Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 32

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 9, 2025 3 Mins Read
41 Comments

“ލުބާ؟” ޒެވިއާރް ހާސްވިއެވެ. ޒެވިއަން ގޮވައިގެން ޒެވިއާރް ދުއްވައިގަތީ ލުބާންގެ ކޮޓަރިއަށެވެ. “ހާދަ ދަންކޮއްފަ ކިހިނެތްވީ އަނެއްކާ؟” ހާސްވެފައި ލުބާން އެއްސެވެ. “ޒެވިއަން އުރާދީބާ. ލުބާއެއްނެތް. ހީވަނީ އަނެއްކާވެސް ކިޑްނެޕް ކުރީހެން. މަންމަމެން ކައިރީ ބުނައްޗޭ. ޒެވް މިދަނީ” ލުބާންއަތަށް ޒެވިއަން ދީފައި ޒެވިއާރް ނުކުތެވެ.

ދުވަމުން ދުވަމުން ނިކުން ޒެވިއާރް ފޯނު ނެގިއެވެ. ކޮންމެވެސް އެޕްއަކަށް ވަދެ ބެލި އިރު ލުބައިނާގެ ލޮކޭޝަން ފެނަން އިނެވެ. އާއެކެވެ. އޭނާ ދިން ފަށުފުލުގައި އިނީ “ޓްރެކް” ކުރާ އެއްޗެކެވެ. އެއަށް ބަލަމުން ޒެވިއާރް ބާރު ދުވެލީގައި ސައިކަލު ދުއްވާލީ ލުބައިނާއަށް ދެރަގޮތެއް ނުވުމަށް އެދި ހިތާ ހިތުން ދުޢާ ކުރަމުންނެވެ.

މެރިފައިވީ ލުބައިނާގެ ދެލޯ ހުޅުވާލެވުނެވެ. އޮވެވުނު އަނދިރި ކޮޓަރި ފެނުމުން ލުބައިނާގެ މޭތެޅިގަތެވެ. އޭނާގެ ހަތަރިސްފައި ގޮނޑިއެއްގައި އެއްސިފައިވީ ނަމަވެސް އަނގަމަތީގައި އެއްވެސް އެއްޗެއް ނެތެވެ. “ހެޔޮނުވާނެ. ކޮންމެވެސް މީހަކު އަހަރެން ސަލާމަތް ކުރޭ..” ލުބައިނާ ގޮވާލިއެވެ. އެނހިދު އިވުނީ އެއްކަލަ ބިރުވެރި އަޑެވެ. “ފައިނަލީ ޔުއާރ ވޮއިސް އިސް ބެކް” ޔައިލް ބުންޏެވެ. މިފަހަރު އޭނާ މޫނުމަތީގައި މާސްކު ނެތުމުން އެއީ ކާކުކަން ލުބައިނާއަށް އެނގުނެވެ. ދެލޯ ބޮޑު ކޮއްލެވުނު އިރު ހަށިގަނޑުން ރޫރޫ އަރައިގަތެވެ. “ޑަކްޓަރް ޔައިލް؟” ލުބައިނާއަށް ބުނެވުނެވެ. ޔައިލް ހިނިގަނޑެއް ޖަހާލިއެވެ. “ޔައިލްއޭ؟ އެއީއެއް ނޫން މަގޭ ނަމަކީ. އިނގޭތަމީ ކާކުކަން؟ ފާޑަކަށް ހަމަ އާއިލާ ހަހަ” ޔައިލް ބުންޏެވެ. ލުބައިނާ ދެފަރާތަށް ބޯހޫރުވާލިއެވެ.

