Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޑަކުޑަ ދަރިފުޅު 4

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 21, 2025 3 Mins Read
8 Comments

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ގެއަށް ވަދެގެން އައި މަލިކާގެ ދޮންމޫނު ވަނީ ރަތްވެފައެވެ. އެކަމުންވެސް އޭނާ އަރައިގަންފައިވީ ރުޅިގަނޑު ދިޔައީ ހާމަވަމުންނެވެ. “ދަރިފުޅާ؟ ކޮންކަމަކާ ހާދަ ރުޅި އަހިސްފަ؟” ސިޓިންގ ރޫމްގައި އިން މީރާ އެއްސެވެ. މީރާއާއި އެކު މަލައިކާ އަދި ނާއިކްވެސް އިނެވެ. މަލިކާ ފެނުމުން ނާއިކް މޫނު އަނބުރާލިއެވެ. “މަލީ ކިހިނެތްވީ؟” ޒިދާންގޮސް މަލިކާ އަތުގައި ހިފާލިއެވެ. ހަމަ އެސިކުންތުގައި މަލިކާ ސިދާންގެ އަތް ފޮޅާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ޒިދާންވެސް ގޮސް މަލިކާ ފަހަތުން ކޮޓަރިއަށް ވަނެވެ.

“މަލީ ކިހިނެތްތަވީ؟” ޒިދާން އެއްސެވެ. ޒިދާން ވައިންތަން ފެނުމުން މަލިކާ ފެށީ ރޯށެވެ. ޒިދާން ހާސްވެފައި ގޮސް މަލިކާގެ ހަށިގަނޑުގައި ބައްދާލިއެވެ. “ސޮރީ. ހެހެ ކައިރާއާއި މައްސަލައެއް ޖެހިގެން ހެހެ” މަލިކާ ކަރުނަ ފުހެލާފައި ބުންޏެވެ. “ހަހަ އެވަރު ކަމަކާ ތިރޮނީ؟ ސާބަސް މަލީއަށް” ޒިދާން ބުންޏެވެ. “ދީބަ ފެންފުޅި” މަލިކާ ހީލާފައި ބުންޏެވެ. “މަލީ… ބަނޑުބޮޑީތަ؟” ޒިދާންގެ ސުވާލާއި އެކު މަލިކާ ދެލޯ ބޮޑުވިއެވެ. “އެއިން؟”

ޒިދާން ދައްކާލީ ފެންފުޅި ކައިރީގައި އޮތް ޓެސްޓު ކިޓެވެ. މަލިކާއަށް އަމިއްލަ މޮޔަކަން ހިތައް އެރީ އޭތި އެތާ ބޭއްވުމުންނެވެ.

“އާން ތި… ހަނދާން ނެތި ތިތާ ބޭއްވުނީ؟ އައި ވޯޒް ގޮއިންޓު ސަޕްރައިޒް ޔޫ ބަޓް ދެން އެނގުނީތާދޯ. ޔޭޒް ވީއާރް ހޭވިންގ އަބޭބީ..” މަލިކާ ބުންޏެވެ. ޒިދާން އުފާވެލާފައި ގޮސް މަލިކާގެ ހަށިގަނޑުގައި ބައްދާލިއެވެ.

ޖެހިގެން އައި ދުވަހެވެ. ނާއިކް އިނީ ބަދިގެ ތެރޭގައި ކާންށެވެ. މަލިކާއަށް ބަދިގެއަށް ވަދެވުނީ އެވަގުތެވެ. ނާއިކްއާއި ދިމާލަށް ކަޅި އަޅާލާފައި މަލިކާ ގޮސް ހުއްޓުނީ އައިސަލަމާރި ގާތުގައެވެ. މިމަންޒަރުފެނި ނާއިކް ގޮސް މަލިކާ ގާތުގައި ހުއްޓުނެވެ. “މަދެއްކި ވާހަކައާއި މެދު ވިސްނިންތަ؟” ނާއިކް އެއްސެވެ. “މިދެން ކިހާ ދެރަކަމެއްތަ އެއިން؟ މަ މިބުނީނުން މަށަކަށް ތިކަމެއް ނުވާނޭ؟ މިހާރު ބަނޑަށް 4 މަސް ވެއްޖެ. ދެން ބަނޑު ސާފު ކުރަން ޖެހޭނީ ރާއްޖެއިން ބޭރަށް ދާން. މަވަކި ބޭނުމެއް ނޫން ކަލޭގެ ތިމުޑުދާރު ލޭ ވިހާކަށް” މަލިކާ ރުޅިވެރި ކަމާއި އެކު ބުންޏެވެ. އެއާއި އެކު ދުންޖަހާފައި ނާއިކް ނުކުމެގެން ދިޔައެވެ. ކުއްލިއަކަށް މިދެމީހުންގެ މެދުގައި އެވަރުގެ ރުޅިވެރިކަމެއް އުފެދުނީ ކީއްވެބާއެވެ؟

