“ދެން ކީއްކުރަން މިއަދު މަށަށް ތިހުރިހާވާހަކައެއް ތިކިޔައިދެނީކީ؟ އަހަރެންނަށް މާރަނގަޅު ތިއީން އެއްވެސް ވާހަކައެއް ނޭނގި މަމަރުވި ނަމަވެސް…” ލުބައިނާ ރޮމުން ރޮމުން ބުންޏެވެ. ދެމީހުންވެސް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. “އެކަމަކު މަރުވުމުގެ ކުރިން އަސްލު އެނގެންވާނެތާދޯ؟ ހަހަ” އަލޫކް ގޮސް ނެގީ މާދުރު ނޫން ހިސާބެއްގައި އޮތް ކޯރާޑި ނަގަމުން ބުންޏެވެ.
“ގެނޭ މަގޭއަތަށް” ހުސެން ބުންޏެވެ. އަލޫކް ބޯޖަހާލާފައި އޭތި ދިނެވެ. “ނޫން ނޫން ޕްލީޒް ނޫން. އަހަރެން މަރާނުލާތި. ޕްލީޒް.. މަގޭ ޒެވިއަން ވަރަށް އެކަނިވާނެ. ހެޔޮނުވާނެ. ކިހިނެތްތަ އަޅެ ގާތުންބޯ ކުއްޖަކު މަންމައާއި ނުލާ ދިރިއުޅޭނީ؟ ޕްލީޒް” ލުބައިނާ ރޮއެގަންފައި އާދޭސް ކުރަން ފެށިއެވެ. “ހަހަ. ކަލޭ ހީކުރީތަ؟ ކަލޭއަށް އަހަރެމެންގެ މޫނު ދައްކާފަ ހުރިހާ ހަގީގަތެއް ކިޔައިދީފަ ކަލޭ ދިރިހުއްޓަ ދޭނޭ؟ ހަހަ ނޯވޭ” އަލޫކް ބުންޏެވެ. އަލޫކް ކޮނޑުގައި ޖަހާލަމުން ހުސެން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ހޭނެތުނީ ފަހަތުން މީހަކު އެއްލި ގާބުރިއެއް ބޮލުގައި ޖެހިގެންނެވެ.
“ޒެވް..؟” ލުބައިނާއަށް މަޑުމަޑުން ބުނެވުނެވެ. އޭރު އަރައިގަންފައިވީ ރުޅިން ޒެވިއާރްގެ ދޮންމޫނުވަނީ ރަތްވެފައެވެ. ލުބައިނާއާއި އެދެމީހުން ދެއްކި ހުރިހާވާހަކައެއް ޒެވިއާރްއަށް ވަރަށް ސާފުކޮށް އިވުނެވެ. އެވަރުގެ މީހަކަށް އޭނާގެ ދަރިފުޅު އުރާލަން ދެވުނީތީވެސް އޭނާ ހުރީ ރުޅިއަހިސްފައެވެ. “ވެލް ހެލޯ ދެއާރް. ވެލްކަމް ޓު ޑެތް ހޯލް” ބިންމަތީގައި އޮތް ކޯރާޑި ނަގަމުން އަލޫކް ބުންޏެވެ. ކުރިއަށް އަލޫކް އެޅި ފިޔަވަޅާއި އެކު ޒެވިއާރް އޭނާގެ ކަންކަށިމަތީގައި ޖެހިއެވެ. ނަމަވެސް މީހެއްގެ އަތުގެ ހަމަލާއަކާއި ކޯރާޑި އަކާ އެއްގޮތްވާނީ ކިހިނެތް ހެއްޔެވެ؟ “ބާއި” ޒެވިއާރްއަށް ބަލައިލަމުން އަލޫކް އޭނާގެ ބޮލުމެދުގައި އޭގެން ޖެހިއެވެ. މުޅިތަނަށް ލޭތަށް ބުރައިގެން ދިޔައިރު ލުބައިނާގެ ހަޅޭކުގެ އަޑުވެސް އިވުނެވެ. ވަގުތުން ޒެވިއާރް ބިންމައްޗަށް ދެމުނު އިރު މަޑުމަޑުން ދެލޯ މެރުނެވެ. ލުބައިނާގެ ރުއިމަށް އެއްވެސް ވަރަކަށް އަޅާނުލާ އަލޫކް އެރީ ޒެވިއާރް ގައިމައްޗަށެވެ. ދެވަނަފަހަރަށް ދޭން އުޅުނު ހަމަލާ ކާމިޔާބު ނުވީ ޒެވިއާރް އަތުން އެކޯރާޑީގައި ޖެހުމުންނެވެ. އެކަމަށް ވިސްނާނުލާ ހުރި އަލޫކް އަތަށް ބާރުނުލެވުމުން އޭތި ގޮސް ޖެހުނީ އަލޫކްގެ ނިތްމަތީގައެވެ. ވަގުތުން އޭނާވެސް ބިންމައްޗަށް ދެމުނެވެ.