“މަށަށް ކިޔަނީ ޔައިލްއެއްނޫން. މަމީ އަލޫކް. އަލަކާގެ ދޮންބެ. މަށާ އަލަކާމިއީ ޓްވިންސް. ހަހަ” އަލޫކް ބުންޏެވެ. “ކި..ކިހިނެތް އެހެންވާނީ؟ އަލޫއަށް އަދި އެންމެ 18 އަހަރު.. އެކަމަކު..” “އަހަރެން ވައްތަރީ 30 ގެ އަހަރުތަށް ގުނަމުންދާ މީހަކަށްދޯ؟ ހަހަ. ބޭނުންތަ ހަގީގަތް އެނގެން؟ ލުބައިނާ މިއަދު ތިވޭނުގައި އުޅެން ޖެހުނީ ކީއްވެކަން؟” އަލޫކް އެއްސެވެ. ލުބައިނާ މަޑުމަޑުން ބޯޖަހާލިއެވެ. “ހަހަ. އަހަން ކެރޭނެތަ؟ މިކަމުގެ ހުރިހާ އިހުމާލެއް ހޯދަންޖެހޭނެ ބަޔަކީ ލުބައިނާގެ މަންމައާއި ބައްޕަ” އަލޫކް ބުންޏެވެ. ލުބައިނާގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް އޭނާގެ ދުލާހަމައަށް އެއްވެސް ބަހެއް ނައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އޭނާގެ ހަޔާތަށް ބަދުނަސީބުގެ ހިޔަނި އެޅުނު ކަމުގެ ހަގީގަތަކީ ހަމަ އޭނާގެ މައިންބަފައިން ހެއްޔެވެ؟

“އަޑު އަހާ. އެއީ 2011 ވަނަ އަހަރު. 16 މެއި. އެއީ އަހަރެންގެ ބައްޕަގެ އަމިއްލަ އަތުން އަމިއްލަ އަތުން އަހަރެން މަރާލަން އުޅުނު ދުވަސް. އެއީ ކަލޭގެ މަންމަގެ ސަބަބުންވީކަމެއް! އަހަރެންގެ މަންމައާއި ބައްޕަ ކައިވެނި ކުރީ 2007 ވަނަ އަހަރު. އޭރު ލައިނާ އިނީ ކަލެއަށް ބަލިވެ، ވިހަން ގާތްވެފައި. ބައްޕަ ރަށަށް އައީ ކިޔަވައިގެން މޮޅުމީހަކަށް ވެގެން. އެނގޭތައެއީ ކީއްވެކަން؟ މަގޭ ބައްޕަ ކަލޭ މަންމަދެކެ ލޯބިވާތީވެ. ނަމަވެސް އައި އިރު…. ކަލޭ މަންމަ ހުރީ ތިއާދިލަކާއި ކައިވެނި ކޮއްގެން. އެހިސާބުން ބައްޕަ ނިންމީ މީހަކާ އިންނަން. އަދި ތިއާއިލާއަށް ބަދަލު ހިފަން. ކަން ދިމާކުރިގޮތުން ކަލޭވިހާފައި އަނެއްކޮޅުން ލައިނާ ލުބާންއަށް ބަލިވެ އިން. އެދުވަސްކޮޅު މަގޭ މަންމަވެސް ބަލިވެ އިނީ. މަންމައަށް ލިބުނީ މަށާއި އަލަކާ. އަނެއްކާވެސް ބައްޕަ ބޭނުންވިހެން ކަންވީ. ބައްޕަ ބޭނުންވީ އަންހެއް ކުއްޖެއްވިއްޔަ. އޭނާއަށް އެކަންވީ. މަގޭ ބޭނުމެއް ނުޖެހުނީ. އެހެންވެސް މަގޭ ބައްޕަ އުޅުނީ މަމަރާލާފައި ކަނޑުފައްތަން. ނަމަވެސް… އެދުވަހު އަހަރެންގެ ބައްޕަ އަހަރެން ސަލާމަތް ކުރީ. ދިރިހުރުމަށް އިތުރު ދުވަހެއް ދިނީ. އަހަރެންނަށް 15 އަހަރުވުމުން އަހަރެން ނިންމީ ބަދަލު ހިފަން. ބައްޕައާއި އަހަރެން އެއްބައިވީން. ފުރަތަމަކަމަކަށް ރާއްޖޭން ބޭރަށް ގޮސް ޕްލާސްޓިކް ސާޖަރީ ހެދީ. މަށާ އަލަކާއާއި ވައްތަރު ކަމުން. ދެން ފޭކް ޑޮކިއުމެންޓް ތަކެއް ހަދައިގެން އަހަރެން މިރަށު ހޮސްޕިޓަަށް ވަނީ 10 ދުވަސް ކުރިން. އާން. އެދުވަހު ކަލޭ ރޭޕް ކޮއްލި މީހަކީ މަ!. މަކަލޭ ދެކެ އަހިސްފައި ހުރި ރުޅިގަނޑު ކެކިގެން ދިޔައީ ކަލޭ މަގޭ ދަރި މަރާލީމަ. ކޮބާތަ އެކުއްޖާގެ ކުށަކީ؟ އެއިން؟” ލުބައިނާގެ ކޮލަށް ފިއްތާލަމުން އަލޫކް އެއްސެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް ލުބައިނާގެ ދުލާހަމައަށް އެއްވެސް އެެއްޗެއް ނައެވެ. ” ދެން އިވުނީ ކަލެއަށް އަލުން ވާހަކަ ދެއްކޭ ޙަބަރު. އޭރު މަށަށް އެނގިއްޖެ ކަލޭމެންގެ އުޅުމުންވެސް ޒެވިއާރްއާއި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން. އަހަރެމެން މިމަޑު ކުރީ އެވާހަކައަށް އަމިއްލައަށް އެއްބަސްވެ ބުނަންދެން. ތިގެއަށް ގޮސް އުޅުނު އިރު ބައްޕަ އެނދު ތަންދަށުގައި ރިކޯޑަރެއް ބޭއްވީ. އަހަރެމެންގެ ނަސީބު ރަނގަޅުވީ ކަލޭމެން އެވާހަކަ ކޮޓަރީގައި ދެއްކުމުން. ހަހަ.” އަލޫކް ބުންޏެވެ “އެނީވޭ. ސޭ ހައި ޓު ޑޭޑީ” ލުބައިނާއާއި ދުރަށް ޖެހިލަމުން އަލޫކް އިޝާރާތް ކޮއްލިއެވެ.