***3 މަސް ފަސް***

“ދޮންތާ؟ ބިޒީތަ؟ ހިނގާބަ މަލައި ގޮވައިގެން ފިހާރަކަށް” މަލައިކާ އެއްސެވެ. މިހާރު ވިހަން ގާތްވެފައި ހުރުމުން މަލައިކާ ވަރަށްވެސް ލޯއިތްބެވެ. ގައިގައި ބޮޑަށް މަސް ޖަހާފައި ހުރުމުގެ ސަބަބުން ވަކިން ލޯބި ކަމަށް ދައްކައެވެ. މަލިކާވެސް މެއެވެ. 6 މަހުގެ ބަނޑުކޮޅާއި އެކު މަލިކާ ވަރަށް ލޯއިތްބެވެ. ލޫޅާފަތި ކޮއްހުރި މަލިކާ ފަލަވެލާފައި ހުރުމުން މަލިކާއާއި ވައްތަރެއްވެސް ނޫނެވެ. މަލިކާއަށްވެސް ލިބެން އުޅެނީ އެއްމާބަނޑުދެކުދިން ކަމުން ބަނޑުވަކިން ބޮޑުހެން ހީވެއެވެ.

“ކީއްކުރަން؟” މަލިކާ ފޫހި ރާގެއްގައި އެއްސެވެ. “ހޮސްޕިޓަލް ބޭގް ޕެކް ކުރަނީމި. މީހުން ބުނޭދޯ ފީޑް ކުރަންފެށީމަ ވަރަށް ރިއްސާނޭ. އެހެންވެ ހީޓް ޕެޑް އެއް ގަންނަން ދާންވެގެން. ނާއި އިނީ މީޓިންގ އެއްގަ. މަންމަވެސްވީ މާމަމެން ގޭގަ. އެހެން ދޮންތައާއި އެކު ސައިކްގަ ދާން ކަމަށް” މަލައިކާ ބުންޏެވެ. “ހޫމް. ހިނގާ” މަލިކާ އެއްބަސް ވިއެވެ.

ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން މަލިކާ ނުކުތެވެ. ހުދުކުލައިގެ ޖީންސްއަކާއި އެކު، ފަލަމަސް ގަނޑާއި ހަމައަށް އަރާ ހުދުކުލައިގެ ހެދުން ކޮޅުން މަލިކާ ވަރަށް ވެސް ލޯއިތްބެވެ. އިސްތަށިކޮޅު ވަޔާ ވިހުރެން ދޫކޮށްލާފައި މަލިކާ ބޭރަށް ނުކުތެވެ. އޭރު މަލިކާގެ އިންތިޒާރުގައި މަލައިކާ ބޭރު ޖޯލީގައި އިނެވެ. ސައިކަލަށް އަރާފައި މަލިކާ ދުއްވާލީ އާދައިގެ މަތިން ވަރަށް ބާރަށެވެ. “ދޮންތާ. ޕްލީޒް މަޑުން ދުއްވަބަ” މަލައިކާ ބުންޏެވެ. “ކަލެއަށް އެނގޭނެ މައަބަދުވެސް ދުއްވަނީ ބާރަށްކަން. އެކަން އެނގި ހުރެދޯ މަކައިރިއަށް އައީވެސް؟ ސޯ ޝަޓް ދި ހެލްއަޕް” ފޫހި ރާގެއްގައި މަލިކާ ބުންޏެވެ. މަލައިކާއަށް ދެން އެއްޗެއް ބުނާކަށް ނުކެރުނެވެ. ބިރުން އިނދެ ފުންނޭވާތަކެއް ނަގަމުން ހަމައަކަށް އެޅިލަން މަސައްކަތް ކުރިއެވެ.