އެތަށް މަސައްކަތަކަށް ފަހު ލުބައިނާއަށް ސަލާމަތްވެވުނީވެސް އެވަގުތެވެ. އޭނާ ދުވެފައި ގޮސް ޒެވިއާރްގެ ހަށިގަނޑު ނަގާ އުނގުގައި ބާއްވާލިއެވެ. “ނޫން. ޒެވް ޕްލީޒް ނޫން. ލުބާއާއި ޒެވިއަން އެކަނި ކޮއްފައި ނުދާތި. ޕްލީޒް” ލުބައިނާ އާދޭސް ކުރިއެވެ. ޒެވިއާރް ހިނިތުންވެލިއެވެ. “ލުބާ.. ދެރަނުވޭ. މިއަދު ޒެވްހާ ނަސީބު ގަދަމީހަކު މުޅި ދުނިޔޭގައިވެސް ނެތް. ޒެވްގެ އެންމެ ފަހު ނޭވާ މިދޫކޮށްލަނީ ޒެވްގެ ލޯބިވާ އަނބިމީހާގެ އުނގުގައި އޮވެގެން. ލުބާ. ޒެވިއަން ރަނގަޅަށް ބަލައްޗޭ….. އައި ލަވް ޔޫ ބޯތް ސޯ މަޗް…” އެވަގުތު ކެއްސާލާފައި އަނގައިންވެސް ބައިވަރު ލޭތަށް ނުކުތެވެ. ޝަހާދަތުގެ ދެކަލިމައާއި އެކު ޒެވިއާރް އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ. ލުބައިނާގެ އުނގުމަށްޗަށް އޭނާގެ ހަށިގަނޑު ދެމުނެވެ. ލުބައިނާގެ ރުއިމުގެ އަޑާއި އެކުވެގެން އެންބިއުލާންސްއާއި ފުލުހުންގެ ކާރުގެ އަޑުވެސް އިވެންފެށިއެވެ.
ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ޒެވިއާރްއާއި އަލޫކްގެ ފުރާނައެއް ނެތެވެ. މަރުނުވިނަމަވެސް ހުސެންވެސް އޮތީވަރަށް ހާލުގައެވެ. ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅިފައިވުމުން ފުރާނަސަލާމަތް ވާނެކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އަވަސްގޮތުގައި އާދިލް ހޮސްޕިޓަލަށް އައެވެ. ދަންވަރު ވަގުތު ކަމުން އެހެން އެއްވެސް މީހަކު އޭނައެއް ނުގެނެއެވެ. އޭރު ޒަވްޔާއާއި ޔޫސުފްވެސް ރަށަށް އައުމުގެ ދަތުރު ފަށައިފިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަލަކާއާއި ލުބާން އައީ އަލާޔާއާއި ޒެވިއަން ގޮވައިގެންނެވެ. މޭގައި އަތް އަޅައިގެން ހުރެ ރޮމުން ދިޔަ ލުބައިނާއާއި ބިންމައްޗަށް ޖެހިގަނެގެން ރޮއެ ރޮއެ އިން ޒަވްޔާ މަސަލަސް ކުރަން މަސައްކަތް ކުރަމުން ދިޔަ ޔޫސުފް ފެނި އަލަކާއަށް އިސްޖަހާލެވުނެވެ. މަންމަގެ މަރުގެ ހަނދާން ވުމުންނެވެ. އެހެން ނަމަވެސް ކެއްކޮއްލާފައި އަލަކާ ވަނެވެ. މަޑުމަޑުން އިން ޒެވިއަން ރޯންފެށީ ވާނުވާނޭނގުނަސް މަންމަ ރޯތަން ފެނުމުންނެވެ. ލުބައިނާ ގޮސް ޒެވިއަން އުރާލިއެވެ. ޒެވިއަންގެ ކުޑަކުޑަ އަތް ގެންގޮސް ޒެވިއާރް އަތްމަތީގައި ބާއްވާލީ ވަދާއީ ސަލާމް ކޮއްލުމަށެވެ. އެތަނުގައި ތިބި އެންމެންވެސް އެމަންޒަރު ބަލަމުން ދިޔައީ ހަމްދަރުދީގެ ލޮލުންނެވެ. ހިތެއް އޮތް މީހަކު ނަމަ ދެރަވާނެތާއެވެ. އެންމެ ފަސް މަހުގައި އެކުއްޖާ ނުހައްގުން ޔަތީމުވީއެވެ.