“ހުސެންބޭ؟” ފެނިގެން ދިޔަ މޫނުން އަނެއްކާވެސް އޭނާގެ ހިތަށް އެނގުންވެލިއެވެ. އޭނާގެ ދިރިއުޅުން ހަލާކު ކޮއްލީ އޭނާ ގާތުގައި އުޅުނު މިތުރުން ނޫން އެހެން ކޮންބައެއް ހެއްޔެވެ؟ އޭނާ ދެން އިތުބާރު ކުރާނީ ފަހެ ކާކަށް ހެއްޔެވެ؟ “ހުސެންބެގެ ސައިޑްވެސް އަހާލަމާދޯ؟ މިހާރު އަލޫކްގެ ވާހަކަ އެނގިއްޖެއްނުން؟ ދެން ހުސެންބެގެ ވާހަކަ. އަލޫކްގެ ދިރިއުޅުން ހަލާކު ކޮއްލި މީހަކީ ލައިނާތާ. މަގޭ ދިރިއުޅުން ހަލާކު ކޮއްލި މީހަކީ ކަލޭ ބައްޕަ!” ލުބައިނާ ދެފަރާތަށް ބޯހޫރުވާލިއެވެ. އެވާހަކަ އިތުރަށް އަހާނެހާހިތްވަރު ނުލިބުނީތާއެވެ.