އެއްވެސް ޙިޔާލެއް ފިކުރެއް ނެތި މަލިކާ ގޯޅި އަޅާލިއެވެ. ނަމަވެސް އެވަގުތު ބާރަކަށް އައި ރޭސް ކާރެއްގައި ޖެހި މަލައިކާ ކާރު ދަށުވި އިރު، މަލައިކާ ދިޔައީ މާދުރަށް ވިއްސައިގެންނެވެ. ދުރުގައި އިން ހޮޅިދަނޑި އެއްގައި ޖެހި މަލައިކާ ވެއްޓުނީ ބަނޑު ވަތަށެވެ. ބޮލުން ހޯސްލާފައި ލޭއަންނަން ފެށި އިރު މަލައިކާގެ ހަމަހޭ ފިލާދިޔައެވެ. ކާރު ދުއްވަން އިންފަރާތައް މިހުރިހާ މަންޒަރެއް ފެނުނުވެސް މެއެވެ. ނަމަވެސް އަޅައިނުލާ އެކާރު ދުއްވާލިއެވެ. އެދިމާލުގައި އޮތް މަލިކާއަށް ބަނޑުގައި ހިފާލެވުނީ ދަރިފުޅުތޮޅިލި އިހުސާސް ކުރެވިގެންނެވެ. ފުސް ލޮލާއި އެކު އެދިމާލަށް ދުވެފައިއައި މީހުންނާއި މާދުރުގައި އޮތް މަލައިކާ އޭނާއަށް ފެނުނެވެ. ނަމަވެސް ދެން ވީނުވީއެއް ނޭނގުނެވެ.

އަވަސްގޮތުގައި މަލައިކާއާއި މަލިކާ ހޮސްޕިޓަލަށް ގެނެވުނެވެ. އަވަސްފަރުވާ ދޭކޮޓަރީގައި ބަލާ ހާލު ބެލުމައް ފަހު ދެމީހުން އެކުގައި ވެއްދުނީ އޮޕަރޭޝަން ތިއޭޓަރަށެވެ. ހަމައެވަގުތު ޒިދާންއާއި އެކު މީރާއަދި ނާއިކް އައެވެ. “މަލިކާގެވެސް އަދި މަލައިކާގެ ވެސް ހާލަތު އެހާ ކްރިޓިކަލްއެއް ނޫން. ނަމަވެސް ބޭބީގެ ހާލަތު ވަރަށް ދަށް. އެމާރްޖެންސީ ސީސެކްޝަން އަކަށް މިވެއްދުނީ. ހާސްނުވޭ. އިންޝާ ﷲ ރަނގަޅުވާނެ.” ނަރުސް ކުއްޖަކު ކިޔަދިނެވެ. ނާއިކްއަށް ގަބުވެފައި ހުރެވުނު އިރު، ޒިދާން ބިންމައްޗަށް ޖެހި ރޯން ފެށީ އަންހެން ކުއްޖެއް ފަދައިންނެވެ. ކައިރީގައި ހުރި ގޮނޑި ބަރީގައި އިށީން އިރު މީރާގެ ދެލޮލުގައިވެސްވީ ކަރުނައިގެ އަސަރެެވެ. ދަރިންގެ ހާލަތު ސީރިޔަސް ނޫން ކަން އެނގުނު ނަމަވެސް ލިބެން އުޅޭ މާމަދަރިންގެ ހާލަތު ދަށްކަން އެނގި މީރާގެ ހިތް ދިޔައީ ފިސް ފިސް ވަމުންނެވެ.

ނާއިކް، ޒިދާންއަދި މީރާ ވެއިޓިންގ އޭރިއާ ގައި ތިބި އިރު ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން ދުޢާ ކުރަމުންނެވެ. ލިބިގެންދާނީ ކޮންކަހަލަ ޙަބަރެއްކަން ނޭނގޭތީވެ ތިންމީހުންގެ ހިތުގައިވެސްވީ ބިރުވެރިކަމެވެ. ނަމަވެސް ކަރުނަ ފުހެލަފުހެލަ އިނުން ނޫން ކަމެއް އެވަގުތު ކުރެވޭކަށް ނެތެވެ. ފުލުހުންވެސް ދިޔައީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެދިމާލުގައި ސީސީޓީވީ ކެމެރާއެއް ނެތުމުން ފުލުހުންނަށް ޖެހުނީ ކަރު އެލުވާލާށެވެ. އެހެން ކަމުން ފުލުހުންވެސް ދިޔައީ މަލިކާ އަދި މަލައިކާ ހޭއަރާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