މަޑުވެފައި ހުރި އަލަކާގެ އަތުގައި ހިފައިގެން ލުބާން ނުކުތެވެ. އަދި ޖެހިގެން އޮތް ކޮޓަރިއަށް ވަނެވެ. އެއީ އަލޫކް އޮތް ކޮޓަރިއެވެ. އަލޫކްފެނުމުން އަލަކާއަށް އިސްޖަހާލެވުނެވެ. ނަމަވެސް ގޮސް އަލޫކް ގާތުގައި ހުއްޓުނެވެ. “ދ…ދޮން…ދޮންބޭ؟” އަލަކާ މަޑުމަޑުން ގޮވާލިއެވެ. ނަމަވެސް އެހެން އެއްޗެއް ނުބުނެވުނެވެ.
ޒެވިއާރްގެ މަރުގެ ހަބަރަކީ އެއްގޮތަކަށްވެސް އިވޭނެ ކަމަށް އޭނާ ހީކުރި ހަބަރެއްނޫން ނަމަވެސް އެހަބަރުން އަހުމަދުގެ ތުންފަތް މަތީގައި ކުރެހުނީ އުފާވެރި ހިނިތުންވުމެކެވެ. ސިޓިންގ ރޫމް ސޯފާގައި އިނދެ ލަވައެއް ކިޔަމުން ދިޔައެވެ. ނަމަވެސް އަހުމަދަށް ސިހުން ގެނުވީ ދޮރު ވައްޓާލާފައި ވައިން ފުލުހުން ފެނިފައެވެ. އެއްވެސް އެއްޗެއް ނުބުނެ އެފުލުސް މީހާ ދައްކާލީ އަހުމަދު ހައްޔަރު ކުރުމަށް އޮތް ކޯޓު އަމުރެވެ. “އޭ! މަދޫކުރޭ. މަނުކުރަން އެއްވެސް ކަމެއް! ހަމަ މިހާރު މަދޫކުރޭ!” އަހުމަދު ހަޅޭލަވައިގަތެވެ.
އިންވެސްޓިގޭޓު ކުރާ ކޮޓަރީގައި އަހުމަދާއި އެކު އާކިންގެ އިތުރުން މާޝާވެސް އިނެވެ. “މިއީ ދެން ކިހާ ދެރަކަމެއްތަ އަޅެ؟ މަމިބުނީނުން އެއްވެސް ކަމެއް ނުކުރަމޭ؟” އަހުމަދު ބުންޏެވެ. އަހުމަދުގެ އެޖަވާބާއި އެކު މާޝާ ދިއްކޮއްލީ ޕެން ޑްރައިވްއެކެވެ. އާކިން އޭގައި ހިފާ ލެޕްޓޮޕްއާއި ކަނެކްޓް ކޮއްލިއެވެ. “ކަލޭ ކީއްތިކުރަނީ؟” ފުރަތަމަވެސް އިވުނީ އަހުމަދުގެ އަޑެވެ. އެއީ ކޮން އިރެއްގައި ވީކަމެއްކަން އެނގުމުން އަހުމަދު ހާސްވިއެވެ.
