަކުޑަ ދަރިފުޅު 2 & 3
ހެނދުނުގެ ނާސްތާކޮށްނިންމާފައި މަލައިކާ ވަނީ ޑަކްޓަރަށް ދިޔުމަށް ރެޑީވުމަށެވެ. ނާއިކް މަލައިކާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިށީންދެ ފޯނު ނަގާ އެފްބީ ތެރެ ހާވަންފެށިއެވެ.
[ނޭނގެ މަށަކަށް. މައަދި ޓެސްޓެއް ނަހަދަން. މަ ބަނޑުބޮޑަސް އެވާނީ ކަލޭގެ ދަރިއަކަށް! އަޑު އިވިއްޖެ!] އަނެއްކާވެސް ނާއިކްގެ ބޮލުގައި އެ ޖުމްލަ އެނބުރިގަތެވެ. ވަގުތުން ނާއިކްގެ މޫޑު އޮފްވިއެވެ. ފޯނު ނިއްވާލާފައި ބޮލުގައި އަތްހާކާލީ ބޮލަށް އުނދަގޫވާން ފެށުމުންނެވެ. ނަސީބަކުން އެވަގުތު މަލައިކާ ރެޑީވެގެން ނުކުތެވެ. ފެހި ކުލައިގެ އަބާޔާއަކާއިއެކު ކަޅު ކުލައިގެ ޝޯލްއެއް އަޅާލާފައި ހުރި އިރު މަލައިކާ ވަރަށްވެސް ލޮތްބެވެ. “މާޝާ ﷲ ވަރަށް ލޯބި” ނާއިކްގެ އެތައުރީފާއި އެކު މަލައިކާގެ ދޮން މޫނު އެކީގައި ރަތްވެގެން ދިޔައެވެ. ނާއިކް މަޑު މަޑުން އަހިސް މަލައިކާގެ މަޑުއަތްތިލައިގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ.
ސްކޭން ހެދުމަށް ނާއިކްއާއި އެކު ވަދެ އެނދުމަތީގައި މަލައިކާ ހަމަ ޖެހިލިއެވެ. މަލައިކާގެ ހިތްވަނީ ވަރަށް އަވަސްވެފައެވެ. ފުރަތަމަ ފަހަރަށް އޭނާގެ ތުއްތުފުރާނަ ފެންނަން އުޅޭތީއެވެ. ސްކޭން ހަދަންއައި ކުއްޖާ މަލައިކާގެ ބަނޑަށް ޖެލްކޮޅެއްއަޅާލުމަށް ފަހު ސްކޭން ކުރަންފެށިއެވެ. “ޔޫއާރ އެކްޕެކްޓިން ޓްވިންސް. އެންޑް ދޭއާރ ބޯތް ޑުއިންގ ވެލް” ނަރުސް ކުއްޖާބުނެލިއެވެ. މަލައިކާގެ މޫނު މަތި އުޖާލާވެގެން ދިޔައެވެ. “އަލްހަމްދުލިއްލާހް” މަލައިކާ ދެލޯމަރާލަމުން ﷲ އަށް ހަމްދު ކުރިއެވެ. ނާއިކް ވެސް ހިނިތުންވެލަމުން މަލައިކާގެ އަތްތިލައަށް ބާރުކޮށްލިއެވެ.
ޑަކްޓަރަށް ދައްކާ ނިމުމުން، މަލައިކާ ގެއަށް ލާފައި ނާއިކް ދިޔައީ އޮފީހަށެވެ. މަލައިކާ ވަދެގެންއައިތަން ފެނުމުން މީރާ އަވަސް އަވަހަށް އަހިސް މަލައިކާ އަތުގައި ހިފާގެނެސް ސޯފައިގައި ބޭންދިއެވެ. “ކޮބާ ކޮބާ ކިހިނެއްވަނީ؟” މީރާ އެހިލެއް އަވަސް ކަމުން ހީވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭ ހެންނެވެ. “ހެހެ މަންމާ ހަމަ ޖެހިބަލަ. އަލްހަމްދުލިއްލާހް ހުރިހާ ކަމެއްވެސް ރަނގަޅު. އަދި އިނގޭތަ؟ ޓްވިންސް އެއްލިބެނީވެސް” މަލައިކާ ހިނިތުންވެލައިގެން އިނދެ މަންމައަށް އެ އުފާވެރި ހަބަރު ދިނެވެ. “އަސްލުތަ؟ އަލްހަމްދުލިއްލާހް” މީރާ ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ. “މަރުހަބާ ފަހަރީ” ކައިރީ ސޯފާގައި އިން ޒިދާންވެސް މަލައިކާއަށްޓަކައި އުފާކުރިއެވެ.