“ކަލެއަށް އެނގޭތަ ކަލޭ ބައްޕަ އާދިލްގެ އެއްމާބަނޑު ކޮއްކޮއެއްހުންނަކަން؟ ހަހަ. ނޭނގެ ދޯ؟ އެއީ އަދީލް. ކަލެއަކަށް ނޭނގޭނެ. އޭރު ކަލެ ބައްޕައާއި ލައިނާއާއި ކައިވެނިވެސް ނުކުރޭވިއްޔާ. އެނގޭތަ ކަލޭގެ ބޮޑުބޭބެ މަށަށް ކުރީ ކީއްކަން؟ މަގޭ ހުރި ހަމަ އެކަނި ދަރިފުޅު ކިޑްނެޕްކޮއް ރޭޕްކޮއް މަރާލީ. އޭރު އެނގޭތަ އެކުއްޖާއަށް ކިތަށް އަހަރުކަން؟ އެންމެ 2 އަހަރޭ! ކޮބާތަ އެކުއްޖާގެ ކުށަކީ؟ ހެއްކެއް ނެތޭ ކިޔާ އެކަން ފުލުހުން ދޫކޮށްލީ. މަގޭ ހުރީ އަދީލްއަށް ބަދަލުހިފަން. ނަމަވެސް އޭނާގެ 3 ދުވަސްފަހުން އޭނާ އެކްސިޑެންޓްއެއްގައި ނިޔާވީ. އެހިސާބުން އަހަރެން ނިންމީ އާދިލްއަށް ބަދަލު ހިފަން. އެއީ އާދިލް ގާތު މަމިވާޙަކަ ދެއްކުމުންވެސް ބީރު ކަންފަތެއް ދިނީތީ. އެދުވަހު ކަލޭ ކިޑްނެޕް ކުރިމީހަކީ މަ. ކަލޭ ކަރަށް ވަޅި ހެރީވެސް އެހެންވެ. އެއީ މަގޭ ދަރިވެސް މަރާލާފައި އޮތް ގޮތަކީ” ހުސެން ބުންޏެވެ.

“ދެން ކީއްކުރަން މިއަދު މަށަށް ތިހުރިހާވާހަކައެއް ތިކިޔައިދެނީކީ؟ އަހަރެންނަށް މާރަނގަޅު ތިއީން އެއްވެސް ވާހަކައެއް ނޭނގި މަމަރުވި ނަމަވެސް…” ލުބައިނާ ރޮމުން ރޮމުން ބުންޏެވެ. ދެމީހުންވެސް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. “އެކަމަކު މަރުވުމުގެ ކުރިން އަސްލު އެނގެންވާނެތާދޯ؟ ހަހަ” އަލޫކް ގޮސް ނެގީ މާދުރު ނޫން ހިސާބެއްގައި އޮތް ކޯރާޑި ނަގަމުން ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 30

Next

އަބަދައް-2

Next
April 9, 2025

އަބަދައް-2

Previews
April 9, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 30

41 Comments!

  1. shimmer says:
    April 9, 2025 at 9:24 am

    i knew it was husen
    that’s why it is said dont even trust your own shadow
    and why are they doing this when the actual faulter are not lubaa and her family
    aslu criminals hoadhaa gen badhalu hifyma veenu
    why hurting the innocent
    anyway story hama best
    how’s your hand shiher?
    and i know how hard it is when your hand is injured … i also got my pisiform injured and there comes times when i cant even hold my pencil to write ….
    but still your are doing such a hard work thank you for that
    curiously waiting for the next part
    love you

    1. shihaamaa ali shihaamaa ali says:
      April 9, 2025 at 9:53 am

      Jazaakallah khairan Shimmer
      Alhamdhulihllah i’m good, what about you?😢
      Lysm❤️

  2. leeshaa says:
    April 9, 2025 at 9:30 am

    oh my god miyoh kan kan dhaa hisaabeh dhw
    poor lubaina 😭
    badhalu hifanee lubaina fakeerah 😭
    hama rovey eba hithah araa lubaa salaamaii kuran dhaan v ey vx
    btw Mi part vx vrh reethi Masha Allah 💗
    take care
    lysssm shihaa 😘