“މަކުރާކަމެއް މަކޮއްފާނުން؟” ހުސެން ބުންޏެވެ. “ކޯއްޗެއް އެނދުދަށަށް ތިލީ؟” އަހުމަދު އަނެއްކާވެސް އެއްސެވެ. މިފަހަރު ހުސެން ހަމައެކަނި ހީލީއެވެ. “ބުނާނަން އާދިލް ގާތުގަ. އާދިލްއަށް މާ ހެޔޮއެދޭ މީހަކަށް ވެގެން ހުރެ ތިއީދޯ ކަލޭގެ މަގްސަދަކީ؟” އަހުމަދު ބިރު ދައްކާލާފައި އެނބުރުނެވެ. ނަމަވެސް އެސިކުންތުގައި ފިޔަވަޅުތަށް މަޑުވީ ހުސެން ބުނި އެތިންނެވެ. “އަލޫކް” ހުސެން ބުންޏެވެ. “އަލޫކްގެ ވާހަކަ ކިތަށް މީހުނަށް އެނގޭބާ؟” ހުސެން އެއްސެވެ. އަހުމަދު ބިރުނުގަންނަކަމަށް ހެދި ނަމަވެސް އެފިނި ކޮޓަރިތެރޭގައިވެސް އޭނާ އޮއްދާ ހިތްލަން ފެށިއެވެ. “ދެން… އައިޝާ؟” އަނެއްކާވެސް ހުސެން ބުންޏެވެ. “ދެން އަލަކާއާއި ލުބާންގެ ގުޅުމޯ؟” ހުސެން އެއްސެވެ. ވަގުތުން ހުސެންގެ މޫނުމަށްޗައް އަހުމަދުގެ ހޫނު ހަމަލާއެއް އެރިއެވެ. “ތިކަންކަމާ މަށާ އޮތީ ކޮންގުޅުމެއް؟ އެއިން؟ މާރަނގަޅުވާން މަގޭ ބޮލުގަ ދޯ ހުރިހާއެއްޗެއް ތިއަޅުވަނީ؟ މަހަމަ ބުނާނަން މިވާހަކަ އާދިލް ގާތު” އަހުމަދު ބުންޏެވެ.
އާކިން ޕައުސް ކޮއްލިއެވެ. ނަމަވެސް އަހުމަދު ހީކުރީ އެނިމުނީ ކަމަށެވެ. އެހެންކަމުން އޭނާ ފެށީ ހޭށެވެ. “ތީގެން މަގޭ ކުށެއް ކުރިކަމުގެ ކޮން ހެއްކެއް ލިބެނީ؟ ހަހަ” އަހުމަދު ބުންޏެވެ. އާކިން ހީލާފައި އަނެއްކާވެސް އޯޑިއޯ ޕްލޭ ކުރިއެވެ.
“އޭ! ކަލޭ މާ ނުފުއްޕާ ހުރޭ. ކަލޭ އަލޫކް މަރާލަން އުޅުން ކަމުގެ ހެކިވެސް މަގޭ އަތުގައި އެބަހުރި. އަދި އަލަކާ ލުބާންގެ ދަރިއަކަށް ނަހަލާލަށް ބަލިވެއިނުމަށް ކަލޭ އެކުއްޖާއަށް އަމުރު ކުރި ކަމުގެ ހެކިވެސްއަލަކާ އެބަ ހުރި” ހުސެން ބުންޏެވެ. ވަގުތުން އަހުމަދު އަނގަ ބަންދުވިއެވެ. “ހަހަ. އަނގަ ބަންދުވީދޯ؟ މަށަށް އެނގޭ ކަލޭ މަރާލީ އައިޝާވެސް. މައެރޭ އެތާ ހުރިން ވީޑިއޯވެސް އެބަހުރި” ހުސެން ބުންޏެވެ. އެއާއި އެކު ލެޕްޓޮޕު އަނބުރާލާފައި އާކިން ދެވީޑިއޯއެއް ދެއްކިއެވެ. މައުސޫމް އަލޫކް ކަނޑުފައްތަން ކުރި މަސައްކަތާއި އައިޝާ މަރާލުމުގެ ވީޑިއޯއެވެ. އަހުމަދުގެ ނިތުން ދާހިތްލަން ފެށީ ދެން ސަލާމަތް ނުވާނެކަން އެނގުމުންނެވެ.
ހަމަ އެދުވަހު އަލަކާގެވެސް ބަޔާން ނެގުނެވެ. އަހުމަދު އޭނާއަށް ނަހަލާލަށް ބަލިވެ އިނުމަށް މަޖުބޫރު ކުރިކަމާއި، ކުޑައިރު އޭނާއަށް ބެހިފައިވީކަމަށްވެސް އަލަކާ އެއްބަސްވިއެވެ. އަލަކާއަކީ އޭރު 18 އަހަރުވެފައި ހުރި ކުއްޖެއްކަމުން އާކިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަލޫކްއަށް އެހެން ހެދި މީހަކީވެސް އަދި މަންމަ މަރާލި މީހަކީވެސް ބައްޕަކަން އެނގުމުން ދެރަޔާއި އެއްވަރަށް އޭނާ ރުޅިވެސް އައެވެ. އެވަގުތު ދެފުލުުހުންނާއި އެކު ދިޔަ އަހުމަދު ފެނުމުން ދުވެފައި އަލަކާ ނުކުތެވެ. “އޭ!” ހަޅޭ ލަވައިގަންފައި އަލަކާ އަހުމަދުގެ މޫނުމަތީގައި ޖެހިއެވެ.