ގަޑިއިރެއް ހާއިރު ފަހުން ކައިރާ އޮޕަރޭޝަން ތިއޭޓަރުން ނުކުތެވެ. “ދެވެން އޮތީ އުފާވެރި ޙަބަރެއްކަމެއް، ނުވަތަ ހިތާމަވެރި ޙަބަރެއް ކަމެއް އަސްލު އަޅުގަނޑަކަށް ނޭނގެ…” ކައިރާ ބުނީ ހިތާމަވެރިކަމާއި އެކު އެވެ. “މަލިކާގެވެސް އަދި މަލައިކާގެވެސް އެންމެ ކުއްޖެއް ސަލާމަތް ކުރެވުނީ.. އަނެއް ދެކުދިން….” ކައިރާ އިސްޖަހާލާފައި ބުންޏެވެ.  ނާއިކް އަދި ޒިދާންއަށްވެސް ކޮންމެވެސް ކަހަލައިގެ ހިތް ހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް ގެއްލުނު ދަރިފުޅާއި މެދު ހިތާމަ ކުރެވުނެވެ. “މިހާރު މަލިކާ އަދި މަލައިކާގެ ހާލަތުވެސް ރަނގަޅު. މަލިކާއަށް ލިބުނީ ފިރިހެން ކުއްޖެއް. މަލައިކާއަށް ލިބުނީ އަންހެން ކުއްޖެއް” ކައިރާ ބުންޏެވެ.

2 މަސް ފާއިތުވެގެން ދިޔަ އިރު މަލިކާ އަދި މަލިކާގެ ދަރިފުޅު ޒުކާން، އަދި މަލައިކާ އާއި މަލައިކާގެ ދަރިފުޅު ނާއިޝާގެ ހާލަތު ވަނީ އެކީގައި ހެން ރަނގަޅުވެފައެވެ. އެހެން ނަމަވެސް އޭރުވެސް އެ އެކްސިޑެން އާއި މެދު އިހުމާލުވާންވީ ފަރާތެއް އޭރުވެސް ވަނީ ނޭނގިފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޔަތީމު ކުއްޖަކަށް ވުމުން (ޒެވިއަންގެ ދުލުން)

Next

އާއެކޭ ލޯބިވޭ ހަތްވަނަބައި (މި ވޭނަން ކެތްކުރަން ދަތިވެއްޖެއޭ)

Next
April 21, 2025

އާއެކޭ ލޯބިވޭ ހަތްވަނަބައި (މި ވޭނަން ކެތްކުރަން ދަތިވެއްޖެއޭ)

Previews
April 21, 2025

ޔަތީމު ކުއްޖަކަށް ވުމުން (ޒެވިއަންގެ ދުލުން)

8 Comments!

  1. naura naura says:
    April 21, 2025 at 1:28 pm

    mi part vx vrh reethi Masha Allah ❤️
    malikaa ehaa baarah nudhuhvi nama kihaa rangalhu…
    at least dhe meehun vx rangalhu thaa dhw
    tc
    ly shihaa ❤️

    1. shihaamaa ali shihaamaa ali says:
      April 21, 2025 at 3:22 pm

      hehe ya everyines good🫶🏻 lyttt

  2. Your fav bab Your fav bab says:
    April 21, 2025 at 2:40 pm

    Who ever the driver was that person did this deliberately dhw?
    Ehennya! eheevaan vee vaguthu e filee.. SUS🤔
    Varah reethi mi part vx maashaa allah💗💗💗
    Mihaaru malika aai naaik dhe meehunnah kihinehvee? Fuppaafa dhe meehun ves! Ajaibeh dhw? Alhe zidhaan ah kihineh tha vaanee eii eynaa ge dharifulhu noon kan ingijjiyyamu?😭😭😭 Malaikaa ves how will she tolerate the betrayal
    When next??
    Lyssssssm💋

    1. shihaamaa ali shihaamaa ali says:
      April 21, 2025 at 3:25 pm

      hehehehe neynge dhwww balamaa keke
      jazaakallah khairan ur fav bab 🫶🏻
      haha e dhemyhun hard v kyhve kamaa ehn hedhii kaaku kan vess adhi engeyne hehe. dhw yes zidhaan & malaika ah vaane goi dhww:((((((((((
      in sha allah on wednesday stay tuned lyttt 🫶🏻

  3. gurrrl_8 gurrrl_8 says:
    April 21, 2025 at 4:06 pm

    mashallah mi part ves vrh nice when next
    part cant wait hama
    lyy shiherrrr

    1. shihaamaa ali shihaamaa ali says:
      April 22, 2025 at 2:54 pm

      Jazaakallah khairan❤️

  4. gurrrl_8 gurrrl_8 says:
    April 21, 2025 at 4:13 pm

    mashallah mi part ves vrh reethi hama
    when next part cant wait for it
    keep it up
    lyyy shiherr

    1. shihaamaa ali shihaamaa ali says:
      April 22, 2025 at 2:54 pm

      Jazaakallah khairan❤️

Comments are closed.

Next Episodeކުޑަކުޑަ ދަރިފުޅު 5←


All Right Reserved!