މެންދުރު ވަގުތުގައި ބަންގީގެ މޫރިތި ކަލިމަ ތަކުން މުޅި ފަޒާ ގުގުމާލިއެވެ. ޒިދާން އަވަސްވެ ގަތީ ތާޒާ ވެލައިގެން މިސްކިތަށް ދިޔުމަށެވެ. އޭރުވެސް މަލިކާ އޮތީ ހަމަ ގަދަނިދީގައެވެ. ޒިދާން މަލިކާއާއި ދިމާލަށް ހިނގައިގަތެވެ. ނަމާދު ކުރަން ގޮވުމަށެވެ. ނިދިފައި އޮތް މަލިކާގެ މޫނު މަތިން ދިޔައީ މައުސޫމްކަން ފެންނަމުންނެވެ. ޒިދާން މަޑު މަޑުން މަލިކާގެ މޫނުމަށްޗަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅު ރީތިކޮށްލަމުން މަޑުމަޑުން މަލިކާއަށް ގޮވާލިއެވެ.
“މަލީ.. މަލީ.. ތެދުވެބަ ދެން. މިހާރު މެންދުރުނަމާދަށް ގޮވީއެ. އޭރު ހޭލާ ހުރެފަވެސް ފަތިސްނަމާދުވެސް ނުކޮށޭނުން ހުރީ؟ ދެންތެދުވެބަ އަވަހަށް” ޒިދާން ވަރަށް ލޯބިން ގޮވާލިއެވެ. މަލިކާ ކަންނެއްގޮތަކަށް ތެދުވެ އިށީނެވެ. ޒިދާންވަރަށް ލޯބިން މަލިކާގެ ފަން އިސްތަށިކޮޅުގައި ފިރުމާލާފައި ނިތަށް ދޮނެއް ދިނެވެ. “ޒިދާން. އަހަރެން ބޭނުންވާހަކައެއްބުނަން” މަލިކާ ޒިދާންގެ ލޮލަށް ބަލައިލަމުން ބުނެލިއެވެ. “ހޫމް ބުނެބަލަ؟” ޒިދާންގެ ހުރިހާ ސަމާލުކަމެއް މަލިކާއަށް ދީފައި ބުނެލިއެވެ. “އަހަރެން ބޭނުންވަރަށް އަވަހަށް ބޭބީއެއްހޯދަން” މަލިކާ ބުނެލިއެވެ. ޒިދާން ހިނިތުން ވެލާފައި މަލިކާގެ އެދުމަށް ޒިދާންއެއްބަސްވިއެވެ. ޒިދާން ގައިގައި ބައްދާލައިފައި މަލިކާ ދޫކޮށްލީ ހަމަ ޖެހުމުގެ ނޭވާއެކެވެ.
“ދަރިފުޅާ އާދެބަލަ މަންމަވާހަކައެއް ބުނެލާނަނަން.” ކޮޓަރިން ނިކުން މަލިކާ ފެނި ސޯފާގައި އިން މީރާ ބުނެލިއެވެ. “ދަރިފުޅާ. ތިއީ މިހާރު މީހެއްގެ އަންބެއްނުން؟ ދަރިފުޅާ. ދެން ތި ކަންނެއް އާދަގަނޑު ދޫކޮށްލާފަ މުރާލިވާންވީނުން؟ ޒިދާންއެއީ ވަރަށް ރަނގަޅު ކުއްޖެއް. ދަރިފުޅަށް ﷲ އެދެއްވީ ބޮޑު ނިއުމަތެއް. ދަރިފުޅޫ. މަންމަ މިދެއްކި ވާހަކަ އަޑު އަހާނެކަމަށް މަންމަ އުންމީދުކުރަން” މީރާގެ ވާހަކަތަކަށް މަލިކާ އެއްވެސް ސަމާލުކަމެއް ދިން ހެނެއް ހީވެސް ނުވެއެވެ. ނަމަވެސް ބޯޖަހާލާފައި މަލިކާ ގޮސް ބަދިގެއަށް ވަނެވެ.
ބަދިގެ ތެރޭގައި ފެންބޯން ހުރި ނާއިކްއަށް ބަދިގެ ތެރެއަށް ވަދެގެންއައި މަލިކާ ފެނުމުން އޭނާގެ ހަރަކާތްތަށް ހުއްޓުނެވެ. ކަޅުކުލައިގެ ކުރު ސޯޓަކާއި އެކު އެތެރެ އިނގޭކަހަލަ ތުނި ހުދު ކުލައިގެ ޓޮޕްކޮޅެއް ލާފައި ހުރި މަލިކާފެނި ނާއިކްގެ ހިއްސުތަށް ހޭލަންފެށިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ފެށިއެވެ. މަލިކާ ގާތަށް ނާއިކް އުޅުނު ގޮތުން އައީ ހިންޏެކެވެ. ތުއި ހިނގުމެއްގައި މަލިކާ ގޮސް ނާއިކް ގާތުގައި ހުއްޓުނެވެ. “ހާދަ ކަވާރޑްއޭ ދޯ؟ އެއީ މަ އެކަނި ބޭނުންވެގެން ކުރި ކަމެއްނޫނެއްނުން؟ ދެން މިހާރު ކިހިނެއްވީ؟ އޯހް. މަލައިކާ ބަނޑުބޮޑު ވީމަދޯ؟ ހެހެ ކޮބާތަ މައްސަލައަކީ؟” މަލިކާ ނާއިކްގެ އިސްތަށިކޮޅާ ކުޅެލަމުން ބުނެލިއެވެ. “އޭރު އެބުނީ ހަމަ އަސްލުވާހަކައެއްތަ؟” ނާއިކް ބުނެލީ ހަމައެކަނި އެހެންނެވެ. “ހެހެ މަބުނިންދޯ މަ ޓެސްޓެއް ނަހަދަމޭއަދި. އޯކޭ. ސައިބޮއެގެން ދާނަން ޓެސްޓްކިޓެއް ގަންނަން އިނގޭ ލޯބީ” ނާއިކްގެ ކޮލަށް ދޮނެއްދީފައި މަލިކާ ދިޔައީ ކާގެއަށެވެ.