“ކަލޭ ތިއީ އަޅެ އިންސާނެއްތަ؟ ކީއްވެ އެހެންހެދީ؟ ކީއްވެ؟ ކީއްވެ؟ ކީއްވެ؟ ދޮންބެ ޖަނަވާރަކަށް ހެދިމީހަކީވެސް ތިއީ. މަންމަގެ ގާތިލަކީވެސް ތިއީ” އަލަކާއަށް ދިޔައީ ރޮވެމުންނެވެ. މާޝާއާއި ލުބާންވެގެން އޭނާ މައިތިރި ކުރެވުނެވެ. ނަމަވެސް އަހުމަދު އެއްޗެއް ނުބުނިތާ ބަލާވެސް ނުލައެވެ.
އަހުމަދުއާއި ހުސެންއަށް އުމުރު ދުވަހުގެ ޖަލުހުކުމް އިއްވުނެވެ. ނަމަވެސް ހުސެން ކުރި އޮޕަރޭޝަންއަށް ފަހު ހޭނާރަނީސް އޭނާ މިދުނިޔެއާއި އަލްވަދާއު ކިޔެވެ.
***3 އަހަރު ފަސް***
ވިހާ ގަދަވުމާއި އެކު ކަޔާންއާއި ނިމްރާގެ ކައިވެނި ކުރެވުނެވެ. އޭގެ އެއް އަހަރު ފަހުން އާކިންއާއި މާޝާގެ ކައިވެނިވެސް ކުރެވުނެވެ. ކޮންމެ ގޮތަކަށް ކަންދިޔަ ނަމަވެސް މިހަތަރުމީހުން ދެމެދުގައި އުފެދުނީ ވަރަށް ގާތް ގުޅުމެކެވެ. މާޝާވެސް އާކިންއާއި ނިމްރާގެ ދަރިފުޅު ނުހާ ބަލަމުން ދިޔައީ އަމިއްލަ ދަރިއެއްފަދައިންނެވެ. އަލަކާއާއި ލުބާންގެ ދިރިއުޅުންވެސް ދިޔައީ ފުރިހަމަ ގޮތުގައި ކުރިއަށް ދަމުންނެވެ. އޭރު ލުބާންއަކީ ފުލުހެކެވެ. އޭރު އަލަކާވެސް ހުރީ ކިޔަވާނިމި ކައުންސެލަރަކަށް ވެގެންނެވެ. އޭރު އަލަކާ އިނީވެސް ދެވަނަ ދަރިފުޅަށް ބަލިވެއެވެ.
ހަވީރުގެ ވަގުތެވެ. ލުބައިނާ ހުރީ 3 އަހަރުގެ ޒެވިއަން ގޮވައިގެން އަތިރިމަތީގައެވެ. ކޮންމެ ދުވަހަކު ހެން ލުބައިނާ ޒެވިއަން ގޮވައިގެން އެއަތިރިއަށް އާދެއެވެ. ސަބަބަކީ އެއީ ލުބައިނާއާއި ޒެވިއާރް ގެ ކައިވެނި ކުރެވުނު އަތިރިއަށް ވުމެވެ. ވެލިގަނޑުގައި ކުޅެން އިން ޒެވިއަންއަށް ބަލަން އިން ލުބައިނާގެ ދެލޯ ވަނީ ތެމިފައެެވެ. ބޮޑުވަމުން އައިވަރަކަށް ޒެވިއަން ދިޔައީ ޒެވިއާރްއާއި ވައްތަރު ވަމުންނެވެ. ޒެވިއާރްގެ މަރަށް ފަހު ލުބައިނާ ނުރޯ އެންމެދުވަހެއްވެސް މިތިންއަހަރު ތެރޭގައި އަހިސްފައެއް ނެތެވެ. ލުބައިނާ އެންމެ ދެރަވަނީ ބައްޕައާއި އެކު ޒެވިއަންއަށް ހޭދަ ކުރެވުނު 5 މަސް ދުވަސްތެރެއިން އެންމެ ދުވަހެއްވެސް ޒެވިއަންގެ ހަނދާނުގައި ނުހުންނާނެތީއެވެ. ލުބައިނާއާއި ޒެވިއާރްގެ ގުޅުމަށް ބެލިޔަސް އެގުޅުން ލޯއިތްބާއި އެކު ކުރިއަށް ގެންދެވުނީ އެންމެ ހަފްތާއަކަށެވެ.