    1. shihaamaa ali shihaamaa ali says:
      April 9, 2025 at 9:54 am

      Jazaakallah khairan Leeshaa
      HEHE hope your enjoying tho
      Lysm❤️

  3. shihaamaa ali shihaamaa ali says:
    April 9, 2025 at 9:52 am

    Salaam hurihaa kudhin,
    For our next story I have two stories ingey.. loabeege vhk akaa biruveri vhk akaa.. so you guys can choose and lmk emme gina kudhin beynun vaa vhk eh up kollaany
    Lyssmm🥰

    1. Anonymous says:
      April 9, 2025 at 10:03 am

      Loabeege vaahaka

    2. shihaamaa ali shihaamaa ali says:
      April 10, 2025 at 6:35 am

      🫶🏻👀

    3. Never known says:
      April 9, 2025 at 11:45 am

      I also prefer loabeege vaahaka eh

    4. shihaamaa ali shihaamaa ali says:
      April 10, 2025 at 6:36 am

      🫶🏻👀

    5. its_herrr says:
      April 9, 2025 at 3:40 pm

      i prefer loabeege vhk eh…. but how abt loabeege + biruveri mix koh

    6. shihaamaa ali shihaamaa ali says:
      April 10, 2025 at 6:38 am

      🫶🏻👀

    7. Anonymous says:
      April 9, 2025 at 4:57 pm

      Loabeege vhk

    8. shihaamaa ali shihaamaa ali says:
      April 10, 2025 at 6:39 am

      🫶🏻👀

    9. Anonymous says:
      April 9, 2025 at 7:35 pm

      i also want loabeege vaahaka eh but how about loabeege biruveri vaahaka eh

    10. shihaamaa ali shihaamaa ali says:
      April 10, 2025 at 6:39 am

      🫶🏻👀

    11. Yuha says:
      April 9, 2025 at 11:50 pm

      Loabeege vhk eh beynumee ekm loabeege + biruveri is gonna be interesting too hama vrh thafaathu vaane

    12. shihaamaa ali shihaamaa ali says:
      April 10, 2025 at 6:41 am

      🫶🏻

  4. Cutie girl says:
    April 9, 2025 at 10:24 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey heyonuvaane lubaa ah dhera gotheh nuhadhachey 🥺
    Mi part kiyaafa rovijje
    Lubaa and zev dhuru nukurachey
    Alakaa and lubaan ves
    Nim and aakin ves
    They all are made for each other
    Mihaaru sababu iguni ekm ekamuga lubaa ge kushakee kobaa
    I appreciate your hard work
    Your my fav author ❤️
    Miayee varah intestinal kamaa eku kiyaa vaahaka eh
    Tc ❤️😘
    Ly shihaa ❤️😚

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:35 am

      Jazaakallah khairan cutie girl

  5. Your fav bab says:
    April 9, 2025 at 11:44 am

    Alhey!! Why does she need to suffer for the things her parents did??
    I’m literally so curious
    Bro This story is epic! I luv it!!
    When next??

    1. Your fav bab says:
      April 9, 2025 at 4:17 pm

      Parents did NOT ON PURPOSE*

    2. shihaamaa ali shihaamaa ali says:
      April 10, 2025 at 6:36 am

      hehe in sha allah sooon jazaakallah khairan Your fav bab

  6. Anonymous says:
    April 9, 2025 at 12:17 pm

    kihi neh vaane lobeege biruveri vaahaka eh anyways okey vaane lobeege vaahaka eh vias