ނާއިކް އަމިއްލަ ނަފްސު ހަމަ ޖައްސާލަމުން ގޮސް ކޮޓަރިއަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓި އޮފީހަށްދާން ރެޑީވެލިއެވެ. ނާއިކް ހުރީ ބްރޭކްއަށް އައީހެވެ. ރެޑީވެލާފައި ލޯގަނޑުން ނިދިފައި އޮތް މަލިކާގެ މޫނުމަށްޗަށް ނާއިކް ބަލައިލިއެވެ. ނާއިކް މަޑު ހިނގުމެއްގައި ގޮސް މަލައިކާގެ ނިތަށާ ބަނޑަށް ބޮސް ދިނުމަށްފަހު އޮފީހަށް ދިޔުމަށް ނުކުތެވެ. އޮފީހުގައި އިންނަމަވެސް ނާއިކްގެ ހިތާ ސިނކުޑިވީ މުޅިން އެހެންތާކުގައެވެ. މަލިކާ ދެއްކިވާހަކައިން ނާއިކްގެ މޫޑު ވަނީ މުޅިން ސަކަރާތްވެފައެވެ. މަލިކާ ބަލިވެ އިން ނަމަ؟….
ސައިބޮއެ ނިންމުމަށް ފަހު މަލިކާ ވޮލެޓާއި ހޭންޑްބޭގް އަޅުވާލާފައި ބޭރަށް ދާން ރެޑީވެލިއެވެ.”ލޯބި ކޮންތާކަށްތަ ތިދަނީ؟” ސޯފާގައި ގުރުއާން ކިޔަވަންއިން ޒިދާން ގޮސް މަލިކާގައިގައި ފަހަތުން ބައްދާލަމުން ބުނެލިއެވެ. “މިދަނީ ފިހާރައަކަށް. އިރުކޮޅެއްވެދާނެ. ކައިއާއި އެކީ މިދަނީ. ބާއި” އެހެން ބުނެ ޒިދާންއަށް އެއްޗެއް ބުނެލުމަށް ފުރުސަތެއް ނުދީ މަލިކާ ނުކުތެވެ.
ބޭރަށް ނުކުން އިރު ގޭ ދޮރާށިބުޑުގައި ސައިކަލުގާ މަލިކާގެ އެންމެ ގާއިތް އެކުވެރިޔާ ކައިރާ ހުއްޓެވެ. ކައިރާ ސައިކަލު ފަހަތަށް އަރައިގެން ދެއެކުވެރިން ދިޔައީ ފާމަސީއަށް ޓެސްޓްކިޓެއް ގަތުމަށެވެ.
“މިހާރު ކޮބާތަ ދޮންތަ؟” މަލައިކާ ކައިރީގައި އިން މީރާއަށް މަލައިކާ އެއްސެވެ. “ނޭނގެ ދަރިފުޅާ. އެ ކައިރާއާއެކީ ކޮންމެސް ތާކަށް ގޮހޯވީ. ޒިދާން ބުނިއެހެން. މަންމަ ވަރަށް ބިރުގަނޭ އޭނަ އެ ކައިރާއާއި އެކީ ގޯސް ކަމެއް ކޮށްފާނެތީވެ. އެކަމަކު މިހާރު ޒިދާންއާއި އިނީމަ ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިއްޖެ” މީރާގެ ހާސްކަން އޭނާގެ ދަރިފުޅާ އޭނާ ހިއްސާ ކުރިއެވެ. “ދެރަނުވޭ މަންމާ އިރާދަކުރެއްވިޔާ އަދި ދޮންތައަށް ވިސްނޭނެ” މަލައިކާ މީރާ އަތުގައި ފިރުމާލަމުން ބުނެލިއެވެ.