ކަރުނަ ފުހެލާފައި ލުބައިނާ ތެދުވީ 30 5 ވާން ގާއިތް ވުމުންނެވެ. “ދަރިފުޅު ހިނގާދޯ ދަމާ؟ ދެން އަނެއްކާވެސް މާދަމާ އަންނާނީ” ލުބައިނާ ބުންޏެވެ. ޒެވިއަން ބަސް އަހައިގެން ތެދުވިއެވެ. ގެއަށް ގޮސް ޒެވިއަން ފެންވަރުވާލާފައި ލުބައިނާ ނަމާދަށް ތައްޔާރުވިއެވެ. ނަމާދުކޮށްގެން ޒެވިއަންއަށް ކާން ދީފައި އިޝާކޮއް އެންމެން ކައިނިމެންދެން އަލާޔާއާއި ދެކުދިން ކުޅެން ބެއިންދިއެވެ. “ދަރިފުޅޫ. ހިނގާ ނިދަން. އެޔޮަށް 8 ޖެހީނުން. ލާޔާ ދޮންތިއަށް ގުޑް ނައިޓް ކިޔާފަ ހިނގާ ދަމާ” ލުބައިނާ ބުންޏެވެ. އަލާޔާ ގައިގައި ބައްދާލާފައި ޒެވިއަން ހިނގައި ގަތެވެ.
ޝަހާދަތް ކިޔައިދީފައި ލުބައިނާ ދިޔައީ ނާނާއެއް ކިޔައިދެމުންނެވެ. ނަމަވެސް ޒެވިއަން ރޯންފެށީ ކުއްލިއަކަށެވެ. “ކިހިނެތްވީ މަންމި ލޯބި؟” ލުބައިނާ ހާސްވެފައި އެއްސެވެ. “ލާޔާ ދޮންތިވެސް ބައްޕި ހުރޭ ކީއްވެ ކޮއްކި ބައްޕިއެއް ނެތީ؟” ޒެވިއަން އެހީ އެކުއްޖާގެ އާމު ސުވާލެވެ. ލުބައިނާއަށް އިސްޖަހާލެވުނު އިރު ދެލޯ ކަރުނުން ފުރުނެވެ. “ދަރިފުޅު ބޮޑުވީމަ ކިޔައިދޭނަން” ލުބައިނާ ދިނީ އޭނާ ކޮންމެ ދުވަހަކުވެސް ދޭ ޖަވާބެވެ.
ޖެހިގެން އައި ދުވަހެވެ. ޒެވިއަން ނިދިފައި އޮތުމުން ލުބައިނާ ނުކުމެލީ ބޭރަށެވެ. އެކަނި ވެލުމަށެވެ. އޭނާ ދިޔައީ ހަމަ އެއަތިރިއަށެވެ. ފައިވާން ބާލާފައި ލުބައިނާ ގޮސް ހުއްޓުނީ ރާޅު ޖަހާ ހިސާބުގައެވެ. ގޮނޑުދޮށަށް ބީއްސާލާ ފިނި ރާޅުތަށް ލުބައިނާގެ ދޮންފަޔަށް ފިނިކޮއްދީފައި، އެނބުރި ދިޔައީ ވެލިތަކެއްވެސް ހިފައިގެންނެވެ. ލުބައިނާގެ ހަޔާތަށް ޒެވިއާރް އައިފަދައިންނެވެ. ލުބައިނާގެ ހަޔާތަށް ޒެވިއާރް އައީ ޖަހާލި ރާޅެއްފަދައިންނެވެ. ލުބައިނާގެ ހަޔާތުގެ ނިވިފައިވީ ހުޅުކޮޅު ދިއްލަދީފައެވެ. ދުލުން ބޭރު ނުކުރެވުނު ހުރިހާ އިހުސާސްއެއް ބޭރު ކުރުމުގެ ލަގަބު ދީފައެވެ. ނަމަވެސް ހިނދުކޮޅެއް ތެރޭގައި ޒެވިއާރް އޭނާ ދޫކޮށްލާފައި އެދިޔައީ އޭނާގެ ހަޔާތުންވެސް އެއްބައި ހިފައިގެންނެވެ.