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:37 am

      🫶🏻👀

  7. Oreo gurll says:
    April 9, 2025 at 1:27 pm

    Ohh! Finally hageegai engijje
    Ekam aslu Lubaa ge fault eh nun dhw? Lubaa parents ge fault eh ves noonehnu? Lubaage Dad ge twin kokko dhw ekan kuree? Aadhil akah ves yageeneh nuvaane dhw Adheel kameh Hussain ge dharifulhu rape kureekee? And saabithu nukurevi ulhenikoh ehna niyaavee… so of course
    And e Ahmed gandu! Eyna Laina dheke loabivaa kameh Laina ah engeytha? Ehfaharu ves eyna Laina ah confess kuritha? Vaguthu faaithuvyma dhen kureveyne ithuru kameh noannaane. Evaru visnaafa kurin Laina gaathu e vaahaka dhakkaafa oih nama emme rangalhu. Ahmed Laina dheke loabivi iru Laina meehakaa indhegen balive inumakee Laina ge kusheh noon
    Ahmed nujehey ehen kanthah kuraakah. Ehenvyma maana akee Ahmed akah neyngeyne ey Alook dhiri hurikameh.
    Aslu Laina akah ves Aadhil akah ves neyngey mihen kanthah vy kameh. That’s not their fault at all. And Lubaa ge fault ehnun amudhun
    I’m so excited to know what happens when they find out the unhidden truth.
    Alhey ekam emeehun e ulhenee Lubaa maraalan tha thedhu kiyaidheefa? Xav avahah aadhey. Ais e dhemeehun ves red hand koh hifaa! Eyrun dhen nimuneenu? Ekam vaahaka nimenee dhw. So sad
    But I’m happy you’re gonna write a new story.
    I’d prefer loabeege vaahaka eh.. pleaseeee
    This episode is fantastic! After knowing the truth after like 30+ episodes, I just feel so relieved. But at the same time, Lubaa is in danger dhw
    Alhey avahah next episode genesdhehchey!
    Lysm shiherr 💖

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:37 am

      hehe yess.. it’ll be out soon in sha allah stay tuned and jazaakallah khairan Oreo gurll

  8. Zozo! says:
    April 9, 2025 at 2:07 pm

    Loabee ge vaahaka eh please!

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:37 am

      🫶🏻👀

  9. Lamtty Lamtty says:
    April 9, 2025 at 3:06 pm

    Vrh salhi! ❤️

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:37 am

      Jazaakallah khairan dear 🫶🏻

  10. its herrr says:
    April 9, 2025 at 3:43 pm

    finallyyyy!!!!
    truth eguny but its not lubaa ge fault dhww n nor her parents fault
    im so curious nowwww….. lubaa is in dangerrr
    are they gon kill her or smthn 😭
    dont do anythin to herrr

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:38 am

      haha neynge dhw lets wait for 33 vana ep

  11. gurrrrl says:
    April 9, 2025 at 4:14 pm

    vrh reethi when next part cant wait for next
    keep it up
    ly

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:38 am

      in sha allah soon, stay tuned gurrrl lyt

  12. brngb besties lol says:
    April 9, 2025 at 7:44 pm

    mi part ves vrh furihama maasha allah okey vaane loabeege vaahaka eh ves ekam kiyaalan beynumey horror love story eh

    1. shihaamaa ali shihaamaa ali says:
      April 10, 2025 at 6:39 am

      🫶🏻👀

  13. unknown gurll says:
    April 9, 2025 at 7:54 pm

    mi part ves vrh reethi i think i want both mix story eh biruveri and loabeege

    1. kim says:
      April 9, 2025 at 8:06 pm

      right

    2. shihaamaa ali shihaamaa ali says:
      April 10, 2025 at 6:40 am

      🫶🏻

    3. shihaamaa ali shihaamaa ali says:
      April 10, 2025 at 6:40 am

      🫶🏻👀

  14. gurrrrl says:
    April 10, 2025 at 11:03 am

    I prefer biruveri + loabeege vhk ehh eyrah thankolheh interesting vaane hen heevanii

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ ފަހުބައި←


All Right Reserved!