“ކޮބާ ކޮބާ ކިހިނެއްވަނީ؟” ފާހަނައިން ޓެސްޓްކިޓް ހިފައިގެން ނުކުން މަލިކާ ގާތު ކައިރާ އަވަސް އަވަހަށް އެއްސެވެ. “މަ ބުނީމޭނުން. ހަމަ ޕޮސިޓިވް. ހެހެ. ދެން ކިހިނެއްތަ ނާއިކް ކައިރީ މަ ޕްރެގްވާހަކަ ބުނާނީ؟” މަލިކާ ކުރެވުނު ފާފައާއި މެދު ދެރަވެ، ލަދުވެތި ނުވާ ހާލު އެއްސެވެ. “މިހާރު ނާއިކް ވާނީ އޮފީހުގައެއްނުން؟ ދަންވަރު ފޮނުވާ ތީގެ ފޮޓޯއެއް. މަލައިކާ ކައިރީ އޮންނައިރަކުން. އޭރުން އޭނަ ގައިމުވެސް އަންނާނެ މަލީ ކައިރިއަށް.” ކައިރާ ބުނެލިއެވެ.
ދަންވަރުގެ ވަގުތެވެ. ނާއިކްގެ މޭމަތީގައި ނިދިފައި އޮތް މަލައިކާގެ އިސްތަށިކޮޅުގައި ފިރުމާލަފިރުމާލަ އޮތް އިރު ނާއިކްގެ ސިކުނޑި ދިޔައީ ނާއިކްއަށް އުނދަގޫ ކުރަމުންނެވެ. “މަލިކާ ހަމަ އަސްލުވެސް ބަނޑުބޮޑީހެވެ؟ އެއީ ހަމަ ނާއިކްގެ ދަރިއެއްހެއްޔެވެ؟”
އެހެން ހިތައް އެރުމުން ނާއިކްގެ ހިތް ތެޅިގަތެވެ. ހަމަ ހަގީގަތުގައިވެސް، މަލިކާ ބަލިވެ އިންނަމަ އެއީ ނާއިކްގެ ދަރިއަކަށް ވެދާނެތީއެވެ. ހަމައެވަގުތު ނާއިކްގެ ފޯނަށް މެސެޖެއްއައެވެ. ބިރުވެރި މެސެޖެކެވެ. ފޯނުނެގުމުގެ ކުރިންވެސް ނާއިކް ބިރުގަތެވެ. ނަމަވެސް ފޯނު ނަގާ ބަލާލިއެވެ. “އޮފީސް” ގެ ނަމުން ސޭވްކޮއްފައި އިން މަލިކާގެ ނަންބަރުން ފޮނުވާފައިވީ މެސެޖެކެވެ. ތުރުތުރުލާ ހާލުގައި މަލައިކާގެ އެމެސެޖު ނާއިކް ބަލާލިއެވެ. ނާއިކް ދިޔައީ ސިއްސައިގެންނެވެ. އޭގައި އިނީ ޕްރެގްނެންސީ ޓެސްޓް ކިޓެވެ. ބަނޑުބޮޑުކަމަށް އަރާފައި އިން ޓެސްޓު ކިޓެކެވެ. ނާއިކް އެފޮޓޯ ބެލުމާއި އެކު މަލިކާ ޓައިޕް ކުރާކަމަށް އެރިއެވެ. ނާއިކްގެ އިންތިޒާރުގައި މަލިކާ އިންކަން އެކަމުން ނާއިކްއަށް ދޭހަވިއެވެ.
“ގެސްޓް ރޫމްގަމިހުރީ” މަލިކާގެ މެސެޖުގައި އިނެވެ. ފުންނޭވާއެއް ދޫކޮއްލާފައި ނާއިކް ނިދިފައި އޮތް މަލައިކާ އެނދުމަތީގައި ރީއްޗައް ބާއްވާލުމައްފަހު ނާއިކް ނުކުމެގެންދިޔައީ އަނެއްކާވެސް މަލައިކާގެ ހިތުގައި ކޮޅުފައިން ޖަހާފައެވެ. ކޮޓަރި ދޮރުމަޑުމަޑުން ހުޅުވާލާފައި ނާއިކް އެތެރެއަށް ވައިން އިރު އެނދުމަތީގައި ދެފައި ވައްކޮއްލައިގެން މަލިކާއިނެވެ. ކޮޓަރިތެރެއަށް ވަދެގެންއައި ނާއިކް ފެނުމުން މަލިކާ ހިނިތުންވެލާފައި ތެދުވެގެން ގޮސް ނާއިކްގެ ތުންފަތުގައި ބޮސްދިނެވެ.