“ޒެވް… ކީއްވެ ލުބާ ދޫކޮށްލާފައި ދިޔައީ؟ ކިހިނެތް ލުބާ ޒެވްއާއި ނުލާ އުޅޭނީ؟ ތިއީ ލުބާގެ ހިތުގެ ވިންދަކީ. ލޮލުގެ ނޫރަކީ. ލުބާގެ ފުރާނައިގެ ދިރުމަކީ ތިއީ. ކިހިނެތް ލުބާ ޒެވްއާއި ނުލާ އުޅޭނީ. ޒެވިއަން އަބަދު އަހާ ބައްޕި ކޮބާތޯ…” ރޮމުން ރޮމުން ލުބައިނާ ވާހަކަ ދެއްކިއެވެ. “ލުބާ ދެން ދުވަހަކުވެސް މީހަކު ދެކެ ލޯއިތްބެއް ނުވާނަން. ލުބާގެ އުނގުގައި އޮވެ ޒެވްގެ ފަހު ނޭވާ ދޫކޮއްލިހެން ލުބާގެ ފަހު ނޭވާ ދޫކޮށްލާނީ ޒެވްގެ އަންބެއްގެ ގޮތުގައި ހުރެ..” ލުބައިނާ ހީލަމުން ފުން ކަނޑާއި ދިމާލަށް ބަލައިލިއެވެ. “ފޯރްއެވާރ ޔުއާރްސް” ކަރުނަ ފުހެލަމުން ލުބައިނާ ބުންޏެވެ. ފުން ނޭވާއެއް ދޫކޮށްލާ އައު ހިތްވަރަކާއިއެކު ހިނގައިގަތީ ކުޑަކުޑަ ޒެވިއަންއަށް ޓަކާއެވެ.
(ނިމުނީ)
މިހާ ހިސާބުން އަޅުގަނޑުގެ 5 ވަނަ ދިގުވާހަކަ “ފުރާނައިގެ ދިރުމޭތިއީ” ވެސް މިނިމުނީ. ކިޔުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އިންތިހާއަށް ޝުކުރުވެރިވާން. ހަމަ އެފަދައިން ޝިހާގެ 6 ވަނަ ދިގުވާހަކަ “ކުޑަކުޑަ ދަރިފުޅު” އަށްވެސް އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަން. މިހާރު ޓްރެއިލާރ ކިޔާލެވޭނެ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







Mi part ves v reethi masha Allah
Curiously waiting for next sorry
Keep it up
Alhey zev maruvee tha
Lubaa haadha dhera vaane ey
Subuhanallah ahmed haadha nulafa ey
Ahmed jalah laafi finally
Mi part kiyaafa rovijje 😭
They all are made for each other
I appreciate your hard work
Your my fav author ❤️
Miyee varah interesting kamaa eku kiyaa hithun kiyaala vaahaka eh
Tc ❤️
Ly shihaa ❤️ 😚
Jazaakallah khairan Cutie girl 🫶🏻😭
Masha Allah mi story vrh reethi adhi ehaame furihama. This is one of my favourite stories💕 .sad that the story is now done. Shihaa Haa molhu adhi ehaame kulhadhaana author eh adhi nudheken .I really loved your sifakuranings and your ibaaraaiy kurun . ❤️Thank you so much for putting a smile on my face😁 ☺️.
Sorry when part thakugai comment nukohlevuneemai I was busy.but I read your stories everyday
Tc shiherrr 💕❤️
Lysmmmm❤️❤️
Hey No one 007,
Jazaakallah Khairan I truly mean it🥹🫶🏻 extremely happy that I got the chance to put a smile on your face, Alhamdhulihllah
Tc and lytt hope to see ur comments on my next story as well🥰
Kihineh mivy??
I’m literally crying right now😭
Sad ending akah kudakoh ves expect eh nukuran
Lubaa ge kushakee alhe kobaitha??
Poor Zevian… 😣
Anyways mi story vrh vrh vrh vrh reeeethi
I luv it💗
Definitely one of my fav stories
N ur one of my fav author
Luv u soo much shiherrr❤️❤️❤️❤️
Awwww sorrryyyyyy rovvaalevuniiima😭😭😭 ekm vrh happy vehjje vhk kamudhiyaiima, and cause i am one of your favs🥰🥰🥰 hope to see your comments in the next story as well🫶🏻
alhey! Haadha touching ey!!!
Mi part kiyaafa emotional vi varun I just cried😭😭😭
one good thing zev e dhiya ee luba ah insaafu hoadha dheefa!!
And lubaan men alaakaa n her mum ah ves insaafu hoadhaafi💖💖
ekm zevian yatheemu veenu?