“މަލިކާ މޮޔަވީތަ؟ ތީ މިހާރު މީހެއްގެ އަންބެކޭ” ނާއިކް މަލިކާ ދުރުކޮއްލަމުން ބުނެލިއެވެ. ނަމަވެސް ނާއިކްގެ ހުރީ އޭނާގެ ހިއްސުތައް ކޮންޓްރޯލް ނުކުރެވޭ ފަދަ ހާލެއްގައެވެ. “ދެންވެސް ހަމަ ނޯތަ ބުނާނީ؟ އަހަރެންގެ ބަނޑުގަ މިއޮތީ ނާއިކްގެލޭ. އެހެންވެ އަހަރެންނަށްވެސް ނާއިކްގެ ހާފް ލިބެންވާނެތާ ދޯ؟” މަލިކާ ލައިގެން ހުރި ކުރު ސޯޓުކޮޅުގައި އޮތް ޓެސްޓްކިޓު ނަގާ ދައްކާލަމުން މަލިކާ ބުނެލިއެވެ. “މަލިކާ.. ހަމަ އަސްލުވެސް ބަނޑުބޮޑީތަ؟” ނާއިކް ހާސްވެފައި ހުރެއެއްސެވެ. “ހޫމް.. މަ ބުނިންދޯ ބަނޑުބޮޑުހެންނޭ ހީވަނީ ޓެސްޓެއް ނަހަދަމޭ. މިއަދު މަހެދީ” މަލިކާ ކުރެވުނު ފާފައާއި މެދު ދެރަވެސް ނުވާހާލު ބުނެލިއެވެ. “ދެން… އެކަމް.. ދެން.. ކިހިނެއްތަވާނީ؟” ނާއިކްވަރަށް ބިރުގަނެއްޖެއެވެ.
**3 ވަނަ ބައި**
“ޗިލް ބްރޯ. މަނޫޅެން މިވާހަކަ ބަޓު ކުރާކަށް. މައެހެންވެ ޒިދާންއާއި މިއީނީވެސް. މަބުނިން އޭނަ ކައިރީ މަ ބޭބީއެއް ވަރަށް އަވަހަށް ބޭނުމޭ” މަލިކާ ބުނެލިއެވެ. ނާއިކްއަށް ފުންނޭވާއެއްދޫކޮއްލެވުނެވެ. ހިތް ހަމަ ޖެހުނު ވަރުންނެވެ. “އޭ އޭ. އަދި ނުވޭ އިނގޭ ހަމަ ޖެހޭކަށް. އަހަރެން މިހާރުވެސް މަލައިކާ ކައިރީ މިވާހަކަ ބުނެދާނަން. އެކަމަކު، މަ އުމުރުދުހަށްވެސް މިވާހަކަ ސިއްރުކޮއްފާނަން. ޝަރުތެއްގެ ސަބަބުން” މަލިކާ ބުނެލިއެވެ. ނާއިކްގެ މޫނު ވަގުތުން ކުނިވިއެވެ. ނަމަވެސް ކޮންކަމެއްތޯ އެއްސެވެ. “ކުރީގަ ހެން އަހަރެން ބުނާ ރޭރޭ އަހަރެން ކައިރިއަށް އަންނަންޖެހޭނެ. މިހާރު އަހަރެންނަށްވެސް ނާއިކްގެ ހާފް ޑިޒާރވްވޭ. އިގްނޯރ ކުރީއާ، މަ ބުނާނަން މިވާހަކަ މަލައިކާ ކައިރީ” މަލިކާގެ ޝަރުތުހުށަހެޅިއެވެ. ނާއިކްއެއްބަސްވިއެވެ. ނާއިކްވީ އުފަލެވެ. އަދިވެސް މަލިކާ ގާތުން އުފާ ލިބޭނެކަން އެނގުމުންނެވެ. ކޮންފަދަ ބޭވަފާތެރިކަމެއް ހެއްޔެވެ؟ “ތިދަނީތަ؟ އާދެބަ” ނާއިކް ނުކުންނަން ފެށުމުން މަލިކާ ފަހަތުން ނާއިކްގެ ހަށިގަނޑުގައި ބައްދާލިއެވެ. ނާއިކްއަށް ނާއިކްގެ ހިއްސުތައް ކޮންޓްރޯލް ކުރެވުނީ އެހިސާބަށެވެ. ފަހަތަށް އެނބުރި މަލިކާ ކައިރީގައި ހުރި ކުއީން ސައިޒް އެނދަށް ވައްޓާލާފައި މަލިކާ ގައިމައްޗައް އަރާ މަލައިކާއަށް ބޮސް ދިނެވެ. ކުރެވެމުންދިޔައީ ކިހާވަރެއްގެ ފާފައެއްކަމެއްވެސް ދެމީހުންކުރެ އެކަކަށް ވެސް އެނގޭހެނެއް ހިޔެއްނުވެއެވެ.
ނިދިފައި އޮތް ޒިދާންއަށް ހޭލެވުނީ ފާހަނައަށް ދާން ޖެހިގެންނެވެ. ހޭލިއިރު ކައިރީގައި މަލިކާނެތުމުން ފާހަނައިގައޭ ހިތާ އިރުކޮޅަކު އޮތެވެ. ނަމަވެސް އަޑެއް ބަޑެއް ނީވުމުން ގޮސް ފާހަނަދޮރު ހުޅުވާލިއެވެ. “މަލީ؟” ޒިދާންއަށް މަޑުމަޑުން ގޮވާލެވުނެވެ. ފާހަނަތެރޭގައި ނެތުމުން ޒިދާން ކޮޓަރިން ބޭރަށް ނުކުތުމަށް ދިޔައެވެ. “ހޫން. ސިއްސައިގެންނޭ އެދިޔައީ” މަލިކާއަށް ކޮޓަރިއަށް ވަދެވުނީ ކޮޓަރިދޮރު ހުޅުވުމަށް ޒިދާންއައި ވަގުތެވެ. “ކޮންތާކުންތިއައީ؟ މަލީ ފެންނަން ނެތީމަ ކޮބާތޯ ބަލާލަން މިނިކުންނަނީ” ޒިދާންއެއްސެވެ. “ސޯފާގައި އޮއްވާ ނިދުނީ” މަލިކާ ޒިދާންގެ މޫނު މައްޗައް ދޮގުހެދިއެވެ. “ކިހިނެއްވީ ހާދަ ދާހިއްލާފަ؟ ފަންކާ ނުޖަހަތަ އޮތީ؟” މަލިކާ ދާހިއްލާފައި ހުރުމުން ޒިދާންއެއްސެވެ.”ހޫމް. ހީކަރުވައިގެން ނިކުތީ. ދެން އެހެން އޮއްވަ ނިދުނީ” މަލައިކާ ބުނެލިއެވެ.
ކޮޓަރިއަށް ވަދެ ނިދިފައިއޮތް މަލައިކާ ގާތުގައި ނާއިކް އިށީނެވެ. އަރާމުކޮށް ނިދިފައިވީ މަލައިކާގެ މޫނުމަތީގައިވީ މައުސޫމްކަމެވެ. ލައިގެން އިން ޓީޝާރޓް ބާލާފައި ނާއިކް ޓީޝާޓުން މޫނު މަތީގައި ހުރި ދާތައް ފުހެލިއެވެ. މަލައިކާގެ ބޮލުގައި ފިރުމާލާފައި ނާއިކް އަތުގައި އޮތް ޓީޝާރޓް ހޫރާލިއެވެ. އަދި ނިދިފައި އޮތް މަލިކާގާތުގައި އޮށޯވެ، މަލައިކާގެ ތުންފަތަށް ބޮސް ދިނެވެ. ނާއިކްގެ ބީހުން އިހުސާސްވުމުން ނިދިފައި އޮތް މަލައިކާއަށް ހޭލެވުނެވެ.
“ބޭނުންވީތަ؟” ނާއިކްގެ އިސްތަށިކޮޅުގައި ފިރުމާލާފައި މަލައިކާއެއްސެވެ. ނާއިކް ހިނިތުންވެލާފައި މަލައިކާ ގައިމައްޗައް އެރިއެވެ.
“ދަރިފުޅާ އާދޭ އަވަހަށް ސައިބޯން” އޮފީހަށް ދާން ރެޑީވެގެން ނިކުން ނާއިކްފެނި މީރާ ބުނެލިއެވެ. ނާއިކް ހިނިތުންވެލާފައި ގޮސް ސައިބޯން އިށީނެވެ. “ކޮބާތަ މިއަދު މަލައިކާ؟ ބަލީތަ އަނެއްކާ؟” މިއަދު ނާއިކްއާއި އެކު މަލައިކާ ފެންނަން ނެތުމުން މީރާ ހާސްވެފައި އެއްސެވެ. “ނޫނޭ ބަލީކީ ނޫން. ނިދިފައޮތީ” ނާއިކް ރޮށިކޮށަން އިނދެ ބުނެލިއެވެ. ހަމައެވަގުތު މަލިކާ ކޮޓަރިން ޒިދާންވެސް ނުކުތެވެ. ޒިދާން ނުކުން އިރުވެސް މަލިކާ ފެންނަން ނެތުމުން ބޯހޫރާލާފައި މީރާ ދިޔައީ މަލިކާ ކޮޓަރިއަށެވެ.
“ދަރިފުޅާ. ދަރިފުޅާ. ދެން ތެދުވެބަލަ. މަންމަ އަޅެ ކިތަށް ފަހަރުތަ ބުނާނީ މިހާރުތިއީ މީހެއްގެ އަންބެކޭ؟ ތިހެން މެންދުރުވާންދެން އޮންނާކަށް ނުވާނޭ ދަރިފުޅާ ދެންތެދުވެބަލަ މަންމައާއި އެކު ބަދިގެއަށް ވަންނަން” ނިދިފައި އޮތް މަލިކާއަށް ގޮވަމުން މީރާ ބުނެލިއެވެ. “ދެން އަޅެދެރަކަމެއްނުން؟ ދޭބަލަ މަލައިކާއަށް ގޮވަން. އެއީނުން މުރާލި ހީވާގިދަރިއަކީ” މަލިކާ ބުނެލިއެވެ. “ދަރިފުޅާ. ދަރިފުޅަށްވެސް އެނގޭނެ މަލައިކާ އޭނީ ބަލިވެކަން. ދެން ތި ކޮންކަމެއްތަ؟ ތެދުވޭ! ނުނިދާތިދެން” އެހެން ބުނެ މީރާ ކޮޓަރިން ނުކުމެގެން ދިޔައެވެ.