Bro zev genainama abura!! Magic trick akun viyas ritual eh through koh viyas!
Haadha dhera ve ey luba aai zevian ekani veema!!
Ekm this story is just obiness to the max~3
one of my Fav story
N UR MY FAV AUTHOR❤❤❤❤
Lysssssssssssm💗💗💗💗💗💗
And Yes you’ll get my support
Tc
Awwww sorrryyyyyy rovvaalevuniiima😭😭😭
Yesyes zev insaafu hoadhadhin 🥰 ekm ya zevian yathem v☹️
Veryyy happy u loved it hope to see your comments in the next story as well🫶🏻
Also, alhamdhulihllah very happy to hear i’m your fav author🥰🥰💕💕
Ma Sha Allah vrh reethi ❤️ ekm Xavier maruveema haadha dhera ey…😞
Jazaakallah khairan🥲🫶🏻
alheyy vaahaka vx nimunee dhw 😭
full story ehkkoh 100 kun rate kuranyaa i will give ∞ 💗💗💗
mi part ehkkoh kiyaa nimunu iru rovihjje hama rangalhah vx…
vrh furihama 💗💗💗
take care of yourself shihaa 💖
next story ah vx alhugandu ge support libeyne Insha Allah 💗
lysssm shihaa sis 😘😘😘
Awlhe sorryyy rovvaalevuniiima😭😭😭😭😭
Ekm very happy vhk kamudhiyaiima vess.. next story in vess leeshaa ge comments fennaane kamah ummeedhu kuran❤️❤️❤️❤️
Alheyy!
Sad ending akasheh nooney mihaa varah inthizaaru kuree. I thought Xav ais Lubaa salaamai kohdheegen dhen live happily everywhere kamah.
Alhe Xavian ves yatheem vee ey. I can’t even imagine my life without a dad 💔 😔
Ekam ves Lubaa varah strong.
But so sad! Xav maruvyma ves story nimuneema ves.
Dhen Xav kiyaanee Xavier akah nun, Xavian ah dhw.
But mi story ge name varah reethi ingey. Finally I know aslu vaahakaige nan dhevunee keehvekan aslu. I’ll remember it forever
And, just like Lubaa is gonna forever be Xavier’s, I’ll forever gonna be your loyal fan, who supports you no matter what!
Love you soo much Shiherr!
Next story ves hama mihaa interesting vaane kamah ummeedhu kuran
“Furaanaige Dhirumey Thee” story is one of the most fantastic, mysterious, and amazing lovestory I read.
Even though my top favourite is Enemies to Lovers trope, mi story ves hama habeys
Once again, lysmmm 🩷🥰<3
😭😭😭😭
Vrhhh happy mi story oreo gurl ah kamudhiyaiima and as always i want to say ur comments makes me sooooo happyy.. hope to see your comments in the next story as welllll❤️❤️
alheyy mi story vx miyoh gen nimunee
vrh dhera vehjje…
hama rangalhah vx rovihjje
lubaa and xevian dhookoh laafa Xavier edhiyai…
alhey i knew it maasha and aakin kan they so cute
alheyy maasha haadha rangalhey dhw nuhaa ah alhamdhulillah
vrh vrh reethi mi vaahaka
i like it
Jazaakallah khairan nuhaaaa happy to hear ur like it🥰❤️
you know what i just realize nimra ge dhariyah kiyanee alhunge nankan 😅
🫶🏻😭
OMG this is so outrageous aslu vx mi vhk ehkkoh kiyaa nimunu iru hurevunee vrh dheravefa 😢
And rovihjje 😭 aslu vx hama mi vhk kiyaa konmme meehaku vx roveyne hitheh othiyyaa 😭
Konmme part eh kiyaalaafa e part ga v goi ingifa dhn inna part ga vaaneee kineh baaey vrh hih buney hama
Alhey… Lubaa and xevian dhookohffa xevier dhaanekamakah hiyeh vx nukuran 😭😭
Thought xevier lubaa salaamai kohggen happy end ehgga nimmaalaane kamah ekm kan dhimaa v vrh vrh vrh sad koh lubaa ah ……
This story really maked the best for me
I like the story
Vrh reethi hama hurihaa part eh vx
( U may not see my comments on all vhk i sincerely apologised for it ekm alhamdhulillah hama shiherr dhathage hurihaa vhk eh kiyamun midhanee and vrh vrh bodah kamudhey hurihaa vhkeh vx )
And ur my fav author 😍💛
Awww jazaakallah khairan Ehkkala_meemo this comment made me so happy