“މަލައި ބުނި ތިމީހުންނަށް އެއްމާބަނޑުދެކުދިންނޭ ލިބެނީ. މަރްހަބާ” ކާގެ ތެރޭގައިވީ ހަމަހިމޭންކަން ފިލުވާލުމަށް ކައިރީ އިން ނާއިކްއަށް ޒިދާން ބުނެލިއެވެ. “އާން. ޝުކުރިއްޔާ” ނާއިކް ސައިޖޯޑުގައި ތުން ޖަހަމުން ބުނެލިއެވެ.
“ދަރިފުޅާ؟ ނާއިކް ދިޔައީތަ؟” ކާގެއަށް ވައިން އިރު ޒިދާންއެކަނި އިނުމުން މީރާއެއްސެވެ. “ލައްބަ މަންމާ. ހަމަ އެދިޔައީ. އަޅުގަނޑުވެސް ދަނީ އިނގޭ ދެން” އެހެން ބުނެ ޒިދާންވެސް ނުކުމެގެން ދިޔައެވެ.
ފުނާއަޅަންއިން މަލިކާ ސިހުނީ އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުންވެ. ފުނާ ހިފައިގެން މަލިކާ ގޮސް އެނދުމަތީގައި އޮތް ފޯނު ނެގިއިރު ގުޅަމުން ދިޔައީ ނާއިކްކަމުން ހިނިތުންވެލާފައި އަވަހަށް ފޯނުނެގިއެވެ. “ކޮބާ ކިހިނެއްތަ؟ ހައު އިސް މައި ބޭބީ؟” ނާއިކްއެއްސެވެ. “ހެހެ މަތަ ދަރިފުޅުތަ؟” ހީލަމުން މަލިކާ ބުނެލިއެވެ. “ހަހަ ދެމީހުންވެސް” ނާއިކް ވެސް ހީލާފައި ބުނެލިއެވެ. “ރަނގަޅެއްނޫން. ހަމަ ދަތް އުނގުޅާއިރަށް ހޮޑުލެވޭ. ވަރަށް ލޮޑުވެފަ މިހުންނަނީވެސް. އެކަމަކު މިއަދުވެސް މަންމަ މަށާ ދިމާލަށް އެއްޗެހިކީ ބަދިގެއަށް ވަންނާށޭ. މަލައިކާ ބަނޑުބޮޑޭނުންހޯ އެހެންވެ އޭނަ ނުވަނަސް އޯކޭ ވާނުންހޯ. ނޭނގެދެން. ނާއިކްވެސް އަބަދު އޮންނަނީ މަލައިކާ ބަނޑުގަ ފިރުމަންވިއްޔަ” މަލިކާ ޝަކުވާ ކުރަންފެށިއެވެ. “ހެހެ ދެން ކީއްކުރާނީދޯ. މިރޭވެސް ދާނަމޭ ލޯބިކައިރިއަށް” ނާއިކް މަލިކާ ހިތްހަމަ ޖައްސާލެވޭތޯ ބެލިއެވެ. “ނޯ މިރެއަކުނޫން. ނާއިކްއަޅެ ވިސްނަބަ. ދުވަސްކޮޅަކުން މަގޭވެސް ބަނޑުބޮޑުވަން ފަށާނެ. އޭގެ ކުރިން އައި ނީޑް ޓު ސްލީޕް ވިތް ޒިދާން އިނަފްދޯ އޭނައަށް އޮޅުވާލަންވެސް. ދެން އަހަރެމެން ނަސީބު ގަދަ ކައިރާ އަންހެނުންގެ ޑަކްޓަރަކަށް ވިކަން. އޭނައަށް މަދައްކާނީ. އޭނައެ ފޭކްކޮށްދޭނެތާދޯ” މަލިކާ އޭނާގެ ވިސްނުން ބުނެލިއެވެ. “ރަނގަޅު ގޮތެއް. އެހެންވެ ބްރޭކްގަޑީ އުޅޭ ދިމާކުރަން؟ އަހަރެން ރޫމްއެއް ބުކް ކުރާނަން” ނާއިކް ބުނެލިއެވެ. “އަސްލުތަ؟” މަލިކާ އުފާވެފައިއެއްސެވެ. ދިމާކުރާނެގަޑިއާއި ތަނާ ހަމަޖައްސާފައި ނާއިކް ފޯނުބޭއްވިއެވެ.
ފޯނު ހަމަ ބޭއްވިތަނާ މަލައިކާގެ ވީޑިއޯކޯލްއެއް ނާއިކްއަށް އައެވެ. “ހެއީ. ހަމަ މިސްވެގެން މިގުޅާލީ” ނާއިކް ފޯނު ނެގުމާއި އެކު މަލައިކާ ބުނެލިއެވެ. “ހެހެ ނާއިވެސް ވަރަށް މިސްވޭ. ކީއްތިކުރަނީ؟” ނާއިކްއެއްސެވެ. “ފައިގަ ރިއްސާތީވެ މީނީ. މަންމަ އެބައިން ފައި މޮޑެލަދޭން” މަލައިކާ ބުނެލިއެވެ. “ކިހިނެއްވީ ދުޅަވަނީތަ؟” ނާއިކްއަވަސްއަވަހަށް އެއްސެވެ. “ހެހެ ނޫނޭ. ނާއިކްގެ ކުޅަދާނަކަމުން ހަމަ ހެހެ” ސިއްރުސިއްރުން މަލައިކާ ބުނެލިއެވެ. ނާއިކް ހިނިތުންވެލިއެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ކައިރާއާއި އެކު މަލިކާ ދިޔައީ ނާއިކް ހަމަ ޖައްސާފައި ހުރި ކޮޓަރިއަށެވެ. އޭރު ނާއިކް ހުރީ މަލިކާގެ އިންތިޒާރުގައެވެ. ނާއިކްއާއި އެކު މަލިކާ ވަނުމުން ކައިރާ އެތަނުން ދިޔައެވެ
***
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ގެއަށް ވަދެގެންއައި މަލިކާގެ ދޮން މޫނުވަނީ ރަތްވެފައެވެ. އެކަމުންވެސް އޭނާ އަރައިގަންފައިވީ ރުޅިގަނޑު ދިޔައީ ހާމަވަމުންނެވެ. “ދަރިފުޅާ؟ ކޮންކަމަކާ ހާދަ ރުޅި އަހިސްފަ؟” ސިޓިންގްރޫމްގައި އިން މީރާ އެއްސެވެ. މީރާއާއި އެކު މަލައިކާ އަދި ނާއިކްވެސް އިނެވެ. މަލިކާ ފެނުމުން ނާއިކް މޫނު އަނބުރާލިއެވެ. “މަލީ ކިހިނެތްތަވީ؟” ޒިދާން ގޮސް މަލިކާގެ އަތުގައި ހިފާލިއެވެ. ހަމަ އެސިކުންތުގައި މަލިކާ ޒިދާންގެ އަތް ފޮޅާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ޒިދާންވެސް ގޮސް މަލިކާ ފަހަތުން ކޮޓަރިއަށް ވަނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.







Masha Allah Vrh reethi mi part vx 😍
Keep up the good work shiherr 💕
jazaakallah khairan Hudha 🥹🫶🏻❤️
Alhe malikaa aai naaik akee kon fadha ba eh!!
Like seriously ugh!!
Varah reethi mi part ves!!
Good luck on your exams!!
Ly💗
Tc
ikrr hehe
lyt and tc 2
🥹❤️🫶🏻
Mi part vx varah varah reethi Masha Allah🥰❤️
OMG… Naaik and Malika is Cheating on Malaika and Zidhaan.. Hate you Both 😡
I feel So bad for Malaika and Zidhaan 😭💔
Curiously Waiting for Next Part 🥰❤️
Lysssm Shiherr 🥰❤️
hehe dhww kieh kuraany ekm mihr hama aadha vefa oiy kameh 🙁
stay tuned lyt 🥹❤️🫶🏻
what the naaik is cheating
malaikaa yah ingey dhuvahakun kihineh baa vaani n zidhaan too
malikaa ves bireh nugane pis pis
vrh reethi ingey mi part ves
btw when next
vrh curious shiherrr
love youu
jazaakallah khairan gurrlll
in sha allah tuesday ga stay tuned 🥹❤️🫶🏻
Mi part ves vrh reethi Masha Allah curiously waiting for the next part love you shiherr 💋😘❤️
jazaakallah khairan Nayerrr 🥹❤️🫶🏻
Masha Allah, I part ves vrh reethi
Soo happy I got to read 2 episodes in 1 day it’s like the biggest suprise ever 😀
Curiously waiting for next part
Lysmmm shiherrr❤️
Tc💕
hehe glad to hear that 🥹
stay tuned, lyt, tc 2
Masha allah mi dhe part vs vrh reethi
Whens next???
jazaakallah khairan in sha allah on tuesday 🥹❤️🫶🏻
Ahcha
Varsh reethi shiher
Mi 2 part ves
🥰🥰😘😘
Hama vvv happy vehje 2 parts ekkon genesdhinyma
Lysssmmm
hehe jazaakallah khairan happy to hear so lyttt 🥹❤️🫶🏻
Varah salhi mi vaahaka igey
If u dont mind ahaalan vaahaka eh
Annora and maash v close tha shiha
Cx i saw maash v ginain
And i saw annora thankolheh madhun ehn authors ge comment section in bt your ehn dhe story in i saw her comments
I really you three peeps
Enme fav authors 🥰🤍
jazaakallah khairan Shayerrr
hehe yess i’m close friends with both Annora and Maash 🫶🏻
vrhhh happy vejje thihen bunelyma this comment made me soo happy 🥹🫶🏻
Love*
mi part ves vrh reethi
jazaakallah khairan Unknown gurlll 🫶🏻
Keehve tha i ah comments nufennany?
if u have signed in u can’t see others ge story comments
Maashaa allah mi part vx varah varah reethi..
jazaakallah khairan 🙂
Very interesting!
Keep it up! ❤️
Jazaakallah khairan dear 🥹🫶🏻